Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބާ ދުރަށް (9)

Nanni Level 210 Stories100 Comments100 Login
May 14, 2018 4 Mins Read
25 Comments

ޝާފީއަށް ގޮނޑިބަރީގައި އިން ނޫރާ ފެނިފައި އެލޯބި ވެތި ހަނދާންތައް ފިލްމެއް ފަދައިން ކުރިމަތިން ދިޔައީ ސިފަ ވަމުންނެވެ. ނަމަވެސް ފިޔާމަކީ ނޫރާގެ ދަރިއެކޭ ބުނުމާއި އެކީ ހިތައް އެރީ ނޫރާވެސް މީހަކާއި އިނދެގެން ދަރިއަކު ހޯދީއެވެ. އަހަރެން އަދިވެސް ވަރަށް ހަނދާން ވެއެވެ. އެހެނަސް ތިޔަ ލޯތްބާ ދުރަށް…

ޝާފީ ސިހުނީ ނީނާ އޭނާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތުމުންނެވެ. ޚިޔާލީ ދުނިޔެއިން ނިކުމެގެން ހަމަ ބިމަށް އާދެވުނު އިރު އެންމެންގެ ސުވާލުން ފުރިގެންވާ މޫނު ފެނިފައި މީ ސިއްރުތައް ފަޅާއަރާނެ ވަގުތުކަން އެނގި ހިންދިރުވާލެވުނެވެ. ” މަޑުކުރެ އަހަރެން އެބަ އަންނަން.” ފިޔާމްގެ އަތުގައި ހިފައިގެން ޝާފީ ދިޔައީ ނޫރާ ބަލައެވެ. އެއްވެސް މީހަކަށް  އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް ދިނުމެއް ނެތިއެވެ. އެހުރިހާ އިރު ޝާނާ އިނީ މިވަނީ ކީއްކަންނޭނގިފައެވެ. ޝައިމަންވެސް ހުރީ އޮޅުމެއްގެ ތެރޭގައެވެ.

ޝާފީ ނޫރާ އުޅޭ އެޕަރޓްމަންޓުގެ ތަޅުގައި ހިފާލިއެވެ. ތަޅު ނުލާ ހުރިކަމީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. އެތެރެއަށް ވަތް އިރު ފެނިގެން ދިޔައީ ނޫރާ ފޮށްޓަކަށް އަންނައުނު އަޅަން އިން މަންޒަރެވެ. ހީވާ ގޮތުން ވަރަށް އަވަހަށް ތަނަކަށް ދާން އުޅޭ ކަހަލައެވެ. ޝާފީ ދިޔަ ބާރު މިނުގައި ގޮސް ނޫރާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ.

” މީ ކާކުގެ ދަރިއެއް؟” ފިޔާމާއި ދިމާއަށް އިޝާރާތް ކުރަމުން ޝާފީ ބުނި ޖުމްލައއިން ނޫރާ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

” އެއީ މަގޭ ދަރިއެއް.” ނޫރާ ހިނި އައިސްފައި ހުރެ ބުންޏެވެ.

ޝާފީ އަނެއްކާވެސް ސުވާލުކުރިއެވެ. ” އަހަންނަށްވެސް އެނގޭ މީ ނޫރާގެ ދަރިއެއްކަން. އޭނާ ބައްޕައަކީ ކާކު؟ އަހަރެން ނޫރާއާއި ވަކިވި އިރު ނޫރާ ބަނޑުބޮޑުތަ؟”

“ކަލޭ އަހަންނާއި ވަކިވާނީ ކިހިނެއް؟ ތީ އަހަރެން ނުވެސް ދަންނަ މީހެއް.” ޝާފީ ރުޅި އަރުވާލުމުގެ ގޮތުން ނޫރާ އަނެއްކާވެސް ބުންޏެވެ. ޝާފީ ރުޅި އައުމުން އޭނާއަށް ހިތްހަމަޖެހުމެއްލިބޭ ކަހަލައެވެ.

” އަހަރެން ނޫރާއާއި ވަކިވީ ލޯބި ނުވާތީކީ ނޫން. އަހަރެންނަށް ތިޔަ ލޯތްބާ ދުރަށް…”

‘ލޯބި’ އެލަފްޒު އަޑެއިވުމާއިއެކު ނޫރާގެ ކެއްތެރިކަން ކޮޅުން ލައިގެން ދިޔައެވެ. ހީވީ އަނދަ އަނދާހުރި އަލިފާނަށް ޕެޓްރޯލު އެޅި ހެނެވެ. “ހުއްޓާލާ… ތީ އަހަރެން ދައްކަން ބޭނުންވާ ވާހަކަ އެއް ނޫން. ލޯބި އެއީ އަހަރެން ނަފްރަތު ކުރާ ބަހެއް.. ހަމަ ނޭނގޭތަ؟ ބާލިޣުވެފައިވާ އަންހެނަކާއި ގުޅުން ހިންގާއިރު ބަލިވެ އިނުމުގެ.. ހެހެހެެ.. އަޖައިބެއް.. ކަލޭ ކީއްކުރަން ބަލަންވީކީވެސް.  އަހަރެންގެ މޮޔަކަން.. އަހަންނަކީ ފަޤީރެއްވީމަ އަހަރެން ބޭނުންނުވީ. ތީ ހަމަ ތިކަހަލަ ނަންމަޝްހޫރު މީހުންގެ ވައްތަރޭ.. ތަންކޮޅެއް އާދައިގެ މީހެއް ނަމަ އަބުރާއި ޢިއްޒަތް ހަޑިވެދާނެތީ ފައިދާ ނަގާފަ އެއްލާލާނީ….. އަންހެނުންނަކީވެސް ތިހާ ވަރުދެރަ ނިކަމެތި ބައެއް ނޫނޭ.. އަހަންނަށް ވިސްނުނުލެއް ހަމަ ތަންކޮޅެއް ލަސްވީ.. އަހަރެން ފިރިހެނުންނަށް ނަފްރަތު ކުރަން.. އަހަރެންގެ ކުރިމަތިން ދޭ ކަލޭގެ ދަރި ގޮވައިގެން… ހަމަ މިހާރު ދާށޭ.”

” އަހަރެން ކައިރީ ބަލިވެ އިން ވާހަކަ ބުނިނަމަ މިދުވަސް ދެކޭކަށް ނުޖެހުނީސް.. އަހަރެން ނޫރާއާއި ވަކިވީ އަހަރެންގެ މައިންބަފައިން މިދުނޔެއާއި ވަކިވަމުން ކުރި ވަސިއްޔަތް އަދާކުރުމަށް… ހުރިހާ ކަމެއް ހަމައަކަށް އެޅުމުން ދެއަތްބަށް ނޫރާއާއި ކައިވެނި ކުރަން ބެލިއިރު ނޫރާ ނުފެނުނު.. ނަންބަރު ބޭނުމެއް ނުކުރެވެ… ގިނަ ދުވަސް ވީ ވަރަކަށް އަހަރެންވެސް ނީނާ ދެކެ ލޯބިވެވުނީ.. އެއީ އަހަރެންގެ ކުށްތަ؟” ޝާފީ މޮޅިވެރި ރާގަކަށް ބުނެލީ އެތައްދުވަހެއް ވަންދެން ހިތުގައި ރައްކާކޮށްގެން އުޅުނު ސިއްރެކެވެ.

ނޫރާގެ ހިތުގައި ރިއްސާލިއެވެ. އެދުވަހު ޝާފީގެ ވާހަކަތައް އަޑު އެހުނު ނަމައޭ ހިތަށްއެރިއެވެ. ނަމަވެސް އޭނާގެ ގައިގައި އަށަގަނެފައިވާ ގޮތްދޫނުކުރުމުގެ ސިފައިގެ ސަބަބުން އެއްގޮތަކަށްވެސް އޭނާގެ ކުށް ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ” އަހަރެން ދޯ ކުށްވެރި ވީ؟ ބުނެފިން ދޯ ކަލޭގެ ދަރި ގޮވައިގެން ކުރިމަރިން ދާށޭ.”

” އަދިވެސް އޭރު ހުރި ގޮތްދޫނުކުރުމުގެ ސިފަ އެބަހުރި.. މިހާރު އަދި އެއަށްވުރެ ބޮޑަށް.. ދަރިފުޅާ ފިޔާމް.. ހިނގާ ދާން ބައްޕައާއި އެއްކޮށް..” ފިޔާމްގެ އަތުގައި ހިފައިގެން ޝާފީ ދިޔަ މަންޒަރު ބަލަން ނޫރާ ހުރީ ރުޅި އައިސްގެން ގޮސް ހަލާކުވާ ވަރުވެފައެވެ.

ޝާފީއާއި ފިޔާމް ގެއަށް ދިޔައިރު އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. ނީނާގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮތް ޝާނާއަށް ފިޔާމް ފެނުމާއި އެކީ ތެދުވެ ފިޔާމާއި ދިމާއަށް ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައީ އޭނާގެ ހިތުގައިވި ސުވާލު ތަކުގެ ޖަވާބު ދެވޭނެ މީހަކީ ހަމަ އެކަނި އެއީ ކަމަށް ވާތީއެވެ. ” ތީ ކާކު؟ ކީއްވެ އަހަރެން މުޅި ދުނިޔެއަށް ފަޟީހަތް ކޮށްލީ؟ އެވެސް އަދި އަހަރެންގެ ހިތް މިލްކުކޮށްފަ.. ކީއްވެހޭ؟ އަހަރެންގެ ހަނދާނަކުން އެސޫރަ ނުދޭ.. އަހަންނަށް ޔަޤީން ތީ ހަމަ އެ ފިޔާމްކަން.. ބުނޭ.”

އެންމެންވެސް ތިބީ އޮޅުން އަރާފައެވެ. ” އަހަރެން މިހުރިހާ ކަމެއް ކުރީ އަހަރެންގެ މަންމަ ފަރާތުން ލޯބި ލިބޭނެ ކަމަށް ބުނީމަ. އަހަރެން ދުނިޔެއަށް ލޯ ހުޅުވުނީއްސުރެ އަހަރެންނަށް ފެނުނީ އަހަރެންގެ ނިކަމެތި މަންމަ.. މަންމަ ބުނުއްވި ގޮތުގައި މަންމަ އަކީ ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅު. އެކަމަކު އެދެމަފިރިން ވެސް މިދުނިޔެއާއި ވަކިވެގެން ދިޔައީ އަހަރެން ދުނިޔެއަށް އައިތާ 7 މަސް ފަހުން.. އަހަންނަށް އެންމެ މަތީ ތަޢުލީމު ޙާސިލްކުރުމުގެ ފެންވަރު މަންމަ ފަހިކޮށްދިނީ ވަރަށް ބުރަ މަސައްކަތް ކޮށްގެން. އެހެންވެ އަހަރެންގެ އަޒުމަކަށްވީ މޮޅަށް ކިޔަވައިގެން މަންމައަށް ޚަރަދު ކޮށްދިނުމަށް. މަންމަ އަހަންނަށް އުގަންނައިދިނުމަށްޓަކައި އުފުލި ވޭނުގެ އަގު ވަޒަން ކޮށްދިނުމަށް… އަހަރެން ހީކުރީ އަހަރެންގެ ދެކެ މަންމަ ލޯބި ނުވަނީ މަންމަ ބުނާބަސް ނާހާތީ ކަމަށް… އެހެންވެ މަންމަ ބުނުއްވި ގޮތަށް މަގުމަތިން ޝާނާއާއި ދިމާކުރީ އެއީ އެއްވެސް ހާލެއްގައި އަހަރެންނާއި ގުޅުމެއް ހުރި މީހެއްކަން އިނގިގެނެއް ނޫން. އަހަރެން ދެކުނު ގޮތުގައި މިދުނިޔޭގައި އަހަރެންގެ ހުރީ ހަމައެކަނި މަންމަ… އެކަމު އެއީ މަންމަ އަހަންނަށް އޮޅުވާލި އޮޅުވާލުމެއްކަން މިއަދު އެނގިއްޖެ… އެއްބަފާ ކޮއްކޮގެ ދިރިއުޅުން ހަލާކުވެގެން އެދިޔައީ އަހަރެންގެ މިދެއަތުން. އަހަރެންގެ އަމިއްލަ އެދުން ބޮޑުކަމުން… ނޭނގިނަމަވެސް އަރައިގަނެވުނީ ވަރަށް ބޮޑު ފާފައަކަށް.. މަންމަގެ ލޯބިލިބޭނެ ކަމުގައި ބުނުމުން ކުރެވުނީ ވަރަށްވެސް ވިޔާނުދާ ޢަމަލެއް…. ބަދަލުގައި ލޯބި ލިބޭނެ ކަމަށް ލޯބި ދިނުމަކީ، ރާޅު ފޯރާ ފަށުގައި ދޮންވެލިން ގެ ހެދުން ކަހަލަ ކަމެއްކަން މިއަދު އަހަންނަށް ވިސްނިއްޖެ.. ތި އެންމެންގެ ފަރާތުން އަހަންނަށް ކުރެވުުނު ކުށަށް ނިހާޔަަތަށް މަޢާފަށް އެދެން.”

“ޝާފީ. ކޮން ގުޅުމެއްތަ؟ ނިކަން ސާފުސީދާކޮށް އޮޅުން ފިލުވަދީބަލަ..” އެންމެންގެ ހިތުގައިވި ސުވާލު ކޮށްލީ ނީނާއެވެ.

” އަހަންނަށް ވަނީ ނީނާއާއި އިނުމުގެ ކުރިން ވަރަށް ބޮޑު ފާފައަކަަށް އަރައިގަނެވިފަ… އަހަރެންގެ ފުރަތަމަ ލޯބިވެރިޔާ ނޫރާއާއި އެކު ކައިވެނީގެ ބޭރުން ގުޅުން ހިންގިފަ… އަހަރެން ހުރީ ކައިވެނި ކުރަން ބޭނުންވާ ވާހަކަ މައިންބަފައިން ކައިރި ބުނަން….. ނަމަވެސް އެނަސީބު އަހަންނަށް ނުލިބުނީ އެދެމަފިރިން ކާރު އެކްސިޑެންޓެއްގައި ނިޔާވުމުން… އެދެމަފިރިންގެ އެންމެ ފަހުގެ ވަސިއްޔަތަކަށްވީ އަހަންނާއި ނީނާއާއި ކައިވެނި ކުރުން…. ނޫރާގެ ލޯތްބާއި ދުރަށްދާން އަހަންނަށް މަޖުބޫރު ކުރީ އެކައިވެނި.. ކައިވެންޏަށް މަހެއްވުމާއިއެކު އަހަރެން ނޫރާއާއި ދެއަތްބަށް އިންނަން ބެލިއިރު ނޫރާ ހޯދާ ނުފެނުނު… އަހަރެން ނޫރާމަތިން ހަނދާނެއް ނުނައްތާލަން… އަހަރެންގެ ހިތުގެ އެއްފަޅި މަޑުމަޑުން ނީނާއަށް ދެވުނީ… އެއްފަހަރާދެމީހުން ދެކެ ލޯބިވެވުނީ. އެއްގަތަށްވެސް އަހަރެން ހީނުކުރަން ނޫރާ އަތުގައި އަހަރެމެން ދެމީހުންގެ ލޯބީގެ ނިޝާނެއް ވާނެއެކޭ. އެތައް ޒަމާނަކަށްފަހު ދިމާވީ ރިފާ ނިޔާވި ދުވަހު. ނޫރާ ބަދަލުވެފައި ހުރި ވަރުން އަހަރެން ހީކުރީ މީހަކާ ވެސް އިނީކަމަށް. އަދި ފިޔާމަކީ އެދެމީހުންގެ ދަރިއެއް ކަމަށް… ނަމަވެސް ނޫރާގެ ދުލުން ޙަޤީޤަތް  ފާޅުވުމުން މި އެނގުނީ އަދިވެސް އޭނާ ހުރީ ހުސްހަށިބަޔަށްކަން.. އަދި މި ދަރިފުޅަކީ އަހަރެެމެން ދެމީހުންގެ ދަރިއެއްކަން…”

“ދެން ކީއްވެ އަހަރެން ކައިރީ ބުނެވެސް ނުލީ؟ އަހަންނަށް އިތުބާރު ނުކުރެވެނީތަ؟ ކުރިން ޙަޤީޤަތް ކިޔާދިންނަމަ މަޢާފުކުރީމުސް… އެހެނަސް މިހާ ގިނަ ދުވަސް ވަންދެން ސިއްރު ކުރީތީ އަހަރެން ދުވަހަކުވެސް މަޢާފެއްނުކުރާނަން.. އަހަރެންެ ތިޔަ ލޯތްބާ ދުރަށް ދާން މަޖުބޫރުކުުރުވީ ތި ޙަޤީޤަތް.” ޝާފީ އާއި ދިމާލަށް ނީނާ ފޮނުވާލީ ވަރަށްވެސް ހިތާމަ ވެރި ތީރުތަކެކެވެ. ޝާފީ އިސްޖަހާލީ ދިފާޢުގައި ބުނާނެ އެއްވެސް އެއްޗެއް ނެތުމުންނެވެ.

” އެހެންވީމަ ތިބުނަނީ އަހަރެން ލޯބިވީ އަހަރެންގެ އެއްބަފާ ބޭބެ ދެކެއޭތަ؟ އެރޭ އަހަރެންގެ ހަށިގަނޑުން އަރާމާއި ލައްޒަތު ލިބިގަތީ އަހަރެންގެ ބޭބެއޭތަ؟ ސަޝް އަކީ އަހަންނާއި އަހަރެންގެ އެއްބަފާ ބޭބެގެ ދަރިއެކޭތަ؟” ޝާނާއަށް ހީވީ ދެފައިދަށުން ބިންގަނޑު ދަމައިގެން ހެނެވެ.

“އަހަރެންގެ ދަރިއެކޭ؟” ފިޔާމަށް ބުނެވުނީ އެހިސާބަށެވެ. ތުއްތު ތުއްތު ސާޝާގެ ހަޅޭކާއިއެކު އެންމެންވެސް އަޑު އައި ދިމާއަށް ބަލާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ލޯބި ވެވުމުން 2

Next

ލޯބި ވީމޭ ސިއްރު ސިއްރުން (2)

Next
May 14, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (2)

Previews
May 13, 2018

ލޯބި ވެވުމުން 2

25 Comments!

  1. Aesh says:
    May 14, 2018 at 12:23 pm

    ??????????????????? kihineh e v???? Bolah enburun ves araifi…. Nooraa kuri kusheh ge sababun kithah meehunge dhiriulhun e halaaku v???? Shaafee ah ves kusheh kurevuny dhw? keen kuraany.. Nooraa fahun ves gaimu shaafee ge kairiyah ai nama evaruge bodu olhun bolhun gandakah dhaan nujehunys kanneynge.. Aaaaahhhh!!!!!! Noora!?????

    1. naf nanni says:
      May 14, 2018 at 12:35 pm

      emmn vs kuhveri knme gothakun belias…. kyh kuraany… insaanun….kuh kureveyne…..

  2. Aesh says:
    May 14, 2018 at 12:24 pm

    Vrh salhi ingey mi part ves… Just wow!!!!! Maa sha allah! ☺️??????❤️❤️❤️❤️❤️?????

    1. naf nanni says:
      May 14, 2018 at 12:36 pm

      Thn Q Aesh….. ufaavejje vaahaka reethivma….

  3. mishy says:
    May 14, 2018 at 12:25 pm

    Woww… adhi nunimey dhwh naff? Knme prtaku s mhr mi suvrl eba kurevey…. vrh vrh reethi… curiously waitinn 4 the nxt prt…

    1. Its me says:
      May 14, 2018 at 12:30 pm

      Better write -nunimey- migothah inge nanni..can u? Eyrun readers mihen vaakah nujeheyne dhwhh!? story is superb <3

    2. Its me says:
      May 14, 2018 at 12:30 pm

      I mean story nimmaalaafa hure ennu..u knw dhwh?

    3. Its me says:
      May 14, 2018 at 12:31 pm

      Storyge a part**

    4. naf nanni says:
      May 14, 2018 at 12:38 pm

      ehehehh sry… handhaanun kassaaaali thankolheh eiii…. story nimuniima nimuny jahaaalaaanan. next stroy ga ekanthah rangalhu kollaaaaanan… insha allah

    5. naf nanni says:
      May 14, 2018 at 12:41 pm

      Yh i got it…. next story ga ok kollaaanan

  4. hajam says:
    May 14, 2018 at 12:25 pm

    Yey me first
    V reethi

    1. hajam 2 says:
      May 14, 2018 at 12:33 pm

      I think ur 3rd dear hajam..

    2. naf nanni says:
      May 14, 2018 at 12:39 pm

      Thn q hajam…. may b u rfirst in one way or another…. vrh ufaavejje hajam ah vhk reeethivma

  5. Aesh says:
    May 14, 2018 at 12:26 pm

    yayyyyyy!!!! Me first dhw….☺️???????☺️☺️☺️☺️

    1. naf nanni says:
      May 14, 2018 at 12:39 pm

      Eheheheh… yh… u r of course

  6. naf nanni says:
    May 14, 2018 at 12:33 pm

    Salaam all… mi vhkaige zariyyaa in nanni dheyn beynunvaa msg akee naslu olhign mikhala kithanme haadhisaa eh hingaafaivaane kan saabithu kohdhinun… miii ehvx haaleggai hageegee haadhisaa akah liyaa vhk eh noon…… mii hama nanni ge lha sikundi ah visnunu kamehge mahchah liyaa hageegee vhkeh…

  7. naf nanni says:
    May 14, 2018 at 12:42 pm

    ooooooooops.. hiyaalii vhk eh*

  8. Nakhla says:
    May 14, 2018 at 1:05 pm

    Mi vaahaka hageegathakah nuveh jihyaa haadha ragalhey. ??

    1. naf nanni says:
      May 14, 2018 at 1:28 pm

      insha allah……

  9. nonni says:
    May 14, 2018 at 1:06 pm

    story nimuneetha e

    1. naf nanni says:
      May 14, 2018 at 1:29 pm

      last part adhi ebain…

  10. Sana says:
    May 14, 2018 at 2:24 pm

    Beautiful??????
    Koirakun next part up vanii
    Waiting for next part….

    1. naf nanni says:
      May 14, 2018 at 2:27 pm

      submit kollaaafa innaany
      Thn q vrh bodah…

  11. thaara says:
    May 14, 2018 at 4:46 pm

    v nice ingey naf

    1. naf nanni says:
      May 14, 2018 at 5:42 pm

      Thnxxx thaara

Comments are closed.

Next Episodeތިޔަ ލޯތްބާ ދުރަށް (10) ފަހުބައި←


All Right Reserved!