Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބާ ދުރަށް (8)

Nanni Level 210 Stories100 Comments100 Login
May 13, 2018 3 Mins Read
19 Comments

ވީ ކީއްތޯ ބަލައިލަން ސާޝާ ބޭއްވުމަށްފަހު ޝައިމަން ގެ ކައިރިއަށް ގޮސް ފަހަތުން ކޮނޑުގައި އަތް ބާއްވައިލިއެވެ. ޝައިމަންގެ ހިތަށް އިތުރަށް ތަދުވިއެވެ. ޝައިމަން ގެނައި ކުއްލި ހަރަކާތަކާއި އެކު ދެވަނަ ސިކުންތުގައި ޝާނާ ހުރީ ޝައިމަންގެ ބާރު ގަދަ އަތުގެ ހިމާޔަތުގައެވެ. އޭނާ ހުރީ ގުޑިލަންވެސް ނޭނގިފައެވެ. ކުއްލިއަކަށް ޝާނާ ކައިރިން ޝައިމަން ދުރަށް ޖެހިލީ ކަމެއްހަނދާން ވުމުންނެވެ. ” ސޮރީ. ދެރަ ވެފަ ހުރި ގަޑިއެއް ވީމަ ހަމަ ނުހުރެވުނީ. އަހަރެން ބުނިން ޝެންގެ ނުރުހުމުގަ އަތެއް ނުލާނަމޭ ޝެންގެ ގަޔަކު. އެހެންވެ މިހިނގި ޙާދިސާއަށްފަހު އަހަންނަށް މަޢާފު ކުރާނެ ކަމަށް އުއްމީދު ކުރަން. މިކަން ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން އަހަރެން ދެން. އަހަރެން ޝެންގެ ލޯތްބަށްޓަކައި ވަރަށް އިންތިޒާރުކޮށްފިން. އިތުރަށްކުރަން ޖެހުނަސް އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް. ތި ލޯތްބަށްޓަކައި ފުރާނަ ދޭން ޖެހުނަސް އަހަރެންގެ ފަރުވާލެއްނެތް. ނުވާނީ ދެކަމެއް. އެއްކަމަކީ މައިންބަފައިން ދޫކޮށްލުން. އަނެއް ކަމަކީ…… ތިޔަ ލޯތްބާ ދުރަށް……” ޝައިމަންއަށް އިތުރަށް ރޮވެން ފެށުމުން ބުނަން ބޭނުންވި ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއްނުވިއެވެ. ޝާނާއަށް ފުރަގަސް ދިނީ އެމޫނުމަތިން ނަގައިގަންނަންވީ ކޮން މާނައެއް ކަމެއް ނޭނގުމުންނެވެ. އެ ހަމަހިމޭންކަމުން ދޭހަވަނީ ކޮންކަމެއް ކަން ފަހުމް ނުވުމުންނެވެ. ލޯބިކަމެއް ޙަމްދަރުދީ ކަމެއް ޔަޤީންކޮށް ދޭހަ ނުވުމުންނެވެ. އެއީ ޙަމްދަރުދީ ކަމުގައި ވާނަމަ އޭނާ އެ ޙަމްދަރުދީއެއް ބޭނުމެއްނޫނެވެ. އޭނަވަނީ އެއަށް ވުރެބޮޑަށް ޝާނާގެ ލޯތްބަށް ބޭނުންވެފައެވެ.

ރިފާގެ މަރަށް ހަފްތާއެއް ވީ އިރު އަދުހަމްގެ ޢާއިލާވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. މަރަކީ ކޮންމެމީހަކައި ވެސް ކުރިމަތިލާނެ އެއްޗެއްކަން ޝާފީ ހަނދާން ކޮށްދިނުމުންނެވެ. އެތައް ވާހަކައެއް ނީނާ ދެއްކުމުންނެވެ.

ފިޔާމްގެ ޙާލަކީތޯއެވެ؟ އޭނާގެ މަންމައާއި ދޭތެރޭ އެތައް ޝަކުވާއެއް އެހިތުގައި ވެއެވެ. މަންމައަށްޓަކައި ރެއާއި ދުވާލު ކުރި މަސައްކަތް ހަނދާން ވުމުންނެވެ. މީހަކަށް ދެރައެއް ދީފައި އަނެކާއަށް އެއްވެސް އުފަލެއް ނޯންނާނެއޭ ބުނާ ބަހަކީ ތެދު ބަހެއްކަން ޤާބޫލު ކުރެވިއްޖެއެވެ. މިއީ އޭނާ ކުރި ފާފައަށް ދުނިޔެމަތީގައި ލިބޭ ޢަޒާބޭ ހިތަށް ނާރާ އެންމެ ވަގުތެއްވެސް ނުދެއެވެ. ކިތަންމެ ފަހަރަކު ރިފާގެ މައިން ބަފައިންގެ ކިބައިންނާއި ޝާނާގެ ކިބައިން މަޢާފަށް އެދެން ހިތް އެދުނެވެ.

ނޫރާއަކީ ކޮންކަހަލަ މައެއްހެއްޔެވެ؟ މައިވަންތަ ކަމުގެ ލޯބިވެސް އެހިލަ ހިތުގައި ނުވެއެވެ. އެއަށްވުރެ އޭނާގެ ހިތުގައި ވަނީ ބަދަލު ހިފުމުގެ ރޫޙު އާލާ ވެފައެވެ. ފިޔާމަށްވެސް ކެއްކުރެވުނީ ވަކި ވަރަކަށެވެ. ” މަންމަ ހެޔޮނުވާނެ ތިހެން އަހަންނަށް ހަދަން. ތި ދެއަތުގެ ފިރުމުންތައް އަހަރެންވެސް ބޭނުން. ތިލޯބި އަބަދުވެސް ބޭނުން. ތިދުލުން ދަރިފުޅާއޭ ކިޔާ ގޮވާލާނެ ދުވަހެއް ދެކެން ބޭނުން. މަންމާ! މީ ހަމަ ތިބަނޑުން އުފަން ކުރިދަރިއެކޭ.” “ހުއްޓާލާ! ތީ އެނުލަފާ ޝާފީގެ ދަރިއެއް. ލޯބީގެ ދަޅަ ދައްކާފަ އެހެން އަންހެނަކާއި އިން އިރު ކުރެވުނު ފާފަ މަތިން ހަނދާން ވެސް ނެތް. އަހަރެން އޭނާގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނަން.” ނޫރާއަށް ބުނެވުނު އެއްޗަކާއިމެދު ވިސްނާލެވުނީ ދެނެވެ. “ޝާފީގެއޭ؟ ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟” ފިޔާމަށް ހީވީ ބޮލުގައި ވަރުގަދަ އެތި ފަހަރަކުން ޖެހި ހެނެވެ. ނޫރާ ވެސް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ރޭވުން މުޅިންހެން ކާމިޔާބު ވެއްޖެއެވެ. އެހެން މީހުން ފަދައިން މީހަކަށް އެނގިދާނެތީ އޭނާ ބިރެއް ނުގަނެއެވެ. ފަޅާ އެރިއަސް ރޭވުން ކާމިޔާބު ވަނިކޮށް އޭނާއަށް ވަރިހަމައެވެ. “އާނ.. ތީ އެ އިންސާނާގެ ދޮށީދަރި.. މަދަރުސީ ދައުރުން ސުރެ އަހަރެންދެކެ ލޯބިވެއޭ ކިޔާފަ އަހަރެންގެ މި ހަށިގަނޑުން އަރާމާއި ލައްޒަތު ލބިގަނެގެން، ދެން ފެނުނީ އެހެން އަންހެނަކާއި އިނދެގެން ދިޔަތަން… އަހަރެން މުއްސަންޖަކަށް ނުވީމަ.. އެހެންވެ އަހަރެން ފަޟީހަތް ވި ގޮތަށް އޭނައަށް ލިބޭ ދަރިއެއްވެސް ފަޟީހަތް ކުރަން އަހަރެން ބޭނުންވީ އޭނާގެ ދޮށީ ދަރީގެ ދެއަތުން… އާނ.. ކަލޭގެ ދެއަތުން.. އެހެންވެ ކަލޭ ދުނިޔެއަށް އުފަންކުރީ.. ނަސީބު ދިމާކުރި ގޮތުން ދެޖިންސުގެ ދެދަރިން ލިބުނީ.. ކަލޭ ކިޔަވައިގެން އެކަމުގެ ފައިދާ ނަގައިގެން މުއްސަންޖަކަން ވާން އަހަރެން ބޭނުންވީ.. ޝާފީއާއި އެންމެ ފަހު ފަހަރު ބައްދަލުވީމަވެސް ބުނީ އެންމެ 3 ބަސް… އަހަރެންގެ މިހިތުގަ އަދިވެސް ބިންވަޅު ނެގިފަ އެބަ އޮތް.. ތިޔަ ލޯތްބާ ދުރަށް.. ލޯބި އެއީ އަހަރެން ނަފްރަތު ކުރާ ބަހެއް. އަޑު އިވިއްޖެތަ؟ އަހަންނަށް ރަނގަޅީ ކަލޭވެސް އަހަރެންގެ ކުރިމަތިން ދިޔައިއްޔާ. އަހަރެންގެ ބޭނުން ފުދިއްޖެ.” ރުޅި އައިސް ރަތްވެ، މައި ނޭވާ ލެވެމުން ދިޔަ ނޫރާ މައިތިރވީ އޭނާގެ ހިތުގައިވި ހުރިހާ ވާހަަކައެއް ބަންޑުން ކޮށްލުމަށްފަހުއެވެ. މީ އިންސާނެއް ހެއްޔެވެ؟ ނޫނީ އިންސާނެއްގެ ސިފައިގަ ހުރި ޝައިތާނެއްބާއެވެ؟ ވާނީވެސް އެހެންތާއެވެ. އިންސާނެއްގެ ހިތުގައި މީހަކާއި ދޭތެރޭ ހަސަދަ ލައިގަނެފި ނަމަ އޭނާ އެއިޚުތިޔާރު ކުރީ ޖާހިލު މަގެވެ. ނޫރާ އެވަނީ މިކަމުގައިވެސް ހައްދުފަހަނަ އަޅައިގެން ގޮސްފައެވެ.

ފިޔާމަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. މަންމައަށްޓަކައި އޭނާ މިދުނިޔޭގައި ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބާހެއްޔެވެ؟ އިންސާނަކަށް ކެތް ކުރެވޭނެ އެންމެ މައްޗަކަށް އޭނާ ކެތް ކޮށްފިއެވެ. އަދިވެސް ކުރާނެއެވެ. އެމަންމައަށް ވިސްނޭނެ ކަމުގެ އުއްމީދާއި އެކު ގެއިން ނުކުމެގެން ދިޔައީ ހުސް އަތާއެވެ. ގެންދާނީ ވަކި ކޯއްޗެއް ހެއްޔެވެ؟ އެއްބަފާ ކޮއްކޮގެ ދިރިއުޅުން ހަލާކުވެގެން އެދިޔައީ އޭނާގެ ދެއަތުންނެވެ. ނޭނގިނަމަވެސް އަރައިގަނެވުނީ ވަރަށް ބޮޑު ފާފައަކަށެވެ. މަންމަގެ ލޯބިލިބޭނެ ކަމުގައި ބުނުމުން ކުރެވުނީ ވަރަށްވެސް ވިޔާނުދާ ޢަމަލެކެވެ. ބަދަލުގައި ލޯބި ލިބޭނެ ކަމަށް ލޯބި ދިނުމަކީ، ރާޅު ފޯރާ ފަށުގައި ދޮންވެލިން ގެ ހެދުން ކަހަލަ ކަމެއްކަން ފިޔާމަށް ވިސްނިއްޖެއެވެ. އޭނާއަށްވަނީ ވަރަށްވެސް ބޮޑަށް ރަނޑަހޭވިފައެވެ.

ޝާފީމެންގެ ގެ ކަމުގައިވާ މ.ފީރޯޒްވިލާގެ ގޭޓު ކުރިމަތީ ފިޔާމްހުރީ ހަތަރު އުދަރެސް ފެނު ޖެހިފައިވާ މީހެއް ފަދައިންނެވެ. އެތައް އިރަކު ކުރިމަތިން ފެންނަން ހުރި ގެއަށް ބަލަން ހުރުމަށްފަހު ގޭޓު ހުޅުވައި ގޭގެ ދޮރުގައި ބެލް އެޅިއެވެ. ދޮރު ހުޅުވީ ހަމްނާއެވެ.

“ކަލޭ ކީއްކުރަނީ މިތާ! އަދިވެސް ހިތް ނުފުރެނީ؟” ހަމްނާ މާ އަޑު ގަދަ ކޮށްލައިގެން އުޅޭތީ އެންމެންވެސް ވީގޮތް އޮޅުން ފިލުވުމަށް ސިޓިންގް ރޫމަށް ހާޒިރުވިއެވެ. ފިޔާމަށް ޝާފީ ފެނުމާއިއެކު ހަމްނާ ކައިރިން ރެކިގެން ގޮސް ޝާފީގެ ގައިގައި ބައްދާލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. ބައްޕާއޭ ކިޔާ ގޮވާލުމާއި އެކު ޝާފީ ރިފާ މަރުވިދުވަހުގެ ހަނދާންތަކަށް ޣަރަގުވިއެވެ.

ޝާފީއަށް ގޮނޑިބަރީގައި އިން ނޫރާ ފެނިފައި އެލޯބި ވެތި ހަނދާންތައް ފިލްމެއް ފަދައިން ކުރިމަތިން ދިޔައީ ސިފަ ވަމުންނެވެ. ނަމަވެސް ފިޔާމަކީ ނޫރާގެ ދަރިިއެކޭ ބުނުމާއި އެކީ ހިތައް އެރިއެވެ. ނޫރާވެސް އަހަރެން މަތިން ހަނދާން ނައްތާލުމަށްފަހު މީހަކައި އިނދެ ދަރިއަކު ހޯދީއެވެ. އަހަރެން އަދިވެސް ވަރަށް ހަނދާންވެއެވެ. އެހެނަސް ތިޔަ ލޯތްބާ ދުރަށް…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން 30 (ޕާރޓް 2)

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 6

Next
May 13, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 6

Previews
May 12, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން 30 (ޕާރޓް 2)

19 Comments!

  1. mishy says:
    May 13, 2018 at 9:26 am

    Naff mi stry adhi nunimey dhwh..??? Vrh vrh reethi…. ♥♥♥♥

    1. mishy says:
      May 13, 2018 at 10:19 am

      Naff mi stry nimunii dhwh?

    2. naf nanni says:
      May 13, 2018 at 10:37 am

      Adhi eba ulhe kudathankolheh….. thn q mishy

  2. Shafaq says:
    May 13, 2018 at 9:35 am

    Salhi story.. ekam nimeyhisaabu kudakoh olhun araa..

    1. naf nanni says:
      May 13, 2018 at 10:37 am

      Adhi story nunime….. next partun ebai clarify vaane….

  3. Alhe says:
    May 13, 2018 at 9:53 am

    naf hama v molhu inge… masha allah.. v reethi naf ge story thakuge haadhisaa..baeh faharu kudakon olhun eriyas its just awesome naff… masha allah ur very talented… gud luk.. wish to see more and better stories from u, talented girlll.. try hard n fulfill ur dreamss..in sha allah.. 🙂 <3

    1. naf nanni says:
      May 13, 2018 at 10:40 am

      Thn q Alhe. abadhu vs nanni hithah araa thafaath haadhisaa akah vaaahaka liyan…. it was just a try…. next story adhi maa reethi vaaane

  4. Aesh says:
    May 13, 2018 at 12:33 pm

    Maa sha Allah…??? Vrh salhi ingey… ???? nxt part kon irakun???? Curiously waiting……☺️?☺️?☺️??❤️❤️❤️???

    1. naf nanni says:
      May 13, 2018 at 12:49 pm

      Thn Q Aesh……mirey up kolleveythw balaanan

  5. Maureen says:
    May 13, 2018 at 1:21 pm

    V reethi mi partves next koniraku

    1. naf nanni says:
      May 13, 2018 at 1:24 pm

      next part mirey up kureveythw mi masaikaiy kurany…

  6. Anonymous says:
    May 13, 2018 at 2:05 pm

    Waaaaaat? Fiyaam is shaanas brother omg alheyyy

    1. naf nanni says:
      May 13, 2018 at 2:08 pm

      Thn q Anonymous……

  7. Naju says:
    May 13, 2018 at 2:09 pm

    V rythi mi partvx n fiyaam eyee shaafeege dhari eh dhw…

    1. naf nanni says:
      May 13, 2018 at 2:18 pm

      Yh….Naju thn Q alot

  8. Lilzey says:
    May 13, 2018 at 2:10 pm

    Not bad ??

    1. naf nanni says:
      May 13, 2018 at 2:18 pm

      lol…..Thn q lilzey…….

  9. thaara says:
    May 13, 2018 at 5:07 pm

    vv reethi

    1. naf nanni says:
      May 13, 2018 at 7:18 pm

      Thn Q thaara

Comments are closed.

Next Episodeތިޔަ ލޯތްބާ ދުރަށް (9)←


All Right Reserved!