Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…8

މުތާ/ ސ.ހިތަދޫ Level 210 Stories
March 29, 2014 5 Mins Read
22 Comments

މައިމޫނާގެ އިންތިޒާރަށް ނިމުމެއް އައީ އިރާކޮޅުގެ ވަގުތެއްގައެވެ. ރަމީޒުގެ ނަންބަރު ލިބުމުން އޭނަ ހުރީ ހެވި ދިއްލިފައެވެ. މިއިން ދުވަހަކު އެހާބޮޑަށް އުފާވި ހަނދާނެއް އޭނަ ނުވެއެވެ. އެކަކުވެސް ނޫޅޭ ގަޑިއެއް ބަލާފައި އޭނަ ރަމީޒަށް ގުޅީ ލޭންޑްލައިނުންނެވެ. ރަމީޒު ބުނީ އޭނައާ ބައްދަލުކުރަން އެގެއަށް މާދަމާރޭ އައުމަށެވެ.

”މިރޭ އަޔަސް ރަގަޅުތަ؟…” މައިމޫނާ ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް ބުންޏެވެ.

”އޯކޭ ވާނެ… އެކަމަކު އަންހެން ކުއްޖާގެ ބޮލުގެ އިސްތަށިކޮޅަކާ ފޮޓޯއެއް ބޭނުންވާނެ….” ރަމީޒު ބުންޏެވެ.

މިރޭ އަށެއް ޖަހާކަންހާއިރު ބޭނުންވާ ތަކެތި ހިފައިގެން އަންނާނެކަމަށް ބުނެ މައިމޫނާ ފޯނު ކަނޑާލިއެވެ. އޭނަ ފުންނޭވާއެއްލަމުން ހިނިތުންވެލިއެވެ. މިފަހަރު އޭނަ އީނާއަށް ވަރުގަދަ ލަނޑެއް ދޭނެއެވެ. އީނާ މޮޔަވެގެން އުޅޭތަން ދެކެން އޭނަ ހާދަ ބޭނުމެވެ. އަލްޔަސް އާއި އީނާ ދުރުކުރުވުމުގެ ބަދަލުގައި މޮޔަކޮށްލަންވެސް ހިތަށް އެރިއެވެ. އޭރުން ހަމަ ޔަޤީނުންވެސް އަލްޔަސް ދުރަށް ދާނެއެވެ. ބުއްދި ހަމަނުޖެހޭ މީހަކާއެކު އުމުރުގެ ބާކީއޮތްބައި ހޭދަކުރަން ބޭނުންވާނީ ކާކުހެއްޔެވެ؟ އުފަލެއް ނުލިބޭނެ ތާންގައި ލިބޭނީ މޮޅިވެރިކަމެވެ. މައިމޫނާ ފޯނުގެ އަތްގަނޑު ބާއްވާފައި އެންބުރުތަނާ ފަޒްލާ ހުރީ ކުރިމަތީގައެވެ.

މައިމޫނާގެ ހިތް އަތަށް އައެވެ. އޭނަގެ އަތުން ޖެހިފައި އުސްކޮށް ހުރި ދިގު މޭޒުމަތީ ހުރި މާވަށިގަނޑުވެސް ނުވެއްޓުނީ ކިރިޔާއެވެ. މައިމޫނާ ހިންދިރުވާލިއެވެ. ފަޒްލާއަށް އޭނަ ދެއްކި ވާހަކަތައް އަޑުއިވުނީ ހެއްޔެވެ؟ ފަޒްލާ ބަލަން ހުރިގޮތުން މައިމޫނާގެ ހާސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. ފަޒްލާއަށް އަޑުއިވުނުނަމަ މިފަހަރު އޭނަގެ ދުވަސް ދާނެއެވެ. ގެއިން ނެރެލަންވެސް ފަހެއް ނުޖެހޭނެއެވެ. އީނާގެ މައްސަލަގަނޑު ހިލުނުފަހުން ދެމީހުންގެ ގުޅުންވަނީ ހީނަރު ވެފައެވެ.

ފަޒްލާއަށް އެއްވެސް އެއްޗެއް އަޑެއް ނީވެއެވެ. އޭނައަށް ހައިރާންކަން ލިބުނީ އަގުބޮޑު ފޯނެއް އޮތް މައިމޫނާ ލޭންޑްލައިން ބޭނުންކުރީތީއެވެ. އެހެންޏާ މައިމޫނާ އޮޅިގެންވެސް އެބޭނުން ނުކުރާނެއެވެ. ފޯނު ބިލަށް ފައިސާ ދައްކަން ޖެހިދާނެތީއެވެ. ގޭގެ ހުރިހާ ހަރަދެއް މުޅިންހެން ބަލަހައްޓަނީ އަވްޝަންއާއި ޝިޔާޢުއަށް ލިބޭ އެއްޗަކުންނެވެ. ދުވަހަކުވެސް މައިމޫނާ އަތުން ފައިސާފޮއްޗެއްގެ މިންވަރުވެސް ހަރަދުކޮށްފައެއް ނެތެވެ. ޝިޔާޢުގެ ހުރިހަމައެކަނި ކޮއްކޮއަށް ވުމުން މިނިވަންކަމާއެކު މައިމޫނާއަށް ގޭގައި އުޅެވެއެވެ.

”ފޯނު ހަލާކުވިތަ؟” ފަޒްލާ އަހާލިއެވެ. ”ހޫމްމް… މިއަދު ކޮޓަރި ތެރެއަށް ވެއްޓިފަ…” މައިމޫނާ އަވަސް އަވަހަށް ބުނެލިއެވެ. ފަޒްލާގެ މޫނަށް ބަލައިލުމުން އޭނައަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ރުޅީގެ އަސަރެއް ނުފެނެއެވެ. މައިމޫނާ ނިންމީ ފަޒްލާއަށް އޭނަ ދެއްކި ވާހަކަތައް އަޑުނީވޭ ކަމަށެވެ. އަޑު އިވުނުނަމަ އޭނައާ ދިމާއަށް ހަޅޭއްލެވީހެވެ.

”ކުޑަކުއްޖަކަށްވުރެ މައިމޫނާގެ ހާލަތު ދެރައެއްނު…” ފަޒްލާ ދެފަރާތަށް ބޯހޫރާލިއެވެ. މައިމޫނާ އެތަނުން ދާން އުޅެނިކޮށް ފަޒްލާ ގޮވާލާފައި ބުނީ ރޭގަނޑުގެ ކެއުން ތައްޔާރުކުމަށް އެހީވެ ދިނުމަށެވެ. މިރޭ ގެއަށް މެހުމާނަކުވެސް އަންނަ ވާހަކަ ފަޒްލާ ބުންޏެވެ. ވަގުތުން މައިމޫނާގެ މޫނުގެ ކުލަވަރު އޮއްސިއްޖެއެވެ. އޭނަ ގަޑިބަލާލިއެވެ. އަށެއްޖަހަން ކައިރިވަނީއެވެ. މައިމޫނާ ބަހަނާއެއްދައްކަން އުޅެނިކޮށް ޝިޔާޢު ފެނި އޭނައަށް މަޖުބޫރުވީ ފަޒްލާއާއެކު ބަދިގެއަށް ދާށެވެ. ޝިޔާޢު ކުރިމަތީގައި ތިމާވަރުގެ ހެޔޮލަފާ މީހަކު މިދުނިޔެ މަތީގައި ނެތްކަމަށް ހެދިގެން މައިމޫނާ އުޅޭނެއެވެ.

ކައްކަން އުޅުނުއިރުވެސް މައިމޫނާއަށް ބެލެނީ ގަޑިއަށަވެ. ފާރުގައި ހުރި ގަޑިއަށް އެނަ އިރުއިރުކޮޅާ ބަލާލައެވެ. މިކަން ފަޒްލާއަށް ފާހަގަ ކުރެވުނެވެ.

”ތަނަކަށްދާން ލަސްވެގެންތަ؟…” ފަޒްލާ ސުވާލުކުރިއެވެ.

”ނޫން ނޫން…” މައިމޫނާ ރުޅިއައިސް އެތެރެއިން އެނދިކަމުގައި ވިޔަސް ދެއްކީ މުޅިން އެހެން މޫނެކެވެ. ފަޒްލާ އޭނައަށް ޖެއްސުމަކަށް ބޯމަތިކުރުވި މަސައްކަތެވެ. މިިރުސްކޮށާ ނިންމާލަމުން މައިމޫނާ ފިޔާތައްވެސް ކޮށަން އަވަސް ވެގަތެވެ.

ރޫޔާ އީނާގެ ކޮޓަރިއަށް ވަންއިރު އީނާ އޮތީ ހެޑްސެޓް އަޅައިގެން މެސެޖް ކުރާށެވެ. އަޑުއަހަމުން ދިޔަ ސޮފްޓް މިޔުޒިކްގެ އަޑު މަޑުމަޑުން ހަމަހިމޭންކަން ރަސްކަންކުރަމުން ދިޔަ ކޮޓަރީގެ ތެރޭގައި ގުގުމާލައެވެ.

ރޫޔާ އެނދުގައި އިށީންނަމުން ހެޑްސެޓް ނެގިއެވެ. ”ރޫ…” އީނާއަށް ލިބުނު ސިހުމާއެކު ފުންމައިގެން ތެދުވެއްޖެއެވެ. ”މީ އަހަންނޭ، ހަންޑިއެއްނޫން….” ރޫޔާ ލުއި ހީލުމަކާއެކު ބުންޏެވެ. ”ބިރުގަންނާނެ އެއްނު…” އީނާ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. އެވަގުތު މެޖެސެއް އައުމުން އީނާ އެއަށް ރައްދުދޭން އެނދުމައްޗަށް ވެއްޓުނު ފޯނު ނެގިއެވެ.

”ސޯ ހައު ވޯޒް އެވްރީތިންގް؟…” އީނާ ފޯނު ބާއްވަމުން ރޫޔާގެ މޫނަށް ބަލާލިއެވެ. ރޫޔާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދޮންމޫނު ވިދަނީ ސާދަ ވިލޭރޭގެ ހަނދު ފަދައިންނެވެ.

”ބަރާބަރު، ޒީންގެ ފެމިލީ މީހުންވެސް ވަރަށް ރަގަޅު، ހާއްސަކޮށް ޒީންގެ މަންމަ، ފުރަތަމަ ކޮޅު ބިރުގަތް އެކަމަކު ފަހުން ހުރިހާ ކަމެއް ރަގަޅުވި، އޯވްވްވް، އެންޑް ޒީންގެ ކުޑަ ކޮއްކު ލުޔޫން ވަރަށް ލޯބި، ޔޫ ވޯންޓް ބިލީވް މީ، ލުޔޫން ލޯބިކަމުން ބޮޑަށް ވައްތަރީ ރަޝިޔަން ކުއްޖަކާ…….” ރޫޔާ ކުޑަ ހަޅޭކެއްގެ އަޑާއެކު ބުންޏެވެ. ދެމީހުންވެސް އެއްކޮށް ހީގަތެވެ.

”އަޅޭ ލުޔޫންއާ ބައްދަލުކުރަން ދާން ވާނެ….” އީނާ ބުންޏެވެ. ދެމީހުން ހީހީފައި އުޅުނުއިރު ހަމަޖެހުމުގެ ކުލަވަރުތައް ފެނެއެވެ. ސަކަރާތް ޖެހުމުގެ ހައްދެއްނެތެވެ. އެގޮތުގެ މަތިން ވަގުތުތައް ފާއިތުވީ ކިހިނެއް ކަމެއްވެސް ނޭގެއެވެ. ރޫޔާއާއި އީނާ ފާޑެއްގެ ބޯރޑްގޭމެއް ނަގައިގެން ކުޅެން ތިއްބާ މައިމޫނާ އައިސް ވަދެއްޖެއެވެ. ފެނުނު މަންޒަރުން މައިމޫނާގެ ބުމަގޮށްޖެހުނެވެ. މިދެކުދިން އުޅޭ ގޮތުން ރުޅިއަންނަނީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. އީނާއާއި އެކު ނޫޅެން ތަކުރާރުކޮށް ބުނިކަމުގައި ވިޔަސް ރޫޔާއަކަށް އެއަޑެއް ނީވެއެވެ. އަބަދު ދެނީ ބީރުކަންފަތެކެވެ. އެއަށްވުރެ ގަހަކަށް އެނަސޭހަތް ދިނަސް ހާސްބައި ރަގަޅު ވީހެވެ.

ގަދަކަމުން އަޑަށް އުފާވެރިކަން ގެންނަމުން ކާން އައުމަށް މައިމޫނާ ބުނެލިއެވެ. އީނާ އާއި ރޫޔާ ވާހަކައެއްގައި ތިބެ ނިކުމެގެން ދިއުމުން މައިމޫނާގެ ނަޒަރު އަމާޒުވީ ރީތިވާ މޭޒަށެވެ. ވައިރޯޅިއެއްގެ ހަލުވިމިނުގައި އޭނަ ރީތިވާމޭޒު ކައިރިއަށް ހުއްޓުނެވެ. ފުނަލުން އިސްތަށިތަކެއް ނަގަމުން މައިމޫނާ ބޭރަށް ނިކުތެވެ. އޭނަގެ ރޭވުން ކާމިޔާބު ވާނެކަމުގެ ފެހި ސިގްނަލް މިހާރުވެސް ލިބެން ފަށައިފިއެވެ.

ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމެއް ނެތި މައިމޫނާ ދިޔައީ ބޭރަށެވެ. ފަޒްލާގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. މިއަދު މައިމޫނާ ކުރި ފޯންކޯލަށްފަހު މިޒާޖަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކުރެވުނެވެ.

ޓެކްސީއަކަށް އަރަމުން މައިމޫނާ މިސްރާބުޖެހީ މާފަންނު ”ބެލެކް ޑައިމަންޑް” އަށް ދިއުމަށެވެ. ކާރުތެރޭގައި އިންއިރު އޭނަގެ ދެއަތްވަނީ ޖޯޑުކޮށްލެވިފައެވެ. މަންޒިލަށް ދެވޭލެއް ލަސްވެގެން ބާރަށް ދުއްވުމަށް ބުނެވުނު އަދަދެއް ނޭގެއެވެ.

އުސްއިމާރާތުގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ފައިސާ ދައްކަމުން މައިމޫނާ ކާރުން ފޭބިއެވެ. އިމާރާތުގެ ތިންވަނަ ބަޔަށް ދާން އޭނަ އަވަސް ފިޔަވަޅުތަކެއްގައި ދިޔައިރު އޭނަ ހުރީ އަތްދަބަހުގައި ބަރަކަށް ހިފަހައްޓާލައިގެންނެވެ. މިފަހަކަށް އައިސް ފޭރުމުގެ ހާދިސާތައް ހިނގާތީ މައިމޫނާ ހުރީ ނިކަން ބިރުންނެވެ.

އެޕާރޓްމެންޓްގެ ދޮރުގައި ދެތިންފަހަރު ޓަކިދިންތަނާ ދެބައި އުމުރުގެ މީހަކު ދޮރު ހުޅުވާލައިފިއެވެ. އޭނަ މައިމޫނާގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލާލިއެވެ. ހިސާބަކަށް ނިތަށް ރޫތަކެއް ޖަމާވިއެވެ.

”މިރޭ ގުޅީމެއްނު…. މައިމޫނާ….” މައިމޫނާ ތައާރަފްވެލިއެވެ. ތުނިކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލަމުން އެތެރެއަށް އައުމަށް ރަމީޒު ބުންޏެވެ.

”ކޮންކަމެއް ކޮށްދޭންވީ؟….” އިތުރު ތަފްސީލުތަކެއް ބޭނުންވެފައި ހުރި ރަމީޒު ބުންޏެވެ. ފޯނުން މާކަ ބޮޑު ތަފްސީލެއް މައިމޫނާ ނުދެއެވެ.

”ދެމީހަކު ދުރުކުރަން ސިހުރު ހަދައިދޭންވީ، އެއަށްފަހު އަންހެންކުއްޖާ މޮޔަކޮށްލަންވީ…” މައިމޫނާ ބުންޏެވެ.

”ދެމަފިރިންތަ؟…” ރަމީޒު އެހި އެވެ.

”ނޫން، ދެލޯބިވެރިން…” މައިމޫނާ ޖަވަބުގައި ބުންޏެވެ. އެޕާރޓްމެންޓް ތެރެއިން ދުވާ ތަންމުޑު ވަހުން މައިމޫނާއަށް ނޭވާލަންވެސް އެހާމެ އުނދަގުލެއެވެ. ތަރުތީބު ގެއްލިފައިވާ ތަންތަނެވެ. އެންމެ ބޮއްކެއްގެ ފަނޑުއަލިކަން ފިޔަވާ އެހެން އަލިކަމެއް ނެތެވެ. އެބޮކީގެ އަލިވަރުގެ ތެރޭން މަންޒަރުތައް ސާފުވާކަމެވެ. ބަންދުކުރެވިފައިވާ ދެކޮޓަރިން އިރުއިރުކޮޅާ އެއްޗެއް ތެޅިލާ އަޑުއިވެއެވެ. އެހެންނޫނީ ތޫނު ވަކިތަކެއްގެ އަޑުއިވިލައެވެ. މައިމޫނާ ބިރުންގޮސް ހަލާކުވާވަރު ވިއެވެ. ރޫހާނި ބާރުތަކަކުން ފުރިހަފައިވާ ތަނެއް ކަމަށް ހީކުރެވުނެވެ. މިތަނަށް އާދެވުނުކަމުގެ މޮޔަވެސް ހީވިއެވެ. ނަމަވެސް އީނާގެ އުނދަގުލުން ސަލާމަތްވާން މިނޫން މަގެއް ނެތެވެ.

”ބިރު ގަންނާނެކަމެއް ނެތް ….” މައިމޫނާގެ މޫނުގައި ވިދަވިދާ ހުރި ދާތިކިތައް ފެނި ރަމީޒު ބުންޏެވެ. ދެންވެސް މައިމޫނާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނަ އައި ބޭނުން ނިންމާލާފައި އަވަށް ދާންވީއެވެ.

”ދެމީހުން ދުރުކުރުވުމަކީ އުނދަގޫކަމެއް ނޫން، އެކަމަކު މޮޔަ ކުރުމަކީ އުނދަގޫކަމެއް، އޭގެ ނަތީޖާވެސް ހިތިގޮތަކަށް ނިކުމެދާނެ، މިބުނީ އަހަރެން ފޮނުވާ ޖިންނިއަށް އަންހެންކުއްޖާ ރީތިވެއްޖެނަމަ އެކުއްޖާއާ އޭތި ހިތާވުމުގެ ފުރުސަތު ބޮޑޭ، އޭރުން މައްސަލަތަކެއް ކުރިމަތި ވެދާނެ، އޭރުން އަހަރެންގެ ބަހަށް އޭތި ބޯނުލަނބާ ހިސާބަށްވެސް ކަންތައް ހިނގައިދާނެ!، އަމިއްލަ އެދުން އިސްކުރާނީ… އާންމުގޮތެއްގައި ފިރިހެން ޖިންނީންގެ ބާރު ގަދަވުމުން އެފަދަ ކަންކަމަށް އެސޮރުމެން ފޮނުވަނީ!….” ރަމީޒު ސޯފާގައި އިށީންނަމުން ބުންޏެވެ.

”މައްސަލައެއް ނެތް….” މައިމޫނާ ބުނެލިއެވެ. އީނާއަށް ކޮންމެކަމެއް ވިޔަސް އޭނައަށް ކޮންކަމެއް ހެއްޔެވެ؟ އޭނަ ކުރިކަމެއްކަން ނޭގޭހާ ހިނދަކު އެނިމުނީއެވެ.

”އަންހެން ކުއްޖާގެ ދުވަސްވެސް ހިނގައިދާނެ….” ކަމުގެ ނުރައްކަލާ ބެހޭގޮތުން ރަމީޒު އޮޅުން ފިލުވައިދިނެވެ.

”އަހަންނަށް ރަގަޅީ އެނަ މަރުވެއްޖެއްޔާ…” މައިމޫނާ އަތްދަބަހުން އިސްތަށިތަކާއި އީނާގެ ފޮޓޯއެއް ނަގާފައި ދިއްކޮށްލިއެވެ. ރަމީޒުއަށް ބަލާލެވުނީ އީނާގެ ފޮޓޯއަށެވެ. ކޮންފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެއް ހެއްޔެވެ؟ ދުނިޔެމަތީގައި ޙޫރުލްޢީނުން އުޅޭނެނަމަ މިކުއްޖާއަކީ އޭގެތެރިން އެކަކަށް ވާނެއެވެ. އޭނަ ފޮނުވާ ޖިންނި މިކުއްޖާއާއި އަވަލާނެކަން ޔަޤީނެވެ. ފުރަތަމަ ފަހަރަށް މިކަން ކުރުމަށް ރަމީޒުގެ ހިތާއި ސިކުނޑި ދެކޮޅު ހެދިއެވެ. އީނާ އަކީ މައުސޫމްކަމާއި ތާހިރުކަމުގެ މިސާލެކެވެ. ކުށެއްނެތި އެފަދަ ބޮޑު އަނިޔާއެއް ނުދެވޭނެއެވެ.

ރަމީޒު ފުންކޮށް ވިސްނާލިއެވެ.

”ވިހިހާސް ރުފިޔާ…” ރަމީޒު އަގުކިޔާލިއެވެ.

މައިމޫނާއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. އެހާ ގިނަ ފައިސާ އޭނަ ހޯދާނީ ކޮންތަނަކުން ހެއްޔެވެ؟ އަތުގައި އޮތީ އެންމެ ފަނަރަހާސް ރުފިޔާއެވެ.

”ރަގަޅުވާނެ އެޑްވާންސްކޮށް ފަނަރަހާސް ރުފިޔާ ދީފަ ކަންތައްކޮށްނިމުނީމަ ބާކީ ފަސްހާސް ރުފިޔާ ދިނަސް….” މައިމޫނާއަށް ބަލާލާފައި ރަމީޒު ހިނިތުންވެލިއެވެ. މައިމޫނާއަށް އަދިވެސް ޤަބޫލުނުކުރެވެއެވެ. ސިހުރުހަދަން އެހާގިނަ ފައިސާ ބޭނުންވޭ ހެއްޔެވެ؟ ރަމީޒު އެއުޅެނީ އޭނަ އޮޅުވާލަން ހެއްޔެވެ؟

”ހާދަ ބައިވަރު….” އަޑުތުރުތުރު އެޅުމުން މައިމޫނާއަށް ބުނެވުނީ އެވަރަށެވެ. ފައިސާ ދީފައި އެކަން ކޮށްދޭނެކަމުގެ ޔަޤީންކަމެއްވެސް އޮތީކީ ނޫނެވެ. ނަމަވެސް މައިމޫނާގެ ހަވަނަ ހިއްސު ބުނަމުން ދިޔައީ ރަމީޒު އޭނަ އައި ބޭނުން ފުއްދައި ދޭނެކަމަށެވެ. ހުރިހާވެސް މައްސަލައަކީ ފައިސާއެވެ.

”އަނގައިން ބުނާހާ ފަސޭހަކަމެއް ނޫނޭމީ…. ނުރައްކާތަކެއްވެސް ވާކަމެއް މީ…” ރަމީޒު ނުރުހިފައި އިނދެ ބުންޏެވެ. ޓަސްލާފައި ސިހުރެއް ނުހެދޭނެއެވެ. ޖިންނިންގެ ބޭނުންކޮށްގެން ކުރަން ޖެހޭ އުނގަދޫ މަސައްކަތެކެވެ. އޭގައި ނުހަނު ދަތިކަންތައް އެކުލެވިފައި ވެއެވެ. ސިހުރުހަދަން ބެނުންވާ ސާމާނުތައްވެސް މާލޭން ލިބެނީ އުނދަގުލުންނެވެ. އެވެސް ބްލެކް މާރކެޓުންނެވެ.

”އޯކޭ….” ރުޅިއައިސް ސިހުރު ހަދަައިދޭން ރަމީޒު ދެކޮޅު ހަދާފާނެތީ މައިމޫނާ ބުނެލިއެވެ. ދަބަހުން ފައިސާކޮޅު ނަގާފައި އޭނަ ރަމީޒު އަތަށް ދިއްކޮށްލިއެވެ. އޭރު މައިމޫނާ ހުރީ އިންތިހާއަށް ދެރަވެފައެވެ. ރަމީޒު ފައިސާކޮޅަށް ބަލާލީ ދަހިވެތި ނަޒަރަކުންނެވެ. އޭނަ ފައިސާ އަތުލަމުން ގުނަން ފެށިއެވެ.

”މާދަން ތިކަންކޮށް ނިމޭނެ….” ރަމީޒު ބުނެލިއެވެ. ދެން އޭނަ ބުނީ މާދަމާ ހަވީރު އައިސް އޭނަދޭ ފެންފުޅި ގެންދިއުމަށެވެ. ރޮއިއޮއި އޮތް ހިތަކާއެކު މައިމޫނާ އެޕާރޓްމެންޓުން ނިކުތެވެ. ފޯނެއް ގަންނަން އެއްކުރި ފައިސާތައް ގެއްލުނީއެވެ. އެހެނަސް އޭގެ ނަތީޖާ އާހިރުގައި ފޮނި ވާނެއެވެ. ދުވަސްކޮޅެއް ނުވެ އީނާގެ ދިރިއުޅުން ނަރަކައަކަށް ބަދަލު ވާނެއެވެ. މައިމޫނާ އޭނަގެ ހިތަށް ވިސްނައިދިނެވެ. އުފާތައް ހާސިލުކުރަން ބައެއްފަހަރު ޤުރުބާނީތަކެއްވެސް ވާން ޖެހޭނެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ހިތް ސިހުނުވަރުން. .

Next

އަރާފުއްޓަށް އަރާ ފުރޭތަ

Next
March 29, 2014

އަރާފުއްޓަށް އަރާ ފުރޭތަ

Previews
March 29, 2014

ހިތް ސިހުނުވަރުން. .

22 Comments!

  1. މުތާ/ ސ.ހިތަދޫ says:
    March 29, 2014 at 4:32 pm

    Hope that readers will like this part too, mibai kuruvaane ei mutha ah story liyan vagutheh vi miadhu thats why this part is so short, but nxt part dhigukohlaanan, inshaallah <3, give a feedback so i will know which areas to improve…. 🙂 9th vanabai monday ga , isnshaallah 🙂

  2. hazu says:
    March 29, 2014 at 4:52 pm

    muthaaaaa inaaaah dhera gotheh nuhadhaaaa…..
    vagutheh vegen bunaaa dhuvaha up kuraathi saabas…..keep it up muthaaaaaa…………..

  3. Maee says:
    March 29, 2014 at 4:59 pm

    masha allah..v.reethi mi part ves..ekam thankolheh kury….but ena ah dhera gotheh nuhadhathi..hadha gohey dw maimoona gandu

  4. lai says:
    March 29, 2014 at 6:13 pm

    Mi vahaka nimenden genes dechey.plx plx

  5. Sha says:
    March 29, 2014 at 6:14 pm

    mi part haadha kurey muthaa :/ varah kiya hithun hutta enimunee. dhen anna baeh dhigu kohdhehchey pleeaaaaaseee :3

  6. liuu says:
    March 29, 2014 at 6:18 pm

    muthaa ….muthaaa…..i realyyy liked ths prt…vvvvvvv salhi……….kn dhuvas thakeiga tha muthaa vaahaka up kuranyyyyy……..wating 4 da nxt prt……

  7. thiii says:
    March 29, 2014 at 7:02 pm

    wow…hama vvv salhi..mihaaru biruves ganey..bt inaa ah dhera gotheh nahadhacheyyy…plxx

  8. anaa says:
    March 29, 2014 at 7:23 pm

    vvv reethi… but i wish rameex , een gekolhah gos maimoona gan’du balivaan… nd v unique plot eh!! anyways good luck and conteniew …. een ah dhera gothen nuhadhahchey:)

  9. bookworm says:
    March 29, 2014 at 7:34 pm

    rangalhah v ya funalun negi isthashi vaany maimoona ge loabi rooya ge isthashi kolhah :P!! eyrun onnany thimaa feyhunu iloshi herifa thima ge lolah. varah reeethi waiting for the next part <3 keep it up

  10. naaa says:
    March 29, 2014 at 8:49 pm

    ……nice story..watng for next part

  11. ENY says:
    March 29, 2014 at 9:06 pm

    VARAH SALHI KURIYAH DHAA GOI NEXT PART AH KEHTHERIKAMEH NETHI INTHI ZAARU KUAN

  12. shuhaa says:
    March 30, 2014 at 2:47 am

    sihuru nuhedheyyne gotheh hadhaaba alhe…. eyrun reethi vaanyyy… v foohi vaahakathah sihuruge bayah dhanyaaa…… plxxxx….. thi gothah kuriyah dhanyaa heevanyy kuree baige vaane goiy ves ingeyy hen…. dhn vaane goiy ves….

    1. މުތާ/ ސ.ހިތަދޫ says:
      March 31, 2014 at 12:52 am

      Thanks a lot hazu, maee, laii ,sha, liuu, thii, anaa ,bookworm, naa, eny and shuhaa, konme comment ahakah vakin reply kuran vagutheh nethima mihen reply mikohli, sorry ingey, i’ll see what i can do, next part kiyaalima dhen vaanegotheh ingeynives, e part v dhigukohlaanan, mutha ves beynunvei dhigukuran but time eh nethima kurukoh liyeveni, ginafaharu dhanvaruheylaa indhegen liyan mijeheni ves….. <3 thanks for all your support. lai , allah ge iraadhafulhaeku vaahaka ehkoh genes deynan, vaahaka upvaane konme , Monday, Wednesday and Saturday ga , inshaallah

  13. fan says:
    March 30, 2014 at 5:09 pm

    Alhey fan hikuri sihuru nehedheyne kamah, pls e reyvun kaamiyaab via nudhehchey, vvv reethi, mutha suvaaleh kohlantha? Mutha, aish , yas nd lara ge vaahaka kiyantha? E writers hen mutha ge style ves varah reethi ehenve mi ahali, r u relative to any of the three writers? Javvaabu dhehchey, reethi vegen ehen mi ahali, eveleen ves varah reethi, e story ah fahu mutha ge fan akah me vehje, dhen reethi and handsome kudhin thibim adhi vvv kiyaahih vey…..love ur style nd how u describe d story …. keep it up

  14. Nix ie says:
    March 30, 2014 at 7:12 pm

    hai muthaa!!!!!!!!! hws u dear??? asluves mi bai kuru,ekam gaboolu kuran b zy v ma kan kuru koh liyani,bzy koh ulhemun ves vaahaka up kohdheythi v bodah thankz ingey,,
    pis pis pis mi oh ulhey maimoonaa eh dho???? a ee hama fahkka hitler eh,haadha haa nulafaey dho?????? muthaa alhe een ah dhera gotheh nuhadhahchey ingey,,ekam maimoonaa gose kan ingeyneeves konmeves bodu kanthah gandeh higeema dho????? J viyas dhen a ee bodu varu dho???????? mi part ves varah reethi, dhn kuriah oi partge inthizaarugai mihuree,

  15. lam says:
    March 30, 2014 at 7:25 pm

    Very nice story

  16. luyoo says:
    March 30, 2014 at 9:50 pm

    hey muthaaa…vvv salhi mi prt vx…….muthaa wats ur occupation….i knw its a prsonal question bt still a asked….b cos i want to ryd ths story every dayyyyyy…bt ur so busyyyy dhoooooooo………….:p……

  17. މުތާ/ ސ.ހިތަދޫ says:
    March 31, 2014 at 1:00 am

    Thaks a lot to fan , niX ie lam and luyoo, i missed your comment nix iE. happy to see u back, mutha hama best. 🙂 maimoona aki bondu hiltlaren, have to save eenu from her, alayas eba hutheh nu dhoa? lets see what will happen next … kudha inthizaareh kohlan jehenei… big thanks to u nix Ie……….

    fan: mutha kiyan aish, yas and lara ge hurihaa vaahaka ves, big fan of all their stories, nuney mutha aki ein ehves writer eh ge realtive eh nun, varah gina kudhin ahaa suvalen thi, hope u got your answer 🙂 gald u like eveleen 🙂 ….. luyoo mutha mi kiyavaakuhjeh 🙂 .. <3.  

  18. leesha says:
    March 31, 2014 at 9:12 pm

    alhe mivaahaka biru veri nukurachey.. pls pls pls

  19. ryaa says:
    April 7, 2014 at 12:04 pm

    pic change kolly dhw..v salhi

  20. GuDuMeena says:
    April 28, 2014 at 11:43 am

    🙂 awesome. .

  21. konmeves meeheh says:
    November 15, 2015 at 2:45 pm

    kamaku nudey kiyaahiteh nuvey v hadi. v foohi. miden meehun liyaaakahala ehchehi tha vai vaahakaeh

Comments are closed.

Next Episodeއޯގާވީ ހިތަކުން…9←


All Right Reserved!