Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

ލާރާ

Nanni Level 210 Stories100 Comments100 Login
May 10, 2018 3 Mins Read
40 Comments

ލާރާއަށް ހޭލެވުނީ ފޯނު ރަނގަބީލުވާ އަޑަށެވެ. މޯޅިއަކަށް ދެމިލުމަށް ފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލިތަނުން ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ލާރާ ސްކޫލަށް ނުދެވުނު ސަބަބު ހޯދަން މުދައްރިސް ގުޅުއްވުމުން ލާރާ ހައިރާން ކުރުވަނިވި ގޮތަކަށް ގަޑިއަށް ނަޒަރެއް ހިންގާލިއެވެ.  އަނގަ ތަންމިނަށް ހުޅުވި ލޯ ބޮޑުވެފައި އޮތް ލާރާއަށް ގަޑި ޖެހިގެން ސްކޫލަށް ދެވުނު  ފަސްވަނަ ދުވަހަށް މިދުވަސް ވާނެއެވެ. އަވަސް އަވަހަށް ތެދުވެ ދުއްވައިގަތީ ފާޙާނާއާއި ދިމާލަށެވެ.

އިންޓަވަލް ފަހުން ސްކޫލަށް ދިޔުމުގެ ނިޔަތުގައި ލާރާ ތައްޔާރުވެލިއެވެ. ޓައިމް ޓޭބަލާއި އެއްގޮތަށް ފޮތްތައް އަޅަން ހުރެވުނީ ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިހުރެއެވެ. މިހިނގަމުންދާ އަހަރަކީ ލާރާގެ ހުވަފެންތަކާއި ހިސަބަށް ދިއުމަށް ސްކޫލް ދައުރުގައި ކުރެވޭ އެންމެހާ މަސައްކަތްތަކުގެ ނަތީޖާ ލިބިގެންދާނެ އަހަރެވެ. އާދެ! ގްރޭޑް ދިހައެއްގައި ކިޔަވަމުންދާ އަހަރެވެ.

ލާރާއަކީ އޭނާއަށްޓަކައި މުޅި ސްކޫލު ފިޔަ ތިރިކޮށްލާފަދަ ރަންތަރިއެކެވެ. ގްރޭޑް 1 އަކުން ފެށިގެން ރަނގަޅު ނަތީޖާ ނެރެމުން އަންނަ ކުއްޖެކެވެ. ލާރާގެ ޙަޔާތުގައި އެންމެ މުޙިއްމު އެއް އަހަރު ވޭތުކުރަން ޖެހުނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ހިތާމައެއްގެ ތެރޭގައެވެ. ކުލާސް ކުދިންގެ ދެމެދުގައި ޖެހިފައިވާ އެންމެހާ މައްސަލަތަކުގެ މެދުވެރިއަކީ ލާރާކަމުގައި ކުލާހުގެ 2 ކުދިން ފިޔަވާ ހުރިހާކުދިން ޤަބޫލުކުރެއެވެ.

ފުން ވިސްނުމެއްގެ ތެރެއިން ލާރާ ހޭލައްވާލީ ބަޔޮލޮޖީ ޓެސްޓުގެ ހަނދާން ތަކުންނެވެ. މިއަހަރުގެ ފުރަތަމަ ކުލާސް ޕޭޕަރު ފިޔަވާ އެއްވެސް ޕޭޕަރަކުން އޭނާއަށް ފާސްމާރކުހަށްވުރެ މައްޗަކުން ނުލިބެއެވެ.

ސްކޫލަށް ދާހިތް ނެތުމާއިއެކު ވެސް އޭނާގެ މައިންބަފައިންގެ ހުވަފެންތަކާއި ހިސާބަށް ދިޔުމަށް މަސައްކަތް ކުރުމުގެ ނިޔަތާއި އެކު އޭނާ ސްކޫލަށް ދިޔައެވެ. ކުލާހަށް ވަނުމާއިއެކު ފުރަތަމަވެސް އިވިގެންދިޔައީ ކުލާސް ކުދިންތަކެއް އަޅުވާ ކިޔާ އަޑާއި ލާރާ ހެދުން އަޅާ ގޮތާއިމެދު ފާޑުކިޔާ އަޑެވެ. ލާރާއަކީ ކަޅުކުލައިގެ އަބާޔާ ލުމަށް ލޯބިކުރާ ކުއްޖެކެވެ. މިފާޑުކިޔުންތަކުން ސަލާމަތް ވުމަށް އޭނާ ވެސް ރައްދު ދޭން ފެށިއެވެ. ކެތްނުކުރެވިގެންނެވެ. ލާރާއަކީވެސް އިންސާނެކެވެ. ކެތްކުރެވޭނީވެސް ވަކި ވަރަކަށް ނޫން ހެއްޔެވެ؟

ބަޔޮލޮޖީ ގަޑި ޖެހިއްޖެއެވެ. ޓެސްޓު ޕޭޕަރު ތައްވެސް ބަހާލައިފިއެވެ. ޕޭޕަރު ހެދުމަށް ބޭނުންވާ ސަމާލުކަން ގެއްލުވަނީ ހިތަށް އަންނަ ޚިޔާލުތަކުންނެވެ. ކުދިންގެ ހަނގާކުރުންތަކެވެ. ޓެސްޓު ޕޭޕަރު ނިމުމުން މުދައްރިސް ޕޭޕަރު ނެގުމަށްފަހު ލާރާއާއި ދިމާއަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ވާހަކަ ބުނުއްވިއެވެ. ކިޔެވުމާ ދުރުވާ ސަބަބު ވެސް އެއްސެވެ. ލާރާ ހިނިތުންވުމަކުން ފުއްދާލީއެވެ.

ސްކޫލު ކިޔަވާ ވަގުތު ނިމުމުން އިތުރަށް މަޑުނުކޮށް އޭނާ އައީ ގެއަށެވެ. ޕޭޕަރުތަކުން ދަށްވުމުގެ ސަބަބުން މަންމަ ކިޔާ އެއްޗިހި އަހަން ކެއްނުކުރެވޭތީ ލާރާ ގެއަށްދާ ހިތްވެސް ނުވެއެވެ. ބޭއިޚުތިޔާރުގައި ލޮލުން ހޯސްލާފައި ކަރުނަ އޮހޮރެން ފެށިއެވެ. އެންމެ ބޮޑު މައްސަލައަކަށް ވަނީ އަޅުވާ ކިޔުމުގެ މައްސަލައެވެ. މަންމަމެންވެސް އެވާހަކަތައް ޤަބޫލުކުރާތީއެވެ. ކުރާނެ ކަމެއް ނެތެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ މީހުން ބުނެއެވެ. އޭނާ އިންތިޒާރު ކުރަމުން އެދަނީ އެދުވަހަކަށެވެ. އުފާވެރި ދުވަހަކަށެވެ.

ލާރާއަކީ އެއްވެސް އިރެއްގައި އެއްވެސް މީހަކު ދެކެ ފޫހިވާ ނުވަތަ ރުޅިއަންނަ ކުއްޖެއް ނޫނެވެ. ނަމަވެސް ލާރާ ދެކެ މިހާގިނަ ކުދިން ރުޅި އަންނަ ސަބަބު ޚުދު ލާރާއަކަށްވެސް ނޭނގެއެވެ. ރެއާ ދުވާލު ފިކުރުގެ އޮއެވަރު ގަދަ ކަނޑަކަށް ޣަރަޤު ވެފައި އޮންނަ ލާރާގެ އެންމެ ގާތް އެކުވެރިއަކަށްވީ ކަރުނައެވެ. ލާރާ އެންމެ ދެރަވާ ވަގުތުތަކުގައިވެސް އަދި އުފާވާ ވަގުތު ތަކުގައިވެސް ލޯތްބާއެކު މަޑުމަޑުން ފިރުމާލަދޭނީ ކަރުނައެވެ.

ސިކުންތަކަށްފަހު ސިކުންތެއް ހިނގައެވެ. އިންސާނެއްގެ ބާރަކާއިނުލާ ރެއާއިދުވާތައް ފާއިތުވަމުން ގޮސް ފެބުރުއަރީ މަސް ނިމި މާރިޗު މަސް ދުނިޔެއަށް ނޭވާލައިފިއެވެ. ލާރާގެ އަޚްލާޤާއި އުޅުމަށް ތަފާތު ބޮޑު ބަދަލުތަކެއް އަންނަމުންދާކަން ސްކޫލުގެ މުދައްރިސުންނާއި މުދައްރިސާއިންނަށް ފާހަގަވަމުން ދިޔައެވެ. ދެތިން ފަހަރަކު ނަސޭހަތްވެސް ލައިދީފިއެވެ. ލާރާގެ އުޅުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ހައްތަހާވެސް ވަނީ ގޯހެވެ. ބެލެނިވެރިޔާ އާއި ވާހަކަ ދެއްކުމުން ވެސް ރަނގަޅެއް ނުވިއެވެ.

ރަޙުމަތްތެރިއަކަށް ބާލީސް ހަދައިގެން ދަންވަރު 2 ޖަހަންދެން ލާރާ ނުނިދާ ފިކުރެއްގެ ތެރެއަށް ގެއްލިފައި އޮތެވެ. ސްކޫލަށް ދާން ނުހޭލެވޭ ދުވަސްތައް ގިނަވަނީ މިހެންވެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ބައެއް ދުވަސް ދުވަހު ސްކޫލަށް ނުދެވުމުން ކުރާ ހިތާމައެއްވެސް މިއަހަރު ލާރާއެއް ނުކުރެއެވެ. ދުވަސްތައް ވޭތުވަމުން ދިޔައީ ލާރާއަށް ހަމަނިދި ނުލިބިއެވެ. މީގެ ނަތީޖާއަކަށްވީ ތަފާތު ބަލިތަކާއި ކުރިމަތިލުމެވެ.

އޭޕްރީލް 24ވީ ހޯމަ ދުވަހު ލާރާ ސްކޫލަށް ދިޔައީ އޭނާގެ މަންމަ ގާތު އެކައުންޓު ގަޑިއަށްކަމަށް ބުނެފައެވެ. ކުލާސްފެށުމުން އޭނާ ފާޙާނާއަށް ދިއުމަށް ހުއްދަ ހޯދިއެވެ. ލާރާ ފާޙާނާއަށް ދިއުމުގެ ކުރިން ލާރާގެ ރަޙުމަތްތެރި ޝަރާ ގާތު މާލަސްވެއްޖެނަމަ ޚަބަރެއް ވުމަށް އެދުނެވެ. މީހަކަށް ނުފެންނާނެހެން ދަބަހުން ކަޓަރެއް ހިފައިގެން ލާރާ ފާޙާނާއަށް ދިޔައެވެ.

ފާޙާނާއަށް ވަދެ ދޮރު ތަޅު ލުމަށްފަހު ދެކޮޅަށްހިނގަން ފެށީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. ދެއަތުގައި ހުރި ބާރެއްލާފައި ބޮލުގައި ހިފޭއްޓީ ވިސްނުންތަކުން ފުރިގެންގޮސަ އެސިކުނޑި ފަޅައިގެންދާވަރު ވުމުންނެވެ. ބަލާކަށް ނުހުރެ ވައަތުގެ މައިނާރުމަތީގައި އެއްވެސް ރަޙުމެއްނެތި ލާރާ ކަޓަރު އެޅިއެވެ. ލޭ އޮހޮރިގެންދިޔައީ ހުއްޓުމެއް ނެތިއެވެ. މާ ގިނަ އިރުތަކެއް ނުވެ އޭނާ ބިމާ ހަމަވީ މޫނު މައްޗަށް އަނދިރި ވެ، ގައިން ވަރު ދިއުމުންނެވެ.

45 މިނެޓުގެ ކުލާސް ނިމުން އިރުވެސް ލާރާގެ ޚަބަރެއްނުވުމުން ޝަރާ ދިޔައީ ފާޙާނާއަށެވެ. ބިރުން ހުރެ ފާޙާނާބަރީގެ ފުރަތަމަ ފާޙާނައިގެ ތަޅުގައި ހިފިއެވެ. ދޮރު ހުރީ ތަޅުނުލައެވެ. އެކަކުވެސް އެތެރެއަކު ފެންނާކަށް ނެތެވެ. ދެވަނަ ފާޙާނާވެސް މިފަދައެވެ. ތިންވަނަ ފާޙާނާ ގެ ދޮރު ވެސް ހުރީ ތަޅުނުލައެވެ. ހުޅުވުނު ދޮރާއެކު ޝަރާގެ ލޯ ބޮޑުވިއެވެ. ލޭގެ ކޯރެއްގައި ބިމާ ހަމަވެފައި އެއޮތީ ލާރާ ނޫން ދެވަނަ މީހެއް ނޫނެވެ. ލެއާއި ތަތްތެޅިފައި އޮތް ލާރާ ފެނިފައި ޝަރާގެ ދެފައ ދަށުންހީވީ ބިންގަނޑު ދަމައިގެންހެނެވެ. ބަލާކަށްނުހުރެ ޝަރާ އެމްބިއުލާންސް އަށް ގުޅިއެވެ. އެމްބިއުލާންސްގެ އެލާރމްގެ އަޑާއި އެކު މުޅި ސްކޫލު ގުގުމާލިއެވެ. ވީ ކީއްތޯ ބަލަން ނުކުތް މުދައްރިސުންނާއި މުދައްރިސާއިން ތިބީ ހައިރާންވެފައެވެ. އެއްބަޔަކު އުޅުނީ ޝަރާ މައިތިރި ކުރެވޭތޯއެވެ.

ޑަކްޓަރު ލާރާގެ ފުރާނަ މި އަނިޔާވެރި ދުނިޔެއާއި ވަކިވި ވާހަކަ ބުނުމާއި އެކީ ލާރާގެ މައިންބަފައިންނަށްވެސް ވީ ޝަރާއަށްވީ ވަރެވެ. މިޚަބަރާއި އެކު ސްކޫލަށްވެސް ހީވީ ހިތާމައިގެ ސާލެއް އައި ހެނެވެ. ލާރާ މިދުނޔެއާ ވަކިވެގެން އެދިޔައީ އެތައް ބަޔަކަށް ޢިބުރަތްތެރި ފިލާވަޅެއް ނަގާދީފއެވެ. ހަނގާ ކުރުން ވެސް ދިޔައީ ދުވަހަކަށްވުރެ ދުވަހެއް މަދުވަމުންނެވެ.

ނޯޓު: ހަނގާކުރުމަކީ އަދުގެ މުޖުތަމަޢުގައި ޢާއްމު ވަރަށްވެސް ގެއްލުންހުރި ކަމެކެވެ. ނަމަވެސް މިކަމުގެ ސަބަބުން އަމިއްލައަށް މަރުވުންފަދަ ބޮޑު ފާފައަކަށް އަރައިގަތުމުން ދުރުވުމަށް އަޅުގަނޑު ނަސޭހަތްތެރިވަމެވެ. އޭގެ ބަދަލުގައި އުފާވެރި ދުވަހަކަށް އިންތިޒާރު ކުރާށެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ތިޔަ ލޯތްބާ ދުރަށް (6)

Next

އާދޭސް ކުރާ ހޮތްވޭ ރޮމުން 30 (ޕާރޓް 1)

Next
May 10, 2018

އާދޭސް ކުރާ ހޮތްވޭ ރޮމުން 30 (ޕާރޓް 1)

Previews
May 9, 2018

ތިޔަ ލޯތްބާ ދުރަށް (6)

40 Comments!

  1. Queen says:
    May 10, 2018 at 10:27 am

    Yayy me first dhw
    Stry vvv rythi n vv ibraitheri , keep it up dear

    1. naf nanni says:
      May 10, 2018 at 11:38 am

      yh first. Thnk uQueen

  2. airaa says:
    May 10, 2018 at 10:45 am

    vvvv reethi hama rovihjeh ohhhhhoh naf vvvv reethi keep it up!

    1. naf nanni says:
      May 10, 2018 at 11:39 am

      Thnxx Airaa

  3. Nakhla says:
    May 10, 2018 at 11:02 am

    Yea I’m first.
    Ibraiytheri vaahaka eah.
    Varah reethi ❤❤

    1. naf nanni says:
      May 10, 2018 at 11:39 am

      Thnxx Nakhla

  4. No one says:
    May 10, 2018 at 11:02 am

    vr rythi.. vr iburaitheri vaahakaeh..

    1. naf nanni says:
      May 10, 2018 at 11:17 pm

      Thn q No one

  5. Lyy says:
    May 10, 2018 at 11:07 am

    Story varah reethi….adhi Alan mi comment mi kohlyy??

  6. naf nanni says:
    May 10, 2018 at 11:41 am

    Ehehehh. Thn q

  7. sad life says:
    May 10, 2018 at 12:17 pm

    Keevetha kudhin ekaku anekakah bully kuranii… Alhugandu ge umurun mihar 16 years ve grade 10 ulhenii ekm mihar 8 years mivani bully kuraathaa… Wat to do… Ehbai kudhinnah hama nuvisneny tha anekaage hithah kuraa asaru…

    1. naf nanni says:
      May 10, 2018 at 1:35 pm

      same here. ukg in feshign 10 nimendhn bully ge shikaara akah. no one can imagine how they did. bt i waited for one day. n i had a gud result. n i dn tk to them. bt they miss me n i dn miss them

  8. shaan says:
    May 10, 2018 at 1:55 pm

    maasha allahu nice ☺????

    1. naf nanni says:
      May 10, 2018 at 11:16 pm

      Thn q shaan dear.

  9. Aesh says:
    May 10, 2018 at 3:36 pm

    Maa sha Allah.. Vrh furihama vaahakaeh…???? Miee mulhi dhuniyeyge ves haalathu miadhu.. Keep kuraany…? Ekam raajje fadha kuda qaumakaa balaafa raajjeyga vrh gina bully ge case thah… ? konme dhuvahaku kithah kudhinge bully ge shikaara ah vegen dhany? Hithaama aky bully kuraa kudhinnah thimaa ah kurevey kushuge bodukan nukurevun.. Ihusaas kurevey iru gina faharah onnaany vaguthu faaithu vefa…??? Ekam bully ge shikaara ah vaa kudhin ves amilla nafsah gellun dhey thy massala aky.. Hageegathuga ekudhin thahammalu kuran jehey veynuge sababun keiyy nuvany kanneynge.. Ekam ves Allah mathin handhuma koh keiyytheri vaan vaane.. Ekalaange vodigen vany keiyytherynnaa eky… ?❤️❤️❤️

    1. naf nanni says:
      May 12, 2018 at 3:01 pm

      Aesh ur ryt….. kehtheri vaan vaane…. Thn q for ya support………. ufaavejje vhk reethi vma

  10. Naju says:
    May 10, 2018 at 9:27 pm

    V rythi iburaitheri vaahakaeh

    1. naf nanni says:
      May 12, 2018 at 3:01 pm

      Thn q Naju…….

  11. MIXA?? says:
    May 10, 2018 at 10:17 pm

    Varah reethi vaahaka eh …. keep it up dear…?????

    1. naf nanni says:
      May 10, 2018 at 11:16 pm

      Thn q MIXA

  12. @®¥ says:
    May 10, 2018 at 11:35 pm

    Salhi story eh..love it

    1. naf nanni says:
      May 11, 2018 at 12:25 am

      Thn Q alot

  13. Naju says:
    May 11, 2018 at 12:03 am

    V rythi ibraitheri vaahaka eh dear

    1. naf nanni says:
      May 11, 2018 at 12:25 am

      Thn Q Naju

  14. Lil sissy says:
    May 11, 2018 at 12:54 pm

    Vvvvvv touching story eh and v nice adhi var ah ibrahtheri

    1. naf nanni says:
      May 12, 2018 at 2:59 pm

      Thn q Lil sissy……….

  15. Shafaq says:
    May 11, 2018 at 2:33 pm

    Mee hama hageegee story eh tha . So sad.. V rangalhu vaahaka eh.. bulykurun huttuvan vejje bodu kameh..

    1. naf nanni says:
      May 11, 2018 at 8:33 pm

      Yh shafaq. Lets stop this

  16. suty says:
    May 11, 2018 at 7:13 pm

    alhugandu ge kokko.ves vany thi bully ge shikaara akah vefa..dhan jehen ulhenikoh alhugandah fenigen huttuvee…mihaaru ekamaa hure ehn school akah badhalu koggen mi gengulhene..varah iburaiy therei vaahaka eh miakee..seriously bullying is so bad…varah goas kameh mee…say no to bullying..stop this

    1. naf nanni says:
      May 11, 2018 at 7:40 pm

      Yh suty. we have to stop this thing called bullying

  17. CYntHia says:
    May 11, 2018 at 7:48 pm

    Saabahey naf nanni.. mi kan kuraa kudhinnah visnigen ekan huttan dhen thigothah story liyedhy we r wth u ❤

    1. naf nanni says:
      May 11, 2018 at 8:37 pm

      Thnk u CYntHia…….

  18. mal says:
    May 12, 2018 at 3:50 pm

    Wow so beautiful …and ibburatheri..????

    1. naf nanni says:
      May 12, 2018 at 6:46 pm

      Thn q mal….. glad to knw tht u really luved this story of mine.

  19. Ayesher says:
    May 12, 2018 at 11:48 pm

    Reethi..?❤?

    1. naf nanni says:
      May 13, 2018 at 12:52 pm

      Thn q Ayesher

  20. L says:
    May 13, 2018 at 12:03 pm

    Vaahaka varah reethi?…..ufaaveri dhuvaheh fennaany kehtheri v ma…hagaa koh ehchehi kiyaa myhunnah thimaa rulhi ais dheravefa hurikann nudhahkaa emyhunn dheke maa bodah rulhi aisfa hurikann nudhahkaa ulhunyma fahunn ehchehi kiyaa hedhunn huhtaalaane….with my own experience I’m saying this

    1. naf nanni says:
      May 13, 2018 at 12:57 pm

      Thn q L……. Yh really…. i had my experience too

  21. lam says:
    July 10, 2018 at 11:28 am

    iburah theri vaahaka eh plx plx don’t do this

  22. Nanni says:
    July 19, 2018 at 8:24 pm

    Yeah true

Comments are closed.



All Right Reserved!