Skip to content
އެސްފިޔަ

ވީމެ ބާކީވެފާ

ދުވަހަކީ އަވިގަދަ ދުވަހެކެވެ. ވައިވަނީ ހިނދިފައެެވެ. ގަހެއްގައި ފަތެއްވެސް ހިރިނުލައެވެ. ދުނިޔެ އަކީ އެކައްޗަކަށް މަރުވެފައިވާ ކަހަލައެވެ. އަހަރެން އޮތީ ގޭގެ ސިޓިންގްރޫމް ސޯފާގައި އޮށޯވެލައިގެންނެވެ. ޚީޔާލަށް އަންނަނީ ޙަޔާތުގެ ސަފްޙާތަކުގައި ކުޑަވަގުތުކޮޅެއްގެ ހުޅުހިފި ތެރޭގައި ހަނދާންތަކެވެ.

އަހަންނަކީ ޝާޙީ ޢާއިލާއަކަށް ނިސްބަތްވާ އުމުރުން އެންމެ ވިހި އަހަރުގެ ފިރިހެން ކުއްޖެކެވެ. އެންމެ ކުޑައިރުއްސުރެވެސް ޢަޒުމަކަށްވީ މަތީ ފެންވަރުގެ ވަކީލަކަށްވާށެވެ. ލަކުނެއް ފަދައިން ފާހަގަ ކޮށްލެވޭފަދަ އަގުހުރި ޚިދުމަތެއް ޤައުމަށް ކޮށްދިނުމެވެ. އާދެ އަހަންނަކީ ޒައިދުއެވެ. ޢާއްމު ނަމުން ނަމަ “ޒާޑު” އެވެ.

އަހަންނަކީ މާލެއަށްް އުފަންވި މާލޭގައި ދިރިއުޅޭ ޒުވާނެކެވެ. އަހަރެން މަތީ ތަޢުލީމު ޙާސިލުކުރުމަށް އަހަރެންގެ މުޅި ދިރިއުޅުން މެލޭޝީއާއަށް ބަދަލުކުރީމެވެ.  ޔުނިވަރސިޓީއަށް ދަތުރުކުރަނީ ބަހުގައި ކަމަށްވާތީ ޔުނިވަރސިޓީގެ އެހެން ކުދިންނާއި ބައްދަލުވެއެވެ. އަހަރެން އެންމެ އަޅައިގަތީ ރިވެތި އަޚްލާޤުގެ ވެރި 19 އަހަރުގެ އަންހެން ކުއްޖެކެވެ.

އޭނާއަކީ ލިބޭ އެތިކޮޅުން ކިރިޔާ ފުއްދާލެވޭ ވަރުގެ ރާއްޖެ ތެރޭގެ ޢާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ހުރިހާވެސް އުއްމީދަކީ އޭނާއެވެ. އާދެ! ޝައިހާއެވެ. ޝައިހާ މެލޭޝިއާގެ ޔުނިވަރސިޓީއަށް ތަޢުލީމު ޙާސިލުކުރުމަށް އައީ ސްކޮލާޝިޕެއްގައެވެ.

ކުރިންވެސް ދެންނެވުނު ފަދައިން ޝައިހާ އާއި ބައްދަލުވީ ޔުނިވަރސިޓީއަށްދާ ބަހުގެ ތެރެއިންނެވެ. ރަޙްމަތްތެރިކަން ވެސް އުފެދުނީ އެހިސާބުންނެވެ. ކިޔެވުމުގައި އެކަކު އަނެކަކަށް ވަރަށް އެހީވީމެވެ. އަހަންނަށް ޝައިހާ ދެކެ ލޯބިވެވުނެވެ. ނަމަވެސް އެވާހަކަ ޝައިހާ ގާތު ނަންގަންނާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އަހަރެންގެ ލޯތްބަށް ޝައިހާ ފުރަގަސްދީފާނެތީއެވެ.

ކޮންމެއަކަސް އަހަންނަށް މާގިނަ ދުވަހަކު ކެތެއް ނުކުރެވުނެވެ. އަހަރެން ޝައިހާ ގާތު ލޯބިވާ ވާހަކަ ބުނީމެވެ. ކަންތައްވީ ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. އަހަންނަށް ވީ އުފަލުން ހުރެވުނު ތަންވެސް ނޭނގުނެވެ. ރަޙްމަތް ތެރިކަމުގެ ގުޅުން ލޯބީގެ ގުޅުމަށް ބަދަލުވީ ލޮލުފިޔައެއް ޖަހާލާހާ އަވަހަށެވެ. ދުވަސްތައް ފާއިތުވެއެވެ. އަހަންނާއި އަހަރެންގެ ހިތުގެ ނޫރު ކަމުގައިވާ ޝައިހާ ނިންމީ ޢާއިލާއާއި މިވާހަކަތައް ޙިއްސާކުރުމަށެވެ.

ދެތިން ދުވަސްތެރޭ ޢާއިލާއާޢި ވާހަކަތައް ހިއްސާކުރެވުނެވެ. ދެފަަރާތުގެ ޢާއިލާ މިގުޅުމަށް  އެއްބަސް ވިއެވެ. އެރޭ އަހަންނާއި ޝައިހާ ދިޔައީ ރެސްޓޯރެންޓަކަށެވެ. މިހާރުގެ ގޮތަށް ނަމަ ޑޭޓަކަށެވެ. ދެމީހުންވެސް ފްރައިޑް ރައިސް އަކަށާއި އޮރެންޖު ޖޫސް ތައްޓަކަށް އެދުނީމެވެ. ކެއުމުގެ ތެރޭގައި އަހަރެން ވަރަށް މަޖާ ކުރީމެވެ. ހީ ސަމާސާ ކުރީމެވެ. ޢާއިލާ ޤަބޫލު ވީތީ އެކަމާ އުފާކުރީމެވެ. މަޖާކުރަމުން ދަނިކޮށް ޝައިހާ ކަނާތް ފަޅިއަށް ތިރިވިއެވެ. އަހަރެން ހީކުރީ އެއްޗެއް ވެއްޓިގެން ނަގަން ކަމަށެވެ. އަހަރެންވެސް ވީ ކީއްތޯ ބަލާލީމެވެ. ޝައިހާ އޮތީ ބިމާ ހަމަވެފައެވެ. އަހަރެން ޝައިހާއަށް އެތައް ފަހަރަކު ގޮވީމެވެ. ޚަބަރެއް ނުވުމުން ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލި ހެނެވެ. ހޯސް ލާފައި ކަރުނަތައް ލޮލަށް ޖަމާވިއެވެ. އަޑަށް އޮތް ކޮޅަށް ހަޅޭލެވީމެވެ. ނަމަވެސް އެންމެ ފަހު ވަގުތުވެސް އަހަރެން އުއްމީދު ކަނޑައެއް ނުލަމެވެ. އަވަސް އަވަހަށް ޝައިހާ ހަސްފަތާލަށް ގެންގޮސް އަވަސް ފަރުވާދޭ ބަޔަށް ވެއްދީމެވެ.

15 މިނެޓު ފަހުން ޑަކްޓަރު ނުކުމެ އަހަރެން ގާތުން މައާފަށް އެދުނެވެ. ޝައިހާ ވަނީ ޝޮކެއްގެ ސަބަބުން މަރުވެފަ ކަމަށްވެސް ބުންޏެވެ. އަހަރެންގެ އުއްމީދުގެ ކުލަ ފާޅުވި ޒުވާން ހިތް މުޅިން ފުނޑު ފުނޑުވިއެވެ. އަލަތު ލޯބިވެރިޔާއެވެ. ކުރާނީ ކީއް ހެއްޔެވެ؟ ބޭނުން ނެތަސް ލޯމަރާލަން ޖެހޭނެއެވެ. އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެކެވެ. އެ ދަޢުވަތަކަށް ފުރަގަހެއް ނުދެވޭނެއެވެ. އެންމެ ބޮޑަށް ދެރަވީ ޝައިހާއަކީ ހާޓް ޕޭޝިއެންޓެއްކަމަށް ޑަކްޓަރު ބުނުމުންނެވެ. ވަގުތު އޮއްވާ ޝައިހާ އަހަރެން ގާތު އެވާހަކަ ބުނި ނަމަ އަހަރެން ޝައިހާއާއި އޭނަގެ ލޯތްބަށްޓަކައި ފުރާނަވެސް ޤުރުބާން ކުރީމުހެވެ.

ކުއްލިއަކަށް އަހަރެންނަށް ސިހުމެއް ލިބުނީ މަންމަ ކާން އަންނާށޭ ބުނެ ގޮވާލުމުންނެވެ. އަހަރެން ލޯ ފުހެލުމަށްފަހު ކާން ދިޔައީމެވެ.

…..ނިމުނިީ…..

 

Comments (11)

  1. shaan

    nice ☺???

    1. naf nanni
      shaan

      Thn q Shaan

  2. juma

    aslu story v reethi
    bt vaahakage ninmun mi ah vure reehchah ninmaalevi dhaane
    i hope dhen up kh la dhey kuruvaahaka eh mi ah vure furihama vaane kamah…
    story vvvvv salhi
    keep it up*

  3. CYntHia

    V reethi

  4. naf nanni

    thn q readers

  5. unique

    vvvvvv shocking story eh vv hithaamaveri ……… but vv reethi story eh

  6. naf nanni

    thn q unique

  7. Naju

    Nice

    1. naf nanni
      Naju

      thn q naju

  8. Nakhla

    Gud

    1. naf nanni
      Nakhla

      Thn q Nakhla

Comments are closed.