Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޖާދޫވި މޫނު (4)

unknown Level 1
May 6, 2018 6 Mins Read
13 Comments

#    #    #    #

8 އަހަރު ކުރި

“އެދެމޭ ކަލާޔާ ގާތުގާ ވުމަށް..

ފެންނާތި ޔާރާގެ މޫނު..

ތެދެކޭ ތިއީއޭ ހުވަފެނުގެ ރާނީ..

ފެނުނީތި ޖާގޫވި މޫނު”

ހެޑްސެޓް ޖަހައިގެން ހުރި ހީޒަލް އިށީނދެލައިގެން ހުރީ ސަލްޓަން ޕާކުގައެވެ. ސީ.އެޗް.އެސް.އީ ޔުނިފޯރމުގައި ހުރިއިރު ހީޒަލްގެ އިސްތަށިގަނޑުވަނީ ތިންފަށަށް ގަތާލެފިއެވެ. ގަތާލާފައި އޮތްއިރުވެސް އުނަގަނޑުން ތިރިއަށް ހުއްޓެވެ. އަތުގައި އޮތް ފޯނުން ދެތިން ފަހަރު ގަޑި ބަލާލަމުން ރާގާއި އެއްވަރަށް ހީޒަލްވެސް ދިޔައީ އެލަވަ ކިޔަމުންނެވެ. ކުޑައިރުއްސުރެ އެލަވަޔަކީ ހީޒަލްއަށް ވަރަށް މުހިންމު ލަވައެކެވެ. ޔުނިފޯރމް ގަޔާއި ދުރުކޮއްލަމުން ހީޒަލްވަށައިގެން ބަލާލީ ކްލާސް ކުދިންތައް އައިސްފިތޯއެވެ. އެއާއެކު ހިތް ނުތަނަވަސް ވާން ފަށައިފިއެވެ. މީހަކު ބަލާކަމުގެ އިހުސާސް ވުމުން ހީޒަލް ދެފަރާތަށް ބަލާލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުރިމަތީގައި ތިބި ޒުވާން ދެކުދިން ފިޔަވައި އެއްވެސް މީހަކު އެތަނުގައެއް ނެތެވެ. ނަމަވެސް ހަމަ މީހަކު ބަލާހެން ހީވަނީއެވެ. ކޮންމެވެސް މީހަކު ސިއްރުން ބަލާހެން ހީވަނީއެވެ.

ސިކުނޑީއަކީ ވަރަށް ތަފާތު އެއްޗެކޭ ހީޒަލްގެ ހިތަށް އެރިއެވެ. ހިތްބިރު ގަންނަން ފެށި ނަމަވެސް އެތަނުގައި މަޑުކޮއްލައިގެން ހުރީ ރާއިފް އަންނަން ދެނެވެ. މީގެ ކުރިން ދުވަހަކުވެސް ހީޒަލް މިފަދަ އިހްސާސެއް ވެފައެއް ނުވެއެވެ. ހިތް ބުނަމުން ދިޔައީ އެތަނަކީ އޭނާއަށް ރައްކާތެރި ތަނެއް ނޫން ކަމުގައެވެ. ތެދުވެގެން ހީޒަލްއަށް ހިނގައި ގަނެވުނީ ތަންކޮޅެއް ބާރަށެވެ. ތިރިއަށް ބަލާ ނުލައި އިން ހީޒަލް އަޅައިގަތީ ބިމުން މައްޗަށް އަރާފައިވާ މުލެއްގައެވެ. ސިހުނު ވަރުން އަތުގައި އޮތް ފޯނު ހެޑް ސެޓް އިން ނެއްޓިގެން ވެއްޓިއްޖެއެވެ. އެއާއެކު ހީޒަލް ޖަހަމުން ދިޔަ ލަވައިގެ އަޑުވެސް އެތަނަށް ފެތުރިގެން ދިޔައެވެ.

“ހީޒް..” ރާއިފް ދުވަމުން އައިސް ހީޒަލް ވެއްޓުމުގެ ކުރިން ހިފަހައްޓާލިއެވެ. ތެޅެމުން ދިޔަ ހިތާއެކު ހީޒަލްއަށް ރާއިފްގެ އަތުގައި ހިފަހައްޓާލެވުނު ބާރުމިންވެސް ހަނދާން ނެތުނެވެ.

“ރާއި.. މީހަކު ބަލާހެން ހީވަނީ…” ފޯނުނަގައި އޭގައި ހުރި ހިރަފުސްތައް ޓިޝޫއަކުން ފުހެލަމުން ހީޒަލް އޭގެން އިވެމުން ދިޔަ ލަވަ ނިއްވާލިއެވެ.

“އެއްކަލަ މީހާ.. މިތާ މިތިބީ އެންމެ ހަތަރު މީހުން.. އެންޑް އެދެމީހުން އެތިބީ ކުރިމަތީގަ… ސޯ” އެހެން އަނެއްކާވެސް ވަށައިގެން ބަލާލައިފިއެވެ. ދުރުގައި ފުރަގަސް ޖަހައިގެން ހުރި ފިރިހެނަކު މަގު ހުރަސް ކޮއްލިތަން ފެނުމުން ހީޒަލް ބަލާލިއެވެ. ނަމަވެސް އެމީހާ ހުރީ މާ ދުރުގައެވެ. ތޮތްޕެއް އަޅައިގެން ހުރުމުން މާބޮޑަކަށް މޫނު ފެންނަ ގޮތެއް ނުވިއެވެ.

ކޮންމެ ދުވަހަކުހެން ހީޒަލް ގެއަށް އަންނަ ގޮތަށް ފޮތްތައް ހިފައިގެން އިންނަނީ ބެލްކަނީގައެވެ. ރީތި ގަސްތައް ހައްދާފައި ހުރުމުން އެތަން ވަރަށް ފުރިހަމަ އެވެ. އެއަހަރަކީ ހީޒަލްއާއި ރާއިފްވެސް ލޯބީގެ ގޮތުން ގުޅުނު އަހަރު ކަމުން ހީޒަލް ހުންނަނީ އަބަދުމެ އުފަލުން ފޮޅިފައެވެ. ފޯނުގެ ސްކިރީން ދިއްލުނުތަން ފެނުމުން ހީޒަލް އޭގެއަށް ބަލާލީ ރާއިފް ކަމަށް ހީކޮށެވެ. ނަމަވެސް ނުދަންނަ ނަންބަރެކެވެ.

“އެދެމޭ ކަލާޔާ ގާތުގާ ވުމަށް.. ފެންނާތީ ޔާރާގެ މޫނު”

ހަމައެކަނި އެހެން ޖަހާފައި ފޮނުވާގައި އެހެން އެއްވެސް އެއްޗެއް ނެތެވެ. ފުރަތަމަ ދެމަސް ދުވަހު މެސެޖް އައީ އެހެންނެވެ. ދެން މަދުމަދުން ފޯނު ކޯލުތައްވެސް އަންނަ ފެށިއެވެ. ހަމަ އެނަންބަރުންނެވެ. ހީޒަލް ހީކުރީ ރާއިފް ޖެއްސުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. އެވަރުގެ ކަމަކަށް ނަހަދައި ކޮންމެ ފަހަރަކުވެސް ފޯނު ކަނޑާލަނީއެވެ.

ސީމާ  ތަބަކަށް ދެ ޖޫސް ތައްޓާއި އެހެން އެއްޗެހި އަޅާއިގެން ދިޔައީ ރާއިފް އާއި ހީޒަލް ކިޔަވަން ތިބުމުންނެވެ. ހާމިދުމެންގެ ދެމަފިރިންވެސް ދެގުޅުމާއި ލޮލުން ބޮލުން ރުހި ޤަބޫލުވީ ރާއިފްގެ މާތް އަހުލާގުންނެވެ. އަބަދުވެސް ދެމީހުން ވާހަކަ ދައްކަން
އެނަންބަރަށް ގުޅާލިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ހީޒަލްއަށް މި އުނދަގޫ ތަކެއް ވާންފެށީ ރާއިފްއާއި ލޯބީގެ ގިތުން ގުޅުނު ފަހުންނެވެ. އެކަމާއި ވިސްނަން އޮއްވައި ހީޒަލްއަށް ނިދުނު ގޮތެއްވެސް ނޭނގުނެވެ. ހޭލެވުނީ ފިނިފިނި އަތަކުން ހީޒަލް ގެ ފައިން ފެށިގެން މައްޗަށް އަތް ގެންފަން ފެށުމުންނެވެ. ފުރަތަމަ ހީކުރެވުނީ ހުވަފެނެއް ކަމުގައެވެ. ނަމަވެސް މީހެއްގެ ހޫނު ނޭވާ ކަރަށް އެޅެން ފެށުމުން ހީޒަލް މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ގަނެފައި ހުރި ބިރެއްގެ ސަބަބުން ހީޒަލްއަށް ހަޅޭވެސް ލަވައި ނުގަނެވުނެވެ.

“އައި ލަވް ޔޫ..” އެއީ ފިރިހެނެކެވެ. ދަންނަ އަޑެކެވެ. ބިރުން ހުރީމައިވެސް ދަންނަ ކަމަށް ވެދާނެއެވެ. ހީޒަލްއަށް ފުރަތަމަ ފަހަރަށް ނޭވާ ތާށިވާ ގޮތްވިއެވެ. އެހެންނާ ދުވަހަކުވެސް ވީގޮތެއް ނޫނެއެވެ. ހީޒަލް ގަޔަށް ހަރަކާތެއްވެސް ނުގެނެސް އޮތީ އެމީހާ ދުރަށް ދޭތޯއެވެ. ކުޑަކޮށް ދުރަށް ޖެހިލަން ތަނަށް އަޑުގައި ނެތް ތަނަށް ހަޅޭއްލަވައި ގަނެއްޖެއެވެ. ހީޒަލް ގަޔަށް އައި ބާރެއްވެސް ނޭނގުނެވެ. އެމީހާ ފޮޅާލާފައި ހީޒަލަށް ދުއްވައު ގަނެވުނީ ބޭރަށެވެ. ނަމަވެސް އޭނާ އެތަނުން ދާކަށް ބޭނުމެއް ނުވިއެވެ. އޭނާ ދެންވެސް ގޮސްހިފީ ހީޒަލްގެ އަތުގައެވެ.

“ދަރިފުޅާ…” ހާމިދުއާއި ސީމާ ކޮޓަރިންވެސް ނިކުމެވުނީ އެގަޑީގައެވެ. މޫނުގައި ކަޅު މާސްކެއް އަޅާއިގެން ހުރި ފިރިހެން ކުއްޖަކު ހީޒަލްގެ އަތުގައި ހިފައި އަނބުރާލައިގެން ހރިތަން ފެނުމުން ހާމިދު އައީ އަމަށަކު ރުޅިއެއް ނޫނެވެ. ގޭގައި ފޮޅާން ގެންގުޅޭ ފިހިގަނޑު އަތަށް ހެޔޮވަރު ކޮއްލަމުން ހާމިދު އެ މަޅައި ގަނެއްޖެއެވެ. އެއާއެކު އެކުއްޖާ ހީޒަލްގެ އަތް ދޫކޮއްލާފައި ދުއްވައި ގަނެއްޖެއެވެ. އެޕާރޓްމެންޓްގެ ދޮރު ހުޅުވިފައިވާ ތަން ފެނުމުން ހާމިދު ދެލޯ ބޮޑު ކޮއްލައިފިއެވެ. މިހާ ދަންވަރު މިކުއްޖަކު އެގެއަށްވަނީ ކިހިނެއް ހެއްޔެވެ؟ އެކުއްޖާ ދުވެފައި ނިކުގެން ދިޔަތަން ބަލަން ހުރި ހާމިދު ފުރަތަމަވެސް ގުޅާލީ ޕޮލިހަށެވެ. ވަރަށް ދުވަހު އޭނާގެ ދަރިއަށް ފާޑުފާޑުގެ ގޯނާ ކުރެވިއްޖެއެވެ.

 

#    #    #    #

 

 

ނިދިފައި އޮތް ހީޒަލްއަށް ބަލާލަމުން ހާމިދު ދެން އެނބުރުނީ ސީމާއާއި ދިމާލަށެވެ. ހީޒަލަށް އެމީހެއްގެ އުނދަގޫ ނުފޯރާތާ ދެއަހަރު ވީއެވެ. ކުއްލިއަކަށް މިމީހަކު މިއުޅެނީ ކީއްވެ ހެއްޔެވެ؟ އާމިހު ދަންވަރު ނަމަވެސް  ގުޅާލީ ޕޮލިހުންނަށެވެ. 8 އަހަރުވީއިރުވެސް މިމީހުނަކަށް އެމީހަކު ހޯދުނު ކަމަކަށް ނުވިއެވެ. ތުރުތުރު އަޅަމުން ދިޔަ ހާމިދު ޕޮލިހުންނާއި ވާހަކަ ދެއްކުމަށްފަހު ދެން ގުޅާލީ މިގްދާދް އަށެވެ. އެއީ ހީޒަލްގެ ދޮންބެއެވެ. ތިރިން ދޫކޮށް ހުރި ސްވެޓް ޕޭންސްއެއްގައި މިގްދާދް އެތަނަށް އައިއިރު ޓީޝާޓް ގަނޑެއް ލާނެ ހަނދާނެއްވެސް ނެތެވެ.

“ކޮބާ؟..” ރުޅިއައިސް ހުރި މިގްދާދް އެހެން އަހައިލި އިރު ލޮލުން ކަނި ބުރައެވެ.

” މިފަހަރު ގުޅީ.. ދަރިފުޅާ ވެއްޖެ އެއްނު މިކަމަށް ހައްލެއް ހޯދަން.. އެއްފުރާނަ ގޮސްފި..” ހާމިދު ސީމާއަށް ބަލާލަމުން އެހެން ބުނެލިއެވެ.

“ބައްޕަ ކައިރީގަ ކުރިންވެސް އަހަރެން ބުނިން ދޯ..” މިގްދާދް އަތުގައި އޮތް ފޯނުން މީހަކަށް ގުޅާލައިފިއެވެ.
“ރައްޔު މާލެއައި ހަބަރު ލިބުން.. ހިނގާބަ ދިމާވާން..” ރައްޔު އޭ ބުނި އަޑު އިވުމުން ސީމާ ކުޑަކޮށް ހާސްވިއެވެ. އަނެއްކާ އެއީ ރައްޔާން ބާވައެވެ.

“ކޮން ރައްޔުއެއް؟..” ދެފިކުރެއްގައި ހުރެވެސް ސީމާ އަހާލިއެވެ.

“ރައްޔާން.. އަހަރުމެންނާއެކު އޭ.ލެވެލްގަ ކުރިން އުޅުނޮ ކުއްޖެއް.. ވަރަށް ގާތް ވާނެ..” މިގްދާދް މަންމަ މޫނަށް ބަލާލުމުން އަދިވެސް ބޭނުންވާ ޖަވާބު ނުދެވޭކަން އެނގުނެވެ.

“އާނ މަންމާ ރާއިފްދެ ދޮންބޭ..”

“ދާދް.. ހީޒަލް އެއްފަހަރު މިހާރުވެސް ރައްޔާން ފެނުމުން..” ސީމާ ހުއްޓާލީ ބުނަން ބޭނުން ނުވުމުންނެވެ. ހުދު ސީމާއަށްވެސް ރައްޔާންއާއި ރާއިފް އެހާ ވައްތަރެވެ.

“މަންމަ މެނާއި ހެދި މިހެން ވާންވެސް މިޖެހެނީ.. ހީޒަލް އެއީ ކުޑަ ކުެއޖެއް ނޫނޭ މިހާރު.. އެންމެ ފުރަތަމަ ދުވަހުވެސް ބުނިން އެއީކީ އާދައުގެ ކަންތަކެއް ނޫނޭ.. މި ރާއްޖޭގެ ކުދިންނަށް ހީވާނެ ވަރަށް އާދައިގެ ކަމެކޭ މީހާކު މާގިނައިން ގުޅަންޏާ… ފާރަ ލައިގެން ފަހަތުން ހިނގަންޏާ.. ތިމާ ކުރާ ހުރިހާ ކަމެއް އެނގެންޏާ.. އެއީ ކިހާ ނުރައްކާތެރި ކަމެއްކަން އެނގޭނީ ތިމާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔައީމަ..” މުގްދާދް އަރާފައި ހުރި މަތީގައި އެއްފަހަރާ އަމުނާލައިފިއެވެ.

ހީޒަލްއަށް ހޭލެވުނު އިރުގައި އެންމެން ތިބީ ތިރީގައި ގޮދަޑި އަޅައިގެން ނިދަފައެވެ. މިގްދާދް އިނީ ބެލްކަނީގައި ފޯނާއި ކުޅޭށެވެ. ހީޒަލް ފެނުމުން އަތުގެ އިޝާރާތުން އައުމަށް ބުނެލައިފިއެވެ. މަޑުމަޑުން އެދިމާލަށް ދިޔާ ހީޒަލް ހުރީ އިސްޖަހާލައިގެންނެވެ. މިގްދާދް ކައިރީގައި އިށީންނަމުން ދެއަތް މޮޑެން ފަށައިފިއެވެ. އެތަން ފެނުނު މިގްދާދް ހިނިތުންވެލީ ކޮއްކޮ ހާސްވެފައިވާ ތަން ފެނުމުންނެވެ. ދެން އޭނާ ދައްކާލީ އެކޮ ދައުމު ތަކުގައި ދިމާވެފައިވާ ކުދިކުދި ކަންތައް ތަކެވެ. އެކަމުން ދިމާވެފައިވާ ބޮޑެތި ގެއްލުން ތަކެވެ. ހީޒަލް އެކި މީހުން ކިޔާ ދީފައިވާ ވާހަކަތަކާއި އޭނާއަށް ދިމާވެފައިވާ ކަންތައް އަޅާ ކިޔުނު ވަރަކަށް ކަމުގެ ބިރުވެރިކަން ހިތައް އެރޮއެވެ. ކުރިންވެސް އެއީ ނުރައްކާތެރި ކަމެއްކަން އޭނާއަށް އެނގެއެވެ.

“ހީޒް.. އަހަރުމެންނަށް ނޭގުނަސް ރާއްގޭގަވެސް އެތައް ބައިވަރު ކުދިންނަކަށް މީހުން ސްޓޯކް ކުރޭ… އަހަރުމެން މޅުވެފަ ހިތައް އަރަނީ މާމޮޅު ކަމެކޭ އެއީ.. އެހެން މީހަކު ތިމާއާއި ހެދި އުޅެނީއޭ.. ދެޓްސް ސިކް..” ހީޒަލްގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލާލަމުން މިގްދާދް ބުނެލިއެވެ.

“ދޮންބެ ވަކި ސައިކޮލޮޖީ ކިޔަވާފަ ހުރީ މައެއްނުން މިހެން މިބުނީ..” މިގްދާދް އެހެން ބުނުމުން ހީޒަލް ހިނިތުން ވެލައިފިއެވެ.

“އެންމެނަށްވެސް އެނގޭ ދޮންބެ ސައިކޮލޮޖީކަން ކިޔެވީ…” ހީޒަލް ތެދުވަމުން ކޮތަރިއަށް ވްނައިރު ސީމާމެން ގޮދަޑިތައް ހިފައިގެން އެކޮޓަރިން ނިކުންނަނީއެވެ. ހާމިދު އަވަހަށް ރީތި ވެގެން އަންނަން ބުނުމުބް ހީޒަލް ބޯޖަހާލަމުން ދިޔައީ ފާހާނާއާއި ދިމާލަށެވެ.

ހެނދުނު ސައިތައްޔާރު ކުރިއިރު ސީމާ ހެދީ މަސްހުންޏާއި ރޮއްޓެވެ. ހީޒަލް ތައްޔާރުވެގެން އާދެވުނު އިރުގައި ނުވައެއް ޖަހަނީއެވެ. ހޮނިހިރު ދުވަސް ކަމުން އޮފީހަށް ދާން ނުޖެހޭ ދުވަހެކެވެ. އިސްތަށިގަނޑު ހުޅިއެއް ޖާހަލަމުން އެނބުރުނު ހީޒަލް ހުއްޓުން އެރީ މޭޒު ކައިރީގައި އިށީނދެގެން އިން ރައްޔާން ފެނުމުންނެވެ. އެމަންޒަރު ފެނުނު ރައްޔާން  އެއްކޮލުން ހީލަމުން  އަވަހަށް އޭނާކާން އިން ރޮށިން އެތި ކޮޅެއް ނައްޓާލައިފިއެވެ. ބުމަ ކައިރި ކޮއްލަމުން ހީޒަލްވެސް އައިސް އިށީނދެއްޖެއެވެ. އެންމެން ސައިބޮއި ނިމުމުން މިގްދާދް، ރައްޔާން އަދި ހީޒަލް ދިޔައީ ހީޒަލްގެ ކޮޓަރިން ދެވެން ހުންނަ ބެލްކަންޏަށެވެ. ބެއްކަންޏެއް ނަމަވެސް އެތަން ބޮޑުކަމުން ބޮޑަށް ވައްޓަރީ ޓެރެހަކާއެވެ. ރައްޔާން އެކި ދިމަދިމާލަށް ބަލާލީ ގަސްތައް ތީރި ކަމުންނެވެ. އެތަނުގައި ހައްދާފައިވާ ފެހި ކުލައިގެ މާއަޅާ ގަސްތައް ފެނުމުން ރައްޔާން ހިނިތުން ވެލިއެވެ.

ގޮނޑީގައި ހަމަ ޖެހުމަށްފަހު މިގްދާދް ކިޔައި ދެމުން ގެނދިޔައީ ރޭގައި ކަންތައް ވި ގޮތުގެ ވާހަކައެވެ. އެއްވެސް ވަރަކަށް ކުރީގެ ވާހަކަތަކެއް އޭނާ ކިޔައެއް ނުދެއެވެ. މިގްދާދް ބޭނުންވީ ހީޒަލްއަށް ކޮންމެވެސް ވަރެއްގެ ސެލްފް ޑިފެންސްއެއް ދަސްކޮއްދޭށެވެ. ރައްޔާން އިންލެއް މަޑުމައިތިރި ކަމުން މީހަކު ހައިރާން ވާނެއެވެ. ދުވަހަކު ހީޒަލް ނުދަންނަ މީހެކޭ އެއްފަދައެވެ. މޭޒުމަތީގައި އޮތް ފޯނު ރިންގް ވާން ފެށުމުން މިގްދާފް އެހިފައިގެން ދުރަށް ޖެހިލުމުން ރައްޔާން ކުޑަކޮށް ގުދުވެލައިފާ ހީލިއެވެ.

“ސޯ.. ޔުއަރ ބްރޯ އިޒް މައި ބަޑީ.. އެންޑް ޔުއަރ..” ރައްޔާން އެހެން ބުނެފައި ހީލަމުން ދުރުގައި ހުރި ފެހި ފިނިފެންމާ ގަހުގައި އަތް ޖައްސާލިއެވެ.

“މިތާ ކިއްކުރަނީ..” ރުންކުރު ގޮތަކަށް ހީޒަލް އެހެން ބުނުމުން ރައްޔާނަށް ބޮޑަށް ހީލެވުނީއެވެ. އެހެންނާ ވާހަކަ ނުދައްކާ ކުއްޖާ ކުއްލިއަކަށް އެހެން ބުނުމުން ވާނީވެސް އެހެންތާއެވެ.

“ދާދް ބުނީ މީހަކު ހީޒަލްއަށް ސްޓޯކް ކުރަނީއޭ.. އެހެންވެ..” ރައްޔާން ކުޑަ ގޮތަކަށް ކިޔާލަ ދިނެވެ. އޭނާ ނުބުނީ މިގްދާދް ހިޒަލް ބޭރުގައު އުޅޭއިރު ބެލުމަށް ބުނި ވާހަކައެވެ. އެހެން ބުނެފިނަމަ ހީޒަލް ބިރު ގަނެފާނެއެވެ.

“ދޮންބޭ..” މިގްދާދް ފޯނުގައި ހުރެ ދާން ފެށުމުން ހީޒަލް ގޮވާލިއެވެ.

“އެބަ އަންނަން..” މިގްދާދް އެހެން ބުނަމުން އެތަނުން ދިޔަތަން ފެނުމުން ހީޒަލް ބަލާލީ ރައްޔާންގެ މޫނަށެވެ. ކީއްވެ ކަމެއް ނޭނގެއެވެ! ރައްޔާންއާއެކީ އެކަނި ވިއަސް އޭނާ ބިރެއް ނުގަނެއެވެ. އިތުބާރު ކުރެވެނީ މާބޮޑަށެވެ. މިގްދާދް އައުމުން ރައްޔާން އޭނާއާއި އެކީ ނިކުތީ ބޭރަށެވެ.

ރައްޔާން

ދެމީހުން  ވާހަކަ ދައްކަން ތިބީ ގޭގެ ދޮރު ކައިރީގައެވެ. މިގްދާދް ކިޔައި ދެމުން ގެންދިޔައީ ރާއިފް މަރުވި ދުވަހުގައި ހީޒަލްގެ އަމަލު ހުރި ގޮތެވެ. އަދި އެމީހެއްގެ އުނދަގޫ ހީޒަލްއަށް ފޯރަންފެށި ހިސާބެވެ. ރައްޔާން ހައިރާންވީ އެމީހަކަސް ރައްޔާންގެ ނަންބަރ ލިބުނު ގޮތަކާއި މެދުގައެވެ. އެވާހަކަ ދައްކާލުމަށްފަހު މިގްދާދް އާއި ރައްޔާންވަނީ ކައިރީގައި ހުރި ފިހާރައަކަށެވެ. ދެމީހުން ތިން ކޯކު ފުޅި ހިފައިގެން މައްޗަށް ގޮސްފައި މިގްދާދް ދިޔައީ އޭނާގެ ބަޔަށެވެ. އެއްޗެއް ހިފައިގެން އަންނާނެ ކަމަށް ބުނުމުން ރައްޔާން ހިގައިގަތީ ހުޅުވިފައިވާ ހީޒަލްގެ ކޮޓަރިއާއި ދިމާލަށެވެ. ގޯސް ކަމެއްކަން އެނގޭއިރުވެސް ރައްޔާން ބޭނުންވީ ހީޒަލް އޭނާދެކެ ބޮރު ގަންނަ ވަރެއް ބަލާލާށެވެ. ދޮރު ފެންނާނެހެން އިން ހީޒަލް ފޮރުން ނަޒަރު ހުއްޓާލީ އެތެރެއަށް ވަދެގެން އައި ރައްޔާނަށެވެ. އެއްވެސް އެއްޗެކޭ ނުބުނެ އޭނާ ނިކުމެ މަޑުކޮއްލީ ގަސްތައް ކައިރީޣައެވެ.

އެމަންޒަރު ފެނުން ހީޒަލް ތެދުވެގެން ގޮސް ރައްޔާންގެ ފަހަތުން ހުއްޓެމުން ކޮނޑުގައި ޝަހާދަ އިނގިލި ކުރި ޖައްސާލާފައި ގޮވާލީ ވަރަށް މައުސޫމް ކޮށެވެ. ރައްޔާން އުޅޭ ގޮތުން ހީވަނީ އެތަނުގެ އެތެރެއިން އޭނާ ނުވެސް ފެންނަ ހެންނެވެ.

“ހޫމް..” ދެބުމަ މައްޗަށް އުފުލާލަމުން ރައްޔާން ހީޒަލްއާއި ކައިރިއަށް އެއްފިޔަވަޅު އަޅާލީ ގަސްތުގައެވެ. ހީޒަލް ފަހަތަށް ޖެހެމުން މެއާއި ދިމާލުން ޓީޝާޓޫގައި ހިފާލިއެވެ.

“މިތަނުގަ ކިއްކުރަނީ؟” ހީޒަލް ބޭނުންވީ ރައްޔާން އެތަނުން ނެރޭށެވެ.އަވަސްވަމުން ދިޔަ ހިތާއެކު އޭނާގެ ނިތުގައި ފިނި ދަލެއްވެސް ހިއްލަން ފެށިއެވެ.

“ދާދް ބުނީ މިތާނގަ މަޑުކުރާށޭ..” ރައްޔާން އަނެއްކާވެސް ފިޔަވަޅެއް ކުރިއަށް އަޅާލިއެވެ. ހީޒަލް ފަހަތަށް އަޅާލި ފިޔަވަޅާއިއެކު ފާރުގައި ޖެހިއްޖެއެވެ. ނަމަވެސް ރައްޔާންވީ އިތުރަށް ކައިރިއެވެ. ދުރަށް ދާހިތް ނުވީއެވެ.

“ދޮން.. ދޮން..” ހީޒަލްގެ ބަސް އަރުތެރޭގައި ތާށިވީ ރައްޔާންގެ ނޭވާ އޭނާގެ މޫނަށް އެޅެން ފެށުމުންނެވެ. އޭނާގެ ރާއިފްގެ ގައިންވެސް ދުވަނީ އެމީރު ވަހެވެ. ތަފާތަކީ ރައްޔާން އެއީ އޭނާ ނުވެސް ދަންނަ މީހަކަށް ވުމެވެ. ނަމަވެސް އެއީ ދަންނަ މީހެކޭ ހިތް ބުނަނީ ކީއްވެ ހެއްޔެވެ؟

“ހީޒަލްގެ ދޮންބެ ބުނީ މިތަނުގަ މަޑުކުރާށޭ..” ކުރިއަށްވުރެވެސް ބޮޑަށް ގުދުވަމުން ރައްޔާން ބުނެލިއެވެ. އެއާއެކު ރައްޔާންވެ ނޭފަތުގެ ކުރި ހީޒަލްގެ ނޭފަތުގައި ބީހިލިއެވެ. ހީޒަލްއަށް ހިފަހައްޓާލެވުނީ ފާރުގެ ތަނބުގައެވެ. ކުރިއަށް ޖެހޭކަށްވެސް ނުކެރުނެވެ. އެންމެ ތަންކޮޅެއް ކުރިއަށް ޖެހުނަސް ކަންތައް ގޯސްވެދާނެއެވެ.

“އެކަމް..” ހީޒަލް ދެންވެސް އުޅުނީ އެއްޗެކޭ ބުނާށެވެ. ނަމަވެސް ރައްޔާންގެ އަތް އޭނާގެ މޫނުގައި ބީހުމުން ލޯމަރާލެވުނީއެވެ. މި ހުއްދަ ދެވުނީ ކިހާ ވަރެއްގެ ކަމެއްކަމަށްވެސް ނުވިސްނުނެވެ. ހީޒަލްއާއި ސަމާސާ ކުރުމުގެ ނިޔަތުގައި ފެއްޓުނު ކަމެއް ކަމުގައި ވިއަސް ރައްޔާންގެ ބޮލަށް ޝައިތޯނާ ސަވާރުވީ ކިހިނެއް ކަމެއް ނޭނގެއެވެ. ރައްޔާން ހީޒަލްގެ ތުންފަތަށް ބަލާލަމުން ތިރިވެލިއެވެ.

“އެހެމް….” ދުރުން މީހަކު ކަރުކެހެލި އަޑު އިވުމުން ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ކުރިމަތީގައި ހުރި މީހެއްގެ ސަބަބުން ރައްޔާންގެ މޫޑު ސަކަރާތްވިއެވެ.

ނުނިމޭ

Share Article

Follow Me Written By

unknown

Level 1

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (28)

Next

ލޯބި ނުވިޔަސް ފިރުމާލަދީ….32

Next
May 7, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….32

Previews
May 6, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (28)

13 Comments!

  1. unique says:
    May 6, 2018 at 9:52 pm

    yeyyyy am i first to read this lovely story

    1. unknown says:
      May 6, 2018 at 9:53 pm

      hehehe i guess you are 🙂

  2. unknown says:
    May 6, 2018 at 9:56 pm

    I upload usually on monday and tuesday but many of you wanted to read early. So, i wanted to uploaded a little early

    1. unique says:
      May 6, 2018 at 10:14 pm

      thankq sooooooooooo much its awesome vvvv reethi hama vvv interesting

  3. boo says:
    May 6, 2018 at 10:04 pm

    is it just me mi vaahakaige vaanuwaa neygey? i mean the story is nice but somewhere i get lost

  4. Shiman says:
    May 6, 2018 at 10:17 pm

    Wow

  5. Xxxx says:
    May 6, 2018 at 11:11 pm

    V. V nice
    ❤️??

  6. Naju says:
    May 6, 2018 at 11:34 pm

    Ehbai faharah v confused.. N story hama v interesting..

  7. Any says:
    May 7, 2018 at 7:32 am

    V reethi mibaives love you ❤❤❤❤❤

  8. Blackaholic says:
    May 7, 2018 at 9:53 am

    Mashaa Allah.. vvv reethi.. this is getting more interesting.. keep it up..????

  9. Roo says:
    May 7, 2018 at 9:34 pm

    Wowowowow vvvvvvv habu unknwn hama habeys inge maadhan ves up kohdhehchey

  10. Shaira says:
    June 5, 2018 at 5:16 am

    Varah reethi kwn irakun up kohdheyny…. u are amazing writer….??

  11. Shaira says:
    June 5, 2018 at 5:17 am

    Varah reethi kwn irakun up kohdheyny…. u are amazing writer..
    ????

Comments are closed.



All Right Reserved!