ފިޔާމް އެރޭ މެލޭއަށް ފުރައިގެން އައިގޮތަށް އުޅެމުން އައީ މައިންބަފައިންގެ ގާތުގައެވެ. ކުރެވުނު ކުށް މަތިން ކުޑަކޮށްވެސް އޭނާ ހަނދާން ނެތްކަހަލައެވެ. ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައެވެ. މީ ކޮންފަދަ އިންސާނެއްބާއެވެ. މީނާގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
ޝާނާތޯއެވެ؟ ޝާނާގެ މައިންބަފައިން ތިބެނީ ޝާނާގެ ބަލިޙާލަތާއިމެދު ވަރަށްވެސް ބޮޑަށް ކަންބޮޑުވެފައެވެ. ކާ އެއްޗެއް ކެވެނީކީ ނޫނެވެ. ކައި އިރަށް ހޮޑު ލެވެއެވެ. ޑަކްޓަރަށް ދައްކަން ބުނުމުންވެސް ޝާނާ ދާކަށް އެއްބަހެއް ނުވިއެވެ. މިހާރު އުޅޭ ބައްޔެކޭ ކިޔައިގެން ފަރުޖައްސަނީ އެވެ. ޝާނާ ޑަކްޓަރަކަށް ވެހުރެ މިހާ ފަރުވާ ކުޑަ ކުރާތީ ނީނާއާއި ޝާފީ ހުންނަނީ ވަރަށްވެސް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
ހަވީރުގެ އުފާވެރި ވަގުތު ނީނާއާއި ޝާފީ ތިބީ ގޭގެ ފުރަގަހުގައިވާ ބަގީޗާގައެވެ. އެކި އެކި ވާހަކަތައް ދެއްކުމުގައި އިންދާ ޝާނާ ރީތި ވެލައިގެން ހުރެ އަންނަތަން ފެނުނެވެ. މޫނު މަތިން އެއްވެސް އަސަރެއް ނުފެނެއެވެ. މިހާ ދިގު މުއްދަތަކަށް ބަލިވި މިއީ ފުރަތަމަ ފަހަރެވެ. ހަށިގަނޑު ވަނީ ވަރަށް ބޮޑަށް އަނަރޫފަ ވެފައެވެ. ދެލޯ ވަނީ ވަޅުވަދެފައެވެ. ތުންފަތް ވަނީ ވަރަށް ބޮޑަށް ކުރަކި ވެފައެވެ. އެތައް ޒަމާނެއް ވަންދެން ބަލި އެނދުގައި ވޭން ތަޙައްމަލް ކުރި މީހަކާއި އެއްވެސް ތަފާތެއް ނެތެވެ. “މަންމާ! ބައްޕާ! ޝެންއާއިއެކު ހޮސްޕިޓަލަށް ދާން ހިނގާބަ. ޝެން ބޭނުން ބަލި ރަނގަޅު ވެގެން ޖޮބެއް ހޯދަންވެސް.” ޝާނާއަށް ކެއްނުކުރެވިގެން ބުންޏެވެ. ޝާނާގެ ދުލުން މިހެން ބުނުމާއި އެކުހެން ނީނާއާއި ޝާފީ ޝާނާ ގޮވައިގެން ކާރުގައި ހޮސްޕިޓަލަށް ދާން މިސްރާބުޖެހިއެވެ.
ޑަކްޓަރަށް ދައްކައި، ބޭސްނަގައި އަދި ހަދަން ޖެހޭ މުހިއްމު ޓެސްޓުތަކެއް ހެދުމަށްފަހު ގެއަށް އައި އިރު އެންމެންގެ މޫނު މަތިން ވެސް އުފާވެރިކަމާއި ހިއްހަމަޖެހުން ފެންނަން ހުއްޓެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނެފައި ނީނާ ޝާނާ ކޮޓަރިއަށް ފޮނުވާލިއެވެ. އަދި ސިޓިންގްރޫމް ސޯފައިގައި ޓީވި ބަލަން އިން ޝާފީގެ މަގަތުގައި އިށީނދެ ވަރަށް ލޯބިން ބައްދާލިއެވެ. އަދިވެސް ޒުވާން އިރު ވީ ލޯތްބަށް ފަނޑުކަމެއް ނާދެއެވެ. ބަދަލުގައި އެލޯބި ދަނީ ދެހިތުގައި އިތުރުވަމުންނެވެ. ދަރިފުޅުގެ ޙަޔާތަށް ވެރިވާން އުޅޭ ތޫފާނުގެ އެއްވެސް ހިލަމެއްނުވާ ޙާލުގައެވެ.
ޝާނާ ކޮޓަރިއަށްވަދެ އެކުވެރި އުޝާއަށް ގުޅާލިއެވެ. އުޝާގެ އަޑު އިވުމުގެ ކުރިން އިވުނީ އެހެން ފަރާތެއްގެ އަޑެވެ. ފޯނު ނިވާލެވިފައވާ ކަމަށް ބުންޏެވެ. ޝާނާ ޕިސް ތަޅާލައިފައި ފޯނު އެނދު މައްޗަށް ހޫރާލީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. އަދި ކިރިޔާ އިރު އޮއްސުނީ ވިއްޔާއެވެ. ކުރާނީ ވަކި ކީއްހެއްޔެވެ؟ އެދުމަތީގައި އޮށޯވެ ސީލިންގްއަށް ބަލަން އޮވެގެން ހިތުގެ ޙާލު ބަޔާންކޮށްދެމުން ދިޔައެވެ. ” ފިޔާމް. ކިހިނެއްތަ ތިހެދީ؟ ފުރަތަމަ އަހަރެންގެ ހިތް ތި ފިޔާމަށް ލަންބުވާފަ އަހަރެންގެ ޙަޔާތުގައި ﷲ ގެ ޙަޟްރަތުން ލިބުނު އެންމެ އަގު ބޮޑު ހަދިޔާކަމުގައިވާ ޢިއްފަތްތރިކަން ފޭރިގަތީ. ފިޔާމްގެ ބޭނުމަކީ ކޮބާތަ؟ އަހަރެންގެ ކިބައިންބަދަލު ތިހިފަނީ ކޮންކަމަކާތަ؟ އަހަރެން އަދިވެސް ވަރަށްލޯބިވޭ. ފުރަތަމަ ފަހަރަށް މިފަދަ އިޙުސާސެއް މިކުރެވުނީ. އެކަމުގެ އަދަބުތަ ތިދެނީ އަހަންނަށް؟ ލޯބިވުމަކީ ކުށެއްތަ؟ އަބަދުވެސް އަހަރެން ފިޔާމް ދެކެ ލޯބިވާނަން. އަހަރެން ހިތްވަރު ކުރާނަން.” ޝާނާގެ ލޯ ފޫދުއްވާލައިފައި ކަނދުރާއާއި ދިމާއަށް ހުރަސް ކޮށްލީ ކަރުނައެވެ. އެކަނިވާ ކޮންމެ ވަގުތަކު ވިސްނެނީ އެރޭގެ ޙާދިސާއާއި މެދުގައެވެ. ފިޔާމްއާއި މެދުގައެވެ. ނިދިވެސް އެދެލޮލާ ވަރަށް ދުރެވެ. މިރޭ އަދި އަމުދުން 11 ޖަހާއިރު ލިބޭ ރިޕޯޓު ބަލާފައި ނޫނީ ނުނިދޭނެއެވެ.
ޝައިމަންގެ ޙާލަކީވެސް މިއެވެ. މާޔޫސްވުމެވެ. ލޯބިވެރިޔާގެ ޙަޔާތަށް މިއައި ތޫފާނާއިމެދު ވިސްނެނީއެވެ. ޝާނާއާއިމެދު ވިސްނެނީއެވެ. ލޯމަރާލިއަސް ފެންނަނީ އެ ރީތި މޫނެވެ. އެހިނިތުންވުމެވެ. ނިދާފައި އޮންނަ އިރު ހުވަފެނުގައި ވެސް ފެންނަނީ ޝާނާއެވެ. އެތައް ފަހަރަކު ޚިޔާލީ ފޮލާތަކެއް ކެއްކިއްޖެއެވެ. ޝާނާގެ ހަޔާތަށް ވިހަލީ ހަރުފަ ހޯދަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރެވިއްޖެއެވެ. ޝާނާގެ ފަރާތުން އިނގުނު އެޕރޓަމެންޓް ބެލިއްޖެއެވެ. ކުޑަނަމަވެސް ހެއްކެއްް ފެނިފައެއް ނެތެވެ. ފޯނު ނަންބަރު ޓްރޭސް ކުރަން ބެލި އިރު ހޯދުނު ނަންބަރަކީ ބޭނުން ކުރެވޭ ނަންބަރަކަށް ނުވިއެވެ.
ދަންވަރު ޝާފީ ރިޕޯރޓު ހިފައިގެން އައި އިރު އިންތިޒާރުގައި ނީނާއާއި ޝާނާ ސޯފާގައި ތިއްބެވެ. ޝާފީ އަށް ހުރިތަނަށް ތިރި ވެވުނެވެ. އަޑުން އަޑު ނަގައި ރޯން ފެށުނެވެ. ވީ ކީއްކަމެއް ނޭނގިފައި ހުރި ނީނާއާއި ޝާނާ ދުވެފައި އައިސް ރިޕޯރޓު ބެލިއެވެ. ޝާނާއާއި ނީނާއަށްވެސްވީ ޝާފީއަށް ވީވަރެވެ. ޝާފީގެ ކުޑަކުޑަ ޢާއިލާއަށް ހިތާމައިގެ ތޫފާނެއް އައިކަހަލައެވެ. މައިންބަފައިންގެ އެހީއާއިއެކު ޝާނާ ލިޔުނު ޙަޔާތުގެ ސަފްޙާތައް ވިއްސި ވިހާލި ވެގެން ދިޔައެވެ. ދެންވެސް އެސަފްޙާތައް ތަރުތީބު ކޮށްދިނުމަށް ޢަޒުމު ކަނޑައަޅައި އަތުކުރި އޮޅާލަން ތައްޔާރަށް ތިބީ ހިތްވަރު ގަދަ ޝާނާގެ މައިންބަފައިންނެވެ. އެދެމަފިރިން ތިބީ ލޮލުގެ ކޮއި ފަދައިން ބަލާ ބޮޑުކުރި ދަރިފުޅަށްޓަކައި މުޅި ދުނިޔެއާ ކުރިމަތި ލާން ވެސް ތައްޔާރަށެވެ. ދަރިފުޅުގެ ފަރުވާކުޑަ ކަމުން ނުކުތް ހިތި ނަތީޖާއަކީ އެދަރިފުޅުގެ ކުރިމަގަށް އެޅޭ ހުރަހަކަށް ވާކަށް އެދެމަފިރިން ނޭދެއެވެ.
މުޅި މާލެއަށް މިވާހަކަ ފެތުރެން ނެގީ އެންމެ މަހެކެވެ. މިކަމުގެ ސަބަބުން ޝާނާގެ ކުޑަކުޑަ ޢާއިލާ އަވަސްވީ ގޮތަކުން މެލޭއަށް ފުރައިގެން ދިޔައެވެ. މީހުންގެ މަލާމާތާއި ފުރައްސާރައިން ސަލާމަތް ވުމަށެވެ. ޝައިމަން އާއި ހިސާބަށް މިވާހަކަ އައުމާއި އެކު ހީވީ އޭނާގެ ދެފައި ދަށުން ބިންގަނޑު ދަމައިގަތް ހެނެވެ. ހިތުގައި އެއްފަހަރާ އެތައް ކޫރުމެއް އެޅުނެވެ. ޝާނާގެ ޙާލަތާއިމެދު ޙަމްދަރުދީ ވެވުނެވެ. ނަމަވެސް ދެވަނަ ފަހަރަށް ޝާނާ ގެއްލިއްޖެ ކަމުގެ އިޙުސާސެއް އޭނާއަށް ކުރެވުނެވެ. އޭނާ އިންތިޒާރު ކުރާނެއެވެ. ޝާނާގެ ލޯބި ޙާސިލް ކުރާނެއެވެ.
ދެ އަހަރު ފަސް…..
މަންމީ! ކާފަ ބުނުއްވީ އަންނާށޯ. ކާރު އަތުވެއްޖެޔޯ. އަވަހަށް އާދެ މަންމީ! ޝާނާގެ އެއްއަހަރުގެ ދަރިފުޅު ސާޝާ ލޯބިގޮތަކަށް މިހެން ބުނެލުމާއިއެކު އޭނާ އިންތަނުން ތެދުވެ ސާޝާގެ އަތުގައި ހިފައިގެން ޝާފީ މެންނާއި ދިމާއަށް ދިޔައެވެ.
ކާރަށް އަރައަރަ ހުރި ޝާނާއަށް މަގުގެ އެއްފަރާތުގައި ހުރި ތުއްތު ކުދިންގެ އެއްޗިހި ވިއްކާ ފިހާރައެއްގެ ތެެރޭގައި މާބަނޑު އަންހެނެއް ގޮވައިގެން ހުރި ފިޔާމް ފެނިފައި ސިހުމެއް ލިބުނެވެ. ނީނާ ގޮވާލުމުން ޝާނާ އަވަސް އަވަހަށް ކާރަށް އެރިއެވެ..
ޝާާނާމެން މެލޭއަަށް ފުރި ޚަބަރު ލިބުމާއިއެކު ފިޔާމް މާލެ އައިސް ދުވަސްތަކެއް ނުވަނީސް މީހަކާއި އިނެވެ. އަންހެނުންގެ ބަނޑަށް އަދި މިވީ އެންމެ 6 މަހެވެ. ދަރިފުޅަށް ބޭނުންވާނެ ތަކެތި ގަންނަން އައިސް ހުރި ފިޔާމަށް ޝާނާ ނުފެނުންކަމީ އޭނާގެ ބަދުނަސީބު ކަމުގައި ވެދާނެބާއެވެ؟
އާދައިގެ މަތިން ހަަވީރު ވަގުތުގައި ޝާނާމެންގޭ ފާރުކައިރީ ވަގުތު ގުނާ ޝައިމަންއަށް ހައިރާންކަމެއްވީ ގޭޓު ކުރިމަތީ ހުއްޓުނު ކާރު ފެނިފައެވެ. އެ ހައިރާންކަން ހިނިތުންވުމަކަށް ބަދަލުވީ ކާރުން ފޭބި ޝާނާ ފެނިފައެވެ. ޝާނާއާއި އޭނާގެ މައިންބަފައިން ކާރުން ފޭިބުމަށްފަހުވެސް އެތެރެއިން މީހަކާއި ވާހަކަ ދައްކާތީ އެއީ ކާކުތޯ ބަލަން ޝައިމަން ހުރީ ކެއްމަދުވެފައެވެ. އަނެއްކާ އެއީ ޝާނާގެ ފިރިމީހާ ބާއެވެ؟ މާ ގިނަ ވަގުތަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ކާރުން ފޭބީ ތުއްތު ތުއްތު އަންހެން ކުއްޖެކެވެ. “މަންމީ މީތަ ސަޝްގެ ގެއަކީ؟” ސާޝާގެ އަޑު ޝާނާއަށް އަޑު އިވުނު ހެނެއްހިއެއް ނުވެއެވެ. އެހެންކަމުން ސާޝާ ޝާނާ ގެ އަތުގައި ހިފުމަށްފަހު މަންމީއޭ ބުނެ ތަޅުވާލިއެވެ. މިމަންޒަރު ބަލަން ހުރި ޝައިމަން ގެ ދެލޯ ފެންކަޅިވިއެވެ. ޝާނާ މެލޭއަށް ފުރި އިރު ބަނޑުބޮޑުކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާގެ ދަރިއެއް ހުރެދާނެކަން ހަނދާން ނެތުމުން ހިތުގައި ރިއްސާލިއެވެ. ހައިރާންވާންވީ އެއްވެސް ސަބަބެއް ނެތެވެ. ނަމަވެސް އޭނާ ޝާނާ ދެކެ ވާލޯބި އެތުއްތު ދަރިފުޅު ދެކެވެސް ވާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.




?☺️☺️☺️ first dhw
Nice bt thankolheh dhigu Koh genesdhyba?? waiting for next part
Yeyy me first
Reethi varah????
When is next part?
V reethi
??nice… Waiting for the next part of the story..
next part mirey up kolleveythw balaanan
thn q alot
vvv loabi vv dhera shaiman ah vee goih adhi eyna loabyga unlucky dhw sad
V salhi mi story gendhaagoi
1 year ge kujjakah neyngeyne eha reethikon vaahaka dhakkaakah. Kudhi kudhi bas bas kiyaafaane
ebae adhi next part ga himanaalan ulhenikh thi faahaga kolly. okeii ehyma javaab dheny…. shen ge intelligence sash ah libifa hury. i have a sister of age 1. she can talk smoothly
power of almighty
maa shaa allah vrh furihama.. ekam alhaigaiyy thankolheh ai.. 1 aharuge kuhjakah vaahaka nudhehkeynennu naf… olhigen jehuny dhw.. it’s ok.. nxt time ekahala kudhi kudhi mistakes thah rangalhu kollaa.. eyrah hama baraabaru vaane.. alhey next episode haadha varakashey kiyaa hiyyvany… dhn oiyy bai miahvure thankolheh dhigu kollahchey… ingey naf.. 🙂 vrh vrh reethi mi episode ves.. 🙂
thnk u Aesh..
I THOUGHT STORY EGGA MIRACLE EH HIMANAALYMA exciting vaane kamah.
gud work… i appreciate it!!!
Nice.. waitingsss
Varah reethi mivaahaka keep it up
thank u guys
vvvvvv nice naf nanni thi magic hadhaa kuhjehtha?
hehehhe humans akah magic eh nuhedheyne.eiii dhalha eh, cheat eh…… god has only the power of magic……….
he he up vee dhow v reethi mi part ves
thn q haja…