Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބާ ދުރަށް (2)

Nanni Level 210 Stories100 Comments100 Login
May 6, 2018 3 Mins Read
26 Comments

އުޝާގެ މަންމަ ފަރާތުން ލިބުނު ޖަވާބަކުން ނީނާއަށް ހީވީ ދުނިޔެވެސް އެނބުރިގަތް ހެނެވެ. އެންމެ ފަހުން ރޮއެ ރޮއެ ވަރުބަލިވެގެން ނީނާއަށް ނިދުނެވެ. ޝާފީ ސިޓިންގްރޫމުގައި އިނީ ޝާނާ އާދޭތޯ ބެލުމަށެވެ. މިހާރު ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅައިފީމެވެ.

ޝައިމަން ޑިއުޓީއަށް އައި އިރު މުޅި އޮފީސްތެރޭ ދައްކަމުން ދިޔައީ މަޝްހޫރު ޝާފީއާއި ނީނާގެ ދަރިފުޅު ޝާނާ ގެއްލިގެން އުޅޭ ވާހަކައެވެ. 24 ގަޑި އިރު ނުވަނީސް މައްސަލަ ނުބަލާނެކަން އެނގޭތީ ޝައިމަންއާއި އޭނާގެ އެކުވެރި 4 ފުލުހުން ވެގެން މައްސަލަ ބަލަން ފެށީ ސިއްރިއްޔާތުގައެވެ. ސަބަބަކީ މަދަރުސީ ދައުރުއްސުރެން ޝައިމަން ގެ ހިތް ވަނީ ޝާނާގެ ނަމުން ވަރަށް ލޯބިން ފަވާލެވިފައި ވުމުންނެވެ. ނަމަވެސް ލޯބި ހުށައަޅަން ޝާނާ ކައިރިއަށް ދިޔަ ދުވަސް ވީ އޭނާއަށް އިންތިޒާރުގެ ދުވަސްތައް ގުނަން ފަށަން ޖެހުނު ދުވަހަށެވެ. ޝާނާ މެލޭ އަށް ފުރި ޚަބަރުން އޭނާގެ ދެލޯ ފެންކަޅިވީ އެތައް ދުވަހަކަށްފަހު ހިއްވަރާއެކު ލޯބި ހުށައަޅަން ނިންމި ދުވަހު މިހެން ވީތީއެވެ. ޝައިމަން އަކީ ކިތަންމެ އާދައިގެ ޢާއިލާއަކަށް ނިސްބަތްވާ މީހަކަށް ވިޔަސް މިކަމުގައި ހިތްވަރު އެލުވައެއް ނުލައެވެ. ސުވާލަކީ ޝާނާގެ މައިންބަފައިން ގެ ހުއްދަ ޝައިމަންއަށް ލިބޭނެބާވައެވެ؟ އޭގެ ދެއަހަރު ފަހުން ޝައިމަން ފުލުހުންގެ އިދާރައިގައި މަސައްކަތް  ކުރަން ފެށީ އޭނާގެ ކުޑަކުޑަ ޢާއިލާކަމަށްވާ މައިންބަފައިންނާއި ހުރި ހަމަ އެކަނި އަންހެން ކޮއްކޮ ރިފާއަށް ޚިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައެވެ. މިދެބެއިންގެ އުމުރުގެ ފަރަގަކީ އެންމެ 2 އަހަރު ކަމުން މިދެބެއިން ވީ އެންމެ ގާތް ދެއެކުވެރިންނަށެވެ. ޝައިމަން ގެ އުމުރުން 27 އަހަރުވީ އިރުވެސް ލޯބީގެ ނަޒަރުން ޝާނާ ނޫން އިތުރު އަންހެން ކުއްޖަކާއި ދިމާއަށް  ބަލާވެސް ނުލައެވެ. ޝާނާ ދެކެ ވާ ތެދުވެރި ލޯތްބެއްގެ ސަބަބުންނެވެ.

ޝާނާއަށް ހޭވެރިކަމެއްވީއިރު ބޮލުގައި ވަރަށް ބޮޑަށް ރިހުމެއް ހުއްޓެވެ. ބޮލުގައި އަތް އަޅައިގެން ތެދުވެ އިށީނދެލިއެވެ. ޝާނާއަށް ރަނގަޅަށް މީ ކޮންތަނެއްކަން ފަހުމްވުމާއެކު އަވަސް އަވަހަށް ތެދުވަން އުޅުމުގެ ތެރޭ ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރޭގައި އަރާމު ފުން ނިންޖަކުން ޝާނާގެ މަގަތުގައި ނިދާފައި އޮތް ފިޔާމްއާއި ބިންމަތީ އުކާލެވިފައިވާ ޝާނާއާއި ފިޔާމްގެ އަންނައުނުތައް ފެނުނެވެ. އިސާހިތަކުމިވީ ކިހިނެއްކަން ނަގައިގަންނާކަށް ޝާނާއަކަށް އުނދަގުލެއް ނުވިއެވެ. ރޮމުން ރޮމުން އަވަސް އަވަހަށް އެއްޗެހި ލައިގެން ނިކުންނަން ބެލި އިރު ދޮރު ހުރީ ތަޅުލާފައެވެ. ބެޑްލައިޓް ކައިރީ ތަޅުދަނޑިފަތި އޮތް ކަމީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ.

ޝާނާ މަގުމަތީ ރޮމުން ދުވަމުން ގެއަށް ދިޔަ މަންޒަރު ފެނުން މީހުން ތިބީ ހައިރާންވެފައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ސަމާލު ކަމެއް ނުދީ ޝެން ގެއަށް ވަތް ވަގުތު ބައްޕަ ސޯފާގައި ލޮލުން ކަރުނަ ފޮހެން އިން މަންޒަރު ފެނުމާއި އެކީ އިތުރަށް ރޮވުނެވެ. ދުވެފައިގޮސް ބައްޕަގެ ފައިބުޑަށް ވެއްޓި ކަންތައް ވީ ގޮތް ކިޔާދިނެވެ. ގެއަށް އައި މަގުމަތީ ކުޑަ ދޫވި ހިސާބުން ފެށިގެން ރޮމުން ގެއަށް އައި ހިސާބަށެވެ. ޝާފީގެ ރުޅި ގަނޑު ދިޔައީ ގަދަވަމުންނެވެ. ފުލުސް އޮފީހަށް ގުޅުމަށްފަހު ޝާނާ ފެނުން ކަމާ ނަމަވެސް ކަންތައްތައް ވަރަށް ގޯސް ކަމަށް ބުންޏެވެ.

ޝައިމަންއަށް މިޚަބަރު ލިބުމާއި އެކީ ވަރަށް ގާތުން މި މައްސަލަ ބަލަން ނިންމިއެވެ. އަދި އެމީހަކު ހޯދުމަށްފަހު ޙައްޤު އަދަބު ދޭން ނިންމިއެވެ. ދައްކުނޑި ވިކާލުމަށްފަހު ކައިރީ ހުރި ފާރުގައި އަތުން ޖެހީ ރުޅި އައި ވަރުންނެވެ. މާ ގިނަ އިރުތަކެއްނުވެއެވެ. ޝައިމަންގެ އެރުޅިގަނޑު ހިތާމައަށް ބަދަލުވެ ލޮލުން ކަރުން އޮހިގަތީ އެޔެއް މިއެއް ބަލާފައެއްނޫނެވެ.

ފިޔާމްތޯއެވެ؟ ހަޤީޤަތުގައި ޝާނާ އަށް ހޭލެވުނީ ފިޔާމް ގެ އަތްތިލައިން އޭނާގެ މޫނުމަތީގައި ބީހިލުމުންނެވެ. އޭސީގެ ސަބަބުން ފިނިވެފައިވި އަތުގެ ފިނިކަން އިހުސާސްވުމުންނެވެ. ފިޔާމްއަވަސް އަވަހަށް ނިދާ ކަމަށް ހެދިގެން އޮތީ ރާވައިފައިވާ ގޮތަށް ކަންތައް ނުކުރެވިއްޖެނަމަ ވާނެ ގޮތް އެނގޭތީއެވެ. ޝާނާ ދިޔަ މަންޒަރު ބަލަން ބެލްކަނީގައި ހުރިއިރު އޭނާގެ ތުންފަތް މައްޗަށް ވެރިވެފައިވަނީ މަކަރުވެރި އަދި ކާމިޔާބީގެ ހިނިތުންވުމެކެވެ. ފޯނު ނަގައި ނަންބަރަކަށް ގުޅާލީ ކާމިޔާބު ވިކަމުގެ ޚަބަރު ދިނުމަށެވެ. ދެފަހަރަކު ރިންގު ވުމާއިއެކު އެކޮޅުން ފޯނު ނެގިއެވެ. “ޕްލޭންގެ ފުރަތަމަ ބައި ވަރަށް ކާމިޔާބު.” ފިޔާމް މިހެން ބުނުމާއިއެކު އެކޮޅުން ދެވަނަ ބައި ވެސް ސަމާލުކަމާއިއެކު ކުރުމަށް އެދިފައި ފޯނު ބޭއްވިއެވެ. ފިޔާމް ފޯނުން ސިމް ނަގައި ބިންދާލިއެވެ. އަދި އޭނާ މިއަދު މި އެޕަރޓުމެންޓަށް ގެނައި ތަކެތި ދަބަހަކަށް އަޅައިގެން މީހަކަށް ނުފެންނާނެހެން ގެއިން ނުކުމެގެން ދިޔައެވެ.

ޝާފީ ޝާނާ ހަމައަކަށް އެޅުވުމަށްފަހު ޝާނާ ކޮޓަރިއަށް ފޮނުވާލިއެވެ. އަދި އޭނާވެސް ކޮޓަރިއަށް ވަނީ ވެފައިވާ ވަރުބައްޔެއްގެ ސަބަބުން ނިދާލަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ.

ރޭގެ ބިރުވެރި ހާދިސާއާއި ދޭތެރޭ ވިސްނަން އިން ޝާނާ ޚިޔާލީ ދުނިޔެއިން ބޭރުވީ ފޯނު އެލާމްވާން ފެށި އަޑަށެވެ. ފޯނުގެ އެލާރމް ނިވާލުމަށްފަހު ހިތާ ހިތާ ކިޔަން ފެށިއެވެ. މީ ކޮން ފިޔާމްއެއް ހެއްޔެވެ؟ އޭނާ ޝެންދެކެ މިވަރަށް ނަފްރަތު ކުރަނީ ކީއްވެބާއެވެ. އޭނާ ޝެންގެ ކިބައިން ބަދަލު ހިފަނީ ކޮންކަމަކާ ހެއްޔެވެ؟

 

ދުވަސްތައް ފާއިތުވަމުން ގޮސް އެހާދިސާއަށް މަހެއް ފުރިއްޖެއެވެ.

ފުލުހުންގެ މަސައްކަތައް އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުލިބުނެވެ. މިކަމާއި ޝައިމަން ހުންނަނީ ދެރަވެ ފާޑަކަށް ނެގި މަޑުވެފައެވެ. މިކަމުގެ ސަބަބު އޭނާގެ ޢާއިލާއަށް އެނގިފައިވާތީ އިތުރު ސުވާލެއް ޝަިމަން އަކާއި ނުކުރެއެވެ.

ފިޔާމް އެރޭ މެލޭއަށް ފުރައިގެން އައިގޮތަށް އުޅެމުން އައީ މައިންބަފައިންގެ ގާތުގައެވެ. ކުރެވުނު ކުށް މަތިން ކުޑަކޮށްވެސް އޭނާ ހަނދާން ނެތްކަހަލައެވެ. ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައެވެ. މީ ކޮންފަދަ އިންސާނެއްބާއެވެ. މީނާގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ވަކިވެދިޔަަޔަސް….(1)

Next

ލޯބި ވެވުމުން (ފެށުމުގެ ޓްރެއިލަރ)

Next
May 6, 2018

ލޯބި ވެވުމުން (ފެށުމުގެ ޓްރެއިލަރ)

Previews
May 6, 2018

ވަކިވެދިޔަަޔަސް….(1)

26 Comments!

  1. Maudy says:
    May 6, 2018 at 2:19 am

    Kuriah dhey. Avahah next part up kohdhevvaandheyve..!

    1. naf nanni says:
      May 12, 2018 at 3:37 pm

      Thnxxxxx Maudy

  2. Yash says:
    May 6, 2018 at 6:34 am

    V interesting… waiting for nest part…

    1. naf nanni says:
      May 12, 2018 at 3:38 pm

      Thnxxxxxx Yash

  3. Sal says:
    May 6, 2018 at 6:45 am

    Nice ? ??
    Alhe thankolheh dhigu Koh up kohdhyba ???
    Waiting for next part

    1. naf nanni says:
      May 12, 2018 at 3:39 pm

      Thnxxxx Sal

  4. Sumaa says:
    May 6, 2018 at 10:09 am

    Interesting… Waiting for the next part…..

  5. Jenna says:
    May 6, 2018 at 10:35 am

    Varah thafaathu vaahaka eh ehen vaahaka thaka balaafa.???anyways good luck with this story?

  6. naf nanni says:
    May 6, 2018 at 10:41 am

    thnk u………. next part dhigu khlaanan insha allah..

  7. Any says:
    May 6, 2018 at 11:22 am

    V reethi mibaives ??

    1. naf nanni says:
      May 6, 2018 at 12:06 pm

      thnk u Any…..

  8. Chaeri says:
    May 6, 2018 at 12:54 pm

    alhey dhn vaany kihinhbaa waiting waitin..whn nxt part? Cant even wait

    1. naf nanni says:
      May 6, 2018 at 2:17 pm

      thnk u chaeri. next part maadhan up kolleveythw vrh masaikai kuraanan. thnku for ya support guyx

  9. sharu says:
    May 6, 2018 at 2:48 pm

    it nice

    1. naf nanni says:
      May 6, 2018 at 3:21 pm

      ehehhe….. thank u SHARU!

  10. Zoya says:
    May 6, 2018 at 3:23 pm

    Varh interesting.. heevany v nice vaane hen.. Ekamu haadha kurey

    1. naf nanni says:
      May 6, 2018 at 3:28 pm

      NEXT part dhigu kollaaanan insha allah

  11. Naju says:
    May 6, 2018 at 4:52 pm

    V interesting bt maakury n next thankolheh dhigukoh genesdheachey

  12. unique says:
    May 6, 2018 at 5:35 pm

    vvv reethi mi partvx

    1. naf nanni says:
      May 12, 2018 at 3:37 pm

      Thnxx unique

  13. Aesh says:
    May 6, 2018 at 6:47 pm

    vrh reethi.. maa shaa allah.. ekam thankolheh kury.. ehen nama vrh furihama vaane story.. in sha allah..

  14. naf nanni says:
    May 6, 2018 at 7:16 pm

    thnku………. next part dhigu kollaaanan miah vure

  15. Mary says:
    May 7, 2018 at 1:25 am

    V reethi hama obiness

  16. naf nanni says:
    May 7, 2018 at 5:58 pm

    thnk u mary

  17. thaara says:
    May 7, 2018 at 9:01 pm

    vvvvvv reeyhi maashaa allah!

  18. naf nanni says:
    May 8, 2018 at 12:31 pm

    thn q alot

Comments are closed.

Next Episodeތިޔަ ލޯތްބާ ދުރަށް (3)←


All Right Reserved!