Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބާ ދުރަށް (1)

Nanni Level 210 Stories100 Comments100 Login
May 5, 2018 5 Mins Read
36 Comments

އިރު އޭގެ ވާޖިބު އަދާކުރުމަށްޓަކައި ނިދިން ތެދުވެ ނިދާ ކޮޓަރިން ނިކުތް ވަގުތެވެ. އުޑުމަތި އެތައް ކުލަ ތަކަކުން ދިއްލާލިއެވެ. އެ އިރުގެ އަލި ވިލާތަކުގެ ތެރެއިން ފޭދިފައިވާ މަންޒަރަކީ ކޮންމެ މީހެއްވެސް ކޮންމެވެސް ގޮތަކުން ރައްކާކުރަން ބޭނުންވާނެ މަންޒަރެއްކަން ޔަޤީނެވެ. އެހާވެސް ރީއްޗެވެ. ޤުދުރަތީ ބާރުވެރި ފަރާތުގެ ކުޅަދުން ވަންތަ ކަމުގެ ހެއްކެކެވެ. ދުނިޔެމަތިން އިވެމުން ދިޔައީ ކޮވެއްޔާއި އަދި މިނޫންވެސް އެތަކެއް ދޫނި ސޫފާ ސުފީގެ ކުޅަދާނަ މިޔުޒިކީ ރާގުތަކެވެ. ޖެހެމުން ދިޔައީ އަރާމު ފިނި ފިނި ވައިރޯޅިތަކެކެވެ. އަދި ފެންނަމުން ދިޔައީ އެމިޔުޒިކާއި އެވައިރޯޅިތަކުގެ ތެރޭގައި ގަސްތައް ނަށާލާ މަންޒަރެވެ. އެހާވެސް ހިއްގައިމު މަންޒަރެކެވެ. ވިއްސާރަ މޫސުން ގޮސް ބަހާރު މޫސުމަށް މުޅި ދުނިޔެ މަރުޙަބާ ކިޔަމުން ދިޔައީ ވަރަށްވެސް ފުރިހަމަ ކޮށެވެ. ނަމަވެސް މި ކަންކަމަށް ސަމާލުކަމެއް ނުދީ އޭނާގެ އަމިއްލަ ޚިޔާލުތަކަކަށް ގެއްލިފައި އެއިނީ ޝާޚީ ދެމަފިރިއެއްގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު ކަމަށްވާ “ޝާނާ” އެވެ. ޢާއްމު ނަމުން ނަމަ “ޝެން” އެވެ. ބޮޑު ކޮޓަރިއެއްގައި ފަނޑު އަލިކަމެއްގެ ތެރޭގައި ޝާނާ އިނީ ދެފައި ވަށްކޮއްލައިގެން ކިންގް ސައިޒްގެ ބޮޑު އެނދެއްގައި ކުރިމަތީހުރި ފާރަށް ބަލަހައްޓައިގެންނެވެ. އެ ހަމަހިމޭން މާޙައުލުގައި އެސްފިޔައެއްވެސް ޖަހާނުލާ އިން ޝާނާ ފެނިފައި ކޮންމެ މީހަކުވެސް ހައިރާންވާނީ އޭނާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފެނިފައެވެ. ލިބިފައިވާ ޝާޚީ ކަމުން އެއްވެސް އުފަލެއް އޭނާއަށް ނުލިބޭކަހަލައެވެ. ކޮޓަރީގައި ވާ އޭސީ އެންމެ ފިނިގަދަ ކޮއްފައިވާ އިރުވެސް ޝާނާގެ މޫނުމަތިން ވިދާ ބަބުޅަމުން ދިޔައީ ދާ ތިކިތަކެވެ. އޭނާގެ އެ ބޮޑު ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިފާއްޓަމުން ދިޔަ ކުޅަދާނަ ދިގު ނަލަ އެސްފިޔަތަކަށް ކެއްނުވީބާވައެވެ؟ އެ އެސްފިޔަތަކަށް ބަރުވެގެން ހޯސްލާފައި އެފޭބީ ކަރުނައެވެ. މަޑު މަޑުން ކޮލުގައި ފިރުމަމުން ކެއްކުރާށޭ ބުނާ ފަދަ ގޮތަކަށެވެ. ޝާނާ ސިއްސައިގެން ދިޔައީ ކޮޓަރިއަށް ވެރިވި އަނދިރި ކަމުގެ ސަބަބުންނެވެ. ނިދާބޮކީގެ ފަނޑު އަލިވެސް ޝާނާގެ ލޮލުން ފޭބި ކަރުނަ ތިކި ފެނިފައި އިތުރަށް އެމަންޒަރު ބަލަން ކެއްނުކުރެވިގެން ދިޔައީއެވެ. ޝާނާ ކަރުނަތިކި ފުހެލާފައި ތެދުވެގެންގޮސް ދޮރުފޮތިގަނޑު ކަހާލިއެވެ. އޭނާގެ ހިތައް ހަމަޖެހުމެއް ލިބުނުކަހަލައެވެ. ޤުދުރަތީ މަންޒަރުތައް ފެނިފައި ހެއްދެވި ފަރާތް މަތިން ހަނދާންވުމުންނެވެ. ހިތުގައި އައު އަޒުމެއް އުފެދުމުންނެވެ. މޫސުން ބަދަލުވާ ބީދައިން އިންސާނެއްގެ ހަޔާތަށްވެސް އުފާވެރިކަމާއި ހިތާމަވެރިކަން އަންނާނެކަން ހިތަށް ވެރިވުމުންނެވެ. ޝާނާގެ ޚިޔާލާއި ފިކުރު މަޑު މަޑުން ދައުރު ކުރަމުން ދިޔައީ މިރޭ ހިނގި ހާދިސާއަކާއި ދިމާލަށެވެ.

ޝާނާއަކީ ޝާޚީ ބޮޑު ޢާއިލާއެއްގެ ދެމަފިރި އެއްގެ ހަގު ދަރިފުޅު ކަމަށްވާ ނީނާ، އޭނާގެ އަލަތު ލޯބިވެރިޔާ ކަމަށްވާ މާލޭ ނަންމަޝްހޫރު ވިޔަފާރިވެރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅު ޝާފީއާއި އެކު ހެއްދި ބަގީޗާގައި، ފުރަތަމަ ފޮޅުނު މަލުން އެޅި ފޮނި މޭވާއެވެ. ރީތި އަންހެން ކުއްޖެކެވެ. ޒީނަތްތެރިވުމުގައި އަބަދުވެސް އެންމެ ފަހުގެ ގޮތްގަނޑު ގެންގުޅޭ ޝާނާއަކީ ބަނޑިއަލެއްފަދަ ހިއްގައިމު ހަށިގަނޑެއްގެ ވެރިއެކެވެ. ހަންގަނޑު އޮމާންވެފައި ކުލަ އައްޔެވެ. އެންމެ ބަލާލުމަކުންވެސް ހިއްތައް ކަތިލާފަދަ ބާރުގަދަ ބޮޑު ކުރަނގި ދެލޮލުގައިވާ އެސްފިޔަތައް ބޯވެފައި ދިގެވެ. އަންނާރު އޮއްހާ ކުދި، ބޯކިރު ފޮދެއްހާ ހުދު ދަތްތައް އެހާ ތަރުތީބެވެ. ފިނިފެންމަލެއްފަދަ ފިޔާތޮށިކަން ގަދަ އެ ތުންފަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އަޖައިބެއްފަދަ އެ ހިނިތުންވުމާއެކު ކޮލަށް އެޅޭ އަޑި ކޮޅެވެ. ބުޅި ބުޅި ކަޅު އިސްތަށިގަނޑެކެވެ. ކުޑަކުޑަ ކަންފަތަކާއި ނޭފަތެކެވެ. އިސްކޮޅުގައި ފަސް ފޫޓު ދެ އިންޗި ހުރެއެވެ.

ޝާނާއަކީ އެންމެންނާއި ވެސް ވަރަށް ގުޅޭ ކުއްޖެކެވެ. މަދަރުސީ ދައުރުގައި ވެސް މުޅި ސްކޫލު އެދަރިވަރަކަށް އިޚްތިރާމާއެކީ  ފިޔަގަނޑު ތިރިކޮށްލާވަރުގެ ރަންތަރިއެކެވެ. ޝާނާގެ މައިންބަފައިންނަކީ ޝާނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި ދެކިގެން ޙަޔާތުގައި ދިމާވާ ހުރިހާ ކަމެއް ޙިއްޞާ ކުރެއެވެ. ޝާނާގެ ކުރިމަތީގައި އެކުވެރިންގެ ދަރަޖަ ވެސް ދަށެއް ނޫނެވެ. އެމީހުންނަކީވެސް މުޙިއްމު ބައެއް ކަމުގައި ބަލައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ލޯބީގެ ނަޒަރުން ފިރިހެން ކުއްޖަކާއި ވާހަކަ ވެސް ނުދައްކައެވެ. ޢާއިލާގެ ޤަދަރު ހިފެހެއްޓުމުގެ ގޮތުންނެވެ.

އިއްޔެގެ މެންދުރުގެ ވަގުތެކެވެ. އުމުރުން އެންމެ 26 އަހަރުގައި މެލޭޝިއާގެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީ އަކުން ކުޑަކުދިންނާއި ބެހޭ ޚާއްސަ ޑަކްޓަރުގެ ސަނަދު ޙާސިލް ކުރުމަށްފަހު ޝާނާ މާލެ އައިގޮތަށް ފެންވަރައިގެން ދިޔައީ އެންމެ ގާތް އެކުވެރިޔާ ގެއަށެވެ. ބޯކޮށް ވާރޭ ވެހޭ ދުވަހަކަށްވީ ނަމަވެސް ގެއާއި މާ ދުރުނޫން ތަނެއްކަމުން ޝާނާ ޚިޔާރުކުރީ ފައި މަގެވެ. ފިޔާތޮށި ކުލައިގެ ކުޑައެއް އަޅައިގެން ހުރި ޝާނާ ލައިގެންހުރީ ހަމަ އެކުލައިގެ ޓީޝާޓަކާއި ކަޅު ޓައިޓެކެވެ. ލުއިގޮތަކަށް މޭކަޕް ކޮށްގެން ބޮލުގައި ހުޅިއެއް ޖަހައިގެން ހުރި ޝާނާ ހުރީ ޖައްވު ފިނިކަމުން ތުރުތުރުލާ ގޮތްވެފައެވެ. ކުއްލިއަކަށް ޖެހުނު ބާރު ވައިރޯޅި އަކާއި އެކު ޝާނާގެ އަތުގައި އޮތް ކުޑަ އަތުން ދޫވެގެން ވަޔާއި އެކު ގެންދިޔައެވެ. ހަނދާން ނެތިގެން އާދެވުނީ ފޯނުވެސް ނުލައެވެ.

ތުންފިއްތާލުމަށްފަހު ހިޔަލަށް ޖެހުމުގެ ނިޔަތުގައި އިސްޖަހައިގެން ހުރެ ދުވެފައި ދަނިކޮށް މީހެއްގެ ގައިގައި އަޅައިގަނެފައި ދެހަށިގަނޑު އެކީ ވެއްޓުނީ ގެއެއްގެ ދޮރުން އެތެރެއަށެވެ. ޝާނާގެ ހަށިގަނޑު ވަނީ އެ ބާރުގަދަ ދެ އަތުން ވަށާ ލެވިފައެވެ. ޝާނާ އިސްނަގާ ބަލާލިއެވެ. އަސްތާއެވެ! އެއީ ފިރިހެންވަންތަ ރީތި ޒުވާނެކެވެ. ދެހަށިގަނޑު ޖެހިފައި ވުމުން އެކަކު އަނެކަކުގެ ހޫނު އިޙުޞާސް ކުރެވެން ފެށިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަ ވުމުން ޝެާނާގެ ގައިން ހީބިހި ނަގަން ފެށިއެވެ. ލޭގެ ހިނގުން އަވަސްވެ ހިތުގެ ވިންދު ބާރުވާން ފެށިއެވެ. ނޭވާ ކުރުވެ ގައިން ވާގި ދޫވާ ގޮތް ވިއެވެ. ދާހިއްލަން ފަށައިފިއެވެ. ނޭނގޭ ޖާދޫއެއް ހަށިގަނޑުގައި އުފެދެން ފެށިއެވެ. ހިއްގައިމު މިއުޒިކީ ރާގެއް ހިތުގައި ކުޅެވެން ފެށިއެވެ. ފުރަތަމަ ފަހަރަށް ތަފާތު ނަޒަރުން މީހަކާއި ދިމާލަށް ބަލާލެވުނެވެ. މިއީ ލޯބިހެއްޔެވެ؟ ލޯބި ނޫންނަމަ ދެން މި އިޙުސާސަށް ދޭނީ ކޮން ނަމެއް ހެއްޔެވެ؟

ޝާނާ ސިއްސައިގެން ދިޔައީ އެ ޒުވާނާގެ ދުލުން މަޑު އާހެއްގެ އަޑު ބޭރުވުމުންނެވެ. އިސްނަގައި ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ދެމީހުން އެކީ ވެއްޓުނީ އަކިރި ފުންޏެއްގެ މައްޗަށެވެ. އެ ޒުވާނާއަށް ތަދު ނުވިއްޔާ ވާ ދެރައެއްނުންހެއްޔެވެ. ވަރަށް ބޮޑަށް މަޢާފު ކުރާށޭ ބުނެފައި ތެދުވަން އުޅެނިކޮށް ކައްސާލައިގެން އަނެއްކާވެސް އެޒުވާނާގެ ގައި މައްޗަށް ވެއްޓުނެވެ. ޝާނާ ވަރަށް ބާރަށް ދެލޯ ތަގުޅި ކޮށް ތުން ފިއްތައިގެން ހުރެ ތެދުވެފައި އެޒުވާނާއަށް ފުރަގަސްދިނެވެ. ” ސޮރީ. ވަރަށް ބޮޑަށް ސޮރީ. އަ….އަހަރެން….. އަހަރެން ގަސްތަކު ނޫން.” ދެރަ ވެފަ ހުރި ވަރުން ޝާނާ ތުރު ތުރު ވެސް ލާން ފެށިއެވެ. “އިޓްސް އޯކޭ. އަހަންނަށްވެސް ނުބަލާލަ ދެވުނީމަ ދޯއެއީ. ޑޯންޓް ފީލް ސޯ އޯކްވާޑް އެބައުޓް ދިސް އެކްސިޑެންޓް.” ދެމީހުންގެ ދެމެދަށް ވެރިވެގެން ދިޔަ ހަމަހިމޭންކަން ފޫދުއްވާލީ އެޒުވާނާއެވެ. “ހިޔަލަށް ޖެހެންވީނު. މިހާބޯކޮށް ވާރޭ ވެހޭ އިރު ތެމިގެން ދަނިކޮށް ބަލިވެދާނެ އެންނު.” ޝާނާ އިސްއުފުލާ އެޒުވާނާ އާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އިހުނެކޭ އެއްގޮތަށް މިފަހަރުވެސް ޝާނާގެ ގައިގައި މަޑު ތުރުތުރެއް އަޅަންފެށިއެވެ.

ޝާނާގެ މައުސޫމް ސިކުނޑި ބުނަމުންދެއެވެ. ހަމަ ޙަޤީޤަތުގައިވެސް މިޒުވާނާ އެ އެދުނީ މަޑުކޮށްލަން ހެއްޔެވެ؟ އަހަރެންގެ ހިތްވެސް އެދެނީ ހަމަ ތިގޮތެވެ. އަދި އެއްފަހަރު ނަމަވެސް ތިޔަ ބާރުގަދަ ދެއަތުގެ ރައްކާތެރިކަމަށް އަހަރެން އެދެމެވެ. އެކަމަކު…. މީހަކަށް ފެނިއްޖެނަމަ ހިތައް އަރާނީ ކީކޭ ހެއްޔެވެ؟ ބޯ ވާރޭގައި ފިރިހެން ކުއްޖަކާއި އެކީ….. ނޫނެކެވެ. އަހަރެންގެ ޢާއިލާގެ ޤަދަރު ހިފާއްޓަން ވެސް އަހަރެން ޖެހޭނެ ނޫންހެއްޔެވެ؟ ކުރިމަތީ މިހިރަ ޒުވާނަކީ ދާދި ދެންމެއަކު ދިމާވި ޒުވާނެއް ވިއްޔާއެވެ. ނުދަންނަ މީހަކަށް އެހާ ފަސޭހައިން އިތުބާރު ކުރާކަށް ނުވާނެއެވެ. އަހަރެންގެ މޭތެރޭގައި މިވާ ޅަ ހިތައް އަހަރެން ވިސްނައިދޭނީ ކިހިނަކުންހެޔެވެ؟ އެހިތް އޭގެ އަމިއްލަ ބާރުގެ ދަށަށް ދިޔައީ ކޮން އިރަކު ހެއްޔެވެ؟ ” ޔާ ބަޓް ނޮޓް ފޯ ސޯ ލޯންގް.” އަޖައިބެކެވެ. ޝާނާގެ ބާރަކާއި ނުލާ ދޫ ވެސް މަސައްކަތް ކުރަންފެށީހެއްޔެވެ؟ ލޯތްބަކީ ހަމަ މިހާ ބާރުގަދަ އެއްޗެއްހެއްޔެވެ. “ފިޔާމް ވެސް ނޫޅެމޭ އުމުރަށް މަޑުކުރުވާފަ ބަހައްޓާކަށް” ފިޔާމް! ޒުވާނާޔާ އެއްވަރަށް ނަންވެސް އެހާ ނަލައެވެ.

ބިރުންހުރެ ޝާނާ ފިޔާމްމެންގެ އެޕާޓްމަންޓަށް ވަނެވެ. ބޮޑު ތަނެކެވެ. ފޯރާ ބަޔަކު އުޅޭ ތަނެއް ކަމަށް ބެލެވެއެވެ. މުޅި ތަނުގައި ވަނީ މުށި ކުލައެއް ލެވިފައެވެ. ބޭނުންކުރެވިފައި ވަނީ ހަމަ އެކުލައިގެ ފަރުނީޗަރެވެ. ހިއްގައިމެވެ. ހުރިހާ އެއްޗެއްވެސް އަތުރާލެވިފއިވަނީ ވަރަށް ތަރުތީބުކޮށެވެ. ބަލާލި ކޮންމެ މީހަކު ހިއްހަމަ ޖެހިގެން ތަޢުރީފުގެ ބަސްތައް އަމުނާލާނެކަން ޔަޤީނެވެ. ފިޔާމް ޝާނާ އަށް އިށީނުމަށް ތަންދެއްކުމަށްފަހު ކޮޓަރިއަށް ވަނެވެ. ޝާނާ އިނީ އެގެއިން އިތުރު މީހަކު ނުފެންނާތީ ކަންބޮޑުވެފައެވެ. އެކަނި މިހެން ފިރިހެނެއް ކައިރީ ހުރުމުން 3 ވަނަ ފަރާތެއްގެ ގޮތުގައި ޝައިތާނާ ހުންނާނެތީއެވެ.

ތުވާލިން އިސްތަށިގަނޑު ހިއްކަމުން ފިޔާމް ނުކުތްތަން ފެނުނެވެ. ލައިގެން ހުރީ ހަމަ އެކަނި ސޯޓެއް ކަމުން މަސްތައް ވަރުގަދަ އެހަށިގަނޑު ފެނިފައި ޝާނާގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅައްޖެހުނެވެ. ފިޔާމް އައިސް އިށީނީ ޝާނާ އިން ސޯފާގެ ކުރިމަތީގައި އިން ސޯފާގައެވެ. ” މިގޭގަ ނޫޅޭތަ އިތުރު މީހަކު؟” ޝާނާއަށް ކެއްނުކުރެވިގެން އަހާލިއެވެ. ނަމަވެސް ފިޔާމް އަށް އަޑުއިވުނު ހެނެއް ހިޔެއް ނުވެއެވެ. އޭނާ ވެސް ކުރީ އިތުރު ސުވާލެކެވެ.

“ކޮފީ ބޯނަންތަ؟” ޝާނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭ ދެމީހުން ތިބީ ފިޔާމް ތައްޔާރު ކުރި ކޮފީ ބޯށެވެ. ފިޔާމް ފޯނާއި ކުޅެމުން މަޑުމަޑުން ކޮފީ ބޮމުން ދިޔައެވެ. އެއްވެސް ވަރަކަށް ޝާނާއާއި ވާހަކަ ދެއްކުމުގެ ޚިޔާލެއް އޭނާގެ ނެތް ކަހަލައެވެ. އެހެންކަމުން ޝާނާ ވެސް ކޮންމެހެން ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ބެލީ އަވަހަށް ކޮފީ ބޮއެގެން ގެއަށް ދެވޭތޯއެވެ. ނަމަވެސް ޝާނާއަށް ބޯލެވުނީ ވަރަށް ކުޑަ ކޮފީފޮދެކެވެ. ލޮލަށް ފުސްވެ ތަން އެނބުރޭ ކަމުގެ އިޙުސާސެއް ކުރެވެން ފެށުނެވެ.

ޝާނާގެ މައިންބަފައިން ތިބީ ވަރަށްވެސް ބޮޑަށް ހާސްވެފައެވެ. މިހާރު ދަންވަރު ބާރަ ޖަހަނީއެވެ. ޝާނާއަކީ ދުވަހަކުވެސް އެކުވެރި އެއްގެ ގެއަށް ދިޔައަސް މިހާ ލަސްވަންދެން ގެއަށް ނައިސް ހުރި ކުއްޖެއް ނޫނެވެ. ދިޔަތާކަށް ދިޔައީ ފޯނުވެސް ނުލައެވެ. ޝާނާ ބުނި ގޮތުގައި އޭނާ ދިޔައީ އެކުވެރި އުޝާ މެންގެ ގެއަށެވެ. އުޝާއަކީ އެންމެ ކުޑައިރުންސުރެވެސް ޝާނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެހެން ކަމުން މިދެމީހުންގެ މައިންބަފައިންގެ ދެމެދުގައި ވެސް ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. ލަސްނުކޮށް އުޝާގެ މަންމައަށް ގުޅިއެވެ. އުޝާގެ މަންމަ ފަރާތުން ލިބުނު ޖަވާބަކުން ނީނާއަށް ހީވީ ދުނިޔެވެސްް އެނބުރިގަތް ހެނެވެ. އެންމެ ފަހުން ރޮއެ ރޮއެ ވަރުބަލިވެގެން ނީނާއަށް ނިދުނެވެ. ޝާފީ ސިޓިންގްރޫމުގައި އިނީ ޝާނާ އާދޭތޯ ބެލުމަށެވެ. މިހާރު ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅައިފީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ޔާއިން 15

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 3

Next
May 6, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 3

Previews
May 5, 2018

ޔާއިން 15

36 Comments!

  1. Zeena says:
    May 5, 2018 at 9:56 am

    Varah reethi vaahaka eh …??

    1. naf nanni says:
      May 12, 2018 at 3:34 pm

      Thnnxxx Zeena

  2. Fai says:
    May 5, 2018 at 10:03 am

    New writer eh dho
    Vaahaka reethi vaanehen heevany
    All the best ??????

    1. naf nanni says:
      May 12, 2018 at 3:32 pm

      Thnk yew Fai

  3. Shann says:
    May 5, 2018 at 10:15 am

    V rythi vaanehen hyvany mi story… N story ga ulhey girl kuhjaage name shann ah v rythi n eyee shann ah v haahsa name eh… Khonirakun baa anehbai kiyaalan libeynyy???

    1. naf nanni says:
      May 12, 2018 at 3:32 pm

      Thnk yew Shann. i luv tht name too

  4. EHLEE says:
    May 5, 2018 at 10:19 am

    The story is amaxing. Baraabahra up kohlah dheyy thi vaahaka.??

    1. naf nanni says:
      May 12, 2018 at 3:31 pm

      Thnk yew EHLEE

  5. beauty n the beast says:
    May 5, 2018 at 11:06 am

    Heevey reethivaanehen daileekoh up kohdhenyaa liyun theriya ah onna ithubaaru bodu vefa vaahaka kiyaahiy vaane

    1. naf nanni says:
      May 12, 2018 at 3:30 pm

      Thn Q beauty n the beast

  6. reader says:
    May 5, 2018 at 11:18 am

    Shitttt eyna beys elhy coffee ah… Dhen adhi fiyaam nan ehaa reethi eh nooon

    1. naf nanni says:
      May 5, 2018 at 12:04 pm

      taste different vedhaannu reader r shenge………. shen ashey reethi v…..

  7. naf nanni says:
    May 5, 2018 at 12:01 pm

    Thankyou alot readers……… next part maadhan up kolleveythw balaaanan.. thnxxxx again

  8. Sana says:
    May 5, 2018 at 12:23 pm

    Masah Allah varah furihama❤❤❤❤❤❤❤❤❤❤
    Waiting for next part❤❤❤

    1. naf nanni says:
      May 12, 2018 at 3:33 pm

      Thnnxxx Sana

  9. Jenna says:
    May 5, 2018 at 1:25 pm

    V reethi naf

    1. naf nanni says:
      May 12, 2018 at 3:33 pm

      Thnnxxx Jenna

  10. unique says:
    May 5, 2018 at 1:31 pm

    vvvvvvvvvvvvvvvvvvvvv reethi story eh miee hope to see the next part soon

  11. naf nanni says:
    May 5, 2018 at 1:44 pm

    thnk u guys…… vrh ufaavejje….. next part maadhan up kolleveythw balaany
    dhw

  12. Areen says:
    May 5, 2018 at 1:51 pm

    V.reethi❤

    1. naf nanni says:
      May 5, 2018 at 2:06 pm

      thnxxxxxx Areen…

  13. fai says:
    May 5, 2018 at 6:03 pm

    varah reethi waiting for next part

    1. naf nanni says:
      May 12, 2018 at 3:30 pm

      Thn Q fai

  14. Rammu says:
    May 5, 2018 at 8:49 pm

    Hmm heevey v reethii vaane hen daily kon up nukurevunas weekeh ga 2part genes dheveytho balanvaane ingey writer

  15. naf nanni says:
    May 5, 2018 at 9:21 pm

    yh m sure.. thnk u guyxx

  16. Naju says:
    May 5, 2018 at 9:38 pm

    V rythi vaane hen hyvany mi story next avahah up kohdheachey

    1. naf nanni says:
      May 12, 2018 at 3:29 pm

      Thnxxxxxxx naju

  17. Any says:
    May 5, 2018 at 10:50 pm

    V reethi vahaka eh ??

  18. naf nanni says:
    May 5, 2018 at 11:04 pm

    thnnnxxxxxxx

  19. Maudy says:
    May 6, 2018 at 2:10 am

    Aaaaaai. Lowbi vaahaka fulheh.

    1. naf nanni says:
      May 12, 2018 at 3:28 pm

      Thnxxxxxxx Maudy

  20. Mary says:
    May 7, 2018 at 1:24 am

    V reethi hama obiness

    1. naf nanni says:
      May 12, 2018 at 3:29 pm

      Thnxxxxxxx Mary

  21. thaara says:
    May 7, 2018 at 7:55 pm

    awwwwwwwwwww……… v loabi waiting for nwxt part.

  22. naf nanni says:
    May 8, 2018 at 12:21 am

    thn q alot guys

  23. ShaRam says:
    June 14, 2018 at 9:58 am

    V reethi vaane hen heevani vaahaka

Comments are closed.

Next Episodeތިޔަ ލޯތްބާ ދުރަށް (2)←


All Right Reserved!