ޖާދޫވި މޫނު (3)
ރައްޔާން
ރައްޔާން ރީތި ވެލައިގެން ނިކުތްއިރުގައި ހީޒަލް މެން ފެންނާކަށް ނެތެވެ. ނުވެސް ދަންނަ ކުއްޖަކު އެހެން އެނާގެ އެޕާރޓްމެންޓަށް ގެނައުމުން ހުރީ ވަރަށް ހިތް ހަމަ ނުޖެހިފައެވެ. އީނާޝްގެ ކިތަންމެ ގާތް އެކުވެރިއަކަސް އެއީ އޭނާއަށް ހިލޭ މީހެކެވެ. ރައްޔާން އަނެއްކާވެސް ކޮޓަރިއަށް ވަދެ ކކުރިން ދުވަހު ހޯދަމުން ދިޔަ ފޮތް ނަގައި ތިރީގައި ބާއްވާލިއެވެ. އެކި ގަނޑުތައް އުކަމުން ދިޔައިރު އޭގެ މެދެއްހާ ހިސާބަށް ލައިފައި އޮތް ފަށް ނަގަމުން ރައްޔާންއެއަށް ބަލާލިއެވެ. އެޗް އަކުރެއް ޖަހާފައިވާ އެ ރަންފަށުގައިވަނީ ވަރަށް ރީތި ގެތުމެކެވެ. ހަމައެއާއެކު އޭގެ އެކަބަޑުގައި އޮތް އައި.ޕޮޑް ފެނުމުން ރައްޔާންގެ ނިތަށް ރޫތައް ގިނަވާން ފަށައިފިއެވެ. ވަގުތުން އެ ނެގުމަށްފަހު އޭގައި ޗާރޖް ހުރިތޯ ބަލާލިއެވެ. އަދި އޭގައި ވި ޕްލޭ ލިސްޓަށް ބަލާލައިފިއެވެ. އެންމެ ލަވައެކެވެ. އިތުރު އެއްވެސް ލަވައެއް ނެތެވެ.
# # # #
8 އަހަރު ކުރި
ރައްޔާން ޗުއްޓީއަށް މާލެ އައިއްސުރެ ވިއްސާރަ އަލިވާ ގޮތެއް ނުވެއެވެ. މިރެއަކީވެސް ވަރަށް ވިއްސާރަކޮށް އޮތް ރެއެކެވެ. ނަމަވެސް އިތުރު ދެ ރަހްމަތް ތެރިންނާއެކު މިރޭގައި ބޭރަށް ނިކުމެލީ ގޭގައި އަބަދު ނޯންނަން ވެގެންނެވެ. ކޮފީއެއް ބޯލުމަށްފަހު އެދެމީހުން ދިއުމުން ރައްޔާންވެސް ހިނގައިގަތީ ގެއާއި ދިމާލަށެވެ. އޭރު ގަނޑިން އެގާރަގަޑި ބައިވާން އުޅެއެވެ. ނަމަވެސް ވާރޭ ކެރިތައް އޮހި ގަތުމުން ރައްޔާން މަޑުޖެހިލީ ގެއެއްގެ ފާރު ކައިރީގައެވެ. ކުޑަކުޑަ ގޯލިއަކަށް ވެފައި އެތަން ފުދޭ ވަރަކަށް އަނދިރިއެވެ. ވާރޭ ތުނިކޮއްލާތޯއެވެ. އެހިމޭކަން ފޫއަޅުވާލީ ތަންކޮޅެއް ކުރީގެ ދިވެހި ލަވައެކެވެ.
ބެލި ގޮތަކުން އެޅުނީ ހިތުކޫރު، އަލި މޫނޭ ސިފަވާ ހޫރް
ބަލިކޮއްލީ ހިތްގަދަ މަހިނޫރް، ހައިރާންވޭ
އެދެމޭ ކަލާޔާ ގާތުގާ ވުމަށް ، ފެންނާތީ ޔާރާގެ މޫނު
ތެދެކޭ ތިއީއޭ ހުވަފެނުގެ ރާނީ، ފެނުނީތި ގާދޫވި މޫނު
ރައްޔާންގެ ލޯ ފުރަތަމަވެސް ދަތުރު ކޮއްލީ ލަވައައި ދިމާލަށެވެ. ދުވަމުން އައި އަންހެން ކުއްޖާ ރައްޔާންގެ ލޮލުގައި އަޅައިގަތީ އެވަގުތުގައެވެ. އޭނާގެ ފަހަތުން ދުވެފައިއައި މީހާވެސް އެވަގުތު ރައްޔާނަށް ބަލާލިއެވެ. ރައްޔާން ފުރަތަމް އުޅުނީ އަންހެން ކުއްޖާ ހިފެހެއްޓޭތޯއެވެ. ނަމަވެސް އޭނާގެ އަތުގައި ހިފުނު ތަނާހެން ނައްޓުވާލާފައި ދުއްވައިގަނެއްޖެއެވެ. އެކުއްޖާ ރައްޔާންގެ މޭގައި ޖެހިގަނެފައި މާ ބާރަށް ދުވެފައި ހިނގައްޖެއެވެ. ރައްޔާންގެ އަތުގައި ޖެހުނީ އެއަންހެން ކުއްޖާގެ އަތުގައި އަޅާފައިވާ ފަށެކެވެ. އަތާއެކު އޮޅާވެފައި އޮތް އެފަށް ރައްޔާންގެ މޭގައި ހަރުލައިފައިވާ ތަން ފެނުމުން ރައްޔާން އެ ނައްޓުވާލިއެވެ.
ރައްޔާން އެނބުރު ތަނާހެން ފަހަތުން އައި ފިރިހެން ކުއްޖާ ރައްޔާނާއި އަރައި ހަމަވަނީއެވެ. ބިމަށް ފައި ހަރުކޮއްލަމުން ހުޝިޔާރުކަމާއެކު ރައްޔާން އެކުއްޖާގެ ގައި ހިފައްޓާލައިފިއެވެ. ފުންފުންކޮ ނޭވާލަމުން ދިޔަ އެ ޒުވާނާ ހުރީ މޫނުގައި ފާޑެއްގެ ކަޅު މާސްކެއް އަޅާފައެވެ. ބަލާބެލުމަށް ރައްޔާންއަށް ވުރެ ބޮޑުވާނީ ނުވަތަ ކުޑަވާނީ އެންމެ އަހަރެއް ވަރެވެ. މިއޮތް ވާރޭ ތެރޭގައި އެހެން އަންހެން ކުއްޖެއްގެ ފަހަތުން ރަނަގަޅު މީހެއް ނުދުވާނެއެވެ. ރައްޔާން މަސައްކަތް ކުރީ އެޒުވާނާގެ މޫނުގައި އަޅާފައިވާ މާސްކް ފާޑުގެ އެތި ނައްޓާލެވޭތޯއެވެ.
“ހެހް..” ނުބައި ފާޑަކަށް އެއަޑު ލައްވާލުމުން ރައްޔާން ގައިން ހީބިހި ނަގައި ގަނެއްޖެއެވެ.
ރައްޔާން ދެންވެސް އޭނާގެ ކަނާތް އެ ޒުވާނާގެ ކަރުގައި އަޅުވާލާފައި ފޯނުން ޕޮލިހުންނަށް ގުޅާލައިފިއެވެ. ނަމަވެސް އެއްޗެކޭ ބުނެވުމުގެ ކުރިން މޫނަށް އަރައިގެން ދިޔަ އެތި ފަހަރުން ރައްޔާން ތިރިއަށް ވެއްޓިއްޖެއެވެ. އެއާއެކު އޭނާގެ މޫނު މަތީގައި ޖެހުނު އެއްޗަށް ބަލާލި ނޭފަތް މަތީގައި އަތް އަޅައިގެން އޮވެއެވެ. އެއީ ހުދު ކުލައިގެ އައި.ޕޮޑެކެވެ. ރައްޔާނަށް ބެލުމެއްނެތި އަނެއްކާވެސް އަންހެން ކުއްޖާ ދިޔަ ދިމާލަށް އެ ޒުވާނާ ދުއްވައި ގަނެއްޖެއެވެ.
# # # #
ރައްޔާން ހިތަށް އަރަމުން ދިޔައީ ކޮން އެއްޗެއް ކަމެއް ނޭނގުނެވެ. ކުރިން ދުވަހު ގުޅި ނަންބަރަށް އޭނާ ގުޅަން މަސައްކަތް ކޮއްލައިފިއެވެ. ނަމަވެސް މިހާރު އެއީ ބޭނުން ކުރެވޭ ނަންބަރެއް ނޫނެވެ. ފޯނުން ގަޑި ބަލާލަމުން ރައްޔާން ސިޑިން ތިރިއަށް ފޭބީ ކައިގެން ބޭރަށް ގޮސްލާށެވެ. އަދި ދައްތައެއްގެ ގަސްވިއްކާ ފިހާރައަކަށްވެސް ދާންށާއި އެކީގައެވެ. ބައްޕައާއި ރަޒިއްޔާ ދުރުން ފެނުމުން ރައްޔާންގެ މޫނުގެ ކުލަވަރު އޮހިއްޖެއެވެ.
“ރައްޔު.. އާދެބަލަ..” ރިޔާޒް އެހެން ބުނުމުން ކުޑަ ކުއްޖެއްހެން ރައްޔާން ގޮނޑި ދަމާލަމުން އިށީނދެއްޖެއެވެ.
“ބައްޕައަށް އާއި މަންމައަށް ވަރަށް ބޮޑު ކަމެއް ކޮއްދޭން ވެއްޖެ..” ރިޔާޒު އަތުގައިވި ފޮޓޯ ގަނޑު ދައްކާލަމުން ބުނެލިއެވެ. ރައްޔާމް އޭގައި ހިފާކަށް ބޭނުމެއް ނުވިއެވެ. ކުރިއަށް ވުރެވެސް ބޮޑަށް ބުމަ ކައިރި ކޮއްލަމުން އޭނާ ގޮނޑި ފަހަތަށް ދަމާލީއެވެ.
“ކާކު މީ؟” ރައްޔާން އިތުރަށް މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ. ތެދުވަމުން އޭނާ އަދިވެސް އެއްފަހަރު އޭގެއަށް ނަޒަރެއް ދިނެވެ.
” ރައްޔުއަށް އެނގޭތަ ރާއި މަރުވީ ގުދުރަތީ މަރަކުން ނޫންކަން..” ރަޒިއްޔާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ. އެއަޑު ކުޑަކޮށް ކުރެހުނުކަން ރައްޔާނަށް ފާހަގަ ވިއެވެ.
“ހަހް.. ރާއިފް ކޮއްޕާ ވައްޓާލިތަ ތަނަކަށް..” ރައްޔާން މަލާމާތުގެ ރާގަކަށް އެހެން ބުނުމުން ރަޒިއްޔާވެސް ގޮނޑިން ތެދުވެއްޖެއެވެ.
“ކިތައް ފަހަރު މާފަށް އެދެންވީ.. ކިތަށް ފަހަރު ބުނަންވީ އޭރު އެގޮތަށް ކަންތައް ކުރެވުނީ ކާފައާ ހެދިއޭ.. ރާއިފް..” ރަޒިއްޔާ ކަރު އެލުވާލީ ރާއިފް މަތިން ހަނދާން ވުމުންނެވެ. އެއްޗެކޭ އިތުރަށް ބުނާކަށް ބޭނުމެއް ނުވިއެވެ.
“އެކަމާ ތި އަންހެންކުއްޖާ އާ ހުރި ގުޅުމަކީ ކޮބާ؟؟” ރައްޔާން ބައްޕަގެ އަތުން ފޮޓޯގަނޑު ދަމައި ގަންނަމުން ބުނެލިއެވެ.
“ނޭނގެ.. މިއީ ރާއި ފޯނުން ފެނުނު އަންހެން ކުއްޖެއް.. މިބުނީ ހީ..”
“ރަޒިއްޔާ..” ރިޔާޒް ތަންކޮޅެއް ބާރަށް ބުނުމުން ރަޒިއްޔާ އަވަހާއި އެދިމާލަށް ބަލާލައިފިއެވެ. ރިޔާޒް ދެފަރާތަށް ބޯ ހޫރުވާލަމުން ރަޒިއްޔާ މަޑު ޖެހިލައިފިއެވެ. ތެދެކެވެ. އަނެއްކާ ހީޒަލްއާއި ރާއިފްގެ ހުރި ގުޅުން ބުނެފިއްޔަ ރައްޔާން ހީޒަލްއަށް އެއްޗެހި ކިޔަން ފަހެއް ނުޖެހޭނެއެވެ.
“ކިހިނެއްވީ؟ ތި ކުއްޖެއްގެ ނަން ބުންޏަސް އަހަރެން ނޫޅެމޭ މުޅި މާލެއިން އޭނަ ހަންޓް ކުރަން ނިކުންނާކަށް..” އައިސް އަލަމާރިން ފެން ފުޅިއެއް ނަގަމުން ރައްޔާން ބުނެލިއެވެ.
“ރާއިފް މަރުވިތާ ދެވަރަކަށް ގަޑިއިރު ފަހުން ތުންފަތް ނޫވާން ފެށީ.. ފުރަތަމަ ހީކުރީ ގިނައިރު ވާތީކަމަށް.. ޕޯރސްޓްމޯޓަރމް ހެދީމަ އެނގުނީ ވިހައެއްގެ އަސަރުންކަން..” ރަޒިއްޔާ ދުރު ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ހީޒަލްއަށް މިއޮތްހާ ދުވަހު ސިއްރު ކޮއްގެންހުރީ ހީޒަލްއަށް ވާނެވަރު އެނގޭތީއެވެ.
“ކާކު ރާއި ޕޮއިޒަން ކުރާނީ..” ރައްޔާން ދެން ބަލާލީ އަނެއްކާވެސް ރިޔާޒް ދިން ފޮޓޯއަށެވެ. ރާއިފްގެ ފަހަތުން ކޮނޑުގައި އަތްއަޅުވާލައިގެން ހުރި އެކުއްޖާގެ މޫނުމަތިން ޖަހަނީ ރާއްޖެ ވައްތަރެއް ނޫނެވެ. ނޫނީ ރާއްޖޭގައި އުޅެ ބޮޑުވި ކުއްޖަކަށް ނުވެދާނެއެވެ.
“ޕޮލިހުންނަށް ރައްޔާން މިމައްސަލަ ސިއްރުވެރި ކޮއް ހުށައަޅަން މަންމަ ބޭނުންވަނީ.. މިޒަމާނުގަ ކިތަންމެ ކުޑަ ކަމެއް ވިއަސް އޮންނާނީ ނޫސްތަކުގެ.. ރާއިގެ ވާހަކަ އެހެން ފެންނާކަށް ބޭނުމެއް ނޫން.. ތެދު އެނގުމަށްފަހު ދެން އޯކޭ..” ރަޒިއްޔާ އެހެން ބުނި ނަމަވެސް އޭނާ ބޭނުންނުވަނީ މިކަންތައް ހީޒަލަށް އެނގޭށެވެ. އޭރުން އެކުއްޖާ މަރުވެސް ވެދާނެއެވެ.
“އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ކުރާކަށް.. ރާއިފް ދުނިޔޭގަ ހުރި ނަމަ ތިހެން އަންނާނެތަ އަހަރެންގެ ކައިރިއަށް.. އަހަރެން ދުނިޔޭގަ ހެޔޮ ހާލުގަ ހުރިއިރު އެންމެ ފަހަރަކުވެސް ހާލު ބަލާލަން ނާދެވުނު.. މީހުން ބުނޭ މަންމައޭ އުފްވެސް ނުބުނާށޭ..”
“ރައްޔު…” ރިޔާޒް ތަންކޮޅެއް ބާރަށް ބުނުމުން ރައްޔާން މަޑުޖެހިއްޖެއެވެ.
“ބައްޕަ ބުނީމަ މިހާއިރުވެސް މިމަޑު ކުރީ..” އެހެން ބުނެފައި އަވަސް ހިނގުމެއްގައި އެތަނުން ނިކުމެގެން ރައްޔާން ހިނގައި ގަނެއްޖެއެވެ.
“”ރަޒިއްޔާ..” ރައްޔާން ނިކުމެގެން ދިޔަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރި ރަޒިއްޔާއަށް ރިޒާޒު ގޮވާލިއެވެ.
“އަހަރެން ކުރި ކުށުގެ ބަދަލު ކަންނޭނގެ އަހަންނަށް މި ދައްކަވަނީ.. އަހަރެން ރައްޔާނަށް” އަރު ބެދުމުން ރަޒިއްޔާ ހުއްޓާލިއެވެ. ކުޑަކުޑަ ރައްޔާން އޭނާގެ ސަމާލުކަން ހޯދަން އުޅުނު ގޮތް ހަނދާން ވުމުން އިތުރަށް ދެރަވިއެވެ.
ތިރިއަށް ފޭބި ރައްޔާންގެ ހިތް ނުތަނަވަސްވާން ފެށީ ކީއްވެ ކަމެއް ނޭނގުނެވެ. ރާއިފްގެ ވާހަކަ ދެކެވުމުން ނޭނގޭފަދަ ބިރުވެރިކަމެއް ހިތުގައި އުފެދޭން ފަށައިފިއެވެ. މޫނުގައި ގިނަވާން ފެށި ދާތިކި ތަކާއެކުވެސް ރައްޔާން ސައިކަލަށް އަރައި ދުއްވާލައިފިއެވެ. ނަމަވެސް މިރޭ އޭނާގެ ސަމާލުކަން ހުރީ މަގަކަށް ނޫނެވެ. ދައްތަމެންގެއަށް ނުގޮސް ރައްޔާން ގޮސް މަޑުކޮއްލީ އާރޓިފިސަލް ބީޗު ސަރަހއްދުގައެވެ. ތެޅެމުން ދިޔަ ހިތާއެކު ފޯނު ނަގާފައި މެސެންޖަރ ހުޅުވާލިއެވެ.ރާއިފްގެ އާ މެސެޖެއް އޮތްތޯ ބަލާލިއެވެ.
“ކަމް އޯން ރާއި..” ވަޓްސް އެޕް ހުޅުވާލުމާއެކު ރައްޔާންގެ އަތަށް މަޑުޖެހުމެއް އައެވެ.
ރާއި: ދޮންބެ
ރާއި: މެއިލް..
ރާއި:……………….
އެތިން މެސެޖުން ނަގާނެ މާނައެއް ރައްޔާނަކަށް ނޭނގުނެވެ. ފޯނު ޖޯބަށް ލަމުން ރައްޔާން ތެދުވެއްޖެއެވެ. ދައްތަ ކައިރިއަށް ދިއުމުގެ ބަދަލުގައި ރައްޔާން މިސްރާބު ޖެހީ ގެއާއި ދިމާލަށެވެ. އެހެން ތަނަކަށް ދާހިތް ނެތުމުން ރައްޔާން ބޭނުންވީ ގެއަށް ދާށެވެ. ނަމަވެސް އޭނާއަށް ސައިކަލު މަޑު ޖައްސާލަން ޖެހުނީ ދުރުން ހީޒަލް ފެނުމުންނެވެ. ނޫކުލައިގެ ފައިކުރިއަށް ހިމަ ޖިންސަކާއި ހުދު ގަޔަށްދޫ ގަމީހެއްގައި ހުރިއިރު އިތުރު ފުރިހަމަ ކަމެއް ހުއްޓެވެ. ދުރުން އީނާޝްއާއި އީލާފް ފެނުމުން ރައްޔާން ދުރގައި ސައިކަލު ޕާކުކޮއްފައި އެދިމާލަށް ހިނގައި ގަނެއްޖެއެވެ. ހީޒަލް ފެންނަ ކޮންމެ ވަގުތެއްގައި އެހިތުގެ ވިންދު އަވަސްވަނީ ކީއްވެ ހެއްޔެވެ. އެއިހްސާސްތައް އޭނާ ވަޅުލީ މީގެ ހައަހަރު ކުރިންނެވެ. އެމީހުންގެ ފަހަތުން ހިނގާފައި އައިސް ގެއަށް ވަންއިރުވެސް އިންމީހަށް ރެއަކާއި ނުލިއެވެ. ލިފްޓަށް އަރާފައި ފަހަތަށް އެނބުރުމާއެކު ތިންމީހުން އެއްފަހަރާ ހަޅޭއްލަވައި ގަނެއްޖެއެވެ. ރައްޔާން ފެނުމާއެކު ލާފްއާއި ނާޝް އެއްފަހަރާ ހިނިތުން ވެލާފައި ހީޒަލްއަށް ބަލާލައިފިއެވެ. ވަގުތުން ހީޒަލް ދެލޯ ބޮޑުކޮއްލާފައި ބޯހޫރުވާލައިފިއެވެ. އެމަންޒަރު ބަލަންހުރި ރައްޔާނަށް ލޯ ހަނިކޮއްލެވުނީ ހީޒަލްއަށެވެ.
“ދޮންބޭ..” އީނާޝް އެހެން ބުނުމުން ރައްޔާން އެދިމާލަށް ބަލާލައިފިއެވެ.
“ހީޒް ގެންގޮސް ދީބަ ކައިރީގަ މިހިރަ މާ ފިހާރައަށް” އީނާޝް އެހެން ބުނުމުން ރައްޔާން ހިތްހަމައެއް ނުޖެހުނެވެ. ނަމަވެސް ކޮއްކޮ ބުނުމުން ނޫނެކޭ ބުނާކަށް ނުކެރުނެވެ. ލިފްޓުން ފައިބައިގެން އައި ރައްޔާން ޖީބަށް އައި ޖަހާލީ ހީޒަލްގެ ގައިވެސް އައި ޖެހިދާނެތީއެވެ.
“ކޮން ފިހާރައަކަށް ދާންވީ؟”ރައްޔާން އެހެން ބުނުމުން ހީޒަލް ބަލާލިއެވެ. ނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އިސްއޮބާލައިގެން އިނީއެވެ.
“ދާންވި ތަނެއް ނުބުނަންޏަކާއެއް ނުދެވޭނެ..” ރައްޔާންގެ އަޑު ދެވަނަ ފަހަރަށް އިވުމުން ހީޒަލް ފޯނުގައި އިން ފޮޓޯ ދައްކާލިއެވެ.
ދެތިން ގޯޅިއަޅާލުމާއެކުހެން ބޮޑު މާވިއްކާ ފިހާރައެއް ފެނިއްޖެއެވެ. ހީޒަލް ހިނގުން އަވަސް ކޮއްލާފައި އަވަހައި އެފިހާރައަށް ވަދެއްޖެއެވެ. ހީޒަލްގެ ފަހަތުގައި ހުރި ރައްޔާންގެ ލޯ ހުއްޓިފައި ހުރީ އެބުޅި އިސްތަށިގަނޑަށެވެ. އިސްފިރޭނުތަކެއްހެން އޮތް އެއިސްތަށިގަނޑު އުނަގަނޑަށްވުރެ މާތިރިއަށް ފައިބާފައި ހުއްޓެވެ. އިސްޖަހާލައިގެން އިނުމަށްފަހު ރައްޔާން މާފިހާރަ ތެރެއަށް ނަޒަރު ހިންގާލިއެވެ. އެތަނުގައިވި ކޮންމެ ފިރިހެނެއްގެ ނަޒަރު ހީޒަލަށް ހުއްޓިފައިވާތަށް ފެނުމުން ރއްޔާން ކުރިއަށް ޖެހިލިއެވެ. އެމީހުނަށް އެފުރުސަތު ނުދޭން އޭނާ ހިތަށް އެރީ ކީއްވެކަމެއް ނޭނގުނެވެ. ފަހަތަށް އައި ހީޒަލް ރައްޔާންގެ މޭގައިވެސް ޖެހުނީ އެވަގުތުގައެވެ. ވަގުތުން ހީޒަލް ދުރަށް ޖެހިލައިފިއެވެ.
“ރައްޔު…” ދުރުން އައި އަޑާއެކު ހީޒަލަށާއި ރައްޔާނަށް އެކުގައިހެން ބަލާލެވިއްޖެއެވެ. ހީޒަލްއާއި ދިމާލަށް ބަލަހައްޓައިގެންހުރި އަންހެންކުއްޖާ ހުރީ ފާޑަކަށެވެ. ރައްޔާންނަށް ބަލާލަމުން ހީލާފައި އައިސް ރައްޔާންގެ މުލައްދަނޑީގައި ހިފާލިއެވެ.
“ހާދަ ދުވަހެއް ވެއްޖޭ..” އެކުއްޖާގެ ހަރަކަތުން ހީޒަލްގެ މެޔަށް ތަދުވިއެވެ. ހީވަނީ ރައްޔާންއަކީ އޭޏާހެ ހައްޤެއް ހެންނެވެ. ރައްޔާންގެ އަތަށް ބަލާލަމުން ދެން ހީޒަލްއަށް ބަލާލެވުނީ ރައްޔާންގެ މޫނަށެވެ. އެމަންޒަރު ރައްޔާން ފުރަތަމަ ފަހަރަށް ހިނިތުންވަމުން ހީޒަލްގެ އަތުގައި ހިފާ އޭނާގެ ގަޔާ ކައިރި ކޮއްލިއެވެ.
“މީ ހޫރް..” ހީޒަލްގެ އުނަގަނޑުގައި އަތް އަޅުވައިތަން ފެނުނު ހޫރް ވަގުތުން ރައްޔާންގެ ގައިން ދޫކޮއްލައިފިއެވެ. ހީވީ ބިރެއް ފެނުނު ހެންނެވެ. ހީޒަލްއަށް ހުރެވުނީ ނޭވާވެސް ނުލައެވެ.
“ރައްޔާންގެ އަންހެނުންތަ؟” ހޫރް އެހެން ބުނުމުން ރައްޔާން ވަގުތުން ބޯ ޖަހާލައިފިއެވެ. އެމަންޒަރު ފެނުނު ހީޒަލް ދެލޯ ބޮޑުކޮއްލަމުން އަވަހަށް ބޯހޫރުވާލިއެވެ.
“އޯހް ގަރލްފްރެންޑް ދޯ..” ފުން ނޭވާއެއް ދޫކޮއްލަމުން ހޫރްބުނެލިއެވެ. ހީޒަލް ހޫރްއަށް ފަރުވާތެރި ކަމާއެކު ބަލާލިއެވެ. ދޮންދޮން އެމޫނުން ދާތިކިތައް ފެންނަލެއް ވަރަށް ފުރިހަމައެވެ. އެސްފިޔަތައް އެހައި ދިގުވެފައު ކަޅެވެ. ކަޅުކުލައިގެ އެކަޅިއާއި އިސްތަށިގަނޑުވެސް އެހާމެ ކަޅެވެ. ރީތި ކަމުގެ މިސާލެކެވެ. ހީޒަލްއާއި ދިމާ އިދިކޮޅެވެ. ހީޒަލްގެ ހަންގަނޑު މާމުއި ކުލައިގައި ހުރެފައި ކަޅިވެސް ހުންނަނީ މަޑުމަޑު މުށި ކުލައެއްގައެވެ. އިސްތަށިގަނޑުގެ ތިރިވެސް އޮންނަނީ ޗޮކްލެޓް ފާޑޭއްގެ ކުލައެއް ގައެވެ.
“ހޫރް މިތާ ކީއްކުރަނީ؟ ހާދަ ދުވަހެއް ވެއްޖޭ ދިމާ ނުވާތާ..” ރައްޔާން ބުމަ ކައިރި ކޮއްލަމުން އަހާލިއެވެ.
“އާނ.. އަހަރުން ދެމީހުންގެ ގުޅުން ނިމުމަކަށް އައި ހިސާބުން.. އެނީވޭސް..” ހޫރް އެދެމީހުން ބަލާލަމުން ހީޒަލަށް އަންގަން ބޭނުންވީ ރައްޔާނަކީ އޭނާގެ މީހެއް ކަމެވެ.
“މިއުޅެނީ ކޮޓަރީގަ ބަހައްޓަން މާ ގަނެއެއްނު..” ހޫރް ހިނިތުން ވަމުން ބުނެލިއެވެ. އޭރުވެސް ހީޒަލްއަށް ހުރެވުނީއެވެ. ހިނިތުން ވެލަންވެސް ނޭނގުނެވެ. ފިހާރައިން މާގަނެގެން ބޭރަށް ނިކުތްއިރުގައިވެސް ހީޒަލް ހުރީ އެހެންނެވެ. ހޫރް ހިނިތުން ވަމުން ސަލާމަށް އަތްދިއްކޮއްލުމުން ހީޒަލެވެސް ހިނިތުންވެލިއެވެ. އެއާއެކު ދެކޮލަށް އެޅިގެން ދިޔަ އަޑިކޮޅާއެކު ހޫރްއާއި ރައްޔާންވެސް ހައިރާންވިއެވެ.
“މާޝާﷲ.. ޔު ހޭވް ވޮންޑަރ ފުލް ޑިންޕަލްސް..” ހޫރް އެހެން ބުނި ނަމަވެސް އޭނާގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާން އަނދައިގަތެވެ. ނަމަވެސް ރައްޔާން އޭރުވެސް ހުރީ ހީޒަލްގެ މޫނަށް ބަލާށެވެ. ހުރިހާ ގުވަހު ރައްޔާން ހުރީ ހީޒަލް އޭނާއަށް ފެނުނު ތަނެއް ނޭނގިފައެވެ. ނަމަވެސް އެ ހިނިތުންވުން ދުވަހަކުވެސް އޭނާ ހިތުން ފިލައިގެން ނުދާނެއެވެ.
# # # # #
ރައްޔާން ޗުއްޓީއަށް އައުމާއެކު ރަޒިއްޔާ ގުޅަންފެށިއެވެ. ގެއަށް އައުމަށް އެތަށް ފަހަރަކު ބުނެ އާދޭސްވެސް ކުރިއެވެ. ނަމަވެސް ރައްޔާނަކީވސް ގޮތް ދޫކުރަން ބޭނުނވި މީހެއް ނޫނެވެ. ރިޔާޒް އެހާވަރަކަށް ނުބުނި ނަމަ އޭނާ ރާއިފް މެން ތިބި ތަނަކަށް ނުދާނެއެވެ. ވިލިގިލީގެ އަތިރީގައި މަޑޫކޮއްލައިގެން ތިބި މީހުންނަށް ރައްޔާން ފެނުމާއެކު އެންމެ ފުރަތަމަވެސް އެތަނުން ތެދުވެގެން ދުވެފައި އައީ ރާއިފްއެވެ. ހިނިތުނއވެލާފައި އައިސް ރައްޔާންގެ ކޮންޑުގައި ޖަހާލަމުން ކޮނޑަށް އަތްވައްޓާލައިފިއެވެ.
“އޯހް.. ފައިނަލީ..” ރަޒިއްޔާ ދުރުގައި ބަލަހައްޓައިގެން އިނީ އޭނާގެ ދެދަރިން ވައްތަރު ކަމުންނެވެ. ރައްޔާންގެ ލޯ ހޯދާލީ އައްމާރެވެ.
“ދެން ދަންތަ..” ރައްޔާން ފޯނަށް ބަލާލަމުން ބުނެލިއެވެ.
“ދޮންބެއާ ވަރަށް ސްޕެޝަލް ކުއްޖަކާ މީޓް ކުރުވަން ވެގެންނޭ މިގެނައީ..” ރާއިފް ބޮލަށް ޓީޝާޓް މަހާލަމުން ދުރަށް ލޯ ހިންގާލައިފިއެވެ.
“ރާއި… ރާ…އީ” ދުރުން އަންހެން ކުއްޖަކު ގޮވާލުމުން ރާއިފް އެދިމާލަށް ހިނގައި ގަނެއްޖެއެވެ. ރައްޔާންވެސް ރާއިފް ހިނގައިގަތް ދިމާލަށް ބަލާލައިފިއެވެ. ދުރުގައި ހިނިތުން ވެގެން ހުރި އަންހެން ކުއްޖާ ފެނުމުން ރައްޔާންގެ ހިތުގެ ވިންދު އަވަސްވެއްޖެއެވެ. ކޮލަށް އެޅިފައިވާ އަޑިކޮޅާއިއެކު އެ ހިނިތުންވުން އެއީ މިހާތަނަށް ރައްޔާން ދެކުނު އެންމެ ފުރިހަމަ ހިނިތުންވުމެވެ.
# # # #
“އެކްސް ކިއުޒްމީ..” ރައްޔާން އެހެން ބުނެފައި ހީޒަލްގެ އަތުގައި ހިފައިގެން ދުރަށް ހިނގައި ގަނެއްޖެއެވެ. ހޫރު އަދިވެސް ޤަބޫލު ނުކުރެވިފައި ހުރީއެވެ. އޭނާގެ ރައްޔާން އެހައި ބަދަލު ވެދާނެ ހެއްޔެވެ؟ ރައްޔާންއަކީ ހަމައެކަނި އޭނާގެ މީހެކެވެ. އިތުރު މީހަކަށް އެހައި ފަސޭހައިން ރައްޔާން ނުގެންދެވޭނެއެވެ. ހޫރް ދުރުގައި މަޑު ކޮއްލައިގެން ހުރީ ރައްޔާންމެން އަންނާނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެން ނަކުން ނޫނެވެ.
“ތީ ރާއިފްގެ އަންހެނުން ތަ؟ ނޫނީ.. ރާއިގެ ކާކު ތީ؟” އިސްތަށިގަނޑާއިއެކު އަތް ހިންގާލަމުން ރައްޔާން އަހާލައިފިއެވެ. އެމޫނުން ފެންނަން ހުރީ ހާސްކަމެވެ. ހީޒަލްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ރައްޔާންގެ މޫނަށް ބަލަން އިނުމަށްފަހު އަނގަ ހުޅުވާލިއެވެ.
“މެރީ ކުރަން އުޅުނީ.. މެރީ ކުރަން އުޅުން މަހުގަ..” ހީޒަލް ވާހަކަ ހުއްޓާލުމަށްފަހު ދުރުގައި ހުއްޓި އެމީހުނާއި ދިމާލަށް ބަލަންހުރި ހޫރްއަށް ބަލާލިއެވެ.
“އޯހް.. އެހެންވީމަ ޔުއަރ ހަރ.” ރައްޔާން ހިނިތުންވުން ފިލައިގެން ދިޔައީ ރާއިފްގެ އެންމެ ފަހު މެސެޖްތައް މަތިން ހަނދާން ވުމުންނެވެ. ރައްޔާންގެ ހާސްވެފައިވާ މޫނު ފެނުމުން ހީޒަލް ބޭއިހްތިޔާރުގައި މޫނުގެ ދެފަރާތުގައި ހިފަހައްޓާ ލެވިއްޖެއެވެ. ކުރެވުނު ކަންތައް ހަނދާން ވުމުން ހީޒަލް އަވަހަށް ރައްޔާންގެ މޫނުން އަތް ދުރު ކޮއްލަމުން ދުރަށް ބަލާލައިފިއެވެ.
ދުރުން ދަންނަ މީހެއް ފެނުމުން ހީޒަލް ބޮޑަށް ހިނިތުން ވަމުން އެދިމާލަށް ހިނގައި ގަނެއްޖެއެވެ. ނަމަވެސް އެފަޔަށް މަޑު ޖެހުމެއް އައީ ރައްޔާން އޭނާގެ އަތުގައި ހިފަހައްޓަލުމުންނެވެ. ހޫރް ކައިރީގައި ހުރި ޒުވާނާ ފެނުމުން ރައްޔާން ބުމަ ކައިރި ކޮއްލިއެވެ. ހޫރް އާއި ޔަޒަން ރައްޔާން މެނާއި ކައިރި ވެލަމުން އެދެމީހުންގެ އަތަށް ބަލާލިއެވެ. އެއާއެކު ޔަޒަންގެ ނިތަށް ރޫ ގިނަވާން ފަށައިފިއެވެ.
“ހީޒް…” ޔަޒަން އައިސް ހީޒަލްގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ. ރައްޔާން އެވަގުތު ހީޒަލްގެ އަތުން އަތް ދޫކޮއްލީ ފޯނަށް މެސެޖެއް އައުމުންނެވެ.
“އައި ޓޯލްޑް ޔޫޓު ސްޓޭ އަވޭ ފޮރޮމް ހަރ”
ފޯނަށް އައި މެސެޖެ ކިޔާލުމަށްފަހު ރައްޔާން ވަށައިގެން ބަލާލައިފިއެވެ. އެތައް ސބައިވަރު މީހުނެއް ފޯނު ނަގައިގެން ތިބިއިރު އެއްވެސް މީހަކު އޭނައާއި ދިމާލަށް ބަލާކަށް ނެތެވެ.
“ޔަޒަން މިތާ ކީއްކުރަނީ..” ހޫރް އަށް ކަޅިއެއް އެއްލަމުން ހީޒަލް އަހައިލައިފިއެވެ. ޔަޒަންއަކީ އަބަދުވެސް ހީޒަލްގެ ރަހުމަތް ތެރިއެކެވެ. އެންމެ ކުޑަ ދުވަހުން ފެށިގެންވެސް އުޅެ ބޮޑުވީ އެކުއެކީގައެވެ. ދެމީހުންގެ ގެވެސް ޖެހިގެން ހުރުމުން އަބަދުވެސް ޔަޒަން އެގެއަށް އައިސް އުޅެއެވެ. ރާއިފް އެހައި ބަލި އިރުވެސް އެންމެ ކައިރިން އެކަން ބެލީ ޔަޒަން އެވެ.
“ހީޒް ވީ ޝުޑް ގޯ..” ޔަޒަން އަށް ބަލާލުމާއެކު ރައްޔާން ބުނެލައިފިއެވެ. ޔަޒަން ފެނުމުން އޭނާގެ ހިތް ނުތަނަވަސް ވަނީއެވެ. ޔަޒަން ހީޒަލް އަށް ބަލަމުން ދިޔަ ނަޒަރު ރައްޔާނަކަށް ރަނގަޅެއް ނުވިއެވެ.
“ގުޅާނަން..” ޔަޒަން އެހެން ބުނުމުން ރައްޔާން ބުމަ އުފުލާލިއެވެ. އަދި ލޯ ހަނިކޮއްލަމުން ހީޒަލް އަށް ބަލާލިއެވެ. ހީވަނީ ގުޅިއަށް ނަގައިގެން ނުވާނޭ ބުނިހެންނެވެ.
ހީޒަލް
ނިދިފައި އޮތް ހީޒަލްއަށް ހޭވެރިކަންވީ އޭނާގެ ފޯނަށް މީހަކު ގުޅާތީއެވެ. ލޯ ދެތިން ފަހަރަކު އުނގުޅާލުމަށްފަހު ހީޒަލް ފޯނަށް އަރާފައިވާ ނަމަށް ބަލާލިއެވެ. ނުދަންނަ ނަންބަރަކަށް ވުމުން ހީޒަލް ފޯނު އަނެއް ފަރާތަށް ޖަހާލުމަށްފަހު ނިދީއެވެ. ދެވަނަ ފަހަރަށް ހޭލެވުނީ މެސެޖެއް އައީމައެވެ. ހީޒަލް މޫނު ހަދާލަމުން ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. ނަމަވެސް ވާހަކައެއް ނުދައްކައެވެ. ފުންކޮށް ނޭވާލާ އަޑުއިވި އިވި ހުރިއިރު އެކޮޅުން ޖަހާފައިވަނީ ކުރީގެ ދިވެހި ލަވައެކެވެ.
ތެދެކޭ ތިއީއޭ ހުވަފެނުގެ ރާނީ
ފެނުނީތި ޖާދޫވި މޫނު..
ކަންފަތުގައި އެލަވައިގެ އަޑު ޖެހުމާއެކު ހީޒަލް ފޯނު ނަގައި އެއްލާލައިފެވެ. ލޮލުން ނިދިވެސް ފިލައިގެން ދިޔަ ގޮތެއް ނޭނގުނެވެ. އިރެއްގައި އެއީ އޭނާއަށް އެންމެ ރީތި ލަވައެވެ. އަތްފައިން ފިނި ދަލެއް ހިއްލައި ނޭވާ ކުރުވާގޮތް ވުމުން ހީޒަލް ކަބަޑުގެ މަތީގައި ހުޅުވާލުމަށްފަހު އޭގެން ފުޅިއެއް ނަގައި އަނގައަށް ފިއްތާލައިފިއެވެ. މުނި ކޮޓަރީގެ ބޮކިތައް ދިއްލާލުމަށްފަހު ހީޒަލް އެންމެ ފުރަތަމަވެސް ބަލާލީ ކޮޓަރީގެ އެތެރެއެވެ. ހީވަނީ މީހަކު އެތަނުގެ އެތެރޭގައި ހުރެގެން ހޯދާ ހެންނެވެ. ވަގުތުން ދުރުގައި އޮތް ފޯނު ނަގާފައި މަންމަގެ ނަންބަރ ހޯދާލިއެވެ.
ސީމާ މެންގެ ދެމަފިރިން ހީޒަލްގެ އެޕާރޓްމެންޓަށް އައިރު ހީޒަލް އިނީ ފާރުގައި ބުރަކަށި ޖައްސާލައިގެންނެވެ. ދޮރު ހުޅުވުމާއެކު އަތުގައި އޮތް ފިހިގަނޑު ނަގަމުން ތެދުވެއްޖެއެވެ.
“ދަރިފުޅާ..” ސީމާ އައިސް ހީޒަލް އަތުން ފިހިގަނޑު އަތުލަމުން އެމޫނަށް ބަލާލައިފިއެވެ.
“މަންމާ.. އޭނަ.. އޭނަ އަނެއްކާ ގުޅައިފި..” ރޮވެމުންދިޔަ ހީޒަލް މަސަލަސް ކުރަން ސީމާ ވަރަށް މަސައްކަތް ކުރިއެވެ. ދުރުގައި ހުރި ހާމިދު ސިކުނޑީގައި ފުނި ޖެހެމުން ދިޔައީ ރާއިފް މަރުވި ދުވަހުގެ ހަނދާންތަކެވެ. އެވަގުތު ހީޒަލްގެ ފޯނަށް އައި މެސެޖެވެ. އޭނާ އެމެސެޖ ފޯނުން ފިލުވާލެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. ނޭވާލާން އުނދަގޫވަމުން ދިޔަ ހީޒަލް އިޝާރާތް ކުރަމުން ދިޔައީ އޮތް ހުދު ކުލައިގެ ފުޅިއަކަށެވެ.
17 Comments!
Comments are closed.

i will try to upload three episodes a week 🙂
Thank you
Yey me first you are the best writer and love it soo much and you???
Hama vvvvvvvvvv reethi…… Miee habeys story akah vaanefadha story eh ??????
My name is mai.hadhaan nethunee nan jahan
Masha Allah …mi part hama vvv reethi❤??❤❤
Varah reethi mi part vx….waiting 4 the next part
Vvv reethi ❤️
THIS STORY IS FAB…CANT EVEN WAIT FOR THE NEXT PART..DHN VAANY KIHINH BAA DHW ALHE…YAXAN THWHCHE E MSG KURANY RAYYAAN AH..OMG
Masha allah.. vrh vrh reethi.???.. curiously waitin 4 the nxt prt…ly..❤❤❤
Salhi vvvv varah. ..?????nice name thakeh beynun kohfa thihuree
V interesting story eh bt v writer tk nukurany kyve tha?
maasha allaah….vvv rythi storyy eh…yazan kanneynge dhw rayyaan ah e msg kuranyy…noonyy hyzal ah vx kohfaane….soo curios to know what happens next….
Nice story ❤❤?
Mash Allah.. vv reethi… waiting for the next part ? v ufaavejje ithuru part eh up kohladhineema
Woooww.. V. Reethi story.. Waiting.. Thankx up kohdhinee thee avahah
❤️
V reethi ❤❤
V reethi vahaka eh miharu mi kiyanimuny any anmukoh kiyany barabarah up va vahaka