Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ތިޔަ އިންތިޒާރުގައި

Sirher Level 1
April 4, 2018 2 Mins Read
9 Comments

ގަޑިއަކީ ދަންވަރު 12:30 ވިއިރެވެ. އަޒްކާ ހޭލެވުނީ އޭނަގެ ގޭގެ ކައިރީގައި ހުރި ޖަންގައްޔަކުން ކުޑަކުޑަ ކުއްޖެއް ގޮވައިލި އަޑަށެވެ. އަޒްކާގެ ހިތައް އެގަޑީގައި ބިރުވެރިކަމެއް އައެވެ. އަޒްކާ އަވަސްއަވަހައް ދުވެފައި ގޮސް އޭނަގެ ކުޑަ އަންހެން ދަރިފުޅު ސާރާގެ ކޮޓަރިއަދިޔައެވެ، ދިޔައިރު ކަމަކުދާކަށް ނެތެވެ. ކޮޓަރިތެރެ ހުރީ އެފުށައް މިފުށައް ޖަހާފައެވެ. ކޮޓަރިތެރެބަލައިލިއިރު ސާރާ ފެންނާކަށް ނެތެވެ. އެވަގުތު އަޒްކާ ހުރީ ބިރުން ފިނިވެފައެވެ. އަޒްކާ އަޒްކާގެ ދަރިފުޅު ހޯދަމުން ދަނިކޮއް ބޭރުގައިހުރި ބަންކެޔޮ ގަހެއްގެ ދަޝުގައި ހުރި އައްޓެއްގައި ކުޑި އަންހެން ކުއްޖެއް އިންތަން ފެނުނެވެ. އަޒްކާ ބިރުންހުރެ ބޭރައް ނުކުތެވެ. އަދި މަޑު މަޑުން އެކުއްޖާގެ އަތުގައި ހިފާގަތެވެ. އެވަގުތު ކުއްލިއަކަށް ޖެހުނު ވިދަކާއި އެކު އަޒްކާއަށް އެކުއްޖާގެ އަތުން ވީއްލުނެވެ އަދި އެކުއްޖާ ގެއްލުނެވެ. އަޒްކާ އެއީ އޭނައް ހީވި ހީވުމެއް ކަމަށް ހީކޮށް ބިރުން ހުރެ ސާރާ އަށް ގޮވަމުން ގެއާ ދިމާލަށް ދުއްވާގަތެވެ. އަދި ގޮސް އަވަހަށް ސާރާގެ ކޮޓަރި ބަލާލިއެވެ. ބަލާލި އިރު ކަމަކުދާކަށް ނެތެވެ، ސާރާ އޮތީނިދާފަ އެވެ. އަދި ކޮޓަރިތެރެ ހުރީވެސް ރީތި ކޮށެވެ. އަޒްކާ ސާރާގެ ކޮޓރިއަށް ވަނުމާއެކު ސާރާއަށް ހޭލެވުނެވެ. އަދި ސާރާ އަހާލިއެވެ. “މަންމާ ކިހިނެށްވީ؟؟. ކީއްވެ ރޮވިފަތިހިރީ؟؟..” އަޒްކާ ބުންޏެވެ. “ކަމެއްނުވޭ، އަދި މަންމަ އެއް ނޮރޮން. މަންމަގެ ލޮލުން ކަރުނަ އައީހަމަ..” މިހެން ބުނެފަ އަޒްކާ ކޮޓަރިއައް ގޮސް އެންދުމަތީގަ ނިދަން އޮށޯވެގަތެވެ. އެކަމަކު އަޒްކާއަށް ބިރުން ހުރިވަރުން ނުނިދުނެވެ. އަޒްކާ ހުރީ މިރޭ އަޒްކާ އައް ފެނުނު މަންޒަރުތަކެއްގެ ސަބަބުން ނިދަން ނުކެރިފައެވެ. މިހެން ވިސްނަ ވިސްނަ އޮއްވާ އަޒްކާ އަށް ނިދުނު އިރު ގަޑިން 3:30 ވުރެ ބޮޑުވެއްޖެއެވެ. ރިންގް ރިންގް. އަޒްކާ އަށް ހޭލެވުނީ ފޯނުގެ އެލާމްގެ އަޑަށެވެ. އޭރު ގަޑިން 4:45 ވެއްޖެއެވެ. އަޒްކާ އަވަސް އަވަހަށް ތެދުވެގެން ސާރާ އަށް ނަމާދުކުރަން ގޮވިއެވެ. އަދި ސާރާ ތެދުވުމުން އަޒްކާ ނަމާދުކުރަން ދިޔައެވެ. އަޒްކާ އާއި ސާރާ ދެ މީހުން ނަމާދު ކޮށް ނިމިގެން ޤުރުއާން ކިޔަވަން އިނެވެ. އަދި 5:30 ނިންމާލާފަ ސާރާ ދިޔައީ ސުކޫލަށް ދާން ތައްޔާރުވަން އަދި އަޒްކާ ދިޔައީ  ބަދިގެއާދިމާލައް ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. ސާރާ ތައްޔާރުވެގެން ހެނދުނު ނާސްތާ ކޮއްގެން ސުކޫލަށް ދިޔައެވެ. އަޒްކާ ގޭގެ ހުރިހާކަމެއް ކޮށް ނިންމާލާފަ ބޭރުގަ ހުރި ބަންކެޔޮ ގަހުގެ ދަށުގައި ހުރި އަށީގަ އޮށޯވެގެން އޮތެވެ. އަދި ކުއްލިއަކަށް ރޭގަ ވި ކަންކަން ހަނދާންވިއެވެ. އަޒްކާ އެއީ ތިމަންނައަށް ފެނުނު ހުވަފެނެއްކަމަށް ހީކޮށް އެކަމާ މެދު މާ ބޮޑަށް ނުވިސްނައެވެ. ސާރާ އަށް ސުކޫލުން އީދެވުނު އިރު ގަޑިން 12:00 ވެއްޖެއެވެ. ސާރާ ސުކޫލުން އައިސް ޔުނިފޯމް ބަދަލު ކޮށްގެން ފިލާވަޅު ހަދާނިންމާފަ އޭނަގެ ރައްޓެހިންނާއެކު ހަވީރު ބުރެއްޖަހާލަން ދިޔައެވެ. އަދި އަޒްކާ ހުރީ ގޭގަ އެކަނި ކަމުން އޭނަ އޭނަގެ ދައްތަ އެއްގެ ގެއަށް ދިޔައެވެ. އަދި އެތާގައި ވާހަކާގައި ހުރެވުނެވެ. ގެއަށް ދާން ގަޑި ބެލި އިރު ގަޑިން 6:17 ވެއްޖެއެވެ. ބިރުން ހުރި ކަމުގައި ވިޔަސް ގެއަށް ދާން ނުކުތެވެ. އަޒްކާގެ ގެއަށް ދެވެން ދެ ގޮތެށް އޮތެވެ. ދިގުމަގަކާ ކުރު މަގެއް، ދިގުމަގުން ގޮއްސިއްޔާމު އިޝާނަމާދަ އަށް ބަންގި ދިނުމުގެ ކުރިން ގެއަށް ނުދެވޭނެ އެވެ. އަދި ކުރުމަގުން ދާން ވެއްޖިއްޔާމު 15 ވަރަކަށް މިނުޓް ތެރޭ ދެވިދާނެއެވެ އެކަމަކު އެއީ ބޮޑު ޖަންގައްޔެއް ހުރަސް ކޮއްފައެވެ. އަޒްކާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އެހެން ވެގެން ކުރުމަގުން ދިޔައެވެ. ބިރުން ފިއްކެނޑިފަހުރި އަޒްކާއަށް ދެވުނީ ތަންތަން ހޯދަމުންނެވެ. މިހެން ދަނިކޮށް ފަހަތުން ކުއްޖަކު ހީލި އަޑަށް އަޒްކާ އަށް ފަހަށް ބަލާލެވުނެވެ. ފަހަތް ބެލިއިރު އެއްވެސް މީހެއްގެ ކީއްކުރަން އެއްވެސް އެއްޗެއްގެ ވެސް ހިލުމެއް ނެތެވެ. ގެއަށް ދާންވެގެން ކުރިމައްޗަށް ބެލިއިރު ފެނުނު މަންޒަރަކުން އަޒްކާ ދިޔައީ ތުރު ތުރު އާޅާ ވަރު ވެފައެވެ. އަޒްކާ ހުރީ އެބޮޑު ޖަންގަލީގެ އެންމެ އެތެރޭގަ ހުރި ބިޔަ ގަހެއްގެ ދަށުގައެވެ. ދާނެ ކޮޅެއް ނޭނގެ އެވެ. އަޒްކާ އަށް ބިރުން ރޮވުނެވެ. ކުއްލިއަކަށް އެ ބިޔަ ގަސް ހެލެން ފެށުނެވެ. އަދި ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އިވެން ފެށިއެވެ.

Share Article

Follow Me Written By

Sirher

Level 1

Other Articles

Previous

ނަމަވެސް.. 4

Next

ރީޝާ!

Next
April 4, 2018

ރީޝާ!

Previews
April 4, 2018

ނަމަވެސް.. 4

9 Comments!

  1. Fai says:
    April 4, 2018 at 8:11 pm

    Hi sirher vaahakaI ge feshun ragalhalhu
    When next part
    New writer eh dho
    Vaahaka v avahah up kohdeynekamah ummedhukura
    ?????

  2. Sana says:
    April 4, 2018 at 9:00 pm

    Feshun varah reethi❤
    Waiting for next ❤❤❤❤❤

  3. Meee says:
    April 4, 2018 at 9:31 pm

    Vaahaka hushahalhaa dhey goeh adhi change kohlaafa eyrah salhi vaane Miah vure…..eyrun v smooth kn kiaa leveyne …..mihaar vx vaahaka salhi ekam egothah hushahalhaa goeh badhal kohlaa eyrah salhi vaane I think so ??…

  4. nai says:
    April 4, 2018 at 9:51 pm

    Vaahakaiga knme jumla eh ga name eh beynumeh nukuraane… Eyrun vaahaka ehaa ryhcheh nuvaane… For example azka eyna ge dharifulhu hoadhamun dhanikoh… N if yuh use azka in one sentence dhn use smthng like “eyna” in the other one… So plxxx make it better next time n gud luck…

    1. inin says:
      April 5, 2018 at 10:25 am

      mashah vx faahaga kurevun thi point.. dhen hithah araa reechey kiyaafa comment kuraamyhunah hama emme furihma v ma baaey ehen kiyaafa e comment kurani. kuvx hama nufeneybaaey. fenna kuh thah bunedhinyma dhw writers ah rangalhu kureveyny…. mi kan balaeh vx neyge gannaane kameh kiyun therin vc writers eh vx. bt, bunely

  5. Unknown says:
    April 5, 2018 at 2:14 am

    Thi liyaa dhen dhen ehaa gina nukoh gen dhiyaama salhi vaane

  6. Nadhee says:
    April 5, 2018 at 8:43 am

    Mi vaahaka thankolheh kurin keen ekam Hama mihisaabah libuni kiyan aneh bai up eh nuve Dhen when next part?

    1. inin says:
      April 5, 2018 at 10:49 am

      mifaharu vx vaany evarukanneyge…

  7. unlucky girl says:
    April 6, 2018 at 1:51 pm

    Feshun reethi!
    Kuda koh mistakes ves ebahuri ❤❤❤❤
    You can do better??

Comments are closed.



All Right Reserved!