Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން……(ފަހުބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
March 19, 2018 7 Mins Read
40 Comments

ބިރުވެރި ދުވަސްތަކަކަށްފަހު ހަތަރުމީހުން އަނެއްކާވެސް  އުފާވެރިކަން ހޯދިއެވެ. ނަމަވެސް ދެން އައީ ޝިފާންވެސް އަދި ޔުސްރާވެސް އެންމެ ދެރަވީ ދުވަހެވެ. ދެމީހުން ދަރިއެއް ފަދައިން ބަލަމުން އައި އަލާނިޔާ ހިތާމަވެރިގޮތަކަށް ދުނިޔެ ދޫކޮށްދިޔައީއެވެ. އެދުވަހުގެ ފަހުން ދެމީހުންގެ ހަޔާތުންވެސް ބައެއް މަދުވިފަދައެވެ. ދެމީހުން ދެމީހުންގެ ހިތްވަރަށް ވެގެން ކެތްކުރީއެވެ. ނަމަވެސް މިއަދު ޝިފާން އެވަނީއެކަނިވެފައެވެ. އޭނާއާ އެކު މިއަދު ވަނީ ހަމައެކަނި ޔުސްރާގެ ހަނދާންތަކެވެ.

******************

ހިޔާލީ ދުނިޔެއިން ނިކުމެވުނުއިރު ޝިފާންއަށް ރޮވިއްޖެއެވެ. އަހަރުތަކެއްގެ ދަތުރު ތެރެއަށް ފީނުލުމުން ވާންޖެހިފައިވާ ގުރުބާނީތަކާ ލިބިފައިމާ ހިތާމަތައް ހަނދާންވީއެވެ. އެކުއުޅުނު އެކުވެރިންނާ ގާތް މީހުން ހަނދާންތަކެވެ. އަލާނިޔާއާއި ލައިތްއެވެ. މުލައިލް އާއި ހާޝިރްގެ އިތުރުން ލޯބިވާ އަނބިމީހާ ޔުސްރާއެވެ. އެއިން ކޮންމެ މީހަކުވެސް މިދުނިޔާ އަލްވަދާއު ކީ އަނިޔާވެރި ގޮތް އެންމެ ކައިރިން ދެކުނީ ޝިފާންއެވެ. ވީއިރު އަސަރު ނުކުރާނީ ކިހިނަކުން ހެއްޔެވެ؟

މުލައިލް މިސްރާބެއް ނެތި ހިނގަމުން ދިޔައީ ހުޅުމާލޭގެ ހިތްފަސޭހަ މާހައުލުގައެވެ. އޭރުން ފަތިހު ހަތަރެއް ޖަހައިފިއެވެ. “އަހަންނަށް ކިހިނެއްތަ މިވަނީ..މިހާރު ކެތް ނުކުރެވޭ ވަރަށް އުނދަގޫވޭ. އަހަރެން އެންމެ ކުރިންސުރެ ވެސް މީހުން ޔާނީ ގައިގަ އަތްލީމަ ހިތްހަމަ ނުޖެހޭ. އެކަމު އޭރު އެއީ ޔާނީ ޕްރޮޓެކްޓް ކުރަން..ދެން މިހާރު..ނޫން އޭރުވެސް މިހިތަށް އުނދަގޫވޭ. އަހަރެން އޭރުއްސުރެ ޔާނީދެކެތަ ލޯބި ވަނީ؟ ދެން ޔާނިލާ އޯ؟” މުލައިލް އެކަނިމާ އެކަނި ވާހަކަ ދައްކަމުން ދިޔައީ ރުޅިވެރިކަމާއެކުއެވެ. ތެދެކެވެ. ޔާނީލާ ފެނުނަސް ޔާނީ ފެނުމުން ވާ ގޮތްތަކެއް ނުވެއެވެ. ޔާނީލާއާ ގުޅިގެން ބިރުވެރި ހުވަފެންތަކެއް ފެންނަމުން ދާއިރު ޔާނީ ހުރެއްޖެނަމަ ހިތަށް ފިނިކަން ލިބެއެވެ. އެންމެ ފަހުން މުލައިލް ގޮސް ދޮން ވެލިގަނޑުގައި އިށީންދެލީ ހިތްހަމަޖައްސާލުމަށެވެ.

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ޔާނީއަށް ހޭލުވުމާއެކު ނަމާދުކޮށްލުމަށްފަހު އަނެއްކާވެސް ނިދާލަން ޔާނީ ޖައްސާލިއެވެ. އޭރު އަދި ފަހެއްވެސް ނުޖަހައެވެ. އެހެން ނޫނަސް އޭނާ މިޔަދުހުރީ ސްކޫލަށް ދާގޮތަކަށްވެސް ނޫނެވެ. ލޯމަރާލުމާއެކު ޔާނީއަށް ފެނިގެންދިޔައީ އަލާނިޔާގެ ފުރާނަ ނެތް މަސްގަނޑެވެ. ގަތް ބިރާއެކު ރީތި ވުމެއްވެސް ނެތި ޔާނީ ދުވެފައި ނިކުތީ ބޭރަށެވެ. އޭރުވެސް އަދި ރަނގަޅަށް އަލި ނުވާއިރު މަގުމަތިން މީހެއްވެސް ނުފެނެއެވެ. ދުވަމުން ދުމަމުން އައި ޔާނީ މަޑުކޮށްލީ މިމްރާހުމެން ގޭ ކުރިމައްޗަށެވެ. އެގެ ހުންނަތަން އިނގުނީ ޕޮލިސްޓޭޝަނަށް ދިޔަ ދުވަހުއެވެ. އިނގުނުކަން އެއީ ޔާނީގެ ނަސީބޭ ހިތަށްއަރާ ޔާނީ ދުވެފައިކަހަލަ ގޮތަކަށް ގޮސް މިމްރާހު އުޅޭ ފަންގި ފިލާއަށް ވަނެވެ. ކަންދިމާކުރިގޮތުން ތަޅުވެސް ނުލާހުރިއިރު ޔާނީ އަވަސް ހަރަކާތާއެކު ތަޅު އަނބުރާލުމަށްފަހު އެތެރެއަށް ދެމިގަތެވެ.

“އެފަށް ހޯދުން ވަރަށް މުހިއްމޭ…” ދަންވަރުވެސް މަސައްކަތުގައި އުޅުމަށްފަހު ފެންވަރާލައިގެން ހަމައެކަނި ތުވާލިކޮޅެއް އަނދެލައިގެން ހުރި މިމްރާހުގެ އަތުން ފޯނުވެސް ނުވެއްޓުނީ ކިރިޔާއެވެ. އޭނާގެ އެޕާރޓްމަންޓު ތެރެއިން ޔާނީ ފެނުމުން މާބޮޑަށްވެސް ހައިރާން ވީއެވެ. ހަމައެޔާއެކު ޔާނީ ހުރިގޮތުން ލޯމަރާލެވުނެވެ.

މިމްރާހުއަށް ވީގޮތުން ޔާނީއަށް އޭނާހުރިގޮތް ބަލާލެވުނެވެ. އެޔާއެކު ކަންފަތުގައި އަތް އަޅާލަމުން ހަޅެއްލަވައިގަތެވެ. “ކުރިމަތީގަ އެހުރި ކޮޓަރިއަށް ވަދޭ. އެތާ ހުރި އަލަމާރިން ހެދުމެއް ލައިގ..” މިމްރާހުއަށް ޖުމްލަ ފުރިހަމަ ނުކުރެވި އުޅެނިކޮށް އިވުނީ ބަން ކިޔައިފައި ދޮރު ލެއްޕުނު އަޑެވެ. އެހުރިގޮތަށް ލޯމަރައިގެން ހުރެ މިމްރާހުވަނީ އޭނާގެ ކޮޓަރިއަށެވެ.

ދޮރުގައި ލެގިލައިގެން ހުރި ޔާނީގެ މޫނު ހީވަނީ ރަތް ލޭކޮޅެއްހެނެވެ. ކުރުކުރު ސޯޓުކޮޅަކާ އަތްކެނޑި ޓީޝާޓެއް ލައިގެން ހުރިއިރު އެހެދުން ވަނީ ގަޔަށް ހިފާފައެވެ. ވިސްނާވެސް ނުލާ އޭނާއަށް އެގޮތަށް ކަންތައްކުރެވުނު ކަމަށް އަމިއްލަ ނަފްސަށް މަލާމާތް ކުރާ ހާލު ޔާނީ އަމިއްލަ ބޮލުގައި ބޮނޑިއެއް އަޅާލިއެވެ. އެވަގުތު އޭނާގެ ލޯކުރިމަތިން ސިފަވީ މިމްރާހު ހުރިގޮތެވެ. ވަރުގަދަ ކަސްރަތީ ހަށިގަނޑުގައި ފެންތިކިތަށް ހަރުލާފައިވާ ގޮތެވެ. އޭނާގެ ގައިގާވާ ފުން ޒަހަމުތަކެވެ. އެތަށްފަހަރަކު ވަޅިންފަދަ ތޫނު ހަތިޔާރަކުން ލިބިފައިވާ ބޮޑު ދެ ޒަހަމްގެ ލަކުނު ފާޅުވާން ހުއްޓެވެ. “އީހް…ރާއްޖޭގަވެސް އެހެން ތަމްރީނު ދޭތަ.؟”

ދެކޮޅަށް ބޯހޫރަމުން ޔާނީ ގޮސް އެތަނުން ފެންނަން ހުރި ހަމައެކަނި އަލަމާރި ހުޅުވާލިއެވެ. ޔާނީ ހައިރާންވެގެން ދިޔައީ ޔާނީވަރުގެ ކުއްޖެއްގެ އެތައް ހެދުމެއް އެތަނުގައި ވުމުންނެވެ. ހުސް ޕާކިސްތާނު ހެދުމެވެ. އެތަނުން މަޑު ނޫކުލަޔާ ގަދަ ނޫކުލައިލް ފަރުމާކޮށްފައިވާ ވަރަށް އާދައިގެ ހެދުމެއް ލުމަށްފަހު ޔާނީ އޭނާގެ ސޫރަ ރަނގަޅަށް ބަލާލިއެވެ. ހީވަނީ އަރަބި ކުއްޖެއް ހެނެވެ. ދޯޕަށްޓާވެސް ވައްޓާލަމުން ޔާނީ ބޭރަށް ނިކުންނަން ތަޅުގައި ހިފާލުމަށްފަހު ބޭރަށް ބޯދިއްކޮށްލިއެވެ. ޔާނީއަށް ފުރަގަސްދީގެން އިން މިމްރާހު ފެނުމާއެކު އަނެއްކާވެސް ޔާނީ ދޮރު ލައްޕާލިއެވެ.

“ޔާނީ…އާދެބަލަ.” މިމްރާހު ގޮވާލުމާއެކު އިތުރުގޮތެއްނެތިގެން އެންމެ ފަހުން ޔާނީ ކޮޓަރިން ނިކުތެވެ. އޭރު ދެކޮފީތަށި މޭޒެއްމަތީހުއްޓެވެ. މިމްރާހު އިށާރާތްކުރީ ސޯފާގައި އިށީނުމަށެވެ. އެވަގުތު ޔާނީ ހުރި ގޮތް ފެނުމާއެކު މިމްރާހުއަށް ޔާނީއާ ދިމާއަށް ކަޅިޖަހާނުލާ ބެލެން ފެށުނެވެ. “ސޮރީ..އަސްލު އަހަރެންގެ ވައިފް މަތިން ހަނދާންވީ.” މިމްރާހުގެ ޖުމްލަޔާއެކު ޔާނީ ދެލޯބޮޑުކޮށްލަމުން މިމްރާހުއާ ކުރިމަތި ވާނޭހެން ސޯފާގައި އިށިނެވެ. އޭރު މިމްރާހުވެސް އިނީ ރީތިވެގެން ނެވެ. ގަދަ ފެހިކުލައިގެ ޓީޝާޓަކާއެކު ޚަލުކުލައިގެ ސޯޓު އޭނާއާ ވަރަށްވެސް ގުޅެއެވެ.

“ޔެސް ޔާނީ..އައެމް މެރިޑް. ސާރާޔާ އަހަންނާ ދިމާވީ ޕާކިސްތާންއިން. އެއީ އަހަރެން އެކޮޅުގައި ޓްރެއިނިން ހަދަން ހުރިއިރު. އެއީ ވަރަށް ނިކަމެތި އަންހެން ކުއްޖެއް. އާއިލާއެއް ނެތް އެކަނިވެރި އެހަނަސް ރީތި އަދި ހިތްހެޔޮ ކުއްޖެއް. އެންމެ ފުރަތަމަ ފެނިލުމުންވެސް ސާރާ އަހަރެންގެ ހިތް ފަތަހަކުރި. އެ ހިތް ހެޔޮ ކަމާ އެމަޑުމައިތިރިކަން. ދީންވެރިކަމާ ސާދާކަން. އޭރު އަހަރެންގެ އުމުރުން ސަތާރަ އަހަރު. އެކޮޅުގަ އޭރު ކުރަމުން ދިޔައީ ވަރަށްވެސް ބޮޑު ހަނގުރާމައެއް. އަހަންނަށް ސާރާ ހިމާޔަތް ކުރެވެން އޮތީ ސާރާޔާ ކައިވެނި ކޮށްގެން. އެހެންވެ އަހަރެން ބައްޕަޔަށް ކުއްލިގޮތަކަށް އަންގާލުމަށްފަހު ސާރާޔާ ކައިވެނި ކުރިން. އަހަރެމެން ދެމީހުންއުޅުނީ ޓެންޓެއްގަ. ވަރަށް ހާލުގަ. އަހަންނަށް ހަމަލާއެއް ލިބޭއިރަށް ބޭސްކޮށްދެނީ ސާރާ. އެއީ ވަރަށް މޮޅު ބޭސްވެރިއެއްމެ. އެއީ ހުރިހާ ގޮތަކުންވެސް ފުރިހަމަ ކުއްޖެއް.

އަހަރެމެން އެ ހަނގުރާމައިން ކާމިޔާބީ ހޯދާ ޓްރެއިނިން ނިންމާލިން. އެހެންވެ ޗުއްޓީއެއް ނެގުމަށްފަހު އަހަރެމެން ދިޔައީ އިންޑިޔާއަށް. އުފާވެރި ދުވަސްތަކަކަށްފަހު އަހަރެމެން އެކޮޅުން ފުރީ އެއްމަސް ކޮށްފަ. އެކަމު އެދުވަހު އެއާޕޯޓުން ކުރިން ހަނގުރާމަކުރި މީހުންގެ ތެރެއިން މީހަކު އަހަރެން ގަޔަށް ބަޑި ޖެހީ. ސާރާ ކުރިހާވެސް ކަމަކީ އަހަރެން ސަލާމަތް ކުރުން. އަހަރެން ދިފާއުކޮށް ސާރާޔާ އަހަރެމެންގެ ދަރިފުޅު ގުރުބާންވީ. ނަސީބަކުން އަހަރެމެންނަށް އެމީހާ ހަތްޔަރުކުރެވުނު. އެކަމަކު އަހަރެންގެ ދިރިއުޅުން ގެއްލުން. އޭރު ސާރާގެ ބަނޑަށް ތިންމަސް. އޭގެ ފަހުން އަހަރެން އެއްވެސް ޓްރެއިނިގް އަކަށް ނުދަން. ރާއްޖެއިން ބޭރަށްވެސް ނުދަން. ”

ހިތާމަވެރި ވާހަކަތަކެކެވެ. އުފާވެރި އެހެނަސް ސިހުންގެނުވާ ހަނދާންތަކެކެވެ. ޔާނީ އިނީ ބަސްހުއްޓިފައެވެ. މީހެއްގެ ދިރިއުޅުމުގައި ހިނގައިފައިވާކަމެއް އަނެކާއަށް އަންދާޒާކޮށްލަންވެސް ނޭންގޭތާއެވެ. އެންމެނަށްވެސް ހީވާނީ އެއީ އުފާވެރި ދިރިއުޅެމުއް އަންނަ ޒުވާނެއްހެނެވެ. އެއީ ހަމައެކަނި އުޅޭ އުޅުމަށް ބަލާލާފައެވެ. ޔާނީ ގޮސް މިމްރާހުގެ ގައިގައި ބައްދާލުމަށް ފަހު ކުރިންވެސް އިންތާ އިށީނެވެ.

“އަސްލު އަހަރެން ވަރަށް ކުރިން ފަށައިގެން މިކަމަށް ތައްޔާރުވީން. އެންމެ ކުޑައިރު އަބަދަކު މަންމަޔެއް ނުހުންނާނޭ ބުނާ އަޑު އިވެންފެށީއްސުރެ އަހަރެން އަހަރެންގެ ނަފްސު ތައްޔާރު ކުރީ އެއިން މީހަކު،ގާތް މީހަކު ވަކިވެއްޖެނަމަ އެކަމާ ހިތާމަކުރުމުގެ ބަދަލުގަ ހެޔޮ ދުއާ ކޮށްދޭން. އަހަރެމެންގެ ހަޔާތަށް ފާރަވެރިވެގެން އުޅޭ މީހާގެ ވާހަކަ އަޑުއިވުނު ހިސާބުން އެކަމަށް އަދި މާބޮޑަށް ތައްޔާރުވީން. އެކަމު ހީވެސް ނުކުރާކަހަލަ ގޮތަކަށް މަންމަ ފެނުނީމަ ވަރަށް ދެރަވި. އެކަމު މިއަދު އަހަރެން ފަހުރުވެރިވޭ މަންމަ އެވީ ގުރުބާނީއަށްޓަކައި. ލާނީ މަންމަޔާ އެ އެންމެން އެވީ ގުރުބާނީއަށްވެސް.” ޔާނީ ދައްކާލީ ވަރަށްވެސް ހަރު ވާހަކައެވެ. އެވަރުގެ ކުއްޖަކާ ނުވެސް ގުޅެއެވެ. މިމްރާހުއަށް ހީލެވުނީ އެހެންވެއެވެ. “ދެން ބުނެބަލަ. ކީއްވެތަ މާބާރަކަށް ދުވަމުން މިއަދު އައީ. މަގުމަތިން ފެނުން އެންމެން ހޭ ނެތޭނެކަން ޔަގީން.” މިމްރާހު ލާނަތް ކަމާއެކު އެހެން އަހާލުމުން ޔާނީ ލަދުން ނުވިރުނީ ކިރިޔާއެވެ. ޔާނީ ބުނީ ބިރުވެރި ހުވަފެނެއް ފެނުނީކަމުގައެވެ.

އެގޮތުގައި އިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމަށްފަހު ޔާނީ ދިޔައީ ގެއަށެވެ. އޭރު މުޅި މީހާވަނީ ހަމަޖެހިފައެވެ. އަދިވެސް އެއްފަހަރު ގޮސް ލޯގަނޑު ކުރިމަތީހުރެ އަމިއްލަ ސޫރައަށް ބަލާލިއެވެ. ސާރާ މަތިން ހަނދާން ވުމާއެކު ޔާނީއަށް ހީލެވުނެވެ. ޔާނީވެސް ބޭނުންވަނީ ސާރާފަދައިން ފިރިމީހާގެ ބަތަލާއަށް ވާށެވެ. ނަމަވެސް ޔާނީއަށް މުލައިލްއަށް ހިދުމަތްކުރުމުގެ ފުރުސަތެއްނެތެވެ. ވީއިރު އެބެލެނީ ކުލަ ނެތް ހުވަފެނެއްކަމުގައި ޔާނީ ދެކުނެވެ. ޔާނީ ބޭނުންވީ އަނެއްކާވެސް އަލާނިޔާގެ ޑައިރީ ކިޔާލާށެވެ. އެހެންކަމުން އެފޮތް ހިފައިގެން އައިސް ޔާނީ ޖައްސާލިއެވެ. އިރުކޮޅަކުން ޔާނީ ފޮތް އެއްލާލުމަށްފަހު ތެދުވިއެވެ. “ޔެސް..ރުއާވެސް އަލާނިޔާ މަންމަ ޔާ ވައްތަރު…އޯ މައި ގޯޑް. އަހަރެންގެ އިއްލު އެ މަޅީގަ އެޖައްސަނީ….ނުބައި އަންހެނާ..އެންމެނަށް އޮޅުވާލައިގެން…” ޔާނީއަށް އެތަންކޮޅު ކިޔާލެވުނީ އަދި ކިރިޔާއެވެ. ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބުނީއެވެ. ޔާނީ ހީވީ ދަރުއަޅަމުންދިޔަ އަލިފާން ގަނޑެއްހެނެވެ. ނަމަވެސް އެވަގުތު އޭނާގެ ހަނދާނަށް އައީ މިމްރާހު ދައްކަމުން އައި ފަށުގެ ވާހަކައެވެ.

“މިންމި..ކޮންފަށެއްތަ އޭރު ހޯދީ..؟” ފޯނު ނެގުމާއެކި ހިތް އަވަސްވެފައިވާ ހާލު ޔާނީ އަހާލިއެވެ.”އެއީ ޔުސްދައްތަގެ.އެއީ ރިކޯޑާރއެކޯ…ޝި” ޖަވާބު ލިބުމާއެކު ޔާނީ ފޯނު ކަނޑާލިއެވެ. އެއީ ޔާނީވެސް ހުރެގެން ތައްޔާރުކުރި ފަށެކެވެ. އެފަދަ ފަށެއް ޔާނީވެސް އަޅައެވެ. އަވސް ހަރަކާތާއެކު ޔާނީ އެފަށް ނެގިއެވެ. އޭރު މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. އޭނާއަށް އެޔަށް ހަދަން ވީ ގޮތްވެސް އިނގެއެވެ. އަވސް އަވަހަށް ފޯނަށް ގުޅާލިއެވެ. އަދި އޭގައި އެންމެފަހުން ރައްކާކުރެވިފައިވާ އޯޑިއޯ ޖަހާލިއެވެ. ޔާނީގެ އަތްފައި ފިނިވެގެން ދިޔައެވެ.

މިމްރާހުއަށް މިހާރު ޔާނީއަށް ދިހަފަހަރު ގުޅިއްޖެއެވެ. ޔާނީ ފޯނު ނުނެގުމުން އޭނާގެ ސިކުނޑީގެ ކަނަކުން އެގެޔަށް ދިޔުމަށް ގޮވާލިއެވެ. މިމްރާހުގެ ކުޅަދާން ސިކުނޑިއަށް ވިސްނުނީކަންނޭންގެއެވެ. އަވަސްހަރަކާތާއެކު ސައިކަލު ތަޅުދަނޑި ނަގަމުން އޭނާ ގެއިން ނިކުތީ ތަޅުވެސް ނުލައެވެ. ބާރުބާރަށް ދުއްވާފައި އައި މިމްރާހު ޔާނީއަށް ގޮވަމުން ގޭތެރެއަށް ވަނެވެ. ވަގުތަކީ މުލައިލްވެސް ގެޔަށް އައިސް ވަތް ވަގުތެވެ. “ޔާނީ ނެތީތަ؟” މުލައިލްވެސް އަހާލިއެވެ. ދެމީހުން އެކުގައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ޔާނީއެއް ނެތެވެ. ނަމަވެސް ފޮތެއްގެ ތެރޭގައި ކަރުދާސްކޮޅެއް އޮތެވެ. މުލައިލް ގޮސް އެނަގާ ކިޔާލުމަށްފަހު މިމްރާހުއާ ދިމާއަށް ބަލާލިއެވެ.

“ކަލޭ ކީކޭ ކިޔައިގެން ތިއުޅެނީ؟ ކިހިނެއްވެގެން ތަ ޔާނީއާ މާ ގާތް ތިވަނީ.އޭނަ ގައިގަ އަތް ނުލާތި. ޔާނީ އެދިޔައީ އެ ނުބައި އަލާނިޔާ ހޯދަން.. ޔާނިލާ ގޯހެއް ނޫނޭ…ކަލޭ ބުނެ..ކީކޭ ކީ؟؟؟؟!!!” މުލައިލް މިމްރާހުގެ ގައިގައި ދެތިންފަހަރު ބޮޑިއެއް އަޅުވާލިއެވެ. ނަމަވެސް މިމްރާހު އިސްކުރީ މަޑުމައިތިރި ކަމެވެ. “މުލައިލް. ހަމަޖެހިބަލަ. ކާކު ކީކޭ ކީތަ؟ ހުރިހާއެއްޗެއް ވެސް އޮޅުވާލީ ތި ހިތް..ޔާނީލާ..މުލައިލް. ތި ދެލޯ ހުޅުވަބަލަ. ޔާނީ އެވާ ލޯބީގެ ހައްގުގަ. ތި ހިތް ޔާނީ ދެކެ އެވާ ލޯބީގެ ހައްގުގަ. ޔާނީ ފެނުނީމަ ތި ހިތަކަށް ފިނިކަމެއް ނުލިބޭތަ؟ ޔާނީއާ މީހަކު ގާތްވީމަ އުނދަގުލެއް ނުވޭތަ؟ ޔާނީ ނުފެނި ގިނައިރުވީމަ ހާހެއް ނުވޭތަ؟ މިއިން އެއްވެސް ކަމެއް ޔާނިލާއާ ގުޅުވައިން ވޭތަ؟ މުލައިލް…އެއީ ލޮއެތްބަކީ. ޔާނިލާ އެއީ ރުއާގެ ދަރި. ޔާނީ އެކަންވެސް ފޮރުވީ ތިހިތަށް އަސަރު ކޮށްފާނެތީ..އެފަކީރު މިއަދު އެކަނިމާއެކަނި އެގުރުބާންވަނީ..މުލައިލް ސަލާމަތްކުރަން. އެހެން ނޫނަސް ތިކީ މި ގަނޑުކޮޅުގެ އެއްބައި. މިފޮތުގެ ފަނަވަރަ ސޮފްހާ ކިޔާބަލަ. ޔާނީ ފޮނުވި އޯޑިއޯ އަޑު އަހާބަލަ. ޔާނިލާދެކެ ލޮއެތްބެއް ނޫނޭ ތިވެވެނީ..ކޮންމެ ފަހަރަކޔ ލާނީދައްތަ މަތިން ހަނދާންވާތީ ގަޔާވެވެނީ..” މިމްރާހުގެ ވާހަކަތަކުން މުލައިލްއަށް ހިމޭންވާން މަޖުބޫރުވިއެވެ. މަޑުމައިތިރިކަމާއެކު މުލައިލް އެފޮތް ކިޔާލިއެވެ. މުލައިލްގެ ލޮލުން ކަރުނަ ފައިބައިގަތީ އިހުތިޔާރުން ބޭރުގައެވެ. “މިއޮއްވީހާ ދުވަހު..އަހަރެން ހުރީ އަނދިރީގަ..ނުވެސް އިނގޭ” މިމްރާހު މުލައިލްގެ ކޮނޑުމަތީ އަތްބާއްވާލުމާއެކު މުލައިލްއަށް ވިސްނާނުލާ އޭނާގެ އަތް އިސްކުރެވުނީތީ މައާފަށްއެދުނެވެ. މިމްރާހު ހީލަމުން އަވަހަށް ވީޑިއޯ އަޅުވާލިއެވެ.

“ޔާނިލާ..ހީކުރީތަ؟! އަހަރެން މާކުޅަދާނަވާނެ. ހިތަށް އަރާދޯ އަހަރެން ކިހިނެއްބާއޭ މިގެ ހޯދީ. އަހަރެން އަބަދުވެސް މީހަކާ އެކުވެރިވެފަ ވަރަށް ރަނގަޅަށް ބަލަން. އަހަންނަށް އިނގޭ ތީ ރުއާގެ ސައިކޯ ދަރިކަންވެސް.” ޔާނީ ފަހުރުވެރިވެލަމުން ބުނެލިއެވެ. ނަމަވެސް ޔާނީލާގެ މޫނުމަތިން ހާސްކަމެއް ނުފެނެއެވެ. “ދެން އަހަރެން އަތް ޖަހަން ވީތަ؟ މިހާރު ތި އާދެވުނީ އަހަރެންގެ އަތު ތެރެއަށް. ވިސްނާވެސް ނުލާ. މިފަހަރު ކާކުބާ ޔާނީ ސަލާމަތްކުރާނީ؟ އަހަރެންގެ ވާން އުޅޭ ބޯއިފްރެންޑް؟ ހަހަހަ. ޔާނީއަށް ހާދަ ނުވިސްނެއޭ ދޯ!! މިގޭގަ އަހަންނަށް ކަލެޔަށް ބޭނުން ގޮތެއް މިތާތެރޭ ހަދާލެވޭނެ. އަހަރެން ޔުސްރާވެސް އެންމެންވެސް މަރާލީ ކަލޭވެސް ހަމައެހެން މަރާލާނަން”

ޔާނިލާވެސް އެންމެތަންކޮޅެއްވެސް ދުލެއްނުދިނެވެ. ނަމަވެސް ޔާނީ ބިރުދައްކާލުމުގައި އޭނާ ނާކާމިޔާބުވިއެވެ. “މިކަން މިއަށްވުރެ ރަނގަޅަށް ވެސް ނިމުނީސް. އަހަރެން ޔާނިލާއަށް މުލައިލްވެސް ދޫކޮށްލީމުސް. އެކަމަކު ތީ ލޯބިވެސް ކުޅިވަރަކަށް ހަދައިގެން އުޅޭ މަކަރުވެރިއެވެ. ބަލަ ކަލޭގެ މަންމަ މަރާލީ އަލާނިޔާއެއް ނޫނޭ..އެއީ އެ އަންހެނާ ތަނެއްދޮރެއް ނުބަލާ ލިބިގަތް އަދަބެކޭ. އޭނަ އެހެރީ ތި ސިކުނޑިވެސް ކިލަނބު ކޮށްލާފަ. ދެން ރަނގަޅެއް ނުވާނެ. ކަލޭ ޖެހޭނީ މަރުވާން. އަހަރެންގެ އަތުން.” ޔާނީގެ އަޑުބާރުވެގެން ދިޔައެވެ. އެޔާއެކު ޔާނިލާއަށްވެސް ފުދޭވަރަކަށް ސިހުން ލިބިގެން ދިޔައެވެ. އެއްވެސް ހާލެއްގައި ޔާނީއަކީ އެހާ ކެރޭ ހިތްވަރުގަދަ ކުއްޖެއްކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ.

ޔާނީ އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ޔާނީލާވެސް ފަހަތަށް ފިޔަވަޅެއް އަޅަމުންދިޔައެވެ. އެންމެ ފަހުން ޔާނިލާ ގޮސް ސޯފާއަށް ވެއްޓުނެވެ. އަވސް ހަރަކާތާއެކު ޔާނީ އެތަނުން މާޓުކުރި ނަގާ ޔާނިލާގެ ބޮލުގައި ބާރަށް ދެތިން ފަހަރު ޖަހާލިއެވެ. އެޔާއެކު ދުނިޖަހާފައި ލޭތަށް އޮހިގެން ދިޔައެވެ. ޔާނިލާ އެފަދަގޮތަކަށް ނާކާމިޔާބު ވީތީ ހުދު ޔާނިލާއަށްވެސް ވަނީ ސިހުން ލިބިފައެވެ. އޭނާގެ ގައިން މަޑުމަޑުން ވަރުދޫވަމުން ދިޔައެވެ. އެވަގުތަކީ މުލައިލްމެން އައިސް ވަތްވަގުތެވެ. ޔާނީގެ ފަށުގެ އެހީގައެވެ. ރޮވިފައި ހުރެ ޔާނީ މުލައިލްގެ ގާތަށް ދިއުމަށް ފިޔަވަޅެއް އަޅާލިއެވެ. އޭރު އޭނާގެ ދިގު އިސްތަށިގަނޑު ވަނީ ހޭވިފައެވެ. މުޅިމޫނުމަތިން ފެންނަނީ ބިރުވެރިކަމެވެ. މޫނުގައި ފެންތިކިތައް ވިދަމުން ދިޔައިރު ޔާނީގެ ދެއަތުގަޔާ ލައިގެން ހުރި ހެދުމުގައި ވަނީ ލެޔެވެ. އަތުގައި އޭރުވެސް މާޓުކުރިއޮތެވެ. ޔާނީ މުލައިލްމެނަށް ޔާނިލާ ދައްކާލަން ފަހަތަށް އެނބުރުނު ވަގުތު ޔާނީއަށް ފެނިގެން ދިޔައީ ޔާނިލާ މުލައިލްގަޔާ ދިމާއަށް ބަޑިއެއް ދިއްކޮށްލި މަންޒަރެވެ. ދެފަޔަށް ލެވުނު ބާރެއްލުމަށްފަހު ޔާނީގޮސް މުލައިލްގެ ގައިގައި ބައްދާލިއެވެ. އެޔާއެކު އިވިގެން ދިޔައީ ބަޑީގެ ބާރު އަޑުފައްގަނޑެވެ.

މިމްރާހުއާ ޝިފާންއަދި މުލައިލްއަށްވެސް ލިބުނީ ހައިރާންކަމާ ސިހުމެވެ. އެއްކަމަމުން އަރައިނުގަނެވި އުޅެނިކޮށް އަނެއްކަމެކެވެ. އެހާވެސް މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އޭރު މުލައިލްގެ ގައިގައި ބައްދައިގަނެގެން އޮތް ޔާނީގެ ހޭވެރިކަން ނެތިއްޖެއެވެ. ޔާނީގެ ހަށިގަނޑާއެކު މުލައިލްއަށް ބިންމައްޗަށް ތިރިވެވުނެވެ. އޭރު އެދެލޮލުން ހުއްޓުމެއްނެތި ފެން އާދެއެވެ. “ޔާނީ…ތިހެން ނުހަދާ..އަހަރެން ޔާނީދެކެ ވަރަށް ލޯބިވޭ..އަހަރެން ދޫކޮށްނުލާބަލަ. އޭރުން ކިހިނެއްތަ އަހަރެމެން އުޅޭނީ..ބައްޕަވެސް ކިހާ ދެރަވާނެ. ޔާނީ ޕްލީޒް. އަހަރެން ދެން ޔާނީ ދެރައެއް ނުކުރާނަމޭ..އުނދަގުލެއްވެސް ނުކުރާނަން..ޔާނީ!!!!!” ބާރަށް ރޮމުން ދިޔަ މުލައިލް ގޮވަމުން ދިޔައެވެ. އޭރު ފުން ނޭވާތަކެއް ލަމުން ދިޔަ ޔާނީ ދިޔައީ ކޮންމެސް އެއްޗެކޭ ބުނަން މަސައްކަތް ކުރަމުންނެވެ. މުލައިލް އޭނާގެ ކަންފަތް ޔާނީގެ އަނގަޔާ ކައިރި ކޮށްލީ އެހެންވެއެވެ. “އި…އިއްލު…ގެ..ހީ..ރޮއި..ން..ޔާނީ…ވަރަށް..ލޯ..ބި ވޭ……ލޯ..ބިވަން…ތިޔަ…ހްޔާލު..ގަ..އި ނިދަން….” ޔާނީގެ އަޑުކެނޑިގެން ދިޔައެވެ. ދެން ކިޔާލީ ޝަހާދަތެވެ. އެވަގުތު ޔާނީ ދޫކޮށްލީ މިދުނިޔަށް ޔާނީ ލީ އެންމެ ފަހު ނޭވާއެވެ. ޔާނީގެ ފުރާނަ ނެތް މަސްގަނޑުގައި މުލައިލްއަށް ލޯބިން ބައްދާލެވުނެވެ.

****************

ފަސް އަހަރުފަސް..

“މިއަހަރުގެ އެންމެ މޮޅު ވާހަކަ، ‘ލޯބިވަން’. މިފޮތް ލިޔުއްވީ ގާނޫނީ ވަކީލު އައްއުޡްތާޒު މުލައިލް ބުން ލައިތް…މަރުހަބާ” ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި މުލައިލް ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ކޯޓަށް ޖަހާލައިފައިވަނީހުދު ކުލައިގެ ފިނިފެންމަލެކެވެ. އެ ފިރިހެން ވަންތަކަމަކީ އެތައް އަންހެންކުއްޖެއްގެ ހިތަށް ފިދާވާފަދަ ފުރިހަމަކަމެކެވެ. ހަފްލާ ނިންމާލުމަށްފަހު މުލައިލް ގެއަށް ދިޔައީ ވަރަށްވެސް އުފަލުންހުރެއެވެ. ޔާނީގެ ހަނދާންތައް އެވަގުތު އާވެލުމާއެކު އެހިތަށް ތަދުވިއެވެ.

ގެއަށްވަނުމާއެކު މުލައިލް ސިހުނީ އެންމެން އެއްއަޑަކުން މަރުހަބާ ކިޔާލުމުންނެވެ. ޝިފާން، އަލާނިޔާ، މިމްރާހު އާއި އޭނާގެ އަންހެނުންގެ އިތުރަށް ތިހާމްވެސް ހުއްޓެވެ. “ޑެޑީ..ޑެޑީ..ހާދަ މޮލޭ..ކޮއްކޮ ސަޕްލައިސް ޕާތީ ބާއްވަނީ. ޑެޑީއަށް.” ދެއަހަރަށްދާ ނާނީ ދުވަމުންއައެވެ. މުލައިލް އެކުޑަކުޑަ ފުރާނަ އުފުލާލުމަށްފަހު ކޮލަށް ދޮނެއްދިނެވެ. “ހްމްމް..ޑެޑީގެ ނާނީ..މީ މަންމިގެ އައިޑިއާ އެއްތަ؟” އަލާނިޔާ އާ ދިމާއަށް ބަލައިލަމުން މުލައިލް އަހާލިއެވެ. އެޔާއެކު އަލާނިޔާ ލަދުން އިސްޖަހާލިތަން ފެނުނެވެ. އެންމެންވެސް އެދެމީހުންނަށް ވަގުތުކޮޅެއް ދެމުން އެރީ ޓެރަހަށެވެ.

“މުލް..އަހަރެން ވަރަށް އުފާވޭ މިއަދު..އައި ލަވްޔޫ.” ލަދުން ހުރެ އަލާނިޔާ އިއްވާލިއެވެ. އެވަގުތު މުޅިތަނުގައި ހިފާލީ މުލައިލްގެ ލުއި ހިނިތުންވުމުގެ އަޑެވެ. މުލައިލް އަލާނިޔާއާ ގާތްވެލުމަށްފަހު އެހަށިގަނޑުގައި ބައްދާލަމުން އެތުންފަތުގައި ބޮސްދިނެވެ. “އަންނާނަން މި މާ އޭގެ ހައްގުވެރިޔާއަށް ދީފަ..” މުލައިލް އެބުނީ ޔާނީގެ ވާހަކަކަން އަލާނިޔާއަށް އިނގުނެވެ. އޭނާވަގުތުން ބޯޖަހާލިއެވެ.

މިއަދު އަލާނިޔާގެ ހިތް ވަރަށް ސާފެވެ. ސަބަބަކީ އެ އެއެންމެން ސަލާމަތްކޮށްދިން ބަތަލާއަކީ އެއީ ކަމަށްވީތީއެވެ. މުލައިލްމެންވި ތެދުވެރި ލޯބި އެހިތްމަޑުކޮށްލިއެވެ. އެދުވަހު ޔާނީގެ ސަބަބުން އަލާނިޔާވެސް ޔާނިލާގެ ހައްޔަރުން ސަލާމަތް ވީއެވެ. ލިބިފައިވާ ހެކިތަކުން އަލާނިޔާގެ އެއްވެސް ކުށެއްނެތްކަމަށްވެސް ނިންމުނެވެ. އެއަހަރުނިމި މުލައިލްއާ އަނެއްކާވެސް ދިމާވީ މަތީތައުޅިމު ހާސިލްކުރަން އުޅުމުގެ ތެރޭގައެވެ. އަލާނިޔާވެސް މުލައިލް ދެކެ ވީ ތެވެރިލޯބިކަމުން އެލޯބި މުލައިލްގެ ހިތް އެންމެ ފަހުން ފަތަހަކުރީއެވެ. މިއަދު އަލާނިޔާއަކީ މުލައިލްގެ އަނބިމީހާކަމަށްވިޔަށް މުލައިލްގެ ހިތުގައި ޔާނީއަށް ދެގޮތެއްނުވާ ލޯބިވާކަން އޭނާ ދަނެއެވެ. ނަމަވެސް ޝަކުވާއެއްނެތެވެ. މުލައިލް އަލާނިޔާއަށްވެސް ލޯބި ދެއެވެ.

ސަހަރާތެރޭއިން މުލައިލްގެ ލޮލުން ވެއްޓުނު ކަރުނަތިކި ޖެހުނީ މުލައިލްގެ އަތުގައި އޮތް ހުދު ފިނިފެންމަލުގައެވެ. “މަރުހަބާ މައި ޑްރާމާ ކުއީން..ހަހަ..ވަރަށް މިސްވޭ..އަބަދުވެސް ލޯބިވަން..” މުލައިލް އެމަލުގައި ބޮސްދިމުނަށްފަހު އެމާ އެތަނުގައި ބާއްވާލިއެވެ.

ނިމުނީ

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ނޫރު (ފަންސާސްއެއްވަނަ ބައި)

Next

ތަޤްދީރު (18)

Next
March 19, 2018

ތަޤްދީރު (18)

Previews
March 19, 2018

ނޫރު (ފަންސާސްއެއްވަނަ ބައި)

40 Comments!

  1. Hairaan says:
    March 19, 2018 at 6:07 pm

    Reethi

    1. imagination ?? says:
      March 19, 2018 at 6:10 pm

      did u read already.???? woow.. thanks ?

  2. imagination ?? says:
    March 19, 2018 at 6:10 pm

    and story nimuni.. hope u all loved it. aslu i was sick ingey varah bodah. this fever. ehenve angaaves nulevuni. schoolah ves nudhan. miyadhu mi attend kuri. so kihineh vani vaahakaige nimun loves.. i want to say that thi dhin support ah varah bodah thanks ey. seym mi kuraa masakai balaigane rangalhu kuranvi kankan dhaskohdheythi varah ufaavey ingey. please comment about what u think of me and my story..??????

  3. imagination ?? says:
    March 19, 2018 at 6:13 pm

    also hurihaa kiyavaa kudhin here. i know u can do this. and vaguthakee hoadhyma libey ehcheh. please study hard and make ur parents proud. they really want u to get good grades. and all those alevel students like me. please focus now, give ur best. it might look difficult but it needs some attention. m just reminding myself too. haha.. also good luck to all. april exams ah. love everyone ????????????

  4. aish says:
    March 19, 2018 at 6:27 pm

    aaaarghhh..the bestttt

    1. imagination ?? says:
      March 19, 2018 at 10:13 pm

      awwn…the loveliest ???

  5. Friends says:
    March 19, 2018 at 6:40 pm

    Finally nimuny dhw. Ekam yaani maraaly ma kada .stry nimun friends ah ehaa kamaku nudhen.but stry dhiya goih v salhi.thiya kuri mashah kah ufalaa eky balaa gannah.v bodah shukuru thiya kahala stry eh genass dhinyma.haha.adhi hadhaan nethuny ey kba ruaa salaamah v goih.ebai ethuru kohla bala.april exams ah gud luck .have a great day n nyt.?????

    1. imagination ?? says:
      March 19, 2018 at 10:19 pm

      alhey..disappointing dho. ekam mee alhugandu hama plan kuri goi. aslu komme faharaku happy ending. kurin storyga ves laith got his love. shifan got his love. ehenve thafaatheh genai. ekamu yaani edhunu happy life libunehnu illu ah dho. also friends, u have always been so supportive. i love u and appreciate from the bottom of my heart love. also ruaa salaamai vi goi innane kury part ehga. she tells yus kairyga everything. thanks dear. ??????

  6. unique says:
    March 19, 2018 at 7:18 pm

    waaat ur studying a’level omg same pinch….. heheh im really vvvvvvvvvvvvvvvv upset imagination because the coolest most loveble story is over :-(:-(:-(

    1. imagination ?? says:
      March 19, 2018 at 10:21 pm

      yess. as feshi mi. alheyyy dear in sha allah varah avahah alhuganduge story eh fennaane. mikahalaehnoon. ekamuves mystery. dhen brotherly love. hope i’ll see ur comments ??

  7. Sana says:
    March 19, 2018 at 7:37 pm

    You made me cry!???
    Varah varah super mi vaahakai ge ending!??
    But yaani maraaly ma not good ?

    1. imagination ?? says:
      March 19, 2018 at 10:22 pm

      yaani dho. thas how i planned love. she wanted to sacrifice. sorry about that. i m really glad u loved the ending. thanks for staying with me till the end love ????

  8. lotus says:
    March 19, 2018 at 7:59 pm

    alhey… y did u kill yaanee? but story vvvvv nice. This is my first comment but m a huge fan of u? hope to c another story frm u soon

    1. imagination ?? says:
      March 19, 2018 at 10:24 pm

      alhey.. dear its so touching to see comments like this. i always felt that cause m young, adhi nuthibeyne yey fans eh. u proved me wrong. i love u. ?????

  9. nahu... says:
    March 19, 2018 at 8:15 pm

    vaahaka v reethi….bt nimun ehaa ekamaku nudhee

    1. imagination ?? says:
      March 20, 2018 at 2:25 pm

      sorry ? in sha allah next time i’ll make everyone happy

  10. araash says:
    March 19, 2018 at 8:16 pm

    Yaany maraa lyma kamaku nudhey..Ehn noon nama v reethi vaane

    1. imagination ?? says:
      March 19, 2018 at 10:25 pm

      sorry araash. i just ended plan kuri gothah. emmenakah abadhaku ufaaveri life eh nulibeyne. not everyone gets a happy ending dear. thanks tho. ????

  11. lailyn says:
    March 19, 2018 at 8:38 pm

    alhey yaany aa mulail aa gulhuvaafa story ninmaalinama adhi yaany marranulaaaaaaaa

    1. imagination ?? says:
      March 19, 2018 at 10:26 pm

      hey… love ur name..? yaani dho.. sorry about that. also kommes life ehga dhen alaaniyaa ah mulail ves dheyn vaanu. hahah ?????

  12. Swety says:
    March 19, 2018 at 9:08 pm

    Alhey vvvvv nice….nimunee eha a reethi…..adhives mifadha reethi vaahaka kiyaalan libeyne kamah ummeedhu kuran

    1. imagination ?? says:
      March 19, 2018 at 10:28 pm

      yess love. in sha allah libeyne hama. varah loabivey ingey,,,,????

  13. sam❤ says:
    March 19, 2018 at 9:43 pm

    Love it?

    1. imagination ?? says:
      March 19, 2018 at 10:29 pm

      love you ?

  14. Fathun says:
    March 19, 2018 at 10:21 pm

    Ninmun v v Hadi…

    1. imagination ?? says:
      March 20, 2018 at 3:56 pm

      sorry..ekam ves nimen dhen kiyaleethi varah bodah shukurihya ??

  15. nahu says:
    March 20, 2018 at 7:24 am

    Aslu yaani maraleema varah dhera…Enunas stry reethi ?

    1. imagination ?? says:
      March 20, 2018 at 3:58 pm

      sorry.. but thanks love ??

  16. awh says:
    March 20, 2018 at 3:02 pm

    great…..i will be so pleased to read…. heheheh ur a boy dhw hahahah….best of luck for ur exams….:-*

    1. imagination ?? says:
      March 20, 2018 at 3:57 pm

      nooo..hahaha seym mee girl eh. thanks. ??

  17. Nahu says:
    March 20, 2018 at 5:23 pm

    Alaniya maruvima mi stry nice vaani…Ekam salhi…Ummidh kuran miah vure reethi vaahaka eh genesh dhaane kamah

  18. Nahu says:
    March 20, 2018 at 5:32 pm

    anyways nice stry…Adhi genesh dhi bala thi gey luv stry eh…??

  19. JeonShook95 says:
    March 20, 2018 at 9:49 pm

    hey imagination I have read your story and it’s awesome, from the pictures that you have used as your cover I assume that you are a kpop fan, I would really love to read a kpop fanfiction from you.

  20. Aegi gom ? says:
    March 21, 2018 at 2:28 pm

    Alhey mioh reethi vaahaka nimuny tha ?
    Dhn knirakun tha mikahala reethi reethi vaahaka eh kiyaalan libeynee..???

  21. v stan says:
    March 21, 2018 at 4:14 pm

    woowww.. mi vaahaka varah furihama. akamu yaani maruvi dho… varah dhera. :'( but i love u. also i love ur cover picture oh moe gaahd <3 ?

    1. JeonShook95 says:
      March 21, 2018 at 7:38 pm

      hey you are an army right.me too i am also a taehyung stan

  22. JeonShook95 says:
    March 21, 2018 at 7:36 pm

    hey you are an army right.me too and i am also a taehyung stan

  23. Kim tata says:
    March 25, 2018 at 10:44 am

    Mee too guys. I guess imagination is also one. ??. I purple u imagination

  24. Reader says:
    May 5, 2018 at 4:01 pm

    Mi vaahaka dhemme mi kiyaali. Varah furihama ingey. Your writing skills hama wow. Hats off to you. At a really young age, u are doing great love

  25. Ishaa says:
    June 15, 2019 at 10:44 am

    It was a beautiful story..ur writing skills are soo wonderfull…maa sha allah

Comments are closed.



All Right Reserved!