Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން..(ފަނަރަވަނަބއި)

shama shuaib Level 410 Stories100 Comments500 Comments100 Login
March 6, 2018 3 Mins Read
21 Comments

“ކަލޭ ދޯ…މާ ރަނގަޅު މީހަކަށްވެގެން ކޮންމެހެން އެމީހުންނަށް ކަންކަން ކިޔައިދޭން ނޫޅިބަލަ. މިހާރު އެވީގޮތް ކިހާދެރަ. އެމީހުންނަށް ދެން ކަލޭ ނުވެސް ފެންނާނެ. އެންމެން ވެސް އުޅޭނީ ކަލޭ ހޯދަން..އަހަރެން ހުންނާނަން ކަލޭ ފަހަތުގަ. ސަލާމަތްކޮށްދިނީތީ ޝުކުރިއްޔާ…މޮޔަ ކުއްޖާ…މުލައިލްދެކެ ހަމަ އެހާ ލޯބިވޭތަ؟ އޭނަޔަށް ގެއްލުމެއް ވާން ނޭދި..އަދި ބަލާބަލަ ކިޔަނީވެސް އަލާނިޔާ އޭ…މާ ބޮޑަށްވެސް ޔަގީން ކުރެވޭނެ ތީ ކަން ރުއާގެ ދަރިޔަކީ..ތޭންކްސް އަގެއިން..” އަލާނިޔާ ވަނީ ގޮނޑިއެއްގައި އައްސާފައެވެ. އޭރު ޔާނިލާގެ ތުންފަތްމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

ޔާނީމެންނަށް ގެއަށް ވަދެވުނީ ދުވެފައެވެ. އޭރު މުލައިލް އޮތީ ސޯފާގައި ނިދާފައެވެ. ޝިފާންވެސް ކޮޓަރީގައި އުޅޭއަޑުއިވެއެވެ. “ޔާނީ…އަހަންނަށް ހީވަނީ އަލާނިޔާ ޔާނީ މޮޔަހައްދަނީހެން..އެއުޅެނީ މަގުއޮޅުވާލަންހެން. މުލައިލް ގާތު ނުބުނެ މިގޮތަށް އުޅުނީމަ މުލައިލްއަށް އިނގޭދުހު ހިންހަމަ އެއް ނުޖެހޭނެ. އެހެންނޫނަސް އަލާނިޔާ ނޫން ދެން ކާކު؟” މިމްރާހުވެސް ކުޑަކޮށް ހިތްހަމަނުޖެހި ހުރެ އަހާލިއެވެ. “ޔާނިލާ” އެންމެ ފަހުން ޔާނީ ބުނެލިއެވެ.ވއެއާއެކު މިމްރާހު ލޯބޮޑުކޮށްލަމުން އަނގަމަތީ އަތް އަޅާލިއެވެ. ނަމަވެސް އެއްކެއް ބުނުމުގެ ކުރިން ޝިފާން އެތަނަށް އައުމާއެކު އެވާހަކަ ބޭއްވުމަށްފަހު ދަނީކަމަށް ބުނެ އެތަނުން އަވަހަށް ދިޔައެވެ. ޔާނީވެސް ނިދަންދަނީކަމަށް ބުނެ ކޮޓަރިއަށް ދިޔައީ ޝިފާން އިތުރު ސުވާލެއް ކޮށްފާނެތީއެވެ.

މިމްރާހުއަށް ސައިކަލުގައި އިންއިރު ވިސްނެމުންދިޔައީ ޔާނީ ބުނި ޖަވާބާ ދޭތެރޭގައެވެ. ހަގީގަތުގައިވެސް އެހުރިހާކަމެއް ކުރަނީ ޔާނިލާއަށް ވެއްޖެނަމަ ރުއާގެ ދަރިއަކީ ޔާނިލާއަށްވާނެތާއެވެ. ވީއިރު އެމީހުން އަލާނިޔާއަށް ޝައްކުކޮށްގެން އެކުރެވެނީ ފޫނެއްފަޔަތް ފެންފުރުން ކަހަލަކަމެއްކަން މިމްރާހު ދެނެގަތެވެ. ހަމައެޔާއެކު އކަންތައް މުލައިލްއަށް ސިއްރުކަން ޔާނީ ބޭނުންވިސަބަބުވެސް އޭނާއަށް އިނގެއެވެ. ޔާނީ މުލައިލް އާ ގަޔާވާކަމަ މުލައިލް އުޅެނީ ޔާނިލާއާހެދިކަންވެސް މިމްރާހުވަނީ ދެނެގަނެފައެވެ. “އާހް…އެހެންވީމަ އަހަރެން މިޖެހުނީ މިކަންވެސް ޔަގީންކުރަން…އަލާނިޔާތަ؟ ޔާނިލާތަ..؟” މިމްރާހު ދިޔައީ އޭނާގެ ނަފްސާ ތަކުރާރުކޮށް އެސުވާލު ކުރަމުންނެވެ.

މުލައިލްއަށް ހޭލެވުނީ ދަންވަރުގެ ވަގުތެއްގައެވެ. ދުވަސްތަކަކށްފަހު ބިރުވެރި ހުވަފެނެއްފެނިގެންނެވެ. އޭގައި ޔާނިލާ އަންނަނީ ޔާނީ މަރާލާށެވެ. ހުންނަނީވެސް ބިރުވެރި ސިފައަކަށެވެ. މުލައިލް ހާމަކުރަނީ ޔާނީދެކެ ލޯބިވާވަރެވެ. ވީރު އެ ފެނުނީ ކޮންކަހަލަ ހުވަފެނެއްތޯ މުލައިލް ހިތާހިތާ ސުވާލުކޮށްލިއެވެ. އަބަދުވެސް ޔާނީއަށް އަނިޔާއެއް ލިބޭތީ ފެންނަ ހުވެފެން މިފަހަރު ފެނުނީ ތަފާތު ގޮތަކަށެވެ. “އަހަރެން ލޯބިވަނީ ޔާނީދެކެތަ؟ ޔާނިލާ އާ ގަޔާވެވެނީ އަބަދު މަންމަ މަތިން ހަނދާންކޮށްދޭތީ ކަންނޭންގެ…އާހް..އެކަމު އެހެން ވެދާނެތަ؟” މުލައިލްގެ ބޯހާސްވަމުން ދިޔައެވެ.

ޖެހިގެން އައިދުވަހު އަލާނިޔާ ސްކޫލަށް ނާންކަން ޔާނީއަށް އިނގުމާއެކު މުލައިލްއަށް އެހަބަރު ފޮނުވާލިއެވެ.”އޭރުވެސް ބުނީމެއްނު..އެއުޅެނީ މިހާރު އަނެއްކާ އެނެއްކުޅި ފަށަން..އޭނަ ހޯދުމުގެ މަސައްކަތް ފަށަން އަހަރެން މިންމި ގާތު ބުނެފިން. ޔާނީ ހާސްނުވޭ..” މުލައިލް ބުނެލިއެވެ. ނަމަވެސް ޔާނީއަށް ވިސްނުނީ އެހެން ގޮތަކަށެވެ. ޔާނީއަށް ވިސްނުނުގޮތުގައި ރޭ ޔާނީމެންނަށް ހުރިހާ ވާހަކައެއް ކިޔައިދުމަށް އަލާނިޔާކުރި މަސައްކަތް ބޭކާރުވެ އަލާނިޔާއާވެސްކޮންމެސް ނުރައްކަލަކާ ކުރިމަތިވީއެވެ. އެހެންވެއްޖެނަމަ ދެން ފެންނާނީ އަނެއްކާވެސް އަނެއްމަރުކަން ޔާނީއަށް ވިސްނުނު ހިނދު ނޫނެކޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. “ކިހިނެއްވީ؟؟” މުލައިލް ހާސްވެފައި އަހާލިއެވެ. އެވަގުތު އިތުރު މީހަކުވެސް އެތާނެތުމާއެކު މުލައިލްވެސް ހާސްވިއެވެ.”އިއްލު މަޑުކުރައްޗޭ….އަހަރެން އެބަޖެހޭ ދާން…” ޔާނީ ދުވެފައިކަހަލަ ގޮތަކަށް ސްކޫލުން ނުކުމެގެން ދިޔައެވެ.

ހަމައެވަގުތެވެ. ޝިފާން ވާހަކަދައްކަމުން ދިޔައީ މިމްރާހުއާއެވެ.”ހަމަ ޔަގީންތަ އެއްވެސް ފަށެއްނުފެންނަކަން..އޭގަ އިންނާނެ ރިކޯޑާރއެއް..ޔުސްގެ ކަރަކުވެސް ނެތް ފަށެއް. މަށަށް ޔަގީން ޔުސްއޭތި އެއްލާނެކަން ކޮންމެސް ތާކަށް. އޭތި ހޯދިއްޖެނަމަ އަހަރެމެންނަށް އެއީ ކާޚު ކަން ހޯދޭނެދޯ…އަޅެ ތިހާމްމެން ކައިރީ ބުނެލައްޗޭ..އަދިވެސް އެތަން ބަލާލަން. ނޫނީ އަހަރެން ގެންދަން ވީނު…” ޝިފާން ހޯދަމުންދިޔައީ ޔުސްރާގެ ކަރުގައި އިތްފަށެވެ. އެފަށަކީ ޔުސްރާއަށް ހަދިޔާއެއްގެ ގޮތުގައި ޝިފާން ދީފައިވާ އެއްޗެކެވެ. އެފަށުގެ ފުލުގައި ރިކޯޑަރެއްވީއިރު އެއިންކަން އިނގޭ ދެވަނަ ފަރާތަކީ ޔުސްރާއެވެ. ނަމަވެސް ހިތާމަޔަކީ އެފަށް އޮތްތަނެއް އަދިވެސް ނޭންގުމެވެ.

ޔާނީދުވެފައި އައިސް ވަތްއިރު މިމްރާހު އިނީ ސޯފާގެއެވެ. ޔާނީ ވަތްއަޑަށް މިމްރާހުވެސް ތެދުވިއެވެ.”މިންމި..އަލާނިޔާ ސަލާމަތްކުރޭ…ނޫނީ ޔާނިލާ އޭނަވެސް މަރާލާނެ. އަހަރެން ބޭނުމެއްނޫން އިތުރު އެކުވެރިއެއް ގެއްލޭކަށް.” ޔާނީއަށް ރޮވެންފެށުނެވެ. ޔުސްރާގެ ހަށިގަނޑު ލޮލަށް ސިފަވަމުން ދިޔައެވެ. އެފަދަ މަންޒަރެއް ދެވަނަ ފަހަރަށް ބަލާކަށް ޔާނީއަކަށް ކުޅަދާނެއްނުވާނެއެވެ. މިމްރާހުވެސް ދެރަވެލާފައި އައިސް ޔާނީ ގާތު ހިތްވަރުކުރަން އެދުނެވެ. ދެރަވެފައި ހުރި ޔާނީއަށް މިމްރާހުގެ ގައިގައި ބައްދައިގަނެވުނެވެ. އެވަގުތަކީ ޔާނީގެފަހަތުން މުލައިލްވެސް ދުވަމުންއައިސް ގެޔަށްވަތް ވަގުތެވެ. ފެނުން މަންޒަރު ގަބޫލު ކުރަން މުލައިލް ބޭނުމެއްނުވިއެވެ. ޔާނީ އެހެން މީހެއްގެ ގައިގައި އެގޮތަށް ބައްދައިގެން ހުރުމަކީ އޭނާއަށް ރުހެވޭ ކަމެއް ނޫނެވެ.

މުލައިލް އަށް ވީގޮތްފެނި މިމްރާހު ޔާނީ ގަޔާ ދުރުކޮށްލަމުން ހިތްވަރު ދިނުމަށްފަހު ކޮޓަރިއަށް ފޮނުވާލިއެވެ. “މުލައިލް..ޔާނީ ވަރަށް ހަނދާންވޭ ޔުސްދައްތަ މަތިން އަބަދުވެސް..މުލައިލްގެ އެހީއަދިވެސް ޔާނީ ވަރަށް ބޭނުންވޭ..ތީ ޔާނީ އެންމެ އިތުބާރުކުރާ ފަރާތް..އަހަރެން އެ ގާތިލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިދަނީ ކުރަމުން. ޔާނީ ރަނގަޅަށް ބަލާތި.”  މުލައިލްވެސް ބޯޖަހާލިއެވެ.

ކޮޓަރިއަށް ވަތް ޔާނީ އެހުރިގޮތަށް ހުރެ އަލަމާރި ހުޅުވާޅުމަށްފަހު ކުޑަ ދަޅެއްނެގިއެވެ. އަދި އޭގައިވާފަށް ނެގިއެވެ. އެއީ ޔުސްރާގެ ހަށިގަނޑު ފެނުން ދުވަހު އެތަނުން އޭނާހޮވި ޔުސްރާގެ ފަށެވެ. އެފަށަކީ ކިހާ މުހިއްމު އެއްޗެއްކަން ނޭންގޭހާލު ޔާނީ އޭތި އަނބުރާ ދަޅަށްލުމަށްފަހު އަލަމާރި ތަޅުލިއެވެ.

***

މުޅިތަން އަނދިރިވެފައި ވީއިރު އިވެމުންދިޔައީ އަލާނިޔާގެ ރުއމުގެ އަޑެވެ. މީހަކު ވަރަށް ބާރަށް އޭނާގެ ގައިގައި ތަޅަމުން ދިޔަ އަޑު އިވެމުން ދިޔައެވެ.”ކަލޭ….އުޅުނީ އަހަރެންގެ ވާހަކަ ބުނަން. ކަލޭ އުޅުނީ މާ އަނގަ ގަދަ ވާންވެގެން. އަދި އަހަރެން ކަލޭ މަރައެއް ނުލާނަން.. އަހަރެން ބޭނުންވަނީ ދުވަހަކުވެސް އަހަރެންގެ ހަނދާންތައް ނުފިލާނެހެން ކަލޭގައިގަ ލަކުނު ލާން. މި ބިރުވެރިކަމުގައި އުޅުންކަން އަބަދުވެސް ހަނދާންކޮށްދޭން…އަދި އެމުލައިލްވެސް ބުންޏެއްނު..މަށަކީ ސައިކޯ މީހެކޭ…އޭނަޔަށް ނުވިސްނޭ އޭނަ ލޯބިވަނީ ކާކުދެކެ ކަންވެސް…”

އަނެއްކާވެސް ޔާނިލާ އޭނާ ގެންގުޅުނު ދަނޑިބުރިން އަލާނީޔާގެ ގައިގައި ތަޅައިގަތެވެ

***

ބުރަދުވަހަކަށްފަހު ޝިފާން އެނދުގައި އޮށޯވެލީ ވަރުބަލިވެފައިވާލެއް ބޮޑުކަމުންނެވެ. އެކަނިމާއެކަނި އެހެން އޮންނަން ޖެހުމުން ޔުސްރާގެ ހަނދާންތައް އާވާންފެށިއެވެ. އެދެމީހުން އެންމެ ފުރަތަމަ ދިމާވީ ކްލިނިކަކުންނެވެ. އެންމެ ފުރތަމަ ފެނިލުމުންވެސް ޔުސްރާ ޝިފާންގެ ހިތް އަތުލިއެވެ. އެދުވަހުގެ ފަހުން އަބަދުވެސް މަސައްކަތައް ފަރުވާކުޑަކޮށް ހިޔާލެއް ފިކުރެއްނެތި އުޅެމުން އައި ޝިފާން މުޅިން ބަދަލުވިއެވެ. ޔުސްރާއަށް ފާހަވޭތޯ ގަޑީގެ ކުރިން އައުމާ، ކުރާ މަސައްކަތް ވަރަށް ފުރިހަމައަށް ކުރަންފެށިއެވެ. ކަން ވީވެސް އެހެނެވެ. ޔުސްރާއަށް ޝިފާން ފާހަގަވެ އެދެމީހުންގެ މެދުގައި ރަހުމަތްތެރިކަން އުފެދިގެން ދިޔައެވެ.

ދުވަސްތައް ފާއިތުވަމުންދިޔަވަރަކަށް ޝިފާންއަށް ޔުސްރާއަކީ މާޒީ ހަނދާންނެތިފައިވާ މީހަކު އަމިއްލަ ކޮއްކޮ ފަދައިން ބަލަމުން އަންނަ ހެޔޮ މީހެއްކަން އިނގުނެވެ. އަލާނިޔާ އަދި ޝިފާން ބައްދަލުވި ދުވަހު އަލާނިޔާ އޭނާގެ މައުސޫމުކަމުން ޝިފާންގެ ހިތް ފަތަހަ ކުރިއެވެ. އެދުވަހަށްފަހު ޝިފާންވެސް އަލާނިޔާ ދެކެމުން އައީ އަމިއްލަ ކޮއްކޮފަދައިންނެވެ. ޔުސްރާއާ ގުޅުންބަދިހިވި އެންމެ ބޮޑު އަނެއްސަބަބަކީ އަލާނިޔާއަށް ވީއިރު ޝިފާންގެ ހިތް އަލާނިޔާއަށްޓަކާ ޝުކުރުން ވީ ފުރިފައެވެ. އެމީހުންނަށް ދިމާވި އެ ބިރުވެރި ކަމުގައި ޝިފާން ވީވަރަކުން އެހީވިއެވެ. އެކަމުގެ ތެރޭގައި ޔުސްރާޥެސް ޝިފާންދެކެ ލޯބިވިއެވެ. ބިރުވެރި ދުވަސްތަކަކަށްފަހު ހަތަރުމީހުން އަނެއްކާވެސް  އުފާވެރިކަން ހޯދިއެވެ. ނަމަވެސް ދެން އައީ ޝިފާންވެސް އަދި ޔުސްރާވެސް އެންމެ ދެރަވީ ދުވަހެވެ. ދެމީހުން ދަރިއެއް ފަދައިން ބަލަމުން އައި އަލާނިޔާ ހިތާމަވެރިގޮތަކަށް ދުނިޔެ ދޫކޮށްދިޔައީއެވެ. އެދުވަހުގެ ފަހުން ދެމީހުންގެ ހަޔާތުންވެސް ބައެއް މަދުވިފަދައެވެ. ދެމީހުން ދެމީހުންގެ ހިތްވަރަށް ވެގެން ކެތްކުރީއެވެ. ނަމަވެސް މިއަދު ޝިފާން އެވަނީއެކަނިވެފައެވެ. އޭނާއާ އެކު މިއަދު ވަނީ ހަމައެކަނި ޔުސްރާގެ ހަނދާންތަކެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އަނދިރިފަރާތް 23

Next

ޝީން (ދިހަވަނަ ބައި)

Next
March 6, 2018

ޝީން (ދިހަވަނަ ބައި)

Previews
March 6, 2018

އަނދިރިފަރާތް 23

21 Comments!

  1. imagination ?? says:
    March 6, 2018 at 4:01 pm

    hey everyone….miothy varah kurukoh upp kohllaafa cause dhen othy last part. e bai fudheyvarakah dhiguvane. and ebai in sha allah on friday ingey..hope u all will wait. also i know mi bai varah kurukan ingeyy… much love. also please pray for me. i have an exam maadhan

  2. Friends says:
    March 6, 2018 at 4:07 pm

    First dhw

  3. Friends says:
    March 6, 2018 at 4:20 pm

    Haadha avahakah seyma stry thi nih maalaniyy.ekam stry v furihama.bunaane ehcheh vess neh.keep it up .waiting 4 next part.
    Best of luck u exam.???????????

  4. Unique says:
    March 6, 2018 at 5:03 pm

    Oh imagination luv u nd ur stories

  5. Fathun says:
    March 6, 2018 at 5:25 pm

    V v reethi..mi story….waiting…

  6. Pinky shifoo says:
    March 6, 2018 at 6:01 pm

    Mi part vx v v v reethi ❤️❤️❤️… Waiting for next part ingey ???… All the best for ur exam imagination
    ???… Lots of love and take care ??????

  7. Min says:
    March 6, 2018 at 6:11 pm

    Vvvvvvvvvvvvvvvv loabi mi Bai ves ? ? ? ?

  8. araash says:
    March 6, 2018 at 6:38 pm

    Nice..V v v salhi

  9. Liaa says:
    March 6, 2018 at 7:13 pm

    Hello Imagination?. Miyadhu Liaa mi kiyaalee mi story feshigen mi hisaabah. V salhi. Keep it up, dear! 🙂 ?

  10. Tae is my Bae says:
    March 7, 2018 at 2:34 pm

    Woah I clicked on this story as soon as i saw V my bias

  11. Friends says:
    March 9, 2018 at 8:02 pm

    Heyy seyma dear kba.

  12. araash says:
    March 9, 2018 at 11:10 pm

    Kba stry

  13. Angel afy says:
    March 10, 2018 at 2:51 am

    hi mi story v reethi i’m waiting for next part eagerly this is so nice so luvly v inthixaaru kurevey mivaahakayah kmme parteh ves kiyan baraabarah ekamu comment nukohleve sry for tha v salhi mivaahaka ves

  14. Angel afy says:
    March 10, 2018 at 2:51 am

    hi mi story v reethi i’m waiting for next part eagerly this is so nice so luvly v inthixaaru kurevey mivaahakayah kmme parteh ves kiyan baraabarah ekamu comment nukohleve sry for that v salhi mivaahaka ves

  15. Imagination says:
    March 12, 2018 at 5:57 pm

    Hey.. In sha allah maadhan ingey.. Internet nethyma hama nuvegen

  16. lg says:
    March 15, 2018 at 6:57 pm

    kobaa story??this is a nice story

  17. Angel says:
    March 16, 2018 at 11:03 am

    Koba story?

  18. Friends says:
    March 16, 2018 at 9:16 pm

    Seyma !!!!!!!!!!!.dear ok tha.ok ee aa stry avahah up kohdhy bala.hama dhen v goih balaa lab beynun vaa thiyy ingey

  19. Dhimm says:
    March 17, 2018 at 11:57 am

    Waiting for the next part <3

  20. Eleven says:
    March 17, 2018 at 1:22 pm

    Kobaa tha next part???☹

  21. Angel says:
    March 18, 2018 at 7:23 pm

    Please upload the story ..

Comments are closed.

Next Episodeލޯބިވަން……(ފަހުބައި)←


All Right Reserved!