Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތާރާ….5

fiza Level 1
March 14, 2014 5 Mins Read
30 Comments

ތަރަފް އެކިއެކި ވާހަކަދައްކަމުން ގޮސް ލަންކާގައި މިރާން އުޅެނީ ކޮންތާކުތޯ ސުވާލުކޮށްލިއެވެ. އެއާއެކު މިރާންއަށް ބަލާލެވުނީ ނާއިފްއަށެވެ. ތަރަފް ސުވާލުންފުރިގެންވާ ނަޒަރަކުން އެދެމީހުންނަށްބަލަން ހުރީ ޖަވާބެއްގެ އިންތިޒާރުގައެވެ. “ރައްޓެހި ކުއްޖެއްގެ ގޭގައި އުޅެނީ… ރައްޓެހިންތިއްބާ ކިހިނެތް ހޮޓަލެއްގަ އުޅޭނީ…. އެކަމަކު އޭނަ ދެތިންދުވަސްފަހުން މާލެ ދާންއުޅެނީ …އެހެންވީމަ ހޮޓަލަކަށް ބަދަލުވުންނޫންގޮތެއް ދެން ނޯންނާނެތާ..” މިރާންގެ ވާހަކަތައް އަޑުއަހަންހުރި ތަރަފްގެ މޫނު އަލިވެގެންދިޔައެވެ.

“ކީއްކުރަން ހޮޓަލަކަށް ބަދަލުވަނީ … މިހާރު އަހަރުމެންވެސް ރައްޓެހިންނަށް ވީއެއްނުން… އަހަރުމެންގެއަށް ބަދަލު ވާންވީއެއްނުން… ދެން ރަޔާން ތިކުރަންއައި ކަންތަކުގައި އަހަންނަށްވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވިދާނެތާ….” ތަރަފް ލިބުނު ފުރުސަތުގެ ބޭނުންހިފާލިއެވެ. ރަޔާން ކަހަލަ ޅަޒުވާނުންގެ ބޯކާލުމަކީ މިހާރުއޭނާއަށް އާކަމެއްނޫނެވެ. ތަރަފްގެ ހިތުގައި އެތައްކަމެއް ރާވާލަމުން ހިނިތުންވެލީ އޭނާގެ ހުރިހާ ކަމެއްހައްލުވެދާނެ ކަމުގެ ފެހިސިގްނަލަކީ ރަޔާންކަމަށް ހިތައް އަރުވާލަމުންނެވެ.

މިރާންއަށް އެއްމިޔަކުން ހީލެވުނީ އެއީ އޭނާއިންތިޒާރު ކުރިޖަވާބު  ތަރަފްގެ ފަރާތުން އެހާފަސޭހައިން ލިބުނީތީއެވެ. މާބޮޑު މަސައްްކަތާނުލާ ތަރަފް އޭނާގެ މަޅީގައި ޖެހިދާނެއޭ އޭނާގެ ހިތަކަށް އެއްވެސް ގޮތަކަށް ނާރައެވެ. އެހެނަސް އެމީހުންގެ ބަލިފައި ކަމުގައިވާ “ލާރި” އެހުރިހާކަމެއް ފަސޭހަކޮށްދީފިއެވެ. ދެންއޮތީ އޭނާގެ ސިކުނޑިބޭނުންކޮށްގެން އޭނާގެ ބައްޕަގެ ހައްގުތަށް ހޯދުމެވެ. އެކަން ފަސޭހަކަމަކަށް ނުވާނެއެވެ.

ސާހިލްއާއި މިރާން ބޭނުންވިގޮތަށް ކަންތައް ދިޔުމުން ދެމީހުންވެސް ތިބީ ހިތްހަމަޖެހިފައެވެ. ދެން ކަންތައް ކުރަންވީގޮތާމެދު ދެމީހުންމަޝްވަރާކުރަމުންދިޔައެވެ. “މަންމަވެސް ގުޅާފަބުނީ މިހާރު މާމަގެ ހާލު ވަރަށްދެރައޭ… މިރާންއެގެއަށް ބަދަލުވީމަ އަހަރެންގޮސްދާނަން މާލެއަށް… ކޮންމެގަތަކަށްވިޔަސް އަހަރެންބޭނުމެއްނުވޭ މިރާންމިގެއިންފެނިގެން  ހަގީގަތް އޭނާއަށް އެގޭކަށް..” ސާހިލްގެ އެހިޔާލަށް މިރާން ތާއީދުކުރިއެވެ. އެހެންނޫނަސް އެއްވެސް ހާލެއްގައި އޭނައާއި ހެދީ ޒަރީރުއަށް އެއްވެސް ކަހަލަ ދެރައެއްލިބޭކަށް އޭނާނޭދެއެވެ. ފަހަރެއްގައި ކުރެވޭ ކަމަކުން އެމީހުންނާއި އޭނާއާއި އޮންނަ ގުޅުން އެގިއްޖެއްޔާ ތަރަފްއަށް ހަގީގަތް އެގުން ލަހެއްނުވާނެއެވެ. އޭނާ ކުރަންއުޅޭ ކަންތަކުގައި އެއްވެސް ގޮތަކަށް އެއާއިލާއަށް ވައިވެސް އެޅޭކަށް އޭނާބޭނުމެއްނޫނެވެ. އެމީހުން ލަދުގަންނަަން ޖެހޭވަރުގެ ކަމެއް ކުރެވިދާނެތީ ބައެއްފަހަރު ޖެހިލުންވެސްވެވެއެވެ. އެހެންނަސް ބައްޕައަށްޓަކައި އެނޫންގޮޮތެއްނެތެވެ. ޒަރީރުމެން ލަންކާއަށް އަންނަންވާއިރަށް އޭނާގެ މަގްސަދު ހާސިލްކުރުމަށްފަހު ފުރައިގެންދާނީއެވެ. ތަރަފްއަށް އޭނާއެއްވެސް މައުލޫމާތެއް އޭރުން ނުހޯދޭނެއެވެ.

ޖެހެމުންދިޔަ ފިނިފިނި ވައިރޯޅީގެ އަރާމުކަން ލިބިގަންނަމުންދިޔައިރު ތާރާގެ ހިތަކަށް ފިނިކަމެއް އިހްސާސެއް ނުކުރެވެއެވެ. ބެލްކަނީ ގޮނޑީގައި ހަމަޖެހިލައިގެން އޮތްއިތު އޭނާގެ ބަސްނާހާހިތް އެދިގޮވަނީ އެންމެއަޑަކަށެވެ. ކިތަންމެ ވަރަކަށް ނުވިސްނަން އުޅުނަސް އެނޫންކަމަކާ ދޭތެރޭވިސްނޭގޮތެއް ނުވެއެވެ. އެދުވަހުގެ ހާދިސާއަށްފަހުވެސް އެޒުވާނާދެކެ ރުޅިއެއްނާދެވުނެވެ. އޭނާއަށް ތާރާގެ ހަގީގަތް އެގޭނަމަ އެގޮތަށް ކަންތައް ނުކުރާނެއޭ އޭނާގެ ހިތްބުނެއެވެ. ރުޅިއައިސް އެއްޗެހި ގޮވިއިރުވެސް އެއަޑުގައި ހުރި ފިރިހެންވަންތަކަން އޭނާގެ ހިއްސުތަކަށް އެގުންކުރުވިއެވެ. އަދިއެއްފަހަރުނަމަވެސް އެއަޑު އަހާލާހިތްވަނީ ކީއްވެކަމެއް ނޭގެއެވެ. ބެލްކަންޏަށް ނިކުމެލާކޮންމެ ވަގުތަކު އެނާގެ ހިތްތެޅިލަނީ އެޒުވާނާއާއި ބައްދަލުވުމަށް އެދިގޮވަމުންނެވެ.  ކޮންމެފަހަރަކު އޭނާގެ ހިތް މާޔޫސްވެ އޭނާގެ ނުކުޅެދުންދެރިކަމާމެދު ވިސްނާލެވެއެވެ. ލޮލަށްފެންނަ ނަމަ އެއްފަހަރުވެސް އޭނާދެކިލުމުގެ ޝަރަފު ލިބިގަތީހެވެ.

ސާހިލް މާލެއަންނަވާހަކަ ބުނުމުން ހަނީފާ ފުރަތަމަ އެކަމާ ދެކޮޅުހެދީ މިރާންއެކަނި ވާނެވާރު ހިތައްއެރުމުންނެވެ. އެހެންނަމަވެސް މިރާން ކުއްލިއަކަށް ފުރައިގެންދާވާހަކަ ބުނުމުން އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. އަނެއްކާވެސް މިރާންއޭނާއަށް ގެއްލެނީބާވައެވެ. ދެން މިރާން ފެންނާނެ ކޮންދުވަހަކުންބާވައެވެ. ހަނީފާގެ ޝަކުވާއަކަށްވީ އެމީހުން އަންނަންދެން މަޑުނުކޮށް ދާތީވެއެވެ. އޭނާބޭނުންވިވަރަށް މިރާންއަށް ހިދުމަތެއްވެސް ކޮށްނުދެވުނެވެ. މިރާން އެތައް ވާހަކަތަކެއް ދައްކައިގެން ހަނީފާ ހަމައަކަށް އެޅުނެވެ. އޭނާއަދި އެނބުރިއަންނާނެ ކަމާއި އަބަދުވެސް ހަނީފާއަށް ގުޅާނަކަމަށް ވައުދުވިއެވެ.

“މިރާން ބްރޯ.. އަހަރެންނަށް ކުރެވެން ހުރިކަމެއްވީއްޔާ ކޮށްދޭނަން… މަންމައެކޮޅުގައި ވީހާ ގިނަދުވަހަކަށް ހިފެހެއްޓޭތޯ ބަލާނަން. .. މިހެންބުންޏަސް އެއްމަހަަށްވުރެ ދިގު ނުކުރާތީ.. ވީހާވެސް އަވަހަކަށް ތިކުރަން އައި ކަންތައް ކޮށްލާފައި ފުރައިގެންދާތީ… މަންމައަށް ކިރިޔާވެސް މިކަންތައް ރޭކާ ލައިފިއްޔާ އަހަރުންގެ ދުވަސްދުއްވާލާނެކަން ޔަގީން….އަދި ކިޝަންމެންނަށްވެސް ނުފެނި އުޅެވޭތޯ ބަލާތީ….އެންޑް ޑޯން ފޮގެޓް ޓު އަޕްޑޭޓް މީ….” މިރާންގެ ކޮނޑަށް އަތް ވައްޓާލައިގެން ހުރެ ޑިޕާޗާ ޓާމިނަލްއާއި ދިމާއަށް ދިޔައިރު މިރާންހުރީ ހިމޭނުންނެވެ. އޭނައަށްޓަކައި ކޮއްކޮއެއްފަދަ އެއެކުވެރިޔާ ކޮށްދޭކަންތައް ދުވަހަކުވެސް ހިތަކުން ފިލައިގެންނުދާނެއެވެ. އެކަހަލަ ކޮއްކޮއެއް ލިބުނީތީ އޭނާމިއަދު ފަހުރުވެރިވެއެވެ. ސާހިލްވެސް މާލެދާން ނިންމީ ކޮންމެހެން ދާހިތަކުން ނޫނެވެ. އެހެންނަމަވެސް އޭނާ ލަންކާގައި ހުރެގެން މިރާންގެ މަސައްކަތަށް ބުރޫއެއްއަރާކަށް ބޭނުންނުވާތީ އެގޮތަށް ކަންތައް ކުރަން ޖެހުނީއެވެ. މިރާންއަށްޓަކައި އޭނާހުރީ ކޮންމެފަދަކަމެއް ކުރަންވެސް ތައްޔާރަށެވެ. އެއްބަނޑުއެއްބަފާ ބޭބޭއެއް ނެތްކަމުގެ އިހްސާސް އޭނާއަށް ނުކުރެވެނީ މިރާންގެ ސަބަބުންނެވެ. މިރާންފަދަ ބޭބެއަކު ލިބޭނީ ނަސީބު ގަދަ މީހަކަށެވެ.

ސާހިލް ފުރުވާލާފައި މިރާން ގެއަށް އައިސްވަނުމާއެކު އެކަނިވެރިކަން އިހްސާސްކުރެވުނެވެ. އެދުގައި އެތައް އިރެއްވަންދެން އޮވެފައި ފޯނު ނަގައި ތަރަޕްއަށް ގުޅާލިއެވެ. ތަރަފް ހުރީ ވަގުތުންވެސް މިރާން ބަލާއަންނަގޮތަށެވެ. އެހެންނަމަވެސް މިރާން އެކަމަށް ހުރަސްއެޅީ އޭނާހުންނަނީ ޖެހިގެން ހުރިގޭގައި ކަން ތަރަފްއަށް އަންގަން ބޭނުންނުވާތީއެވެ. އޭނާ މިރޭގެ ވަގުތެއްގައި އަމިއްލައަށް އައިސްދާނެކަމަށް ބުނެލުމުން ތަރަފް އެގޭގެ އެޑްރެސް ދިނެވެ.

ތަރަފްގެ އެދުމުގެ މަތިން އެރޭގެ ކެއުން ވަރަށް ފުރިހަމައަށް ތައްޔާރުކުރެވުނެވެ. މުޅިގެވެސް އެއްކޮށް ސާފުކުރުވައި ހުރިހާދިމާލަމުން ވެސް މޫނު ފެންނަ ވަރުކުރިއެވެ. އޭނާ ބޭނުންވީ ރަޔާންއަށް އޭނާގެ ހުރި ތަނަވަސްކަން ދައްކާލުމަށެވެ. ދުންޔާވެސް ތަރަފްގެ ފަރާތުން އެގެއަށް އެހާ މުއްސަދި މީހަކު އަންނަކަން އެގިގެން ނަލަ ހެދިލާފައި ހުރިހީވަނީ ޕާޓިއަކަށް ދާންތައްޔާރުވެގެން ހުރިހެންނެވެ. މޫނުގައި ހާކާފައި ހުރި ކުލަތަކުގެ ސަބަބުން އޭނާގެ އަސްލުސިފަ ވަނީ ގެއްލިފައެވެ. ލައިގެން ހުރީ ގަޔަށްބާރު އަދި އެހާ ނިވާކަންކުޑަ ހެދުމެކެވެ. ކަރުވަޅު އެހާބޮޑުވެފައި ހެދުން ކުރުކަމުން ފައިގެ ފަލަމަސްގަނޑުން ބޮޑުބައެއް ހާމަވެއެވެ. ތަރަފްވެސް އެކަމަކާއި މާބޮޑަށް ފަރުވާލެއް ނުބެހެއްޓިއެވެ. އޭނާދެކޭ ގޮތުގައި އެގޮތަށް ހެދުންއަޅައިގެން ތިބުމަކީ ވެސްޓާން ސްޓައިލެކެވެ. ޖަމީލާ އަވަދިނެތި މަސައްކަތުގައި އުޅެމުންދިޔައިރުވެސް ދޭތެރެއަކުން ތާރާއާއި އައިކްގެ ހާލު ބަލާލަން އެކޮޓަރިއަށް ވަދެލައެވެ. ތަރަފްއަކީ އާންމު ގޮތެއްގައި އޭނާގެ ރައްޓެހިންއެގެއަށް ގެންނަ މީހެއްކަމުން ތާރާ ހީކުރީ މިފަހަރުވެސް ހަމައެކަނި ރޭގަނޑުގެ ކެއުމަކަށް އަންނަ މީހެއް ކަމަށެވެ. ޖަމީލާއަށްވެސް ހީވެފައި އޮތީ އެހެންނެވެ. ކެއްކުމުގައި އަވަދިނެތި އުޅުނިއިރު އެހެން ކަމަކަށް އޭނާގެ ސަމާލުކަމެއް ނުދެއެވެ.

ގޭގޭ ބެލްޖެހި އަޑުއިވުމާއެކު ޖަމީލާގޮސް ދޮރުހުޅުވާލިއެވެ. އެއާއެކު އޭނާ ހައިރާންވީ ކުރިމަތިން ފެންނަން ހުރި ޒުވާނާފެނުމުންނެވެ. އެއީ ކުރީ ދުވަހު ބެލްކަނިން ފެނުނު ޒުވާނާއެވެ. މިރާންއަށްވެސް ލިބުނީ ޝޮކެކެވެ. މީ އޭނާހަނދާންނެތިފައިވާ ތަންކޮޅެކެވެ. ޖަމީލާއަށް އޭނާ އުޅެނީ ޖެހިގެން ހުރިގޭކަން އެގޭކަން އޭނާގެ ސިކުނޑިން ނައްޓާލާއިގެން ދިޔައީ ކިހިނެތްހެއްޔެވެ. ކިތަންމެ ވަރަކަށް ޕްލޭން ކޮށްގެން އައިކަމުގައި ވިޔަސް މިއޮތީ ގޯހެއް ހެދިފައެވެ. މޫނުމަތީގައި ހުރި ހިނިތުންފިލާގޮސް މީހާ ހާސްވާގޮތްވިއެވެ. ދެންކަންތައް ކުރާނެ ގޮތަކާމެދު ވިސްނާލާނެ ފުރުސަތެއް ނުލިބެނީސް ފެނުނީ ތަރަފްގެ ދެމަފިރިން އައިސް ހުއްޓުނުތަނެވެ.

” ހެލޯ ރަޔާން…ވެލްކަމްޓު މައި ހޯމް…މިގެ ހޯދަން އުގަދުލެއް ނުވޭތަ؟؟؟ އާންމުކޮށް މިގެއަށް އަންނަ މީހުންނަށް ވަރަށް އުނދަގޫވޭ މިގެހޯދަން…. ” ތަރަފްހިނިތުންވެލަމުން ވާހަކަދެއްކިއިރު މިރާންގެ ލޯއަމާޒުވެފައި ހުރީ ޖަމީލާއަށެވެ. ޖަމީލާހައިރާންވިއެވެ. ޖެހިގެން ހުރިގޭ ހުރިމީހަކު މިގެއަށް އަންނަން ނޭގިހުރެދާނެހެއްޔެވެ. ވާނުނާ ނޭގި ސުވާލުންފުރިިގެންވާ ނަޒަރަކުން އެދެމީހުންނަށް ބަލަން ޖަމީލާއަށް ހުރެވުނެވެ.

“ހެހެހެހެ… މިގެއަށް އައުމުގެ ކުރިން ހިތައްއެރި ތަރަފް ފޮނުވި އެޑްރެސް އެގޭތޯ އެގޭގައި އުޅޭ މަސައްކަތުމީހާ ކައިރިން އަހާލާނީއޭ… އެނާ ހިކުރީ އަހަރެން ސަމާސަ ކުރަނީ ކަމަށް .. އޭނަ މާވަރަކަށް ހޭތީވެ އެހީމަ ބުނި މީ ޖެހިގެން މިހިރަ ގޭގެ އެޑްރެހޯ… ނަސީބެއްނުން ޓެކްސީއަކަށް ނޭރުނުކަން …އެހެންނޫންނަމަ އެމީހަކު ބުނާނެކަންނޭގެ މޮޔައިން އުޅޭތަކަނަކުން އައިސް ހުރި މީހެކޭ….” މިރާން ވަރަށް ހަމަޖެހޭ ގޮތް ދައްކަމުން ވާހަކައެއް ހަދާލިއެވެ. ޖަމީލާ އެތާ ހުރުމުން އޭނާއުޅުނީ އެހެން ގެއެއްގައި ކަމަށް ބުނަން ޖެހިލުންވީއެވެ.

ތަރަފްވެސް އަށްވެސް ހައިރާންކަން ލިބުނެވެ. އެގޭގައި އުޅެނީ ރައްޓެއްސެއްކަމުގައި ނުވިޔަސް އޭނާ ދަންނަ އާއިލާއެކެވެ. ވަގުތުން އެއާއިލާއާއި މިރާން ދިމަވީ ކިހިނެތްތޯ އަހާލިއެވެ. މިރާންގެ ޖަވާބަކަށްވީ އެގޭގައި އުޅޭ ފިރިހެންކުއްޖާއާއި އޭނައާއި ދިމާވީ ފޭސްބުކުން ކަމުގައެވެ. އަދި އެއާއިލާއާއި ދިމާވި މީ ފުރަތަމަ ފަހަރުގައިވެސް ބުނެލީ މީހަކަށް އޭނާހަދަނީ ދޮގުކަން ނޭގޭހާ ވެސް ފަރިތަކަމާއެކުގައެވެ.

ދުންޔާއަށް ހުރެވުނީ ޖެހިބުދެއްހެން މިރާންއަށް ބަލަހައްޓައިގެންނެވެ. ހާދަހާވެސް ފުރިހަމަ އިންސާނެކެވެ. ހިތްތައް ކަތިލާފަދަ ބެލުމެވެ. ފިރިހެންވަންތަ ހަށިގަނޑެކެވެ. ލިބިފައި ހުރި އިސްކޮޅާއި ހަމުގެ ކުލައިގެ ސަބަބުން ހީވަނީ ޔޫރަޕް ހިސާބުގެ ޒުވާނެއްހެއްނެވެ. ލައިގެން ހުރި ސޯޓުބުރިއާއި ކަޅު ޓީޝާޓުގެ ސަބަބުން ވަކިން ހިތްގައިމު ގޮތަކަށް ދައްކައެވެ . ދުންޔާއަށް ހޭވެރިކަންވީ ތަރަފް އޭނާގެ އަތުގައި ކޮއްޓާލުމުންނެވެ.

“ދުންޔާ….. މީ ރަޔާން …އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް….ރަޔާން މީ އަހަރެންގެ އަންހެނުން ދުންޔާ…” ތަރަފް އެދެމީހުން ތައާރަފް ކޮށްދިނެވެ. ތަރަފް ކޮންތާކުން ހޯދައިގަތް ތަރިއެއްބާވައޭ ދުންޔާގެ ހިތައް އެރިއެވެ. އާންމު ގޮތެއްގައި ތަރަފްގެ ތިބެނީ އުމުރުން ތަންކޮޅެއް ދުވަސްވީ ރައްޓެހިންނެވެ. މިކަހަލަ ރީތި ހުސްކޮށްފައި ހުރި ޒުވާނަކު އަންނަކަން އެގުނުނަމަ އޭނާ ތައްޔާރުވާނީވެސް ސެލޫންއަކަށް ގޮހެވެ. އަވަސްއަވަހަށް އިސްތަށިގަނޑުގައި އަތް ހިންގާލަމުން ކުރިއަށްވުރެ ތުއި ވެލަމުން މިރާންއާއި ސަލާމްކޮށްލިއެވެ.

ދުންޔާގެ ހަރަކާތް ހުރިގޮތުން މިރާންއަށް ހެވެން އުޅުނެވެ. މިނިކުމެވުނީ ކިހާވަރެއްގެ މައިދާނަކަށް ހެއްޔެވެ. ތަރަފްއަށްވުރެ އޭނާ ސަމާލުވާންޖެހޭ ފަރާތެއް ހުރިކަން ވިސްނާލެވުނީ ދުންޔާގެ އެބެލުމާއި އޭނާގެ އަމަލުތައް ހުރިގޮތުންނެވެ. ކާންއިންއިރުވެސް ދުންޔާގެ ނަޒަރުން މިރާންހުރީ އުދަގޫވެފައެވެ. ތަރަފްއަށް އެކަމުގެ އެއްވެސް ކަމެއްރޭކާއެއްނުލައެވެ. މިރާންއަށް އެނާއަކީ ކިހާވަރެއްގެ މުއްސަންޖެއްކަން އަންގައިދޭން އުޅުނުއިރު އެއިން އެއްވެސް ކަމެއް ނުފެންނަކަހަލައެވެ. ތަރަފްއޭނާގެ މައިންބަފައިން މިދުނިޔެއާއި ވަކިވެގެން ދިޔަ ހާދިސާކިޔާދިނުމާއެކު ކުއްލިއަކަށް މިރާން ހަނދާންވީ ތާރާމަތިންނެވެ. ތާރާ ކާންވެން ނުނިކުންނަނީހެއްޔެވެ. މިރާން ވަރަށް ނޫންކަމަށް ހަދާފައި އެގޭގައި އުޅެނީ ކޮންބައެއްތޯ އަހާލީ ޖަމީލާ ސިޑިންއަރައިގެން ދިޔަތަންފެނުމާއެކުއެވެ. ތާރާގެ މަތިން ހަނދާންވީއްސުރެން  އޭނާ އިންތިޒާރުކުރަމުންދިޔައީ ޖަމީލާއެތަނުން ދާނެ ވަގުތަކަށެވެ. ޖަމީލާހުއްޓާ އެސުވާލު ކުރަން ޖެހިލުންވީ ފަހަރެއްގައި ބުނެވޭ އެއްޗަކުން އޭނައަށް ޝައްކުވެދާނެތީއެވެ.

“މިގޭގަ މާގިނަ މީހުންނެއް ނޫޅޭނެ… އަހަރެންގެ ކޮއްކޮ ތާރާއާއި އޭނަގެ ދަރިފުޅާއި ދެން މަސައްކަތް ކުރާ ދެ ބިދޭސިން…ދެންމެ މިތާ ހުރެފަ އެދިޔައީ ކޮއްކޮ ބަލަން ގެނެސްހުންނަ ދިވެއްސެއް ޖަމީލާ……ދިމާވި އެކްސިޑެންޓެއްގައި ލޯއަދިރި ވީފަހުން އެކަނި އުޅެން އުދަކޫ ވީމަ މީހަކު ގެންނަން މަޖުބޫރުވީ…. ” ތަރަފް ވާހަކަ ކިޔާދިނީ ވީހާވެސް މަތި އޮމާންކޮށްފައެވެ. މިރާންއަށް ހީކުރެވުނީ ތަރަފް ތާރާދެކެ ވަރަށް ލޯބިވާކަމުގައެވެ.

“ދެންކޮބާ ތާރާގެ ފިރިމީހާ؟؟” މިރާންގެ އަގައިން އެސުވާލު ނިކުތީ އޭނާގެ އިހްތިޔާރެއްނެތިއެވެ. އަހާލެވުނީ ކީކޭކަން ރޭކާލީ ތަރަފްގެ މޫނަށް އެރި ކުލަވަރުންނެވެ. “ތާރާ ގެ ފިރިމީހާ އެއްނެތް…ތާރާ އަކީ….” ތަރަފްއަށް ވުރެ ކުރިން ޖަވާބު ދިނީ ދުންޔާއެވެ. އެހެންނަމަވެސް އޭނާގެ ބުންނަން އެންމެ ބޭނުންވި ވާހަކަ މެދުކަނޑާލަން ޖެހުނީ ތަރަފް އޭނާގެ އަތުގައި ހިފާލުމުންނެވެ. އަދި ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލުމުންނެވެ. ދުންޔާ ތުންއަބުރާލަމުން މޫނުކުލިކޮށްލިއެވެ. އަދިވެސް ތާރާ ދިފާއުކުރަން ތަރަފް އުޅޭ ސަބަބެއް އޭނައަކަށް ނުވިސްނެއެވެ.

ދުންޔާ ބުނަންއުޅުނީ ކީކޭ ހެއްޔެވެ. އަނެއްކާ ތާރާގެ ފިރިމީހާ މިދުނިޔޭގައި ނެތީ ހެއްޔެވެ. ނޫނީ ވަރި ކޮށްފައި ދިޔައީހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް އޭނާގެ ހިތައް ބުނަންނޭގޭ ކަހަލަ އުފާޥެރިކަމެއް ލިބުނެވެ. އެއްމިޔަކުން ހިލެވުނީ ތާރާއަކީ މީހެއްގެ އަންބެއްނޫންކަން އެގި އެއްގެއެއްގައި ދެމީހުން އުޅެން ޖެހުމުން ދެންވާނީ ކިހިނެތްބާވައޭ ހިތައް އެރުމުންނެވެ. މިހާރުވެސް ތާރާ ދެކިލާހިތުން އޭނާގެ ބަސްނާހާ ހިތް އެދިގޮވަންފަށައިފިއެވެ.

ޖަމީލާ ތާރާގެ ކޮޓަރިއަށް ދިޔައީ މިރާންގެ ވަހާކަ ބުނެލާހިތުންނެވެ. އަދި މިރާން ޖެހިގެންހުރި ކޮޓަރީއަށް ބަދަލުވާކަން އެގި ތާރާ ހިތްހަމަނުޖެހިދާނެތީ އޭނާ ކަންބޮޑުވިއެވެ. ތާރާ ހިތްހަމަ ޖެހުނަސް ނުޖެހުނަސް ތަރަފް އެކަމާ އަޅާނުލާނެކަން ޔަގީނެވެ. ގަދަ ނިދީގައި ނިދާފައި އޮތް ތާރާ އާއި އައިކްއަށް ބަލާލަމުން ޖަމީލާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. މައުސޫމްގޮތަކަށް އެދެމައިން ނިދާފައި ތިބިއިރު މީހަލު ބަލާ ފޫހިނުވާނެއެވެ. ތާރާގެ ގައިމަތީ އޮތް ރަޖާ ރަގަޅުކޮށްލަމުން އައިކް ނާގަ ކޮނޑުމަތީ ބާއްވަލައިގެން އޭނާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

މިރާންއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ އޭނާގެ ކޮޓަރިއަށް ވަދެވުމުންނެވެ. ތާރާގެ ކޮޓަރިޔާ ޖެހިގެން އޭނާގެ ކޮޓަރި ހުރުމުން ވަކިން ބޮޑަށް ހިތްހަމަ ޖަހުނެވެ. އެދަށް ވެއްޓިގަނެގެން އޮވެ އޭނާ ވިސްނަމުން ދިޔައީ ތާރާއާއި ދިމާވާނެ ވަގުތަކާމެދުގައެވެ. އެންމެ ފުރަތަމަ ކަމަކަށް އޭނާ އެދޭނީ މައާފަށެވެ. ނޭގި އޭނާވަނީ ތާރާހިތުގައި ވަރަށް ބޮޑަށް ޖައްސާފައެވެ. އަނެއްކާ ތާރާ އޭނާއަށް މައާފު ކުރާނެ ހެއްޔެވެ.

އަރާމު ނިންޖެއްގައި ނިދާފައިއޮތް ތާރާއަށް ހޭލެވުނީ ހޫނުވާންފެށުމުންނެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ތާރާގެ ހިތައް ބިރުވެރިކަން ވައްދާލިއެވެ. ގޭގައި ކަރަންޓުނެތީ ހެއްޔެވެ. ލޮލަށް ނުފެނުނަސް ކަރަންޓު ނެތްކަން އެގުމުން މުޅިމީހާއެއްކޮށް ހާސްވާގޮތްވިއެވެ. ޖަމީލާއަށް ގޮވާލަމުން ދޮރާދިމާއަށް ދިޔައީ ކޮޓަރީގައި އެކަނި އިންނަން ބިރުންނެވެ. ކޮޓަރިން ބޭރަށް އެޅި ފިޔަވަޅާއެކު ކުރިމަތިން އެއްޗެއްގައި އަޅައިގެންފައި ވެއްޓެން ދިޔަގަޑީ ބާރުގަދަ އަތަކުން އޭނާހިފެއްޓިކަން އިހްސާސްކުރެވުނެވެ. އެއާއެކު ތޫލި އަޑެއް އަގައިން ނިކުތެވެ. އެމީހަކު ވަރަށް ހުޝިޔާރު ކަމާއެކު ތާރާގެ އަގައިގެ މަތީ އަތް އަޅާއަޑު ބަންދުކުރުވިއެވެ. ވަގުތުން ތާރާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

..ނުނިމޭ…

Share Article

Follow Me Written By

fiza

Level 1

m a student and when i get free time i love writing .. this is my very first story , so i hope everyone likes it n i wud appreciate if everyone gives their views about my story

Other Articles

Previous

އިހުސާސް ދެވަނަ ބައި….

Next

އާލިފް 3

Next
March 14, 2014

އާލިފް 3

Previews
March 13, 2014

އިހުސާސް ދެވަނަ ބައި….

30 Comments!

  1. fiza says:
    March 14, 2014 at 2:09 am

    sorry very very very sorryyyyyy that i cundnt updat on 11 th…….wasnt feeling well thats y cudnt update it… anyway hope u will like this part … n isha allah will try to updat on 15 if not on 16th cox these days m having classes from mornin till evening . …. goooodnightes n sweeetdreams to everyone …..

  2. afsa says:
    March 14, 2014 at 2:33 am

    Than up kohla dhineema vaahaka hama habeys…..keep it up…

    1. fiza says:
      March 15, 2014 at 2:24 am

      thanxx afsa … 🙂

  3. afsa says:
    March 14, 2014 at 2:35 am

    Thanx up kohla dhineema vaahaka hama habeys…..

  4. me says:
    March 14, 2014 at 9:00 am

    story nice… bt ehaa haasaru dhigu nukohh ninmaalache ngey..

    1. fiza says:
      March 15, 2014 at 2:23 am

      ehgothakahves haasaru dhigu kuraakah nethin….. kiyavamun vaahaka liyan vaguthu huskurumaki eha faseyha kameh nun… reygaves kuran huri muhiimmu kantha dhookoh laafa vaahak liye fa update kuri ….. dhen aaa vaahakaeh veema faharegga huredhaane me men kahala kudhin hih hama hujehey gothakah liyevifa …ekam balaaanan vee emme ragalhakah vaahaka genesdheveytho ….

  5. shai says:
    March 14, 2014 at 12:00 pm

    V reethi

  6. eenash says:
    March 14, 2014 at 10:56 pm

    Habeys hama
    Me who. Are u heeeeeeeeeeeee

  7. fiza says:
    March 15, 2014 at 2:24 am

    thanx eenash n shai….. 🙂

  8. aju says:
    March 16, 2014 at 1:19 am

    Thanks fiza , thiha busy koh ulhemun ves miha reethi story eh genes dheythee v happy . Keepmit up

    1. chammppy says:
      March 16, 2014 at 11:43 am

      Nice story kyp it up.. 🙂 i rly lyk this story..

  9. dheena says:
    March 17, 2014 at 11:47 pm

    fiza v v reethi nge vaahaka..waintin 4 di nxt

  10. hau says:
    March 18, 2014 at 3:47 pm

    fizaa haadha lahay mi story up kuraale…story is vvvvv nice and m waitting for da part 6

  11. xeenu says:
    March 19, 2014 at 8:51 am

    haadha lahey story up kuraaleh,,,6 up vaanee kn dhuvahakun

  12. yooly says:
    March 19, 2014 at 11:50 am

    Koba vaahaka

  13. neesh says:
    March 20, 2014 at 1:42 pm

    vaahka koabaa v reethi mivaahaka pls pls dhen oabahi genesh dheny koan dhuvahakun

  14. mary says:
    March 25, 2014 at 10:53 am

    kobaatha vaahakaige 6 vana part haadha lahey mihaaru kondhuvaheh vaahaka kiyan v ffohivey mihen vaathy…

  15. leen says:
    March 31, 2014 at 3:59 pm

    dhenhaadha lahey dho 6 vana bai genna goi… v fooohiveyy.. plx update..

  16. shaiha says:
    April 1, 2014 at 2:11 pm

    fiza maruvytha
    fiza ah vaahaka nuliyevenyaa keehvetha then vaahaka liyanee. varah foohivey . …. fizaa kiyavaairu kon moya eh vegentha then vaahaka liyanee? adhi vaahakaa gaves hus haasaru bodi.. ehaalas update kuraaleh ves…oh
    mivaruge vaahaka eh nukiyan adhi mulhi hayaathugaves

  17. shaiha says:
    April 2, 2014 at 1:21 pm

    laxy fizaaaaaaaa

  18. shaiha ge fan says:
    April 5, 2014 at 11:47 am

    AAN….Ma Thaaeedhu Shaiha Ah…Shaiha bunaahen FIZA laxy kamun vaahaka up nukurevenyyy

    1. fooooooooohi says:
      April 6, 2014 at 1:22 pm

      foooooooooohi vahaka eh…hama SHAIHA bunaahen mivaruge vaahaka eh ahi nukiyan..FIZA YOU DON’T KNOW HOU TO WRITE STORY’S…LOL

  19. SHAKUVAAA says:
    April 6, 2014 at 1:26 pm

    SHAIHA bunihen hama FIZA lazy…FIZA kaley dhen vaahaka nuliyaaa

  20. pis...pis...pisssss says:
    April 6, 2014 at 1:32 pm

    Maves ythaaeedhu SHAIHA ah…Hama thedhah mibuny mivaruge vaahaka eh nukiyan masheh ves…haaasaru digu vaahaka eh …Maves bunaany FIZA qkah story liyaakah neigeyey

  21. Elle says:
    April 10, 2014 at 8:52 am

    April 16 ga up vaa vaahaka dho thi bunee… Lol
    Nuvaavarun dhen vaahaka liyan noolhebala

  22. navy says:
    April 24, 2014 at 3:24 pm

    fiza m a big fan of ur stry, so update it na

  23. fai says:
    April 24, 2014 at 5:26 pm

    V nice story eh. Waiting for next part………

  24. nonni says:
    May 27, 2014 at 5:24 pm

    ………..mi vaaha kaige ehen part thah nugenes dhy mihaa las vany keevve

  25. kivi says:
    May 31, 2015 at 8:38 pm

    Alhe mi vaahaka up nuvany keeh ve tha…v interesting vaahaka eh me…pls update soon….

  26. zaaya says:
    December 8, 2015 at 2:18 am

    Mi vaahakaige aney bai koba

Comments are closed.



All Right Reserved!