Skip to content
އެސްފިޔަ

އެހަތަރު އަހަރު..ފެށުން

*މީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އަޅުގަނޑު ލިޔާ ވާހަކައެކެވެ. މިވާހަކައިގައި މީހުންނަށާއި ތަންތަނަށް ދެވިފައިވާނީވެސް ހިޔާލީ ނަންނަމެވެ. މިއީ އާދައިގެ ފެށުމެކެވެ. އަދި މީއަޅުގަނޑު ލިޔާ ދެވަނަ ވާހަކަކަން ހިއްސާކޮއްލަން.. ވާހަކައަށް އިންތިޒާރުކޮށްލައްވާ……!!*

******************************

ޖެހެމުންދިޔަ މަޑުވައިރޯޅި ބާރުވަމުން ދިޔައެވެ. ހަވީރުއްސުރެ ބޯވަމުން އައިވިލާތަކުން ޖައްވުވަނީ އަނދިރިވެފައެވެ. އިރުއޮއްސެން މިދަނީ ބަނަރެއަކަށެވެ. ގަސްތަށް ވަޔާހެލެމުންދިޔައީ ބިރުވެރި ފުރޭތަތަކެއްފަދައިންނެވެ. އެ ބޮޑު ގޯތީގައި ހުރި ގޭގެ ފެންޑާގައި ހުރި އުނދޯލި މަޑުމަޑުން ހެއްލި ހެއްލި އިނެވެ. އާނއެކެވެ. އެތާ އިނީ މުސްކުޅިވެ ގައިގެ ހަންގަނޑު ކުރަކިވެފައިވާ ފިރިހެނެކެވެ. ކުޑަވަނަކުން ފޯއް ހިމުން ކުރަމުންދިޔައެވެ. ހީވާގޮތުން އޭނާ އެއުޅެނީ ދުފަންވެގެންނެވެ. މާގިނައިރުތަކެއްނުވެ، ބޯވާާރޭގެ ކަނިތައް އޮހިގެންފިއެވެ. އެ ގޭއެތެރެއަށް ވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލީ ވާރޭގެ ބޮޑެތި ތިކިތަށް ފުރާޅަށް ހަމަލަ ދޭން ފެށުމުންނެވެ. އެގެ ހަދައިފައިވަނީ  ފުރަތަމަ ކޮޓަރިން އަނެއްކޮޓަރިއަށްވަދެވޭގޮތަށެވެ. މުޅިއެކު ވަނީ ދެކޮޓަރިއެވެ. ސުމާ އޮތީ ފޮތެއް ހިފައިގެން އޭނާގެ އެނދުގައެވެ. ސަނާވެސް އޮތީ ނިދަން އަރައެވެ. ޖެހިގެން ހުރިކޮޓަރީގައި އެދެބެންގެ މަންމަ ހަސްނާ އެންމެ ހަނގު ދަރިފުޅު ނިހާންއާއެކު ނިދާފައި އޮތެވެ.

“އަދިވެސް ނިދާކަށް ނުވޭތަ؟” ދުފަމުން ގޭތެރެއަށްވަދެގެން އައި ބަކުރު އަހާލިއެވެ. ނަމަވެސް ޖަވާބެއް ނައުމުން ބަކުރު ޔަގީން ކުރީ ގޭ އެންމެން ވެސް ނިދީކަމުގައެވެ. ބަކުރަށް ފެންނަނީވެސް ވަރަށް ކޮށިކޮންނެވެ. “ކާފާ… އަދިކިރިޔާ މަޣްރިބަށް ގޮވީއެ.. އެހައި އަވަހަކަށް ނުނިދާނެއްނު..”ސުމާ ތެދުވެގެން ފެންޑާއަށް ނުކުތެވެ. އަދި ބޭރު ދޮރުކައިރީ މަޑުކޮށްގެން އިރުކޮޅަކު ބަލަން ހުރެފައި ދޮރުލައްޕާލިއެވެ. ފެންޑާގައި ހުރި ކާމޭޒުމަތިން ތަށިތަށް ނަގަމުން ގޮސް ބަދިގެއަށް ވަނެވެ. ކުއްލިއަކަށް އިވެންފެށީ ބޭރު ދޮރުގައި ތަޅައިގަތް އަޑެވެ. ޓިނު ދޮރެއްކަމުން އެއަޑު އައީ ބިރުވެރި ގޮތަކަށެވެ. އަނެއްކާ މިއޮތް ވިއްސާރައިގައި ކާކުބާއޭ ސުމާ ހިތަށް އެރިއެެވެ. އަނެއްކާވެސް އެއަޑުއައެވެ. ތެޅިތެޅޮ އޮތް ހިތަކާއެކު ސުމާ މަޑުމަޑުން ކުރިއަށް ފިޔަވަޅު އަަޅަން ފެށިއެވެ……………..

Comments (21)

  1. Pinky shifoo

    Heevey reethi vaane henn… ??… Waiting…

    1. thuhoo
      Pinky shifoo

      Thanks

  2. thuhoo

    Thanks shifoo❤️

  3. Shann

    V v interesting

  4. Uney

    Story beginning ga varah reehchah sifakoh dhyfa ebahuri….but at the middle of the story I haven’t end that thing..so,best of luck for your second story…

    1. thuhoo
      Uney

      Aadhaige feshumeh veema ebai ehaa bodah netheee.. thanks uney for tht one.. mashallah soon vaahakain ebai rangalhu kohlaanan.. ?

  5. thuhoo

    Mivaahakaiga genesdheefa hunna haadhisaathah huhnnaanee e life ga hingi gothah ehves uni kamehnethi Kan faahanga kohlan.. wait for the story ?

  6. Naa

    Oww cant wait to read it. ??☺️

    1. thuhoo
      Naa

      It’s coming soon …. Mashallah hoping it will be a successful story..

  7. maikko

    Ooo cant wait to read it…..?????

  8. Aishath Sharumeela Sharu

    Kithah dhuvas fahun 2 vana bai annaany

    1. thuhoo
      Aishath Sharumeela Sharu

      Maadhan up kurrveytho balaanan furathamabai
      .. ?

  9. Lampii

    Waiting….

    1. thuhoo
      Lampii

      ❤️❤️

  10. sum

    ޢަޔިނ….

  11. Fatima

    Haadha kurey btw

    1. thuhoo
      Fatima

      yes.. mee aadhaige fshumehkan bunefa ihnaanee.. feshun dhigeh nuvaane dhw aslu vaahakaehge.. vaahaka feshigen dhaane furathamabain feshigen inshallah.. ☺

  12. Sana

    Varah reethi feshun
    Waiting
    When second part?
    Best of luck

  13. thuhoo

    Soon… Adhi one day may be nagaafaane.. try kuranee mi … Ready veehaa avahakah upload kuraanan inshallah

  14. Laav

    Reethi vaane hen hyvany. .. waiting ??..
    Thankolheh thigu koh next part up kohla dhehchey

  15. thuhoo

    Lahba.mee aidhaige feshumeh veema kuru kohliyunee.thanks laav?dhn ahna part dhiguvaane inshallah ❤️ come in soon?

Comments are closed.