Skip to content
އެސްފިޔަ

އެކަނިވެރިކަން 1

މިއީ އަހަރެން ގެ ހަޔާތުގައި ދިމާވެފައި ހުރި ކަންކަމުގެ މައްޗައް ބިނާ ކޮށްފައި ވާ ވާހަކައެކެވެ .

ދުނިޔެ އަކީ ތޮށަލި ދުޅައަށް ދާ އެއްޗެއްކަށް އަހަންނަށް އިގެއެވެ . އެއް ފަހަރު ކާމިޔާބެއެވެ. އަނެއް ފަހަރު ކާމިޔާބު ނުވާ ފަހަރު ވެސް އާދެއެވެ .  މަންމަ ގެ އުނގަކީ އެންމެ ފުރަތަމަ މަދަރުސާ އެވެ .

**********************************

އަހަރެން ކުޑައިރު އަހަރެންނަށް އެކި ކަހަލަ ކަންކަމާ ކުރިމަތިވިއެވެ. އެއް ކަަމަކީ ފިޓް ޖެހުމެވެ. ނިދާފައި އޮންނަ އިރު ވެސް މެއެވެ… . ނަަމަވެސް މިޔަދު ﷲ ގެ އިރާދަ ފުޅުން އެއްކޮށް ރަގަޅު ވެއްޖެއެވެ .އަހަރެން

ސްކޫލް އަށް ވަނީމެވެ. އޭރުއަހަރެން ގެ އުމުރަކީ އެންމެ 4 އަހަރެއެވެ . އޭރު އަހަންނަށް އޮންނަ ކަމަކީ ކުޅިވަރެއެވެ. އެކި ކަހަލަ ކުޅިވަރެއެވެ. ބަތްކައްކާ އާއި އަކުންބަކުން ނެއެވެ. ދުވަސްތައް ދިޔަ ގޮތެއް ވެސް އަހަންނަކަށް ނޭގެ އެވެ. ދުވަސްތައް ސަކަރާތުގައި ހޭދަ ވެގެން ދިޔައެވެ . ނަމަވެސް …………………..

***************************************************

އަހަރެން ރަށު އިސްކޫލް އިން ކިޔެވުނު އެންމެ މައްޗައް ކިޔެވީމެވެ. އެއީ ގްރޭޑް 7 ކަށެވެ. އެއަށްފަހު، އަހަރެންނަށް މަޖުބޫރު ވީ އެހެން ރަށަކަށް ދިޔުމަށެވެ . ހިޖުރަ ކުރުމަށެވެ. . އަހަރެން ނާ އެކު ކިޔަވަން އުޅުނު ކުދިން މަތިން ވަރަށް ހަދާން ވި ނަމަވެސް 2011 ވަނަ އަހަރު އަހަރެން އެހެން ރަށަކަށް ހިޖުރަ ކުރީމެވެ .  އެރަށުން އެކި ކަހަލަ އެކުވެރިން ވެސް ލިބުނެވެ . ގޯސް ކުދިން ވެސް ލިބެމުން ދިޔައެވެ . އަހަރެން ދިޔަ ފުރަތަމަ ހަފްތާގައި ސްކޫލް ހިންގަން ހުރި މީހާ ( ސުޕަވައިޒަރު )  އަހަރެން އޮީހަށް ގެންދިޔައެވެ . އަހަރެން ސުޕަވައިޒަރު ކަރީ ކީއްވެތޯ އަހާލުމުން ލިބުނީ އެހެން ކަހަލަ ޖަވާބެކެވެ.. . އެއީ ފާހާނާ ބަރީގައި ގޯސް ބަސްތަކެއް ލިޔެފައި ހުރީމައެވެ .  …. އެދުވަހު އަހަރެން ހިތް ހަަމަ ނުޖެހުނެއެވެ . އެއީ އަހަރެން ނުކުރާކަމެއް ކުރުމުގެ ތުހުމަތުގައި ގެންދެވުނީމައެވެ …….

*****************************************

އެތުހުމަތުގައި އެރަށުގައި އޮތީ އަހަރެންގެ ވާހާކައެވެ .. ރަށުން ބޭރުން އަންނަ ކުދިން އަހަރުމެންގެ ކުދިން ގޯސް ކުރާ ވާހަކަ އެވެ ………..

*******************

ދެވަނަބަޔަށް އިންތިޒާރު ކޮށްލަވާ

Comments (3)

  1. thahoo

    Good waiting for 2nd part. Me first

  2. Hudha

    Haadha kurey dhen part dhigukohlahchey

  3. eman

    އިންޝާ ﷲ 2 ވަނަބާ ވަރަށް އަވަހަށް ނިކުންނާނެ

Comments are closed.