“އޭ!!!! ބުނާނެ މަށޭ ހުވަފެން ބަލަނީ. ތިއޮއް އަނގައިން ސޮނި ފައިބަނީ..ހޭލާ.!!!” ޔާނީގެ ނިއްކުރީގައި ޖަހާލަމުން މުލައިލް ހިނިގަނޑެއް ޖަހާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ޔާނީވެސް އަމިއްލަ މޮޔަކަމާމެދު ހެމުން މުލައިލްގެ ފަހަތުން ދިޔައެވެ. ދުރުގައި މަންޒަރު ބަލަން ހުރި އަލާނިޔާގެ ބޮމަ ގޮށްޖެހިގެން ދިޔައެވެ.
ދިވެހި ރިޕޯޓު އެންމެ ފަހަށް ބޭއްވުމަށްފަހު މުލައިލް އެންމެ ފުރަތަމަ ވެސް އުޅެންފެށީ އެންމެ އަވަހަށް ހަވާލް ކުރަންޖެހޭ މަސައްކަތްތައް ނިންމުމުގައެވެ. ޔާނީވެސް ޓެސްޓުތައް ފެށުމުގެ ކުރިން ފިލާވަޅުތައް ދަސްކުރަން އުޅުނީ ފަހުން ވަގުތު ނުވާނެކަން އިނގޭތީއެވެ. އާދައިގެ މަތިން ޔާނީ އިނީ އޭނާގެ ކޮޓަރީގެ ބެލްކަނީގައި ފިލާވަޅެއް ނިންމާށެވެ. ކުއްލިއަކަށް އައި ނައި ތަނެއް ނޭންގި ޔާނީގެ ބޮލުގައި ގާކޮޅަކުން ޖެހުނެވެ. ސިހުނު ވަރުންނާ ބިރުގަތްވަރުން ޔާނީ ގޮނޑިން ނުވެއްޓުނީވެސް ކިރިޔާއެވެ. އަދި އެ ގާކޮޅަށް ރަނގަޅަށް ބަލާލިއެވެ. އޭގައި ވަނީ ކަރުދާސް ކޮޅެއް ހިއްޕާފައެވެ. “މުލައިލް އާ ދުރުގަ ހުރޭ. މާޒީ ތަކުރާރު ކުރަން ނޫޅޭ” ޔާނީ ކިޔާލިއެވެ. މިއީ ކޮންމޮޔައެއް ވާ މީހެއްބާއޭ ޔާނީ ހިތަށް އެރިއެވެ. “ކޮން މާޒީއެކޭ ކިޔާމީހެއް. ނެތޭ މީހެއްވެސް” ވަށައިގެން ހޯދާލަމުން ޔާނީ އަމިއްލާ ނަފްސާ ވާހަކަދައްކަމުންގޮސް އެ ޑަސްބިންއަށް ވައްޓާލިއެވެ. އަދި ވައްތަރެއް ޖައްސާލުމަށްފަހު ފާހަނައަށްވަނެވެ.
ހަމަ އެވަގުތެވެ. މުލައިލް އިނީ ގަނޑުކޮޅެއް ހިފައިގެންނެވެ. “ޔާނީއާ ދުރުގަ ހުރޭ. އެ މުލައިލް ގޮތަށް މަރުވާންތަ ބޭނުމީ؟. ތީ މަގޭ މީހެއް” އަދިވެސް އެއްފަހަރު އެ ގަނޑުކޮޅު ކިޔާލުމަށްފަހު މުލައިލް އޭތި އެއްލާލިއެވެ. “ކޮން މުލައިލް އެއްތަ؟ މި ލިޔުނު މީހާ މޮޔަވީ ތޯއްޗެއް. އެހެންޏާ ފަހެ. މީދެން މީހަކު ފޮތްތެރެއަށް ލާކަހަލަ އެއްޗެހިތަ؟” ރުޅިގަދަވެފައި ހުރި މުލައިލް ބަނޑުހައި ވެފައި ވުމާއެކު މިސްރާބު ޖެހީ ކާގެއާ ދިމާއަށެވެ.
ޖެހިގެން އައި ދުވަހު ސްކޫލަށް ދިޔައިރު ދެކުދިންގެ ހިތުގައިވެސް ނޭންގޭ ބިރުވެރި ކަމެއް ވިއެވެ. ނަމަވެސް ދެމީހުންވެސް އެކަކު އަނެކަކަށް އެކަން ސިއްރުކުރަމުން ދިޔައީ ވަރަށްވެސް މޮޅަށެވެ. އެންމެ ފުރަތަމަވެސް ސްކޫލަށްވަދެވުމާއެކު މުލައިލްގެ ލޮލުގައި އަޅައިގަތީ ހެވިފައި ދުރުގައި ހުރި އަލާނިޔާއެވެ. ފެންނަ ކަމަށްވެސް ހަދާ ނުލާ މުލައިލް ދިޔައީ އޭނާގެ ކްލާހަށެވެ.
ކްލާހަށްވަތް ޔާނީގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އޭނާ އިންނަ މޭޒުކައިރީ އެއްވެތިބި ކްލާސް ކުދިންނެވެ. އެތަނާ ކައިރިވި ޔާނީގެ ލޯބޮޑުވެގެން ދިޔައީ އޭނާގެ މޭޒުގައި ލިޔެފައިވާ ލިޔުންކޮޅު ފެނުމުންނެވެ. “އައި ވިލް ކިލް ޔޫ!!!” އެ މުޅި ލިޔުން ލިޔެފައި ވަނީ ލެއިންނެވެ. އެންމެން ވެސް ހައިރާންވީ އެހެންވެގެންނެވެ. އެގޮތަށް އެމަންޒަރު ފެނުމުން ޔާނީގެ ހެއަށް ގޮތްގޮތްވެ ހޭނެތިންގެން ވެއްޓުނީ ކަނޑާ ވައްޓާލި ރުކެއްހެނެވެ. އެޔާއެކު ކްލާހުގައި އުޅޭ ދެ ފިރިހެން ކުއްޖަކާ ފަސްވަރަކަށް އަންހެން ކުދިންވެގެން ޔާނީ ހެލްތް ރޫމަށް ގެންދިޔައެވެ. ދެން ތިބި ކުދިން ހާސްވެފައި ތިބެ ޓީޗަރަކަށް އެންގީ އެންމެންވެސް އިންތިހާއަށް ބިރުގަނެފައި ވާތީއެވެ.
މުލައިލްމެން ކްލާހުގެ ހަމަހިމޭންކަން ފޫދުއްވާލީ ކްލާސްތެރެއަށް ދުވެފައި ވަތް ލީނާއެވެ. “ސާރ..އެލް..ޔާނީ ހޭނެތިގެން.” ކްލާހުގައި ހުރީ އިސްލާމް މުދައްރިސް ހީލުމަށްފަހު މުލައިލްގާތު ދިއުމަށް ބުންޏެވެ. އިޝާރާތެއް ނުލިބިފައި ހުރި މީހެއްފަދައިން މުލައިލްއަށް ދުއްވައިގަނެވުނީ ވަރަށްވެސް ބާރަށެވެ. މުލައިލްގެ އެ އަމަލުން އެންމެންވެސް ދެރަވީ އެއިން އެކަކަށްވެސް މުލައިލްއާ ޔާނީގެ ގުޅުން ސިއްރުވެފައި ނުވާތީއެވެ. ހަމަ އެޔާއެކު މުލައިލް އާ ޔާނީއަކީ އެ އެންމެން ގެ ހިތްތަކުން ޖާގަ ހޯދައިފައިވާ ދެކުދިންނަށް ވާތީއެވެ. ޝުކުރު އަދާކުރުމަށްފަހު ލީނާވެސް ދިޔައީ ޔާނީގެ ގާތަށެވެ.
ލާލީ އިންޓާނޭޝަނަލް ސްކޫލުގެ ގްރޭށް އެގާރަ އަދި ބާރައިގައި ކިޔަވަމުން ދިޔަ ހުރިހާކުދިން އެދުވަހު ގެޔަށް ފޮނުވާލެވުނެވެ. އަދި ފުލުހުންގެ ޓީމަކުން ސްކޫލުގައި ހަރަކާތްތެރި ވަމުން ދިޔައެވެ. ޔާނީ އޭރު ހޮސްޕިޓަލަށް ބަދަލު ކުރެވުނީ ހޭ ނެރުމުންނެވެ. ޔާނިލާ، ހަމްނާ ލީނާ އިތުރުން މުލައިލްވެސް ހޮސްޕިޓަލްގައި މަޑުކޮށްގެން ތިބި އިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ.
“އިއްލު؟ ދަރިފުޅާ.. ކިހިނެއް. ދަރިފުޅު އޯކޭތަ؟ ކޮބާ މަންމަގެ ޔާނީ؟؟؟ ކީއްތަ ވީ” ހޮސްޕިޓަލަށް ދުވެފައި ވަތް ޔުސްރާ މުލައިލްގެ ގައިގައި އޮޅުލައިގަތުމަށްފަހު ރޯންފެށިއެވެ. ނުރޯން ހިތްވަރު ކޮށްގެން ހުރި މުލައިލްގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އޭރު ދެންތިބި މީހުން ހައިރާން ކަމާއެކު މުލައިލްއާ ދިމާއަށް ބަލަމުން ދިޔައީ ޔުސްރާ މުލައިލްއާ މުހާތަބު ކުރި ގޮތުންނެވެ. ނަމަވެސް ވަގުތުގެ ގޮތުން އަޅާނުޅިއެވެ. އެގޮތުގައި ތިއްބާ ޑޮކްޓަރު ނިކުމެގެން އައުމާއެކު ޔުސްރާ އެދިމާއަށް ދިޔައެވެ. “ޔުސް. ޔުސްގެ ޔާނީތަ އެއީ؟” ޑޮކްޓަރު ހައިރާންކަމާއެކު އަހާލިއެވެ. ޔުސްރާގެ ދޫ ހަރަކާތް ނުކުރމާއެކު އޭނާ ބޯޖަހާލިއެވެ. “ޔާނީ ހޭ އަރައިފި. ހާސް ވެފަހުރީމަ ވީ ގޮތެއް. ޔުސް އަމިއްލަޔަށް ޗެކް ކޮށްލިޔަސް އޯކޭ. މީހަމަ ޔުސްގެ ހޮސްޕިޓަލް އޭ ހީކޮށްލާ އިނގޭ.” ޔުސްރާގެ ގައިގައި ބައްދާލުމަށްފަހު އޭނާ އެތަނުން ދިޔައެވެ. “މަމް. އިއްލު ދަންތަ؟” މުލައިލްގެ އަޑު ވަނީ ބެދިފައެވެ. ޔުސްރާވެސް ބޯޖަހާލުމަށްފަހު މުލައިލް އެތެރެއަށް ފޮނުވީ ޔުސްރާ ވަދެއްޖެނަމަ ޔާނީ ހާސްވާނެކަން އިނގޭތީއެވެ.
“އޭ. އަންހެނާ. ކިރިޔާ މަށަށް ހާޓް އެޓޭކެއް ނުޖެހުނީ. ތި ރަނގަޅުވެގެން ހިނގާ މިތަނުން ދާން. ހަމަ މަގޭ ޕްރޮޖެކް ހަދަން ހެލްޕް ނުވާން ހަމަ” މުލައިލް ބެލީ ޔާނީ ހެއްވާލެވޭތޯއެވެ. ކަން ވީވެސް އެހެނެވެ. ހޭޏް ފެށުމަށްފަހު ދޫނެރެން ފެށީ ކުޑަކުއްޖެއް ފަދައިންނެވެ. “މަމް އެބަހުރި ދޯ. ފަޔަށް ހިނިއަރައިން އުޅޭ މީހެއް. އަސްލުވެސް މިތަން ވަރަށް ފޫހި. ގެޔަށް ގެންދެބަލަ” ޔާނީ ވެސް ބެލީ އެ މައުލޫއަށް ވާހަކަ ނުދެއްކޭތޯއެވެ. ދެމީހުން ވާހަކައިގައި ތިއްބާ ހަމްނާމެންވެސް އެތެރެއަށް ވަނެވެ. އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެމީހުން ގެޔަށްދިޔައިރު ޔާނީވަނީ މުޅިން ހަމަޖެހިފައެވެ. “ޔާނީ. ހިނގާ. ދޫކޮށްލީ” ޔުސްރާ އެހެން ބުނުމާއެކު ޔާނީއަށް ހީލެވުނެވެ. ޔުސްރާއައިސް އައިވީ ފުޅި ނައްޓާލުމާއެކު މުލައިލްގެ އަތުގައި ހިފައިގެން މުލައިލްއާއެކު ބޭރަށް ނިކުތްއިރު ޝިފާންގެ ކާރު އެމީހުން ބަލާއައިސް އޮތެވެ. ޔުސްރާވެސް ފޯމުތައް ފުރާލުމަށްފަހު އެނބުރި އޭނާގެ ކްލިނިކަށް ދިޔައީ ބައިވަރު މަސައްކަތް ހުރުމާއެކު މުލައިލް ޔާނީ ބަލާނެކަން އިނގޭތީއެވެ. ގެއަށް ވަދެވުމާއެކު ކޯޓު އެއްލާލުމަށްފަހު ޔާނީ ސޯފާއަށް ވެއްޓިގަތެވެ. މުލައިލްވެސް ސޯފާއެއްގައި އިށީނދެލީ ވަރުބަލިކަން އިހުސާސް ކުރެވެމުން ދިޔައީ ތީއެވެ.
“އޭގަ އިނީ އައި ވިލް ކިލް ޔޫ އޯ. އިއްޔަވެސް ލިބުން އެކަހަލަ ނޯޓެއް.” ވިސްނުމެއްގެ ތެރޭއޮތް ޔާނީ ބުނެލިއެވެ. އެޔާއެކު މުލައިލްއަށް ލިބުނު ހައިރާންކަމާއެކު ކޮޅަށް ތެދުވެވުނެވެ. “މަށަށްވެސް” މުލައިލްއަށް ބުނެވުނީ އިހުތިޔާރުން ބޭރުގައެވެ. އެޔާއެކު ޔާނީގެ ދެލޯބޮޑުވެގެން ދިޔައެވެ. ދެމީހުންގެ ދެމެދުގައި ވި ހަމަހިމޭންކަން ފޫދުއްވާލީ މުލައިލްގެ ފޯނު ރިންގު ވުމުންނެވެ. ފޯނަށް ޖަވާބު ދެމުން އަވަސް އަވަހަށް މުލައިލް އެތަނުން ދިޔައީ ޔާނީހެ އިތުރު ސުވާލަކާ ކުރިމަތި ލާން ބޭނުންނުވާތީއެވެ.
“މި ވަނީ ކޮންކަމެއްތަ؟ ކާކު ކިހިނެއް ވެގެންތަ އެއުޅެނީ. އެންޑް ކޮން މާޒީއެއްތަ؟ އާހް. ބޯ ހަލާކު” އަނެއްކާވެސް ސޯފާގައި އޮށޯވެލަމުން ޔާނީ ބުނެލިއެވެ. އަދި ދެލޯ މަރާލީ ސިކުނޑިއަށް ބަރުވަމުން ދާތީއެވެ. “ބާއި ނިލް..” ފޯނު ބޭއްވިއިރު މުލައިލްގެ މޫނުމަތި ވަނީ އުޖާލާވެފައެވެ. ޔާނިލާގެ ހިތްވަރުގެ ބަސްތަކުންނާ އެ އަޑު އިވުމުން މުލައިލްގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ފޯނު މޭގައި ޖައްސާލަމުން އެނދަށް ވެއްޓިގަތް އިރު މުލައިގެ ރީތި މޫނުމަތީގައި ހިނިތުންވުމެއް ވިއެވެ. އެ ހިނިތުންވުމުގެ ސަބަބުން އެތައް ބައެއްގެ ހިތްތައް ފިދާވާނެކަން ޔަގީނެވެ.
މަސައްކަތް ނިންމާލުމަށްފަހު ޝިފާން އާއެކު ޔުސްރާ ގެޔަށް ދިޔުމަށް ހިނގައިގަތެވެ. ކާރު ވެސް ނެތުމާއެކު ދެމީހުން އެކުގައި ހިނގާފައި އަންނަން ގަސްތުކުރީ އެކުގައި ހިނގާ ނުލެވޭތާ ދުވަސްކޮޅެއް ވެފައި ވުމުންނެވެ. “އަނެއްކާ އަހަރުމެންނަށް ދިމާވި ފަދަ ކަމެއް ވަނީކީ ނޫންތަ؟ އަހަރެން ވަރަށް ބިރުގަނޭ…” ޔުސްރާގެ ހާސްކަން އަދިވެސް ނުފިލައެވެ. އެމީހުނަން ދިމާވި ހާދިޡާ އިއްޔަވީކަމެއްހެން އެމީހުންގެ ހަނދާނުގައި ވެއެވެ.
ސޯފާގައި ނިދިފައި އޮތް ޔާނީއަށް ހޭލެވުނީ ގޭގެ ދޮރުގައި ބެލް އަޅާތީއެވެ. އޭރު އެއަޑަށް މުލައިލްވެސް ކޮޓަރިން ނިކުންނަނީއެވެ. އެތަނަވަސް ބޮޑު ގަނޑުވަރެއްފަދަ އެގޭގައި ހިފާލާފައިވަނީ ބެލްގެ ބާރު އަޑެވެ. އިސްތަށިގަނޑު ރީތިކޮށްލަމުން ޔާނީ ގޮސް ދޮރުހުޅުވުމަށްފަހު އެހުރިގޮތަށް ހުރީއެވެ. “އޭ. ކާކު؟” މުލައިލް އެދިމާލަށް ދަމުން އަހާލިއެވެ. “ޑެޑީ!!” ޔާނީ ހަޅޭއްލަވައިގަންނަމުން ދޮރުމަތީ ހުރި ތިހާމްގެ ގައިގައި ބައްދާލިއެވެ. މުލައިލްވެސް ހެވިފައި ހުރެ ތިހާމްގެ ގައިގައި ބައްދާލީ އުފަލުން ހުރެއެވެ. “މިކޮޅަށް އެއްކޮށް ބަދަލު ވީ ދޯ މިހާރު. މަންމަމެން މިހާރު އަންނާނެ އާދޭ އިށީންނަން.” މުލައިލް ގެ ސުވާލަށް ބޯޖަހާލަމުން ތިހާމް ގޮސް ސޯފާގައި އިށީނެވެ.
ޔާނީމެން އެންމެ ކުޑައިރުއްސުވެސް ތިހާމް އެގެޔަށް އައިސް އުޅެއެވެ. މުލައިލް ކިޔަވަން ހުރި އިރު މުލައިލްގެ ގާތުގައި މަޑުކޮށްވެސް ހަދައެވެ. އޭގެ ސަބަބުން އެ ތިންމީހުންގެ ތެރޭގައި ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ. ލަންޑަންގައި ތިން އަހަރު ހުރުމަށްފަހު އެންމެ ފަހުން ތިހާމްވެސް ރާއްޖެ ބަދަލުވީއެވެ.
ތިހާމް އައިތާ ދިހަވަރަކަށް މިނެޓްފަހުން ޔުސްރާމެން އައެވެ. ތިހާމް ފެނުމުން އެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ. “ދަރިފުޅުމެން ލައިބްރަރީ އަށް ގޮސްލަންވީނު.” މުލައިލް އަދި ޔާނީ ގެ ގާތު ތިހާމް ބުނެލިއެވެ. އެޔާއެކު އަދަބުވެރި ކަމާއެކު އެދެކުދިން އެތަނުން ދިޔައެވެ. “ޔުސް، ޝިފާން. އަހަރެން އެކޮޅުގަ ހުއްޓާ ލިބުން ހަބަރެއް މީ. ރުއާ މަރެއް ނުވޭ. އެކަމް އަހަންނަށް އެކަން އިނގުނީ ލާނީމެން މިދުނިޔެ ދޫކުރުމަށްފަހު. އެހެންވެ މާބޮޑު ކަމަކަށް ނުހެދީ. އެކަމް މިޔަދު ޔާނީ މެންގެ ސްކޫލުގަ ހިނގި ކަންތައްގަނޑު އަހަރެން ވަރަށް ގާތުން ބެލިން. އެ މޭޒުގަ ހުރީ ރުއާގެ ލޭ!!!” ޔުސްރާއަށް ހީވީ އޭނާގެ މޫނު މަތީގައި މީހަކު ބާރަށް ޖެހި ހެންނެވެ. އަނެއްކާވެސް މާޒީ ތަކުރާރު ވާން އުޅެނީ ބާވައެވެ؟
****************************************************************
“މަންމާ. އެމީހުން މަންމައަށް ހެދި އިހާނެތި ގޮތް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އަހަރެން އެ އެންމެން މަރާލާނަން. އެކަމް މަންމަ ހެދި ކަހަލަ މޮޔަ އެއްޗެއް ނުހަދާނަން. އަހަރެން މާ ހުށިޔާރުވާނެ. އަހަރެން އެމީހުން މަރާލާނީ ވަރަށް ހިތްދަތި ގޮތަކަށް. އެ ޔާނީ އެ ކުޅެނީ ހަމަ އަލާނިޔާގެ ބައި. މުލައިލް އެއީ ހަމަ އެކަނި އަހަރެން ގެ މީހެއް. ކީކޭތަ ހީކުރަނީ. މަންމަ އަކަށްވެސް އެ އެކްސިޑެންގަ އެ މުލައިލް އާ ޔާނީ އެއް މަރައެއް ނުލެވުނެއްނު. އެކަމު މިފަހަރަކު އެހެނެއް ނުވާނެ. އަހަރެން މިހުރިހާ ކަމެއް ކޮޅަކު ޖައްސާނަން. އަހަރެން މަންމަޔަށް އިންސާފު ހޯދަ ދޭނަން.”
***************************************************************
ތިހާމް ދެއްކި ވާހަކަ އަޑުއަހަން ކާގޭގައި މަޑުކޮށްގެން ތިބި ޔާނީ އަދި މުލައިލް މަޑުމަޑުން އެތަނުން ނިކުމެގެން ގޮސް މުލައިލްގެ ކޮޓަރިއަށް ވަނެވެ. “ރުއާ އަކީ ކާކު؟ އެންޑް ކީއްވެ ލާނީ މަމްގެ ވާހަކަ އެދެއްކީ؟” ސުވާލު މާކެއްގެ ތެރޭއިން ޔާނީ އަހާލިއެވެ. “އަހަރެންގެ މަންމަ އިނގޭތަ؟!!!” މުލައިލްލޯ ބޮޑުކޮށްލަމުން އަހާލިއެވެ. ޔާނީއަށް ބުނެވުނީ ކީކޭކަން ރޭކާލީވެސް ދެނެވެ.
“އަމް ޔާ. ނަން އިނގޭ. ދެން އިއްލުގެ މަމް އެއީ ޔާނީގެވެސް މަންމަ އެއްނު ދޯ” ހީލަމުން ޔާނީ ބުނެލިއެވެ. މުލައިލްވެސް ހިނިތުންވެލުމަށްފަހު ބޯޖަހާލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ. ދެމީހުންވެސް ވަނީ ސުވާލުތަކެއްގެ ތެރެއަށް ގެނބިފައެވެ. ގެނބިފައިވަނީ ކިހާ ފުންމިނަކަށް ކަމެއްވެސް އަންދާޒާވެސް ކޮށްލެވިފައި ނުވާއިރު ޖަވާބުތައް ހޯދަން ކުރާނެ ކަމެއްވެސް ހިޔާލަކަށް ނުގެނެވިފައި ތިބެވުނީއެވެ.
“ބްލެކް ބްލެކް..އިއްލު ކީއްވެތަ އެހާ ބްލެކް ދެކެ ލައިކް ވަނީ؟” ޔާނީ އެންދުގައި އޮށޯވެލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން އަހާލިއެވެ. “މަންމަގެ ފޭވަރިޓް ކުލަ. ހެހެ. އިއްލުގެވެސް.” މުލައިލް ސަބަބު ބުނެލިއެވެ. ޔާނީވެސް އެހެން ދޯ އޭ ބުނުމަށް ފަހު ލޯ މަރާލިއެވެ. ސިކުންތެއްވެސް ނުކޮށް ފުންމައިގެން ޔާނީ ތެދުވިއެވެ. “އިއްލު މިޔަދު ކާރަށް އެރީ!!! އެކަމް ދުވަހަކުވެސް ނާރަމެއްނު. އެޔަށް ފޯބިޔާ ހުރޭނު؟؟” އެބުނީ ވެސް ތެދެކެވެ. މުލައިލް އަކީ އެއްވެސް އިރެއްގައި ކާރަށް އަރާ ކުއްޖެއް ނޫނެވެ. މުލައިލް ކާރަށްއަރަން ބިރުގަނެއެވެ. މުލައިލްއަށް ވެސް އެކަމާ މެދުވިސްނާލެވުނެވެ. ނަމަވެސް ކާރަށް އަރަން ބިރު ގަންނަން ޖެހޭ ސަބަބެއް ދުވަހަކުވެސް ނުވިސްނެއެވެ. “އެވާނީ ޔާނީ އަށް އެހެންވީމަ އަހަރެން ހާސްވެފަ ހުރި ވަރުން ކަމަށް. ” އެއްމިޔަކަނުން ހީލަމުން މުލައިލް އެހެން ބުނެލުމާއެކު ޔާނީއަށް އުފަލުން ހަޅޭއްލަވައި ނުގަނެވުނީވެސް ކިރިޔާއެވެ.
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.





finally. got internet. midhiya dhuvas thakuga up nukurevunima mi hafathaage komme dhuvahakuves story genas dheynan ingey. and mistakes hurihya faahaga kohlla dhyfa rangalhu kohllan vi kankan tell me. hope u like this part <3
Me first hama buneveinee wow eay vvvvv slahi
thank you <3 yes u first.haha
wow v obi ingey.. waiting for next partsssss…. luv yah
thank you. ? love u too
mi vaahakaiga mi vaagotheh hama geteh nuvey… kurin genesdhin vaahakaehge part 2 tha mi. imagination ge story thakuga hunnany eh name thakeh henvx haadha hyveye…. vaanuvaa neygunas kiyaahiyyvaagotheh ebahuri… keep it up….
haha..mi vaahakaiga miulheni two kudhin ingey. dhen emyhunge parents ge past ga hingaafa oi kameh emyhun nah ves dhimaa vaan ulhey kamuge ishaaraai dheni. ekam emyhunakah neyngey kurin vefa othi kihineh kameh. so dhekudhin vegen eythi hoadhan ulheni. yeah. kuri vaahakaiga huri names hunnane cause e vaahakaiga ulhun meehun ves ulheythi.thanks tho <3
Vvv salhi
Waiting for nxt
U r the best imagination
Luv u
Waiting……..
awwn.. its ur love that keeeps writers going. thanks a tonn. love u too ??
thankolheh kuru dhww.. but.i apreciate ur work… aslu vv hard kameh story liyumakee.. mi story kiyan ekam adhi cmmnt eh nukurann.. btw i love this storyy❤❤ LYSM
oh. glad to see ur comment love. and yep. it is hard. ahha.thanks a lot. aslu kuru dhw. next part dhigukohla dheynan in sha allah. lym ??
Thanku thanku thanku❤️. And hunelan othy hama wow ey. Waiting ??❤
awwn.. thanks bunan jeheyni alhugandey. haha and welcome. ??
Thanku thanku thanku❤️. And hunelan othy hama wow ey. Waiting ??❤
aha, thanks a lot love ??
Hey seyma….
Woww vvvv nice mi part..Keep it up..
Upload soon dear…
Waiting 4 next part…
Have a nice day.???
hey friends. haha thanks varah bodukoh. yep in sha allah maadhan. hope u have a good day too dear ??
V Salhi…..
Waiting for next….
thanks a lot ??
Ree ge favourite vaahaka mee alah mi vaahaka ah comment mi kuri story kuriyah dhaa goiy varah reethi????
hey ree. good to see ur comment. v happy. thanks a lot love???
Hey imagination, this is my first comment for this story and the story are obinexx to the max very very nice waiting for next part , keep it up dhoonnii??????????????
alhey.. thanks a lot sana. it means a lot to me. <3 <3
You are girl imagination.
The story is super!❤❤❤?????
awwnn.. thankss ???
Story v nice… So mysterious.. Luv this story
thanks yaani dear ?
Hey seyma who is thihaam…..
thihaam ei kuri story ga ulhun meeheh. ei polihunge v bodu meeheh
Ruaa ge dhari tha meega miulheni villain akah? Omg interesting
ahah..lets see dhw. thanks ?
Wow…v nyc…i luv it…my fav story in this site…thnku dear…?
thanks a lot yalun. ?????
Wowww❤❤
Kureege vaahaka aa gulhun eba huri dhw
thanks. yeah adhi ves e dhekudhin hoadhan jehey kan kan v gina dhw. lets see???
Eyyy.. M excited.. Oohh myy gaad. Hahha. Story is habeys
ahhah..awwn. thanks laith
Symaa Kobaa next part plx avas Koh Bala can’t wait
upp kohdhyfin love ?
Seyma kobaa dear new part….waiting waiting …
Plx plx upload soon dear.??????
already done dear. ?