Skip to content
އެސްފިޔަ

ނޭދެން ވަކިވާކަށް

މީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ. އަޅުގަނޑުގެ ދިވެހި ވަރަށް ކޮށިވާނެ. ކުޑައިރުއްސުރެ ރާއްޖެއިން ބޭރުގަ އުޅޭތީ ދިވެހި ބަސް ސުކޫލުގައެއް ނުކިޔަވަން އެހެންވެ ބަހުގެ ހަމަތައް (ބޭސިކަލީ ދިވެހި ގްރެމަރ) ވަރަށް ދަށް ވާނެ. ސޯ ދެއަރ ވިލް ބީ ލޮޓްސް އޮފް މިސްޓޭކްސް. ޕްލީސް ޕޮއިންޓް ދެމް އައުޓް. އަސްލު ވާހަކަ މި ލިޔަނީ ވެސް ދިވެހި އިމްޕްރޫވް ކުރަން. އެކަމް ވާހަކަ ރެގިއުލަރ ކޮށް އަޕް ކުރަން ފަށާނީ ޑިސެމްބަރ 1 ގެ ފަހުން.

މީ ޓްރައަލް އަޕްޑޭޓެއް… ޓު ސީ އިފް ޔޫ ގައިސް ލައިކް ދިސް. އިފް ޔޫ ތިންކް އައި ޝުޑް ކޮންޓިނިއު ލެޓް މީ ނޯ. އެންޑް އީވެން އިފް ޔޫ ޑޯންޓް ލައިކް ދިސް، ބުނެލައްޗޭ.

އޮން އަ ސައިޑް ނޯޓް، މި ވާހަކަ އެހާ ރިއަލިސްޓިކް ނުވެދާނެ. މައި އިމޭޖިނޭޝަން އިޒް ސަމްޓައިމްސް ޓޫ ފާ ސްޓްރެޗްޑް. އެންޑް މީގަ އިންގްލިޝް ޑައެލޮގް ހިމެނޭނެ ވާހަކަ ބުނެލަން. ތޭންކްސް ފޯ ޗެކިން ދިސް އައުޓް.

-އާވާ-

ނޭދެން ވަކިވާކަށް – ޕާރޓް 1

ޒިވެން އޭނާގެ ކާރަށް އަރައިގެން މިސްރާބު ޖެހީ ވިލިނގިލި ފެރީ ޓަރމިނަލްއާ ދިމާލަށެވެ. ދުވަހަކީ ހުކުރު ދުވަހަށް ވެފައި އަދި އެހާ ބޯކޮށް ވާރޭ ވެހޭތީ މަގުމަތީގައި ދުއްވާ އެއްޗިސް އެހެން ދުވަސްތަކާ ޙިލާފަށް ގިނައެވެ. އެހެން ކަމުން އޭނާ ކާރު ދުއްވަން ޖެހުނީ ތަންކޮޅެއް މަޑުންނެވެ. ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށުމުން އޭނާ އެއަށް ޖަވާބު ދިނެވެ. “ޒިވެން، ކޮބާ؟ މިހާރު ކޮންއިރެއް އަހަރެން އިންތިޒާރުގަ މިހެން އިންނަތާ؟” މީރާގެ އަޑުންވެސް ހިތްހަމަ ނުޖެހިފައި ހުރި ވަރު ހާމަވެއެވެ. “ސޮރީ ބޭބް. ޓްރެފިކް އާ ހެދި ލަސްވަނީ. ޓްވެންޓީ މޯރ މިނިޓްސް ޕްލީސް.” ޒިވެން އެއް އަތުން ކާރު ދުއްވަމުން އަނެއް އަތުން ފޯނު ކަންފަތުގައި ޖައްސައިގެން އިނދެ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ފައިން. ޔޫ ބެޓާރ ބީ ހިއާރ އިން ޓްވެންޓީ މިނިޓްސް. އޯރ އެލްސް…” ޒިވެންގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. “އޯރ އެލްސް ވަޓް؟” “ދަތް އަޅާނީ.” މީރާގެ އަޑުގައިވީ ލާނެތް ކަމެވެ. “އަނެއްކާ؟” ޒިވެން ހިނިގަނޑެއް ޖަހާލަމުން ކާރުގެ ދުވެލި ބާރުކޮށްލިއެވެ. “އަދި މިއުޅެނީ ރޭގަ ދަތް އެޅި ތަނުންވެސް ތަދު ނުފިލައިން.” “ހާދަ ފިނޑި އޭ ދޯ.” މީރާ ގަސްތުގައި ދިމާކޮށްލިއެވެ. ” ޔޫ ކާންޓް އީވެން ހެންޑްލް އަ ލިޓްލް ބިޓް އޮފް ޕެއިން.” .”ފިނޑި އޭ؟ ތިއެއް ދައްކާލާނަމޭ.” ހަނި ގޯޅިއަކަށް އަޅާލަމުން ޒިވެން އޭނާގެ އަތުކުރީ އޮތް ރޮލެކްސް ގަޑިއަށް ނަޒަރު ހިންގާލިއެވެ. “ދެން އިނީ ބާކީ އެންމެ……ވަޓް ދަ ހެލް!” ކުއްލިއަކަށް ކާރު ކުރިމައްޗަށް މީހަކު އެރުމުން ސިއްސައިގެން ގޮސް ޒިވެންއަށް ތެޅިގަނެވުނެވެ. އަދި ވަގުތުން ކާރުގެ ބުރެކި ޖެއްސިއެވެ. ނަމަވެސް ކާރު ކޮންޓްރޯލު ނުވެ ގޮސް އެމީހާގެ ގައިގައި ޖެހި އެ މީހާ ވިއްސައިގެން ގޮސް ދުރުގައި ޖެހުނެވެ. “ޟިޓް، ޟިޓް، ޟިޓް.” ޒިވެން ކާރުގެ ދޮރުހުޅުވާލުމަށް ފަހު ނިކުތް އިރު މޫނުމަތިން ފާޅުވަނީ ހާސްކަމެވެ. ބާރަށް ދުވެލާފައި ގޮސް އެ ވެއްޓިފައި އޮތް މީހާ ކައިރިއަށް ދެވުނު އިރު އޭނާ އެއްކޮށް ތެމި ފޯވެއްޖެއެވެ. ޒިވެންގެ ކާރު މަގު މެދުގައި އޮތުމުން ޓްރެފިކް އަށް ބާރުބޮޑުވެ މުޅި ސަރަހައްދު ބަރުގޮނުތަކުގެ އަޑުން ގުގުމާލިއެވެ. އެކްސިޑެންޓެއް ހިނގައިފިކަން އެނގުމުން މީހުންތައް ހަލަބޮލިވެގެން ދިޔައީ އެހާ އަވަހަށެވެ. ކުޑަ ކަކޫ މައްޗަށް ތިރިވެ ޒިވެން ބިންމަތީގަ އޮތް އަންހެންމީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ޗެކްކުރިއިރު އޭނާގެ ހިތް ބާރުބާރަށް ދިޔައީ ތެޅެމުންނެވެ. ނަސީބަކުން ބޭރު ފުށުން އެއްވެސް ޒަހަމެއްގެ އަސަރު ފެންނާކަށް ނެތެވެ. އެކަމް އެ މީހާ ހޭނެތިފަ އޮތުމުން ޒިވެންގެ ހާސްކަން އިތުރުވިއެވެ. އިތުރު ދެ ފިރިހެނުންގެ އެހީ އާ އެކު، ޒިވެން އެ އަންހެން މީހާ ކާރުގެ ފަހަތު ސީޓަށް އަރުވައިގެން ހޮސްޕިޓަލަށް މިސްރާބު ޖެހިއެވެ. “ޕްލީސް ގޯޑް. ލެޓް ހާ ބީ އޯލްރައިޓް.” ޒިވެންއަށް ހިތާހިތުން އެހެން ކިޔާލެވުނު އަދަދެއްވެސް ނޭގެއެވެ. ކާރުގެ ލޯގަނޑުން އޭނާ ފަހަތު ސީޓުގައި އޮތް މީހާއަށް ބަލާލިއެވެ. ރަތް ކުލައިގެ ބުރުގާ ތެރެއިން ހުދުވެފައިވާ މޫނު ފެންނަނީ ބަލިކަށި ގޮތަކަށެވެ. ކަޅުކުލައިގެ ބޮޑު ހެދުން ތެމިފައިވުމުން ހަށިގަނޑުގެ ވަނާތައް ކޮންމެސް ވަރަކަށް ފާޅުވެއެވެ. ބަލާބެލުމަށް ހީވަނީ ވިހި އެކާވީސް އަހަރުގެ ކުޑަކުއްޖެއް ހެންނެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ޒިވެންގެ ފޯނު ދިޔައީ މެދުކެނޑުމެއް ނެތި ރިންގް ވަމުންނެވެ. ގުޅަނީ މީރާއެވެ. ނަމަވެސް ޒިވެން ހުރީ އެއަށް ޖަވާބު ދެވޭވަރަށް ވުރެ ބޮޑަށް ހާސްވެފައެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ މި އެކްސިޑެންޓްވި ކުއްޖާ ޑޮކްޓަރަށް ދައްކާ ނިމުމުންނެވެ. ♡ ♡ ♡

ކަރީމް ޕްރައިވެޓް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގެ ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒިވެންއަށް ވަނީ އެންމެންގެ ލޯތައް ހުއްޓިފައެވެ. ހިދުމަތް ހޯދަން އައިސްފަ ތިބި މީހުންގެ އިތުރުން އެ ހޮސްޕިޓަލްގެ މުއައްޒަފުންވެސް ހީވަނީ ބޭރުގެ ފިލްމްސްޓާރެއް ފެނިގެން އުޅޭހެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޒިވެން އަކީ އެންމެ ރީތި ފިރިހެނުންގެ ތެރެއިން ގުނާލެވޭނެ އެކަކުކަން ހަމަ ގައިމެވެ. ހަ ފޫޓު ތިން އިންޗީގެ ދިގު އިސްކޮޅެކެވެ. އަޅި ކުލައިގެ ކަޅިއެކެވެ. މަޑު ޗޮކްލެޓު ކުލައިގެ އިސްތަށިގަނޑު ވަނީ ބޮލުގެ ދެފަރާތުން ތުނިކޮށް ކޮށާލެވިފައެވެ. އެ ޓޭން ވެފައިވާ މޫނުން ދޭހަކޮށްދެނީ ޒިވެން އަކީ ގިނަވަގުތު އަވީގައި އުޅޭ ޒުވާނެއް ކަމެވެ. ތުނބުޅި މަތިމަސް ކުރުކޮށް ސްޓައިލް ކޮށްފައި އިންގޮތުން އޭނާގެ ފިރިހެންވަންތަ ކަން އިތުރު ކޮށްދެއެވެ. ލައިގެން ހުރި ހުދު ކުލައިގެ ޓީޝާޓު ތެމިފައިވުމުން އެ ރީތި ހަށިގަނޑު ވަނީ ހާމަވެފައެވެ. ޑެނިމް ޖީންސްގެ ކުރިމަތީ ޖީބަށް އަތް ޖަހައިގެން ދެކޮޅަށް ހިނގަމުން ދިޔަ ޒިވެން އަށް މީހުން އޭނާއަށް ބަލާކަން އިހުސާސް ވިޔަސް އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ދާ ކޮންމެ ތަނަކުން މީހުންގެ ސަމާލުކަން ލިބުމަކީ އޭނާއަށް އާކަމެއް ނޫނެވެ. ޙުދު ޒިވެންވެސް އޭނާއަށް ގުދުރަތުން ލިބިފައިވަނީ އާދަޔާ ހިލާފު ރީތިކަމެއްކަން ގަބޫލުކުރެއެވެ. ނަމަވެސް އޭނާ އަކީ އެކަމާ ހެދި ބޮޑާވެ ދެއްކެން އުޅޭ މީހެއް ނޫނެވެ. ދިހަ މިނިޓް ފަހުން އިމަޖެންސީ ރޫމްގެ ދޮރު ހުޅުވާފައި ނަރުސް ކުއްޖެއް ނިކުމެ ޒިވެން އަށް ބޭސް ސިޓީއެއް ދިއްކޮށްލިއެވެ.

“ހައު އިޒް ޝީ؟” ބޭސް ސިޓީ ގަ ހިފަމުން ޒިވެން އަހާލިއެވެ. ޒިވެން ގެ ތޫނު ނަޒަރު އަމާޒުވުމުން ނަރުސް ކުއްޖާގެ ހިތަށް އެނގުންވެލައިން ދިޔައެވެ. މިހާ ރީތި ފިރިހެނުންވެސް ދުނިޔޭގައި އުޅޭ ދޯ އޭ ހިތަށް އެރިއެވެ. “މިހާރު ހޭއަރައިފި. ވާހަކަވެސް ދައްކާ. ކޮންކަޝަންއެއް އެކަމް އެހާ ސީރިއަސްއެއް ނޫން. އަދި ޓެސްޓްތަކެއް ހަދާލަން އެބަ ޖެހޭ.” ޒިވެން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. “އޯހް، ތޭންކް ގޯޑް. ކޭން އައި ޓޯކް ޓު ދަ ޑޮކްޓަރ އިން ޗާރޖް؟” “ލައްބަ. ބޭސް ނަންގަވައިގެން މި ކޮޅަށް ދުރުވެލައްވާ.” ބޭސްނަގަން ދަމުން ޒިވެން ބޭސް ސިޓީއަށް ނަޒަރު ހިންގާލިއެވެ. ދެ އިންޖެކްޝަނާއި ތިން އައިވީ ފުޅީގެ އިތުރުން ދެން ހުރީ ބޭސްތަކެކެވެ. ޒިވެން ބޭސް ސިޓީ މަތީގައި ލިޔެފައިވާ ބަލިމީހާގެ މައުލޫމާތު ކިޔާލިއެވެ.

ނޭމް: މަރިޔަމް އިފާ،  ޕޭޝަންޓް އައިޑީ: KPH/019432 ، އެޑްރެސް: އަތަމާގެ، ރ. އުނގޫފާރު،  ޑޭޓް އޮފް ބާރތް: 21/12/1994

ބޭސްހިފައިގެން ގޮސް ޒިވެން އިމަޖެންސީ ރޫމަށް ވަން ތަނާ ނަރުސް ކުއްޖާ ކައިރިއަށް އައިސް ބޭސް ކޮތަޅު އަތުލިއެވެ. “މިތާ މަޑު ކޮށްލައްވާ. ޑޮކްޓަރ ދުރުވާނެ އިރުކޮޅަކުން.” ޒިވެން ނަރުސް ކުއްޖާއަށް ޝުކުރު އަދާ ކޮށްފައި އޭނާ ދެއްކި ގޮނޑީގައި އިށީނެވެ. އެ ވަގުތު ކުއްލިއަކަށް މީރާ މަތިން ހަނދާންވުމުން އަވަހަށް ފޯނުން މެސެޖެއް ލިޔެފައި ވެގެން އުޅޭގޮތް އަންގާލަދިނެވެ. ޑޮކްޓަރ އައުމުން ޒިވެން އަވަހަށް ތެދުވެ ޑޮކްޓަރާއި ސަލާން ކޮށްލިއެވެ. “އަޅުގަނޑަކީ ޑޮކްޓަރ ނަދީމް އާދަމް. ކޮން ބޭފުޅެއް ތޯ ތީ؟” “.ޒިވެން. ޒިވެން އަލް ކަރީމް.” ޑޮކްޓަރ ނަދީމްގެ މޫނުމަތިން ހައިރާންކަން ފައުޅުވިއެވެ. “ރާޝިދު އަލް ކަރީމްގެ ދަރިފުޅު ތޯ؟” ޒިވެންއަށް އޭނާގެ ފުރިހަމަ ނަން ބުނެވުނީ އޮޅުމަކުންނެވެ. އެކަމަކު ދޮގު ހަދަން ބޭނުން ނުވާތީ ބޯ ޖަހާލިއެވެ. “ވަރަށް ބޮޑަށް މައާފު ކުރައްވާތި. އަޅުގަނޑުމެންނަށް ނޭގުނީ ކޮން ބޭފުޅެއްކަން ތީ. އެހެން ނޫންނަމަ…” ޑޮކްޓަރ ނަދީމް ގެ ވާހަކަ މެދުކަނޑާލީ ޒިވެން ވާހަކަ ދައްކަން ފެށުމުންނެވެ. “ދެޓްސް އޯލް ރައިޓް.” ހަގީގަތަކީ ހުދު ޒިވެން އެ މީހުންނަށް އޭނާއަކީ ކާކުކަން އަންގަން ބޭނުން ނުވީކަމެވެ. ކަރީމް ޕްރައިވެޓް ހޮސްޕިޓަލަކީ އޭނާގެ ބައްޕަ މުހައްމަދު ބިން ރާޝިދު އަލް ކަރީމްގެ ތަނެކެވެ. ޒިވެންއަކީ އެއްވެސް ވަރަކަށް މީހުންގެ ސަމާލުކަން ބޭނުންވާ މީހަކަށް ނުވުމުން އޭނާ އެކަން ސިއްރު ކުރީއެވެ. އޭނާއަކީ ކާކުކަން ބުނެލާއިރަށް “ވީއައިޕީ ޓްރީޓްމެންޓް” ލިބޭނެކަން އެނގެއެވެ. ނަމަވެސް އެގޮތް ޒިވެން ބޭނުން ނުވީއެވެ. ޑޮކްޓަރ ނަދީމް، ޒިވެން ގެންދިޔައީ އޭނާގެ އޮފީހަށެވެ. “ޕޭޝަންޓް ހޭ އެރުމުން އަޅުގަނޑުމެން ސުވާލުތަކެއް ކުރިން. އޭނާ ބުނާގޮތުން ގަސްތުގައި ޒިވެންގެ ކާރު ކުރިމައްޗަށް އެރީ.”

“ވަޓް؟ އެހެންވީމަ ތިބުނަނީ ޝީ ވޯންޓެޑް ޓު ކަމިޓް ސުއިސައިޑް އޭ ތަ؟” ޒިވެންއަށް ގަބޫލުކުރަން ދަތިވިއެވެ. ޑޮކްޓަރ ނަދީމް ބޯ ޖަހާލިއެވެ. ” ހޮސްޕިޓަލްގެ ގަވާއިދުގައިވާ ގޮތުން އެކްސިޑެންޓް ވެގެން މީހަކު ގެނެސްފިއްޔާ ފުލުހުންނަށް އެންގުމަކީ ހޮސްޕިޓަލުން ކުރަންޖެހޭ ކަމެއް. އަދި މި ކޭސްއަކީ އެޓެމްޕްޓެޑް ސުއިސައިޑް ކޭސް އަކަށް ވީމަ ފުލުހުންނަށް އެންގުން މުހިއްމު. އެކަމަކު އަޅުގަނޑުމެން އެ ޗޮއިސް ދޫ ކޮށް ލާނީ ޒިވެންއަށް.”

ޒިވެން އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ރަނގަޅު ގޮތަކީ ފުލުހުންނަށް އެންގުމެވެ. އެކަމަކު އޭރުން ޒިވެންގެ އާއިލާގެ ނަން ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާނެއެވެ. ހާއްސަކޮށް އޭނާގެ ނަމެވެ. އެއްވެސް ގޮތަކަށް އެހެން އެކަން ވާކަށް އޭނާ ބޭނުމެއް ނޫނެވެ. އަލް ކަރީމް އާއިލާ އަކީ މުޅި ދުނިޔެއަށް މަޝްހޫރު އާއިލާއެކެވެ. ޒިވެންގެ މަންމަ ހާރިސަތު އަކީ މާލޭ މީހަކަސް ބައްޕަ މުހައްމަދު ބިން ރާޝިދު އަލް ކަރީމް އަކީ ގަތަރުގެ ވިޔަފާރިވެރިއެކެވެ. ހާރިސަތު ވަޒީފާ އަދާކުރަމުން ގެންދިޔައީ ގަތަރުގެ ދިވެހި ރާއްޖޭގެ އެމްބަސީގައެވެ. ރާޝިދުއާއި ދިމާވީ އެ ކޮޅުގައި އުޅެނިކޮށެވެ. ކައިވެނިކޮށްގެން އަހަރެއް ނުވަނީސް ކައިވެނި ރޫޅެން ޖެހުނީ ރާޝިދު އެހެން އަންހެނުންނާއި ގުޅުން ބާއްވާކަން ހާރިސަތުއަށް އެނގުމުންނެވެ. ނުވަމަހުގެ ޒިވެން ގޮވައިން އޭނާ ރާއްޖެ ބަދަލުވީއެވެ. ކަައިވެނި ރޫޅުނަސް ރާޝިދު ހާރިސަތުއަށް މާލެއިން ބޮޑު ބިމެއްގަނެފައި ގެއެއް އަޅާލަދިނެވެ. އުމުރު ދުވަހު އަރާމުގައި އުޅެވޭނެ ވަރަށް އެކައުންޓަށް ލާރި ޖަމާ ކޮށްލަދިނެވެ. އޭގެ އިތުރުން ޒިވެންގެ ހަރަދުތައް ބަލަހައްޓަން ވަކިން ލާރި ފޮނުވިއެވެ. ރާޝިދުއަކީ ރަނގަޅު ފިރިއަކަށް ނުވެވުނަސް ރަނގަޅު ބައްޕައެކެވެ. ދީލަތި މީހެކެވެ. ޒިވެން ބޮޑުވަމުން އައިއިރު އަހަރަކު ތިން ފަހަރު އޭނާގެ ބައްޕައަށް ޒިޔާރަތް ކުރެއެވެ. އެހެންކަމުން ރާޝިދުއާއި ޒިވެންގެ ގުޅުން ވަރަށް ފުރިހަމައެވެ. ގުރޭޑް ދިހައެއް ނިންމާފައި ޒިވެން މަތީ ތައުލީމު އަދާކުރަން ބޭނުން ވީ އެމެރިކާ އިންނެވެ. ރާޝިދުގެ ނުފޫޒުން ހާރވަޑް ޔުނިވާރސިޓީއިން ޒިވެން އަށް ޖާގަ ހަމަޖެހުނެވެ. ޒިވެން އާއެއްކޮށް ހާރިސަތުވެސް އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރިއެވެ.

ބިޒްނެސް އެންޑް ފައިނޭންސްއިން ބެޗެލަރސް ޑިގްރީ އަދި އިކޮނޮމިކްސް އިން މާސްޓަރސް ޑިގްރީ ހެދުމަށް ފަހު ޒިވެން އޭނާގެ ބައްޕަގެ ވިޔަފާރިތެރެއަށް ވަނެވެ. ކަރީމް ހޮޓެލް އެންޑް ރިސޯރޓްސް އަކީ ހަތް ތަރީގެ ބްރޭންޑެކެވެ. ޖުމުލަ ތިންހާސް ހޮޓާ އަދި ރިސޯރޓު އެ ބްރޭންޑަށް ނިސްބަތް ވެއެވެ. އެ ގޮތުން ރާއްޖޭގައިވެސް އެ މީހުންގެ ތިން ރިސޯޓުވެއެވެ. ޒިވެން ހަވާލުވީ އެމެރިކާގަ ހިންގާ ހޮޓާ ތަކާއެވެ. އަލް ކަރީމް ޗެރިޓީ ފައުންޑޭޝަންގެ ދަށުން ދުނިޔޭގެ ފަގީރު ހިސާބުތަކުގައި ހޮސްޕިޓަލް، ސްކޫލް، އަދި ޔަތީމުހާނާ ތައްވެސް ހިންގައެވެ. އެގޮތުން ރާއްޖޭގައި ވެސް ތިން ހޮސްޕިޓަލާއި، ދެ ސްކޫލު ޒިވެންގެ އެދުމުގެ މަތިން މީގެ ތިން އަހަރު ކުރިން ވަނީ ހުޅުވާފައެވެ.

ޒިވެން އެމެރިކާގަ ދިރިއުޅުނަސް ދޭތެރެ ދޭތެރެއިން ރާއްޖެއަށް އާދެއެވެ. މިފަހަރުވެސް ޒިވެން އައިސްގެން އުޅެނީ ރާޝިދުގެ އެދުމުގެ މަތިން ރިސޯރޓުތަކުގެ ވިޔަފާރި ދާ ގޮތް ބަލާލުމަށެވެ. އޭނާ އަބަދުވެސް މަޑު ކުރަނީ ރިސޯރޓުގައި ވިޔަސް މި ދަތުރު މާލޭގައި ހަފްތާއެއް މަޑުކޮށްލަން ނިންމީ މާލޭގައި އުޅޭ ޒިވެންގެ މަންމަ ފަރާތު އާއިލާގެ އެދުމުގެ މަތިންނެވެ. ޒިވެން ފުންނޭވާއެއް ދޫ ކޮށްލަމުން ޑޮކްޓަރ ނަދީމްއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. “ފުލުހުންނަށް އަންގާނެ ކަމެއް ނެތް.” ޑޮކްޓަރ ނަދީމް ބޯ ޖަހާލިއެވެ. ހޮސްޕިޓަލް ވެރިމީހާގެ ދަރިފުޅުގެ ހައިސިއްޔަތުން ޒިވެން ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ ބާރު އޭނާއަށް ލިބިގެން ވެއެވެ. ހޮސްޕިޓަލް ހިންގަން ހަވާލުވެގެން ހުރި ޑޮކްޓަރ ފައިސަލްވެސް ޒިވެންއާއި ބައްދަލު ކުރިއެވެ. އޭނާއާއި ވާހަކަ ދެއްކުމަށް ފަހު ޒިވެން މިސްރާބު ޖެހީ ތިންވަނަ ފަންގިފިލާގައިވާ ޕްރައިވެޓް ރޫމަކަށެވެ. އޭނާގެ އެދުމުގެ މަތިން އެކްސިޑެންޓްވި މަރިޔަމް އިފާ ވަނީ އެ ކޮޓަރިއަށް ބަދަލު ކުރެވިފައެވެ. ޑޮކްޓަރ ނަދީމްގެ އިރުޝާދުގެ ދަށުން އިފާ ހޮސްޕިޓަލުން ދޫކުރުމަށް ހަމަ ޖެހިފައިވަނީ އޭގެ އަނެއް ދުވަހުއެވެ.

ޒިވެން ރޫމަށް ވަންނަން އުޅެނިކޮށް ފޯނު ރިންގް ވާން ފެށިއެވެ. ގުޅަނީ މީރާއެވެ. “ހޭއި ބޭބް. އަދިވެސް ހޮސްޕިޓަލްގަ އިނގޭ.” ފޯނު ނެގިގޮތަށް ޒިވެން ބުނެލިއެވެ. އަދި މީރާއަށް އަޕްޑޭޓް ކޮށްލަދިނެވެ. “ދެން.” މީރާގެ އަޑުގައިވީ ހިތްހަމަ ނުޖެހުމެވެ. ” ނުވެސް ދަންނަ މީހެއްގެ ކަމެއްގަ ތިހާ ވަރުން އުޅެން ޖެހޭތަ؟” “އައި ހިޓް ހާ ވިތް މައި ކާރ. ސޯ އައި ފީލް ރެސްޕޮންސިބްލް.” “އެކަމް ޒިވެން ބުނީމެއްނު މިހާރު އޭނަ އޯކޭ އޭ. މާދަން ދޫކޮށްލާނެ އޭވެސް. ސޯ ދެން ކީއްވެ މަޑުކުރަނީ ތިތާ؟ ” “އޭނައާއި ވާހަކަ ދައްކާލަފައެއް ނު ދެވޭނީ. ” “އޯކޭ ފައިން. އެކަމް އަވަހަށް އަންނަށްޗޭ.” ފޯނު ބޭއްވުމަށް ފަހު ޒިވެން ކޮޓަރި ދޮރު ހުޅުވާލައިފަ އެތެރެ އަށް ވަނެވެ.

އެނދު ކައިރީ ހަރަކާތް ތެރިވަމުން ދިޔަ ނަރުސް ކުއްޖާ ޒިވެން އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “ޕޭޝަންޓްއަށް ނިދިފަ އޮތީ.” “އަޅުގަނޑު މަޑުކޮށްލާ ނަން.” ޒިވެން އެނދުގެ އެއްފަރާތުގައި ވާ ސޯފާ ގައި އިށީނެވެ. ނަރުސް ކުއްޖާ ދިޔުމުން ޒިވެން އެނދުގަ އޮތް އަންހެން ކުއްޖާއަށް ފުން ކޮށް ބަލާލިއެވެ. އަތް ދިގުގަޔަށް ދޫ ހޮސްޕިޓަލް ގައުންއެއް ގައި ފެންނަ އިރު ހީވަނީ ކުޑަ ކުއްޖެއް ހެންނެވެ. އެއް އަތަށް ވަނީ އައިވީއެއް ގުޅާފައެވެ. ނިދާފަ އޮތް އިރުވެސް ބޮލުގައި ފޮތިގަނޑެއް އޮޅާފައިވުމުން ޒިވެންއަށް މަޖާ ވިއެވެ. އެ ދޮން މޫނުމަތީގައިވަނީ މައުސޫމު ކަމެވެ. ޒިވެން ބޭނުންވަނީ މިހާ މައުސޫމު ވައްތަރު ޖަހާ ކުއްޖެއް އަމިއްލައަށް މަރުވާން މަސައްކަތް ކުރަން ޖެހުނީ ކީއްވެގެން ކަން ދެނެގަންނާށެވެ. އޭގެ ފަހަތުގައި ކޮންމެވެސް ސަބަބެއް ވާނެއެވެ. އެ ސަބަބު އެނގުން އޭނާއަށް މުހިއްމުވީ ކީއްވެގެން ކަމެއް ނޭގެއެވެ. (ނުނިމޭ)

Comments (110)

  1. mira

    varah reethi.. wish u best of luck 🙂

    1. ava
      mira

      thank you so much mira. ❤️

  2. Pinky shifoo

    Hiii Ava… I think u should continue so u can improve… Ehchisge badhaluga ehchehi innaany…. Misaalakah dhuhvaa ehchehi… Liyan feshyma improve vamun dhaanee.. Story is intresting… Keep trying it…

    1. ava
      Pinky shifoo

      Thank you so much pinky shifoo. ❤️ I’ll keep that in mind and correct it.

    2. ava
      Pinky shifoo

      Guys, I feel like I need to tell you this since one very sweet reader kindly assumed that my author’s note at the beginning was a ploy to get sympathy and attention from y’all. That is like 95% incorrect (5% true cz let’s all be honest here, we all need attention right ?)

      I was super nervous when I posted this, and just wanted to make sure everyone knew my dhivehi background. I didn’t study dhivehi in school but I read dhivehi stories a lot so that might be why I don’t completely suck at writing. (This is your cue to agree with me and tell me that I don’t suck ?)

      Anyway, thanks for reading, and please please let me know what you think. I actually had a mini panic attack when I logged in tonight and saw that I had 14 comments. I was like 14 people actually read this and tortured themselves? ?

      thanks again guys

    3. ava
      Pinky shifoo

      okay like why is my comment here? ? I wanted to post this as a general comment.

  3. Iz

    Best of luck ava..English words ge badhalugai dhivehi words ginain beynun kureema dhivehi bas dhas vaany..

    1. ava
      Iz

      Thank you so much Iz. Yeah, I know but sometimes I can’t find the right dhivehi words. But will try my best to not use much English words. ❤️

    2. Iz
      Iz

      If you need help, you are always welcome

  4. Afoooo

    Vrh reeeeethi mi vahaka asluves…

    1. ava
      Afoooo

      Thank you so much Afoooo. ❤️

      (I actually had to count the os in your name. ?)

  5. mary

    V NYC..

    1. ava
      mary

      Thank you so much mary ❤️

  6. shym

    Best of luck

    1. ava
      shym

      thank you so much Shym ❤️

  7. aimi

    v reethi vaahaka…. :)… masakkai kollaa.. liyevene adhi vaahaka ekkoh dhivehin ves… best of luck dear

    1. ava
      aimi

      Thank you so much ❤️

  8. nerz

    Feshun varah furihama … best of luck ava.

    1. ava
      nerz

      Thank you so much Nerz ❤️

  9. Shaa

    Kaivenyah aharu nuve kaiveni roolhunee.. dhen kihinei 9 mahuge dharieh hury…

    1. ava
      Shaa

      omg you’re right. thanks for pointing that out. ❤️

  10. Shauna

    Varah reethi ingey feshun dear! You can write the whole story in dhivehi if you try to! This part is really nice. Best of luck ava! Curious to read next part! When will you upload the 2nd part dear? Loves ♥♥♥♥♥

    1. ava
      Shauna

      Thank you so much Shauna ❤️ I’ll start updating from December 1st. I know it’s a long wait but I finish my exams end of Nov. Ehenve.

  11. Bestie

    Vrh reethi?? Furathama buni gothun hy vi ehaa rycheh nuvaane kamah…Bt eventhough there are some mistakes story vrh loabi??
    Keep trying…Bst of luck???

    1. ava
      Bestie

      Thank you so much Bestie. ❤️ Will keep trying to write better and improve.

  12. bolheh

    Heevany e hurihaa ehcheh liyuny kiyuntheringe samaalu hoadhan hen… goaheh noon… komeves varakah dhivehi kiyevifa hurymathaa mihen vaahaka liyan egeyny… sympathy tlk eh dhww ae ehn v ma kurin…hahaa…not bad

    1. ava
      bolheh

      omg you got me. Like saw right through me. Guess I need another trick to gain reader’s ge samaalukan cz I’m so busted. ?

    2. bolheh
      bolheh

      Hahaha… ava… better luck next time… looking forward to see which trick u use next… good luck dear

    3. Ava
      bolheh

      hehe thank you so much ❤️

  13. Aal

    Introduction kiyaalaafai asu heekuri varaah balaafai vrh salhi…… U should continue this…… Asu vrh salhi….. Meehaku kiyaaa echakah nubalaa continue kuramun dhey….. That is best…. All the best…. ????

    1. ava
      Aal

      Thank you so much Aal. ❤️

  14. Nathuu

    First story ah balaafa hama salhi. Ekm beykaaru vahaka nudhakkaathi story thereyga…. nice???? best of luck

    1. ava
      Nathuu

      Thank you so much Nathuu ❤️ No beykaaru vaahaka dho. noted and will try not to.

  15. R......

    WOW

    1. ava
      R......

      I’m going to assume this is a WOW reethi and not a WOW pls stop writing. ? Thanks so much R…… ❤️

  16. ssannwa?❤?

    Salhi ingey Ava…umm..kon grade eh Ava? U better continue the story…?? I’m eagerly waiting ingey..mae ves exams..and yuh too dhw…so best of luck on your exams Ava…u ge comment thah kiyaalaafa heevey that u will be fun to talk to…I actually wanted to bee a friend of yours…if u are using fb or any stuff then??…umm..vhk salhi…waiting for December..all the best❤❤ loves
    =Ssannww=

    1. ava
      ssannwa?❤?

      okay. I, Ava, hereby consider you as my friend, in sickness and in health, or till you get annoyed by my dry humor and decides you’ve had enough of me. ?

      Actually, I’m just a sad person who cries in the shower and pretends to be cool on the internet. like not fun at all.

      Thank you so much and good luck to your exams ssannwa ❤️

  17. shereen

    Vaahaka varah reethi. And sifakohdhdhinun ves varah furihama. I’m not a very good writer, but I felt that subject and the object were misplaced… More like in English style.. but honestly! Very interesting and for a first time, I think you are way better than most of the writers.. 🙂 waiting for the next part 🙂

    1. ava
      shereen

      omg girl you are too kind. I’m so blown by all these positive comments. Thank you so much. and I’ll try to correct the subject/object thing. ❤️

  18. annoying reader

    For start the beggining is awesome and very intresting, if you try u cud do it, please continue with the story 🙂 <3 love the trailer,once started u will start learning ur mistakes too,no one is born perfect <3 all the best ava

    1. ava
      annoying reader

      thank you so much annoying reader. So glad you loved it. ❤️

  19. lim

    Aslu vaahaka heekuri varah vuren reethi… V wait kureveyne mi vaahaka ah ….BTW me ves exams best of luck….. Meehun kiyaa ehchah nubalaa just continue…. Insha Allah u would write even better….. Mi part ves ehaaaa reethi ….all the best

    1. ava
      lim

      thank you so much lim. and all the best for your exams as well. ❤️

  20. nisha

    ava vvv salhi vaahakaige feshun.ehves meehakee fantaairu perfected nuvaanedho so you can do it.

    1. ava
      nisha

      thank you so much nisha ❤️

  21. lily

    dhivehi stories are great to learn the “baskoshaaru” so u can read gavaaidhu foi thah. and ginain liye ulhe, dhivehin vaahaka dhahkaa. ingey ehcheh beynun rangalhu gothuga hifeema dhivehsah molhuvaany….
    anyway story varah reethi.keep it up

    1. ava
      lily

      yeah I checked the gavaidhu foiythah published on the maldivian academy site and it helped me quiet a bit. Thank you so much lily ❤️

  22. xim

    Wow suparb feshumah balaairu its awesome…… U should keep trying……just continue u could write better… All the best to both ur story and exams…..BTW me too exams …best of luck

    1. ava
      xim

      Thank you so much xim. and good luck for your exams too. ❤️

  23. thaaaai ?

    Alhey dhen oii part ah kehmadhu vefa miohthy! ?? Vaahaka varah reethi ingey.. and best of luck for your exams Ava.. ? dhen onna part thankolheh dhigu koh genesdhehchey ?

    1. ava
      thaaaai ?

      Thank you so much thaaaai. (I swear I spent a minute trying to find that emoji you’ve used next to your name ?)

      sure, will definitely give you guys longer chapters. thanks again ❤️

  24. Huyaa

    It is better than expected.. do well girl..

    1. ava
      Huyaa

      Thank you so much Huyaa ❤️

  25. Jin

    Heekuri v vureh mi story v salhi.. Next part konirakuntha genesdheyny??

    1. Jin
      Jin

      Sorry next month ekehge fahun dhw Balaa nulaa veeya comment kurevuny.. ??

    2. ava
      Jin

      ? Thank you so much Jin ❤️

  26. SJK...KOREAN

    Story reethi vaane kamah ummeedhu kuran, feshun varah salhi. good luck. waiting

    1. Anonymous
      SJK...KOREAN

      SJK ge stry kobaa

    2. SJK...KOREAN
      SJK...KOREAN

      story up kohdheyn fashaanan november fahu kolhu in sha allah. 🙂 keep waiting 🙂 😀

    3. SJK...KOREAN
      SJK...KOREAN

      thats actually after my final exams 🙂

    4. ava
      SJK...KOREAN

      Thank you so much sjk…korean ❤️

  27. unaal

    really the feshun of this stry is awesome… n hope kuran story nimey dhekah up kohdheyne kamah..

    1. ava
      unaal

      Thank you so much unaal. nimendhen genesdheynan ❤️

  28. Aishath

    Feshun habeys. Waiting for the next part. Btw m having my exams too. Best of luck to ur exams.

    1. ava
      Aishath

      Thank you so much Aishath, and all the best for your exams too ❤️

  29. Madhooo

    Nice story akah vaane

    1. ava
      Madhooo

      Thank you so much Madhooo ❤️

  30. Coco

    Hey how old r u n story is so damn nice u should totally continue

    1. ava
      Coco

      I’m at that awkward age where I think I’m an adult but my parents still call me at 10 in the evening and demand I get my ass back home. So 19, yeah. ?

      and thank you so much Coco ❤️

  31. Eeka

    Masha allah v rythi feshumeh.aslu konme kamakyves masehkah kuryma vaane kamehkan ava thi sabithu kohdhiny. All the best.? Keep writin???

    1. ava
      Eeka

      oh thank you so much ❤️

  32. Eeka

    English ge badhaluga vahakaiga ginain dhivehi bas beynun kohlla. Eirun dhw bodah dhivehi improve vaany.

    1. ava
      Eeka

      You’re absolutely right, eeka. Will try to use fewer english words.

  33. Naan

    V reethi 1st part ves.

    1. ava
      Naan

      thank you so much Naan. ❤️ and now I’m hungry for Naan. ?

  34. Sallu

    Ava you are funny. Are you really like that?

    1. ava
      Sallu

      every morning i stand in front of my mirror and tell myself that I’m the funniest girl in the world. Then I cry because it’s not true. Hope this answers your question ?

  35. Addu manje

    Alhai ganna gothah than than kolhu huttas overall koh balaa iru mi bai genessa in goii varah furi hama.. Mislaakah ehchiss.. instead ehchiss u can use ehchehi.. ehen readers ves ebai point out koh dheefa ebain dhw..but nvm????
    Tbh this didnt look like a story written by a new writer.. kuda koh massala huttas sifa kurun thakaa ehchehi genesdheefa in goii varah reethi..??
    Im so glad to c writers like you who are working hard to improve in dhivehi inspite of how challenging it is..Im so proud of u.. Wish u all the best my dear.. ?❤❤
    By the way i really love the name ziven.. Its a a really unique name.. adhi alah e nan kiyaa boy eh ulhey story eh mi kiyanee..ur name is quite rare aswell??
    Good night…tc..☺

    1. ava
      Addu manje

      and the award for my favorite comment goes to *drum roll* Addu manje. ? thanks so much for your kind words. ❤️
      And the ‘ehchis’ dho ? yeah one sweet reader pointed it out before but I appreciate you telling me too. ??
      Ziven is actually my boyfriend’s name. Imaginary boyfriend ?
      Thanks again, and good night. Although it’s morning here. take care too the receiver of the best comment award. ?❤️

  36. Hafee Lilly

    varah salhi feshunves

    1. ava
      Hafee Lilly

      Thank you so much Hafee Lilly ❤️

  37. Ashi

    V reethi

    1. ava
      Ashi

      Thank you so much Ashi ❤️

  38. seym

    Awesome.. loved this.. Don’t worry.. you will start improving a lot when u start writing.. Goodluck <3

    1. ava
      seym

      Thank you so much Seym. So glad you liked it ❤️

  39. Casper

    Ava ur comments are too funny. ???

    1. ava
      Casper

      thats not me, but my alter ego ?
      thank you casper the friendly ghost ❤️

  40. niu

    v salhi mi story.???
    I can say tht u can do this..
    best of luck???

    1. ava
      niu

      thank you so much niu ❤️

  41. Shuza

    When next part

    1. ava
      Shuza

      After I’m done with exams. Dec 1st. Thank you so much for reading. ❤️

  42. SJK...KOREAN

    haha. hey ava. u’re so funny. i mean ur way of replying the comments 😀
    superb 😉

    1. ava
      SJK...KOREAN

      I’m not really funny, just a sad person trying to use humor to mask my low self esteem and insecurities ??

  43. Xxxx

    Woow..nice begining….?? waiting 4 ur story

    1. ava
      Xxxx

      thank you so much xxxx ❤️

  44. Myas

    Kon irakun 2vanabai annanee

  45. Myas

    Kon irakun 2vanabai annanee varah salhi

    1. ava
      Myas

      dec 1st. thank you so much Myas ❤️

  46. Shuza

    Can’t wait girl so avahah up kondheeba plx dear girl

    1. ava
      Shuza

      Thank you so much Shuza ❤️ I have exams this month so will update when it’s over. Dec 1st

  47. click a shot ?

    Best of luck ava…varah salhi story akah vaane kamah umeedhu kuran…haadha friendly writer ekey thi ava..??

    1. ava
      click a shot ?

      Thank you so much click a shot ❤️ I’ve talked to more people here than I have ever talked to in my entire life so yeah very friendly ?

    2. click a shot ?
      click a shot ?

      Hehe..i really like your attitude…??

  48. Aegi gom ?

    Please mi story continue kurahchey..varah varah reethi mi story..varah kiyaa hithun indha e nimuny..dhevana bai avahah up kohdhehchey can’t wait ?

  49. ava

    Thank you so much Aegi gom. ❤️

    1. Aegi gom ?
      ava

      alhe ava kobaa tha vaahaka..mihaaru dec 1st ves gossiey..mivaahaka kiyaa hithun hama knme dhuvahaku beleyne up kuran fashaifithoa ?
      Adhives wait kuraanan hama ..avahah up kohdhen fashahchey ingey ?

  50. Naira

    Ava kobaatha vaahaka?

  51. unaal

    hey …ava
    kbr tha nxt part….
    still waiting ingey … ekm up soon plc … can’t wait now…this story is very reethi .. I mean fantastic

  52. zivan

    heewany dhen maa Engish kiyevifa hurihen
    asuga dhivehin v dhen hadinthi faadah uhunyma

  53. ava

    Hey guys, I don’t know if anyone will check this but I wanted to apologize for not updating like I promised. My Dad passed away on November 14th and I have been struggling with that since then. We were very close, he was like my best friend and I just didn’t know how to handle the sudden loss. I lost interest in everything and kinda shut myself from everyone. I’m still not over his death but I’m doing better now. I apologize for not updating and hope you guys understand. I’m going to start writing this again, slowly, taking my time, because somedays I still wake up feeling miserable and I don’t think I can stick to a schedule. So when (or if) I finish the whole story, I’ll upload it all at once.
    Sending you love xx

Comments are closed.