Skip to content
އެސްފިޔަ

އުމުރަށް އެކީގާ ވާނަން..

“އޯ މައި ގޯޑް! ޑޫޑް.. އައި ޖަސްޓް ސޯ ދެޓް ކިއުޓް ބޯއި” ރައްޔަ އޭނާގެ ކައިރީގައި ހުރި ކިއާރާ އަށް ބުނެލިއެވެ. ” މިންމި.. ތި ނޫން ވާހަކައެއް މިއަދު ކޮލެޖުން އައިއްސުރެ ދެއްކިންތަ؟ އަބަދު ކޮންމެސް ކިއުޓު ބޯއި އެއްގެ ވާހަކަ.. ޕިސް ޕިސް.. އިޓްސް ޓޫ ޓޫ މަޗް..” ކިއާރާ އަބަދުހެން ދައްކާ ވާހަކަ ފެށީއެވެ. “އޯކޭ އޯކޭ! ހިނގާ އަވަހަށް ގެއަށް ދާން.. މިހާރު ޝޮޕިންކުރާ ހިތެއްވެސް ނެތް.! އޯލް ތޭންކްސް ޓު ޔޫ” ރައްޔަ ބުނެލި ގޮތުން ކިއާރާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. މިއަދު ޝޮޕިން އަަށް ދާން ނިމައިގެން ހުރި ރައްޔަ ގެ ނިންމުން ބަދަލުކުރެވުނީމައެވެ. “ތި ނޫން ގޮތަކަށް ބުނެވިދާނެ ޔޭ ޑާރލިނގް” ކިއާރާ ބުނެލިއެވެ.
” ބުނެވެން އޮއިތް ނަމަ ބުނީމުސް. މިހާރު އިނގޭތަ ކިތަށް މަސް ވެއްޖެކަން ކަލޭ މަގޭ އަތަށް ރުފިޔާ އެއް ނުދޭތާ. ބަލަ ކަލޭގެވެސް ހުރެޔޭ އަނބިދަރިން. މަ ހިތަށް އަރާ މީނަގެ އަމާ މީނަ ބޮޑު ކުރީ ކިހިނެއްބާވައޭ! ” ރަޝީދާ މިއަދުވެސް އެ ކިޔަނީ ފާއިތުވެދިޔަ 2 ދުވަހުން ފެށިގެން ކިޔާ ވާހަކައެވެ. އޭނާގެ ފިރިމީހާ ރާފިއު އޭނާ އަތަށް ރުފިޔާއެއް ނުދޭތާ 3 މަސް ވެއްޖެއެވެ. އޭނާ ޙައްޖަށް ދާން އެއްކުރި ހުރިހާ ރުފިޔާ ކޮޅެއް ގޭތެރެއަށް ޙަރަދު ވަނީ ރާފިއު އޭނާ އަތަށް އެއްޗެއް ނުދޭތީއެވެ. “ރަޝީ.. ދެންވެސް ތި ރުޅި މަޑުކޮއްގެން ކިއާ އަންނަން ވާއިރަށް އެއްޗެއް ހެދޭތޯ ބަލާބަލަ!” ރާފިއު ބުނެލިއެއްޗަކާ އަޅާވެސް ނުލާ ރަޝީދާ ބަދިގެ އަށް ހިނގައިގަތެވެ. “އަޅޭ ނެތް ލައިގެން ކާނެ އެއްޗެއްވެސް މިހާރު ކިއާރާވެސް އަންނަން އުޅޭނީ” ރާޝިދާ ހިތާހިތުން ކިޔެވެ. އިއްޔެ ގެނައި މަސްކޮޅު މިއަދު ކައްކަން ބަލާލިއިރު ހުރީ ހުސްވެފައެވެ. މީހުސް އެ ރާފިއުގެ ކަންތަކަކެވެ. އޭނާ އަށް ހިޔާލު ތަކުން ބޭރުވީ ގޭގެ މައި ދޮރުގައި މީހެއް ޓަކި ދޭ އަޑަށެވެ. ދޮރު ހުޅުވާލިއިރު ހުރީ ކިޔާރާއެވެ. “މަންމާ، ކޯއްޗެއް ކާން ހުރީ؟” އެތެރެއަށް ވަންނަމުންވެސް ފުރަތަމަވެސް ކިއާރާ އަހާލީ އެހެންނެވެ. ” ދަރިފުޅާ ކިއާ، ބައްޕަ މިއަދު ލައިގެންކާނެ އެއްޗެއް ނުގެނޭ. އިއްޔެ ގެނައި މަސްކޮޅުވެސް ހުރީ ހުސްވެފަ” ރަޝީދާ ވަރަށް ދެރަވެލާފައި ބުނެލިއެވެ. ކިއާރާ ވެސް ބޯ ޖަހާލަމުން ކޮޓަރި އާއި ދިމާލަށް މިސްރާބު ޖެހިއެވެ. ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ނަމާދު ކުރިއެވެ. ނަމާދު ކޮށް ނިމުމުން ކިއާރާ ބަދިގެއަށް ދިޔައެވެ. އޭރު ރަޝީދާ ހުރީ ކައްކާށެވެ. “މަންމާ، ކޯއްޗެއް ތި ކައްކަނީ؟” ބަނޑު ހައި ވެފައި ހުރުމުން ކިއާރާ އަށް ބުނެލެވުނީވެސް ތަންކޮޅެއް އަވަހަށެވެ. “ދަރިފުޅު މިހާރު ބަނޑުހައި ވީ ދޯ؟ މަޑު ކުރޭ މަންމަ މިހާރު މަސްފިހެލާފަ ގޮވާލާނަން” ރަޝީދާ ބުންޏެވެ.
“މަންމާ ބަލާބަ ބަައްޕަ ބުނި އެއްޗެއް.” ރައްޔަ ސާއިރާ އަށް ގޮވާލިއެވެ. އޭރު ސާއިރާ ދޭފަތް ހިފައިގެން އައިސް ހުއްޓެވެ. “ކީކޭ ބައްޕަ ބުނީ” ރައްޔަ ކައިރީ ހުރި އަހުމަދުއަށް ބަލާލަމުން ސާއިރާ ބުނެލިއެވެ.” ބައްޕަ ބުނީ މަންމަ ރޭގަ ދުށީމޯ ހުވަފެނުގަ. މަންމަ ހުރީ ވަރަށް ރީތި ކޮށްށޯ.” ރައްޔަ އަހުމަދު އަށް ބަލާލަމުން ބުނެލިއެވެ. ސާއިރާ އަހުމަދު ފަހަތުން ދުވަމުން ދިޔައެވެ. އަހުމަދު ސިޑިން ފައިބަމުން ދިޔައިރު އެތާ އޮތް ކޮތަޅެއްގައި އަޅައިގަނެފައި ތިރިއަށް ވެއްޓުނެވެ. ރައްޔަ އެއްޗެއް ވެއްޓުނު އަޑު އިވިގެން ބަލާލިއިރު އަހުމަދު އޮތީ ލެޔާ ތަތްތެޅިފައެވެ. “ބައްޕާ” ރައްޔަ ބާރަށް ހަޅޭލަވާގަތެވެ.
-ނުނިމޭ-

Comments (12)

  1. Rsh

    Nice but v kuru

  2. Limsha

    Kuru dhw thankolheh bt rythi vaane hn hyvey
    Dhe frnd in one boy tha??

  3. xim

    Dhw ..v kuru ekm reethi

  4. RIiii

    Salhi… Bt dhigukohlinama…. Whn nxt part..???:)

  5. Anonymous

    Mithaa vaa ehcheh nuvaa ehcheh nenge.

  6. click a shot ?

    Varah reethi feshun..paragraphs tha vaki kohlaafa liyachey dhen inna part ga..waitting ❤️❤️

  7. Kai

    Aslu ves vaanu vaa eh neygun n vv kuru dw

  8. Aish

    Mulin sakaraai vaanuvaa neygey mas nethi ekam mas kolu fihelany eykihineh evee hadhi

  9. Pinky shifoo

    Is this a trailer Hayaa?? Vaanuvaa nengunyma mi ahaalee…

  10. Alyfa

    V nyc ehkamu v kuru

  11. SJK...KOREAN

    v nice 🙂 best of luck 🙂

  12. Sweetie

    Alhe vaanuvaaa engey gothah liyahchchey.

Comments are closed.