ހުވަފެން
އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ އުފާވެރި ދުވަހެއް ނޫނެވެ. އަޑިގަނޑަކަށް ފަހު އުސް ގަޑެއް އާދެޔޭ މުސްކުޅިން ބުނެ އުޅޭ އަޑު އިވެއެވެ. ހަވީރު ގަޑީގެ ހަމަހިމޭން ވާރޯޅީގެ ސަބަބުން ގަސްތަށް އުފަލުން ނަށަމުން ދަނީއެވެ.
އެހެން ދުވަސްތަކޭވެސް އެއްފަދައިން މިއަދުވެސް މިޝްގާ ހަވީރު ފިންޏަށް ރީތިވެލާގެން ހިގާލަން ނުކުތެވެ. އުޑުމަތި ބަނައެވެ. އެހެންނަމަވެސް ހަވީރުގަ ހިގާލަން ދިއުމަކީ މިޝްގާއަށް ލިބޭ އުފަލެކެވެ.
ވާ ޖެހޭލެއް ބާރުކަމުން ގަސް ތަށް ހީވަނި މުލުން ލުހިގެން ވެއްޓިދާނެހެނެވެ. ނަމަވެސް ހިމަ ފޮދުވާރޭތެރޭގަ އެކިއެކި ހިޔާލުތަކުގާހުރެގެން އޮޔާ ބެހިގެންދާ އޮޑިއެއްފަދައިން މިޝްގާ ހިގަމުން ކުރިޔަށްދިޔައެވެ. ދާނެ ވަކި މަންޒިލެއް ނެތެވެ.
ވިދާލާ ކޮންމެ ފަހަރަކު މިޝްގާ ސިއްސައިގެންދެއެވެ. ދެވޭ ނުދެވޭ ތަނެއް ހުދު މިޝްގާ އަކަށްވެސް ނޭގެއެވެ. ހިނގާ ހިނގާ ވަރުބަލިވެއްޖެއެވެ. ނަމަވެސް ގެޔަށް ދާކަށް މިޝްގާ ބޭނުމެއް ނުވެއެވެ.
ހިޔާލީ ދުނިޔެއެއްގައި ހިނގަމުން ދިޔަ މިޝްގާ ހަމަހޭވެރިކަންވީ ހީކަރުވައިގެން ތުރުތުރު އަޅަންފެށުމުންނެވެ. ތުރުތުރު އަޅާ ވަރުން ބިންމަތީގައި ދެ ފައެއް ހަރެއް ނުލައެވެ.
މިޝްގާ އަވަސްވެގަތީ ހިޔާވެލަން ވަދެލާނެ ތަނެއް ފެނޭތޯއެވެ . ނަމަވެސް މިޝްގާއަށް އާދެވިފައި ވަނީ މީހުން ނޫޅޭ ހިސާބަކަށް ވުމުން ހިޔާވެލާން ވަދެލާނެ ތަނެއް ނުފެނުނެވެ.
ޖަންޔާ ކާރި ހިސާބަކަށް ދެވުނު ތަނާ ދަޑިން އަޅާފަވާ ކުޑަ ވަރެއްގެ ޖިފުޓިގަނޑެއް ފެނުނެވެ. މިޝްގާ އުފަލުން ގޮސް އެ ޖިފުޓިގަނޑަށް ވަނެވެ. ބިރުން އެކަނި ގެޔަށް ދާކަށް ނޭގޭއެވެ. އަދި ވަރުބަލިވެފާ ވުމުން ޖިފުޓިގަނޑުތެރޭގައި އޮތް ތޮށަލިގަނޑެއްގައި އޮށޯވެ އޮއްވާ ނިދިޖެއެވެ.
މިޝްގާއަށް ހޭލެވުނީ ހޫނު ނޭވާއެއް ކަރުދަށުގައި ބީހެން ފެށުމުންނެވެ. އޭރުވަނީ އިރުއޮއްސިފައެވެ. ހޭލެވުމާއެކު ކައިރީގަ މީހަކު ހުރި ތޯ ހޯދާ ލެވުނެވެ. މީހެއްގެ ހިލަމެއް ނުވިއެވެ. ހޫނު ވާރޯޅިއެއް ވަނީ ކަމަށް ހީކޮއް ނިދި އައިސްފަވާވަރުން އަނެއްކާވެސް މިޝްގާ ނިދަން ޖައްސާލިއެވެ.
ވަރަށް އަރާމު ނިންޖެއްގާ އޮއްވާ މިޝްގާއަށް ހޭވެރިކަންވީ ފިރިހެނެއްގެ އަނޑު އިވުމުންނެވެ. ހޭލެވުމާއެކު ބިރުން ދެ ލޯ ބޮޑު ކޮށްލާގެން ދެ ކޮޅުހޯދަން ފެށިއެވެ. މިޝްގާ އޮތްތާގަ ހުރި ކުޑަ ހުސް ކޮޅެއްގާ މީހަކު އޮތްތަން ފެނުމުން ބިރުންގަތެވެ. ބާރަށް ރޮއެގަނެވުނެވެ.
މީހުން ނޫޅޭ ހިސާބެއްކަން ހަދާންވުމުން ރުއިން ހުއްޓާލުމަށްފަހު އެތާގަ އޮތް މީހާއަށް ނަޒަރު ހިން ގާލިއެވެ. ފިރިހެން ވަންތަ ރީތި ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. ބޮލުގެ އިސްތަށި ވަޔާ ކުޅެލާއިރު މޫނުގެ ރީތިކަމާ ތާޒާކަން ފެނުނެވެ. ކަޅިވެސް ޖަހާލަން ނޭގިފާ އެ ޒުވާނާއަށް ބަލަހައްޓާގެން އިދެވުނެވެ. ޤުދުރަތުން ފުރިގެންވާ އަޖާބެކެވެ. މިހާ ރީތި ޒުވާނެއް ލިބޭނެ ނަމައޭ ހިތާހިތުން ޝަކުވާކުރެވުނެވެ. ހިތް އެދެމުން ދަނީ އެ ރީތި ޒުވާނާއާ ވާހަކަދެއްކުމަށެވެ.
ނަމަވެސް އެއީ ކޮން ރަށެއްގެ ކާކު ކަމެއް ނޭގޭތީވެ ވާހަކަ ދައްކަން ޖެހިލުންވިއެވެ. އެ މީހެއްގެ އިޝާ ރަތެއް ވޭ ތޯ އިރުކޮޅަކު އިނުމަށް ފަހު އެ ޒުވާނާއާ ވާހަކަ ދައްކަންފެށިއެވެ.
“ތީ ކާކުތަ…؟” އެމީހާ ޖަވާބު ދިނެވެ. “އަހަންނަކީ އިންސާނެއްނޫން”. މިޝްގާ ކުޑަކޮއް ބިރުގަތެވެ. ނަމަވެސް އެއީ އެމީހާ ކޮއްލި ސަމާސާއެއް ކަމަށް ހީކޮށް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“ތިހެން ވެއްޖެއިޔާ ތީ ޖިންނިއެއް ތާ.. ޖިންނީގެ މަންމަ ހަތް ދުވަސްވުމުން ނަމެއް ނުކިޔާތަ..؟” އެމީހާ ވާހަދަށްކަންފެށިއެވެ. “އަހަންނަށް ކީޔަނީ ޖިނާން..”
ދެމީހުން ތާރަފްވިއެވެ. މިގޮތަށް އެކިއެކި ވާހަކަތަށް ދައްކަމުން ގޮސް ދެމީހުން ރަޙުމަތްތެރިނަށް ބަދަލުވެގެންދިޔައެވެ. ދުނިޔެމައްޗަށް ވެރިވެފައިވާ އަނދިރި ކަމެއްގެ ސަބަބުން މިޝްގާ އަކަށް ގެޔަށް ދާކަށެއްނުކެރުނެވެ. އެހެންކަމުން ދެ މީހުންވެސް ބޭނުންވީ ރޭގަނޑުގެ އަރާމުނިދި އެ ޖިފުޓިގަނޑުތެރޭގައި ހޭދަކުރާށެވެ.
އިރުއޭގެ ވާޖިބު އަދާކުރުމަށް ހެދުނުގެ ރިހި ދަޅައަލިކަމެއް މުޅި ދުނިޔަށް ފަތުރާލިއެވެ. ދޫނިސޫފާ ސޫފީގެ ރީތި އަޑުން މުޅި ދުނިޔެ ހޭލައްވާލިއެވެ. ވަސްމީރު މާމެލާމެލީގެ މީރު ވަހުން މުޅި ޖަންގައްޔަށް ތާޒާކަމާ ރީތިކަންގެނައެވެ.
މިޝްގާ ނިދިން ހޭލާތޯ ދެކޮޅަށް ހިގާލަ ހިގާލާ ޖިނާން ހުއްޓެވެ. މިޝްގާ ހޭލި އިރު ޖިނާން ދެކޮޅަށް ހިގަހިގާ ހުރުމުން ވަރަށް ކަން ބޮޑުވިއެވެ. އަދި މިޝްގާ ސުވާލު ކުރިއެވެ. “ކީއްވެ ދެ ކޮޅަށް ތިހިގަނީ..؟” ޖިނާން ޖަވާބުދިނެވެ. “ހޭލެވޭދެކަށް މިތާގަ ހިނގާލީ. އެކަނި ކޮއްފަ ދާކަށް ނުވާނެއްނުން އެހެންވެ ހޭލެވެވުނީމަ ދެ މީހުން އެކީ ދާން މަޑު ކުރީ..” މިހާހިސާބަށް ބުނެވުނު ތަނާ މިޝްގާ ވާހަކަ ދެއްކިއެވެ. “ޖިނާން ތިބުނީ ހަމަ ރަގަޅު ވާހަކައެއް. އަންހެން ކުއްޖެއް ޖަންގަޔެގާ އެކަނި ކޮއްފަ ދާނީ ވަރަށް ރަހުމުކުޑަ މީހެއް..؟ ދޯ ޖިނާން.. ހިނގާ ގެޔަށް ދާން…. ގޭ މީހުން ނޭގެ މިހާރު މުޅިރަށް ކުޑަ ނުކުރާކަމެއްވެސް….؟” މިޝްގާ އަވަސްވެގަތީ ގެޔަށްދާށެވެ.
އޮލަވާހަކަތަކެއްގައި ތިބުމުން ގެޔާ ހަމަ ވީރުވެސް މިޝްގާ އަކަށް ނޭގުނެވެ. ނަމަވެސް ގެޔާ ހަމަވުމުން މިޝްގާ ހުރީ މާޔޫސް ވެފައެވެ. ވާނީވެސް އެހެންތާ. ޖިނާންގެ ރީތި ސޫރަ ފެނުނު ކޮންމެ އަންހެން ކުއްޖެގެ ހިތް ދަމާގަންނަހާ ރީތި ސިފައެއްގެ ވެރިއެކެވެ.
ސަލާމް ކޮއްލުމަށްފަހު ޖިނާން ހީގާގަތުމުން ބޭއިހުތިޔާރުގާ މިޝްގާއަށް ބުނެވުނެވެ. “ދެން ކޮން އިރަކުން ބަދަލްކުރާނީ؟” ޖިނާންގެ މަޑުމަޑު ހިގުން ހުއްޓުން އެރިއެވެ..
މިޝްގާގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގާ ޖިނާންވެސް ކޮއްލީ ސުވާލެއްކެވެ. “ބައްދަލް ކުރާހިތްވާނަމަ ދެން ކޮންމެ ރެޔަކު ބަދަލްކުރެވޭނެތަ؟” ވިސްނުމެއްނެތި މިޝްގާ އަވަހަށް ބުނެލިއެވެ. “ކީއްވެ ބައްދަލް ނުކުރެވެންވީ.. ކޮންމެ ރެޔަކު އަށެއް ޖަހާ އިރު ނުކުންނާނަން އޭރުން ރަގަޅެއްނުން..” ފަހުން ބަދަލްވާނެ ކަމުގެ އުއްމީދުގާ ދެ މީހުން ހިނގާގަތެވެ.
މިޝްގާ ގެޔަށް ވަން އިރު ގޭގެ އެއްމެން ހަމަޔަށް ތިތްބެވެ. އެންމެންވެސް ތިބީ ވަރަށް ކަންބޮޑުވެފައެވެ. ރޭ ހަތަރުދަން ނިމިގެން ދިޔައިރު އައިލާގެ ހުރި ހަމަ އެކަނި އަންހެން ކުއްޖާ ވީ ބޭރުގައެވެ. ކުޑަކޮށް ޖެހިލުން ވެ ހުރެގެން ގޭ މީހުންނަށް ކަންތަށް ވެގެން ދިޔަގޮތް ކިޔާދިނެވެ. ނަމަވެސް އެންމެން ތިބީ ވަރަށް ނުރުހުން ވެފައެވެ.. މިޝްގާ ހެދުނުގެ ކެއުމަށް އިންސާފު ކުރުމަށްފަހު ކޮޓަރިޔަށްދިޔައެވެ.
ހެދެނު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. މިޝްގާ ކޮޓަރިޔަށް ވަދެ ފެންވަރާ ހެދުން ބަދަލު ކުރުމަށްފަހު އެދުގާ އޮށޯވެ ހަމަޖެހިލިއެވެ. މިޝްގާގެ ލޮލުގެ ކުރިމަތިން ސިފަވަމުން ދިޔައީ ރޭގެ ހާދިސާއެވެ. އެމައުސޫމް މޫނެވެ. އެރީތި ހަށިގަނޑެވެ. އެސާދާހިނިތުންވުމެވެ.
މިޝްގާ ހިތަށް އެރިއެވެ.ރޭގެ ކަންތައްތައް ސިފަވާންވީ ކީއްވެ ހެއްޔެވެ.؟ ނޭންގި ނަމަވެސް ހިތުން ޖާގައެއް ދެވުނީބާއެވެ.
މިޝްގާ ހިތާ ހިތާ ސުވާލު ކޮއްލިއެވެ. މިވެވުނީ ލޯބި ބާއެވެ؟ އެކަމަކު މިޝްގާ ލޯބި ގަބޫލެއް ނުކުރެއެވެ.
މިޝްގާ ދެކޭގޮތުގާ ލޯތްބަކީ ޒުވާނުން ފެޝަނަކަށް ހަދާގެން ކިޔާ އުޅޭ އެއްޗެކެވެ. ނަމަވެސް ލޯބި އެއީ ވެވޭ އެއްޗެއްކަމުގައި ގަބޫލުކުރަން މިހާރު މިޝްގާއަށް މަޖުބޫރު އެބަވެއެވެ.
ޖިނާންގެ ހާލަކީވެސް ހަމަމިއެވެ. އެހާ ރީތި އަންހެން ކުއްޖެއް ދުވަހަކުވެސް ނުފެންނަކަހަލައެވެ.
މިޝްގާއަކީވެސް ރީތި ހަށިގަނޑެއްގެ ވެރި ކުލަ އަލި އަންހެން ކުއްޖެކެވެ. މި ޒަމާނުގައި ރީތި އަންހެން ކުއްޖަކު ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
މިޝްގާގެ ހިޔާލީ ތަސްވީރު ނިމުމަކަން އައީ ނިދުނީމައެވެ. ނަމަވެސް ޖިނާންގެ ހިޔާލުތަކުގާ އޮއްވާ ނިދުމުން ހުވަފެނުންވެސް ފެންނަމުން ދިޔައީ ޖިނާންގެ ރީތި ސޫރައެވެ. ދެނީހުންގެ ބަދަލްވުންތަކެވެ.
ރަހުމަތްތެރިކަން ބަދަލުވެގެން ދިޔައީ ލޯބީގެ ގުޅުމަށެވެ. ހީވެސް ނުކުރާހާ އަވަހަށެވެ. ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބީވާ ކަމުގާބުނަމުން ކޮންމެ ދުވަހެއްގެ ބައްދަލްވުން ނިންމާލައެވެ. މިގޮތުގާ ދެތިން މަސް ނިމިގެން ދިޔައިރު ވަކިނުވާ އެތަކެއް ވައުދުތަކާ ހުވާތަކެއް ކުރެވިގެން ދިޔައެވެ.
ދުވަސްތަށް މާޒީގެ ފޮތުގާލިޔެވިގެންދަނީއެވެ. އެކި ތަން ތަނުން ބައްދަލް ކުރާކަން ގޭ މީހުންނަށް އެގިގެން ދިއުމުން ދެ މީހުންގެ ބަދަލްވުންތަކާ ހިގާލުންތަށް ގޭ މީހުންގެ ހިންހަމަ ނުޖެހުން ފެށިއެވެ.
މިޝްގާ އާއި ޖިނާންގެ ގުޅުމަކީ ބައްޕަ ޤަބޫލު ކަމަކަށް ނުވިއެވެ. ނަމަވެސް ދެ މީހުންގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ. ގޭ މީހުން ނިދުމުން ބައްދަލް ކުރަން ގެއިން ބޭރަށް ނުކުންނަން ފެށިއެވެ. ނަމަވެސް މިކަންތަށް ވެސް ފަޅާ އަރާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ގޭ މީހުންނަށް މިކަންތަށް އެގުނު ދުވަހަކީ އެމީހުންގެ ނަޒަރުގާ މިޝްގާ ގެ އަގު ވެއްޓި ވެއްޔާ އެކު ވެގެންދިޔަ ދުވަހެކެއެވެ. އަދި މިޝްގާ ބައްޕަގެ އަނިޔާ ތަކެއް ތަހައްމަލް ކުރަން ޖެހުނު އެންމެ ފުރަތަމަ ދުވަހެވެ.
ޖިނާން މަތިން ހަދާން ނައްތާ ލުމަށް ބައްޕަ ބުނަމުން ދިޔައެވެ. ނަމަވެސް މިޝްގާ އެކަމަށް އިންކާރު ކުރިއެވެ.
މިހާރު މިޝްގާ އަށް ހެޔޮއެދިގެން ކާއެއްޗެއްވެސް ދިއްކޮލަން ހުންނަނީ ގޭގަ ގެން ގުޅޭ ކުއްޖާއެވެ. އެއީ މާންބަފައިން މަރުވެފާވާ ނިކަމެއްޗެކެވެ.
މިގޮތުގާ ދުވަސްތަށް ވޭތުކުކުރަމުން ދަނިކޮށް މިޝްގާގެ ކައިވެނި ކޮންމެވެސް މުއްސަންޖަކާ ކުރުމަށް ގޭ އެންމެން ނިންމި ޙަބަރު ގޭގައި ގެނގުޅޭ ކުއްޖާ މިޝްގާއަށް ދިނެވެ.. އެއަޑު ކަންފަތުގާ ޖެހުމާއެކު މިޝްގާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އުއްމީދުގެ ހުޅުކޮޅު ނިވުނެވެ. ވޭނުން ފުރިގެންވާ އަޑަކުން ވަރަށް ބާރަށް ރޮއެ ގަތެވެ. އެ އަޑަށް ގޭ އެންމެ މިޝްގާގެ ކޮޓަރިޔަށް ދުވެފާ ކަހަލަ ގޮތަކަށް ދިޔައެވެ. ބައްޕަ ފެނުމުން މިޝްގާ އާދެސް ކުރަން ފެށިއެވެ.
“ބައްޕާ….. އަހަންނެއް ކާވެންޏެއް ނުކުރާނަން… ކާވެނި ކުރާނަމަ ކާވެނި ކުރާނީ ހަމަ އެކަނި ޖިނާން އާ. އަހަންނާ ޖިނާން އާ ދުރުނުކުރޭ ޕްލީޒް ބައްޕާ….އާދޭސް ކޮއްފަ ބުނަން. ހަމަ އެކަނި މިދުނިޔޭން ބޭނުން ވަނީ ޖިނާންއެކު އުޅެން. މަރުވެގެން ދިޔަ ކަމުގާ ވިޔަސް ޖިނާންގެ ހަދާންތަށް މިހިތަކުން ފިލާގެނެއް ނުދާނެ. އަހަރެން އިންތިހާޔަށް ލޯބިވޭ. އަދި ބުނަންތަ ބައްޕާ.. ދުވަހަކުވެސް ބޭވަފާތެރިނުވާން ވައުދުވީމޭ ދެން ކިހިނަކުން ބައްޕަމެން ތި އެދޭ އެދުން އަހަންނަށް ފުރިހަމަ ކުރެވޭނީ. އަހަންނަށް މާފު ކުރޭ ބައްޕާ..”
މިޝްގާގެ ބައްޕަ(ހަސަންފުޅު)ގެ ހިތުގާ ރަހުމެއްގެ ކުނޑުފުކެއް ހުރިހެނެއްވެސް ހިޔެއްނުވެއެވެ. އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިން ނުކުމެގެން ހިގައްޖެއެވެ. އެންމެންވެސް މިޝްގާގެ އާދޭސް ތަކަށް ދިނީ ބީރު ކަންފަތެކެވެ.
ހިއްދަތިކަމުގާ ދިރިއުޅޭތާ ދުވަސްތަކެއްވެއްޖެވެ. ޖިނާންގެ މޫނު ނުފެންނަތާ މިހާރު އެއް އަހަރުވަނީއެވެ. ނަމަވެސް ގޭގަ ގެންގުޅޭ ކުއްޖާ ކޮންމެ ދުވަހަކު ޖިނާން އާ ބަލްކޮށް ހާލު ބަލައެވެ.
މިޝްގާ ވިސްނަމުން ދަނީ ގޭމީހުން ބޭރަށް ދާ ވަގުތެއްބާލާފަ ގެއިން ފިލާގެން ޖިނާން ކައިރިޔަށް ދިއުމަށެވެ. ގޭގަ ގެން ގުޅޭ ކުއްޖާ ކައިރީގަ ބުނުމުން އެކަންތަށް ފަސޭހަ ކަމާއެކު ކުރެވިގެންދިޔައެވެ.
ދުވަސް ތަކަކަށްފަހު މިއަދުމީ ގޭ މީހުން ނޫޅޭ ދުވަހެކެވެ. ސިޓީއެއް މޭޒުމަތީގާ ބޭވުމަށްފަހު ގެއިން މުޅި އުމުރަށް ނުކުމެގެން ދާން ބޭރު ދޮރާ ހަމަޔަށް ނުކުމެ ނުކުމެ ހުއްޓާ ބޯ އަބުރާގެން ވެއްޓުނެވެ.ނަމަވެސް ގެއިން ބޭރަށްދާކަށް ތަޤުދީރު ތަނެއް ނުދިނެވެ. މިޝްގާގެ ދޮން މަންމަ(ނަޖުވާ) ބޭރުގާ އުޅެފާ ގެއަށް އައިސް ވަންނަން ދިމާކުރީ އެވަގުތުގައެވެ. ވެއްޓިފަ އޮތް މިޝްގާ ގޮވާގެން ހޮސްޕިޓަލަށް ގެންދަން ކާރަކަށް ފޯން ކުރުމަށް ގެޔަށް ވަނެވެ. ފޯން ކުރުމަށް ފަހު ބޭރަށް ނުކުމެ ނުކުމެ ހުއްޓާ ލޮލުގާ އަޅައިގަތީ މޭޒުމަތީގަ އޮތް ކަރުދާސް ކޮޅަށެވެ. ކޮން އެއްޗެއްތޯ ބެލުމުގެ ނިޔަތުގައި އެކަރުދާސް ކޮޅު ބަލާލިއެވެ.
“ލޯބިވާ މަންމާ އާއި ބައްޕައަށް…. އަހަރެން މިގެއިން މިދަނީ ތިޔަ ދެ މީހިންގެ ހިތުގާ ޖައްސާފައެވެ. ދެ މީހުންގެ ނުރުހުމުގާ.. އަހަރެން މި ދުނިޔޭން އެކަނިވި ދުވަހު އެހީވެދިން އަހަރެންގެ ލޯބިވާ ޖިނާން ކައިރިޔަށެވެ. މަންމަޔާ ބައްޕަ އަހަރެންގެ ކައިވެނީގެ ކަންތަށް އެހެން މީހަކާ ކުރުމަށް ނިންމިތީ ވަރަށް ހިތާމަ ކުރީމެވެ. އަހަރެން ހޯ ދުމަށް ނޫޅޭށެވެ. އަބަދުވެސް މަންމަ އާއި ބައްޕަގެ މަތިން ހަދާން ކުރާނަން. އަހަރެން އާދޭސް ކުރީވެސް ހަމަ އެކަނި ޖިނާންގެ ލޯބި ހޯދުމަށް. އަހަރެންގެ ހުރިހާވެސް މީހަކީ ޖިނާން. ބުނަންނޭގޭ ހާ ވެސް ލޯބިވޭ. މި ހުރިހާ ދުވަހެއް ވީ އިރުވެސް ކުރަމުން މިދަނީ ޖިނާންގެ އިންތިޒާރު. އަހަރެންގެ ހިތުގާ މި އަޅާ ވޭން އެކަކަށް ވެސް އިހުސާސް ނުކުރެވޭނެއެވެ. އަހަންނަށް މާފްކުރޭ ބައްޕާ… ލޯބީވާ ދަ ރި ފު ޅު……. މިޝްގާ…….”
ސިޓީ ކިޔާ ނިމުމުން ނަޖުވާ އަވަހަށް ގޮސް މިޝްގާގެ ގާ ގާ ވަރަށް ބާރަށް ބައްދާލުމަށް ފަހު ބޮސް ދިނެވެ. ނޫން ދަރިފުޅާ… މި ދޮންމަންމަ އެއް ކަމުގާ ވިޔަސް ދަރިފުޅު ދެކެ މި މަންމަ އިންތިހާޔަށް ލޯބިވޭ. މި މަންމަގެ އެއް ވެސް ކުށެއްނެތް. މި މަންމަ އަބަދުވެސް ލޯބިވޭ. ދަރިފުޅުގެ ބައްޕަ ދަރިފުޅަށް އަނިޔާ ކުރީ މި ނިކަމެތި މަންމަ ދަރިފުގެ ތި ގުޅުމަށް ރުހި ޤަބޫލުވެ.
މިހާހިސާބަށް ބުނެވުނުތަނާ މިޝްގާގެ ދޮންމަންމަ ނަޖުވާ ހޭނެތިގެން ވެއްޓުނެވެ. ނަސީބު ކަންތަށް ދިމާކުރިގޮތުން އެގަޑީގާ ހަސަންފުޅުގެޔަށް އައެވެ. ދެ މާން ވެއްޓިފަ އޮތް ތަން ފެނުމުން އަވަހަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ނަރުހުންނާ ޑޮކްޓަރުން އަވަސް ފަރުވާދޭ ކޮޓަރިޔަށް ވެއްދިއެވެ.
އިރުގަޑެއްފަހުން ނަރުސް ކުއްޖަކު އަވަސް ފަރުވާދޭ ކޮޓަރީގެ ދޮރު ހުޅުވާ ލުމަށް ފަހު ބޭރަށް ނުކުތެވެ. ކެތް މަދުވެފާވާ މިޝްގާގެ ބައްޕަ ނަރުސް ކުއްޖާ ސުވާލު ކުރިއެވެ. “ކިހިނެއްތަވީ…؟ ކޮބާ ނަޖުވާ އާ މިޝްގާ..؟ ނަރުސް ކުއްޖާ އިރުކޮޅަކު ހިމޭނުން ހުރެފާ ދިއްކޮލީ ކަރުދާސް ކޮޅެކެވެ. އެ ކަރުދާސް ކިޔުމަށް ފަހު ހަސަންފުޅު ބާރަށް ރޮއެގަނެވުނެވެ.
ނަރުސް ކުއްޖާ ވާހަކަ ދެއްކިއެވެ. “މިތަނަން ގެނާއިރުވެސް މިޝްގާ އޮތީ ހިތް ހުޓުމުގެ ސަބަބުން މަރުވެފާ.. އަދި ނަޖުވާ ރަގަޅު.” މި ޖުމްލަ އިވުމާއެކު ބާރަށް ދުވެފާ ގޮސް އަވަސް ފަރުވާދޭ ކޮޓަރިޔަށް ވަނެވެ. ހަސަންފުޅަށް ބާރަށް ހަޅޭ ލަވާގަނެވުނެވެ. “ނޫން… ނޫން… އަހަރެން އެކަނިކޮއްފަ ނުދޭ.. މިޝްގާ. ހެޔޮނުވާނެ.. އަހަރެން ކިހިނެތްތަ ދަރިފުޅުއާ ވަކިން އުޅޭނީ… ދަރިފުޅު ނެތީސް ކިހިނަކުންތަ އަހަރުމެން ދިރި އުޅޭނީ. ދަރިފުޅާ މި ބައްޕައަށް މާފު ކުރޭ.. މި ހުރިހާކަމެއް މިވީ ބައްޕަގެ ގޮތް ދޫނުކުރުމުގެ ސަބަބުން..”
މިޝްގާ އަށް ހަމަހޭވެރިކަންވީ ދެނެވެ. މިޝްގާ އަށް ހީވީ މިޝްގާގެ ކަންފަތް ދޮށުގައި މިހުރިހާ ރުއިމެއް ބައްޕަ ރުއިހެނެވެ. މިސްގާ ހޭލެވުމާއެކު ދުވެފައި ގޮސް ބައްޕަގާތު ފެނުނު ހުވަފެނުގެ ވާހަކަ ކިޔާދިނެވެ. މިޝްގާގެ ބައްޕަ މިޝްގާއަށް ނަސޭހަތްދިނެވެ.
“ބައްޕަ ދަރިފުޅު ދެކެ އިންތިހާޔަށް ލޯބިވޭ.. އަދި ދަރިފުޅު ރަނގަޅު ހަރުދަނާ ބައިވެރިޔާކާ ގުޅުމަކީ ބައްޕަގެވެސް އެދުން.. ބައްޕަމެން ދުވަހަކުވެސް ދަރިފުޅަށް ބައިވެރިޔަކު ހޯދައިދޭން ނުވިސްނަން.. ދަރިފުޅަށް އަމިލަޔަށް ރަނގަޅު ބައިވެރިޔަކު ހޯދާ.. ބައްޕަ ދަރިފުޅަށް އިތުބާރުކުރަން..
ދަރިފުޅަށް ތިފެނުނު ހުވަފެނާ ރޭގެ ހާދިސާގައި ކޮންމެވެސް ގޯހެއް އުޅޭހެން ބައްޕަޔަށް ހީވަނީ.. ދަރިފުޅު ރޭގަ ނިދި ޖިފުޓިގަނޑު އެއީ އެއްވެސް ބަޔަކު ރޭގަނޑު ގޮސް އުޅޭ ހިސާބެއްގައި ހުންނަ ތަނެއްނޫން. ބައްޕަޔަށް ހީވަނީ ދަރިފުޅާ ތި ދިމާވީ އިންސާނަކާ ނޫންހެން.. އެހެންވެ ދަރިފުޅު ހެނދުނު ގެޔަށް އައިސް ކަންތަށްވީގޮތް ކިޔާދިނުމުން ބައްޕަ ހިއްހަމަ ނުޖެހުނީ.. ދަރިފުޅު ރަންގަޅަށް ވިސްނާލާތި.. ބައްޕަ ދެން ދަނީ..”
މިޝްގާގެ ބައްޕަ މިހެން ބުނުމުން މިޝްގާ ގަތް ބިރުން މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. މިޝްގާގެ ހަނދާނަށް އައީ ރޭގައި ޖިނާން ގާތުން ތީ ކާކުހޭ އެހުމުން ޖިނާން ދިން ޖަވާބުގެ މަތިންނެވެ. “އަހަންނަކީ އިންސާނެއްނޫން”
މިޝްގާ އަށް ބައްޕަ ދެއްކިވާހަކަ ގަބޫލުކުރެވުނެވެ. އަދި މިޝްގާ އާއި ޖިނާންގެ ގުޅުން ހުފެނުގާ ފެނުނު ގޮތަށް ލޯތްބަށް ބަދަލުނުވަނީސް ޖިނާންއާ ވާހަކަ ނުދެއްކުމަށް ނިންމިއެވެ. އަދި ބައްދަލު ވެސް ނުކުރަން ނިންމި އެވެ.
(ނިމުނީ)
7 Comments!
Comments are closed.

mi dhen vaahakaeh tha? varah hadi..heevany kuda jujjaku liyefa oi echeh hen..u cud hav written better
Heeevany thanakah dhaan las vegen ulhey hen. Hehe
kamaku nudhey
dnt like dis
ރަނގަޅު ފެށުމެއް. ބަހުގެ ހަމަތަކަށް މިހާރަށް ވުރެ ސަމާލުކަން ދޭން ޖެހޭ. ކުއްލި ކުއްލި އަށް ހާދިސާތައް ގެނައުމުގެ ބަދަލުގަ ގުޅުވައިގެން އޮމާން ކަމާއި އެކު ކުންނަށް ވާސިލު ވުމަށް ސަމާލު ކަން ދޭންޖެހޭ.
ވާހަކަ ލިޔުމުގެ ހުނަރު އެބަ ހުރި
Mivaahaka varah salhi. Diferrnt story eh…