Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރީމޭ …

night-writter Level 1
August 8, 2017 3 Mins Read
10 Comments

ސައިކަލު މަޑުކޮޮށްލީ ފޯނެއް އަންނަހެން ހީވުމުންނެވެ. ފޯން ނެގުމާއެއްކޮށް ރަޔާން ބުނެލިއެވެ. ބްރޯ ވަރަށް ކައިރިވެއްޖެ، މި ފެންނަނީ ހަމަ. އެހެން ބުނުމާއެއްކޮށް ރަޔާން ފޯން ޖީބަށްލާ، އަވަސް އަވަހަށް ސައިކަލުގައި ނައްޓާލިއެވެ.

ހާދަ އިރެކޭދޯ ތިވަނީ އަންނަންވެސް. ރަޔާން ސައިކަލް މަޑުކޮށްލުމާއެކު ފަޔާ ބުނެލިއެވެ. ފަޔާއަކީ ރަޔާންގެ އެންމެ ގާތް އެކުވެރިޔާއެވެ.

ދެން ހިނގާ މާގިނަ ވާހަކަ ނުދައްކާ ވަޅޯމަސް ކެފޭއަށް ދާން. ވަރަށް ހައިވެފަ މި ހުރީ، ހެދުނު ސައި ބުއި ގޮތަށް. ރަޔާން ބަނޑުހައި ވެފަހުރިލެއް ބޮޑުކަމުން އެހެންބުނެލިއެވެ.

ދެމީހުންގޮސް ވާޅޯމަސް ކެފޭއަށް އަރައިފިއެވެ. ވެއިޓަރު އައުމުން 2 ވަޅޯމަސް ރައިސްއަށް އޯޑަރު ދިނެވެ.

ކޮބާ މިހާރު ތިއުޅޭ މަންޖެ ނަނުގަ ހިފާފިތަ. ކޮންވެސް އެއްގޮތަކަށް ނިންމަންވާނެ ތިކަން މިފަހަރު. ރަޔާން ބުނެލިއެވެ.

މަ މިކަން ނިންމަފާނަމޭ ﷲ ގެ އިރާދަފުޅާއެކު. ކަލޭ އޭނަ މަތިން ހަދާން ނައްތާލަން ވެއްޖެއެއްނު ދެން. އެ މަންޖެ ނާންނާނެ، ޔަގީން. ކޮންވެސް އެހެންކަމަކާ އުޅޭ ދެން. ދިމާކުރާ ރާގަކަށް ފަޔާ ބުނެލިއެވެ.

އެހެން ބުނުމާއެއްކޮށް ރަޔާން ވަރަށް މަޑުައިތިރި ކަމާއެއްކޮށް ބުނެލިއެވެ. ނުނޭ ފަޔާ، މަހަމަ ހުންނާނީ މިހެން. އޭނަ އަންނާނެ. މަގޭހިތް އަބަދުވެސް ބުނޭ އޭނަ އަންނާނޭ. ލޯތްބޭ މިކިޔާ ބަހުގެ މާނަ އަދި ލޯތްބަކީ މީހާ ކިހާ އަރަގު ކޮށްލާއެއްޗެއްކަން މިހާރު މަށަށްއިނގޭ. ފަޔާ ކަލޭއަށް އަދި ހަޤީޤީ ލޯބި ނުވެވެނީ، އަދި ވެވޭނެ.

ހޫން، މަ ނޫޅެން ތިކިޔާ އެއްޗެއް ވާކަށް. މަށަށް ރަނގަޅީވެސް ތިބުނާ އެއްޗެއް ދުވަހަކުވެސް ނުވެވިއްޖެއާ. މިހާރު ބަލާބަލަ ތިޔޮށް ގަދަފަދަ ރަޔާންއަށް ވެފަހުރިވަރު. އެހެން ބުނުމާއެއްކޮށް ވެއިޓަރު އައިސް ކާ އެއްޗެހި ބެހެއްޓީއެވެ. ދެން ދެމީހުންވެސް ފެށީ ހޭވަށްޓާ ކާށެވެ.

ކައި ނިމިގެން އަވަހަށް ބިލް ނިންމަން ރަޔާން ތިރިޔަށް ދިޔައެވެ. އެއީ އުޑުމަތި ބަނަކޮށްލާފަ އޮތީމައެވެ.

ރަޔާން އަދި ފަޔާ އަވަސް އަވަހަށް ގޮސް ސައިކަލަށް އަރާ ނައްޓާލިއެވެ. މޭން ބަލައިގެން ދުއްވާތި، މިހާރު ކުޑަކޮށް ކަނިޖަހާ އެބަ. ފަޔާ ބުނެލިއެވެ.

އެހެން ދަމުންް އިސްލާމިކް ބޭންކް ކައިރިންގޮސް ސޯސަން މަގަށް ސައިކަޅު އަޅާލިތަނުން ރަޔާންއަށް މުޅި މަންޒަރު ހުއްޓުނު ކަހަލައެވެ. ސައިކަލު އަޅައިލިތަނުން ފެނިގެންދިޔައީ ރަޔާން އަބަދުވެސް ދެކެން ހިތް ގޮވަ ގޮވަ އޮންނަ ސޫރައެވެ.

އާއެކެވެ. އެހާވެސް ލޯތްބެވެ. އަދި އޭރު އެ މަންޒަރުގަ ފެނިގެންދިޔަ ސޫރަ އެހާމެވެސް މައުސޫމެވެ. އެ މައުސޫމު ސޫރައިގެ ވެރިޔާ ދިޔައީ ބައްޕަގެ އަތުގައި ހިފާލައިގެންނެވެ. އެހާވެސް މަޑުމައިތިރި ހިނގާލުމެކެވެ.

ރަޔާންއަށް ހުރެވުނީ ކޮން ދުނިޔެއެއްގަ ކަމެއްވެސް ނޭގުނެވެ. ރަޔާންއަށް ހުރެވުނީ ސައިކަލެއްގެ މަތީގައި ދުއްވަންކަންވެސް ނޭގުނެވެ. އެ މައުސޫމު ސޫރަގޮސް އޮބާލައިފިއެވެ. އަދިވެސް ރަޔާންއަށް ހުރެވުނީ އެ މައުސޫމުކަމަށް ގެއްލިފައެެވެ.

ރަޔާންއަށް ހޭވެރިކަން އައީ ފަޔާ ހަޅޭ ލަވަމުންދާ އަޑަށެވެ. ރަޔާން ތިޔޮއްގެން އަރަނީ!! ފަޔާ ބާރު ބާރަށް ހަޅޭ ލަވައިގަތެވެ.

ރަޔާންއަށް ކުއްލިއަކަށް ފެނުނީ ރަޔާން ދުއްވަންއިން ސައިކަލް ކުރިމަތިން ކާރެއް އޮއްވައެވެ. ރަޔާންއަށް ކަޓުވާލާކަށް ފުރުސަތެެއް ނުލިބުނެވެ. ސައިކަލުއޮތީ ކާރާ އެހާވެސް ކައިރިވެފަ އެވެ.

ބަަންންންންންންންންން ޗްޗްޗްްޗްޗްޗްޗްޗްޗްޗްސްސްސްސް !!! ސައިކަލު ދިޔަ ގޮތަށް ގޮސް ކާރަށް އަރައިފިއެވެ. ރަޔާން އަދި ފަޔާ ދިޔައީ ވިއްސައިގެންނެވެ.

ރަޔާން ބިމުގަ ޖެހުމާއެކު ބޮލަށް އެބުރުންފަށެއް އެރިއެވެ. އެވަގުތު އެތާގަ ވާނުވާއެއް ރަޔާން އަކަށް ނޭގެއެވެ. ރަޔާންއަށް ފަޔާ ގޮވާއަޑު އެބައިވެއެވެ. ފަޔާއަކަށް އެހާބޮޑު ގޮތެއްނުވެއެވެ. ފަޔާހުރީ ރަޔާން ކައިރީގައެވެ. ރަޔާން ހަމަހޭ ނާރައިގެންނެވެ.

މި އެކްސިޑެންޓްއަށް ވިސްނާލައިފިނަމަ ވަރަށް ރަނގަޅަށް 1 ކަމެއް އެގިދެއެވެ. އެއީ ރަޔާން ސައިކަލް ގޮސް ކާރަށް ނާރަންވީ ސަބަބެއްވެސް ނެތްކަމެވެ. އެކަން އެވީ އެވަގުތު ވާންވީ ގޮތަށް ކަމަށް ވެދާނެއެވެ.

3 އަހަރު ކުރި ……………..

ދުވަހަކީ ހަފްތާގެ ފަހު ދުވަސް ކަމުގައިވާ ބުރާސްފަތި ދުވަހެވެ. އެހެންކަމުން ރަޔާން އުޅުނީ އޮފީހުގަ ވަރަށް ބުރަކޮށް އަވަހަށް އެ ހަފްތާގަ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމުމުގައެވެ. ރަޔާން މަސައްކަތް ކުރަނީ ދިރާގުގައެވެ. ދުވަސް ފެށިގެން އެހާ އިރުތަކެއް ނުވެ ރަޔާންގެ ބޮސް ޖަލީލް، ކެބިންއަށް ދުރުވުމަށް ދެންނެވިއެވެ. ރަޔާން އަވަސް އަވަހަށް ބޮސްގެ ކެބިން ކައިރިއަށް ގޮސް ޓަކި ޖަހާފަ ވަނެވެ.

ރަޔާން އަވަހަށް އިށީދޭ. ބޮސް ޖަލީލް ބުނެލިއެވެ. ރަޔާންއަށް އިނގިލައްވާނެ މިއަދަކީ ކްލިކް ކޮލެޖުން މި ކުންފުންޔަށް އެ ކޮލެޖުގެދަރިވަރެއް، ވަޒީފާގެ ތަޖުރިބާ ހޯދުމުގެ ގޮތުން ފޮނުވާ ދުވަސްކަން. ރަޔާން ބޯޖަހާލިއެވެ.

އެހެންވެ އެ ކޮލެޖުން ފޮނުވަނީ މި ކުންފުންޔަށް އެޗް.އާރް ސްޓޫޑަންޓްއެއް. އެހެންވެ އެޗް.އާރް ޑިޕާރޓްމެންޓްގެ އެންމެ ތަޖުރިބާދާރު މީހަކީ ރަޔާން ކަމުން ކުރިޔަށް އޮތް 3 މަސް ދުވަހު އެ ސްޓޫޑަންޓް ގައިޑް ކުރަން މި ހަވާލް ކުރަނީ ރަޔާން އަށް.

އެކަމުން ސާރ…… ރަޔާން، އަޅުގަނޑަށް އިނގިލައްވާ ރަޔާންގެ މިޖާޒު. މީހުންނާ ހީސަމާސާކޮށް އުޅުނަސް ވަކި މީހަކަށް ފޯކަސް ކުރަން އުނދަގޫ އަދި އެހާ މީހުންނަށް ޕޭސަނަލީކޮށް ދުރުކޮށް އުޅޭ މީހެއްކަން.

އެހެންވެ މީކަންނޭގެ ރަޔާންއަށްވެސް ލިބޭނެ ފުރުސަތަކީ ރަޔާންގެ ބަލި ފަޔެއް ވަރުގަދަ ކޮށްލަން. ސޯ ބީ އަ ގުޑް ގައިޑާރ. އެ ކުއްޖާ ދުރުވާނެ ލަންޗް ފަހުން. ސޯ، އިޓްސް އަޕް ޓު ޔޫ ނައު. ރަޔާން ޔެސް ސާރ އޭ ބުނެފަ ނިކުމެގެން ދިޔައެވެ.

މަސައްކަތުގަ އުޅުމަށްފަހު ލަންޗް ގަޑި ޖެހުމުން ފަޔާ އަދީ ރަޔާން ދިޔައީ ޝެލްބީންސްއަށް ކާށެވެ. ފަޔާއަކީވެސް ހަމަ ދިރާގުގެ ފައިނޭންސް ޑިޕާރޓްމަންޓްގަ މަސައްކަތް ކުރާ މީހެކެވެ.

ރަޔާން ހުރީ ވަރަށް މޫޑީކޮށްކަން ފަޔާއަށް ރަޔާންގެ މޫނުމަތިން ފެންނަން ހުރިއެވެ. ޖެއްސުމުގެ ރާގަކަށް ފަޔާ ބުނެލިއެވެ. މިއަދު އޮފީހުގަ ކިހިނެއްވީ މާ ވަރަކަށް މީހާ އޮފްވެފަ ތި ހުންނަނީ؟

ރަޔާން ޗުކެއް ކަނޑާލާފައި ބުނެލިއެވެ. މި އުޅެނީ ކުއްޖެއް ބަލަން ޖެހިގެން.

އޭންންންންން!!

ކާކުގެ ދަރިއެއް؟ ކަލޭގެތަ؟ ފަޔާއަށް ބުނެލެވުނެވެ. އެއްކަލަ މީހާ އެފެއްޓީއޭ. ބަލަ މި ދައްކަނީ ވަޒީފާގެ ތަޖުރިބާ ހޯދަން އަންނަ ކުއްޖާ މަށަށް ހަވާލް ކޮށްގެން އުޅޭ ވާހަކަ.

މަ ކިހިނެއް ދެން ހަދާނީ. ޖަލީލް ބުނުއްވި ގޮތެއް ހަދައިގެން ހުންނަންށެއްނު މަދެން ޖެހޭނީ. އެހެން ރަޔާން ބުނުމާއެއްކޮށް ފަޔާ ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. ދެން ކަލޭ ތިކަމުގަ ގޭނޭ. މަ ހުންނާނަން ބަލަން.

ލަންޗް ނިންމާފަ ދެ މީހުންވެސް ދިޔައީ އޮފީހަށެވެ. ރަޔާންގެ މޭޒުކަރީގައި ރަަޔާން ޖައްސާލިތަނުން ޖަލީލް ގުޅައިފިއެވެ. ރަޔާން ތަންކޮޅެއް އަވަހަށް ސާރ ކެބިންއަށް ޖައްސާލަބަލަ. ރަޔާން ޖަލީލް ގުޅުމާއެއްކޮށް ދިޔައެވެ.

ރަޔާން މި އިންނެވީ އެ ކުއްޖާ، އަވަހަށް ދެ މީހުން ދެން މި ހިސާބުން ކުރިޔަށް ގެންދޭ. އެހެން ބުނުމާއެއްކޮށް ގޮޑީގަ އިށީދެގެން އިން ކުއްޖާ ތެދުވެ ފަހަތަށް އެބުރެލިއެވެ. އަދި ވަރަށް ލަދުން ހުރެ ސަލާންކޮށްލަން އަތްދިއްކޮށްލާފައި ބުނެލިއެވެ. އަޅުގަނޑަށް ކިޔަނީ ސަހާ. ރަޔާން ވެސް ވަރަށް ހައިރާންވެ ހުރެ ބުނެލިއެވެ.

އައި،އޭމް ރަޔާން. ސަހާގެ ގައިޑާރ.

(ނުނިމޭ)

Share Article

Follow Me Written By

night-writter

Level 1

Other Articles

Previous

ލޯބިން އަންނާށޭ ކަލާ…

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ނުވަވަނަ ބައި)

Next
August 8, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ނުވަވަނަ ބައި)

Previews
August 8, 2017

ލޯބިން އަންނާށޭ ކަލާ…

10 Comments!

  1. READER says:
    August 8, 2017 at 4:26 pm

    REETHI VANE HEN HEEVANY .MI PART V SALHI:)))))

  2. lals ? says:
    August 8, 2017 at 5:30 pm

    Maa ginain rayaan beynun kohgen liyefa hury..fayaa heevany nickname eh hen….and meehun vaahaka dhakkaa iru comaa koalhi innaane….ebai thah rangalhu kohladhinun edhen…mi vaahakaige khiyaalu varah kamudhey….i hope you will keep the mistakes in mind and correct them in the future….
    ???????????

  3. click a shot ? says:
    August 8, 2017 at 7:59 pm

    Reethi vaanehen hyvey??

  4. khajja says:
    August 8, 2017 at 8:02 pm

    Wow masha allah v rythivaanehen hyvey feshun v v v rythi when nxt prt gud luck keep it up. ??❤❤❤??????

  5. Naakko says:
    August 8, 2017 at 8:26 pm

    heekuri varah vure mi part salhi

  6. Adha? says:
    August 8, 2017 at 9:22 pm

    Reethi vaane hen heevey❤
    Kn dhuvass thakehga up vany?…. waiting ?

    1. night-writter says:
      August 9, 2017 at 12:23 pm

      Only on Tuesday. Thank you

  7. N123 says:
    August 9, 2017 at 3:10 pm

    Vaahaka varah salhi, Hageegee Vaahaka ehtha??

  8. Ethan says:
    August 9, 2017 at 8:35 pm

    well… i think its “thajuribaakaaru” , not “thajuribaadhaaru”… or both ways are correct?????

  9. Wowo says:
    September 4, 2017 at 6:15 pm

    Salhi ey buny

Comments are closed.



All Right Reserved!