Skip to content
އެސްފިޔަ

ދިހައެއް (ތަޢާރަފު)

 

މިއީ އަޅުގަނޑު (މުޙައްމަދު ޢުޝާމް، ޅ.ނައިފަރު) ، އެސްފިޔަ ވެބްސައިޓުގައި ލިޔާ ފުރަތަމަ ވާހަކައެވެ. މި ވާހަކައަކީ ‘ޓީނޭޖް’ އުމުރުގެ ޒުވާނެއްކަމަށްވާ ރިޒުވީނާއި އޭނާގެ ގާތްމީހުންނަށް 2025ވަނަ އަހަރުން 2028ވަނަ އަހަރަށް (މުސްތަޤްބަލު) ހދ.ކުޅުދުއްފުށީގައި ދިމާވެފައިވާ ހިޔާލީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްގެން ލިޔެފައިވާ ތަފާތު ވާހަކައެކެވެ. މި ވާހަކައިގައި ހަޤީޤަތާ ގުޅުންހުރި އެއްވެސް ކަމެއް ނުހުންނާނެއެވެ.

ވާހަކައިން ތަންކޮޅެއް:

ރިޒުވީންގެ އެންމެ ޅައިރުން ފަށައިގެން ބައްޕަ މަރުވަންދެން އުޅުނީ އެމެރިކާގައެވެ. ބައްޕަ މަރުވުމުން ބޮޑުބޭބެ އަލިބެއާއެކު އުފަންރަށް ކުޅުދުއްފުއްޓަށް ބަދަލުވީއެވެ. ރިޒުވީންގެ ބައްޕަ ކިޔައިދީފައިވާ ކުޅުދުއްފުއްޓާއި ސާދަ އަހަރު ފަހުން ފެނުނު މި ކުޅުދުއްފުށި ވަރަށް ތަފާތެވެ. އެކަކާ ހާހަކާ ހުންނަ ފަރަޤަށްވުރެ ވެސް ބޮޑަށެވެ. އެ ބުނާ ގަސްބޯ ވަލެއް ފެންނާކަށް ނެތެވެ. މާ ބަގީޗާތައް ފެންނާކަށް ނެތެވެ. ހިރަފުސްބޯ ވެލި މަގުތަށް ފެންނާކަށް ނެތެވެ. އެ ބުނާ ރީތި ބޮޑު ކުޅިތައް ފެންނާކަށް ނެތެވެ. ޖޯލިތަކާއި އުނދޯލިތަކެއް ފެންނާކަށް ނެތެވެ. މަގުމަތީގައި ކުދިވެރިން މިނިވަންކަމާއި އެކު ކުޅެ ނިކުމެ އުޅޭ ތަނެއް ފެންނާކަށް ނެތެވެ. ހުރިހާ މަގެއްގައިވަނީ ތާރު އަޅައިފައެވެ. ބޮޑެތި މާކަރީ ލައިޓުތައް ހަރުކޮށްފައެވެ. މަގުތައް އަބަދުހެން އޮންނަނީ ފުރި ބާރުވެފައެވެ. ގަހުގެ ޖަންގައްޔެއްގެ ބަދަލުގައި ފެންނަނީ ކޮންކުރިޓުން ހަދާފައިވާ ޢިމާރާތްތަކުގެ ޖަންގައްޔެކެވެ.

 

މި ވާހަކަ، 1 އޮގަސްޓް 2017 ގައި ނުކުންނަނީ.. ކިޔުންތެރިން އިންތިޒާރުކުރައްވާ..

Comments (22)

  1. shafu

    waiting for u’re story…………

    1. Ushe
      shafu

      Insha Allah.. Coming on 1st Aug 2017

  2. maroon

    Hope three years therey v reethi cute touching superb vaahakaeh ushe genesdheyne kamah.. ?waiting…❤❤❤mikuda thankolhuves sifa kohdhyfa in goiy v ?
    Quick question to readers… esfiyaga ulheytha firihen readers???

    1. Mal
      maroon

      Yes ushey is boy

    2. makhoo
      maroon

      yeaa ulheey… firihen readers ves…

    3. Adha?
      maroon

      Hehe.. boys varah madhu kanneynge dw.. girls aa ginain dhimaavany?

    4. song joong ki..KOREAN
      maroon

      yaa. ulhey firihenvx. but girls ginaee 🙂 boys name jahaigen ulhunas 😉

    5. maroon
      maroon

      Boys ahvure girl readers gina kan faahaga kurevey ?

    6. song joong ki..KOREAN
      maroon

      OFCOURSE

    7. song joong ki..KOREAN
      maroon

      Asluvx v madhu dhw boys. girl kudhin kanneynge maa vaahaka kiyaa hiyyvany dhw.. 😀 😉

  3. Adha?

    Waitingss ❤

  4. khajja

    Masha allah v rythi vaane kamah ummydhu kuran nimendhen up kohdheyne kamah ves ummydhukuran gud luck keep it up waitin waitin allthe best ??❤❤????

  5. Psenhi

    Good luck Ushey

  6. ????

    Gud luck shaam ???????? ummeedhu kuran reethi vaane kamah…..

  7. song joong ki..KOREAN

    waiting dear

  8. kud

    vrh rythi stry ah vaane kamah heekuran.. nd daily up koh dhehchey nuny kiyun therin foohi vaane.. bunaa dhuvahah gavaidhun dhigu koh up kuranya tharuheebu ves libeyne.. ushaam thi kulhudhuffushyga ulhey kuhjeh tha? just asking cox im also frm kulhudhufushi.. k.fushyge future fennany dhw. hehe. n i love tht cover pic also. gud luck fr ur new stry to this site

    1. Ushe
      kud

      Yes, kulhudhuffushy ga mihaar ulheny, beautiful place ❤

  9. m

    k,fushi ga ulhey kujjehtha thy…

  10. Ash?

    good luck…waitting for your stry

  11. HGF

    Finally, yor are on this site… 🙂

  12. Gdghgbsg

    Naifaru ga ulhuny kihaa dhuvahaku baa?

  13. enaash

    REETHI VAAHAKA EH

Comments are closed.