Skip to content
އެސްފިޔަ

ވިސްކާ

ކުޑަ އީދު ދުވަހެއެވެ . ރަށުގެ ކުދި ބޮޑު އެންމެ ކަހަލަ ގޮތަކަށް އުޅެމުން ދަނީ އީދު ނަމާދަށް ތައްޔާރު ވުމަށެވެ . ހައިކަލް އަކީ 19 20 އަހަރަށް ދާ ޒުވާނެކެވެ . ހައިކަލް އަކީ މާލޭގައި ވަޒީފާ އަދާ ކުރަމުން ދާ ޒުވާނަކީ މެއެވެ . ހައިކަލް ރަށަށް އައީ އީދު ގައި މަޖާ ކޮއްލުމުގެ ނިޔަތުގައެވެ . އޭގެ އިތުރުން އޭނާގެ ލޯބި ވެރިޔާ އާ ބައްދަލު ކުރުމަށެވެ .  ހައިކަލް އީދު ނަމާދަށް ތައްޔާރު ވެލައިގެން ހައިކަލް ލޯބި ވެރިޔާ އާ ގުޅާ ލިއެވެ .

ހައިކަލް : ގުޑް މޯނިން

ނީލާ : މޯނިން

ހައިކަލް : ނިދަނީތަ

ނީލާ : ނޫން … މިޔޮޅެނީ އީދު ނަމާދާށް ދާން ލާނެ އެއްޗެއް އިސްތިރި ކޮށް ލުމަށް

ހައިކަލް : އެހެންތަ …… ފަހުން ގުޅާލާނަން

އެހެން ކިޔާފައި ހައިކަލް ދިޔައީ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތަށެވެ .

އިރު ކޮޅެއްގެ ފަސް އީދު ނަމާދު ކޮށް ނިމިއްޖެއެވެ . އީދު ސަލާމް ކޮށްފައި ހައިކަލް ގެ ރަހުމަތްތެރިން ގެޔަށާ ގާތްތިމާގެ މީހުން ގެ އަށް ޒިޔާރެއް ކުރިއެވެ . އެގަޑީގައި ހައިކަލް ގެ ފޯން ރިންގް ވާން ފެށިއެވެ . އެއީ ނީލާއެވެ . ފޯނު ނަގަން އުޅެނިކޮށް ފޯނު ކެނޑިއްޖެއެވެ . އަޅާވެސް ނުލާ މޭޒުމަތީގައި ފޯނު ބޭއްވިއެވެ .ދެވަނަ ބުރަށް ފޯނު އައެވެ . އެއީ އެލީނާ ކަން އެގުމުން ފޯނު ނެގިއެވެ ..

ނީލާ : ކޮންތާކު ؟

ހައިކަލް : މީނީ ބޮޑުދައިތަ މެން ގޭގާ ސައިބޯން …  ކިހިނެއް ވީ ؟

ނީލާ : ކަމެއް ނުވޭ ….. އީދު ނަމާދު ކޮއްގެން ހަބަރެް ނުވާތީ އެހެން ވެ ގުޅާލީ ….. މިކޮޅަށް އާދެވިދާނެ ތަ <

ހައިކަލް : އާން !  މިދަނީ ….

އެހެން ކިޔާފައި ހައިކަލް އަވަސް ވެގަތީ ނީލާ މެން ގޭ ކާރިޔަށް ދިޔުމަށެވެ . ދިޔުމުގެ މަގުމަތީގައި ފިނިފެން މަލެއް ގަނެގެން ދިޔައެވެ . އެއީ ދެލޯބި ވެރިން ގެ ފުރަތަމަ އަހަރީ ދުވަހެއެވެ . އެ ގެޔާ ހަމަށް އާދެވިއްޖެއެވެ . ހައިކަލް ނީލާ ގެ ފޯނަށް ގުޅިއެވެ . ނީލާ ފޯނު ނެގިއެވެ …

ހައިކަލް : މިހުރީ ތިގޭ ކާރީގާ ….

ނީލާ : އާން މި ނިކުންނަނީ .

އެހެން ކިޔާފައި ފޯނު ކަޑާލިއެވެ . އަވަސް އަވަހަށް ނީލާ އެގޭ ބޮޑު ދޮރާށިން ނިކުތެއެވެ . ނީލާ އަކީ 14 15 ގެ ހަދު ފަދަ މޫނެއް ލިބިފައި ވާ ރީތި ޒުވާން ކުއްޖެކެވެ . އިސްކޮޅުން ދިގު ކުއްޖެކެވެ . ޒުވާން ފިރިހެން ކުދިން ހިތް ކަތިލަމުން ދާ ޒުވާން އަންހެން ކުއްޖެކެވެ .

Comments (10)

  1. Aisha

    Ibaaraiy kurun ehaa rangalheh nooon…

  2. Hassan areen

    Thanx … adhi ragalhu vaane ……

    1. Naz
      Hassan areen

      Age thakolhen kudaveemaa loabige story eh veemaa ehaa ehaa eh nooh

  3. sam♥

    nice ♡

  4. song joong ki..KOREAN

    Ibaaraaih kurumuge mahsala ebaulhey. but reethi vaanehen hyvany mi story. well, good luck 🙂

  5. Saamii

    Keep it up ???

  6. hassan areen

    iraadha kureviyaa ragalhu vaane

  7. Amin

    Dhn aneh bai niah vure rangalhu vaane kamah ummedh kuran.. Good luck

  8. Wishy

    How old is this writer??

  9. Usaima

    Keep it up!

Comments are closed.