Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ

jummu Level 1
July 8, 2017 3 Mins Read
43 Comments

މަޖީދީމަގުން ދުއްވަމުން ދިޔަ ޓެކްސީ ކާރުގައި ހުރި ސަނާ ލޮލަށް ޖަމާ ވެފައި ހުރި ކަރުނަތައް ހިފައްޓަން މަސަކަތް ކުރިއިރު އެ އިހްސާސްތިއް ކޮންޓްރޯލް ކުރަން އޭނާއަށް އުދަނގޫވިއެވެ.
ކާރުގައި އޭރު ޖަހާފަ ހުރި ލަވަ ހީވީ ހިތުގެ ޝަކުވާތައް އަޑު އިއްވަމުން ދިޔަހެންނެވެ.

“ފޮހެލީ ތިބާ މިނަން ތިޔަ ހިތުން……”

“މަށަށް މިހާރު ވަކިވީހޭ ……”
​
“ބުނާށެ ލޯބި ނުވަނީހޭ…..”

އެލަވައިން ހިތަށް އުދަގޫ ކުރަމުންދިޔައިރު ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައީ އިޙްތިޔާރަކާ ނުލައެވެ. ސަނާ އަވަސް އަވަހަށް އެކަރުނަތައް ފޮހެލީ އެއްވެސް މީހަކަށް ކަރުނަތައް ދައްކަން ބޭނުން ނުވާތީއެވެ. ކާރު ގެ ކަރިއަށް ވި ގޯޅިއަށް މަޑުކޮށް ލުމުން ސަނާ އަވަސް ކޮށް ގެއާ ދިމާލަށް މިސްރާބު ޖެހީ ދިހަގަނޑި ދިހައެއް އޭރު ހިނގައިފައިވުމުންނެވެ. އަފީފާ ދައްތަ ހުންނާނީ މިހާރުވެސް އޭނާ ނައިސްގެން ލަސްވެފައިކަން ޔަގީންނެވެ. ސަނާ މަގުމަތިން ހިގައިފަ ދިޔައިރު ފިރިހެން ގުރޫޕެއް ތިބިއިރު އެމީހުންގެ ތެރެއިން އެއްބައެއްގެ ނަޒަރު އޭނާ އާ ދިމާލަށް ހުރިއިރު އެގުރޫޕް ގަ އުޅޭ ނަޖީބް އޭނާ އާ ދިމާލަށް އަންނަތަން ފެނުމުން ފިޔަވަޅުތައް އަވަސް ކޮށްލެވުނެއެވެ.

“މަންޖޭ ނަން ބުނެބަލަ، ހާދާ ރީތިވާނެ ހެން ހީވެއޭ ނަންވެސް މީހާއާ އެއްވަރަށް” ނަޖީބް ސަނާ ކުރިބެއްދުމަށްފަހެ ބުނެލިއެވެ.

ސަނާ ދެންވެސް މަސަކަތްކުރީ ބަހެއް ނުކިޔާ ހުރެ ކުރިއަށް ދިޔުމަށެވެ.
ނަސީބަކުން ސަނާ ދާން ޖާގަ ދެއްކީ އެ ގޯޅިން ބަޔަކު އަންނަތަން ފެނުމުންނެވެ

. ރޭގަނޑު ކްލާސް ނިއްމާފަ އަންނަން ފެށިފަހުން ކޮންމެ ރެއަކުވެސް އެގުރޫޕް ފޮށި ހެދިނަމަވެސް މިނޫނީ އިސްވެ ވާހަކަ ދައްކާފައެއްނެތެވެ. މިކަމާ ސަނާ ކުޑަކޮށް ހިތް ބިރުގަތް ނަމަވެސް އަވަސް ފިޔަވަޅުތަކަކާއެކު ގެޔަށް އައިސް ހަތަރުވަނަ ފްލޯރ އަށް ލިފްޓަށް އެރުމަށްފަހު ދިޔައެވެ. ފުންނޭވާއެއް އެއް ސާނާ އަށް ދޫކޮށްލެވުނީ ވެފައި ހުރި ވަރުބަލިކަމާއެކު ސިކުނޑީގައިވާ އީވާންގެ ހިޔާލްތައް އޭނާއަށް އުދަނގޫކުރަމުންދާތީއެވެ. އަޖައިބެކެވެ. ކުޑަދުވަސްކޮޅެއްގެ މެހެމާނެއްހެން އީވާން އޭނާގެ ހަޔާތަށް އައި އިރު އެކީ ލޯބިން އުޅުނު ދުވަސްތައް އޭނާއަށް ކުރިމަތީ ފެންނަކަހަލައެވެ. އެވީ ކުޑަދުވަސް ކޮޅު ތެރޭގައި ސަނާގެ ހިތް އެއްކޮށް އީވާންއަށް ދެވިފައި ވާއިރު ލޯބިވެވުނީ ހީނުކުރާހާވެސް ބޮޑަށެވެ. ނަމަވެސް ސަނާ ދޫކޮށްފައި އިވާން ދިޔުންވީ ބުނަންނޭގޭ ހިތްދަތިކަމެއް ލިބުންކަމަކަށެވެ. ބޭވަފާތެރިވި މީހެއްގެ ވިސްނުމުގާ ވަގުތު ބޭކާރު ކުރުނީވެސަ ކީއްކުރަން ހެއްޔެވެ.؟ ނަމަވެސް އެހިޔާލް ތަކާ ދުރުވާން މަސަކަތްކުރިވަރަކަށް އެކަންވެސްވީ ފޫނެތްފަޔަށްފެންފުރުން ކަހަލަކަމަކަށެވެ.

ލިފްޓް ދޮރުކަހާލި އަޑު އިވުމުން ސަނާ ކުޑަކޮށް ސިހުނެވެ. ހަތަރުވަނަ ބުރީގެ ކަނާތްފަރާތައްހުރި ދޮރުން ވަނުމަށް ތަޅު ހިފާލި ވަގުތު އެތެރެއިން މީހަކު ދޮރުހުޅުވާލީ ހަމަ އެވަގުތުއެވެ. ކުރިމަތީހުރި އަފީފާ ދައްތަފެނުމުން ސަނާ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. ވާނީވެސް އެހެންތާއެވެ. ދައްތަގެ ލޮލުން ނަފްރަތު ނޫން އެއްޗެއް މިފަހަކަށް އައިސް ނުފެންނައިރު ސަނާ ހުންނަނީ އެކަމާ ވިސްނާ ބޯހަލާކުވެފައެވެ.

“ކަލޭ އަދިވެސް ބަލަން ހުންނަނީތަ އާދެވުނުލެ އަވަސްކަމުން” ގެއަށްއައުމާއެކެ ދައްތަގެ ނުރުހުމުގެ ބަސްތައް އަޑުއަހަން ޖެހުމުން އިތުރަށް މާޔޫސްވުން ނޫން ކަމެއް ސަނާއަށް ނުވިއެވެ. އެއްކޮޅުން އީވާންގެ ހިޔާލްތައް ބޮލުތެރޭ ހަނގުރާމަ ކުރަމުންދާއިރު ދައްތައާވެސް ކުރިމަތިލާން ޖެހުނީއެވެ. ކުށްވެރިއެއް ފަދައިން ސަނާ އިސްޖަހާލެވުނެވެ. “އެއޮއް ދިހައެއްޖެހީއޭ ޔާގީނޭ ފިރިހެނެއްކައިރީ އޮވެފަކަން އެއައީ މާރީތި މީހަކަށް ވަގެން” ދައްތަ މިކަހަލަ އެއްޗެކޭ ބުނާނެކަމަށް ނުވިސްނާހުރި ސަނާ ދައްތައާ ދިމާލަށް ދެލޯ ބޮޑުކޮށްފަ ބަލާލެވުނީ ޤަބޫލުނުކުރެވޭހާލުއެވެ. ދެފަރާތައް ބޯހޫރާލެވުނީ އެކަހަލަ ކަމެއް ނުކުރަމޭ ބުނަންށެވެ.
“ދައްތާ ކީކޭތަ ތިކިޔަނީ ދައްތައަށް އެބަ އެނގޭތަ ތިކިޔޭ އެއްޗެއް…ދައްތައަށް ރަނގަޅަށް އެނގޭނެ އަހަރެން މިދަނީ ކޮލެޖްއަށްކަން ދެންކީއްވެ.؟ ކިތަންމެ އަހަންނަށް ނަފްރަތު ކުރިޔަސް ދައްތަ ތިކަހަލަ އެއްޗެހި ނުކިޔަފާނަންތަ ދައްތަ ބުނިގޮތަކަށް އަހަރެން އުޅޭނަން ހެޔޮނުވާނެ އެކަމަކު ތިގޮތައް އެއްޗެހި ނުކިޔާފާނަންތަ..” އޭރު ސަނާ ކޯތާފަތުގައި ތާޒާ ކަރުނަ ވިދަމުންދެއެވެ. ކުރަކިވެފާވާ އަޑަކުން ސަނާ އަށް މިހެށް ބުނެވުނުއިރު އަފީފާ ހިތުގައި ކުޑަކޮށްވެސް ސަނާ އާމެދު ރަހުމެއް ނުވާއިރު ދެންވެސްބެލީ އޭނާގެ ރުޅިވެރިބަސްތައް ސަނާ އަށް އަޑު އިއްވޭތޯއެވެ.

“ބުނަންތަ ކަލޭ އާ ދިމާލަށް އަހަރެން ކިޔާނީ އަހަރެން ބޭނުން އެއްޗެއް އަޑުއިވޭތަ!.. ހުރި ހަޔާތްކުޑަކަން އަހަރެން ކުރިމަތީ އެއްޗެހި ބުނަން ކެރުނުއިރު ކަލެއަށް..! އަދި ބުނަން ތިކަރުނަތައް ދައްކަންދޭ ކޮންމެސް އެހެން މީހެއްކައިރިއަށް މަށަށް ދައްކާނެކަމެނެތް އަދި ބުނަން ހުންނާނެ ނޫޑްލިސް ޕެކެޓް ކާގޭގަ ކަލޭ އަހަރެން އަންނަން ވާއިރަށް ރެޑީކުރާތި..” އަފީފާ ހީވަނީ ރުޅި އައިސްގެން ސަނާ ދެންމެ ދެންމެ ކާލަވެސް ލާފާނެހެންނެވެ. އަދި ދަމުން ދިޔައީ އެވަރު ނުވެގެން ނޫޑްލިސް ކައްކަންވެސް ބުނެފަވިއްޔާާއެވެ. ސަނާ އަވަސް ވެގަތީ ކަރުނަތައް ފޮހެލުމަށްފަހު ނޫޑްލިސް ކެއްކުމަށެވެ. އަށްނަންވާއިރަށް ނުކެއްކިއްޖެޔާ ވާނެ ގޮތެއްވެސް އިނގެނީކީވެސް ނޫނެވެ.

ބެލްކަނީގައި ހުރި އީވާން ފުން ހިޔާލްތަކެއްގެތެރަށް ފީނަމުންދިޔައިރު އަބަދުވެސް މަޖާކޮށް ހީސަކަރާތްޖަހާ އީވާންގެ އެހަމަ ހިމޭންކަން ފެންނަ ކޮންމެ މީހަކަށްވެސް އުދަނގޫ ކުރުވާނެކަން ޔަޤީންނެވެ. އީވާން ހިތުގއި އަދިވެސް ތާޒާ ކަންމަތީ އެހަދާންތައް ފޮރުވިފިއައި ވާއިރު ސަނާ މިރޭ ފެނުމުން އެނާގެ ހިތުގައިވާ ލޯބި ސިއްރެއްނުއިވިއެވެ. ސަނާ އޭނާ އަށް ނަފްރަތު ކުރާނެއެވެ. ނަމަވެސް އޭނާއަށް މަޖްބޫރުވީކަން ސަނާ އަށް އެނގޭނެނަމައެވެ. ސަނާގެ އެ ލޯބިވެތި ސޫރަމަތިން ހަނދާންވުމުން ހިނިތުންވެލެވުނު ނަމަވެސް ދެވަނަ ސިކުންތުގައި ހިނުތުން ފަޑުވެގެން ދިޔައީ ސަނާ ދުވަހަކުވެސް ނުލިބޭނޭ ހިތައްއެރުމުންނެވެ.. ލޯބިވެވުނު ފުރަތަމަ ފަހަރު އެލޯބި ނުލިބި ދިޔުމުން އެ ކުރެވުނު ހިތާމަ އެނގޭނީ ހަމަ އޭނާއަށެވެ.

އީވާން މާޒީ ގެ ފުން ހަނދާންތަކަށަށް ގެބިގެން ދިޔައެވެ. އެއީ މީގެ 6 މަސް ދުވަސް ކުރިންނެވެ. ތ.ބުރިނީއަށް 2011 ވަނަ އަހަރުގެ ބޮޑު ޗުއްޓީގައި ކުރި ދަތުރެކެވެ. އެއީ އީވާން އަލަށް ރާއްޖެތެރޭއަށް ކުރި ދަތުރެކެވެ. މަންމަ އާއި ބައްޕަ އަދި އާށްކޮވެސް މިދަތުރުގަ ބައިވެރިވިއެވެ. ލޯންޗުގައި ހުރި އަލާ އީވާން އެތަށް ފޮޓޯތަކެއް ފޯޏޫގައި ރައްކާކުރިއެވެ.

“ދަރިފުޅާ އިވާން ކިހިނެއްވެފަ މިތާ ތިހިރީ އެތެރަށް ނުވަދެ؟”  ހިޔާލް ތަކަށް ގެއްލިފާ ހުއްޓާ ބެލްކަނިއަށް އެރިގޮތައް މަންމަ ގޮވާލުމުން އީވާން ސިހިފައި ބަލަލިއެވެ.
“ކަމެއްނުވެ އޭ ބުނެ” ކޮޓަރިއާދިމާށް މަޑުކުރުމެއްންތި ދިޔައިރު ދީމާ ޖެހި ބުދެއްހެން ބަލަންހުރެވުނީ އީވާން ވެފައިހުރިގޮތް ފެނުމުންނެވެ. މި ނޫނީ މިކަހަލަ ގޮތަކަށް އީވާން ދެރަވެފަ ހުއްޓައެއް ދީމާ ނުދެކެވެ. ބޮޑު ކަމެއް ނުވަނީސް އީވާން އެގޮތަށް ބެލްކަނީގަ އެކަނި ނުހުންނާނެކަން ޔަޤީންނެވެ. އެއްޗެއް ދެވަނަ ފަހަރަށް އަހާލުމުގެ ކުރިން ކޮޓަރިއަށް ވަދެ ތަޅުލި އަޑުއިވުނެވެ.ބެލްކަނި ބަލާލަން ދިމާ އައީވެސް އީވާން ކޮޓަރިއަށް ފެންފުޅިއެއް ލާން އައި ވަގުތު ކޮޓަރީ ފެންނަން ނެތުމުންނެވެ. ދީމާ މިގަނޑީ ސުވާލް ކުރުން ބުއްދިވެރިނުވާނެހެން ހީވާތީ ނިދުމަށްޓަކައި ކޮޓަރިއާދިމާލަށް ދިޔައެވެ.

މާދަން ހެނދުނު މަންމަގެ ސުވާލަތަކާ ކުރިމަތިވާނެކަން އެނގިހުރެވެސް އީވާން އެގޮތައް ކޮޓަރިއަށް އައިސް ވަނީ އެވާހަކަތައް ކިޔައިދޭނެ ހިއްވަރެއްނެތީމައެވެ. އައިގޮތަށް އައިސް އެދުމަތީ އޮށޯވެލީ ހިތަށް ކުޑަނަމަވެސޮ ލުޔެއް ލިބޭތޯއެވެ. އެތަކެއް ޝަކުވާއެއް ހިތުގައި ފުނިޖެހެމުންދާއިރު ސަނާ ކަރިއަށް ދިޔުމަށް އެ ހިތްއެދި ގޮވާލެވެސް މަދެއްނޫނެވެ. އީވާންއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބިފަ ހުރި މީހެއްނަމެސް އޭނާ އަކީ ލޯބީގާ ނާކާމިޔާބު މީހެކެވެ. މަންމަ އާއި ބައްޕަ ހުރިއިރު، ބޭނުންވާކޮންމެ އެއްޗެއް މަންމަމެން ތިބެނީ ދޭން ތައްޔާރަށެވެ. ލޯބި ކޮއްކޮއެއް އެބަހުއްޓެވެ. ތަނަވަސްކަމާއެކު، އެއްވެސް ކަމެއް އޭނާ އުނި ނުވެ ލިބެން އޮތްއިރު އޭނާ އުފަލެއްނުވެއެވެ. ކިތަންމެ ސަކަރާތްޖަހާ އެންމެންތެރޭ ހަދާ އުޅުނަސް ހިތުގައި ފަޅުކަމެއް އިހްސާސްވެއެވެ. ސަނާ ނެތުމުން އެ ހިތުގައި ހާދާ ވޭނެއްއަޅައެވެ. މިގޮތަށް އެތަށް ހިޔާލް ތަކަކަށް ގެއްލިފަ އޮއްވާ ނިދުނުގޮތެއްވެސް އީވާން އަކަށް ނޭގުނެވެ.

Share Article

Follow Me Written By

jummu

Level 1

Other Articles

Previous

އެ ތޫފާނީ ރޭ (5)

Next

ނޫރައިން…*ޓްރެއިލާ*

Next
July 8, 2017

ނޫރައިން…*ޓްރެއިލާ*

Previews
July 8, 2017

އެ ތޫފާނީ ރޭ (5)

43 Comments!

  1. Shaa says:
    July 8, 2017 at 3:53 pm

    Wow ☺☺☺

    1. jummu says:
      July 8, 2017 at 4:10 pm

      Thank you soo much ❤️

  2. Adha? says:
    July 8, 2017 at 3:55 pm

    Omg! Finally! Haadha inthixaareh kohfeemey mi stry ah…?? varah reethi mi part ves.. next part thankolheh avahah up kohdhehchey pls?
    Waiting…❤❤

    1. jummu says:
      July 8, 2017 at 4:12 pm

      Thank you :’)
      Warah happy wehje inthizaaru kurima ❤️
      Insha allah soon next part ❤️

  3. jummu says:
    July 8, 2017 at 4:14 pm

    All the reader this is the 3 episode ?Hope you will like it ? Sorry for the delay and leave a comment let me know what you think ?

  4. Lovely? says:
    July 8, 2017 at 4:16 pm

    Story ge part Leyelun edhen anyway story salhi

    1. jummu says:
      July 8, 2017 at 4:26 pm

      Insha all soon will upload thank you soo much
      Keep waiting ?❤️

    2. jummu says:
      July 8, 2017 at 4:28 pm

      Phone in upload kohfa inima ragalhu nukerewene dheneh but will tok to the admin and change it
      Sorry for that ?

  5. khajja says:
    July 8, 2017 at 4:20 pm

    Wow masha allah v loabi stry eh nxt prt kon irakun avas kolladhybala plx plx

    1. jummu says:
      July 8, 2017 at 4:29 pm

      Awwn so happy that you like it ?❤️
      Soon I will it’s difficult to write in phone and plus warah busy ❤️ Sorry to disappoint the readers hope will understand ?

  6. Reader says:
    July 8, 2017 at 4:41 pm

    Mi storyge 1st part kondhuvahehga nerunee?
    Nufenunu 1st part

    1. jummu says:
      July 8, 2017 at 4:59 pm

      Check “liyuntherin ah gos jummu jahaafa in writer ge bai ihnaane 1st part ?

  7. Lai says:
    July 8, 2017 at 4:46 pm

    Varan dhuvash konfa dhw mi story mi up vee.mihaaru hadhaanves nen kureege a part than.alun kiyalan dhw vee,anyway,varan reethi story,ehaa dhiguithizaaren Nukon up kondhenchey dear

    1. jummu says:
      July 8, 2017 at 5:00 pm

      Yeah sorry for the delay
      And thank you will try not to disappoint you readers thank you all for the support ?

  8. Afy says:
    July 8, 2017 at 5:27 pm

    Kon irakun aneh part up kuranee v v v v salhi

    1. jummu says:
      July 8, 2017 at 5:57 pm

      Soon I will ?
      And thank you ❤️

  9. ROMAN REGINS says:
    July 8, 2017 at 5:39 pm

    Wow

    1. jummu says:
      July 8, 2017 at 5:59 pm

      Thank you ?❤️

  10. Azuna says:
    July 8, 2017 at 6:31 pm

    Wow v salhi daily koh up nuvaa thy?

    1. jummu says:
      July 8, 2017 at 7:10 pm

      Thank you ?
      Will try my best to write atleast two part a week ?

  11. Shaa says:
    July 8, 2017 at 6:35 pm

    Burini eh noon Buruni . nice story

    1. jummu says:
      July 8, 2017 at 7:11 pm

      Thank you Dhn fakarakun ragalhu kuranan ?

  12. shafu says:
    July 8, 2017 at 7:01 pm

    finally… vaahaka up vehje
    story nice …… next part avaha up kohdechey………

    1. jummu says:
      July 8, 2017 at 7:13 pm

      Yeah sorry for that
      I don’t have a laptop at the moment and plus it’s difficult to type in phone
      And thank you for waiting ?❤️

  13. Nish says:
    July 8, 2017 at 8:11 pm

    Varh salhi Waiting for the next part ☺

    1. jummu says:
      July 8, 2017 at 8:50 pm

      Thank you ?❤️
      Insha allah next week ?

  14. Some one says:
    July 8, 2017 at 8:27 pm

    V v salhi!!! V like vey story ge name aaa! Hiivey v riithi vaaane hen!!! Dhn gadi kiyaaa iru hus nuuneh niinndhey!! Ekm ebahuri hus nuuni jahaaafa! Ekm v majaaa kiyaaa iru?! So ok vaaane rngalhu nukuriyas! Btw hiivaa gothuga kn dhuhukun nxt prt up khdheveyniii?

    1. jummu says:
      July 8, 2017 at 8:52 pm

      Ehehe thank you sooo much ?❤️ Dhn faharakun ekam ragalhu kuranan and thanks warah bodah buneladhinima ?❤️ Next week insha allah keep waiting ?

  15. Shaai says:
    July 8, 2017 at 8:46 pm

    V thafaathu story eh hen hiyve. Keepit up.

    V nice….?

    1. jummu says:
      July 8, 2017 at 8:53 pm

      Thank you soo much ?❤️

  16. Anonymous says:
    July 8, 2017 at 8:50 pm

    Wow

    1. jummu says:
      July 9, 2017 at 9:52 am

      Thank you ??

  17. Roaxy says:
    July 8, 2017 at 10:59 pm

    Next part konirakun????

    1. jummu says:
      July 9, 2017 at 9:54 am

      Next week ?

  18. Eeraa says:
    July 9, 2017 at 6:24 am

    Taxi car ga sanaa huri eh noon . Sana car ga innanee. Adhi minoonves baeh typing mistakes ves ebahuri. Ummeedhu kuran dhenfaharakun rangalhu kohlaane kamah. Vaahaka varah reethi. ?

    1. jummu says:
      July 9, 2017 at 9:55 am

      thank you warah bodah ?❤️ Ragalhu kohlanan Dhn faharkaun ?

  19. Journo says:
    July 9, 2017 at 11:02 am

    Kuh varah gina. Gandi eh nukiyaane. Gadi. Belconi ah nukume eh noon belconyah. Ekahala baivaru mistakes eba huri. Dhivehi bas rangalhu gothuga beynun kurey. Kiyaalan v undhagoo. Anyways good luck

    1. jummu says:
      July 9, 2017 at 1:51 pm

      Thanks this is my first sorry
      Faadu kiyumaki libe kurierumeh gothuga dhekeeni
      Wil Make the mistakes correct next time ?

  20. song joong ki..KOREAN says:
    July 9, 2017 at 12:45 pm

    heyy is it tha. BURUNI?? i think BURUNI is the correct name!! 🙂

    1. jummu says:
      July 9, 2017 at 1:52 pm

      Yeah buruni will make it correct next time ?

  21. Shaai says:
    July 9, 2017 at 4:50 pm

    Furathama part nufenunu jummu !!

    1. jummu says:
      July 9, 2017 at 5:02 pm

      https://www.esfiya.com/29589/ Check this

  22. Shaileen says:
    August 24, 2017 at 3:18 pm

    Next part konirakun..??? Haadha ginadhuvas vanee… dhn mivaahaka nunikun naane thr…

Comments are closed.



All Right Reserved!