Skip to content
އެސްފިޔަ

މުސްލިމުންނަށް ކީރިތި ޤުރުއާންގެ މުހިންމުކަން

ކީރިތި ޤުރުއާނަކީ މާތްﷲ ގެ ވަހީ ބަސްފުޅެވެ. ކީރިތި ޤުރުއާނަކީ މާތްﷲ ޖިބްރީލް ގެފާނު މެދުވެރިކޮށް ކީރިތި ރަސޫލާ މުހައްމަދު (ސައްލަﷲ އަލައިހި ވަސައްލަމް) އަށް ބާވާލެއްވުނު އެކަލާނގެ ކަލާމްފުޅެވެ. މުސްލިމުން އުޅެންވާ ގޮތް ވަނީ އަޅުގަނޑުމެންނަށް ކީރިތި ޤުރުއާނުގައި އަންގަވާފައެވެ. ޤުރުއާން ކިޔެވުމަކީ އެންމެ މުހިންމު އަޅުކަންތަކުގެ ތެރެއިން އަޅުކަމެކެވެ. އެއްކައުވަންތަ މާތްﷲ އާއި އަޅާގެ ގުޅުން ވަރުގަދަ ކޮށްދޭ އަޅުކަމެކެވެ. މުސްލިމުންގެ މެދުގައި އަމަން އަމާން ކަމާއި ސުލްހަވެރިކަން އިތުރުކޮށްދޭ އަޅުކަމެކެވެ.

މީގެ އިތުރުން ކީރިތި ޤުރުއާން:

1. އެއްކައުވަންތަ މާތްﷲ އަށް އަޅުކަން ކުރުމަށް ގޮވާލައެވެ.
2. މަންސޫހު ކުރެވިފައިވާ ކުރީގެ ބައެއް ފޮތްތަކުގައި އިންސާނުން ހަދައިފައިވާ ބައިތައް ރަނގަޅު ކޮށްދެއެވެ.
3. މާތްﷲ ކުރަން އަންގަވާފައިވާ ކަންތައްތަކާއި ނަހީކުރައްވާފައިވާ ކަންތައްތައް އެނގެއެވެ.
4. އީމާންތެރިކަން ވަރުގަދަކޮށްދީ ތެދުމަގު ދައްކާދެއެވެ.
5. އިންސާނުންނަށް ނުހޯދިފައިވާ ތަކެއްޗާއި ބެހޭގޮތުން ސައިންޓިފިކް ވާހަކަތައް އައިސްފައިވެއެވެ. (މިކަމުގެ ސަބަބުންވެސް މިއީ އިންސާނެއްގެ ބަސްތަކެއް ނޫންކަން އެނގެއެވެ.)
6. ގިޔާމަތްދުވަހުގެ މަތިން މުސްލިމުންނަށް ހަނދާންކޮށްދީ އެދުވަހަށް ތައްޔާރުވެ ތިބުމަށް ގޮވާލައެވެ.
7. ދެވަނަ ދިރިއުޅުމާއި ބެހޭގޮތުން ބަޔާންކޮށްދެއެވެ. ސުވަރުގެ އާއި ނަރަކަ ސިފަކޮށްދެއެވެ.

ޝައްކެއްވެސް ނެތްގޮތުގައި ކީރިތި ޤުރުއާނަކީ މާތްﷲ ގެ ވަހީ ބަސްފުޅެވެ. މުސްލިމުންނަށް އެކަލާނގެ ހުއްދަ ކުރައްވާފައިވާ ކަންތައްތަކާއި ނަހީ ކުރައްވާފައިވާ ކަންތައްތައް ޤުރުއާނުން އެނގެއެވެ. ފަރްޟު ކަންތައްތަކާއި ސުންނަތް ކަންތައްތައް އެނގެއެވެ. އެއީ އަޅުގަނޑުމެން ބޯލަނބާ ކިޔަމަންވާންވީ ފޮތެވެ. އެފޮތުގައި ވެނިމިގެން ގޮސްފައިވާ ކަންތައްތަކާއި ވާންހުރި ކަންތައްތަކުގެ ވާހަކަ އެބަހުއްޓެވެ. އަދި ކީރިތި ރަސޫލާ (ސައްލަﷲ އަލައިހި ވަސައްލަމް) ގެ ހަދީޘް ބަސްފުޅުތަކަކީ ކީރިތި ޤުރުއާންގެ ޝަރަހައެވެ. އަޅުގަނޑުމެން ކޮންމެ ކަމެއްގައިވެސް ބަލަންވީ މާތްﷲ ގެ ވަހީ ބަސްފުޅާއި ކީރިތި ރަސޫލާ ގެ ސުންނަތަށެވެ.

Comments (4)

  1. mysterious girl

    me enme loabiva fothuge mauloomath libekahala liumeh mi
    ehnve varah ufaa vehje

  2. mysterious girl

    ekam dhera vany ahremennaky sathain satha muslimunnah vyhindhu mi lun kiya ehves kuhjak comment ves kohfai nuaathyy

    1. non-mysterious boy
      mysterious girl

      ލިޔުމެއް ކިޔޭއިރަށް ކޮމެންޓު ކުރާކަށް ކީރިތި ޤުރުއާނުގައި އަންގަވައިފައެއް ނުވެއެވެ.

  3. habeys

    ވަރަށް އުފާކުރަން ކީރިތި ޤުރުއާނުގެ މަތިވެރިކަން ބަޔާންކޮށް އާޓިކަލްއެއް ގެނެސް ދެއްވީމަ. ފައިދާ ހުރި ލިޔުންތައް ލިޔެދެއްވުން އެދެނެ.

Comments are closed.