އޯރަންގުޒޭބް
އޯރަންގުޒޭބަކީ އިންޑިއާގެ ވަރަށް މަޝްހޫރު ރަސްކަލެކެވެ. އޭނާއަކީ ޝާހްޖާހާންގެ ދަރިކަލުންނެވެ. އޯރަންގުޒޭބަކީ ވަރަށް ބޮޑު ޢިލްމުވެރިއެކެވެ. ވިސްނުންފުޅުތޫނު ބުއްދިފުޅު ފުރިހަމަ ރަސްކަލެކެވެ. އޭނާ އިންޑިއާގެ ސަބް ކޮންޓިނެންޓްގެ މައްޗަށް ( މިހާރުގެ އިންޑިޔާއައި ޕާކިސްތާން އާއި ބަންގްލާދޭޝް) ފަންސާސްއަހަރު ރަސްކަން ކުރެއްވިއެވެ. އިންޑިޔާގެ އަކްބަރު ރަސްގެފާނުގެ ސަބަބުން އުފެދިފައިއޮތް ދީނީޙިލާފު ކަންތައްތައް ވަރަށް ބޮޑަށް އިޞްލާޙުކުރެއްވިއެވެ. އޭނާއަކީ ރަސްކަމުގެ ޤާނޫނާއި ޤަވައިދުތައް ވަރަށް މޮޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ރަސްކަމުގެ ހުރިހައި ކަމެއް އަމިއްލަށްފުޅަށް ބައްލަވައެވެ. އޭނާގެ ދިރިއުޅުއްވުން ހުންނަނީ ވަރަށް ސާދާކޮށެވެ. ދީނަށް ހުރުމަތްތެރިކޮށް ހިއްތަވައެވެ. އުޅުންވުމާއި ޙުލުޤުފުޅު ވަރަށް މާތެވެ. ޢިލްވެރިންނަށް ނުހަނު ކަމޭހިތްތަވައެވެ. ފަސްނަމާދު ވަގުތުން އަދާކުރައްވައެވެ.
އޭނާގެ އަމިއްލަފުޅު ދިރިއުޅުވުމަށް ސަރުކާރުގެ ހަޒާނާއިން އެއްވެސް ޚަރަދެއް ނުކުރައްވައެވެ. ދިރިއުޅުއްވުމުގެ ޙަރަދަ ހޯއްދަވަނީ ކީރިތި ޤުރުއާން ލިޔުއްވައި ވިއްކަވައިގެންނާއި ތާކިހާ ފައްސަވާފައި ވިއްކަވައިގެންނެވެ. އޭނާ އިސްލާމްދީނަށް ކުރެއްވި މަތިވެރި ޚިދުމަތުގެ ސަބަބުން އޭނާގެ ލަޤަބުފުޅަކަށޤ މުޙުޔިއްދީނެވެ ކިޔާފައިވެއެވެ. އެރަސްގެފާނުގެ ޒުވާން އުމުރުފުޅުގައި އޭނާގެ ބައްޕާފުޅު ޝާހުޖަހާން އޭނާ އަފްޣާނިސްތާނަށް ހަނގުރާމައަށް ފޮނުއްވިއެވެ. އެހިތްވަރުފުޅު ގަދަފަދަ ކޮމާންޑަރ ކާބުލަށް ވަޑައިގެން ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރެއްވިއެވެ. ހަނގުރާމައި އުޅުއްވަވާއި ވަގުތުގައި ވެސް ނަމާދު ވަގުތު ޖެހުމުން އޭނާ އަރައި ވަޑައިގެން އިންނަވާ އެތުން ފައިބައި ވަޑައިގެން ހަނގުރާމައިގެ މައިދާނުގައި ނަމާދު ކުރައްވައެވެ. ނަމާދު ކުރައްވާއިރު އޭނާގެ އަމިއްލަފުޅު ފުރާނައަކަށް ވެސް އަދި ހަނގުރާމައިން ނުކުމެދާނޭ ނަތީޖާއަކަށްވެސް ފުރުވާލެއް ނުބަހައްޓަވާ ނަމާދު އެންމެ ފުރިހަމައަށް އަދާކުރައްވައެވެ.
އިދިކޮޅު ލަޝްކަރުގެ މީހުން އެނާގެ ހިތްވަރުފުޅު ގަދަކަން ފެނުމުން ހައިރާންވިއެވެ. އެބަހީ އެމީހުންގެ ހިތަށް އެރިއެވެ. މިހާ ހިތްވަރުފުޅު ގަދަ، މަތްﷲ އަށް މިހާ ތަޤްވާވެރި ބޭފުޅަކު ބަލިކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.އެހެން ކަމުން އެބައިމީހުން ދެރަވެއްޖެކަން ޤަބޫލްކޮށް އޯރަންގުޒޭބަށް ކިޔަމަންތެރިކަން އަދާކުރީއެވެ.
One Comment
Comments are closed.


v reethi..???