Skip to content
އެސްފިޔަ

ބުނާށެލޯބިނުވަނީހޭ 2

އޭރު އީވާން ލާނެތް ގޮތަކަށް ހިނިތުންވެ ހުރެ ބޯކަހަމުން ކަހަމުން ސިޑިން މައްޗައްއެރިއެވެ.

ދީމާ އަކީ މާލޭ އުފަން މީހެކެވެ. ނަމަވެސް އެއޭނާ ފިރިމީހާ އާދިލް އަކީ ތ.އަތޮޅު ބުރުނީ މީހެކެވެ. ދިމާ އާއި އާދިލް ދިމާވީ ދީމާ ސީއެޗްއެސް އީއިން ސްކޫލްއިން އޭލެވެލް ހެދި ދުވަސް ވަރުއެވެ. އޭރު އާދިލް އުޅެނީ އެމް.އައި.ކޮލެޖްގައި އެޗް.އާރުއިން ޑިގްރީ ކިޔަވައެވެ. އާދިލް ދީމާ އަށް ލޯބި ހުށައެޅީ ދީމާ އާދިލް ލިބުމަށް ހިތް އެދި އެދި އޮއްވައެވެ. އުފާވެރި ކަމާއެކު ދުވަސްތައް އެކީ ގުނަމުން ދިޔައީ ދުވަހަކުވެސް ވަކިނުވާނޭ ކަމަށް އެތަށް އަހުދަކާ ވައުދެއް ކުރަމުންނެވެ. ކިޔަވާ ނިއްމާލުމަށްފަހު މާ ގިނަދުވަސް ތަކެއް ނުވެ ދެމީހުންވެސް ކައިވެނި ކުރިއެވެ. ކައިވެނި އަށްފަހު ދީމަ އާއި އާދިލް އުޅެމުން ދިޔައީ ކުރިއެކޭ ވެސް އެއްގޮތައް ދީމަ މަންމަ ކައިރީގައެވެ. ދީމާ މަންމަ އަކީ ބަލިއެނދުގައި އޮންނަ މީހެއް ކަމުން މީހެއްގެ އެހީ ކޮންމެ ކަމެއް ގައިވުސް ބޭނުންވެއެވެ. ދީމަ މަންމައަށް ހުރިހާ ކަމެއްވެސް ކޮއްދެމުން އައީ އުފަލާއެކުގައެވެ. ބައްޕަ އުމުރުން 4 އަހަރުގައި ނިޔާ ވެފައި ވާއިރު މަންމަ ދީމަ އާއީ ދީމާ ދެ ބޭބ ކަމަށްވާ މާހިލް، އާއި މީޒާން ބެލީ އެކަނިއެވެ. އާދިލް ގެވެސް މަންމަ އާއި ބައްޕަ އޭނާ ކުޑަ ކުޑަ އިރުގައި ވަނީ ނިޔާވެފައެވެ. އޭގެ ފަހުން އާދިލް އުޅެމުން އައީ މާލެގައި މަންމަ ފަރާތު ބޮދުދައިތަ ކަރީގައެވެ.

އާދިލް އާއި ދީމާ އަށް އީވާން ލިބުނީ ކައިވެނިއަށް އެއްއަހަރު ފަހުންނެވެ. އީވާން ވިހެއުމުގެ އެއްމަސް ކުރިން ދީމާ މަންމަ ހާޓް އެޓޭކެއް ޖެހިގެން މަރުވީ އަ.އި.ސީ.ޔޫގައި ފަރުވާ ދެމުން ދަނި ކޮށެވެ. ދީމާ ދެ ބޭބެ ވެސް އުޅެނީ އޭރު ކައިވެނި ކޮށްގެން ވަކިން  އެހެން ގެއެއްގައެވެ. ދީމާ މަންމަ ނިޔާވުމުން އެކަމާ ހިތާމަ ކުރި ނަމަވެސް ހިއްވަރު ކުރީ ކޮންމެ މީހަކަށް ވެސް އެފަދަ ދުވަހެއް އަންނާނެކަން ގަބޫލުކޮށެވެ. އީވާން ލިބުނުތާ ހަތަރު އަހަރު ފަހުން ލޯބި އަންހެން ކުއްޖެއް ލިބުނެވެ. އެއީ އާލާއެވެ. އާދިލް ވެސް އަމިއްލަ ވިޔަފާރިއެއް ހިންގަން ފެށިފަހުން ގިނަ ވަގުތެ އުޅެނީ ވަރަށް ބިޒީ ކޮށެވެ.

މަސަކަތް ނިން މާލުމަށްފަހު ބަދިގެއިން ނުކުތް ދީމާ ސިހުނީ މާ ބާރަކަށް އާލާ ބިރުން ހުރެ ދުވެފަ އަންނަތަން ފެނިގެންނެވެ.”މަންމާ…މަންމާ..އާ..އާ..ކޮ..ށް..މަންމާ..ކޮ..ޓަ..ރީ ކުރައް…ޕެއް އެތީ… އުދުހޭ”

ބިރުގަން ފަހުރިވަރުން އަލާ އަށް އެހެން ބުނެވުނީ ވެސް ވަރަށް އުނދަގުލުންނެވެ. ފާހާނާ ފެން ވަރަން ހުރެ ކުރައްޕެއް ފެނިގެން

ގަޔަށް ލެވުނު ގޮތަކަށް އެއްޗެހި ލައިގެން އާއިރު މިކަން ވިސްނާލެވުނީ މާފަހުންނެވެ. ދީމާ ވެސް އާލާ ހުރިގޮން ބަލަހަށް ޓައިގެން ހުރެވުނީއެވެ. އާލަވެސް މަންމަ އަށް ވެފައި ހުރިގޮތުން ބިރު ގަންފަ ހުރިމީހާ އަށް ވެސް އަމިއްލަ މޮޔަކަން ހިތައް އަރުވާފައި  ހެވުނީއެވެ. އާލާ ގެ ގައިގަ ނުފުލިވާހުރި ސައިބޯނީ ހުރިއިރު ބޮލުގަ ލާފަ ހުރި ޝޭންޕޫ ހުރީ ދެން މެލީ ގޮތައް ފޮނަތަކާ އެކީގައެވެ. ލައިގެން ހުރީ ގަޔަށް ބޮޑު ޓިޝާޓް އެކެވެ. އެއް އަތް ކުރީ އަތް ލައްވާފަ ހުރި އިރު އެނެއް އަތް ކުރީ ހުރީ އަތް ނުލައްވާ ގައިތޭރޭ ހުރި އިރު ބޭރުން ފެންނަންހުރީ އެންމެ އަތެކެވެ. އުނަގަނޑު ގައި ހުރީ ކުޑަ ތުވާލި ކޮޅެއް އައްސާފައެވެ.  “ދަރިފުޅާ ކުރައްޕެއް ފެނުނަސް ތިހާ ބިރުގަންނާކަށް ނުވާނެ.” ހިނި އައި ނަމަވެސް ނުހޭން މަސަކަތް ކުރަމުން ދީމާ އެހެން ބުނެލިއެވެ

މަޢްރިބް ނަމާދުކޮށްގެން ގެޔަށް އައިރު އީވާން މި މަންޒަރު ފެނި ވާނުވާގައި ހުރި އިރު…އާށްކޮއާ ދިމާލަށް ބަލާލިއިރު ހުރީމޫނު ކުނި ކޮށްގެންނެވެ.ކޮންމެސް ވަރަކަށް މި ވެގެން އުޅޭގޮތް އީވާންއަށް ރޭކަލިއެވެ. “ދަރިފުޅާ އީވާން އާށްކޮއަށް ކުރަށްޕެއް ފެނުނިޔޯ” އާލާ މަންމަ އެހެން ބުނާއިރަށް ހޭންފެށީ ރަކިވެ ހުރެއެވެ. އީވާން އަށް ހިނިގަނޑު ހިފައްޓާ ނުލޭވުނީ މިހިސާބުންނެވެ. ދޮރުބުޑަށް ތިރިވެ ބަޑު މަތީ އަތް އަޅާގެން ހުރެ ހެވުނީއެވެ. އީވާން ހިނިމައިތިރި ކުރުމަށްފަހު ގޭތެރަށް ވަދުނެވެ. “ތިއްތީ ދެން އޭތީ ނެރެދީ” އާލާ ބުނެލިއެވެ.” އާށްކޯ އިޓްސް އޯކޭ ޓުބީ އެފްރައިޑް ވިތް ކޮކްރެޗަސް ސަމްޓައިމްސް އޭރުން ދޯ މިކަހަލަ މަޖާ ސީންތައް ގިނަގިނައިން ފެންނާނީ” އީވާން އެހެން ބުނެލީ އާލާ ރުޅިއަރުވާ ލުމުގެ ބޭނުމުގައެވެ.

. “ތިއްތި ދިމާކުރަންޔާ ހުރިހާ ޝޭމްޕޫތައް ހާކާފާނަން އިނގޭ” އާލާ ބުންޏެވެ.

“ހަ ހަ ހަހަ.. ޔޫ ކާޓް މައި ކުރެޒީ ސިސްޓަރ”

“އޯކޭ..އޯކޭ. މިގަޑީ ނުތޮޅި އީވާން ދޭބަ ކޮޓރިން އޭތި ނެރެދެން.” މަންމަ އެހެން ބުނުމުން

އާލާ އީވާން އާ ދިމާލަށް ދޫނެރެލީ ކަމިޔާބު ހިނިތުންވުމަކާއެކުގައެވެ.

“ތިއްތީ މިރޭ ޕިއްޒާ ކާން ދާން ބުނީ މެއްނު ސޯ ޕުރޮމިސް ކޮށްފަ ޖެހޭނީ ދާން އިނގޭ” އީވާން ކޮޓަރިއަށް ދިމާލަށް ހިގައި ގަތުމުން އާލާ ބުނިއެވެ.”އޯކޭ ކަމަނާ އޭސް ޔޫ ވިސް ބަޓް ބީ ރެޑީ އެޓް 8″

ގެޔަށް އައިސް އާދިލް ވަދުނީ އާލާ އާއި އީވާން މައްޗައްއެރި ފަހުންނެވެ. އާދިލް ފެނި ދީމާ އަށް ހިނިތުންވެލެވުނެވެ.

ރިޒޯޓްއަކަށް ޕްރޮޖެކްޓޮ އެއްގެ މުހިއްމު ބައްދަލު ވުމަށް ހެދުނު ދިޔަ ގޮތަށް އަދި ހަމަ އެއައީއަވެ. އާދިލް އަކި މާދޮންނޫމީހެއްނަމަވެސް ރީތި މީހުންގެ ލިސްޓުގައި ހިމެނޭނެ މީހެއްކަން ގައިމެވެ. ކްރީމް ކުލައިގެ ގަމީހެ ލައިގެން ހުރިއިރު އަޅާފައިވާނީ އެޔާ ގުޅޭނެހެން ރީތި ޓައީއެކެވެ. މޫނު މަތީގައި ކޮންމެސް ވަރަކަށް ދާތިކިތަށް ވަރަކަށް ހުރިއިރު ވަރަށް ބުރަކޮށް މަސަކަތުގައި އުޅެފަ އައިސް ހުރިކަން އެގެއެވެ. ދީމަ އަށް އަދިލް އޭނާ ހަމައަށް އަންނަންދެންވެސް ބަލަން ހުރެވުނީ އަދިވެސް އެރީތިކަމަށް ބަދަލެއް ނާންނާތީއެވެ. ސާޅިސް އަހަރުގެ މީހެކޭ ނުވެސް ބުނާނެއެވެ.

ނުވިސްނަ ހުއްޓާ އާދިލް ދީމާ ގައިގައި

ބައްދާ ލުމަށޮފަހު “އައި މިސްޑްޔޫއޭ” ބުނެލީ ލޮތްބާއެކުގައެވެ. “އައި މިސްޑްޔޫ މޯ” ދީމަ މިހެން ބުނެލީ އާދިލް މޭތެރޭގައި އިތުރަށް ފޮރުވިލަމުންނެވެ. ދީމާ ކުޑަކޮށް ދުރު ވެލުމަށްފަހު އާދިލް ކައިރި އެއްޗެއް ކާން ހަދަން ވީތޯ ސުވާލް ކޮށްލިއެވެ.

އާދިލް ކޮފީތަށްޓެއް ހަދާދޭށޭ ބުނީ މި ވަގުތު އެހާ ކާހިތް ނެތީމައެވެ.

8 ޖެހިއިރު އާލާ ލޯގަނޑު ކުރިމަތީ ހުރީ ފަރިބަލާލަ ބަލާލައެވެ.”ޑަކް ފޭސް އެއް ހަދައިގެން ހުރެ ފޮޓޮއެއްނެގުމަށްފަހު އިންސްޓާ ކޮށްލިއެވެ. ދޮރުކައިރީ އީވާން އާލާ އުޅޭ ގޮތޮ ބަލަން ހުރީ އެތެރަށް ހީލަ ހީލައެވެ. އީވާން ކަރުކެހިލުމުން އާލާ ދޮރާދިމާލަށް ބަލާލުމުން އީވާން ހެވިފައި ބަލަން ހުއްޓެވެ.

“ރީއްޗޭ އާށްކޯ ތިހާވަރަށް ލޯގަޑަށް ނުބެލިޔަސް” އީވާން ބުނެލިއެވެ.

“ހެހެހެހެ.. ވެރީ ފަނީ” އާލާ ތުއި ވެލާފައި މިހެން ބުންޏެވެ.

އާލާ އީވާން އާ ކިއިރިވެލުމަށްފަހު ސެލްފީއެއްނެގިއެވެ.

”ލެޓޮސް ގޯ ތިއްތީ މާދަން ސްކޫލްވެސް އޮންނާނެ ޓެން ގެ ކުރިން އަންނަންވާނެ”

މަގުމައްޗިށް ނުކުތުމަށްފަހު  ޓެކްސީއެއް ހޯދުމަށްފަހު ޕިއްޒާބޯނާ 15 މިނެޓް ތެރޭ ދެވުނެވެ.

މާގިނިރުތަކެއް ނުވަނީސް ޕިއްޒާ އަށް އޯޑަރު ދިނުމުން ޕިއްޒާ އައެވެ.

“ތިއްތި ބުނީމެއްނު ޒީދާން އާދެއެވެ ކޮބާ އޭނަ.” އީވާން ބެސްޓް ފްރެންޑް ޒީދާން އަންނަ ވާހަކަ ބުނެފަ އޮތީމަ އާލާ އާހާލިއެވެ.

“ބުނި އެބަ އަންނަމޭ ކުޑަ ކަމެއް ޖެހުނީ އޭ ބުނި”

އެހެން ބުނިއިރު ޒިދާން އެމީހުންނާ އަރާ ހަމަކުރަނީއެވެ.

“އަހަ..މިއޮއް އައީނު މޭން ކައޭ ނިއިސްގެންނެ މި މަޑުކުރަނީ” ކޮއްކޮ އޫޝާ އެއް ގެޔަށް ލައިދީފަ މި އައީ”އީވާން އެހެން އެހުމުން ޒިދާން ބަނެލިއެވެ.

“އެންޑް އާލް ޕިއްޒާ ކާން ތިހާ ރީތިވެލައިގެން ތިއައީ އެނީވޭސް ޔޫ ލުކް ބިއުޓިފުލް” އާލާ އާ ދިމާލަށް ޒީދާން ބުނެލިއެވެ.

“ޔަޕް ކޮނމެ ތާކަށް ދިޔަސް ރީތިވާންވާނުދެން އެން ތޭންކުޔޫ  ” ޕިއްޒާ ކަމުން މަޖާވެލާފައި އާލާ ވާހަކަ ދެއްކިވެ

ތިންމީހުން އެކީ މަޖާ ވަގުތު ކޮޅެއް ހޭދަ ކުރުމަށްފަހު. ނުވަ ގަނޑި ބައިވިއިރު ނުކުތީ ގެޔަށް ދިޔުމަށެވެ.

ޒީދާން އީވާން އާއެކު އާލާ ދިޔަތަން ބަލަން ހުރީ ކީއްވެ ކަމެއް ނޭގެއެވެ. ނޭގި ނަމަވެސް އޭނަ އާލަގެ ކޮންމެ ކަމެއްވެސް ކަމުދާ ފެށީ ހުދު އެނާ އަށްވެސް ނޭގި ހުއްޓައެވެ. އާލާ ކައިރީ ހުރުމަށް އަބަދުވެސް އޭނާ ހިތް އެދެއެވެ

މި ހިޔާލް ތަކާ ދުރުވެ ޒީދާން ވެސް ގެއާ ދިމާލަށް މިސްރާބެ ޖެހިއެވެ. އީވާން މަޖީދީމަގު ހުރި  ފައިވާން ވިއްކާ ފިހާރައެއް ކައިރީ ޓެކްސީ މަޑެކޮށްލީ އާލާ އެ ފިހާރަޔަށް ވަދެލާން ބޭނުންވާވާހަކަ ބުނެލުމުންނެވެ. އާލާ ގޮސް ފިހާރަޔަށް ވަތްއިރު ފަހަތުން އީވާން ވަންނަމުން ދޮރުގެ އަތް ގަނޑު ހިފާލި ވަގުތު ހުއްޓުނީ ޖެހިގެން ހުރި ފިހަރައިން ނުކުތް އަންހެންކުއްޖާ ފެނިފައެވެ، ގަބޫލުނުކުރެވޭ ހާލު ބަލަން ހުރެވުނީ އެއީ “ސަނާ” ކަން ޔަގީންވީމާއެވެ.  ސަނާ އީވާން އާވީ ފަޅިއަށް ބޯ އަނބުރާލެވުނު ގަޑީ މޫނުމަތި  ހިނިތހުންވުން ފަޑުވެގެން ދިޔަތަން އީވާން އަށް ފެނުނު އިރު އިސްދަށަށް ޖަހާލެވުނީ ހިތަށް އުދަގޫ ވުމުންނެވެ.

ދެވަނަ ފަހަރަށް ބަލާލި އިރު ސަނާ ފެންނާކަށް ނެތެވެ. “ސަނާ” އީވާން އަގައިން މަޑު އާހަކާކު އެނަން ބޭރުވިއެވެ.

މަޖީދީމަގުން ދުއްވަމުން ދިޔަ ޓެކޯސީ ކާރުގައި ހުރި ސަނާ ލޮލަށް ޖަމާ ވެފައި ހުރި ކަރުނަތައް ހިފައްޓަން މަސަކަތް ކުރިއިރު އެ އިހްސާސްތިއް ކޮންޓްރޯލް ކުރަން އޭނާއަށް އުދަނގޫވެއެވެ.

ކާރުގައި އޭރު ޖަހާފަ ހުރި ލަވަ ހީވީ ހިތުގެ ޝަކުވާތައް އަޑު އިއްވަމުން ދިޔަހެންނެވެ.

“ފޮހެލީ ތިބާ މިނަން ތިޔަ ހިތުން……”

“މަށަށް މިހާރު ވަކިވީހޭ ……”

“ބުނާށެ ލޯބި ނުވަނީހޭ…..”

Comments (30)

  1. Sidhu

    Nice sidhu 1st dhw

    1. jummu
      Sidhu

      Yeah ?❤️
      Thank you ?

  2. Ashaa

    V salhi…. Keep it up…. Dhn Anna part mi ah vureh salhi waane kamah hykurann.. ❤️?

  3. Lim

    V salhi… Kn dhuvas thakeh ga thr upkoh dheyny??

    1. jummu
      Lim

      Waki dhuwas thakeh nu hure but week aku 3 days upload kodhenan insha allah as i am really very busy ?☺️
      Next part on Tuesday ☺️

  4. hhhh

    ❤❤❤❤❤❤

    1. jummu
      hhhh

      Thank you??❤️

  5. Aarny

    cute story eh… its interesting… dhen kon irakun up koh dheyniiiii??? waiting.

    1. jummu
      Aarny

      Tuesday ?❤️
      And thank you soo much ?❤️

  6. shafu

    reethi waiting for next part

    1. jummu
      shafu

      Thank you ?
      Insha allah Tuesday ??

  7. Pinkish

    V reethi.. ??

    1. jummu
      Pinkish

      Thank you ?❤️?

  8. Kitty

    Who is the main character

    1. jummu
      Kitty

      Evan ?

  9. Shaina

    Varah bodah liyumuge hama thakah nufethey adhi mistake hurikan faahaga kohllan

    1. jummu
      Shaina

      Dhn ahna faharakun ragalhu kuranan I’m very new to this ☺️

  10. Aai

    Vv reethi ingeingey ??when is the next? Avahah up kodehecey dear?

    1. jummu
      Aai

      Thank you soo much ??❤️
      Tuesday ?❤️

  11. Maree

    v reethi

    1. jummu
      Maree

      Thank you ?❤️

  12. حوا

    Varah nice and interesting story ehingey .. ma sha Allah.. keep it up.. btw liumuga ebahuri v gina mistakes, dhen faharaku upkohlumuge kurin kiyaalaathi eyrun emistakes repeat eh nuvaane … and ardhilge rashah nikan genebala dheemaamen eyrundhw hawwa mennahemeehun fennaanee ? haha …

    1. jummu
      حوا

      Heheh thank you soo much insha allah next part I will try not to repeat ❤️❤️
      But thibuni ehcheh neygunu ?

  13. Noor

    Keep it up dear..story dhaagoiy varah reethi..?????

    1. jummu
      Noor

      Awwn thank you noor ❤️

  14. Aisha

    Varah reethi ibaarah kohfa hurigoiy.. Waiting for the next part ?

    1. jummu
      Aisha

      Thank you soo much ??❤️?

  15. Reem

    Reethi! Bt vrh mistake gina. sentence formation ves ragalhu kohlah eba jehey. ” bappa umuruh 4 aharuga niyaavee” or umuruh 4 aharuga bappa niyaavuh” pls read b4 uploading. ALL the best

    1. jummu
      Reem

      Thanks next part I will check it befor upoading?

  16. Reader

    Kaiveniah ehen nuliyaane. Kaivenyah liyaany.
    Vakin Jummu ge story thah balailee mi mi vaahaka kiyaa hithun

Comments are closed.