ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 58
އީމަން އެވާހަކަތައް އަޑުއަހަން އިނުމަށްފަހު ތެދުވެގެން ރީމް ކައިރިއަށް އައެވެ. ރީމްގެ ކޯތާފަތްމަތީގައި ހުރި ކަރުނަ ތިކިތައް ފުހެލަދެމުން މަޑުމަޑުން ހިނިތުންވެލިއެވެ. ރީމްގެ ހިތް އުފަލުން ނަށައިގަތެވެ. މޫނުމަތި އުޖާލާ ވެގެން ދިޔައެވެ.
“ރީމް! އަހަރެން އެންމެ ފުރަތަމަ ދުވަހުވެސް ތިހެން ބުނީމެއްނު. އެކަމަކު އެކަމާ ދެކޮޅު ހެދީ ހަމަ ރީމް. އެހެންވީމަ ތި ޝައްކަކީ ވަކި މިއަދު އުފެދެންޖެހޭނެ ޝައްކެއް ނޫން. އަހަރެންނަށް ހަމަ ޔަޤީން ތި ޝައްކު ރީމް ހިތުގައި މާ ކުރިންވެސް އުފެދިފައިވާނީ. ރީމް އެކަން ހާމަނުކުރީ ހަޤީޤަތަކަށް ވެދާނެތީ. އިޔާނާއަކީ ޔާނާ ކަމުގައި ވެއްޖެނަމަ އަނެއްކާ ރީމްގެ މަގަށް ހުރަސްއަޅާފާނެތީ. މިހިނެއްނޫންތަ؟” އީމަން މަޑުމަޑުން ދައްކަންފެށިވާހަކަ ހިތްހަމަ ނުޖެހުމަށް ބަދަލުވެގެންދިޔައިރު ރީމްގެ މޫނުމަތީގައިވި ހިނިތުންވުން ވެސް ދިޔައީ ގެއްލެމުންނެވެ.
“މިކަން ޘާބިތުކޮށްދޭނެ ހެއްކެއް އަހަރެން އަތުގައެއް ނެތް. އެކަމަކު ހަޤީޤަތަކީ އަހަރެންނާ ޔާނުގެ އެކްސިޑެންޓްގައި ރީމްގެ ކޮންމެވެސް މިންވަރަކަށް ނަމަވެސް ހިއްސާއެއްވާކަން.” އީމަންގެ ޖުމުލައިން ރީމް އަނބުރައިގަނެގެން ނުވެއްޓުނީކިރިޔާއެވެ. ދެލޯބޮޑުކޮށްލެވި ހިންދިރުވާލެވުނެވެ. އީމަންދިޔައީ ރީމްއާ ހަތަރުކަޅި ހަމަކޮށް ވާހަކަ ދައްކަމުންނެވެ.
“އަހަރެން މިހާރުވެސް ބޭނުންނަމަ ރީމް ދަމަމުންގޮސް ޕޮލިހުންނާ ހަވާލުކޮށްފާނަން. އެކަމަކު…” އީމަންގެ ވާހަކަތަކަށް މެދުކެނޑުމެއް އައެވެ. ރީމްދިޔައީ ކެތްތެރިކަމެއް ނެތި އެވާހަކަތައް އަޑުއަހަމުންނެވެ.
“އެކަމަކު އަހަރެން އަދި އެގޮތަކަށް ކަންތަކެއް ނުކުރާނަން. ތަޢުބާވުމަށް އެންމެ ފަހު ފުރުސަތެއްގެ ގޮތުން ރީމް އަށް މިފުރުސަތު މިދެނީ. ކުރެވިފައިވާ ކުށަށް ތަޢުބާވެ ވީރާނާކޮށްލި އަހަރެންގެ ދިރިއުޅުން އުޖާލާކޮށްދީ.” އީމަން ބުނެލިއެވެ..
“އަހަރެން ކިހިނެތް…..” ރީމް ހައިރާންވެފައި ހުރެ ބުނެލިއެވެ.
އީމަން އެއްފަރާތަކަށް އެނބުރި ލައިގެންހުރި ޖިންސުގެ ޖީބަށް އަތްޖަހާލިއެވެ. “އިޔާނާއަކީ އަހަރެންގެ ޔާނުކަން %99 ޔަޤީން. ބާކީއޮތް %1 އަކީ އެކަމުގެ ޘާބިތު ހެއްކެއް ނެތުން. ރީމް މި %1ހޯދާ. އިޔާނާ އެއީ އަހަރެންގެ ޔާނުކަން ޘާބިތުކުރޭ. އަދި އަހަރުމެން ދެމީހުންގެ ދިރިއުޅުން އަހަރުމެންނަށް ހޯދައިދީ. ރީމްއަށް ކުރެވިފައިވަނީ ބޮޑު ފާފައެއް. މިކުށުން ތަޢުބާވޭ.”
“އަހަރެން ކިހިނެތް ތިކަން ޘާބިތުކުރާނީ؟” ރީމް ހައިރާންވެފައި ހުރެ ސުވާލުކޮށްލިއެވެ.
“އަހަރެންނާ ޔާނާގެ އުފާވެރި ދިރިއުޅުމުގައި އަނދިރިކަން ވެރިކުރުވިގޮތަށް. ވަކިވާންބޭނުން ނޫން ދެމީހަކު ވަކިކުރުވިގޮތަށް.” އީމަން ރީމްއަށް ބަލައިލަމުން ބުނެލިއެވެ. ޖެއްސުމުގެ ރާގަކަށެވެ.
ރީމްހުރީ ކަންބޮޑުވެފައެވެ.
“ރީމް ތިއީ ވަރަށް ހުޝިޔާރު އަދި ވަރަށް މޮޅު މީހެއްކަން އަހަރެންނަށް އެނގިގެން ހިނގައްޖެ. އެހެންވީމަ މިކަންކުރާނެ ގޮތެއް ރާވާލުމަކީ ރީމްއަށް އެއްވެސް ކަމަކަށް ނުވާނެ..” އީމަން ހަމަ ޖެހިލަމުން ބުނެލިއެވެ. “އާނ! އަދި އެއް ވާހަކަ. ޔާނާއަކީ އިޔާނާކަން ޘާބިތުކޮށްދޭއިރު އަހަރެންނާ ޒާންގެ ރަށްޓެއްހިކަމަށް ކުޑަނަމަވެސް ލޮޅުމެއް އައިސްގެންނުވާނެ. އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނުވަތަ ޝިކާޔަތެއް މެދުވެރިވާކަހަލަ ކަމެއް ވެގެން ނުވާނެ.” އީމަން ތަފްސީލުކޮށްދެމުން ގޮސް ސޯފާގައި އިށީނދެލިއެވެ.
“އެކަމަކު މާން…” ރީމް ވާހަކަ ދައްކަންފެށި ނަމަވެސް އީމަން އަތްތިލައިން ހުއްޓާލުމަށް އިޝާރާތްކޮށްލިއެވެ.
“އަހަރެން މިހެން ކަންތައް މިކުރީ ހަމަ ރީމްއަށް ރަނގަޅަކަށް. ސޯ…” އީމަން ބޮލުގެ އިޝާރާތުން އިތުރުވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތްކަން އަންގާލިއެވެ. ރީމް އަށް ޖެހުނީ މަޑުމަޑުން ކޮޓަރިން ނިކުންނާށެވެ.
“އެންޑް.. އައި ވޯންޓް ދަ ރިޒާލްޓްސް ވެރީ ސޫން. އެން ވެރީ ސޫން މީންސް ރިއަލީ ސޫން.” ދޮރާ އަރާ ހަމަވެފައި ހުރި ރީމްއަށް އީމަން އަމުރުކޮށްލިއެވެ. ރީމް އެއްވެސް އެއްޗެކޭ ނުބުނެ ނިކުމެގެން ދިޔައީއެވެ.
ބޮޑު ސިޓިންރޫމުގައި ޒާން ޝިޔާމާއި ބައްދަލުކުރިއިރު ކައިރީގައި ހުމާމުގެ އިތުރުން ޝާމްވެސް އިނެވެ. ޒާން ދައްކަމުން ދިޔައީ ވިޔަފާރިއެއް ފެށުމުގެ ވާހަކައެވެ. ޝިޔާމް ހިއްސާވާ ގޮތަށެވެ.
ޒާންގެ ހުށައެޅުމަށް ޝިޔާމް ތާޢީދުކުރިއެވެ.
“ޒާން. އަޅުގަނޑުގެ އެދުމެއް އެބައޮތް، އިފް ޔޫ ޑޯންޓް މައިންޑް.” ޝިޔާމް އަދަބާއެކު އެދުނެވެ.
“ކޮންކަމެއް؟” ޒާން ސުވާލުކޮށްލިއެވެ.
ޝިޔާމް ހުމާމަށް އިޝާރާތްކޮށްލިއެވެ. “މިއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު. ވިޔަފާރީގެ ކަންތަކުގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަނީ. ޒާންގެ މައްސަލައެއް ނެތްކަމުގައިވާނަމަ އަހަރެން ބޭނުމީ ތިޔަ ޕްރޮޖެކްޓާ އަޅުގަނޑުގެ ދަރިފުޅު ހުމާމު ހަވާލުވުން.” ޝިޔާމް އޭނާގެ ހިތުގެ އެދުން ހާމަކޮށްލިއެވެ.
“ދެޓްސް ރިއަލީ ގުޑް. އައި އެޕްރިޝިއޭޓް އިޓް. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.” ޒާން އެއްބަސްވިއެވެ. ޝިޔާމްގެ މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުން ވެރިވެގެން ދިޔައެވެ. ހަމަ އެހެންމެ ހުމާމުއަށްވެސް ހިނިތުންވެލެވުނެވެ. އޭނާގެ މަސައްކަތް ކާމިޔާބުވާކަން އެނގުމުންނެވެ. އޭނާގެ ބައްޕަގެ އިތުބާރު އޭނާއަށް އޮތް މިންވަރު މިކަމުން ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެކަން ޔަޤީނެވެ. އެހެންނޫންނަމަ މިފަދަ ބޮޑު ޕްރޮޖެކްޓެއް އެއްވެސް ވިސްނުމެއްނެތި ހުމާމާ ހަވާލުނުކުރާނެކަން ޔަޤީނެވެ.
އަނެއްކޮޅުން ޝާމްގެ މޫނުމަތި ދިޔައީ ބަނަވެގެންނެވެ. މިފަދަ ބޮޑު ޕްރޮޖެކްޓެއް އޭނާއާ ހަވާލުނުކޮށް ހުމާމާ ހަވާލުކުރުމުން އޭނާއަށް ސިފަވެގެން ދިޔައީ އޭނާގެ އަގުވައްޓާލީކަމުގައެވެ.
ތިންމީހުންގެ މޫނުމައްޗަށް އަރައިފައިބަމުން ދިޔަ ކުލަތައް ޒާން ދިޔައީ ވަރަށް ރަނގަޅަށް ފާހަގަ ކުރަމުންނެވެ. ތިންމީހުންގެ ސިކުނޑިއާ ވިސްނުމުގައިވާ އެއްޗެއް އޭނާއަށް ސިފަވަމުން ދާ ކަހަލައެވެ.
“ސޯ، ލެޓްސް ހޭވް އަ ލިޓްލް ސެލެބްރޭޝަން.” ޝިޔާމު ހިނިތުންވެފައި ހުރެ ބުނެލިއެވެ.
“މައްސަލައެއް ނެތް. އެކަމަކު މިވަގުތަކުނޫން ދެއްތޯ؟ އަޅުގަނޑު އެބަޖެހޭ ވަރަށް އަވަހަށް ތަނަކަށް ދާން.” ޒާން އުޒުރުވެރިވިއެވެ.
“އެކަމަކު ކޮންމެވެސް ގޮތެއް ހަދައިގެން ދާންވާނީ. ހަމަ ކުޑަ ވަގުތުކޮޅެއް.” ޝިޔާމް އެދުނެވެ. މިފަދަ ބޮޑު ޕްރޮޖެކްޓެއް އޭނާއަށް ލިބުމުން އިނީ އުފަލުން ފޮޅިފައެވެ. ޒާންއަށް އިތުރު އުޒުރެއް ނުދެއްކެނީސް ރެފްރެޝްމެންޓެއް ތައްޔާރުކުރުމަށް ފަރީދާކައިރިން އެދުނެވެ.
ޒާން އެއްބަސްވިއެވެ. ހަޤީޤަތުގައި އޭނާ ބޭނުންވީ ހަމަ މިގޮތެވެ. އިތުރަށް މަޑުކޮށްގެން ހުމާމާ ބެހޭ މަޢުލޫމާތު ހޯދުމަށެވެ.
ޒާން ހުމާމުގެ ހަޔާތާ ބެހޭ މަޢުލޫމާތު ހޯދިއެވެ. ހުމާމު ޖާހަތުގެ ވާހަކަ ސިއްރުކުރިއެވެ. ޝާމްގާތަށް އައީ ނުލަފާ ހިންޏެކެވެ.
ޒާޏް އެކިގޮތްގޮތުން އެކިކަހަލަ ސުވާލުކުރިއެވެ. އާއިލާ މީހުންނާ ގޭގައި އުޅޭ މީހުންނާއި ބެހޭ މައުލޫމާތެވެ. ދެކެވުނު ވާހަކަތަކުން އެގޭގައި ޖާހަތު ނޫޅޭ ކަމުގެ ޔަޤީންކަން ޒާންއަށް ލިބިގެން ދިޔައެވެ.
އާއިޒާއި ހުމަޔޫން ކެތްތެރިކަމެއް ނެތި ކާރުގައި ތިއްބާ ޒާން އަންނަ ތަން ފެނުނެވެ. ޒާންއައިސް އެރީ ކާރަށެވެ.
“ކޮބާ، ކިހިނެތްވީ؟” އާއިޒު ސުވާލުކޮށްލިއެވެ.
ޒާން ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ޖާހަތު ވީ ތަނެއް ނޭނގުމުން އާއިޒު ކަންބޮޑުވިއެވެ.
“ހާސްނުވޭ. ހުމާމުގެ ހުރިހާ ވަގުތުތަކެއްހެން ދެން ހޭދަވާނީ އަހަރެންނާއި އެކީ. އެހެންވީމަ ތިކަން ވަރަށް އަވަހަށް އެނގިގެންދާނެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރުމެން ކާމިޔާބުވާނެ.” ޒާން ބުނެލިއެވެ. ތިންމީހުން ކާރުގައި މިސްރާބުޖެހީ ހިތަދުއަށް ދިޔުމަށެވެ.
ޝިޔާމް ސޯފާގައި ހަމަ ޖެހިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމަތީގައިވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ފަރީދާވެސް އައިސް ޝިޔާމްކައިރީގައި އިށީންނިއެވެ. އެންމެންގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. މިއީ އެމީހުންނަށް ލިބުނު ބޮޑު ނަސީބެއްކަމުގައި ވީތީއެވެ. ނަމަވެސް ޝާމްގެ މޫނުމަތިން އެއްވެސް ކަހަލަ އުފާވެރިކަމެއް ފެންނާކަށް ނެތެވެ.
ފަރީދާއަށް މިކަން ފާހަގަ ވުމުން ސުވާލުކުރިއެވެ.
“ދައްތާ. އަޅުގަނޑު ބޭބެ ކައިރީގައި ވާހަކައެއް ބުނަން ބޭނުން.” ޝާމް ވިސްނާލުމަށްފަހު ބުނެލިއެވެ.
“ކޮންވާހަކައެއް ކޮއްކޮ ބުނަން ތިއުޅެނީ؟” ޝިޔާމް އޯގާތެރިކަމާއެކު ބުނެލިއެވެ.
“އަޅުގަނޑު ކައިވެނި ކުރަން ބޭނުން.” ޝާމް އިސްޖަހާލަމުން ބުނެލިއެވެ.
އެންމެންނަށް ހައިރާންކަން ލިބުނު ނަމަވެސް އުފާވެރިކަންވެސް އެކުލެވިފައިވެއެވެ. ޝާމް ހުހަށް ހުރުމުން ޝިޔާމް އެކަމާ ކަންބޮޑުވެގެން ވަރަށް ގިނައިން ވާހަކަ ދެކެވިފައިވާތީއެވެ.
“އެހެންތަ؟! ތިއީ ވަރަށް ރަނގަޅު ކަމެއް. އެހެންވީމަ، ބޭބެ ކުއްޖެއް ހޯދަންވީތަ؟” ޝިޔާމް ސުވާލުކޮށްލިއެވެ.
“ނޫން. އަޅުގަނޑަށް ކަމުދާ ކުއްޖެއް އެބަހުރި.” ޝާމް ބުނެލިއެވެ.
“އެހެންތަ! އެއީ ކޮންކުއްޖެއް؟” ޝިޔާމް އިތުރަށް އޮޅުން ފިލުވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


???????e ee jaathu dhw
🙂 v reethi mibai vess
thanx aisha!!
alhey mi part haadha kurey..kondhuvahakun aney part..mipart vx v salhi
esfiyage kudin mivahakaige ebai kalytha??????????nasha vahaka upload kuraleh ma lahyy ………vahaka upload kurale lasvanya interest gelidane ige……….aneh bai avaha genesdhybaaaaaaaaaaaa……mi vahaka nimen dho miulheny……..so beautiful
haada kurey………but so beautiful this story.komeves kuje bunedhy bala face lagoy…..
nice ekamaku ma kury
Nashaa mifaharu varah kuruhen heevee 🙂 vedhaane kiyaahithun inleh bodukamun kaneyge 🙂 varah reethi mibaives, anehkaa reem kihineh hadhaanebaa
ނަޝާ މިބައިވެސް ވަރަށް ރީތި، އެކަމު ވަރަށް ކުރު ޕްލީސް އަނެއްބައި އަވަހަށް އަޕްކޮށްދޭތި އިނގޭ
ތޭންކްސް ނާޝް
އިރާދަަކުރެއްވިއްޔާ މާދަމާ 59ވަނަ ބައި ގެނެސްދޭނަނަް