Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން ލޯބި (34)

Mimmi ❤️ Level 410 Stories500 Comments100 Comments1K Comments
April 24, 2017 5 Mins Read
57 Comments

 

” ރާޔާ..”

 

ކާމިޔާބު ހިނިތުންވުމަކާއެކު އަހަރެންނަށް ބަލަން ރާޔާއިނެވެ. އަހަރެން އެތާނގަ އެންމެ ހިނދުކޮޅަކަށްވެސް މަޑުކުރާކަށް ބޭނުމެއްނުވިއެވެ.

” ކޮކީ ޔަލް ދައްތި ހޮސްޕިޓަލަށް ދާން ޖެހިއްޖެ.. އިޓްސް އޭން އެމަޖެންސީ.. އެހެން ދުވަހަކު އަންނާނީ ދޯ… މިއަދު ދެން ދޮންބެ އާ ދެކުދިން ޕިއްޒާ ކާލާ އިނގޭ.. ސީޔޫ ލޭޓަރ…” ޝާން ބޮލުގަ ފިރުމާލަމުން އަހަރެން އެހެން ބުނެލާފަ ބެލީ އަވަހަށް އެތަނުން ނިކުމެވޭތޯއެވެ. ޝަމްމު އިނީ ކަޅި ޖަހާނުލާ އަހަރެންނާ ދިމާލަށް ބަލާށެވެ. އަހަރެންގެ މޫނު މައްޗަށް އެރި ހުރިހާ ކުލަވަރެއް އޭނައަށް ދެނެގަނެވުނު ކަހަލައެވެ.

އަހަރެން ބޭރަށް ނިކުމެފަ ޒައިންއަށް ގުޅާލީމެވެ. މާގިނައިރު ތަކެއް ނުވެ ޒައިން އައުމުން ދެމީހުން އެކީގަ ބްރޭކްވޯޓަރއަށް ކޮފީއަކަށް އެރީމެވެ.

” ރާޔާ އެންޑް ހައިކް؟..” އަހަރެން ބުނެލީމެވެ.

” ޔަލްއަށް އަދި ތި އިނގުނީތަ؟ ހީކުރީ އެދުވަހު ހައިކް ކިޔާދިން ކަމަށް..” ޒައިން ހައިރާންވެފަ އަހާލިއެވެ.

” ނޯ.. ހައިކް ހަމަ އެކަނި ބުނީ އޭނަ މެރިޑް ވާހަކަ.. އެހިސާބުން އަހަރެންގެ ނެތް އެތާ މަޑު ކުރާނެ އިތުރު  ހިތްވަރެއް.. އޭނަ އިތުރަށް ދައްކަން އުޅުނު ވާހަކަ އަޑުއަހަންވެސް ބޭނުން ނުވި.. އެހެންވެ އަވަހަށް ގޮސް ފެރީއަށް އެރީ އޭނަ ގޮވަ ގޮވާ ހުއްޓާ.. އެކަމް ހައިކް އެންޑް ރާޔާ… އައި ސްޓިލް ކާންޓް ބިލީވް އިޓް.. ރާޔާ ނޫން އެހެން ކޮންމެ މީހެއް ނަމަވެސް ގަބޫލް ކުރެވިދާނެ.. އެކަމް ރާޔާއާ ހައިކް މެރީ ކޮއްގެން ބެބީ އެއްވެސް އެބައޮތް.. އޯ ގޯޑް.. ވަޓްސް ހެޕެނިންގް.. އައި ކާންޓް ޓޮލެރޭޓް ދިސް އެނީ މޯ..” އަހަރެންނަށް ކެތްނުވާ ވަރު ވެގެން ދެ އަތުން ބޮލުގަ ހިފަހައްޓާލީމެވެ.

” ޔަލް އައި ނޯ އުނދަގޫވާނެކަން ހަގީގަތާ ކުރިމަތިލާން.. އަހަރެން ހައިކްއާ އެންމެ އެއްކޮށް އުޅުނު އިރު ހައިކް މެރީ ކުރި ކަންވެސް އަހަރެންނަށް އިނގުނީ ރާޔާ ގޮވައިގެން ގެޔަށް އައިމަ.. އަހަރެން ވަރަށް ސުވާލްކޮށް ހެދިން.. ބުނީ ޒައިންވެސް ތިމަންނަގެ ޕާސަނަލް ކަންތަކާ ނުބެހި ހުންނާށޭ… އަހަރެން ޔަލްގެ ވާހަަކަ ދެއްކީމަ ހައިކް އިތުރަށް ރުޅިއައީ.. އަހަރެން ބުނިން ހައިކަލްގެ ޕާސަނަލް ކަންތަކާ ނުބެހި ހުރެދާނަމޭ.. އެކަމް ހައިކަލްއާ ހެދި ޔަލްގެ ކިޔެވުން ހަލާކު ވެއްޖިއްޔާ ހަނދާން ކޮއްލާށޭ… އެ ޒުވާބު ގަނޑު ތެރޭގަ އަހަރެން އެގޭން ނިކުތީވެސް.. ” ޒައިން ކިޔާދިނެވެ.

ޒައިންއާ އެކު ވާހަކަ ދަައްކަން އިރުކޮޅަކު މަޑުކޮއްލުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނަމަވެސް ގެޔަށް ގޮސް ކޮޓަރިއަށް ވަދެވުމާއެކު ރާޔާއާ ހައިކަލްގެ ހިޔާލްތަށް އަހަރެން  ވަށާލިއެވެ. ރޭގަ ހައިކަލްއާ މެދު އިތުރަށް ވިސްނާފަ ހިތާމަ ނުކުރަން އަޒުމް ކަނޑައެޅި ނަަމަވެސް މިއަދު ފެނުނު މަންޒަރުން އަހަރެންނަސް ކެތެއްނުކުރެވުނެވެ.  ހައިކަލްއަށް ރާޔާގެ ގޮތް ރަނގަޅަށް އިނގޭއިރު ކައިވެނި ކުރަން ވިސްނީ ކީއްވެބާއޭ ހިތަށްއެރިއެވެ. އަނެއްކާ ރާޔާ މޮޅު ޑްރާމާއެއް ކުޅެގެން ހައިކަލްގެ ހިތް ފަތަހަ ކޮއްލީހެއްޔެވެ. އެކާމާ ވިސްނި ވަރަކަށް އަހަރެންގެ ބޮލުގަ ރިއްސަން ފެށިއެވެ.  އަވަސް އަވަހަށް ގޮސް ވުޟޫ ކޮއްލައިގެން މަޤްރިބް ނަމާދު ކޮއްލީމެވެ. ދެނަމާދު ދޭތެރޭ އަހަރެން ހޭދަ ކުރީ ޤުރުއާން ކިޔެވުމުގައެވެ.

އިޝާ ނަމާދަށް ބަންގިދިނުމުން ނަމާދު ކޮއްލައިގެން ސިޓިން ރޫމަށް ނިކުތީ ހިތްހަމަ ޖެހިލައިގެން ހުރެއެވެ. މާތް ﷲ އެއްވެސް އިންސާނަަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ ކަމަށް ވިސްނަދެމުންނެވެ.

” ޔަލް ދައްތާ ޔޫ އޯވް މީ އަ ޕިއްޒާ ޓްރީޓް..” ސިޓިންގް ރޫމްގަ ކާރޓޫން ބަަލަން އިން ޝާން ބުނެލިއެވެ.

” ޔެސް.. އެކަމް މިފަހަރު ދާނީ ޖެލީއަކަށް ނޫން ދޯ.. ” އަހަރެން ބުނެލީމެވެ. ހައިކަލްއާ ރާޔާއާ ޖެލީއިން ފެނުމުން ޖެލީއަށްދާންވެސް ފޫހި ވެއްޖެއެވެ. އަހަރެން ގޮސް މަންމަގެ ކޮޓަރީގަ ޓަލި ޖަހާލީ މިއަދު މެންދުރު ކޭ ފަހުން އަދި ބައްޕައާ ދިމާނުވާތީއެވެ. މަންމަ ދޮރުހުޅުވާލުމުން އަހަރެން އެތަރަށް ވަނީމެވެ. ބައްޕަވީ ނަމާދަށް ގޮސް ކަމަށް މަންމަ ބުނެލިއެވެ. މަންމައާ ވާހަކަ ދައްކަން އިނދެލާފަ ބައްޕަ އަންނަން ވާއިރަށް ރޭގަނޑު ކެއުން ތައްޔާރު ކުރަން މަންމައާ އެކު ބަދިގެޔަށް ދިޔައީމެެވެ.

” ޒާހިރްބެމެންވެސް މިރޭ ބޭރުންނޯ ކަނީ.. އެމީހުންގެ ކޮންމެވެސް އާއިލާ ގެޔަކުން ދައުވަތެއް ލިބިފަ އެބައިނޭ ކީ..” މަންމަ އެހެން ބުނެލުމުން އަހަރެން އުފާވިއެވެ. ގިނަ ދުވަސްތަކެއް ފަހުން މަންމައާ ބައްޕައާ އެކު  އެކަނި ވަގުތުކޮޅެއް ހޭދަ ކޮއްލަން އަހަރެންވެސް ހުރީ ނުހަނު ބޭނުންވެފައެވެ. މާގިނަ އިރުތަކެއް ނުވެ ބައްޕަމެން އައިސްފިއެވެ. ޒާހިރްބެމެން ދިޔުމުން އަހަރެންވެސް މަންމައާ ބައްޕައާ އެކު ކާންދިޔައީމެވެ. ބައްޕަ ބޮޑަށް ހައިކަލްގެ ވާހަކަ ދައްކާތީ އަހަރެން ހުރީ އުނދަގޫ ވެފައެވެ. ނަމަވެސް ބައްޕަ ދެމުން ދިޔަ ނަސޭހަތް އަޑުއަހަން ފޫހިކަމެއްނެތި އަހަރެން އިނީމެވެ. މަންމަވެސް އެތަށް ގޮތަކުން އަހަރެންނަށް ހިތްވަރު ލާދީ ހެދިއެވެ. އަދި އެކަން އަހަރެންނަށް ނާންގާ ސިއްރު ކުރެވުނީތީ މާފަށްއެދުނެވެ. އަހަރެން އެދެމީހުންނަށް މާފް ކުރީ ޝުކުރުވެރިވާ ހާލުގައެވެ. ޔާނުއާ ހައިކަލްްގެ ސަފްހާތައް އަހަރެންގެ ހަޔާތުން އަބަދުގެ އަބަދަށް ފޮހެލީމެވެ. އިތުރަށް އެ ހަނދާންތައް އާ ކުރަން ބޭނުން ނުވާތީއެވެ. މަންމައާ ބައްޕަ އާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮއްލެވުމުން އަހަރެން ހުރީ އުފާވެފައެވެ. ފަހުން ބައްޕަވެސް ހައިކަލްގެ ވާހަކައެއް ނުދެއްކައެވެ. ބޮޑަށް ދެއްކީ ހޮސްޕިޓަލްގެ ވާހަކަ ތަކެވެ. އަހަރެންވެސް  ބައްޕައަށް ހޮސްޕިޓަލްގެ ކަންތައް ކިޔާދިނީމެވެެ. ކައިނިމިގެން ސިޓިން ރޫމްގަ ޓީވީ އިން އަންނަމުން ދިޔަ ޕްރޮގްރާމެއް  ބަލަން ތިއްބާ ޝަމްމުމެންވެސް އައިސްފިއެވެ. އަހަރެން ހުރީ ބޭރަށް ގޮސްލާހިތްވެފަ ކަމުން މަންމަގެ ހުއްދަ ހޯދައިގެން ޝަމްމުއާއެކު ބުރެއް ޖަހާލަން ދިޔައީމެވެ. ދެމީހުން ޖައްސާލައިގެން ތިބީ ރަސްފަންނުގަ ހުރި ޖޯއްޔެއްގައެެވެެ. ޝަމްމު މިއަދު ކަންތައްވީ ގޮތް އިނގެން ބޭނުންވެފަ އިނުމުން އަހަރެން އޭނައަށް ރާޔާގެ ވާހަކަތަށް ކިޔާދިނީމެވެ.

” އަޅެ ހާދަ ދެރައޭ.. އެކަމް އައި ތިންކް ސަމްތިންގް އިޒް ފިޝީ.. ބުނީމެއްނު ހައިކް ބުންޏޭ ޔަލްއަށް ދެވުނު މަގާމު އިތުރު މީހަކަށް ނުދެވޭނެއޭ.. އޭގެ މާނައަކީ ހައިކް އަދިވެސް ޔަލް ދެކެ ލޯބިވެޔޭ.. މޭބީ ރާޔާ އާ ހެދި ހައިކްއަށް މަޖްބޫރު ވީކަމަށް ވެދާނެއްނު.. ރާޔާއަކީ ކިހާވަރެއްގެ މީހެއްކަން ޔަލްއަށްވެސް އިނގެއެއްނު..” ޝަމްމު ދެއްކި ވާހަކަތަކުން އަހަރެން އިތުރަށް ވިސްނާލަން މަޖްބޫރުވިއެވެ.

” ނޫން ޝަމްމު.. އަހަރެންނަކަށް ހިޔެއްނުވޭ..  ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ހައިކްއަށް އަހަރެންނާ ޝެއާ ނުކުރެވޭ ކަމެއް ވާނެ ހެނެއްހިއްޔެއްނުވޭ.. އެހެން ނޫންނަމަ ތިން އަހަރު ވާއިރު ބޮޑު އޮޅުވާލުން ގަނޑެއްތެރޭގަ ނުބަހައްޓާނެ.. ލޯބިވާނަމަ ފައިވް އިޔާސްއަށް ވެއިޓްކޮއްލެވޭނެ.. ގައިމް މަޖްބޫރުވާނީވެސް ރާޔާއާ ކޮންމެެވެސް ގުޅުމެއް  އޮވެގެނެއްނު.. ގައިމް އަހަރެންނާ ޒައިންއަށް އެހެން ކަންކުރި މީހަކާ ހައިކް ގުޅުން ބާއްވަންވީ ސަބަބެއް އެބައޮތްތަ..” އަހަރެން ބުނެލީމެވެ.

” ދެން އެވާހަކަ ބާއްވަމާ.. ޔޫ ޑިސާވް މަޗް ބެޓާރ ޔަލް..” ޝަމްމު އަހަރެންގެ އަތުގަ ހިފާލަމުން ބުނެލިއެވެެ.

” ޔަލް ކޮންމެވެސް މީހަކު ވަރަށް އެބަ ބަލާ.. ހައިކްތަ އެއީ އަނެއްކާ..” ލޮލުގެ އިޝާރާތުން ދުރުގަ ހުރި މީހަކު ދައްކާލަމުން ވައި އަޑުން ޝަމްމު ބުނެލިއެވެ.  އަހަރެންވެސް ނުވާކަމަށް ހެދިލާފަ އެދިމާ ބަލާލި އިރު ހައިކަލް ފެނުމުން ހައިރާންވިއެވެ. ހައިކަލް އަނެއްކާ އަހަރެންނަށް ފާރަލަނީ ހެއްޔެވެ.  “ހިނގާ އަވަހަށް ގެޔަށްދާން… އަހަރެން ބޭނުމެއްނޫން ހައިކް ކުރިމަތީ އެންމެ ހިނދުކޮޅަކަށްވެސް ހުންނާކަށް… އެ ސޫރަވެސް ދެކެން ބޭނުމެއްނޫން..” އަހަރެން ޖޯލިން ތެދުވަމުން ބުނެލީމެވެ. ޝަމްމު ތެދުވެފާ ދާން ހަނދާލި ވަގުތު އަހަރެން ޝަމްމު ގައިގަ ބައްދާލީމެވެ. ހައިކަލް ބަލަން ހުރީމަ އަހަރެންނަށްވެސް މީހަކު ވާކަށް ދައްކާލަން ބޭނުންވީއެވެ.

” ޔަލް ކީއްތި ކުރީ..؟” އަހަރެން ދުރު ކޮއްލަމުން ޝަމްމު ބުނެލިއެވެ.

” ހައިކް ބަަލަން ހުރީމަ އޭނައަށް ދައްކާލީ އަހަރެންނަށްވެސް މީހުން ވާކަން.. އޭނައަށް އެކަނިތަ މެރީކޮއްގެން އުޅެވޭނީ..” ޝަމްމު ފަހަތުން ހިނގައިގަންނަމުން އަހަރެން ބުނެލީމެެވެ.

” ހެހެ އެކަމްވެސް ދޯ.. މިރޭ އަހަރެންނޫން މީހެއް މިތާ ހުރި ނަމަ ތި ހަގްގެ ސަބަބުން ޔަލްއަށް ފޯލްވާނެކަން ޔަގީން..” ޝަމްމު އަހަރެންނާ ދިމާކޮއްލިއެވެ.

” އާން ތިކަން އިނގެޔޭ.. އެހެންވެ އެއްނު ކޮޮންމެ މީހަކުވެސް ޔަލް ދޫކޮއްލާފަ އެދަނީ..” ސައިކަލަށް އަރަމުން ބުނެލީމެވެ.

މާދަން ހެދުނު ޑިއުޓީކަމުން ގެޔަށް ގޮސް އަހަރެން ބެލީ ނިދޭތޯއެވެ. ނަމަވެސް ޝަމްމު ދެއްކި ވާހަކަތައް އަހަރެންގެ ބޮލުތެރޭގަ ހައިޖާނުގަނޑެއް އުފައްދާލައިފިއެވެ. ފުރަތަމަ ފަހަރަށް ހައިކަލްއާ ރާޔާއާ ދޭތެރޭ އެފަދަ ގޮތަކަށް ވިސްނާލަން މަޖްބޫރުވިއެވެ. އަނެއްކާ ހައިކަލް ރާޔާއާ ކައިވެނި ކުރީ މަޖްބޫރު ވެގެން ހެއްޔެވެ؟ ލޯބި ނުވާއިރު މަޖްބޫރުން ކުރާ  ކައިވެންޏެއްގަ ދަރިއެެއް ހުންނަން ވީ ކީއްވެހެއްޔެވެ. ގައިމް ދަރިއެއް ލިބޭނީ ދެމީހުންގެ ކޮންމެވެސް ކަހަަލަ ގުޅުމެއް ހިނގީމަކަން ޔަގީނެވެ. އެ ހިޔާލް ތަކުގެ ސަބަބުން އަހަރެންނަށް އިތުރަށް އުނދަގޫވިއެވެ. އަނެއްކާ ރާޔާ އެހެންމީހެއްގެ ދަރިއެއް ހައިކަލް ބޮލުގަ އެޅުވީހެއްޔެވެ؟ އެކަމް ހުރެލާފަ ހައިކަލްގެ ބޮލުގަ އެފަދަ ބޮޑު ޒިންމާއެއް ނޭޅުވޭނެކަން ޔަގީނެވެ. ކޮންމެވެސް ކަހަަަލަ ސިއްރު ގުޅުމެއް އެދެމީހުންގެ މެދުގަ ވާކަމަށް ހިތް ބުނެލިއެވެ. އެކި ހިޔާލްތަކުގަ އޮއްވާ އަހަރެންނަށް ނިދުނީއެވެ.

ހޭލެވުނީ ފޯނު އެލާމް ވާ އަޑަށެވެ. އަވަހަށް ތެދުވެ ނަމާދުކޮއްލައިގެން އަހަރެން ތައްޔާރުވީ ޑިއުޓީއަށް ދާށެވެ. ޑިއުޓީއަށް ދިޔުމަށްފަހު އެކި ބަލި މީހުން ބެލުމުގަ އަވަދިނެތި އުޅުމަށްފަހު ކުޑަކޮށްވެސް ނޭވާލެވޭވަރުވީ ބްރޭކް ގަޑީގައެވެ.

” ޔަަލް ހިނގާ ލަންޗަށް ދާން.. ބްރޭކް ނަގާާފަ ލެޓް މީ ނޯ..” ފޯނު ބަލާލިއިރު ޝަމްމުގެ މެސެޖެއް އޮތުމުން އަހަރެން ޝަމްމުއަށް ގުޅާލީމެވެ. ޝަމްމު ބަލާއަންނަންދެން ހޮސްޕިޓަލް ދޮރުމަތީ މަޑުކޮއްލައިގެން ހުރީމެވެ.

” ޔާއްކޮ..” ކައިރިން ހުރަސް ކުރި މީހަކު ފެނިގެން އަހަރެން ގޮވާލީ ޔާޝާއާ ވައްތަރު ކަމުންނެވެ.

” ހެއި ޔަލް..” ޔާޝާއައިސް އަހަރެންނާ އަރާ ހަަމަވަމުން ބުނެލިއެވެ.

” ޔާއްކޮ މިކޮޅުގަތަ.. ނުވެސް ގުޅަމެއްނު އަޅެ އައިސް..” އަހަރެން ޝަކުވާކޮއްލީމެވެެ.

” ނުގުޅިގެން މިއުޅެނީ.. މިއަދުއޭ އަދި އައީ.. ވަރަށް ސްޓޯރީސް އެބަހުރި އެކަމް މިވަގުުތު ގޮސްލީއޭ އިނގޭ.. މިރޭ ގުޅާނަން ދިމާވަން އިނގޭ..” ޔާޝާ ފޯނެއް އައުމުން ނަގައި ކަންފަތު ޖަހާލަމުން ހިނގައިގަތެވެ. ޝަމްމު އައިސް އަހަރެން ކައިރީ މަޑުކޮއްލީ އެވަގުތުއެވެ. ކުއްލިޔަކަށް އަހަރެން ލޮލުގަ އަޅައިގަތީ ސައިކަލަކާ އައިސް ޔާޝާ ކައިރީ މަޑުކޮއްލި ހައިކަލްއެވެ. އިއްތިފާގަކުން އަހަރެންނަށް ބަލާލެވުނީ ހައިކަލްވެސް އަހަރެންނަށް ބަލާލިގަޑީގައެވެ. ޝަމްމުއާ އެކު ފެނުމުން އަނެއްކާވެސް ހައިކަލްއަށް ވިސްނޭނީ ގޯސްކޮށްކަން އަހަރެން އިނގެއެވެ. އެހެންވެ ސައިކަލަށް އަރާ އިށީންނީ ޝަމްމުއާ ވަރަށް ގާތުގައެވެ.

” ޑޯންޓް ޓެލް މީ ހައިކް އިޒް ލުކިންގް އޭ..” އަހަރެން މާ ކައިރީ އިނުމުން ޝަމްމު ދުއްވާލަމުން ބުނެލިއެވެ.

” ހަހަ ޔެސް. ބަަލަން ހުރީ އެގަޑީގަ..” ޝަމްމުއާ ދުރުވެލަމުން އަަހަރެން ބުނެލީމެވެ. ޝަމްމު އާ އަހަރެންގެ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހި ވަމުންގޮސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމުގަ ބެލެވެންފެށެވުނެވެ. ޝަމްމުއާ އެކު ގިނަވަގުތު ހޭދަ ކުރާތީ މަންމަވެސް ދެމީހުން ރައްޓެހިވެގެން އުޅޭކަމަށް ހީކޮއް އަހަރެންނާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާހެދިއެވެ. ހައިކަލްއަށް ޓަކައި ދިރިއުޅުން ބޭކާރުކޮއްނުލުމަށް ނަސޭހަތްތެރިވިއެވެ. އެހެނަސް ޝަމްމުއާ ދޭތެރޭ އެފަދަ ނަޒަރަކުން އަހަރެންނަކަަށް ނުދެކެވެއެވެ.

? ނުނިމޭ ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mimmi ❤️

Level 410 Stories500 Comments100 Comments1K Comments

? ? Inspired by reader's comments ? ?

Other Articles

Previous

ކަކުނި 9

Next

އާވާ ހަނދާން 15

Next
April 24, 2017

އާވާ ހަނދާން 15

Previews
April 23, 2017

ކަކުނި 9

57 Comments!

  1. Mimmi ❤️ says:
    April 24, 2017 at 12:57 am

    Alhey I am really sorry. Hama bxy kamun upkohla nudhevuny.. ?? Unmeedhu kuran hurihaa kudhin understand vaanekamah.. Mirey avahah up kuran hadhaigen mibaives thankolhhe kurukoh migenesdhevuny.. Hope you all will like it ?

  2. sooo says:
    April 24, 2017 at 12:57 am

    Haadha kurey.. Ekam vex mi part vex v rythi..kon irakun dhen aneh part up koh lah dheyny..

    1. Mimmi ❤️ says:
      April 24, 2017 at 1:07 pm

      Thankx Sooo ? Will try to upload as soon as i can ?

  3. Aisha says:
    April 24, 2017 at 1:04 am

    Kureega vaahaka upkohdhey gothah konmme dhuvahak upkoh dheeba plxxxx

    1. Mimmi ❤️ says:
      April 24, 2017 at 1:08 pm

      Midhuvas kolhu thankolheh bxy kamun.. Ekam try kuraanan ingey ehn upkohla dheveythw ?

  4. Saandy says:
    April 24, 2017 at 1:42 am

    V reethi mibaives… Mibai thankolheh kuru… En;gey bixy veemakanves… Ekamves adhi miahvure dhigukollan masakkaiy kollahchey… Shammu aa Yal gulhen Saandy beynumy… Haikal aa Yaanu aa 2 meehun kure ekakaaves gulhen beynumeh noon… Next partah eba v inthizaaru kurevey… Keep it up Mimmi 🙂

    1. Mimmi ❤️ says:
      April 24, 2017 at 1:12 pm

      Thankx Saandy ? Try kohlaanan dhigukoh genesdheveythw ?

    2. ?? says:
      April 24, 2017 at 1:20 pm

      Ehhkala stalker saandy angaga

    3. Mimmi ❤️ says:
      April 24, 2017 at 3:02 pm

      Alhey Keehvetha kudhin kudhin saandy aa jahsaalaigen ulheny. Saandy is a very close friend of mine. Mi storyge kanthakuga mimmi varah saandy aa discusskohves hadhan. Ehn v ma stalker ekey nukiyeynehnu comment kohliyakas ?

  5. Cherry says:
    April 24, 2017 at 1:58 am

    Ehen ves vaane dear
    Salhi igey ?
    Ekam v beynun haik ah raaya jessi malhieh balan
    Hehehhe

    1. Mimmi ❤️ says:
      April 24, 2017 at 1:53 pm

      Thankx cherry. Thigothah hurihaa kudhinves Understand vaane nama dhw ?

  6. 52880 says:
    April 24, 2017 at 2:15 am

    V rythi… I love this story… v gulhey my life story aa…

    1. Mimmi ❤️ says:
      April 24, 2017 at 1:54 pm

      Thankx 52880 ? Ihthifaaqakun vahtharukoh dhw mi liyevuny ?

  7. Queen says:
    April 24, 2017 at 2:58 am

    Dhen yaal nd haikal aa nugulhu vaathi… yaal nd shammu gulhu veema reethi vaane..vvv reethi mi part vezzz ?????????????????????????????????? waiting for the next part….

    1. Mimmi ❤️ says:
      April 24, 2017 at 1:55 pm

      Thankx Queen ?

  8. cenhi says:
    April 24, 2017 at 6:56 am

    Nice

    1. Mimmi ❤️ says:
      April 24, 2017 at 1:56 pm

      Thankx cenhi ?

  9. Any says:
    April 24, 2017 at 7:25 am

    V rythi mibaives waiting for next part love you

    1. Mimmi ❤️ says:
      April 24, 2017 at 1:58 pm

      Thankx Any ? love you too ?

  10. Khajja says:
    April 24, 2017 at 7:57 am

    Wow mashallah mibaives v rythi kury dhw yal meehakukuraakomme kamakah kamekkuraa eh chennoon ehennoonas meehakah dhera eh dhyfa anemmyhaa ah ufaluga noolheveyne ehen v ma haik ah dhakkan thikuraa kanthah huttaalaafa dhiriulhumaagen serious kon dhekigen rangalhu life eh fesheytho balaa but maazy ah nubalaa kuriyah dheveytho hiyvaraa rku mashakkaiykurey insha allah kaamiyaab vaane anyway mimmi stry v habeys n thank u so much 4 the luvly stry?????❤❤❤???❤❤❤❤??

    1. Mimmi ❤️ says:
      April 24, 2017 at 2:07 pm

      Thank you so much khajja ?

  11. Girl says:
    April 24, 2017 at 8:09 am

    Furagaheh nueh jahaane..fasdheegen ihnnanee..furagas jahaigenoa haahaha

    1. Mimmi ❤️ says:
      April 24, 2017 at 2:10 pm

      Haha dhw girl.. Aslu Rashun bahun liyevifa e hunnany baeh than than.. Thankx thihen buneladheythi ?

  12. naju says:
    April 24, 2017 at 8:11 am

    alhe haadha kurey …

    1. Mimmi ❤️ says:
      April 24, 2017 at 2:31 pm

      Bxy kamun dhigukoh genes nudhevuny ?

  13. dailyreader says:
    April 24, 2017 at 8:44 am

    Haik and raya marry eh nukurey they are pretending. Coz haikal is trying to keep.zain safe. Raya got preg zain ge baby akah and he is married so haik doesnt want his marriage to break thats y he said he is married to her. Cant wait for the truth to come out.

    1. ... says:
      April 24, 2017 at 9:19 am

      what..?????? seriously…????

    2. Mimmi ❤️ says:
      April 24, 2017 at 2:38 pm

      Wow Mimmi ahves neyngey kameh thee adhi.. Varah Interesting ?

  14. Chum handi says:
    April 24, 2017 at 9:21 am

    omg… omg…omg…. alhey …. hama aslu ves varah reethi story eh mee… and waiting to see what happen next…

    1. Mimmi ❤️ says:
      April 24, 2017 at 2:54 pm

      Thankx Chum handi ?

  15. Arkaa says:
    April 24, 2017 at 10:12 am

    Alhey yal haadha dheravaaneyey?…vrh reethi mi story first time comment mikuranyh ekm mivaahaka feshunysuren kiyan…avahah haik Raya r marry kuri reason bunaanama..waiting for nxt part?

    1. Mimmi ❤️ says:
      April 24, 2017 at 2:54 pm

      Thankx Arkaa ?

  16. Faathee says:
    April 24, 2017 at 10:25 am

    Story v reethi. Thanks mimmi.. next time mi ah vure avaha up kohla dhechey pls

    1. Mimmi ❤️ says:
      April 24, 2017 at 2:56 pm

      Thankx Faathee ? Try kuraanan avahah upkohla dheveythw ?

  17. Sam says:
    April 24, 2017 at 10:56 am

    Aneh part when?? Avas kohdhehchey.. Story is perfect!! I love this story.. ❤❤❤❤?????

    1. Mimmi ❤️ says:
      April 24, 2017 at 3:02 pm

      Thankx Sam ?

  18. Maree says:
    April 24, 2017 at 10:59 am

    vvv reethi

    1. Mimmi ❤️ says:
      April 24, 2017 at 3:07 pm

      Thankx Maree ?

  19. Thithu.sidhu says:
    April 24, 2017 at 11:42 am

    Ohhh..so nice….mimmi thikuraa hiyvarah hama saabas…Next part v avahah update kohlanchey.
    .

    1. Mimmi ❤️ says:
      April 24, 2017 at 3:20 pm

      Thankx Thithu ?

  20. Kiara says:
    April 24, 2017 at 11:54 am

    Alhey haadha kurey..
    Haik r yal gulhen beynumy..
    Dhn ehaa loabin ulhefa vs…
    Alhe yal balaaba haik keehve thw raya r marry kury..
    Thihen hama beyvafa v ey kiyaafa hunnaakah nuvaane..
    Aee keehve tho vs balan vaane..
    Balaafa vaki gothakah ninman jeheynee..

    1. Mimmi ❤️ says:
      April 24, 2017 at 3:24 pm

      Asluves dhw.. Thankx Kiara?

  21. silver mist says:
    April 24, 2017 at 3:55 pm

    Vrh vrh reethi…thnkx mimmi…

    1. Mimmi ❤️ says:
      April 24, 2017 at 4:06 pm

      Thankx Silver mist ?

  22. Ina says:
    April 24, 2017 at 4:24 pm

    Alhe haadha kurey keehvetha thihaa kurukon thi upload kuranee pls thankolheh dhigukohn up kohdheebala

  23. Xaan says:
    April 24, 2017 at 4:38 pm

    Alhey mimmi v dheravey haik aa yal vakiveema????????????

  24. Zzzzaaa says:
    April 24, 2017 at 9:06 pm

    V Salahi. Waiting for the next part…. avaskohdhehchey….. Zzzzaaa ge kehtherikan kolhunlafaane……. so please..?????

  25. imagination says:
    April 24, 2017 at 9:12 pm

    yul doesn’t know shammu is falling for her.. hehehe.. haik.. vi goi buneba dhw.. story hama habeyss <3 <3

  26. Faathee says:
    April 24, 2017 at 9:59 pm

    V reethi story. Thanks mimmi. Next part ehaa boda inthizaaru nu kuruvaa up kohla dhecehy

    1. Faathee says:
      April 24, 2017 at 10:01 pm

      Lol. Dhenme beli iru faathee ge comment nei fenaakah. Ehenve anehkaa comment kuree. Kuri irah ebaan morning ga kuri comment fenanan. ?????

  27. Ivrisha says:
    April 25, 2017 at 8:17 am

    wow. varah reethi. waiting for the net part…

  28. Faathee says:
    April 25, 2017 at 2:31 pm

    Meehaku loabiveriyaa ah takaa ves mi vara inthizaareh nukuraane ??

  29. ella says:
    April 25, 2017 at 3:16 pm

    Ture faathee.vrh ginain beley eba up vefa inthoa

  30. warah vaahaka says:
    April 25, 2017 at 3:22 pm

    waahaka update wany foohiwaa fahun -.-
    wahaka reechakas ehaa lahun update kohfa ehaa kurukoh gehnany
    >_< wahaka liyanya liyaa gothah liyebala -.-

  31. Sham cham says:
    April 25, 2017 at 7:47 pm

    Aneh part when???? Story is perfect..I love this story..???..waiting for the next part..

  32. Mimmi ❤️ says:
    April 25, 2017 at 11:31 pm

    Guys I will upload the story tonight.. Ekam thankolheh lasvedhaane upkohlevey leh.. Now liyamun midhany..

  33. Snow says:
    April 26, 2017 at 1:06 am

    V reethi mi vaahaka

Comments are closed.

Next Episodeފުން ލޯބި (35)←


All Right Reserved!