Skip to content
އެސްފިޔަ

މާފުކުރާށޭ… 01

ރަށުތެރެޔަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ދެނަމާދު ދޭތެރެ ކަމުން މަގުމަތީގައި މީހުން ވެސް ވަރަށް މަދެވެ. ރަށުގެ ބޮޑު މަގު ހުރިގޮތަށް ހިނގަމުން އައި އަލާންގެ ފިޔަވަޅުތައް އަވަސް ވެފައި ވީއިރު އޭނަގެ މޫނުމަތިން ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިކަން އެނގެއެވެ. އޭނަ ފެނުނު ކޮންމެ މީހަކަށް ވެސް އެކަން ފާހަގަ ކުރެވޭނެއެވެ.

“އެކަމެއްގެ ވަގުތުގައި އެކަމެއް ނުކުރެވޭ ގޮތްވަނީ ކީއްވެތަ؟ މިއީ ޤުރުޢާން ކިޔަވާގަޑި…. މިގަޑީގަ އިތުރު އެއްވެސް ކަމެއް ކޮށްގެންނުވާނެ…. ދޭ…. ޚަތިމް ހިފައިގެން އާދޭ. އައިސް މިތާނގައި މަށާއިއެކު ކިޔަވަން އިށީނދޭ.”

ކޮންމެ ރެއެއްގެވެސް އާދައިގެ މަތިން މިރޭވެސް ކޮއްކޮމެން ޤުރުޢާން ކިޔެވުމުގެ ބަދަލުގައި ފިލާވަޅު ހަދަން ފެށުމުން މަންމަ އަޑުލައިގަތެވެ.

ގެއަށް ވަނުމަށް އައިސް ދޮރުމަށްޗައް އެރިތަނާ މަންމަގެ އަޑު އިވުމުން ކުޑައިރުގެ ހަނދާންތައް އާވެގެން ދިޔައެވެ. ހަމަ އެމޭޒު ދޮށުގައި މީގެ އަހަރުތަކެއް ކުރިން އޭނައާއި ދޮންތަ ބައިންދައިގެން މަންމަ ޤުރުޢާން ކިޔަވައިދިނެވެ. އުމުރުން ވަކި ހިސާބަކަށް ދާންދެނެއް ނޫނެވެ.

އެކަމަކު ޤުރުޢާނުގެ އަކުރުތައް ދަސްވެ އެހީތެރިއަކާއިނުލާ ކިޔަވަން އެނގޭވަރު ވަންދެނެވެ. މިހާރުވެސް މަންމަ ދެނަމާދު ދޭތެރޭގައި ޤުރުޢާން ކިޔަވަން ހަނދާންކޮށްދެނީ ފޫހިކަމެއް ރުޅިވެރި ކަމެއް ނެތިއެވެ.

މަންމައާއި ބައްޕަގެ ހެޔޮލަފާ ރަނގަޅު ތަރުބިއްޔަތުގެ ތެރެއިން ބޮޑުވުމުގެ ސަބަބުން އަދިވެސް އަދި މިހާރު ވެސް ދޮންތަ އަކަށް ވެސް އަދި އަހަރެންނަކަށް ވެސް މަންމައާއި ބައްޕައަށް ވުރެ ބޮޑު ވާކަށް ނޭނގެއެވެ. އެމީހުންގެ ކައިރިން އަހާނުލާ އެމީހުންގެ ޚިޔާލާނުލާ އެއްވެސް ކަމެއް ނުކުރަމެވެ.

އަހަރެންނަށްވުރެ ތިންއަހަރު ބޮޑު ދޮންތަ މީހަކާ އިނދެ ދެކުދިން ލިބުމާއި އެކުވެސް މިއަދުވެސް އަމިއްލަ ގޭގައި ހިނގާ އެންމެ ކުދި ކަންތައް ތަކުން ފެށިގެން އެންމެ ބޮޑެތި ކަންތައް ތަކަށް ދާންދެން ޚިޔާލު ހޯދަނީ މަންމައާއި މަޝްވަރާ ކޮށްގެންނެވެ. ދައްތަ މިގެއަށް ނާންނަ ދުވަހަކަށް އިރެއް ނާރާނެއެވެ.

ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް މަންމައާއި ކޮއްކޮމެނާއެކު ގޭގައި ހޭދަކޮށްލުމަކީ ދޮންތަ އާދަކޮށް ކުރާކަމެކެވެ. ބައްޕަ ވަޒީފާ އަދާ ކުރަނީ ރަށުން ބޭރުގައި ނަމަވެސް ރަށަށް އަތުވެއްޖެނަމަ އެދެން ދޮންތަ މިގެއަށް ބަދަލުވާން ވީއެވެ. ޚުދު އަހަރެންގެ ޚާލަކީވެސް މިއެވެ.

މީހަކާ އިނދެ ދަރިއަކު ލިބުމުންވެސް ކޮންމެ ރެއަކާއި ދުވާލަކުން ކޮންމެވެސް ވަގުތު ކޮޅެއް މަންމައާއިއެކު ހޭދަކޮށް ނުލައި ހިތްހަމަޖެހުމެއް ނުލިބެއެވެ. ބައްޕަ ރަށަށް އަތުވެއްޖެނަމަ ގިނަ ވަގުތު ހޭދަ ކުރެވެނީ ބައްޕަގެ ސަކަލުގެ ފަހަތުގައެވެ.

“އައްސަލާމް ޢަލައިކުމް މަންމާ.”

މިއީވެސް ބަދަލު ނުވި އާދައެކެވެ. އަބަދުހެން ގެއަށް އަޔަސް ސަލާމް ގޮވާނުލާ ވަންނާކަށް ހަމަ ނުކުރެއެވެ. މަންމަ އައިނު ރަނގަޅުކޮށްލަމުން އަހަރެންނަށް ބަލައިލިއެވެ.

“އަހަ… ދަރިފުޅާ އަލާން… އާދޭ އިށީންނަން.” މަންމަ ކައިރީ ހުރި ގޮނޑި އެއް ދައްކާލަމުން މަންމަ އެދުނެއެވެ. އެވަގުތު އަހަރެން ގޮސް ގޮނޑީގައި އިށީނީމެވެ.

ކިތައްމެ ގިނައިން ފެނުނަސް ފެންނަ ކޮންމެ ފަހަރަކު ވެސް މަންމަގެ މޫނު މަތިން ފެންނަނީ އެއުފާވެރި ކަމާއި ހިތްހެޔޮކަމެވެ. އަހަރެންގެ އުމުރުން ފަންސަވީސް އަހަރު ވެގެން ދިޔައިރުވެސް މަންމައަކަށް އަހަރެން ބޮޑެއްނުވިއެވެ.

“ހާދަ ނުގަޑިއެއްގަ؟ މިރޭ މިސްކިތުގައި ކިޔަވަން ނީނދެ ތިއައީ އަނެއްކާ ކިހިނެއްވީ؟” އަހަރެންގެ ބުރަކަށީގައި ފިރުމާ ލަމުން މަންމަ ބުންޏެވެ.

މަންމައަށް އަހަރެންގެ މޫނު މަތިން ހާސްކަމުގެ ކުލަވަރު ފާހަގަ ވާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ދެނަމާދު ދޭތެރޭގައި ވަރަށް މުހިންމު ކަމެއް ދިމާވުމުން ނޫނީ އަހަރެން ގެއަށް ނާންނާނެކަން އަހަރެންގެ މަންމައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު ކައިވެންޏަށް ފަސްއަހަރު ވެގެން ދިޔައިރު ވެސް އެކަން އަދިވެސް މިޝާ އަކަށް ނޭނގެއެވެ.

އަހަރެން ކޮންމެހެންވެސް މިގަޑީގައި މަންމައާ ބައްދަލު ކުރަން މިއައީ މަޖުބޫރު ވެގެންނެވެ. މިނޫން އިތުރު ގޮތެއް އަހަރެންނަށް ނެތީމައެވެ. އަޒާން އަށް ފަސްމަހަށް އޮއްވައި މިދިމާވި ކަމަކުން އަހަރެންގެ ހަމަޖެހުމާއި އުފާވެރިކަން ލޫޓު ވިއްޖެއެވެ. އެހެން ކަމުން މަންމަ ފިޔަވައި އެވާހަކަ ހިއްސާކޮށްލާނެ ރަނގަޅު އިތުރު އެހެން ދެވަނަ މީހަކު އަހަރެންނަށް ނުފެނުނީމައެވެ.

މިޝާ އަކީ ރަނގަޅު އުޅުމެއް ހުރި އަންހެނެއްނޫނެވެ. މިޝާ އާ އިނދެގެން އަހަރެންގެ ދިރިއުޅުން އުޖާލާ ނުވާނެހެން މަންމައަށް ވެސް ހީވީ ކަންނޭނގެއެވެ.

“އެންމެ ރަނގަޅު ދަރިފުޅު ތިހާ ބޭނުން ކަމަކަށް ވާނަމަ މަންމަ ތިކަމަކަށް ހުރަހެއް ނާޅާނަން”

އަހަރެންގެ ޚަޔާތުގައި އަހަރެންނަށް މަންމަގެ ފަރާތުން އެހާ ބޮޑަށް ރުހުމެއް ނުލިބި މިކަހަލަ ގޮތަކަށް ކަމަކަށް އެއްބަސް ވެގެން އަހަރެން ކުރި ހަމައެކަނި ކަމަކީ މިޝާ އާ ކައިވެނި ކުރުމެވެ.

އެކަމުގެ ސަބަބުން އަހަރެންގެ ދިރިއުޅުން ވެސް މިދަނީ ދުވަހަކަށް ފަހު ދުވަހެއް ހަލާކު ވަމުންނެވެ. އަހަރެން ހީކުރީ އަހަރެން މިޝާ އާ އިނުމުން އޭނަގެ އެހުރިހާ ކަމެއް ބަދަލުވާނެ ކަމަށެވެ. އެކަމަކު އެހެނެއް ވެސް ނުވިއެވެ.

މިޝާ އަކީ ބަލައިލަން ރީތި އަންހެނެކެވެ. އެކަމަކު މާ އަވަހަށް ރުޅި އައުމާއި ބޮޑާކަމެއް ހުރެއެވެ. ކޮންމެވެސް ވަރަކަށް ގެވެހިކަން ހުއްޓަކަސް މާބޮޑު ފަރުވާލެއް އެއިން އެއްވެސް ކަމަކަށް ނުބަހައްޓައެވެ. އެކަންތައް ފާހަގަ ކުރެވުނީ ރައްޓެހިވެގެން އުޅުނު ދެމަސް ދުވަހުގެ ތެރޭގައެއް ނޫނެވެ.

ކައިވެންޏަށް ފަހު މވީ ފަސްއަހަރު ދުވަހުގެ ތެރޭގައެވެ. އެންމެ ފަހުން މިއަދު ހަވީރު އަހަރެންނާއި މިޝާ އާ ދެމެދު އެހެންޏާ ނުހިނގާ ފަދަ ވަރުގަދަ ކޯޅުމެއް ހިނގީއެވެ. ކޮންމެ މަހަކުވެސް މިކޯޅުމެއް ހިނގައެވެ. އެކަމަކު މިއަދު ވީގޮތަށް އެއްވެސް ދުވަހަކު ނުވެއެވެ.

މަހު މުސާރަ ނަގައިގެން ގެއަށް އަންނަ ކޮންމެ ދުވަހަކު މިޝާ ކޮންމެވެސް ޝަކުވާއެއް ލާރިއާއި ހެދި ކުރާނެއެވެ. އެކަމަކު މިއަދު އެކަންތައް ހައްދުފަހަނަ އަޅައި ދިޔައީއެވެ. ކޮންމެ މަހަކުވެސް އަހަރެން މިޝާ އާއި އަޒާންއަށް ކުރަން ޖެހޭ ޚަރަދު ތަކަށް ވަކިވަކިން ގުނާފައި ހާހެއްހާ ރުފިޔާ މިޝާގެ އަތަށް ދެމެވެ.

އެލާރިން އެއްވެސް އެހެން ކަމެއް ނުކޮށް ހަމައެކަނި އަޒާންގެ ކަންތަކާއި އަދި މިޝާގެ ކުދިކުދި ޚަރަދު ތަކަށް ހޭދަ ވާނެހެން އަހަރެން އެހެނިހެން ހުރިހާ ކަމެއް ބަލަހައްޓަމެވެ.

ގެއަށް ބޭނުންވާ ކާޑުގެ ބާވަތް ތަކުން ފެށިގެން ލައިގެން ކާނެ އެއްޗިއްސަށް ދާންދެން ހޯދައިދެނީ ޚަލައިލު ގޮތުގައި އަހަރެން މަސައްކަތް ކޮށްގެން ހޯދައި ލާރިންނެވެ. އެތައް ދަލެއް އޮހުރުވައިގެން އަހަރެންގެ އަމިއްލަ ޖީބުން ޚަރަދު ކޮށްގެންނެވެ.

އެކަމަކު މިޝާ އަކީ އަބަދުވެސް ދުނިޔޭގެ ޒީނަތާއި އަރާމަށް މާލޯބި ކުރާމީހެކެވެ. އަހަރެންގެ ގޭގައި އަހަރެންގެ މަންމަމެންނާއިއެކު ނޫޅެ އަމިއްލަ ގޭގައި ދިރިއުޅެން ނިންމީވެސް އެހެން ވެގެންނެވެ. އަހަރެންގެ މަންމަމެން ކައިރީ އުޅެގެން އޭނަ ބޭނުން ގޮތަކަށް ނޫޅެވިދާނެތީ ވެސް ކަންނޭނގެއެވެ.

މިޝާ އަކީ މިޝާ މަންމަގެ ދޮންކަނބުލޮއެވެ. އެހެން ދަރިޔަކު ނެތުމުން މައިދައިތަ މިޝާ ގެންގުޅެނީ ވެސް ލޮލުގެ ކޮއި ފަދައިންނެވެ. ކިތައްމެ ގޯސްކަމެއް ކުރިޔަސް އަދި ކިތައްމެ ގޯސްކޮން އުޅުނަސް މައިދައިތައަށް އެއީ އެއްވެސް ކަމަކަށް ނުވެއެވެ.

ތިމާގެ ދަރި ތިމާޔަށް ދޮންފުތުވާނޭ ބުނާ އުސޫލުން މައިދައިތައަށް ވެސް އޭނަކުރާ ގޯސް އެއްވެސް ކަމެއް ނުފެނެއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނަނީ ވެސް މިހެންވެ ކަންނޭނގެއެވެ. އެގޮތުން މައިދައިތަގެ އެކަނު ލޯބީގެ ސަބަބުން މިޝާ އަށް އެއްވެސް ރީތި ސިފައެއް ދަސްވެފައެއް ވެސް ނުވެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (27)

  1. nizam

    miothy vaahakaage furathama part… alhuganduge vaahakathakah saport kurahvaa hurihaa beyfulhuna nah ves kamudhaane kamah ummeedhu kuran…. gudnyt all my friens….

  2. Dhimra and Yuan shipper

    Haadha kurey..Ekam ves v rythi..Kon iraku next prt up kuraany?

    1. nizam
      Dhimra and Yuan shipper

      thanks dhimra and yuan shipper… next part sunday iraadha kureviyyaa…..

  3. Mary

    Feshun v rythi. Nimendhen rythikoh genesdheyne kamah ummeedhu kuran. Keep it up…. avahah up koh dhehchey…

    1. nizam
      Mary

      thanks mary….

  4. Nahu

    Feshun adhi adhi reethi

    1. nizam
      Nahu

      thanks nahu….

  5. shaa

    Reethi next part kon irakun upkohdeyny

    1. nizam
      shaa

      thanks shaa… sundayga iraadha kureviyyaa….

  6. Hajja

    Feshun reethi….maalas nukoh aneh part genes dgeyne kamah heekuran

    1. nizam
      Hajja

      thanks hajja…..

  7. Th00

    ?

    1. nizam
      Th00

      thanks thoo….

  8. Maree

    vvv reethi

    1. nizam
      Maree

      thanks maree….

  9. Nana

    Vrh rythi

    1. nizam
      Nana

      thanks nana….

  10. Jjeyツ

    V v v v reethi. Kuriah huri part thah vs reethi vaanekamah hope kuran. Keep up the good work nizam?

    1. nizam
      Jjeyツ

      thanks Jjey…

  11. Sunu

    Heevey v nice vaane h3n..kyp it up

  12. Bleh

    Fettiiru eyny 3rd person POV ga ekam fahun eyny 1st person POV ga… evy kihineh
    Vaahaka hyvany rythivaanehen… varah thafaathu vaahaka eh hen hyvey✨

    1. nizam
      Bleh

      thanks bleh…

  13. haw shia shaba shi r

    Mashaa Allah v reethi mi vaahakaige feshun,hurihaa part thakeh ves reethi vaanekamah uhmeedhukuran.keep it up,

  14. nizam

    thanks haw shia shaba shir….

  15. Syna

    V reethi mi vaahaka next part avas kurahcey

    1. nizam
      Syna

      thanks syna…

  16. Elyza

    Varah kiyaa hi
    vva gothaka leyefa iny

Comments are closed.