Skip to content
އެސްފިޔަ

ހިތް ނުރޮއްވާ…….!!!!!!

“ ނަވާ… އޭބަލަ ނަވާ….. ހާދަ ވަރަކަށްށޭ ތި ރީތި ވަނީ . ތިހާ ރީތި ނުވިޔަސް އިނގެއޭ ތި ރީތި މީހެއްކަން . “ ހުއްދަ އަކާއި ނުލާ ކޮޓަރިޔަށް ވަދެގެން އައި ލީނާ ބުނެލި އެވެ . “ ސާބަހޭ. މީ ވަރެއްގެ އަންހެނެއް. މި ނިމުނީ އޭ. “ ލޯގަނޑުން ލީނާގެ މޫނަށް ބަލާލި ނަވާ ހިނި އައިސް ހުރެ ބުނެލިއެވެ. “ ދެން ހިނގާ ދާން ނަވާ ގަނޑާ . މިހާރު ބަނޑުގައި ހީވަނީ ޓޮމް އެން ޖެރީ ދުވާހެން. “ އުކުޅުގަ ދެއަތް ވިދެލަމުން ލީނާ ބުނެލިއެވެ . “ އަހާހާހާހާ !! އަޅެ ބަނޑެއްތަ ނޫނީ ކަނޑެއްތަ އޮންނަނީ. ތި ވަރުން ނޫޅުނަސް އަހަރެން ކާން ދޭނަމޭ. “ މުޅި ގަޔަށް ސެންޓު ބުރުވާލުމަށްފަހު ޑްރެސިން ޓޭބަލް އެއް އަރިމަތީ ހުރި ދަބަސް ހިފައިގެން އެބުރުނެވެ.
ސިޓިން ރޫމްގައި ރޭގަނޑު އަށެއްގެ ހަބަރު ބަލަން ތިބި ޒުބޭރާއި ހަސީނާ ފެނި ސިޑިން ފައިބައިގެން އައި ނަވާ އެ ދެ މީހުން ކައިރިޔަށް ދިޔައެވެ. “ މޮމީ. ޑޭޑީ . މި އަންނަނީ އިނގޭ ލީއާއީ އެއްކޮން ބޭރަށް ގޮސްލާފަ. އެން ޔެސް މިރެ އަޅުގަނޑު ކާނީ ލީ އާއި އެއްކޮން ބޭރުން . މޮމް މެން ލަސްނުވެ ކައްޗޭ. “ ކުޑަކޮން ހަފީސާ ގައިގައި ބައްދާލަމުން ނަވާ ބުނެލިއެެވެ. “ މައްސަލައެއްނެތް. އެކަމު އަވަހަށް އަންނައްޗެ. މާދަން ދަރިފުޅު އޮފީހަށް ނިކުންނަން ޖެހެއެއްނުން ދޯ . “ ހީލާފައި ޒުބޭރު ބުނެލިއެވެ. “ ބަލައިންް ޢުޅެއްޗެ ދަރިފުޅާ. ނަވާގެ ބޮލުގައި ފިރުމާލަމުން ހަސީނާވެސް އިތުރު ކޮށްލިއެވެ. “ ލައްބަ މޮމް ދެން ދަނީ އިންގޭ. “ ހިނިތުންވެލަމުން ނަވާ ލީނާގެ އަތުގަ ހިފައިގެން ދާން ހިންގައިގަތެވެ.
*********************************************************************
“ ކޮންތާކަށް ދާނީ ؟؟” ލޫކްގެ ސައިކަލު ފަހަތަށް އެރި އަމަން ބުނެލިއެވެ. “ ސިންފަނީ އަށް ދާނީ . އެތަނުގެ ކާ އެއްޗެހި ވަރަށް މީރު ވާނެ. “ ސައިކަލު ސޓާޓް ކޮއްލަމުން ލޫކް ބުނެލިއެވެ. “ ހިނގާ އެހެން ވީމަ ދަމާ. “ ފޯރިޔާއި އެކުގައި އަމަން ބުނެލި ގޮތުން ލޫކް ގާތަށް ހިނިއައެވެ.
***********************/*********************************************** “ ސޯ ކޮންތާކައްށޯ މިދަނީ ؟؟؟؟ “ ހިނގަމުން ދިޔަ ނަވާ ލީނާ ކައިރީ އަހާލިއެވެ. “ ނޭގެ . ލީ އަށް އޯކޭ ކޮންމެ ތަނެއްވެސް. ނާވް ބޭނުން ތާކަށް ދާނީ “ ހިނިތުން ވެލަމުން ލީނާ ބުނެލިއެވެ. “ ހަހަހަ ….. އޯކޭ. ސިނަފަނީ އަށް ދާނީ. ވަރަށް މީރު ވާނެ އެތަނުގެ ކާ އެއްޗެހި….” ލުއި ހީލުމަކާއި އެކު ނަވާ ބުނެލިއެވެ
“ ނަވާ……………………………….. “ ކުއްލިއަކަށް ގޯޅިއަކުން ނިކުތް ސައިކަލަކުން ނަވާގެ ގައިގާ ނުޖެހުނީ ކިރިޔާއެވެ. ލިބުނު ސިހުމުގައި އިސްޖަހައިގެން ހުރި ނަވާ އިސްއުފުލާ ބަލާލުމާއެކު އޭނާ އަށް ހުޢްޓެވުނެވެ. އޭރު ސައިކަލުގައި އިން ޒުވާނާވެސް އިނީ ކަޅިޖަހާނުލާ އޭނާއާއީ ދިމާލަށް ބަލަހަށްޓައިގެންނެވެ. ނަވާއަށް ކުރެވުނުހާވެސް ކަމަކީ ލަދުރަކި ހިނިތުން ވުމަކާއި އެކު އިސްޖަހާލުމެވެ.
ސައިކަލު މަތީ އިން ލޫކް އިނީ ކަޅި ޖަހާލަންވެސް ނޭގިފައެވެ . މިރޭ އޭނާގެ ސައިކަލުންޖެހެން އައީ އޭނާގެ ނިދި ފުރަތަމަ ފަހަރަށް ގެއްލުވާލި ހޫރުޕަރީއެވެ. އެ ރީތި ކަމެވެ. ދެވަނައެއް ނުވާ އެ ދިގު އިސްތަށި ގަނޑެވެ. ދެ މީހުން އެކަކު އަނެކަކާއި ދިމާލަށް ބަލަން ހުރެވުނީ ކިހާޢިރަކުކަމެއްވެސް ނޭގެ އެވެ.

Comments (14)

  1. Shaff

    Hey guys. Here is the 3rd part. Its short yeah ik. But its sooo difficult to write in phone. But will try to make it longer. Soo hope u all like it. Again sry. Thnks for alll u guys supports ??

  2. silver mist

    Varah varah reethi…waiting for the next episode

    1. Shaff
      silver mist

      Hehe thnk u silver mist ?

  3. silver mist

    Me first dhw….

  4. kiya

    Varah reethi vaahaka akah vane Kamah unmeedhu Kuran adhi vaahaka nimendhen up kuraane kamah ves unmeedhu kuran

  5. Samee

    Its 2 short.. Shaff u can use a leptop.. Thn it will b easy 4 u.. N yah kuriah vureh stwryy improve vaa hen samee heevey.. Glad to read this stwryy… Btw keep it up..

    1. Shaff
      Samee

      Hehehe thnks samy. But shaff moderm broke vefa. Ehn v ma lap in liyunas up eh nukureveyneh nun. N thnks a lot. Insha allah stry ehkon kiyaalan libeyne. N shaff ge ithuru stry thah vc. Thnks for the supports??

  6. Zahee

    Nice

  7. shafu

    nice waiting for next part..

  8. lara

    v reethi ekamaku haadha kurey

  9. Shabyby

    Shalhi eyyy!!! 🙂 bt thankolheeh dhigukolla 😛
    Waiting waiting… 😉

  10. Any

    Reethi vaahakaeh

  11. Afy

    V salhi ????????

  12. Maiha

    Varah loabi vaahaka eh

Comments are closed.