Skip to content
އެސްފިޔަ

ހިތް ނުރޮއްވާ…….!!!!!!

ފެރީ ޓާމިނަލުން ނިކުމެ ސައިކަލަށް އަރާ ދުއްވާލި ލޫކްގެ މޫނުމަތީގައި ވަނީ ލުއި ހިނިތުން ވުމެކެވެ. ކުލަ ކުޑަކޮން އަދިރި ނަމަވެސް ބޯބޯ ބުމައަކާ، ދިގު އެސްފިޔަތަކާއި ފިޔާތޮށި ކުލަ އަރާ އެ ތުންފަތަކީ ގިނަ އަންހެން ކުދިން މަރުދޭ ސިފަ ތަކެކެވެ. ލޫކަކީ މާލޭގެ މުއްސަންޖެއް ކަމަށްވާ ރޯނު އިދުރީސްގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅެވެ.
އާދައިގެ ވަރަކަށް ދުއްވަމުން ދިޔަ ލޫކްގެ ސައިކަލު މަދުކުރަން ޖެހުނީ ސޯސަން މަގު އޭޑީކޭ ކައިރީ ހުންނަ ޓްރެފިކް ލައިޓް ރަތްވިތަން ފެނީފަ އެވެ. އޭރު ހުރަސް ކުރާއިން މީހުންތަށް ހުރަސް ކުރަމުން ދިޔައެވެ. ކޫއްލިއަކަށް ހުރަސްކުރާއިން ހުރަސް ކުރަމުން ދިޔަ އަންހެން ކުއްޖެއް ލޫކްގެ ލޮލުގައި އަޅައި ގަތެވެ. ދޮން ޖަންބު ކުލަ އަރާ މޫނެކެވެ. ޅޫޅާފަތި ހަށިގަނޑެކެވެ. މާދިގު ނޫނަސް ކުރެކޭ މީހަކު ނުބުނާނެ އެވެ. ހިތިފަތު ބުމަ އަކާއި މަޑު ފިޔާތޮށި ކުލަ އަރާ ތުންފަތެކެވެ. ދިގު އެސްފިޔަ ތަކުގެ ހިޔަލުގައިވާ އެ ރީތި ދެލޯ ފެނިފަ މީހަކު އާޟޯޙު ވާހާވެއެވެ. އުނަގަނޑުން ތިރިޔަށް ފައބާފައިވާ އިސްތަށިގަނޑުގެ ކަޅުކަން ގަދަވެފައި ބޯލެވެ. ލޫކްގެ ހިތުގެ ވިންދު އަވަސް ވި ކަހަލަ އެވެ. އެސްފިޔަ ޖަހާލަން ހަންދާން ނެތިފައި ހުއްޓާ އޭނާ ސިހުނީ ޓްރެފިކް ލައިޓް ފެހިވެގެން ސައިކަލުތަށް ދުއްވާލި އަޑަށެވެ. އޭރު ޢެ ހޫރެއްފަދަ އަންހެން ކުއްޖާ ފެންނާކަށް ނެތެވެ. އެހިދު ލޫކް ކުޑަކޮން ހިނިތުން ވެލަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށްފަހު ސައިކަލު ދުއްވާލި އެވެ.
ރޯނު ގަސްދޮށުގޭ ގޯތިތެރެއިން މުޅިންވެސް ފެންނަނީ މުއްސަނދިކަމާއި ޒަމާނީ ކުލަތަކެވެ. ގޯތިތެރޭގައިވާ ބަގީޗާގެ މެދުން ހަދައިފާވައި މަގުން މަޑު ހިގުމެއްގައި ލޫކް އައި އިރު އޭނާ ހުރީ ފުން ވިސްނުމެއްގަ ޢެވެ. ދެ ޖީބަށް އައިތް ޖަހާލައިގެން އެ ފިރިހެން ވަންތަހިގުމުގައި އައި ލޫކްގެ ފަން ފަން އިސްތަށިގަނޑު ޖެހިލާ ވައިރޯޅިން ހިމޭނުން އޮތަކަ ނުދިނެވެ. “ ދަރިފުޅާ ! ހާދަ ބޮޑު ފިކުރެއްގައި ހެން މަންމަ އަށް އެބަ ހީވެ އޭ!” ލޫކް ސިހުނީ ސިޓިން ރޫމްގަ އިން އޭނާގެ މަންމަ ވާހަކަ ދެއްކި އަޑަށެވެ. “ ނޫނޭ މަންމާ ، ތިހެން ތިހީވީ މާ ބޮޑަށް ވަރުބަލި ވެފަހުރީމަ ކަންނޭގެ. މޮމް އަށް އިންގެ އެއްނުން ހޫދުމެންނާއި އެއްކޮން ތަނަކަށް ގޮސްފިއްޔާ ތަނެއްގަ ހަމަޖެހިލައިން ނީދެވޭނެކަން. “ ހިނިތުންވެލަމުން ލޫކް ޖަވާބު ދިނެވެ. “ އެހެންވިއްޔާ މަންމަ މި ދަނީ ކާން ހަދަން . ދަރިފުޅު ތާޒާ ވެލައިން އާދެ ކާން “ ހިނިތުންވެލަމުން ލޫކްގެ މަންމަ ނަފީސާ ބަދިގެއާވީ ފަރާތަށް ދިޔައެވެ. ލޫކްވެސް އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

Comments (6)

  1. Shaff

    Hey guys. . This is the same part. I thnk its a mistake ??? . For all my readers i will up only part a day. N will tell u alll if i am uping two partd a day. Thnk u alll. Keep commenting my stry. N m writting another stry tooo ??

  2. Ayesha

    Ok.but waiting 4 next prt

  3. shafu

    nice.. waiting 4 next part

  4. Samee

    Mi stwryy v nyc.. Bt writing mistakes tha v ginain fennan ibahuri.. Hus noonu hunna basbahugai husnoonu nulaa liyefa hunna kan faahaga kurevey.. N u worte އާޟޯޙް Bt the correct wey is އާޝޯހް.. N not ޅޫޅާފަތި its ލޫޅާފަތި.. Ahives v gina mistakes thrr ibahuri.. Hope u will understand these mistakes n nxt tym plxx correct it.. Gud luck shaff..

    1. Anonymous
      Samee

      Yea ik actually i am writing in 4n. So its lil bit difficult. But will try to make tht gud. Thnk u ?

  5. silver mist

    Waiting for next episode

Comments are closed.