Skip to content
އެސްފިޔަ

ހިތް ނުރޮއްވާ…….!!!!!!

ފެރީ ޓާމިނަލުން ނިކުމެ ސައިކަލަށް އަރާ ދުއްވާލި ލޫކްގެ މޫނުމަތީގައި ވަނީ ލުއި ހިނިތުން ވުމެކެވެ. ކުލަ ކުޑަކޮން އަދިރި ނަމަވެސް ބޯބޯ ބުމައަކާ، ދިގު އެސްފިޔަތަކާއި ފިޔާތޮށި ކުލަ އަރާ އެ ތުންފަތަކީ ގިނަ އަންހެން ކުދިން މަރުދޭ ސިފަ ތަކެކެވެ. ލޫކަކީ މާލޭގެ މުއްސަންޖެއް ކަމަށްވާ ރޯނު އިދުރީސްގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅެވެ.
އާދައިގެ ވަރަކަށް ދުއްވަމުން ދިޔަ ލޫކްގެ ސައިކަލު މަދުކުރަން ޖެހުނީ ސޯސަން މަގު އޭޑީކޭ ކައިރީ ހުންނަ ޓްރެފިކް ލައިޓް ރަތްވިތަން ފެނީފަ އެވެ. އޭރު ހުރަސް ކުރާއިން މީހުންތަށް ހުރަސް ކުރަމުން ދިޔައެވެ. ކޫއްލިއަކަށް ހުރަސްކުރާއިން ހުރަސް ކުރަމުން ދިޔަ އަންހެން ކުއްޖެއް ލޫކްގެ ލޮލުގައި އަޅައި ގަތެވެ. ދޮން ޖަންބު ކުލަ އަރާ މޫނެކެވެ. ޅޫޅާފަތި ހަށިގަނޑެކެވެ. މާދިގު ނޫނަސް ކުރެކޭ މީހަކު ނުބުނާނެ އެވެ. ހިތިފަތު ބުމަ އަކާއި މަޑު ފިޔާތޮށި ކުލަ އަރާ ތުންފަތެކެވެ. ދިގު އެސްފިޔަ ތަކުގެ ހިޔަލުގައިވާ އެ ރީތި ދެލޯ ފެނިފަ މީހަކު އާޟޯޙު ވާހާވެއެވެ. އުނަގަނޑުން ތިރިޔަށް ފައިބާފައިވާ އިސްތަށިގަނޑުގެ ކަޅުކަން ގަދަވެފައި ބޯލެވެ. ލޫކްގެ ހިތުގެ ވިންދު އަވަސް ވި ކަހަލަ އެވެ. އެސްފިޔަ ޖަހާލަން ހަންދާން ނެތިފައި ހުއްޓާ އޭނާ ސިހުނީ ޓްރެފިކް ލައިޓް ފެހިވެގެން ސައިކަލުތަށް ދުއްވާލި އަޑަށެވެ. އޭރު ޢެ ހޫރެއްފަދަ އަންހެން ކުއްޖާ ފެންނާކަށް ނެތެވެ. އެހިދު ލޫކް ކުޑަކޮން ހިނިތުން ވެލަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށްފަހު ސައިކަލު ދުއްވާލި އެވެ.
ރޯނު ގަސްދޮށުގޭ ގޯތިތެރެއިން މުޅިންވެސް ފެންނަނީ މުއްސަނދިކަމާއި ޒަމާނީ ކުލަތަކެވެ. ގޯތިތެރޭގައިވާ ބަގީޗާގެ މެދުން ހަދައިފާވައި މަގުން މަޑު ހިގުމެއްގައި ލޫކް އައި އިރު އޭނާ ހުރީ ފުން ވިސްނުމެއްގަ ޢެވެ. ދެ ޖީބަށް އައިތް ޖަހާލައިގެން އެ ފިރިހެން ވަންތަހިގުމުގައި އައި ލޫކްގެ ފަން ފަން އިސްތަށިގަނޑު ޖެހިލާ ވައިރޯޅިން ހިމޭނުން އޮތަކަ ނުދިނެވެ.

” ދަރިފުޅާ ! ހާދަ ބޮޑު ފިކުރެއްގައި ހެން މަންމަ އަށް އެބަ ހީވެ އޭ!” ލޫކް ސިހުނީ ސިޓިން ރޫމްގަ އިން އޭނާގެ މަންމަ ވާހަކަ ދެއްކި އަޑަށެވެ. ” ނޫނޭ މަންމާ ، ތިހެން ތިހީވީ މާ ބޮޑަށް ވަރުބަލި ވެފަހުރީމަ ކަންނޭގެ. މޮމް އަށް އިންގެ އެއްނުން ހޫދުމެންނާއި އެއްކޮން ތަނަކަށް ގޮސްފިއްޔާ ތަނެއްގަ ހަމަޖެހިލައިން ނީދެވޭނެކަން. ” ހިނިތުންވެލަމުން ލޫކް ޖަވާބު ދިނެވެ. ” އެހެންވިއްޔާ މަންމަ މި ދަނީ ކާން ހަދަން . ދަރިފުޅު ތާޒާ ވެލައިން އާދެ ކާން ” ހިނިތުންވެލަމުން ލޫކްގެ މަންމަ ނަފީސާ ބަދިގެއާވީ ފަރާތަށް ދިޔައެވެ. ލޫކްވެސް އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

Comments (14)

  1. A.A.Z

    Yey.me first.nice.waiting 4 nxt prt

  2. aira

    Kuruvyma ehaa kamaku nudhey. Mi gothah vari hama daily koh up nukohdhinas

  3. aimin

    Nice haadha kurey next part dhigu kohlabaa …

    1. Shaff
      aimin

      Hehehe yea ik its short. But next part will b long insha allah ?

  4. lara

    v salhi ekamaku v kuru

  5. Anonymous

    nice

  6. Its_me

    Oii v habeys ❤

  7. shaff

    Reethi

    1. Shaff
      shaff

      Is this a shaff tooo ??

  8. I.s.H

    Nice…bt dhn nikunna part thah dhigu kollahchey..❤

  9. sadh

    Shaff. Vaahaka update kuraane dhuvas thah buneladheyn v nu ? Looking forward for it 🙂

    1. Shaff
      sadh

      Insha allah kmme dhuhuku ?

  10. Sam

    Waiting for next part

  11. Shabyby

    Shafffoo.. Vrh salhi :-*
    Next part dhigu kollahchey mi kujjaage hiy nurovva ingey 😛
    Waiting waiting ! 😉

Comments are closed.