Skip to content
އެސްފިޔަ

އެމިލީ ( ދެވަނަ ބައި-2)

“އަދިވެސް ބަލަން ހުރީތަ؟ ކިހާ ބޮޑު ކަމެއްދޯ؟ ދެންވެސް މަ ދާން ތަންކޮޅެއްދީ….! ޒިޔާން ރުޅި އައިސްގެން އެއްޗެހި ކިޔަމުންދިޔައެވެ. “އެމިލީ….. ދެންވެސް އޭނަކައިރީ ސޮރީ ބުނެފަދާން ހިނގާ..” ޝިނާ އެމިލީގެގައިގާ ކޮއްޓާލަމުން ބުނެލިއެވެ. “ސޮ….ސޮ…ސޮރީ…” ވަރަށް އަޅައަޅައި ގަންނަމުން އެމިލީ ޒިޔާންގެ ކައިރީން މައާފަށް އެދި ދާން ހިނގައިގަތެވެ. އިތުރަށް ޒިޔާންގެ ކުރިމަތީ ހުންނާނެހާ ހިތްވަރެއް ނެތީމައެވެ. “އެއީ އަދި ހާދަ ފޮނިވެސް ސޮރެކޭދޯ. ދެން މާވެފަ. ހީވަނީ ތިމާވަރުގެ މީހެއްނެއްހެން އެއްޗެހި ކިޔަންފެށިއިރު….. ވަރަށް ފޫހިވޭ އެކަހަލަ މީހުންދެކެ. މީހަކަށް ނޭނގިގެން ކަމެއްވެދާނެދޯ.. އެކަމަކު އެވަރު ކޮއްލާކަށް ނުވާނެއެއްނު. އޭނަވެސް ނުބަލާ އައިމައެއްނު އެހެންވީ ދޯ… އެކަމަކު އެމިލީއާއި ދިމާއަށް ހުރިހާ އެއްޗެއް އެކިޔާލީ… ” ޝިނާ ރުޅި އައިސްގެން ކުދި ކިޔަމުން ދިޔައެވެ. އަދިވެސް އެމިލީހުރީ އަގައިން ބަހެއްވެސް ނުބުނެ ފާޑަކަށް ޤަބުވެފައެވެ. ޝިނާ ކިޔާ އެވެސް އެއްޗެއް އަޑުނުއިވޭފަދައެވެ. ޝިނާ ވާހަކަ ދައްކާ ދައްކާ އެމިލީގެ ޖަވާބެއްނައެވެ. ” އަޅެ… އެމިލީ….. ކިހިނެއްވެފަ ތިހުރީ…” ޝިނާ އެހެންބުނެ ރަނގަޅައް އެމިލީ އަށް ބަލާލިއެވެ. އެއާއިއެކު އެމިލީގެ މޯޅިވެފައިވާ މޫނުފެނި އެތައް ސުވާލެއް ޝިނާގެ ހިތުގައި އުފެދުނެވެ. ” ކިހިނެއްވީ؟ ބުނެބަލަ…” ޝިނާ އަހާލިއެވެ. ” ޝިނާ…. ޝިނާ… އެ…އެ..އެއީ….” އެމިލީ އަށް ވީ ދެރައިން ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ. ” އެއީ ކާކުތަ؟.. އެއީ އަނެއްކާ އެމިލީ ލޯބިވާ ކުއްޖާތަ؟ ހައިރާންކަން އެކުލެވިފައިވާ ރާގަކަށް އަހާލިއެވެ. “އާން….” އެމިލީ ބުނެލިއެވެ. ޝިނާ އިތުރު އެ ވާހަކަ ނުދައްކާ އެހެން މަޢުލޫއަކަށް ވާހަކަދައްކަންފެށީ މިވަގުތު ދެން އިތުރަށް އެވާހަކަ ދެއްކުން ރަނގަޅުނުވާނެތީއެވެ. އެވާހަކަ ދައްކައިގެން އިތުރަށް އެމިލީގެ ހިތް ރޮއްވަން ބޭނުންނުވާތީއެވެ.
ސުކޫލް ނިމުނު ގަޑިއަށް ޝަރަފް އެމިލީ ބަލާ އައެވެ. “އައްދެ.. ތިއްތޭގެ ޕްރިންސަސްއަށް ކިހިނެއްވެފަ މިހުރީ؟ ދެރަވެފަތަ؟ ނޫނީ… އެއްޗެއް ބޭނުންވީ ދޯ…؟ މޫނު ހަދާލައިގެން ތިހުރީ..! ” ސައިކަލް ދުއްވާލަމުން ޝަރަފް އަހާލިއެވެ. “ނޫން.. އެއްޗެއް ބޭނުމެއްނޫން.. އެހެންނޫނަސް މިއަދު ތިއްތޭދޭ އެއްޗެއް ބޭނުމެއްވެސްނޫން.” ހަމަޖެހެން މަސައްކަތް ކުރަމުން އެމިލީ ވާހަކަ ދެއްކިއެވެ. ” އޭ ކީއްވެއޯ؟ ” ޝަރަފް ހީލަމުން އަހާލިއެވެ. ” އެއީ މިއަދު މަންމަ ބުނުއްވިއެއްނު ބައްޕަ ދުރުވާނެ ވާހަކަ.. އެހެންވީމަ. ” އެމިލީ ބުންޏެވެ. ގެއަށް އައިސް ވަދެވުމާއެކު ބައްޕަ ކޮބާތޯ އެމިލީ ސުވާލުކުރިއެވެ. އެންމެންވެސް ބައްޕަ އަދި ނުދުރުވާކަމައް ބުނުމުން އެމިލީވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާއިއެކު ފޮތް ދަބަސް ބަހައްޓާފައި އެނދުގައި ޖައްސާލިއެވެ. އެމިލީއަށް ވިސްނާލެވުނީ މިއަދު ހިނގި ހާދިސާއާއި މެދުގައެވެ. އެވީ ކިހިނެއްހެއްޔެވެ؟ ފުރަތަމަވެސް މިލިބުނީ އޭނަގެ ރުޅިވެރިކަން ހެއްޔެވެ؟ އަހަރެން ހާދަ ފޮނި އުންމީދުތަކެއް ކުރީމެވެ. ހިނދުކޮޅެއްގެތެރޭ އެ ހުރިހާ އުންމީދުތައް ގެއްލުނީ ހެއްޔެވެ؟ އެހެން ވެގެން ނުވާނެއެވެ. އަނެއްކާ ދެން ދުވަހަކުވެސް އޭނަ އަހަރެންނާ ވާހަކަ ދައްކާނެބާވައެވެ. ” ދަރިފުޅާ އެމިލީ…. ފެންވަރައިލައިގެން ކާން އާދޭ. މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެސް ވެފައެއްނު.” އެމިލީއަށް ޙިޔާލުތަކުން ނިކުމެވުނީ ހަސީނާ ގޮވާލި އަޑަށެވެ. ” ލައްބަ މަންމާ… މި ނިކުންނަނީ ފެނަވަރާލައިގެން.” އެހެންބުނެ އެމިލީ ފާޙާނާއަށްވަނެވެ.
ފެންވަރާ ނިމިގެން ކުޑަކޮއް ރީތިވެލާގެން އެމިލީ ދިއައީ ކާ ކޮޓަރިއަށެވެ. އެވަގުތު ކާ ކޮޓަރީގެ ގޮނޑިއެއްގައި އިށީނދެގެން އިން ސައީދު ފެނި އެމިލީގެ ދެ ލޯ ބޮޑުވިއެވެ. ވީ އުފަލުން ބައްޕާއޭ ކިޔާ ގޮވާލާ ދުވެފައިގޮސް ބައްދާލިއެވެ. ހަސީނާއާއި ޝައިން އަދި ޝަރަފް ވެސް މިމަންޒަރު ބަލަން ތިބީ ނުހަނު އުފަލުންނެވެ. ވަގުތުން އެމިލީގެ ހިތާމަތަށް ނެތިގެން ހިނގައްޖެއެވެ. އެ މޫނުން ފެންނަމުންދަނި ނުހަނު އުފާވެރިކަމެވެ. މިހުރިހާ ދުވަހު ސައީދު ހުރީ މެލޭޝިއާގައި އޭނާގެ ކޯސް ފުރިހަމަކުރުމަށެވެ. އެތައްދުވަހެއް ފަހުން އާއިލާއެކީ ކެއުމައް އިންސާފުކުރަމުންދިޔައެވެ. އެކިކަހަލަ މަޖާ ވާހަކަތައް ދައްކަމުންނެވެ. ބޮޑަށް ދެކެވެމުންދިޔައީ ސައީދުގެ ކޯހުގެ ވާހަކައާއި އެތާ އުޅުނުއިރު ހިނގި މަޖާ ކަންތައްތަކުގެ ވާހަކައެވެ. އަދި ސައީދު ނެތިސް ވިޔަފާރީގެ ކަންތައްތައް ދިޔަގޮތެވެ. ސައީދު މެލޭޝިއާއަށް ދިޔަފަހުން ވިޔަފާރީގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ޝައިންއާއި ޝަރަފްއެވެ. ” ބައްޕާ އަޅުގަނޑުމެން މިވިސްނަނީ ރާއްޖެތެރޭގައި ގެސްޓުހައުސްގެ ވިޔަފާރި ފަށަންކަމަށް. އެކަމަކު ބައްޕަ އައީމަ ބައްޕަގެ ޙިޔާލެއް އަހާލާފަ ކުރަންވެން މި މަޑުކުރަނީ ދޯ ދޮންބޭ..” ޝަރަފް ބުންޏެވެ. ” ތިއައީ ވަރަށް ރަނގަޅު ޙިޔާލެއް… އެކަމާ އަދި ފަހުން މަޝްވަރާ ކޮއްލަންވާނެ. ” ސައީދުވެސް އެ ޙީޔާލަށް ތާއިދު ކުރިއެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފުކޮށް ނިމިގެން އެންމެން އެކީ ސިޓިންރޫމްގައި ތިބީ ކުޑަކޮއް ސަކަރާއްޖަހާލާ މަޖާކޮއްލާށެވެ. ގިނަ ދުވަސްތަކަކައްފަހު ބައްދަލުވުމުން އާއިލާއެކީ ވަގުތުތަކެއް ހޭދަކުރަން ބޭނުންވެފައެވެ. ” ދަރިފުޅާ… މި ފަހަރުވެސް ވާނެ ވަރަށް ރަނގަޅައް ކިޔަވަން. ” ސައީދު އެމިލީއައް ބުނެލިއެވެ. “މަންމައާއި ބައްޕަ ވަރަށް އުފާވޭ ތިޔަތިން ކުދިންވެސް މަންމައާއި ބައްޕަގެ ބަސް އަހައިގެން ރަނގަޅައް އުޅޭތީ.. އަދި ޝައިން އާއި ޝަރަފް ފަދައިން އެމިލީވެސް މަންމަމެން ފަޙުރުވެރިވާފަދަ ވަނައެއް ހޯދާނެކަމަށް މަންމަ އަދި ބައްޕަވެސް އުންމިދުކުރަން. ” ހަސީނާ ވާހަކަ ދެއްކިއެވެ. ” ލައްބަ……….ﷲ އިރާދަކުރެއްވިއްޔާ މިފަހަރުވެސް އެމިލީ ވަރައް ރަނގަޅު ނަތީޖާއެއް ހޯދާނަން.” އެމިލީ ސާބިތުކަމާއިއެކު ބުނެލިއެވެ. ” މިފަހަރު އެމިލީއައް އެންމެ ބޮޑު ގިފްޓެއްދޭނީ ތިއްތޭ އިނގޭ..” ޝަރަފް އެނާގެ މަޖާ ގޮއްގަޑުގައި ވާހަކަ ދެއްކިއެވެ.. ” ނޫން … އެމިލީނިއާއައް އެންމެ ބޮޑު ގިފްޓު ދޭނީ ދޮންބެ.” ޝައިން އަދި އެއްވުރެ މަޖާކޮއް ބުނލިއެވެ.. ” ދޮންބޭ… އެމިލީނިއާ ނުކިޔަބަ.. އެމިލީ ކިޔާބަ…. އެމިލީކީމަ ސައުންޑްސް ލައިކަ އެމެރިކަން.. ” އެމިލީ ބުނެލިއެވެ.. “އޯކޭ… އެމިލީ… އެމެރިކަންދޯ… ތިހެންވެސް ކިއިދާނެ. އެމިލީ ބަލާލާފަވެސް ހީވަނީ އެމެރިކާ ކުއްޖެއްހެންވިޔާ…” ޝައިން ބުންޏެވެ. އާއެވެ… އެމިލީގެ އޮންނަނީ ރަންކުލައިގެ އިސްތަށިގަނޑެކެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތަކާއި ދޮން މޫނެކެވެ. ބޮޑައްވައްތަރީ ބޭރު ކުއްޖަކާއެވެ.
އެންމެންވެސް އެމީހެއްގެ ކޮޓަރިއްވަނީ ނިދާށެވެ. އެމިލީ ކޮޓަރިއައްވަދެ ފޮތްތައްނަގާ ހޯމްވާރކްތައްހަދާ ފޮތްތައް ކިޔަންއިނެވެ. އޯލެވެލް އިމްތިހާން ގާތްވެފައިވުމުންނެވެ. މިފަހަރުވެސް އެމިލީ ބޭނުންވަނީ މުޅި ސުކޫލްގެ އެންމެ މޮޅުދަރިވަރުގެ މަޤާމް ކާމިޔާބުކުރާށެވެ. އެހެން ހުރިހާ އަހަރަކުވެސް އެމިލީ ކުލާހުން އެންމެ މޮޅުދަރިވަރުގެ މަޤާމް ހޯދައެވެ.

************
ތިންމަސް ފަސް……
އެމިލީ މަންމައާއި އެކު އޯލެވެލް ގެ ނަތީޖާ ހިފައިގެން އެއަންނަނީ ނުހަނު އުފަލުންނެވެ. ސުކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމާއިއެކު އެމިލީ އެ އަންނަނީ މުޅި އާއިލާ އަދި ސުކޫލް ފަޙުރުވެރިވާފަދަ ކުއްޖަކައް ވެގެންނެވެ. ގޭ ދޮރުމައްޗައް ކާރު މަޑުކޮއްލުމާއި އެކު އެންމެން އެމިލީއައް މަރުޙަބާ ކިއެވެ. އެންމެންވެސް ތިބީ ނުހަނު އުފަލުންނެވެ. ” ކޮންގުރާ… އައި އެމް ޕުރައުޑް އޮފް ޔޫ…..” ޝައިން ބުނެލިއެވެ. މިއަދު ގޭތެރޭގައި ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. އެމިލީއަށް އޭނާ އުންމީދުކުރި ފަދަ ނަތީޖާއެއް ލިބުމުން ހުރީ ނުހަނު އުފަލުންނެވެ. ހުރިހާ އެންމެންގެ އުންމީދުތައް ފުރިހަމަ ކޮއްދެވޭކަމުގެ އިހްސާސް ކުރެވުނެވެ.

އެދުވަހުގެ ހަވީރެވެ. ޝިނާއާއި އެމިލީ ނިކުތީ ޝޮޕިންނަށެވެ. މަޖީދީމަގުން އެކި ފިހާރަތަކަށް ވަންނަމުން ދިޔައެވެ. ބޭނުންވާ އެއްޗެހި ގަނެވުމުން ދެމީހުން މިސްރާބު ޖެހީ ބީޗްއާއި ދިމާއަށެވެ. ބީޗްއަށް ގޮސް އިށީނދެ އެކިވާހަކަ ތަކުގައި ތިއްބެވެ. ދެ ކުދިންވެސް ތިބީ ނުހަނު އުފަލުންނެވެ. ހަޔާތުގެ އެންމެ މުހިންމު އެއްބައި ކާމިޔާބު ކަމާއި އެކު ނިއްމާލެވުމުންނެވެ. ޝިނާއައް ވެސް ކުލާހުން ދެވަނަ ލިބުނެވެ. ދެ ކުދިންވެސް ވާހަކަ ދައްކަމުންދަނީ މަތީ ސާނަވީ ތަޢުލީމު އުނގެނުމައް ދިއުމުން ދެން ދިމާނުވާނެ ވާހަކައެވެ. އެ ގޮތައް ވާހަކަ ދައްކަން ތިއްބާ އެތަނުން ކުއްޖަކު ދެން  ޒިޔާން ދޯ އޭ ބުނެ ހޭންފެށި އަޑައް އެމިލީއާއި ޝިނާ ބަލާލިއެވެ. އެވަގުތު އެމިލީގެ ހިތް ކަތިލެވިގެން ދިޔައެވެ. ޝިނާވެސް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެމިލީއައް މިވަގުތު ކުރާނެ އަސަރު އިޙްސާސްވެ ނުހަނު ދެރަވިއެވެ. ” އަޅާ ނުލާ ޒިޔާން.. އެ ކުއްޖާއަކައް މި ކިޔާއެއްޗެއް ނުވެސް އިނގޭނެ. ތި ބުނާ ދުވަހުވެސް ޒިޔާން ކީ އެކައްޗެއްވެސް ޔަގީން ނޭނގޭނެ. ” ސުޒީ ބުނެލިއެވެ. ސުޒީއަކީ ޒިޔާންގެ ލޯބިވެރިޔާއެވެ. “އެކަމަކު އޭނަ ކައިރީ ދެން އެއިނީ ދިވެހި ކުއްޖެކޭ.. އޭނަ ބުނާނެ އެއްނު ކީ އެއްޗެހި… އެހެން ވިޔަސް މި ދެން ކޮން ވާހަކަ އެއް … މަ ސުޒީ ނޫން ކުއްޖަކާ ދިމާއައް ބަލާވެސް ނުލާނަން….” ޒިޔާން ފޫހި ރާގެއްގައި ބުނެލިއެވެ. ” އެކަމަކުވެސް ކިހިނެއް އިނގެނީ އެކުއްޖާ ކިޔާދިން ކަމެއް.. މިއަދު ކިޔާއެއްޗެއް އިނގޭވަރު ކޮއްލާނަން. ” ސުޒީ އިނީ އެމިލީގެ ރީތިކަންފެނި ހަސަދަވެރި ވެފައެވެ.. ” ހޭއި… ޑޯންޓު ލުކް އެޓް މައި ބޯއީފުރެންޑު… ސޮރީ….ހީ އިޒް މައިން… ” ސުޒީ ނުހަނު ފޮނި ކަމާއި އެކު ބުނެލިއެވެ.. ޒިޔާންވެސް މަލާމާތުގެ ޒާތަކައް ހީލިއެވެ…. ސުޒީއާއި ޒިޔާންވެސް ހީކުރީ އެމިލީއަކީ ބޭރު ކުއްޖެއްކަމަށެވެ.. އެމިލީއައް ހީވީ ފައިދަށުން ބިންގަނޑު ދެމިގައްހެންނެވެ.. ބޭނުންވީ އެތަނުން އަވަހަށްދާށެވެ. އިތުރަށް އެމީހުންގެ ލޯބީގެ ކުޅިގަނޑުބަލާކަށް އިތުރަށް ކެތެއްނުވާނެއެވެ…

Comments (15)

  1. ??

    Mi vaahaka yahh comment kuraane meehehh nuvy tha?

  2. shau

    Story varah reethi. Haadha madhunney thi up kuranee

    1. Thuka
      shau

      Thank you…

  3. shafu

    reethi mi story……..

    1. Thuka
      shafu

      Thank you

  4. Rapunzel

    Nice story eh

  5. Shiff

    haadha hama nujehey vaahaka eke. kuda kuhjaku liyefa tha.

  6. Inaa

    Vaahaka reethi but thankolheh kury inge bby

  7. Then

    Story reethi
    Ekam mihaaru mi hunna vahaka thakuga molhu vany reethi t adhi rich kudin abadhuves……genesdheefa hunna gothun hyvany reethi vefa rich vyma ey molhu veveyni… perfect kudinney molhu vaani.. im not telling this just to u thuka…to all authors.. the world is a home where different kinds of people live. Some have all the riches and some have none….this has nothing to do with studying..even some of the poorest students have achieved top marks…..nowadays in almost all stories good students are those who are beautiful and rich… in our society also in some schools teachers and all are favouring rich students. they think all should score the best and ignore the students who achieve low results …alhugadu mikama medhu v kanbodu vaathy mi comment mi kohly ves… no offence but this is my view

    1. Thuka
      Then

      Hey.. then.. good point…?
      Thank you for your comment…

    2. Cherish
      Then

      I agree
      Aslu rythi vefa rich kudhinnah hurihaa molheh hen hyvany mihaaru hurihaa vaahaka akun ves

  8. naani

    dhen dhw…..ok

  9. aisha

    kn irakun tha next part up kuraany???
    story reethi

  10. Sunoo

    Nice story

  11. Ithuu

    Want to see the new part.. kyveh ehaa las vany??

Comments are closed.