Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ގްލޫ ސްނިފް ( ކެމިކަލްގެ މަސްތު)

Xim Level 110 Stories
October 8, 2013 2 Mins Read
1 Comment

މިހާރު ކޮންމެ ޤައުމަކަށް ކޮންމެ ރަށަކަށް ކޮންމެ މުޖުތަމަޢުއަކަށް އަދި ކޮންމެ އާއިލާއަކަށް ބަލާލިނަމަވެސް އެއްމެ ކަންބޮޑުވާ އެއްމައްސަލައަކަށް ވެފައިވަނީ މަސްތުވާތަކެތީ ނުރައްކާތެރި ވަބާ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ.

އައްޑިހައިގެ އަހަރުތަކުން ފެށިގެން މި ދިވެހިރާއްޖެއަށްވެސް މިވަނީ ޑްރަގުގެ ވަބާއާއްމުވާން ފަށާފައެވެ. އެގޮތުން މިއަދު ދިވެހި މުޖްތަމަޢު މިވަނީ މަސްތުވާތަކެތީގެ ހާލިތަކަކަށް ވެފައެވެ.

ޑްރަގް، އާދެ، މަސްތުވާތަކެތީގެ ހަމަ ކޮންމެ ބާވަތަކީވެސް އެއެއްޗަކުން އިންސާނާގެ ޖިސްމާއި ނަފްސަށް ނުހަނު ބޮޑެތި ގެއްލުންތައް ލިއްބުވައިދޭ އެއްޗިއެއްސެވެ.

މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އަދި އެދަލުގައި ޖެހުމުންދާ ފަރާތްތަށް ދަނީ ތިމާމެންނަށް މިކުރެވެނީ ކިހާ ނުރައްކާތެރި ކަމެއްކަން ނޭންގިތިބެ ތާފާތު ބާވަތް ބާވަތުގެ ތަކެތި ބޭނުންކޮށްގެ މަސްތުވަމުންނެވެ.

މަސްތުވުމުގައި މިހާރަކަށް އައިސް ޒުވާނުން ބޭނުންކުރަމުންދާ އެއް ކަމަކީ ނުވަތަ އެއް އާލާތަކީ “ގްލޫ ސްނިފް” ނުވަތަ ކެމިކަލްގެ ތަފާތު ބާވަތްތަކުގައި ވަސްބަލައިގެން މަސްތުވުމެވެ. މިފަދަ ބާވަތްތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ތެރަހާއި އަދި ފައިބަރ ރެސިންފަދަ ތަކެތި މި މީހުން ބޭނުން ކުރަމުން ދެއެވެ.

“ގްލޫ ސްނިފް” ނުވަތަ ކެމިކަލްގެ މަސްތަކީ މިކަން ކުރާފަރާތްތަކަށް ނޭންގިތިބެ އެފަރާތްކުގެ އަމިއްލަ ނަފްސާއި ޖިސްމަށްދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

ގްލޫ ސްނިފްގެ އެއްމެ ނުރައްކާތެރި ކަމަކީ އެކަން ހަމަ ކުރަން ފެށުމާއިއެކު އެކަން ކުރާމީހާގެ ސިކުނޑީގެ ސެލްތައް ހަލާކުކޮށްލާ ކަމެވެ. ސިނކުޑީގެ ސެލްތަކަކީ ހަށިގަނޑުގެ އެހެނިހެން ބައިތައް ފަދައިން ހަލާކުވެއްޖެ ނަމަ އަލުން އަނބުރާ ރަނގަޅުވާ ސެލްތަކެއް ނޫނެވެ.

ސިކުނޑީގެ ސެލްތައް ހަލާކުވާން ފެށުމާއިއެކު ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އެކަން ކުރާ މީހާއީ ސިކުނޑީގެ ބަލިމީހަކަށް އާދެ މޮޔަ މީހަކަށް ވެދެއެވެ. މިކަން މިގޮތައް ދިމާވެއްޖެނަ އެކަން ވެގެންދަނީ އުމުރުދުވަހުގެ ބައްޔަކަށްށެވެ. ސިކުނޑީގެ ސެލްތައް ހަލާކުވެ މަރުވަން ފެށުމާއިއެކު އެކަން ކުރާމީހާގެ ސިކުނޑިން ދޭ މެސެޖްތައް ތަފާތުވާން ފަށައެވެ. އިންސާނެއްގެ ވިސްނުމުން ޖަނަވާރެއްގެ ވިސްނުމަށް މީހާ ބަދަލުކޮށްލައެވެ. އަދި ރިވެތި ސިފަތައް ނެތި ގެއްލިގޮސް ހުތުރު ކަންކަމާއި އަނިޔާވެރިކަމަށް އަރައިގަތުމަށް އެމީހަކަށް ލޯބި ކުރެވެން ފަށައެވެ.

މަސްތުވުމުގެ ބޭނުމުގައި، ޑަންލޮޕާއި، ރެސިނާއި އަދިވެސް މިފަދަ ތަފާތު ކެމިކަލްސް ތަކުގެ ވަސްބަލައިގެން އެކަން ކުރާމީހުނަށް އެވެވެނީ މަސްތެއް ނޫނެވެ. ކަމުގެ ނުރައްކާތެރި ކަމާއިއެވެ. އެމީހުން އަމިއްލައަށް ހަލާކު ކުރަމުންދަނީ އެމީހުންގެ ސިކުނޑިއެވެ. އަދި އެމީހުން އެ މަސައްކަތް ކުރަނީ ސިކުނޑީގެ ބަލި މީހަކަށް ވުމަށެވެ.

މާތް ﷲ އަޅަމެންގެ މި ރާއްޖެ މަސްތުވާތަކެތީގެ އެއްމެހާ ނުބައިކަމުން ސަލާމަތްކުރައްވާ ރައްކާތެރި ކުރައްވާފާންދޭވެ. އަދި އަޅަމެންގެ ހިތުގައި އިމާންތެރިކަން ލައްވަވާ، އަޅަމެންނީ އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަނިޔާ ކުރާ ބަޔަކު ކަމުގައި ނުލައްވާ ފާންދޭވެ. އާމީން.

Share Article

Follow Me Written By

Xim

Level 110 Stories

I am a freelance writer, who always love to write about different topics.

Other Articles

Previous

މައި ނޭމް އިޒް ޚާން (އަށްވަނަބައި)

Next

އޯގަސްޓް 12-13

Next
October 8, 2013

އޯގަސްޓް 12-13

Previews
October 7, 2013

މައި ނޭމް އިޒް ޚާން (އަށްވަނަބައި)

One Comment

  1. Pooh Bear says:
    December 8, 2016 at 3:05 pm

    Wow.. varah intresting.
    Kurin neygey mauloomaatheh milibuny

Comments are closed.



All Right Reserved!