ނުރުހުމުން.
ހެނދުނުއްސުރެ އަހަރެން އުޅެމުން ދިޔައީ ޖެހިގެން އޮތްދުވަހު އޮތް ހިސާބުގެ ފުރަތަ ކަރުދާހުގެ އިމްތިޚާނަށެވެ. އެހެން ނަމަވެސް ރޭގައި ޝާޔާއާއި ދެކެވުނު ވާހަކައާއި މިއަދު ކަންވެދާނެ ގޮތެއް އަހަރެންގެ ސިކުނޑިން ފިލައިގެން ދާގޮތެއް ނުވިއެވ ފިލާވަޅުތައް ހަދަން އިންނަމަވެސް ޝާޔާ ގުޅާނެ އިރެއްގެ އިންތިޒާރުގައި ވަގުތުތައް ގުނެމުން ދިޔައެވެ. ވާނީ ކިހިނެއް ބާއެވެ؟ އަހަރެންގެ ހިތް ނުތަނަވަސް ވަނީ ކީއްވެ ބާއެވެ؟ މިއަދަކީ އަނެއްކާ އަހަރެންނާއި ޝާޔާގެ ލޯބީގެ ފަހު ދުވަސް ބާއެވެ؟ މިކަހަލަ އެތައް ސުވާލެއް އަހަރެން ގެ އަމިއްލަ ނަފުސާއި ކުރަމުން ދިޔައީމެވެ. އެހެންނަމަވެސް ޖަވާބެއް ނުލިބެއެވެ.
އަސުރު ނަމާދަށްފަހު އަނެއްކާވެސް އަހަރެން ފިލާވަޅުތައް ހެދުމަށް އިށީނީމެވެ. ޝާޔާގެ ފޯނުގެ އިންތިޒާރަށް ނިމުމެއް ނާދެއެވެ. މިއަދު ޝާޔާގެ ބައްޕަ ޝާޔާ އާއި އަހަރެންގެ ގުޅުމާއި މެދު ގޮތެއް އިއްވާ ހުކުމެއް އިއްވާނެ ކަން އަހަރެންނަށް އެނގެއެވެ. ރަނގަޅު ގޮތެއް ވުމަށް އެދި އަހަރެންގެ ހިތާއި ހިތުން ދުޢާ ކުރަމުން ދިޔައީމެވެ.
“ރަޔާން، ހާދަ ހާސްވެފަ ތި އިންނަނީ. އަނެއްކާ މާދަމާގެ އިމްތިޚާނާ މެދު ކަންބޮޑު ވަނީތަ؟” އަހަރެން ފިލާވަޅު ހެދުން ހުއްޓާލުމަށްފަހު އެއްވެސް މަޤުޞަދެއްނެތި މޭޒުމަތީގައި އޮތް ގަނޑުގައި ގަލަމުން ކުރަހާލަ ކުރަހާލާ އިންތަން ފެނިފައި މޫސަ އައިސް ސުވާލު ކޮށްލިއެވެ.
ނޫނެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ހޫރާލީމެވެ.
“އެކަމު ހީވަނީ ކަމަކާ ވަރަށް ހާސްވެފަ އިންހެން. އެނޫނީއްޔާ ތިއީ ރަޔާން އިންނަ ގޮތެއް ނޫން ވިއްޔަ” އަހަރެން އެހެން އިނުމުން މޫސަ ކަންބޮޑު ވިއެވެ.
“އާން” އަހަރެން ބޮޖަހާލަމުން ވަރަށް ކުރުކޮށް ޖަވާބު ދިނުމަށް ފަހު ފުން ނޭވާއެއް ލީމެވެ.
“ކިހިނެއްވީތަ؟ ބުނެލައިގެން އުޅުބަލަ! އޭރުންނެއްނުން ޚިޔާލެއް އަދި އެހީތެރިކަމެއްވެސް ދެވޭނީ” މޫސަ އަހަރެންގެ ކޮނޑުގައި އަތްޖައްސާލާފައި ބުންޏެވެ.
“ފަހުން ދޯ” އަހަރެން އެއްވެސް އުފާވެރިކަމެއްނެތް ހިނިތުން ވުމެއް މޫސަ އަށް ދެމުން ބުނީމެވެ.
“އޯކޭ” މޫސަ އެހެން ބުނުމަށް ފަހު އަހަރެންގެ ކޮނޑުގައި ޖަހާލާފައި ހިނގައިގަތެވެ.
އަހަރެންނަށް އިރު އިރު ކޮޅާއި ފާރުގައި ބަހައްޓާފައިވާ ގަޑިއަށް ބަލާލެވެއެވެ. އަދި ހަމައެއާއި އެކު މޭޒުމަތީގައިވާ ފޯނަށްވެސް ބަލާލެވެއެވެ.
“ފޯނު އަނެއްކާ މިހުރީ ހަލާކުވެފަތަ؟” ފޯނުގެ ރިންގު ނުވެ ގިނައިރު ވާތީ އަހަރެންގެ އަމިއްލަ ނަފުސާއި ސުވާލުކޮށްލީމެވެ. އަދި ފޯނުގެ ރިސީވަރ ނަގާ ކަންފަތުގައި ޖައްސާލީމެވެ.
“އުހު… އެއްވެސް މައްސަލަ އެއް ނެއް” އަހަރެން ފޯނުގެ ރިސީވަރ ބާއްވާލަމުން އަމިއްލަ ނަފުސަށް ޖަވާބު ދިނީމެވެ.
ފޯނުގެ ރިންގު ވާން ފެށުމާއި އެކު އަހަރެންގެ ހިތްބާރަށް ތެޅެން ފެށިއެވެ.
“ހަ….ލޯ” ދެފަހަރަކު ރިންގުވާންދެން ފޯނާއި ދިމާއަށް ބަލަން އިނުމަށްފަހު ފޯނުގެ ރިސީވާ ނަގާ ކަންފަތުގައި ޖައްސާލަމުން ހިން ދިރުވާލާފައި ގޮވާލީމެވެ.
“ހަލޯ ރަޔާން” އަހަރެންގެ ކަންފަތުގައި ޝާޔާގެ އަޑު ޖެހުމާއި އެކު ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުރަމުން އައި އިންތިޒާރަށް ނިމުމެއް އައެވެ. އަދި ޝާޔާގެ ބައްޕަގެ ބަހަކީ ކޮބައިތޯ ބެލުމަށް ކެތްތެރިކަން ކޮޅުން ލިއެވެ.
“ޝާޔާ…ބައްޕަ އައިސްފިތަ” އަހަރެން ކެއްމަދުވެފައި އެހީމެވެ.
“އާން” ޝާޔާގެ ޖަވާބު ވަރަށް ކުރެވެ. އަދި އަޑުގައި ވަނީ ހާސްކަމެވެ.
“ބައްޕަ ކީކޭ ބުނީ؟” އަހަރެންގެ ހިތް އަވަސް ވިއެވެ.
“ބައްޕަ ވަރަށް އެއްޗެހި ގޮވި، އަހަރެންގެ އިސްތަށިގަނޑުގަ ހިފާފަ އެނދުމައްޗަށް ވައްޓާލި” ޝާޔާގެ އަޑުގައިވަނީ ހިތާމަޔާއި ހިތްދަތި ކަމެވެ. ޝާޔާގެ އަޑު އެހުން އަހަރެންނަށް ވީ ވޭނަކަށެވެ.
“ދެން ކީކޭ ބުނީ؟” އަހަރެން ސުވާލަކަށް ފަހު ސުވާލެއް އަހަމުން ދިޔައީމެވެ.
“ބުނީ ރަޔާން ވެއްޖިއްޔާ ރަޔާއޭ، އަހަރެމެން ވެއްޖިއްޔާ އަހަރުމެންނޭ، ބައްޕައާއި މަންމަ އާއި އެކު އުޅެން ބޭނުމީޔާ ހަމަ މިހާރުން ފެށިގެން ރަޔާން އާއި ވަކިވާށޭ” ޝާޔާ އެހެން ބުނުމުން އަހަރެންގެ އުއްމީދުތައް ގެއްލެން އުޅޭކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ.
“ދެން، ޝާޔާ ކިހިނެއް ހަދާނީ؟” ޝާޔާގެ ނިންމުމަކީ ކޮބައިކަން ހޯދުމަށް އަހަރެން ސުވާލު ކުރިއިރު އަހަރެންގެ ލޮލުން ކަރުނަ ފޭދިގެން ދިޔައެވެ.
“ރަޔާން……” ޝާޔާ ގިސްލަމުން އަހަރެންނަށް ގޮވާލިއެވެ.
“ޝާޔާ….ބުނެބަލަ” އަހަރެންގެ އަޑުގައިވެސް ވީ ރުއިމާއި ހިތާމައެވެ.
“ރަޔާން…އަހަރެން މައާފު ކުރޭ! އަހަރެންނަށް ދެން ރަޔާން އާއި އެކުގައި ނޫޅެވޭނެ.” ޝާޔާ ރޮމުން އެހެން ބުންޏެވެ.
ބުނާނެ އެއްޗެއް ނޭންގިފައި އަހަރެން ހުއްޓުން އެރިއެވެ. ކޮޓަރިތެރޭގައިވާ ހުރިހާއެއްޗެއް އަހަރެންގެ ވަށައިގެން އެނބުރެން ފެށިކަހަލައެވެ.
“ރަޔާން…..އަޅެ ޕްލީޒް ވާހަކަ ދައްބަލަ…. އަހަރެންނަށް މައާފުކުރޭ. އަހަރެން ރަޔާންދެކެ ލޯބި ނުވަނީކީ ނޫން” ޝާޔާ ރޮމުން ދިޔައެވެ. ވާހަކަ ދައްކާނެހާ ހިތްވަރެއް އަހަރެން ނަކަށް ނުލިބުނެވެ.
“ރަޔާން. ރޮނީތަ؟ އަޅެ ޕްލީސް..ވާހަކަ ދައްކަބަލަ” ޝާޔާ ރޮމުން އާދޭސް ކުރަމުން ދިޔައެވެ.
“ޝާޔާ ދެން އަހަރެންނަށް ނުގުޅާ! އަހަރެން މި އެކަނިވެރިކަމުގައި ނެތިފަނާވެ ގޮސްފާނަން” ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން ގިސްލަމުން އަހަރެން ބުނީމެވެ.
“ނޫން… ޕްލީސް ރަޔާން…” އަހަރެން އެހެން ބުނުމާއިއެކު ޝާޔާ ބާރަށް ރޯންފެށިއެވެ.
އެއަޑު އެހުމަށް ކެތްނުވުމާއިއެކު އަހަރެން ފޯނު ބޭއްވީމެވެ. އަދި އެއްވެސް އިހްތިޔާރަކާއި ނުލާ ގިސްލާ ބާރަށް ރޯން ފެށުނެވެ.
ވެތުވެ ދިޔަ އަހަރުތަކުގައި އަހަރެން ކުރަމުން އައި ފޮނި އުއްމީދުތައް ފެނަށްވީއެވެ. އަހަރެން އެމީހެއްގެ ލޯތްބަށްޓަކައި ޤުރުބާން ވަމުންދިޔަ ޝާޔާ އަހަރެން ދޫކޮށްލީ އަހަރެންގެ އެއްވެސް ކުށެއް ނެތިއެވެ. ޝާޔާގެ މައިންބަފައިން އަހަރެންނާއި ނުރުހުނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ކިބައިން އެމީހުނަށް ފެނުނީ ކޮން ކުށެއްހެއްޔެވެ؟ ކޮން ގޯސް ސިފައެއް ހެއްޔެވެ؟ ޝާޔާގެ މަންމައާއި ބައްޕަ ހަމަ އެކަނި ބެނުންވީ އަހަރެންނަށް ވުރެ ތަނަވަސް މާލޭގައި ގެދޮރު ހުރި މޮޅު މީހަކާއި ޝާޔާ ކައިވެނި ކުރުމަށެވެ. އެކަމުން ޝާޔާ އަށް އުފަލެއް ލިބޭނެ ހެއްޔެވެ؟ އެއްވެސް ކުށަކާއި ނުލާ އަހަރެންނާއި ޝާޔާގެ ހިތް ކުދިކުދި ކޮށްލަން އެމީހުނަށް ކެރުނީ އެމީހުނަކީ މީހުނާއި މެދު ހަމްދަރުދީއެއް ނެތްބަޔަކީ ހެއްޔެވެ؟
މޭޒުމަތީގައި ބޯއަޅައިގެން އޮވެ ރޮމުން ދިޔައިރު އަހަރެންގެ ހިތައް އެތައް ސުވާލުތަކެއް އަރާ ފައިބަމުން ދިޔައެވެ. އަހަރެންގެ އަމިއްލަ ނަފުސާއި ސުވާލުކުރަމުން ޝަކުވާ ކުރެވެމުން ދިޔައެވެ.
26 Comments!
Comments are closed.


vaahaka thankolheh kuru
vaahaka vvv.salhi….but thankolheh kuree
mashakan mi vaahaka akan nuve,, bt vaahaka liyevey varan ibaaraikurun salhi
good
Kuru vahakayakahvureve kuru , but nice
VVV SALHI
Thankolheh kury.. nimun ves kada
Sifakurumuge bai varah kamudhiya. . . You’re doing a great job ! !
Nimmun kada..bt haadhisaa v salhi
yup so short
salhi.. bt thankolhehh kuru..
Nice…but kudakoh kuru
Dhen sAlhi too short ekam
Varah salhi mi site ge vaahaka thah
Salhi. But nimun kada
Varah salhi
Your doing a great job
our doing a gud job.. gud luck..
ehaa eh noon dhen ok ekam.
vvv. reethi ekamu maakuru
Varah salhikoh sifakohfa hury ekamu too short
dhen reechehves noon ehaa kuruveema.
nice happy endingeh genesdin nama v rangalhuvees
Reethi
Reethi vaahaka ehh
vrh kuru…ekamaku salhi..