Skip to content
އެސްފިޔަ

ރަތް މޫނު

‘ރަތް މޫނު’ އަކީ ކޮންމެވެސް، ބިރުވެރި ޚިޔާލީ އެކުވެރިންތަކަކާ އެކު ކުޑަކުއްޖަކު ބަލަހައްޓަމުން ގެންދާ އަންހެން ކުއްޖަކާ ބެހޭގޮތުން ލިޔެވިފައިވާ ބިރުވެރި ހަގީގީ ވާހަކަ އެކެވެ.

…………….

އަހުރެންގެ އުމުރުން ފަނަރަ އަހަރުގައި، ކޮންމެވެސް ވަރެއްގެ އިތުރު ފައިސާ ހޯދުމަށް އަހުރެން ބޭނުންވި އެވެ. އެހެންކަމުން ކުޑަކުދިން ބެލެހެއްޓުމަށް ހަވާލުވުމުގެ މަސައްކަތް އަހުރެން ފެށީމެވެ. އެއް ދުވަހެއްގެ ހަވީރުގައި، އިނދެގެން އުޅޭ ދެމަފިރިއަކު އެމީހުންގެ ކުޑަކުދިންނާ އަހުރެންނަށް ހަވާލު ވެވިދާނެތޯ އެހުމަށް އަހުރެންނަށް ގުޅި އެވެ. ‘ކެއިޓީ’ ނަން ކިޔާ ފަސް އަހަރުގެ އަންހެން ކުއްޖެއް އެމީހުންގެ ހުރެއެވެ. އަހުރެން އެއްބަސް ވީމެވެ. އަދި ކަނޑައެޅިފއިވި ވަގުތަށް އެ މީހުންގެ ގެ އަށް ހާޒިރު ވީމެވެ.

ދެ ބެލެނިވެރިން ނުކުތުމަށް ތައްޔާރުވަމުން ދިޔަ އިރު، އެ މީހުންގެ އަންހެން ދަރިފުޅާ އެކު ކޮންމެވެސް ޚިޔާލީ އެކުވެރިން ތަކެއް ވާ ކަމަށް އެ މީހުން އަހުރެން ގާތު ބުންޏެވެ. އަދި ބައެއްފަހަރު، ރޭގަނޑުގައި، އެ އަންހެން ކުއްޖާ އެ މީހުންނާ ވާހަކަ ދައްކާ ކަމަށެވެ.

“އެކަން ތިބާ ބިރުގަންނުވިޔަ ނުދޭތި،” އެ އަންހެން ކުއްޖާގެ ބައްޕަ ކުޑަ ހިނިގަނޑެއް ޖަހާލި އެވެ.

އެ މީހުން ދިޔުމަށް ފަހުގައި އަހުރެން ކެއިޓީ އަށް ރޭގަނޑުގެ ކެއުން ތައްޔާރު ކުރީމެވެ. އަދި ބައެއް ބޯޑު ކުޅިވަރުތައް އަހުރުމެން ކުޅުނީމެވެ. އޭގެ ފަހުގައި އަހުރެން އޭނާ ފެންވެރުވީމެވެ. އަދި ނިންދެވުމަށް ތައްޔާރު ކުރުވީމެވެ. އަހުރެން އެ ކުޑަ އަންހެން ކުއްޖާ އެނދުގައި ބޭއްވުމަށް ފަހު ގައިމަތީ ރަޖާ އެޅުވީމެވެ. އަދި އަމާން ނިދުމަކަށް އެދި ކޮލުގައި ދޮނެއް ދިނުމަށް ފަހު ބައެއް ސުކޫލު މަސައްކަތްތައް ކުރުމަށް ތިރި އަށް ފެއިބީމެވެ.

ގަޑިއިރެއްހާ އިރު ފަހުން، އަހުރެންނަށް ކެއިޓީގެ އަޑު އިވުނެވެ. އަހުރެން ހީކުރީ އޭނާ އަހުރެންނަށް ގޮވަނީ ކަމަށް ވެދާނެ ކަމަށެވެ. އެހެންކަމުން އޭނާ ދެކިލުމަށް، އޭނާގެ ކޮޓަރި އަށް ވަތުމަށް މައްޗަށް އެރީމެވެ. އޭނާ ނިދާ ކޮޓަރީގެ ދޮރު އަހުރެން ހުޅުވި އިރު، އޭނާ އިނީ އެނދުމަތީގައި ތެދަށް އިށީންދެލައިގެންނެވެ. ހެދުން-އަލަމާރި ވަތްގަނޑާ ވާހަކަ ދައްކަމުންނެވެ. އަހުރެން ޖެހިލުންވެ ހުރެ އެތެރެ އަށް ވަތީމެވެ. ކެއިޓީއާ ދިމާ އަށް ބަލަމުންނެވެ. އޭނާ މަޑުމަޑުން އެއްޗެހިތަކެއް ކިޔާ އަޑު އަހުރެންނަށް އިވުނެވެ. އެކަމަކު އޭނާ ކިޔަމުން ދިޔަ އެއްޗިއްސެއް އަހުރެންނަކަށް ސާފެއް ނުކުރެވުނެވެ.

“ކެއިޓީ؟ ކާކާތަ ތި ވާހަކަ ދައްކަނީ؟” އަހުރެން އެހީމެވެ.

“ރަތް މޫނަކާ އެކު ވާ ފިރިހެން މީހާ އަށް،” އޭނާ ބުންޏެވެ.

ފިނިކަމުގެ އިހުސާސެއް އަހުރެންގެ ކަށިތަކުގެ ތެރެއިން ދުވި އެވެ.

“އެ މީހާ ހުރީ ކޮއްކޮގެ އަލަމާރިތެރޭގައިތަ؟” އަހުރެން އެހީމެވެ.

“ލައްބަ،” އަންހެން ކުއްޖާ ބުންޏެވެ. “އެ މީހާ އަޅުގަނޑަށް ހެއްވާ މޫނުތައް ދައްކުވާނެ ބައެއްފަހަރު.”

“ކޮން ގޮތަކަށް އެ މީހާ ފެންނަނީ؟” އަހުރެން އެހީމެވެ. އަހުރެންގެ އަޑު ތެޅެތެޅެމުންނެވެ.

ކޮންމެވެސް މީހަކު އޭނާގެ ކަރު ބައްދާ ފަދައިން އޭނާ އޭނާގެ މޫނަށް ވައްތަރެއް ގެނުވި އެވެ. އަދި ކުރުކޮށް، ފުންކޮށް ނޭވާ ލާން ފެށި އެވެ.

އަލަމާރީގެ ދޮރު އަހުރެން ޖެހީމެވެ.

ކެއިޓީ އިސްއުފުލާ ބަލައިލި އެވެ. އަދި ރުޅިގަދަވާން ފެށި އެވެ. އޭނާގެ ބޯ ފަޅައިގެން ދާނޭހާ ވަރަށް ހަޅޭއްލަވަމުންނެވެ.

“ދުރަށް ދޭ!” އޭނާ ރޯން ފެށި އެވެ. “ދުރައްދޭ މިހާރު!”

އޭނާ ބަލަމުން ދިޔައީ ސީދާ އަހުރެންނަށެވެ.

“ކެއިޓީ، ހަޅޭއްލެވުން ހުއްޓަބަލަ،” އޭނާ މައިތިރި ކުރުވުމަށް މަސައްކަތް ކުރަމުން އަހުރެން ބުނީމެވެ. “ކާކާތަ ތި ވާހަކަ ދައްކަނީ؟ ކާކު ގާތުތަ ދުރަށް ދިއުމަށް ތި ބުނަނީ؟”

“އެ އަންހެން މީހާ،” އޭނާ އިޖާބަ ދިނެވެ.

“ކޮން އަންހެނެއް؟” އަހުރެން އެހީމެވެ.

“އަބަދުވެސް އަންނަ އަންހެން މީހާ،” ނުތަނަވަސްވެރިކަމުގެ ފުން އަޑެއް ކެއިޓީ ނެރުނެވެ.

“ރަތް މޫނާ އެކު ވާ ފިރިހެން މީހާ ދެކެ އެ އަންހެން މީހާ ގަޔެއް ނުވޭ.”

“އެ އަންހެން މީހާގެ ވެސް ރަތް މޫނެއް ވޭތަ؟” އަހުރެން އެހީމެވެ.

“ނޫން،” އަންހެން ކުއްޖާ އިޖާބަ ދިނެވެ. އަދި އޭނާގެ ދެ ލޯ ބޮޑުވެލި އެވެ. “އެ އަންހެން މީހާގެ ނުހުރޭ މޫނެއް.”

“ކޮންތާކުތަ މި އަންހެން މީހާ ވީ؟” އަހުރެން އެހީމެވެ.

އަހުރެންގެ ހުވަފެންތައް ދާއިމަށް ޝިކާރަ ކުރާނެ ބަސްތައް ދެން އޭނާ ބޭރު ކުރި އެވެ. “މަކުނެއް ފަދައިން ސީލީނުގައި އެ މީހާ ދަނީ ބަޔޯ ޖަހަމުން!”

އެއާ އެކު ކެއިޓީ އޮށޯ އޮތެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ފަހުން އޭނާ އަށް އަވަހަށް އޮތީ ނިދިފައެވެ. ބިރާ އެކު އަހުރެން ދިޔައީ ތުރުތުރު އަޅަމުންނެވެ.

އެ ރޭގައި، ކެއިޓީގެ ބެލެނިވެރިން ގެ އަށް އައި އިރު، އަހުރެން އަދިވެސް ދިޔައީ ބިރުން ކުޑަކުޑަކޮށް ތެޅެމުންނެވެ. ހުރިހާ ކަމެއް ރަނގަޅުތޯ އެ މީހުން އެހި އެވެ. އަހުރެން ދޮގު ހެދީމެވެ. އަދި ހުރިހާ ކަމެއް ރަނގަޅު ކަމަށް އެ މީހުން ގާތު ބުނީމެވެ. އަހުރެން ގެ އާ ހަމަ އަށް ދުއްވައިދޭނެ ކަމަށް ކެއިޓީގެ ބައްޕަ އަހުރެން ގާތު ބުންޏެވެ.

އެ ރޭ އަހުރެން ގެ އަށް ދިޔަ އިރު ވަރަށް ދަމެވެ. އަދި އަހުރެން ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ. އެކަމަކު އެ ގެ އިން ދުރުވެވުމާ މެދު އަހުރެން ހުރީ އުފާވެ އެވެ.

ޖެހިގެން އައި ދުވަހު، އެ ގޭގެ ތާރީޚަށް ބެލުމަށް އަހުރެން ގަސްދު ކުރީމެވެ. އަދި އަހުރެން ސިއްސުވާލި ކަމެއް މާ ދިގު އިރެއް ނުނަގާ ހޯދުނެވެ.

ލިޔުންތަކުގައި ބުނާ ގޮތުން، އެ ގޭ އެއް އިރެއްގައި މިލްކު ވެފައި ވަނީ ހަތަރު މެންބަރުންގެ އާއިލާ އަކަށެވެ. އާއިލާގެ ބައްޕަ އަށް، އޭނާގެ އަންހެނުން އޭނާ އަށް ކެހިދެމުން ދާ ކަން ހޯދުނެވެ. އަދި އަންހެނާ އަށް އެ މައްސަލައާ ކުރިމަތިލުމަށް ފާޅުކުރުވި ހިނދު، އޭނާ ބޭނުންވަނީ ވަރިވުން ކަމުގައި ފިރިހެނާ ގާތު އަންހެނާ ބުންޏެވެ. ރުޅިގަނޑުގައި ފިރިހެން މީހާ އުދުއްސައި ގަތެވެ. އަދި މަރާލުމުގެ ކުއްލި ހަރުކަށި އަމަލުވެރިކަމުގެ ވަގުތުކޮޅަކަށް ދިޔަ އެވެ. ދިރި ހުއްޓާ އަންހެން މީހާގެ ހަންގަނޑު ނައްޓުވާ، އަދި މަރުވުމާ ހަމަ އަށް އޭނާގެ ދެ ދަރިންގެ ގައިގައި ތަޅާ ޖަހަމުންނެވެ. އޭނާ އަށް އޭނާގެ ހިއްސުތަކަށް އާދެވުމަށް ފަހު، އަދި އޭނާ އަށް މި ކުރެވުނު ކަންތަކާމެދު ރޭކާލެވުމަށް ފަހު، މަތީ ބައިގައި ވި ކޮޓަރީގެ އަލަމާރި ތެރޭގައި އޭނާގެ ނަފުސު އެލުވާ ދަންޖެހުނެވެ.

އެ އަލަމާރި… ލެއިން ރަތް ވެފައިވާ، އެ ރަތް މޫނު… ވަޔަށް އެދި ފުންކޮށް ނޭވާލުން… އެ މޫނަކާ އެކު ނުވާ އަންހެނާ…

މި ދެ ހާދިސާ ވަނީ މާ ބޮޑަށް ވެސް ގުޅިފަ އެވެ. އަލުން، އެ މީހުންނަށް އެ މީހުންގެ ދަރި ބެލުމާ ހަވާލުވުމަށް އަހުރެން ދެކޮޅު ހެދީމެވެ. މަދު މަސްތަކެއް ފަހުން، އެ އާއިލާ ދުރު ތަނަކަށް ބަދަލުވި އެވެ. އަދި މިހާރު އެ ގޭ ހުންނަނި ފަޅަށެވެ.

…………………………………………………………………………….

ނޯޓު: މިއީ ތަރުޖަމާ ކުރުމުގެ ތެރެއިން ކުރެވިފައިވާ މަސައްކަތެކެވެ.

Comments (10)

  1. Aashoo

    Bahun bahah tharujama kurevifa hurumuge sababun baeh thankolhu hama nujehey. Man with a red face dhivehi bahah tharujama kuranya liyaany. Raiy moonuge veri firihen meeha

    1. SnakeEyes
      Aashoo

      Thanks for the opinion.

  2. Poor me..

    Oh god?.. Mioh fadha reygandu mikiunee konkahala vahaka eh.. Dhen mirey nunidheyne.. Alamaariah belenee.. Hih thelhey eba.. Birun.. Ekam vahaka hama habeys… Salhi..

  3. i_far

    Birun halaakuvehjje

  4. aysh

    vrh salhi vaahaka eh…

  5. Shifa

    Salhi aikam vara biruvari

  6. need

    NICE TORY

  7. nihan

    Vaahaka salhi…Ekm hama nujehey than than varah gina

  8. Anonymous

    NICE STORY !!!

  9. AIRAA

    beautiful story…i loved it….

Comments are closed.