ފުން ލޯބި (18)
އަނެއްކާ ހައިކަލް އިންޑިއާއަށް އައީ ހެއްޔެވެ. އަހަރެން ފަހަތް ބަލާލީ މީހަކު ހުންނާނެ ކަމަކަށް ނޫނެވެ. ފަހަތުގަ އަހަރެނަށް ބަލަހައްޓައިގެން މެދު އުމުރުގެ މީހަކު ހުއްޓެވެ. ހައިކަލް އަކީ މިހާ އުމުރުން ބޮޑު މީހެއް ކަމެއް ކުރިއަކުން އަހަރެންނަކަށް ނޭންގެއެވެ.
ބޮލުގައާ ތުނބުޅީގަ ކޮންމެސް ވަަރަކަށް ނުރަ ޖަހާފަވިޔަސް އެ މޫނު މަތިން އަދިވެސް ޒުވާންކަން ފާޅުވާން ހުއްޓެވެ. ޔާނުއާ ވައްތަރު ގޮތެއް ހުރުމުން ހައިކަލްކަން އަހަރެންނަށް ޔަގީންވިއެވެ.
” ހައިކަލް” އަހަރެން ދުވެފަ ގޮސް ހައިކަލް ގައިގަ އޮޅުލައިގަތީމެވެ. ވީ އުފަލެއްގެ ބޮޑު ކަމުންނެވެ. ހައިކަލްގެ ސޫރަ ދެކޭ ހިތުން އަހަރެން ހުރީ ކެތް މަދުވެފައެވެ. ހައިކަލްް އަހަރެންނަށް ވުރެ އުމުރުން ކިތަންމެ ބޮޑު ނަމަވެސް ފަރުވާލެއްނެތެވެ. މީހާގެ ސޫރަ ކޮންމެ ގޮތަަަށް ހުއްޓަސް ހިތްހެޔޮ ވިއްޔާއެ ނިމުނީއެވެ. ރީތި ކަމަކީ ހަމައެކަނި ބޭރުފުށުގެ ރީތިކަމެއް ނޫނެވެ. އަހަރެން ހައިކަލް ކޮންމެ ގޮަތަކަށް ހުއްޓަސް ލޯބިން ބަލައިގަންނާނަމެވެ.
” ޔަލްވީ ތީ ކޮންކަމެއް” ގެޔަށް ވަދެގެން އައި ޔާނުއަށް އެ މަންޒަރު ފެނިގެން ބާރަށް ބުނެލިއެވެ. ޔާނުއަށްވެސް އަހަރެންގެ މި އަމަލުން އަސްރުކުރީތާއޭ ހިތަށްއެރިއެވެ.
އެވަގުތު އެމީހާ ހީގަތް އަޑުއިވުނެވެ. އެއީ ހައިކަލްގެ އަޑު ނޫންކަން ޔަގީން ވުމުން އަަހަރެން އޭނަ ދޫކޮށްލީމެވެ.
” ޔަލްވީ ހީ އިޒް މައި ޑޭޑް.. ވަޓްސް ރޯންގް ވިތު ޔޫ.. ތިހާ ދަށު ދަރަޖައަށް ވެއްޓެން ޖެހޭތަ.. ކާކުތޯ ބަލާލާފައެއްނު ތިހެންގޮސް ގަަޔަށް އަރައިގެންނަން ވާނީ..” ޔާނުގެ އެ ބަސްތަކުން އަހަރެންގެ ހިތުގަ ޖެހުނެވެ. އެއީ އަަހަރެންވެސް ގަސްތުގަ ކުރި ކަމެއް ނޫންވިއްޔާއެވެ. އަދި އުމުރުގަވެސް ހައިކަލް ދެކެފަ ނުވާތީ އަހަރެންނަށް ހައިކަލް ވަކި ކުރަން ނޭންގުނީއެވެ. ކުރެވުނު ކަންތަކާ އަހަރެން ދެރަވެ ލަދުގަތެވެ. ދެން ނައީމާއްތަމިނަށް ދައްކާނީވެސް ކޮން މޫނެއް ހެއްޔެވެ.
” ހެހެ… ހަމަ އެހާ ހައިކަލްއާ ވައްތަރީތަ.. ޔާނު ދަރިފުޅާ އޯކޭއޭ.. ޔަލްވީއަށްވެސް ނޭންގެ އެއްނު އެއީ.. ދަރިފުޅު މަންމަ ކިޔާދިނޭ ހައިކަލް ޔަލްވީ ގޮވައިގެން އައިސް އުޅޭވާހަަކަ ” އަހުމަދުބެ އަދިވެސް ހެނީއެވެ.
” މަށަކަށް އޯކޭ އެއްނޫނޭ.. އެދެން ބޮޑުވަރު.. މީ ތިމާގެ އަމިއްލަ ގެޔެއް ނޫންވިއްޔާ ބޭނުންހާ ވައްތަރަކަށް އުޅޭކަށް..” ޔާނު ހަރުކަށިކަމާއެކު ބުނެލިއެވެ.
” ޔާނު.. ތީ ކޮންކަމެއް ދަރިފުޅާ… ދަރިފުޅު ބައްޕަވެސް އެބުނީ އޯކޭއޭ.. ދެން ކޮން ރުޅިއެއް އެމަންޖެދެކެ ތި އަންނަނީ..” ނައީމާއްްތަ ބުނެލިއަޑު އިވުނެވެ.
ނަމަވެސް ޔާނުގެ އެ ޖުމްލަ އަޑު އިވުމުން އަަހަރެން ގޭގަ ހުންނަންވެސް ބޭނުމެއް ނުވިއެވެ. އެއްވެސް މީހަކާ ވާހަކަވެސް ނުދައްކާ އަހަރެން ބޭރަށް ނިކުތީމެވެ. މަންޒިލެއް ނެތި ހިނގަމުން ދިޔައީމެވެ. އަހަރެންނަށް ކުރެވުނު ކަންތަކާ އެހާ ލަދުގަންފަ ހުއްޓާ އަނެއްކާ ޔާނުވެސް އެންމެން ކުރިމަތީ އަހަރެން ލަދުގަންނަވާލީއެވެ. މަގުމަތީގަ ނިދަން ޖެހުނަސް ދެން އެގެޔަށް ނުދާން އަހަރެން ނިންމީމެވެ. ޔާނު އަހަރެން ދެކެ ހަމަ އެހާ ރުޅި އަންނަންޖެހޭ ހެއްޔެވެ؟ އެހާ ރުޅި އަންނަންޔާ ދެރަވެފަ މާފަށް އެދެންވީ ކީއްކުރަން ހެއްޔެވެ.
ހިޔާލް ތަކުން ބޭރު ވެވުނީ ފޯން ރިންގްވާ އަޑަށެވެ.
” ހަލޯ.. ހައިކްވެސް ކޮންމެހެން އަަހަރެނަށް ގުޅާނެ ކަމެއްނެތް.. މީ ހުސް ހައިކްއާ ހެދީ ވާ ކަންތައްތައް.. ” ހައިކަލް ދައްކާނެ ވާހަކައަކަށް ބަލާލުމެއްނެތި އަހަރެން ފޯން ކަނޑާލީމެވެ.
ހައިކަލް ހުއްޓާނުލާ އަހަރެންނަށް ގުޅަމުން ދިޔަ ނަމަވެސް އަހަރެން ފޯނެއް ނުނަގަމެވެ. ފުދޭ ވަރަކަށް ހިނގުމަށްފަހު އަހަރެންނަށް ފަހަތް ބަލާލެވުނީ ފަހަތުން ބަޔަކު ވާހަކަ ދައްކާއަޑު އިވެންފެށުމުންނެވެ. އޭރު ތިން މީހުންގެ ގުރޫޕެއް މަގު އެއްފަރާތުގަ ތިބެ އަހަރެނަށް ބަލާފަ ކޮންމެސް އެއްޗެއް ކިޔަމުން ދިޔައެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. މިހުރެވެނީ ކޮން ހިސާބެއްގަ ކަމެއްވެސް ނޭންގެއެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލެވުނުއިރު މި ހުރެވުނީ ގެތަށް މަދު ހިސާބެއްގަކަން އިނގުމުން ކުރިއަށްވުރެ ބޮޑަށް ހިތަށް ބިރުވެރިކަން ވަނެވެ. އަހަރެން ޖީބުން ފޯނު ނަގައިގެން ހައިކަލްއަށް ގުޅަން މަސައްކަތް ކުރީމެވެ. އޭރު ހައިކަލްގެ ދިހަ ކޯލް މިސްވެފައިނެވެ.
” ހައިކް.. ޕްލީސް ސޭވް މީ.. އައި ޑޯންޓް ނޯ ވެއާ އައި އޭމް.. މިތާ އެބަތިބި ފާޑެއްގެ ބައެއް.. އެމީހުން ރަށުބަހުން ފާޑެއްގެ އެއްޗެެހިތަކެއްވެސް އެބަ ކިޔާ.. ބިރުގަންނަނީ… އަޅު މިތާ ކައިރީ ވަރަށް މަދުން ގެވެސް ހުރީ.. ” އަހަރެން ހަސްވެފަހުރެ ބުނެލީމެވެ.
” ވަޓް.. ޖަސްޓް ކާމް ޑައުން.. ތި ހިސާބުގަނޑު ބަލާލާފަ ބުނެބަ ފެންނަން ހުރި ތަ……..” ހައިކަލްގެ ޖުމްލަ ނުނިމެނީސް ފޯން ކެނޑުނެވެ. ޗާޒް ހުސްވެގެން ފޯނު ނިވުނީއެވެ. އެވަގުތު އެތަނުން އެކަކު އަަހަރެން ފަހަތުން އަންނަތަން ފެނުމުން އަހަރެން އިތުރަށް ބިރުގަތެވެ. އެމީހާ އަތު ނުޖެހެންވެގެން ހުރި ބާރަަކަށް ދުއްވައިގަތުުމުން އެމީހާވެސް އަހަރެން ފަހަތުން ދުއްވައިގަތެވެ. ގަތް ބިރުން ހީވަނީ މޭ ގަނޑު އަތަށް އައިސް ދާނެހެނެވެ. އެ މީހާ ރަށުބަހުން ކޮންމެސް އެއްޗެކޭ ކިޔާފަ ހަޅޭލަވަމުން އަހަރެން ފަހަތުން އާދެއެވެ. އަހަރެން ދުވެފަ ގޮސް ފުރަތަމަ ޖެހުނުގެ ކައިރީ މަޑުކޮށްލާފަ އެގޭ ދޮރު ތަޅައިގަތީމެވެ. އޭރު އެ ފިރިހެންމީހާއައިސް އަހަރެންނާ އަރާ ހަމަ ވަނީއެވެ. އަހަރެން ކުރިޔަށް ވުރެ ބާރަށް ދޮރުގަ ޖަހަންފެށީމެވެ. އެވަގުތު އެ ފިރިހެންމީހާ އަހަރެންގެ ކުރި މައްޗަށް ހުއްޓުނެވެ. އަދި އަހަރެންނާ ދިމާލަށް ޕާސްޕޯޓެއް ދިއްކޮއްލިއެވެ. އަހަރެން އެ ޕާސްޕޯޓް ބަލާލިއިރު ވީ އަހަރެންގެ ޕާސްޕޯޓަށެވެ. އަހަރެންގެ ޕާސްޕޯޓް އޭނައަށް ލިބެންވީ ކީއްވެ އެއްޔެވެ. އެވަގުތު އަހަރެން ހަނދާންވީ ހޮސްޕިޓަލްއިން ޑިސްޗާޖް ކުރިގަަޑީގަަ ޕާސްޕޯޓް ބޭނުންވެގެން ނަގާފަ އެ ޖީބަށް ލެވުނު ހަދާނެވެ. އެހެންވީ އިރު ފޯނު ނެގި ގަޑީގަ ވެއްޓުނީ ތާއޭ ހިތަށް އެރިއެވެ. އެމީހާ އާ ދޭތެރޭގަ އެހާ ނުބައިކޮށް ވިސްނުނު ކަމަށްޓަކައި އަހަރެން ދެރަވިއެވެ.
” ތޭންކްސް” ޕާސްޕޯޓްގަ ހިފާލަމުން އަހަރެން ބުނެލީމެވެ. އޭނައަށް އަހަރެން ބުނި އެއްޗެއް ނޭންގިގެން ބަލަން ހުއްޓެވެ. އެޔަށް ފަހު ހިނދީ އެގޭހޭ އަހާލުމުން ކޮންމެވެސް ވަރަކަށް އިނގޭ ކަމަށް ބުނެލިއެވެ.
” އަހަރެންނަށް ފެނުނީ ފޯނު ނެގި ގަޑީ މި ވެއްޓުނުތަން.. އެހެންވެ މި ދޭންވެގެން އައީ.. އިނގޭ އެހެން އެއްޗެކޭވެސް ހީކޮށްފާނެކަން.. އެހެންވެ ގޮވާލާފަ ބުނީވެސް.. ހީކުރީ މިހިސާބުގަނޑު ކުއްޖެއްކަަމަށް” އެމީހާ ހިންދީ ބަހުން ބުނެލިއެވެ.
” އަހަރެންނަށް ފެނުނީ ކުރިން ތިމީހުުން ކޮންމެވެސް ވާހަކައެއް ދައްކާތަން އަަހަރެނަށް ބަލާފަ.. އެހެންވެ ނުބައިކޮށް ވިސްނުނީ.. ވަރަށް ބޮޑަށް ޝުކުރިއްޔާ މިގެނެސް ދިނީމަ..” އަހަރެންވެސް ހިންދީއިން ބުނެލީމެވެ. މާ ރަނގަޅަށް ވާހަކަ ދައްކަން ނޭންގުނަށް ކޮނެްމެސް ވަަރަކަށް ހިންދީއިނގޭތީ ވާހަކަ ދެކެވޭ ވަރުވިއެވެ.
” އާން އަސްލު އެފަހަރު އެމީހުން ބުނީ ކޮން ކުއްޖެއްހޭ މިގަޑީ އެކަނި އެދަނީ.. އެހެން ދާކަށް ނުވާނެ އެއްނުންހެއްޔޭ އަންހެންކުއްޖެއް އެކަނި.. ވެދާނެ އޭ މަގުއޮޅިގެން ކަމަށްވެސް..” އެމީހާ ކިޔާދިނެވެ. މިފަދަ މާތް މީހުން އަދިވެސް ދުނިޔޭގަ އުޅޭހެއްޔޭ ހިތަށް އެރިއެވެ. އަހަރެން ގެޔަށްދާން ނޭންގޭ ވާހަކަ ބުނުމުން އެމީހާ ގެ ހުންނަތަން އެހިއެވެ. ގެ ކިޔާދޭނެ ގޮތްވެސް އަހަރެންނަކަށް ނޭންގެއެވެ. އެވަގުތު ހަނދާންވީ ގެ އިންނަ މަގުގަ މޮޑު ޝޮޕިންމޯލްއެއް އިންނަ ހަނދާނެވެ. ގެޔަށް އައި އިރު އެތަން ފެނިގެން ނައީމާއްތަ ކައިރީ އެހުުމުން އެއްދުވަހު ޝޮޕިން ކުރަން އަންނަންވާނޭވެސް ބުނެލިއެެވެ. އަހަރެން އެމީހާއަށް އެތަން ކިޔާދިނުމުން އެ މަގާ ހަަމަޔަށް އެމީހާ އަހަރެން ގެންގޮސްދިނެވެ. އަހަރެން އެމީހާއަށް ފައްފަށުން ޝުކުރުއަދާކުރުމަށްފަހު ގެޔަށް ދިޔުމަށް މިސްރާބު ޖެހީމެވެ. އެވަގުތު ހައިކަލް މަތިން ހަނދާންވިއެވެ. މިހާރު ހައިކަލް އަހަރެނަށް ނުގުޅިގެން ހާސްވެގެން އުޅޭނެ ކަން ޔަގީނެވެ. ހައިކަލް ހީކުރާނީ އެމީހުން އަހަރެންނަށް ކަމެއްކުރި ކަމަށް ކަންނޭންގެއެވެ. އަވަހަށް ގެޔަށް ވަދެ ޗާޖް ކޮށްލައިގެން ހައިކަލްއަށް ގުޅާނީއެވެ. އަހަރެން ގެޔަށް ވެންނި އިރު ސިޓިން ރޫމްގަ ނައީމާއްތައާ ޔާއްކޮ އިނެވެ.
” ޔަލް… އާ ޔޫ އޯކޭ… ވަރަށް ހާސްވެފަ މިތިބީ.. ތިއްތިމެން ގޮސްފި ޔަލް ހޯދަން ގުޅާފަ އެހެން ބުނީމަ…” ޔާޝާއަށް އަހަރެން ފެނުމުން އައިސް ބުނެލިއެވެ.
” ޔެސް އައިމް ފައިން.. ހައިކްއަށް ގުޅާފަ ބުނޭ އައި އޭމް އޯކޭ އޭ.. ގެޔަށް އައިސް ފިޔޭ..” އަހަރެން އެހެން ބުނެފަ ދިޔައީ ކޮޓަރިއަށެވެ. ނާއީމާއްތަ އެއްޗެއް ބުނުމުގެ ކުރިން އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އަދި ފޯނު ޗާޖަށް ޖެހުމަށް ފަހު އަހަރެން އެއްޗެހި ޕެކްކުރަން ފެށީމެވެ.
” ޔަލް ދަނީތަ” ޔާޝާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.
” ހޫމް.. ސޮރީ ޔާއްކޮ ނޮޓް އިން އަ މޫޑް ޓް ޓޯކް ޓް އެނީވަން” އަަހަރެން ހުރީ އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުންވާ މޫޑެއްގަ ނޫން ކަމުން އެހެން ބުނެލާފަ އަހަރެން ފޮށިހިފައިގެން ޗާޖަށް ޖަހާފަ އޮތް ފޯނު ނަގައިގެން ކޮޓަރިން ނިކުތީމެވެ.
” ޔަލް ދަނީތަ..” ނައީމާއްތަ ވެސް އަހަރެންނާ އެސުވާލު ކުރިމަތި ކުރުވިއެވެ. ދަނީ ކަމަށް ބުނެފަ އަހަރެން ފޮށިހިފައިގެން ބޭރަށް ނިކުތީމެވެ. ނަސީބުވެސް އަހަރެންނަށް އެހީވެދިނީއެވެެ. ނިކުތް ތަނުން އޮޓޯއެއް ލިބިއްޖެއެވެ. އޮޓޯއަށް އަރާފަ ފުރަަތަމަ އަހަރެން އޭޓީއެމް އަކަށް ގޮސް ލާރި ނެގީ މިވަގުތު އަތުގަ ލާރިނެތީމަ ދަތި ވާނެތީއެވެ. އެޔަށް ފަހު ކައިރީ ހުރި ގެސްޓް ހައުސް އަކަށް ގެންގޮސް ދިނުމަށް ބުނީމެވެ. ނަސީބަކުން އެ ގެސްޓް ހައުސްއިން ރޫމެއްލިބުނެވެ. އަހަރެން ރޫމަށް ވަދެ ހަމަޖެހިލަމުން ފޯނު ބަލާލިއިރު ފޯނު އޮތީ އަދިވެސް ނިވިފައެެވެ. އަހަރެން ފޯނު ހުޅުވާލީމެވެ. އޭރުވެސް ހައިކަލް ގުޅަނީއެވެެ.
” ޔަލް ކޮންތާކަށް ތި ދިޔައީ.. ނުވެސް ބުނަމެއްނު.. ހާދަ އިރެއްވެއްޖޭ ނުގުޅިގެން އުޅޭތަން” ހައިކަލް ވާހަކަ ދެއްކި ގޮތުންވެސް އޭނަ ހުރީ ވަރަށް ހާސްވެފަކަން އަަހަރެންނަށް އިނގުނެވެ.
” ހައިކް އައި އޭމް ސޭފް.. މިހުރި ތާގެ އެޑްރެސް މި ޓެކްސްޓް ކޮށްލަނީ.. ކަމް ހިޔާ އައި ވިލް ޓެލް ޔޫ އެވްރީންގް” އެހެން ބުނުމަށް ފަހު އަހަރެން ރިސެޕްޝަންއަށް ގޮސް މިތާ އެޑްރެސް ހޯދައިގެން ހައިކަލްއަށް މެސެޖް ކޮށްލީމެވެެ. ހައިކަލްގެ އިންތިޒާރުގަ އިންދާ މީހަކު ބެލް އަޅާލިއަޑު އިވުނެވެ. އަަހަރެންގެ ހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ.
ނުނިމޭ 
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
102 Comments!
Comments are closed.





Varah gina kudhin mirey adhi eh part genesdheyn request kuryma genes dhin part eh mee. ? Hope you All will like this part ?? Good night All ?
Thenx… v obi ingey…
Thankx Nish ?
thanks… v salhi mi part ves ?
n next part avas koh up kohdhechey..☺?
Thankx 404Error ?
Awlhey , Vrh rythi ?
Thankx pretty angel ?
Thanks v rythi masha allah ekam mi prt haadhakurey n waitin waitin
Thankx Khajja ?
Kaakubaa e aee dhw?…Varah reethi…next prt avahah up kolla dheythi…
Thankx pinker ? Keep on reading ?
Alhey. Emme reethi hisaabun e nimuny. Aneh bai kiyaa hithun keh madhuvefa. Pls adhi ehbai miadhu genesdhehchey
Thankx Aayath ? In Sha Allah miadhu upkohdheynan ?
Pretty vvv bodah thenkx rey upkolla dheyne hen hervaathee 1.madukurin vvsalhi hykal aa yal bahdhal vaahisaab rey unnaane kamah heekurn thankolhekkureedhoa akamives ok daily kn upvnyaam vv??????
Thankx R….M ? Sorry ingey las v ma. Rey lahun college nimuny.. ehnve ais liye ninmaafa upkurevunu gadi ae ?
Thankoooooooooooo pretty?????…waitin for next part
Thankx Axee ?
Nice story..alhe mivaahaka liyaa meehak thankolheh ginain genesdevidaanetha…pls..mee requesteh..hama emme salhi hisaabun ninmaalaafa pls ..mivaahaka fothehge sifaiga nereykah hiyaaleh nehtha..pls..pls..varah kiyaa hiy vey..
Thankx Reen ? Will try my best ? Adhi book eh nereyhaa molhakah nuliyevey.. ^-^
thnx pretty next part avas kohlahchey ingey
Thankx Lara ?
V salhi
Thankx Asra ?
Pretty v bodah shukurihay. V v v reethi mi paatves
Thankx Rozaina ?
Haada salhiye mi story next part avaha up koladeythi thanks pretty
Thankx ms ?
Miadhu libeyne dhw adhi part eh kiyaalan..
In Sha Allah ?
Hikal male ga huri meehe kairi keeveba e buny e thanah annaashey????????????
Haikal Male’ga eh nuuney hurey. Hykal yal ah surprise dheyn India ah gos hury.. yalvee geyah anna thanun yaakko e bunynu thihthimen v hoadhan gos ey. Ethanun yalvee ah ingeyni hykal indiaga hurikan.
Alhe smile vaahaka nukiyaatha thi commnt kuree.. rangalhah kiyaalabaa. konthaaku othy hikal male’ huri vaahaka
v v v reethi
Thankx mine ?
kon irakun aneh part genes dheyni? varah kiyaa hiy vejje
In Sha Allah miadhu nuuni mirey upkohdheynan.. Exact time bunaakah neynge ekam. ?
Alhe nxt part up kollah hey avahah kiaa hihvani
Thankx kudee?
haik vy bappa bali vegen ethanu.. hadha olhun bolhun veyey eba e thnkolhu can anyone explain
haikal bappa balivegen Male’ga v.. Dhen mihaaru bappa rangalhu vahaka inehnu.. so yalvee ah surprise eh dheyn india ah ai hen heevany
aharennah hyvanee dhen anna episodega hikal india ah aigoi ingeynehen dhw pretty
Keep on reading you will find it out from 19th part \?
Vrh vrh reethi vahakaeh..❤
Thankx Jeekko?
Alhe hiy thelhey eba.. heheh haik n yal ingey gulhuvan vaanee
Thankx Faathee ?
Ohhh wow..this story is amazing..??varah lwbi.. ❤Pretty dhn avahah yalvee ahh haikal fehna gotheh hadhaaba.. Waiting..????
Thankx barinless.. 19th part in fennaane ?
alhey adhi ehbai plx
Uploaded ?
V v reethi.. alhey dhn annehbai plxx
Thankx Xulai ?
V v v furihama v v v kiyaahithun mohurii vaskohhdeythi igey
Thankx rim ?
Ekamaku Yalvyyyy, den thi hih obinothas thidhen boduvaru, aharen hiyeh nukuran Yal aharen dheke thihaa loabi vaa kameh.
Pretty ekamu mibai haadha majaley, Yal moyavee dhw enme fahun ??
thankx hykal ?
Wow… v nice pretty…. waiting waiting
Thankx Bumbi ?
#Pretty waiting igey ??
Thankx Lathu ?
Ehves vaahaka eh up nuve miyadhu ????? so bored
Alhey.. mihaaru innaane upkohlaafa ?
PLX UP KOHDHYBA VAAHAKA
Uploaded ?
Pretty avas khba.. kiyaahithun hureveny eh nooney
Uploaded ?
Mivaahaka up veythw balaa balaa mihaaru 4nuge huri datakulhu vs husvehje ehaa varah belyeba mivaahaka up vey thw
Thankx sanu.. So sorry Data hus v ma ?
varah reethi waiting for next part ???
Uploaded ?
Plx next part up kodhee bala
Uploaded ?
Kobaatha miadhu vaahaka up kuraa kudhin ??? Pretty ??? ????
Uploaded ?
V Salhi..ekm thankolheh kury part…. Waiting for next part…
THankx Xenn ?
Next part kndhuvahakun???avas kohlladheeba plx
Uploaded ?
ALheyyy..cant wait anymore..pls avass koh up kohhla dheeba..i wanna read 19th vana episode avasskoh…pls pretty
Uploaded ?
Knirakuntha dhen in paat genesdhevayny pretty mihaaru kiyaahithun keh kurevenee ehves noon
Dhww alhe rozainaa mashaa vaahaka dhahhkaalabala
foohi vegenney mi ulheni
Dhww alhe rozainaa mashaa vaahaka dhahhkaalabala
foohi vegenney mi ulheni??
Thankx Rozaina ?
Kon irakun story up vanii
Uploaded ?
Guys i will upload 12 haairu In Sha Allah.. Adhi mi nimuny college in.. Ekam 12ge kurin liye nimijiyya eyge kurinves upkohdheynan. ^-^
Thnxxxxxx pretty??waiting…….
Uploaded ?
Waiting hama
Uploaded Thankx Eller ?
Waiting ??
Uploaded ?
Waiting…
Uploaded ?
Alhey….hehe..
?
Mivaahaka furathamadhuvahussure ebakiyan ehenihen vaahakathakaa mulhinves thafaathu V kiyan hih vejje thanks pretty???
Thankx Khadheeja ?
Balaaba magey Yal haadha birukudaey dhwwww, e ohbodu India ah gosfa evves bireh nethi hama ekani maa ekani e ulhenee, aharen annan dhen maduves kohnuli, kulhadhaana manje eh ingey thee?
Hehe dhw hykal ?