Skip to content
އެސްފިޔަ

ސާދަ ފެބުރުއަރީ

މީ މި ސައިޓަށް އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ އެވެ. އަދި އަޅުގަނޑު ލިޔުނު ފުރަތަމަ ވާހަކަ ވެސް މެއެވެ. ފާޑު ކިޔުމަކީ އަޅުގަނޑު ގެ ކުރި އެރުމެވެ. އެހެން ކަމުން ބިނާ ކުރަނިވި ފާޑު ކިޔުން ތައް އުފަލާއި އެކު އަޅުގަނޑު ބަލައި ގަންނާ ނަމެވެ. ޝުކުރިއްޔާ.

ގަޑިން ބާރަ ޖަހަން ދެން އިނީ އެންމެ ފަސް މިނެޓެވެ. އުނޫޝާގެ އަސަރު ގަދަ އަޑުން ކިޔައި ފައިވާ މީ ލޯބި ވެރިންގެ ރެޔޭ، މީ އިޝްޤު ގެ މަންޒިލެކޭ، އާދޭ އުފާ ހޯދަން، މި ޒުވާން ކަން މާދަމާ ނެތިދާނޭ ޔާރުނޭ…. ލަވަ އިން ސީކުރެޓް ރެސިޕީ ތެރެ ވަނީ އެއް އަޑަކަށް ގުގު މާލައި ފައެވެ.

ހީވަނީ ހަމަ އެރެޔަށް ޓަކައި ސީކުރެޓު ރެސިޕީ ރެސްޓޯރެންޓު ވެސް ތަތްޔާރު ކޮށްފާ ވާ ހެންނެވެ. ފަނޑު އަލި ކަމެއް  ތަނަށް ވެރި ވެފައި ވާ އިރު ކަޕުލްސް ކަޕުލްސް އަށް ތިބެވޭ ގޮތަށް މޭޒު ތައް ވަނީ އަތުރާ ލެވިފަ އެވެ.

އަހަރެންނާ އަޒަލް ވެސް ތިބީ ސީކުރެޓު ރެސިޕީ ތެރޭގައި ވަކިން ބައިން ދާފައި ހުރި މޭޒެއް ކައިރީ ގައެވެ. އޭރު  ދެތިން މޭޒެއް ކައިރީ އިތުރު ކަޕުލްސް ތަކެއް ވެސް ތިއްބެވެ.

މީ އަހަރެން އަޒަލް އާ މި ފަދަ ގޮތަކަށް ބައްދަލު ވި ފުރަތަމަ ފަހަރެވެ. ރައްޓެހި ވެގެން މި ވީ މަހެއް ހާ ތެރޭގައި އަދި ދިމާވެފަ އެއް ނެތެވެ. އެކަމަކު ގުޅާ ކޮންމެ ފަހަރަކު ވެސް ބައްދަލު ވާން އަޒަލް އެދެއެވެ.

ނަމަވެސް ކޮންމެ ފަހަރަކު ވެސް ފަހުން ފަހުންނޭ ކިޔާ އަހަރެން ހަމަޖައްސައި ލަނީއެވެ. ގޯސް މީހަކަށް އަޒަލް ވެދާނެތީ ހަމަ ފަސް ޖެހެވެނީ އެވެ.

އެހެނަސް މިރޭ އަހަރެން އަޒަލް އާ ބައްދަލު ވުމަށް ހިތް އެނދުނީ ކީއްވެ ކަމެއް ވެސް ޚުދު އަހަރެން ނަކަށް ވެސް ނޭން ގެއެވެ. އެހެނަސް އަހަރެންނަށް އެނގޭ ހާ ވެސް ކަމަކީ އަހަރެން އަޒަލް ދެކެ ލޯބިވާ ކަމެވެ. ނޭންގޭ ކަމަކީ އަހަރެންނާ ދޭތެރޭ އަޒަލް ގެ ހިތުގައި އޮތް އެއްޗެކެވެ.

ލަދު ރަކި ގޮތަކަށް އިސްޖަހައި ލައިގެން އަހަރެން އިން އިރު އަހަރެންގެ އެއް އަތް އޮތީ އަޒަލް ގެ އަތު ތެރޭގަ އެވެ. އަހަރެންނާ އަޒަލް ގެ މެދު ގައި އިތުރު ވާހަކަ އެއް އެވަގުތު ނުދެކެވުނަސް ދެމީހުން ވެސް އައީ ހަރަކާތުން ބޭނުންވާ މެސެޖު ފޯރު ކުރަމުން ނެއެވެ. ހަމަ އެހެންމެ ބާރަ ޖަހަން ކައިރި ވަމުންދާ ވަރަކަށް އަހަރެންގެ ހިތް ވެސް އައީ އަވަސް ވަމުންނެވެ.

ބާރަ ޖެހިކަން އަޒަލް ގެ އަތުގައި އަޅާފަ އޮތް ގަޑިން އިޢުލާން ކުރުމާ އެކު އަޒަލް ގޮނޑިން ތެދުވެ ހެޕީ ވެލެންޓި އެންސް ޑޭ ބުނެ ޖީބުން ނަގާ ދިއް ކޮށްލީ ގަދަ ރަތް ކުލައިގެ ރީތި ފިނިފެން މަލެކެވެ.

އެވަގުތު އަހަރެންނަށް އުފަލުން ގޮސް ދެ އަތް އަނގަ މަތީ ގައި އެޅުނެވެ. އަޒަލް ވެސް އަހަރެން ދެކެ ލޯބި ވާކަން އެނގު މުންނެވެ.

އަހަރެން ހީކުރި ފަދަ ގޯސް މީހަކަށް އަޒަލް ނުވީތި އަހަރެން އުފާވިއެވެ. އަދި ތެންކިޔޫ އޭ ކިޔައި އަހަރެން އަޒަލް ގައިގަ ބައްދައި ލީމެވެ.

*** *** ***

ކެއުމަށް އިންސާފު ކުރުމަށް ފަހު ސީކުރެޓު ރެސިޕީ ތެރެއިން ނުކުމެ ދެމީހުން މަޑު މަޑު ހިނގުމެއްގައި އެކި އެކި ވާހަކައިގަ ތިބެގެން ހިނގާފައި ދިޔަ އީ މަޖީދީ މަގު ހުރި ގޮތަށް ރަސް ފަންނު ބީޗާ ދިމާ އަށެވެ.

ނަމަވެސް ކަންތައް ވެގެން ދިޔައީ ވަރަށް ވެސް ދެރަ ގޮތަކަށެވެ. ވާހަކަ ދައްކަމުން އަހަރެންނާ ދިމާލަށް ބަލަން ހުރެ ޗާނދަނީ މަގު ހުރަސް ކުރަން ކަފި ހުރަސް މަތީ އެޅި ފިޔަވަޅާއި އެކު އެ މަގުން ބާރު ސުޕީޑެއް ގައި އައި ސައިކަލެއް ގައި ޖެހި އަޒަލް ދިޔައީ ވިއްސައި ގެން މާ ދުރަށެއެވެ.

އެވަގުތު އަހަރެންނަށް ވީ ގޮތް ވެސް ނޭންގުނެވެ. އަޒަލް އޭ ކިޔާ ހަޅޭއް ލަވައި ގަނެވުނެވެ. ނަމަވެސް ސައިކަލް މަޑު ވެސް ކޮށް ނުލައި ދިޔަ ގޮތައް ދިޔަ އީ އެވެ.

އަހަރެން ބާރު ބާރަށް ދުވެފައި ގޮސް އަޒަލް ނަގާ އަހަރެންގެ އުނގު މަތީ ބާއްވާ ލުމަށް ފަހު ރޮމުން އަޒަލް އަށް ގޮވަން ފެށީމެވެ. އޭރު އަޒަލް ގެ މޫނު މަތި ވަނީ ލެއިން ތަތް ތެޅި ފައެވެ. ދެ އަތުން ހަން މެށިފައި ވާ އިރު ލައިގެން ހުރި ޖިންސް ވަނީ ކަކުލު ހުޅާ ހަމަ އިން ވީ ދައިގެން ގޮއްސައެވެ.

އިރު ކޮޅެއް ނުވެ މީހުން ތައް ވެސް އެތަނަށް ޖަމާވާން ފެށިއެވެ. އެއްވި މީހުންގެ ތެރެއިން މީހަކު އެމްބިއުލެންސަށް ގުޅީ ވެސް ކަން ނޭންގެއެވެ.

އިރު ކޮޅެއްގެ ތެރޭގައި އެމްބިއުލެންސް އައުމުން ހޮސްޕިޓަލަށް ގެންދިޔުމަށް ޓަކައި އަޒަލް އެމްބިއުލެންސް އަށް އެރުވިއެވެ. އަހަރެން ވެސް އަޒަލް އާ އެކީ އެމްބިއުލެންސް އަށް އެރީމެވެ.

އެމްބިއުލެންސްގެ ތެރޭގައި އަހަރެން އިނީ ވެސް އަޒަލްގެ އަތުގައި ހިފައިގެން އަޒަލްގެ މެރި ފައިވާ ދެ ލޮލަށް ނަޒަރު ހުއްޓައި ލައިގެން ރޮވި ފައެވެ.

އެހެނަސް ވާން ހުރި ގޮތެއް ވާނެއެވެ. އެކަމަށް އަހަރެމެން ނަކަށް ބާރެއް ނުފޯރު ވޭނެއެވެ. އަހަރެން އެހެން ބަލަ ބަލާ އިންދާ އަޒަލްގެ އެންމެ ފަހުނޭވާ ހޮސްޕިޓަލަށް ގެންދެވުމުގެ ކުރިން އަހަރެންގެ ކުރިމަތީ ދޫކޮށް ލިއެވެ.

އެވަގުތު އަޒަލް ނެތް ދުނިޔެ އެއްގައި އަހަރެން ވެސް ހުންނާކަށް ބޭނުމެއް ނުވިއެވެ. އިރުކޮޅަކު އެހެން އިނދެފައި އެމްބިއުލެންސް ދުއްވަ ދުއްވާ ހުއްޓައި ކުއްލި އަކަށް ތެދުވެ އަހަރެން އެމްބިއުލެންސްގެ ދޮރު ހުޅުވައި ލުމަށްފަހު ބޭރަށް ހުއްމައި ލީމެވެ.

އެވަގުތު އަހަރެން ލައިގެން ހުރި ހެދުމުގެ ފަސް ބައި އަޒަލް ބާއްވައިފައި އޮތް އެނދުގައި އަޅައި ގަތުމުން އެނދު ގެ އެއް ބައި އެމްބިއުލެންސް ގެ ބޭރަށް ނުކުތެވެ. އަދި އެމްބިއުލެންސް ދުއްވައިފަ ދިޔަލެއް ބާރު ކަމުން އަޒަލް ވެސް އަހަރެންނާ އެކު މަގު މަށްޗައް ވެއްޓުނެވެ.

އަހަރެން ފުރޮޅެމުން ފުރޮޅެމުން ގޮސް ޖެހުނީ މަގު މަތީގަ ހުރި ހޮޅި ދަނޑި އެއްގައެވެ. އަޒަލް ގޮސް ޖެހުނީ އެތާ ޕާރކު ކޮށްފައި އޮތް ކާރެއްގެ ކުރީ ބިއްލޫރި ގަނޑު ގައެވެ. އަދި ހަށިގަނޑު އެއްބައި އޮތީ އެ ކާރުގެ ތެރެޔަށް ވަދެ ފައެވެ. އެ މަންޒަރު ފެނިފަ ވަގުތުން އަހަރެން ހޭނެތުނެވެ.

އަހަރެންނަށް ހޭވެރިކަން ވީ ހޮސްޕިޓަލް ގައި އޮންނަތާ ދެ ދުވަސް ފަހުންނެވެ. ހޭ އެރުމާ އެކު އަޒަލް ގެ މަތިން ހަނދާން ވުމުން އަހަރެންނަށް އަޒަލް އަށް ގޮވައި ލެވެނެވެ.

އެހެނަސް އޭރު ވަނީ ހުރިހާ ކަމެއް ވެ ނިމި ފައެވެ. އަހަރެންގެ އަލަތު ލޯބި ވެރިޔާ އަހަރެންނާ މުޅި އުމުރަށް ވަކި ވީއެވެ. އަހަރެންގެ ހިތް ކުދި ކުދި ކޮށްލައި ފައެވެ. އަދި އެއީ ވެސް ލޯބިވެރިންގެ ދުވަހުއެވެ.  އެއީ ސާދަ ފެބުރުއަރީ އެވެ.

ނިމުނީ

Comments (19)

  1. Migdhadh

    first story aa balaafa..not bad….can improve…good luck..

    1. Afzal
      Migdhadh

      Thankx

  2. yashmaa

    14 february aky haadahaivaa muhiymu dvahekey dhw.. goheh noon.. sifa kurun gina kohlaafa asaru gadha gothah liyan daskollaa.. gina ginain binmaa menge vaahaka kiyaa. Eyrun v idea libeyne sifa kurumaa kankamuga..

    1. Afzal
      yashmaa

      Thankx next time

    2. Afzal
      yashmaa

      Thankx all for beautiful comments. Kuri ah oi vaahaka liyaa iru varah visnaan thi faahaga kohli nukuthaa thakah. V salaam emeehnah

  3. cher

    Salhi hama mi dhuvas kolhaa dhimaa kohlaafa vaahaka up kohlan visnaign huri kamah faahaga kurevey..trailer kiyaalyma varah interest ufedhijje..sifa kurunthah gina kohlyma adhi miah vure habeys vaane..

    1. Shanna
      cher

      Trailer? Mee story eh noontha?

    2. afyyyy
      cher

      Cher ehme thiryga in lafz kiyaalaba ???

  4. zio ?

    just wow this is one of the most funniest story ! Thanks a lot for writing this ???

  5. Saandy

    ބައެއް ކަހަލަ ލިޔުމުގެ ކުށް އެބަހުރި… މިސާލަކަށް ސުކުނުގެ މައްސަލަ… “ތަތްޔާރު” އެއީ ކުށްގޮތެއް… ރަނގަޅު ގޮތަކީ “ތައްޔާރު”… ދެން “ނޭންގޭ” އެއީ ކުށްގޮތެއް… ރަނގަޅު ގޮތަކީ “ނޭނގޭ”… ދެން ކަޕުލްސް ގެ ބަދަލުގަ ޖޯޑު ލިޔުނީމަ މާ ރީތިވާނެ ކަމަށް ޤަބޫލުކުރެވޭ… ޑައިލޮގުގަ އިނގިރޭސި ބަސް ބޭނުންކުރިޔަސް އަނެއްހެން ވާހަކައިގެ ތެރޭގައި ދިވެހި ބަސް ބޭނުންކުރެވެން ހުންނަ ތަންތާގަ އިނގިރޭސި ބަސް ބޭނުންކުރީމަ އެހާ ރީއްޗެއް ނުވާނެ… ދެން ސިފަކުރުންވެސް އިތުރުކޮށްލީމަ ފުރިހަމަވާނެ… އުއްމީދުކުރަން ރަނގަޅުކޮށްލާނެ ކަމަށް މިކަހަލަ ކަންކަން… ކާމިޔާބަށް އެދެން

  6. dreem....

    furathama vaahakayah balaafa v.v.v.v. rythi…. adhi sifakurunthah gina kohlaafa thankolheh dhigu kohlinama varah furihamvees…. heevey molhu vaahaka liyun theriyakah wevidhaanehen… ummeedhu kuran afzal ge ithuru vaahaka thakeh kiyaalan libeynekamah…. best of luck….

  7. dreem....

    faadu kiyun thakah afzal fas nujeheythi… hama kuriyah dhaan v…. aharen mihury afzal adhefinama mikamuga ahytherivedheyn…… mi vaahaka in ves afzal ah vaahaka liyevidhaanekan saabithu kohdhyfi… afzal ah abadhuves kaamiyaabah edhen…

  8. aysh

    interesting…first stry aa balaafa vrh salhi…u can do this…hykuran afxalge ithuru vaahaka eh kiyaalan libeyne kamah…dhn gud luck…

  9. poohbear

    Nice. ibaarai kurumuga kuda mahsala thakeh ulhey.ekam dhen faharakun visnaigen liyefi nama miyah vure maa furihama vaane.

  10. Awmm

    It is not allowed to us muslims celebrate non muslims eid.n sadly some of us r encouraging dat..

  11. Inu

    Thiyavi kihineh… Mige stry kyma v dhera ve 2 lobi veri ehge there in ekaku maru vumun…. Dhuvahaku vess naane how Sade ….

  12. Lovely girl

    Its perfect
    Love it
    Up kuraa gavaidun up kohdehchey plx its a special request
    Good luck

  13. Lovely girl

    And afzal I believe answering to comments makes readers feel better

    1. afzal
      Lovely girl

      sorry i was away for long time. will up a new story of mine

Comments are closed.