Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއެހެނިހެންލޯބި

ލައިފް (2 ވަނަ ބައި)

howday Level 1
January 9, 2017 2 Mins Read
6 Comments

އޭރު އަހަރެން ގެ އުމުރުން އަދި އެންމެ ހަތް އަހަރެވެ. އަހަރެން ނަކީ އާއިލާގެ އެންމެ ހަގު މިހާއެވެ. އެންމެންގެ ލޯބި އިންތިހާއަށް އަހަރެންނަށް ލިބެމުން ދެއެވެ. ބޭބެ މެންނަކީ ރިސޯޓްގައި މަސައްކަތް ކުރަމުން ދާ ބަޔަަކަށް ވާތީ ބައްޕައަށް މަސައްކަތް ކޮށް ނޫޅެވުނަސް ހަމަޖެހިލައިގެން އާއިލީ ޚަރަދުތައް މަންމަ ހަމަޖައްސަމުން ދެއެވެ.

އަވަށްޓެރި ދެއަންހެން ކުދިންނާއެކު ގޯތިތެރޭ ބަތްކައްކާ ކުޅެން އުޅުނީ މެވެ. މިޒަމާނުގެ ތަރަށްޤީ އަދި އައިސްފައި ނުވާ ދުވަސްވަރުކަމުން އޭރު ބަލާނެ ޓީވީ އެއް ކުޅޭނެ  ގޭމެއް ނުހުރެއެވެ. ކުޅިވަރު ކުޅެމުންދާނީ އަވަށްޓެރި ކުދިންނާއެކުއެވެ. މިގޮތަަށް ކުޅިވަރުގައި ތިއްބާ މަންނަ ބަދިގެތެރެއިން ނިކުމެ ދަރިފުޅާ ހުސެން ސްކޫލަށް ދާނަންތޯ ސްވާލު ކުރިއެވެ. އަދި ދުވަހަކުވެސް ސްކޫލަށް ނުދާތީ ދާނަމެ ބުނެލީމެވެ. އޭރުގެ ކަންތައްތައް ހުންނަ ގޮތުން ސްކޫލަށް ދާކަށް ވަކި އުމުރެއް ނޯވެއެވެ، ނަސީބަކުން ހަތް ވަނަ އަހަރުގައި އަހަރެންނަށް ސްކޫލަށް ދިއުމުގެ ފުރުޞަތު ލިބުނީ އެވެ. އޭރުވެސް ކޮންމެ ރެޔަކު ޔާސީން ކިޔެވުމާއި ވޮށި ފިލާ އެޅުމަކީ މަންމަ ގަވާއިދުން ކޮށްދެމުން ގެންދާ ކަންތައްތައް ކަމަށްވީތީ ކޮންމެވެސް ވަރަކަށް އަކުރުތަކުގައި ފިލިޖަހައިގެން އަރިބި ކިޔަން އެނގެއެވެ. މީވެސް ބޮޑުވަރެކެވެ. އެކުގައި އުޅޭ ގިނަކުދިންނަށް މިވަރުވެސް ވާހެނެތް ހިޔެތް ނުވެއެވެ.

ޖެހިގެން އައި ހަފްތާގެ އާދިއްތަ ދުވަހު ހެދުނު ސައިބޯން އިންދާފަ މިއަދު މެންދުރު ފަހު ސްކުލަށް ދާން ޖެހޭނެ ކަމަށް މަންމަ ބުނެލިއެވެ، ވީ އުފަލެއްގެ ބަޔާން ކޮށްދޭންވެސް އަހަރެންގެ މިކުޑަކުޑަ ހިތަކަށް ނޭގޭނެއެވެ. ހަމަ އެއާއި އެކު ހަތަރު އުދަރެސް ފެނުޖެހިގެން ދާފަދަ ވާހަކައެއް މަންމަ ބުނެލިއެވެ. ސްކޫލަށް ދާންޖެހެލީ ސޯޓްލައިގެން ކަމަށެވެ. މީހާ އޮރިޔާން ކޮށްލި ފަދަ އިހްސާސް ތަކެއް ކުރެވުނެވެ. މުންޑް ފިޔަވާ އެއްވެސް އެއްޗެއް ނުލާތީ ވީގޮތްތާއެވެ. “ތިހެންވިޔާ ސްކޫލަށް ނުދާނަން” ވަގުތުން މަންމަ އާއި ދިމާލަށް ބުނެލީމެވެ. މަންމަ ވިސްނައިދިނެވެ. އެތަށް ވާހަކައެއް ދައްކާ ހަވީރުން އަތިރިމައްޗަށް ގެންދާނެކަމަށް ބުނެ ސޯޓް ލާއިން އެއްބަސް ކުރުވިއެވެ.

ސްކޫލަށް ދާން ތައްޔާރު ކޮށް ބޭރަށް ނެރުން އިރު އޭރު އަހަރެން ހުރި ގޮތް ހިތައް އެރުމުން މިހާރުވެސް ހިތުތެރޭ ލަދުވެތިކަން ފެތުރިގެން ދެއެވެ. ކަކުލުން މަތީގައި ސޯޓްގެ ފައިކޮޅު ހުރިއިރު ބެލްޓް އަޅާ ބެގީކޮށްފައި ހުރީ މޭކަށިގަޑުގައެވެ. ސޯޓްގެ ބުޑުމަސްގަޑާއެ ތެރަސްލާ ތަތްކޮށްފައިވާ ކަހަލަ އިހްސާސް ތަކެއް ކުރެވެމުން ދިޔަ އެވެ. މޫނުގައި ދަހާފައި ހުރިވަރަށް ފުއްބަސްތާއެއް ހުސްކުރިއަށް ގައިގައި ނުހޭކޭނެއެވެ. ލޮލޮގައި ދަމާލި ކޫރު ލޮލުގެ ތިރީ ބޮޑި އެއްކޮށް ނިވާވެފައިވާއިރު ދެބުމަ އެއްކޮށް އަދުން އަޅާ އަހަރެން ވަނީ ޒީނަތް ތެރި ކޮށްލާފައެވެ.

މީ އަހަރެންގެ އެކަނި ހާލެއް ނޫނެވެ. ހުރިހާ އެދުވަހު ސްކޫލަށް ދިޔަ ހުރިހާ ކުދިން ވެސް ތިބީ މިގޮތަށް ޒީނަތް ތެރި ކުރުވާފައެވެ. އަތޮޅުގެ ވެރިރަށް ކަމަކު ރަށާކީ އެދުވަސް ވަރު އަބާދީ މާބޮޑު ނޫން ރަށެއްކަމުން ކުރިހާ ތަނެއް ވެސް ހުއްނަނީ ވަރަށް ކައިރީގައެވެ. އަދި ހާއްސަކޮށް ސްކޫލެވެ، ދެތިން ގެއެއް ދޫކޮލާފައި ސްކޫލަށް ދެވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

howday

Level 1

Other Articles

Previous

އެއީ ކީއްވެ؟

Next

އިންތިހާޔަށް (9ވަނަ ބައި)

Next
January 9, 2017

އިންތިހާޔަށް (9ވަނަ ބައި)

Previews
January 9, 2017

އެއީ ކީއްވެ؟

6 Comments!

  1. Anonymous says:
    January 9, 2017 at 5:14 pm

    haadha kuru vaahaka ekey

  2. mezzo says:
    January 9, 2017 at 6:48 pm

    ehme furathama schoola dhiyas dhuvas kolu mathi hama dhaavy. nice

  3. cute handi says:
    January 9, 2017 at 7:28 pm

    reethi…. avahah up kohbaa… haadha kurey…..

  4. cher says:
    January 9, 2017 at 9:09 pm

    Haadha kuru story ekey

  5. Naba says:
    January 9, 2017 at 9:41 pm

    Nice waiting for next episode

  6. inaya says:
    January 12, 2017 at 10:23 am

    varah salhivaanehen hyvey mivaahaka. avahah up kohdhehchey mivaahaka.

Comments are closed.

Next Episodeލައިފް (3 ވަނަ ބައި(←


All Right Reserved!