Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއެހެނިހެންލޯބި

ލައިފް (ފުރަތަމަ ބައި)

howday Level 1
January 5, 2017 One Min Read
1 Comment

އެނދުން ތެދުވުމާއި އެކު މޯޅިއަކަށް ދެމިލެވުނެވެ. ބޮލުގައި ހުރި ރިހުމާއި އެކު ނޭވާއަށް ކުރުވުމުގެ އިޙްސާސް ތައް ކުރެވެން ފެށި އެވެ. ކައިރިގައި ހުރި ޖަގުން ތައްޓަށް ފެންފޮދެއް އެޅުމާއި އެކު މަންމަ އަށް ގޮވާލީމެވެ. މަންމާއެވެ. ދެފަހަރަކު ގޮވާލުމުންވެސް މަންމަގެ އެއްވެސް ޚަބަރެއ ނުވިއެވެ.

ލައިގެން ހުރި ކުޑަ ޓީ ސާޓްގެ މަތިން އެއްއަތުން ބުރަކަށި ކަހަމުން ބަދިގެއާއި ދިމާލަށް ހިނގައި ގަތީމެވެ. މަންމާ! މަންމާ! ގޭގެ ކުޑަތަންކޮޅެއް ދުރުގައި ގޯތިތެރޭ ހުރި ބަދިގެ ދޮރުމަށްޗަށް އަރާ އެތެރެ ބަލާ ލީމެވެ. ބަދީގޭގައިވެސް މަންމައެއް ނެތެވެ. ހޯސްލާފައި އަހަރެއްގެ ލޮލުން ކަރުނަތައް ފައިބައި ގެންފިއެވެ. މަޑުމަޑުން އަގައިގެ ތެރެއިން އަޑުބޭރު ވަމުންގޮސް އަޑު ފަޅައިގެން ހިގައްޖެއެވެ. އަހަރެން ހެނދުނު ހޭލާއިރު މަންމަ ގޭގައި ނެތުމަކީ މިއަދާހަމައަށްވެސް ވެފައިވާކަމެއް ނޫންވީމަ ކަންނޭގެއެވެ. ރޮމުން ރޮމުން ގޭތެރެއަށް ވަދެ އެތަން މިތަން ހޯދަން ފަށައިފީމެވެ.

ފަނަރަ ވަރަކަށް މިނެޓް ވީއުރު އަހަރެންމަށް ގިސްލެވެން ފަށާއި ފިއެވެ. އަހަރެންގެ ރުއިމުގެ އަޑަށް ޖެހިގެން ހުރި ގޭގައި ދިރުއުޅޭ ދޮންބެ ދައްތަ (ފަހަރި ދައްތަ) ދުވެފައި އައިސް އަހަރެން އުރާލައިފިއެވެ. މަޑުމަޑު ދެލޯ ފޮހެލާ މޫނުގައި ދޮނެއްދިނުމަށް ފަހު ހުސެން ތިރޮނީ ކީއްވެހޭ ވަރަށް ލޯބިން އަހާލިއެވެ. ވަރަށް ބާރުން މަންމަ ނެތޭ އަހަރެއް ބުނީ މެވެ. އެއާއި އެކު ހިނިތުންވެފައި ވާ މޫނަކުން މަންމަ ދިޔަ އީ ބޮނބި ފާލަށް ބޮނބި ނެގުމަށް ކަމަށާއި، މަންމަ ވަރަށް އަވަހަށް އަންނެއޭ ދައްތަވެސް މިހުރިނޫންހޭ ބުނެލިއެވެ. ނަމަވެސް އަހަރެންނަކަށް ހުއްޓައެއް ނުލެވުނެވެ. ވުމާއި އެކު އަހަރެން ކިހިލިޖަހައިލައިގެން ދޮންބެދައްތައް ބޭރަށް ނިކުތެވެ. އަދި ކައިރީގައި ހުރި ފިހާރައަކަށް ވަދެ އަލަނާސި ދެ މެޓާގަނެ އަހަރެން އަތަށް ދިނެވެ. އަދި އަހަރެން މަސަލަސް ކުރުމަށްޓަކައި އަތިރިމައްޗާއި ދިމާލަށް ހިނގައި ގަތެވެ.

ފާއިތުވެގެން  ދިޔަ ގަޑިއެއްހާއިރު ތެރޭ އަހަރެންގެ ގިސްލުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެންމެ ފަހުން އެހެން ގޮތެއް ނެތިގެން ދޮންބެދައްތައް އަހަރެން ގޮވައިގެން ބޮނބިފަާ ހަދާފައި ވާ ރަށުގެ އިރުމަތީ ފަރާތައް ދޮންބެ ދައްތަ ހިނގައި ގަތެވެ. ބޮނބިފާ ސަރަހައްދައް ދިޔައިރު ރުކެއްގެ ކައިރި މަންމަ ބޮނބިތަޅަށް އިނެވެ. އަހަރެންނަށް ވެފައިވާ ވަރު ހަމަފެނުމާއެކު ބޮނބިތަޅާ މުގުރު ބާއްވާ ލިބާސް ފޮޅާލުމާއެކު އަހަރެން އުރާލިއެވެ. މަންމަ ގައިގައި ހުރި ބޮނބި ކުޑިތަކާއިއެކު މަންމަ ގައިގައި ބައްދައިގަނެ އަހަރެން އިހުނަށް ވުރެ ބާރަށް ރޮއިގެނެވުނެވެ. މަންމަ ފެނުމުންވެ. އަހަރެން ނަށް ވެފައިވާވަރު ފެނިފައި މަންނަ ގެލޮލުންވެސް ހަރުނަ ހިލިގެން ދިޔައެވެ. އަދި މަޑުމަޑުން މަންމަ ދަރިފުޅުބައްހައްޓާފައި ނުދަމޭ ބުނެލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

howday

Level 1

Other Articles

Previous

ލޯބި މަންމީ ބުނަން…. (1)

Next

އެޕާރޓްމަންޓް 4ބީ

Next
January 5, 2017

އެޕާރޓްމަންޓް 4ބީ

Previews
January 5, 2017

ލޯބި މަންމީ ބުނަން…. (1)

One Comment

  1. Faathee says:
    January 5, 2017 at 9:55 pm

    Wen next part

Comments are closed.

Next Episodeލައިފް (2 ވަނަ ބައި)←


All Right Reserved!