Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޥެރްސައިގެ މާބަގީޗާ

Snow Level 1
December 30, 2016 3 Mins Read
0 Comments

ވެރސައިއަކީ ފަރަންސޭސްގެ ޝާހީ ޢާއިލާއާއި ނައިޓްތަކާއި،ޑިއުކްސްތަކާއި ޑަޗެސް ތަކާއި ސަރުކާރުގެ އެންމެ އިސް މަޤާމު ތަކުގެ ބޭފުޅުންނަށް ޚާއްސަވެގެންވާ ބޮޑު ސިޓީއެއްފަދަ ތަނެކެވެ. މިސިޓީގައި އުޅެމުން ދިޔައީ ފަރަންސޭސް ވިލާތުގެ ވެރސައިގެ ޖެނެރަލްއެވެ. އެ ޖެނެރަލް އަކީ ހަތަރު އަންހެން ދަރިންގެ ބައްޕައެކެވެ.
އެ ޖެނެރަލް ގެ އަނބިކަނބަލުން ފަސްވަނަ ދަރިކަލަކަށް ބަނޑުބޮޑުވެ ވިހަން އޮތީ ވައްދާފައެވެ. އެ ވަގުތާ ދިމާކޮށް ވާރޭވެހެން ފެށިއެވެ. ވިދާ ގުގުރަނީއެވެ. އެދުވަހު ހިނގަން އޮތް ކަމަކީ އެގޭގެ އެކަކަށްވެސަ ހިތައް އެރި ކަމެއްނޫނެވެ.

1755ވަނަ އަހަރުގެ ރެއެއްގައި އެ ޖެނެރަލް އަށް އިވުނީ ކުޑަ ކުއްޖެއް ރޯއަޑޭވެ. ވަގުތުން ޖެނެރަލް މިސްރާބު ޖެހީ އޭނާގެ ދަރިފުޅު ހިފައިގެން ހުރި ނޯކަރާދިމާލަށޭވެ.

“ފިރިހެން ކުއްޖެއް. ބުނޭ ފިރިހެން ކުއްޖެކޭ.” އޭނާ ހަޅެއް ލަވައިގަތެވެ. “ޖެނެރަލުންގެ ޢާއިލާއަކަށް އަންހެން ކުދިންނެއް ބޭނުމެއް ނުވާނެ. “
ނޯކަރު ކިޔަމަންތެރި ކަމާއެކު ރައްދު ދިނެވެ. “ މިއީ ދުނިޔޭގެ އެންމެންގެ ލޮޮަލަށް އަމީރާއެއް” ޖެނެރަލް ރުޅި އިސްކޮށް އެތާ ހުރި މޭޒުގައި ފައިންޖެހިއެވެ. އެ މޭޒު ވެއްޓި އޭގައި އިން މާއެތި ތަޅައިގެން ދިޔައެވެ. އެވަގުތު ކުޑަ ދޮރާ ދިމާލަށް ބަލަން ހުރި ޖެނެރަލް ގެ ލޮލުން ވިދުމެއް ފެނުނެވެ.
ޢެ ވިދުމަކީ ވަގަކު ގެެއެއް ވައްކަންކުރުމަށް ވިސްނަމުން ދާއިރު މޮޅު ޚިޔާލެއް ލިބުމުން ހުންނަގޮތެވެ. އެ ވިދުމާއެކު އޭނާ ވަގުތުން ކުއްޖާ ނޯކަރުގެ އަތުން ދަމައިގަނެ މައްޗަށް އުފުއްލިއެވެ. ޢެ ކުއްޖާ ރޮއެގަތެވެ.
“މިއީ މިވަގުތުން ފިރިހެން ކުއްޖެއް. އެއީ އަހަރެންގެ ބަދަލު. މިއަދުން ފެށިގެން މއީ އޮސްކާ ފްރަންސޮއާ ޑި ޖަރޖެޔެސް. “
ހުރިހާ ނޯކަރުން ހައިރާނާއެކު އަނގަމަތީގައި އަތް އެޅިއެވެ. އޮސްކާ ދައްތަމެންވެސް އެފަދައެވެ. އެ ގަޑީގައި ގުގުރާ ވިދާލިއެވެ. އެ ކުއްޖާ ތިރިކޮށް ފުން ނަޒަރަކުން ކުއްޖާއަށް ބަލާލިއެވެ. ދޮން މޫނެއް، ބްލޮންޑް ބުޅި އިސްތަށިގަނޑެކެވެ. އޮސްކާ ރުއިން ހުއްޓުމަށްފަހު ފުރަތަމަ ފަހަރަށް ބައްޕައާ ދިމާލަށް ހީލިއެވެ.
———1769———–
އޮސްކާއަށް ސާދަ އަހަރުފުރި ބޮޑުވެއްޖެއެވެ. މިހާރު ހީވަނީ ރީތި އަންހެން ކުއްޖެއްހެނެވެ. ފިރިހެނުންގެ ހެދުން ލީނަމަވެސްް ވަރަށް ރީއްޗެވެ. ޢެ ބުޅި އިސްތަށިގަނޑު ދިގުވެ މިހާރު ކާރލްސްތައް އިތުރަށް އެ ދޮންމޫނު ރީތި
ކުރަމުން ދިޔައެވެ. އެއީ މާ ބަގީޗާ އެއްގެ ރޯޒްއެވެ. ފިނިފެންމަލެވެ.
ވެރސައި ގައި ކޮންމެ ރެއަކު ބޯލްއެއް އޮވެއެވެ. ފަޤީރުކަމާއި ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަން ޖެހިފައިވީ ފަރަންސޭސް ވިލާތުގެ މީހުންނަށް އަޅާލުމެއްނެތި އެ ރަށުގެ ރުފިޔާ، ލީވްރެ ހޭދަކުރަމުން ދިޔައެވެެ.
މިފަދަ ޕާރޓީ ތަކަށް ނުދިއުމަކީ އޮސްކާގެ އާދައެކެވެ.

އޮސްކާގެ ވާހަކަ މުޅި ވެރްސައިއަށް ފެތުރުނެވެ. އޮސްކާގެ ރީތި ކަމުގެ ވާހަކައާއި ފެންސިންގ އަށް މޮޅު ވާހަކައެވެ. އޮސްކާ އެތަނަށް އައުމަށް އެދެން މީހުން ފެށުމުން އޮސްކާ ދިނީ ބީތު ކަންފަތެކެވެ.
އޮސްކާގެ އަންހެންވަންތަ ސިފައެއް އަޚްލާޤުގައި ނެތެވެ. ފިރިހެނެއް ފަދައިން ފެންސް ކުރަން ދަސްކޮށް ސިތައިނގެ މީހެއްގެ ބައި އަދާ ކުރަން ފެށިއެވެ. އޮސްކާ އަށް ފިރހެންވަންތަކަން ހަރުލެއްވުމަށްޓަކައި އޮސްކާއަށް ފަސްމަސް ވިއިރު އެއް އަހަރުގެ އަންޑްރޭ އައެވެ. އެއީ އޮސްކާ ވިހައިގެން ބައްޕައަަށް ދެއްކި ނޯކަރު ގެ މާމަދަރިފުޅެވެ. އެއީ އޮސްކާ މާމަގެ ޤަދަރު ދިނަ ފަރާތެވެ.
ޢަންޑްރޭއަދި އޮސްކާ ފެންސް ކުރަން ހަދާފައި ހުންނަ ކަނޑިން ފެންސްކޮށް އުޅޭއިރު މަދު ފަހަރަކު ނޫނީ މޮޅުވާނީ އޮސްކާއެވެ. އޮސްކާ އަންޑްރޭ ދެކެނީ އެކުވެރިއެއް ގޮތަށެވެ.

ނެނީ އަކީ އަންޑްރޭގެ މާމައަށް އޮސްކާ ދިންނަމެވެ. ޖެނެރަލް ގެ ނިންމުމާމެދު އޭނާ ހިތްހަމައެއް ނުޖެހެއެވެ.އޮސްކާގެ ދައްތަމެން ކައިވެނިކޮށް މިހާރު ހުރީ ހަމައެކަނި އޮސްކާއެވެ. އަންހެނުން ލާފަދަ ޑްރެެސް އެއް ލުމަށް އޮސްކާ ބޭނުންވާން ނެނީ ބޭނުންވެއެވެ.
ޢަންޑްރޭ އާ އޮސްކާއާ އޮންނަންވީ ހަމައެކަނި ނޯކަރާއި ސާހިބުގެ ގުޅުން ކަމުގައި ނެނީ ދެކެއެވެ. އަދި ކަނޑި ފަދަ އެއްޗެއްގައި އަތްލުމަށްވެސް ނެނީ ހުދައެއް ދޭން ބޭނުން ނުވެއެވެ.
ފަރަންސޭސް ވިލާތުގެ ރަސްގެފާނުގެ އަރިހަށް ޖެނެރަލް ދިޔައެވެ. ޜަސްގެފާނަށް ކުރުނީސް ކޮށް ތެދުވިއެވެ. ވާހަކަ ފެށީ ރަސްގެފާނެވެ.

(ރ) [ރަސްގެފާނު]:ޖެނެރަލް ޖާރޖެޔެސް، ޝާހީ ސިފައިންގެ ކޯމާންޑަރުގެ މަޤާމަށް ދަރިކަނބަލުން އައްޔަން ކުރަން އެދުނު ވާހަކަ އަޑުއެހިން. ނަމަވެސް ކައުންޓް ޖެރޯދެރެގެ ދަރިކަލުން ވެސް އެބަހުރި ކަން ހަނދާން ކޮށްދެން
(ޖ)[ޖެނެރަލް] : އާދެ މަ ސާހިބު. ނަމަވެސް އަޅުގަނޑު ދަރިކަލުން އޮސްކާ ފަދަ މީހެއް ފެންސިންގްގައި ދެވަނައެއް ނެތް
(ރ) : ދަރިކަލުންނޭ؟
(ޖ) : މަޢާފް ކުރައްވާ މަ ސާހިބު
(ރ)؛ ރަނގަޅުވާނެ. އަހަރެން އަޑު އެހީމޭ އޭނާއަށް ވީގޮތް. އެހެންވީމާ ޖެރޯދެރެ އާއި އޮސްކާގެ މެޗުން މޮޅުވާ ފަރާތަކި ކޮމާންޑަރު. އެންމެ ރަނގަޅު ދެއްތޯ؟
(ޖ) : ތިޔަ ރަސްގެފާނަށް ނޫންތޯ ހެޔޮ ވިސްނޭނީ.
(ރ) :އޮސްކާ ކޮމާންޑަރަށް ވުނަކީ އަހަރެންވެސް އެދޭ ކަމެއް. މަރީ އަންޓޮއިނެޓް އަހަރެން ޖެހޭނުއެްނު ބަލަހައްޓަން
ޛެނެރަލްގެ މޫނަށް އުފާވެރި ކަމުގެ އިހުސާސްތައް އަރަން ފެށިއެވެ.

18ވަނަ ޤަރުނުގައި ޔޫރަޕު އަނދަމުން ދިޔައީ ހަނގުރާމައިގެ އަލިންނެވެ. ޢެންމެ ބޮޑަށް ފަރަންސޭސް ވިލާތާއި އޮސްޓްރިއާއެވެ. ނަމަވެސް ކޮންނެ މައްސަލައަކާއި ހަނގުރާމަ ކުރުމުން ފައިދާ ލިބެނި އެހެން ޤައުމުތަކަކަށްކަން އިނގުމުން އޮސްޓްރިއާގެ ރާނީ ޞުލްޙައިގެ އެއްބަސް ވުމަކަށް އެއްބާތުލުން ދިނުމަށްޓަކައި ލުއީ 15 ގެ އަރިހުން އެދުމުން ދުނިޔގެ ފޮތްތަކުގައި މި އެއްބަސް ވުމުގެ ވަހަކަ ލިޔެވުނެވެ.
ޟިޞުލްޙައިގެ އެއްބަސް ވުމުގައި ސިއްކަ ޖެހުމުގެ ގޮތުން މާރިއާ ތެރެސާގެ އެންމެ ހަގު ދަރިކަނބަލުންނާއި ލުއީ އަވަހާރަވުމުން އަށްފަހު ރަސްކަމާ ހަވާލުވާން ހުރި ޑޯފިންއަދި ލުއީގެ ކާފަދަރިކަލުންގެ ކައިވެނި ހަމަޖެހުނެވެ. ޢެއީ މަރީ އަންޓޮއިނެޓްއާއި ދެން ފަރަންސޭސް ވިލާތުގެ ރަސްގެފާނު ލުއީ 16އިގެ ކައިވެންޏެވެ.
ޢޮސްކާގާތު ޖެހޭނީ އަންޓޮއިނެޓް ބަލަހައްޓަން ކަމުގައި އަދި އެކަން ކުރުމަށްޓަކައި ޖެހޭނީ ހަމައެކަނި ޖެރޯދެރެ ބަލިކުރަންކަމުގައި ވިސްނަިދިނެވެ. އަދި ޖެނެރަލް ސާދަ އަހަރުވަންދެން ފެންސިން ދަސްކޮށްދިނީ މި ކަމަށްކަމުގައި ބުންޏެވެ. ނަމަވެސް އޮސްކާ އަންހެން ކުއްޖެއް ބަލަހައްޓަން ބެނުން ނުވާ ވާހަކަ ބުނެ ގޮނޑީގައި އޮތް ޔުނިފޯރމު އެއްލާލިއެވެ.
އޭގެ ބަދުލުގައި އޮސްކާގެ ގިރުވާނުގައި ހިފާ މޮޔައެކޭ ގޮވަމުން ގޮސް ޖެނެރަލް އޮސްކާ ސިޑިން ވައްޓާލިއެވެ. އެ ވަގުތު ތިރީގައި ހުރި ނޯކަރުންނަށް އަނގަމަތިީގައިއަތް އަޅައިގެން ހުރުން ނޫން ގޮތެއް ނެތެވެ. ނަމަވެސް ކާޕެޓުގައި ބޯޖެހުމުން އޮސްކަ މަރެއް ނުވެއެވެ.
“މާދަން 12 ޖަހާއިރު ރަސްގެފާނު މި މެޗު ބަލަން އަންނާނެ. ކަލޭ އަންނަންޖެހޭނެ!!” ޛެނެރަލް ހަޅޭއް ލެވިއެވެ. އޮސްކާ މަޑުމަިތިރިކަން ޚިޔާރުކޮށް ގެއިން ގޮއްސިއެވެ.

Share Article

Follow Me Written By

Snow

Level 1

Other Articles

Previous

މިހިތުގެ އުފާ 1

Next

އެ ލޯބި އަސްލު ހައްޤޭ (ފަހުބައި)

Next
December 30, 2016

އެ ލޯބި އަސްލު ހައްޤޭ (ފަހުބައި)

Previews
December 30, 2016

މިހިތުގެ އުފާ 1



All Right Reserved!