Skip to content
އެސްފިޔަ

ދިވެހިން ހިޖުރަކުރާ މައިގަނޑު ސަބަބުތައް

  • – – މާހިދު މުޙައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ – –

ހިޖުރަކުރުމަކީ މިދުނިޔޭގައި ވަރަށް އާއްމު ކަމެކެވެ. އެކި މީހުން ތަފާތު ސަބަބުތަކާ ހުރެއެވެ. ހަމައެގޮތައް، ދިވެހިންގެ ތެރޭގައިވެސް ހިޖުރަކުރުމަކީ އޮންނަ ކަމެކެވެ. ނަމަވެސް، ދުނިޔެމަތީގެ ސުވަރުގޭގޭ ލަޤަބު ލިބިފައިވާ މި ދިވެހިރާއްޖޭގައި ދިރިއުޅޭ މިގައުމުގެ ދިވެހި ރައްޔިތުން އަމިއްލަ ވަޒަން ދޫކޮށް އަވަށްޓެރި ސްރީލަންކާއާއި އިންޑިޔާފަދަ ޤައުމުތަކަށް ހިޖުރަކުރަނީ ކީއްވެބާއެވެ؟ ސަބަބެއް ނެތި ހެއްޔެވެ؟ ނޫނެކެވެ. ހަމަޔަގީނުންވެސް ސަބަބެއް ނެތިއެއް ނޫނެވެ.

ބޭސްފަރުވާއަކީ މައިގަނޑު އެއް ސަބަބެވެ. ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެކި ވަރުވަރުގެ ހަސްފަތާލުތައް ހުރެއެވެ. ހެލްތު ޕޯސްޓުތަކާއި ސިއްޙީ މަރުކަޒުތަކާއި އަދި ހޮސްޕިޓަލުތަކެވެ. ސީރިޔަސް ބޮޑު ބައްޔެއް ވެއްޖެނަމަ އެންމެންވެސް އަންނަނީ އެންމެ ތަރައްޤީ ވެފައިވާ މާލެއަށެވެ. ނަމަވެސް މާލޭންވެސް އެދެވޭ ފަރުވާއެއް އޮންނަނީ ނުލިބިފައެވެ. ފަރުވާދޭނެ މެޝިންތައް ނެތުމުންނާއި ޑޮކްޓަރުންގެ ފެންވަރު ދަށްކަމުންނެވެ. ގިނަފަހަރަށް ކުރެވެނީ ކުރެވެނީ ބޭކާރު ޚަރަދު ތަކެކެވެ. ބޭނުން ކުރެވެނީ ޖެހިފައިވާ ބައްޔާ ނުގުޅޭ ބޭސްތަކެކެވެ. ދެން ދާންޖެހެނީ ރާއްޖެއިން ބޭރަށެވެ. ބަލީގެ ވާނުވާ އެނގެނީ އެހިސާބުންނެވެ. ބައްޔަށް ލިބެންޖެހޭ އަސްލު ފަރުވާ ލިބެނީ ދެނެވެ. މިހެން ކަންތައްތައް ދިމާވުމުން ބަލިވާ ކޮންމެ ފަހަރަކު ރާއްޖެއިން ބޭރަށް ދިޔުމުގެ ބަދަލުގައި އެތަންތަނަށް ދިރިއުޅުން ބަދަލު ކުރަނީއެވެ.

ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުމަކީ ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް އެދަރިންގެ މުސްތަގުބަލަށްޓަކައި އެންމެ ބޭނުންވާ އެއް ކަންތަކެވެ. މިރާއްޖޭގައިވެސް މަތީ ޘާނަވީއާ ހަމައަށް ކިޔެވުމާއި މަދު ރޮނގުރޮނގުން ކޯސްތަށް ހެދުމުގެ ނަގު ފަހިވެފައި ވެއެވެ. ނަމަވެސް، މަތީ ޘާނަވީ ނިންމުމަށްފަހު މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތެއް ނޯވެއެވެ. އަދި ޕީ.އެޗް.ޑީއާ ހަމައަށް ކިޔެވުމާއި ބައެއް ޚާއްސަ ރޮނގުރޮނގުން ކިޔެވުމުގެ ފުރުސަތެއްވެސް ނޯވެއެވެ. މިސާލަކަށް، ޑޮކްޓަރަކަށް ވާން ބޭނުންނަމަ، އެފުރުސަތެއް އަދި ރާއްޖެއަކު ނޯވެއެވެ. މިއީ ގިނަ އަހަރުން ކިޔެވޭ ކަމަކަށް ވުމާއެކު، ޖެހެނީ ރާއްޖެއިން ބޭރަށް ހިޖުރަކުރާށެވެ. މީގެއިތުރުން، ރާއްޖޭގެ ސުކޫލެއްގައި ކިޔެވުމާއި އެހެން ޤައުމެއްގެ ސުކޫލެއްގައި ކިޔެވުންވެސް ތަފާތުވާނެއެވެ. އެހެންކަމުން ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމަށް ޕްރައިމަރީ ގުރޭޑުތަކާ ހަމައިންވެސް އެތައް ބަޔަކު އެމީހުންގެ ދަރިން ގޮވައިގެން ހިޖުރަކުރެއެވެ.

ބޭނުންވާ ހިދުމަތްތަކާއެކު ޚަރަދުކުޑަ ދިރިއުޅުމެއް އުޅުމަކީވެސް ދިވެހިން ހިޖުރަކުރާ ސަބަބެކެވެ. ރަށްފުށުގައި ދިރިއުޅުމަކީ ވަރަށް ޚަރަދުކުޑަ ކަމެކެވެ. ނަމަވެސް، ބޭނުންވާ ބައެއް ހިދުމަތްތައް ލިބެން ނެތުމުން މާލެއަށް ދިރިއުޅެން ވަރަށް ގިނަ މީހުން އާދެއެވެ. ނަމަވެސް، މާލޭގައި އޮންނަނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެއްސިފައެވެ. އަނގައާއި އަތާ ދިމާނުވެފައެވެ. މާލޭގައި ދިރިއުޅުމުގެ ޚަރަދު ބޮޑުކަމުންނެވެ. ދެން ނަތީޖާއަކަށްވަނީ ރާއްޖެއިން ބޭރަށް ހިޖުރަކުރުމެވެ. ސަބަބަކީ އެތަންތަނުގައި ބޭނުންވާ ހިދުމަތްތަކާއެކު ހިތްފަސޭހަ އަދި ޚަރަދުކުޑަ ދިރިއުޅުމެއް އުޅެވުމެވެ. ތަކެތީގެ އަގާއި ދިރިއުޅުމުގެ ޚަރަދާއި ކިޔެވުމާއި ބޭސްފަރުވާ ކުރުމުގެ ޚަރަދުވެސް ކުޑަވުމެވެ.

ޒަމާނީ ތަރައްޤީއަކީ އެންމ ެންވެސް ބޭނުންވާ ކަމެކެވެ. ދިވެހިރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމެކެވެ. ކުރިންވެސް ދެންނެވި ފަދައިން ރާއްޖޭގައި އެންމެ ތަރައްޤީވެފައިވަނީ މާލެއެވެ. ނަމަވެސް، މާލެއަށް އައި ތަރައްޤީއާއެކު މާލެވަނީ ތޮއްޖެހިފައެވެ. ހިތްފަސޭހަކަމަކީ އުފާވެރި ދިރިއުޅުމެއްގެ އެއްބައެވެ. މީގެއިތުރުން ދިވެހިރާއްޖޭގައި ލިބޭ ޗުއްޓީ އާއިލާއާއެކު ހޭދަކޮށަލާނެ ރަނގަޅު ގޮތެއްވެސް ނެތެވެ. އެފަދަ ތަންތަނުގެ ގޮތުގައި ހުންނަނީ ރިސޯޓުތަކެވެ. ނަމަވެސް، އެތަންތަނުގައި ޗުއްޓީ ހޭދަކުރުމަކީ މާ ޚަރަދުބޮޑު ކަމެކެވެ. އެހެންކަމުން، ބޭރު ޤައުމަކަށް ދާންޖެހެއެވެ. ވީމާ ސިންގަޕޫރުފަދަ ތަރައްޤީވެފައިވާ ހިތަފަސޭހަ ވެއްޓަކަށް ހިޖުރަކުރެއެވެ. އެތަނުގައި ތިބެގެން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް އޭރުން އޮންނަނީ ފަހިވެފައެވެ.

އަމާންކަމެއް ނެތް ތަނެއްގައި ދިރިއުޅުން ވާނީ ނުރައްކާތެރި އަދި ބިރުވެރި ކަމަކަށެވެ. ދިވެހިރާއްޖޭގެ އަމާންކަން ދުވަހަކަށްފަހު ދުވަހެއް މިދަނީ ދަށަށެވެ. މިސާލެއްގެ ގޮތުން މާލެ ފުދެއެވެ. މީހުން މެރުމާއި މާރާމާރީ އަންނަނީ އަހަރަކަށްފަހު އަހަރެއް އިތުރުވަމުންނެވެ. ވައްކަމާއި ފޭރުންވެސް ހަމަ އެފަދައެވެ. ބޭރަށް ނުކުމެފައި ސަލާމަތުން ގޭގައި ތިބޭ އަނބި ދަރިންނާ ހިސާބަށް ހިނގާފައި އާދެވޭނެކަމުގެ ޔަގީންކަމެއް މިއަދަކު ނެތެވެ. އެހެންކަމުން، އަމާން ވެއްޓެއްގައި ދިރިއުޅުމަށް ހިޖުރަކުރާ ދިވެހިންނެއް ވަކި މަދެއްނޫނެވެ. އާއްމުކޮށް ދިވެހިން ހިޖުރަކުރާ ގިނަ ހިސާބުތަކުގައި އިސްވެ ބުނެވުނު ކަންތައްތައް ވަރަށްވެސް މަދެވެ.

ފެންވަރު ރަނގަޅު ބޭސްފަރުވާ ހޯދުމާއި ދަރިންނަށް މަތީ ތަޢުލީމެއް ހޯދައިދިނުމާއި ޚަރަދުކުޑަ ދިރިއުޅުމެއް ބޭނުންވާ ހިދުމަތްތަކާއެކު އުޅުމާއި ޒަމާނީ ތަރައްޤީވެފައިވާ ތަނެއްގައި ހިތްފަސޭހަ އަދި އަމާން ދިރިއުޅުމެއް އުޅުމަކީ ދިވެހިން ހިޖުރަކުރާ މައިގަނޑު ސަބަބުތަކެވެ.

Comments (18)

  1. Aishathhh

    Mie vaahak eh noonenn… Ma vess onnaane thi topic ah liyefa oiyy varah molhu article eh ??

    1. Mahid
      Aishathhh

      Mee mazumooneh. Ebainennu mazumoonekey liyaafaves. Mee hama ekani vaahaka ah haassa site eh noon.

  2. Faxoo

    very informative nd interesting 🙂 mazmoon liyan varah useful ideas libije ^_^

  3. Mahid

    ޝުކުރިއްޔާ

  4. Mujjahid

    Aharemen lakaa adhi Indian Adi sinqapoorah kaha hijjuraeh nukuraanah aharemen hijjurah kuraanee siriyaa n iraagu ah in Sha Allah

    1. Mahid
      Mujjahid

      Ehentho

  5. Inu

    Ninmaa paragraph ehaa salhi eh noon. But overall koh mazumoom reethi.

    1. Mahid
      Inu

      Thanks for the feedback Inu

  6. Unknown

    Very informative hope to see more such writings from you

    1. Mahid
      Unknown

      Thanks for the feedback Unknown. Insha Allah will upload more

  7. dhivehi myhei

    hisaabah vurein molhu ga ulhen beynun vani koh vx hijura kurey

    1. Mahid
      dhivehi myhei

      Hehe. Aadhe thee ves hama hijurakuraa sababeh dhehtho

  8. Manan

    Eythi rangalhu ekam mauloomaathu kudakoh madhu

    1. Mahid
      Manan

      Shukuriyyaa.

  9. HAIs@@n

    very intresting. thanks for the informative article.

    1. Mahid
      HAIs@@n

      Maruhabaa

  10. Shaa

    Vrh reethi mazumooneh

    1. Mahid
      Shaa

      Shukuriyya Shaa

Comments are closed.