- * މިއީ، ދެން އެންމެ އަވަހަށް އަޅުގަނޑު ތިޔަ ލޮބުވެތި ކިޔުންތެރިންނަށް، ގެނެސްދޭން އުޅޭ ވާހަކައިގެ ތަންކޮޅެއް، ހީކުރަން މިވާހަކަވެސް ކަމުދާނެކަމަށް،
ހެނދުނު ގަޑިން 8.30 ވަނީއެވެ. ހާނިމް އޮފީހަށް ދާން ތައްޔާރުވެގެން ސިޓިންގްރޫމް އަށް ނުކުތް އިރު ހާނިމްގެ އަންހެނުން ރައިބާ އަދި އޭނާގެ ލޯބިވާ އަންހެން ދަރިފުޅު ރައިނާ، ހާނިމް އަންނަންދެން ހެނދުނުގެ ނާސްތާ އަށް ތައްޔާރުވެގެންތިއްބެވެ. ހާނިމް އޮފީހަށް ދާން ލަސްވާތީ،، އަވަސްއަރުވާލައި ކުޑަގޮތަކަށް ސައިބޮއެގެން ނުކުންނަން އުޅެނިކޮށް ދަރިފުޅު ރައިނާ ހާނިމްގެ އަތުގައި ހިފައިފައި ބުންޏެވެ، ” ބައްޕާ! މިއަދު އޮފީހަށް ނުގޮސް ރައިނާ ގޮވައިގެން ހިނގާބަލަ ޕާކަށް ދާން! ” 6 އެއްކަފަހަރު ތަކުރާރުކޮށް ގޭގައި މަޑުކޮށްލުމަށްބުނެ ހާނިމް ކައިރިގައި އާދޭސް ކުރިއެވެ. 7 އަހަރުގެ ރައިނާ ހާނިމް ކައިރީގައި ކުރި އާދޭހުން ރައިބާ އަށް ކެއްނުވެގެން ހާނިމް އަށް ބުނެލެވުނެވެ.. ” މިއަދު ދެން ގޭގައި މަޑުކޮށްލަންވީނުން” ނަމަވެސް އޮފީހުގައި މިއަދު ކޮންމެހެންވެސް ނިންމަންޖެހޭ މަސައްކަތެއް އޮތް ކަމަށްބުނެ މަޑުނުކޮށް،، އޮފީސް އަށް ދާން ނިކުމެއްޖެވެ.. ހާނިމް ގެއިންނުކުމެގެން ދާތަން ފެނުމުން ރައިނާ ރޯންފަށައިފިއެވެ.. ރައިބާ އޭނާގެ ދަރިފުޅުގެ ގައިގައި ބައްދާލައިފައި، ”މިއަދު މަންމަ ދާނަމޭ ރައި ގޮވައިގެން ޕާކަށް،” މިހެން ބުންޔެވެ.. ފެންވަރައި ރީތިވެގެން ރައިނާ ވެސް ރީތިކޮށްްގެން ޕާކަށް ދާން ނުކުތެވެ.. ރައިނާ އަކީ ރައިބާގެ ހުރިހަމައެކަނި ދަރިފުޅުކަމުން ރައިބާ ރައިނާ ދެކެ ވަރަށް ލޯބިވެއެވެ.
ޕާކުތެރޭގައި ކުޑަކުޑަ ރައިނާ ކުޅެ ހީ ހަދާ މަންޒަރު ބަލަން ރައިބާ އިނީ އެއްވެސް ފޫހިކަމެއްނެތިއެވެ.. ކުއްލިއަކަށް ރައިނާ ދުވެފައި އައިސް ރައިބާ ގާތު ބުންޏެވެ.
” މަންމާ އެހެރީ ބައްޕަ ! ” ”ނޫނޭ ރައި ބައްޕަ މިތާނގައެއް ނުހުންނާނެ ދޫނި ބައްޕަވީ އޮފީހުގައި” ރައިނާ ބޮޑާހާކަން ފެށުމުން ރައިބާ ރައިނާގެ ފަހަތުން ދިޔައެވެ… ހިސާބަކަށް ދެވުނުތަނާ، ކުރިމަތިން ރައިބާއަށް ފެނުނީ، ހާނިމް އާއި އެކު ކުޑައަންހެން ކުއްޖަކާއި، ޒުވާން ފުރައިގެ އަންހެނެކެވެ. ރައިބާގެ ހިތް ކުދިކުދި ވިއެވެ. އެވަގުތު ހާނިމް އަށްވެސް ރައިބާ ފެނުނެވެ.. ރައިބާ ފެންކަޅިވިއެވެ.. ހާނިމް ކައިރިގައި ހުރި އަންހެންމީހާ ހުރީ ހާނިމްގެ އަތުގައި ހިފަހައްޓައިގެންނެވެ.. ކުޑައަންހެންކުއްޖާ ހާނިމް އަށް ބައްޕައޭ ކިޔާ ގޮވާ އަޑުވެސް ރައިބާ އަށް އިވެމުންދެއެވެ..އެވަގުތު ރައިބާ އަށް ގޮތްހުސްވިއެވެ.. އަދި ހީވީ މީހަކު ދަގަނޑަކުން ބޯމަތީގައި ޖެހިހެންނެވެ.. ރައިނާ ބައްޕަ ކައިރިއަށް ދާން ރޯންފެށުމުން އެއީ ރައިނާގެ ބައްޕައެއްނުނޭ ބުނެ ރައިނާ ގޮވައިގެން ރައިބާ ގެއަށް ދިޔައެވެ.
ސިޓިންގްރޫމުގައި އިން ސޯފާއެއްގައި އިށިނދެލައިގެން އިން ރައިބާގެ ލޯ ކުރިމަތިން އަދިވެސް އެ މަންޒަރުފެންނަމުން ދެއެވެ. ރައިނާގެ ހިތުގައި ޖައްސާފައި ހާނިމް ގޮސް އެއުޅުނީ ކޮންބަޔަކާ އެކީގައިހެއްޔެވެ؟ މިކަހަލަ ކިތައްމެ ސުވާލެއް ރައިބާގެ ހިތަށް އަރައި ފައިބަމުން ދެއެވެ… ކުއްލިއަކަށް ރައިބާ އަށް ފޯނެއް އައެވެ…
” ހެލޯ” ރައިބާ ބުންނެލިއެވެ… ” ފޯންކޯލަކީ، ހޮސްޕިޓަލުން އައި ފޯންކޯލެކެވެ. ރައިބާގެ ފިރިމިހާ ހާނިމްގެ އެކްސިޑެންޓް ވެގެންނެވެ.. ތެޅެމުން ފޮޅެމުން ރައިބާ ހޮސްޕިޓަލަށް ދިޔައިރު ހާނިމް އޭނާގެ އެންމެ ފަހުނޭވާ ގުނަމުން ދަނީއެވެ… ރައިބާ ހާނިމް ގައިގައި ބައްދާލިއެވެ.. އަދި ރޯންފެށިއެވެ.. ވަރަށް ބަލި އަޑަކުން ”ރައިބާ! އަހަންނަށް މާފްކުރޭ! އެއީ އަހަރެން ގަސްތުގައި ކުރިކަމެއްނޫން! އަހަރެން ހުރީ ހުރިހާ ވާހަކައެއްވެސް ކިޔައިދޭން ނަމަވެސް ކަންތައް މިހެންދިމާވާނެކަމަކަށް އަހަރެން ހިއެއްނުކުރަން، ރައިޝާ ވެސް އެކްސިޑެންޓްގައި ނިޔާ ވެއްޖެކަން އިރުކޮޅެއްކުރިން ޑޮކްޓަރ ބުނެފި،، އަދި އަހަންނަށް ހީވަނީ،، އަހަރެންވެސް ދެން މާކަ ގިނަވަގުތަކު ދެން މި ދުނިޔޭގައި ނޯންނާނެހެން،ަ އެހެންވީމަ އަހަރެންދެކެ ދުވަހަކުވެސް ލޯބި ވި ނަމަ ލުނާ ބަލައިދީ.. އޭރުން ރައިބާ އަހަންނަށް މާފް ކޮށްދިނީކަމަށް އަހަރެން އަހަރެން ޤަބޫލުކުރާނަން، މިދުނިޔޭގައި ލޫނާގެ އެކަކުވެސް ނެތް އެއީވެސް ހަމަ އަހަރެންގެ ދަރިއެއް، މިކަން ކޮށްދޭނަންދޯ؟”.. އޭރުވެސް ރައިބާ ހަމަ ރޮނީއެވެ.އަދި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ… ކުއްލިއަކަށް ހާނިމް ފުންކޮށް ނޭވާ ލާންފެށުމުން ރައިބާ ދުވެފައިގޮސް ނަރުސް ކުއްޖާ އަށް އެކަން އެންގިއެވެ… ނަރުސް ކުއްޖާ އައިސް ބަލާފައި ހާނިމް މިދުނިޔެއާއި، އަލްވަދާއު ކިޔައިފިކަމަށް ބުންޏެވެ.. އެވަގުތު ރައިބާ ހުރީ ގަބުވެފައި ކަހަލަގޮތަކަށެވެ..ރޯކަށް ވެސް ނޭގުނެވެ.. ހަމައެއާއެކު ނަރުސް ކުއްޖާ 3 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކުގެ އަތް ރައިބާގެ އަތުތެރެއަށް ލިއެވެ.. އަދި ބުންޏެވެ.. މި ކުއްޖާއަކީ، ހާނިމް ރައިބާއާއި ހަވާލުކޮށްދޭން ބުނި އަމާނާތެކެވެ..
އިންތިޒާރު ކޮށްލައްވާ!!
14 Comments!
Comments are closed.

Dear my lovely readers.. mivaahakaves thiya huriha kudhinnah reethi vaanekamah ummeedhukuran..
Mi ee shixz00 ge 3.vana story.. komme kujjakuves vaahaka kiumahfahu vaahaka aa dheythery hinhama jehunukan adhi noonkan haamakohlumakii shixz00 ge v bodu edhumeh!
Readers ge faadukiyun vegendhaani shixz00 ah libeyne v bodu kurierumakah ? Komme kahala javaabeh dhinas hithuge adin gaboolu kuraanevaahaka bunelan..
Once again thanks a lot for giving me a support ?
Ma sha allaah…. Vvvvvv nice…. Gavaidhun up kurahche…. Gud luck…..
Thank you mala
Mi hindhi film eh ge copy eh…prithi.. maheema arujun ulhyny e film ga
dil hai tumaara………….?????
mihharu liyaa story ihah nimmaala dhiniyya varah rangalhu.
Guys I didn’t see that film ? Dhenhuri story thahves up kohdheynan
Thank yuh ?
Thanks for ur advice n I am trying my best…?
Konmeves eh vaahak eh nihmaafa aa vahaka eh fashaaba.Varah reethi hurihaa vaaka thahves???
Alhugandu naani aa ehbas…. OK plot ehgothah liyunas…… adhi neygeyeynu kihineh kameh vaany vaahakaiga…. ekam naani thigothah writer as muhaathabu nukuriyas bunevi dhaanenu reethi koh…. have some respect
Mee hama efilmga ingothah same to same.. N i bet mivahakaiga vaane gothaky dhekudhinnahvex loabi veveyny ekaku dheke ekam boy loabi vany luunaa dheke… But raina ah taka luunaa e boy give up kuranh.. Even because luuna ge stepmom wont be good for her… Right… But migothah gendhan beynun nuvanyaa fasha iruh suruvex raina aa e boy loabi vegen ulhefa luuna third person ah hadha.. Eyrun different ehchakah vaanee.. N mee vex interest vaanyy mi kiyan.. Oaa luuna ehme kuda iruh suru vex nubalai dhuukohlaa fahun dhima vaa gothah hadhan… Right.. E filmga vaagoiy nuvaane kamah ummeedhu kuran.. Plx watch that film okk.. So you wont even feel that you copied anything feom it…???
Hehhe I agree readers thigothah dhekeythi i checked yeah same parts ebahuri but.. trust me Thigothakahnoon shixz00 mivaahaka liyan think kohfa hureeki v v v v different vaane? Bythway thanks
Dhen ehkoh up v ma engeynethaa dhw…. Keep it up…
seriously. so filmy. not so intresting. this is what we hear in every story now. .