Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އަނދިރިވި މިހަޔާތް- ( 1 ވަނަ ބައި)

shixz00 Level 1
December 18, 2016 3 Mins Read
25 Comments

 

ރައްޓެހިކުއްޖަކާ، ފޯނުން ވާހަކަދަށްކަން އެނދުގައި އޮތް ޒީނާ ކުއްލިއަކަށް، ސިއްސައިގެންދިއައީ، ބަދިގެ ތެރެއިން މިކްސްޗަރ ޖައްސާ އަޑަށެވެ. ފުންމައިގެން ތެދުވެވުނީ،، ކިހިނެއްކަމެއްވެސް ނޭނގެއެވެ….،

”އަހަ! ގަޑިން 12 ޖެހީ!. ނޭނގެ މަންމަ ކިޔާނެ އެއްޗެވެސް މިއަދު!”

ޒީނާއަށް ހިތާހިތުން ކިޔާލެވުނެވެ.. ޒީނާ އަކީ އޭނާގެ އުމުރުން  18 އަހަރުން ފެށިގެން މީހަކާ އިދެގެން އުޅޭ ކުއްޖެކެވެ. ޒީނާގެ ފިރިމީހާގެ މަންމަ ޝާލިނީ އަކީ، ކަންކަމުގައި ވަރަށް ޗުސްތަޅާ މީހެކެވެ. ޒީނާއަށް ގޭގައި ރަނގަޅަށް ކުރެވޭ އެއްކަމެވެސް ނޯންނަނީއެވެ. ވަރަށް އަވަސް އަރުވާލައިފައި  ބަދިގެ ފަރާތައް ދިޔައެވެ. ޝާލިނީ ހުރީ ޒީނާ ނުފެނިފަކަހަލެވެ. ”ކިހިނެއްވީ ހޭލެވިއްޖެތަ؟” ” މަގޭ ހިތަށް އަރާ މިނޫން ދުވަހެއް މަށަށް ދައްކަވާނީ ކޮންދުވަހަކުން ބާވައެވެ.” ޒީނާ އިސްޖަހާލައިގެން ހުރެ ބަދިގޭގެ ސިންކުތެރާގައި ހަޑިވެފައި ހުރި ތަށިތައް ދޮންނަން ފެށިއެވެ. އަދި އިތުރަށް ކުރަން ހުރިކަމެއް ވިއްޔާ ކޮށް ނިންމުމަށްފަހު ސިޓިންގްރޫމްއަށް ނުކުތެވެ. އެކަނި ގިނަ ވަގުތު އުޅެން ޖެހުމުން، އެނާގެ އެ އެކަނިވެރިކަން ފިލުވައިދޭ އެއްޗަކީ ޓީވީއެވެ. ފިރިމީހާ އަކީ، ހުއްޓަސް ހަމަ ނެތް މީހެކެވެ.

އަކްސަމް އަކީ ރިސޯޓުގައި ވަޒީފާ އަދާކުރާ މީހެއްކަމުން ވަރަށް މަދުން ނޫނީ އޭނާ އަކަށް ޒީނާއަށް ވަގުތެއް ނުދެވެއެވެ. ކިތަންމެ ލޯބިވިޔަސް ޗުއްޓީ ލިބޭ މަދު ދުވަހެއްގައި އައިސް  ޒީނާއާއެކު ހުންނަ ކޮންމެ ވަގުތަކީ ޝާލިނީގެ އުނދަގޫނުފޯރާނެ ވަގުތަކަށް ނުވެއެވެ. ސިޓިންގްރޫމްގަ އިން ސޯފާގައި އިށީނދެލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފަައި އިން ޒީނާ ހޭވެރިކަންވީ، އަކްސަމްގެ ރައްޓެއްސެއް ކަމަށްވާާ ޖިނާންގެ އަޑަށެވެ.

”މަންޖެ! ކޮންފިކުރެއްގަ؟ ” ފިރިސޮރު މަތިން ހަނދާން ކުރަނިދޯ؟”

”ނޫނޭ! ދެން އެކަނި އިނީމަ ވިސްނޭނެތާދޯ؟ ޖިނާން ކޮން ދަތުރެއް! ހާދަ ދުވަހެއް ކޮށްލާފަ ތިއައީ މިފަހަރު؟ އަނެއްކާ މިފަހަރު ކޮންކަމެއްލައިގަތީ! ނުބުނާތި އަނެއްކާވެސް އަންހެންކުއްޖަކާ، ބައްދަލު ކޮށްލަންވެގެންނޭ!!

”ދެމީހުން އެކަކު އަނެކަކަށްބަލާފަ ހިނިގަނޑުދިޔައީ ފަޅަފަޅައިގެންނެވެ.”

”ހޫން!! އޯކޭ، އޯކޭ، މަ ޤަބޫލުކުރަމޭ! އޭރު އެހެން ކަންތަށްދިމާވީ، ރަނގަޅަށް ބަލައިނުލެވުނީމަ،،”

”އަސްލުވެސް އެއީ، މަޖާ ދުވަހެއް!” ޒީނާ ޖިނާން އަށް ބުނެލިއެވެ. ‘ ހަނދާންވަނީ އަދިވެސް އެދުވަހު އަކްސަމް އުޅުނުގޮތް!،”

” އެހެންޏާ މަށަށް ކިހިނެއް އިނގޭނީ ފޭސްބޫކް އިން ވާހަކަދަށްކާފަ ބައްދަލުކުރަން ބުނީމަ 50 އަހަރުގެ އަންހެނެއް އަންނާނެ ކަމެއް،،! މަމިހިރަ ރީތި މީހާ ކައިރިއަށް، މަންމަ އުމުރުގެ މީހެއް! މިހެން ބުނަމުންވެސް ޖިނާންއަށް ހަމަ ހެވެނީއެވެ. އޯކޭ! ދެން އެދުވަސްވެސް ވެނިމިގެން ގޮއްސިތާ! މިފަހަރު މިއައީ، ރަށުގައި ބައްޕަ ހިންގާ ފިހާރައަށް ބޭނުންވާ ސާމާނުކޮޅެއް ގަނެލަން ކަމަށް، އަދި ބައްޕަ ބޭނުންވަނީ، އަހަރެން އަމަލީގޮތުން މިކަމުގެ ތެރެއަށް ވައްދަންވިއްޔާ!”

”ދޮގުވާހަކައެއްވެސް ނޫން! ތިއުމުރުގައި މަސައްކަތެއް ފެއްޓީމަ، ކިރިޔާވެސް ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެވޭނީ، ޒީނާ ހިނިތުންވެލައިފައި ޖިނާން އަށް ބުންޏެވެ.”

” ޖިނާން ގަޑިއަށް ބަލާލުމަށްފަހު ފިހާރައަށް ބޭނުންވާ އެއްޗެހި ގަންނަން ލަސްވާވާހަކަ ބުނުމަށްފަހު ދިޔައީ، ފުރުމުގެ ކުރިން އަދި އަންނާނަމޭ ބުނެފައެވެ…” ޖިނާން ދިއުމާއިއެކު، އަނެއްކާވެސް ޒީނާ އަށް ޙިޔާލީ ދުނިޔެއަކަށް އެބުރެވުނެވެ…

******

އެއީ، މީގެ 6 އަހަރުކުރިއެވެ… ބިރުވެރިކަމުން ފުރިގެންވީ، ދުވަސްތަކެކެވެ.. އޭރު ޒީނާގެ އުމުރުން 12 އަހަރެވެ. ސްކޫލް ދައުރެވެ. ޒީނާ އޭރު ތައުލީމް ޙާސިލް ކުރަމުން އައީ،، ގްރޭޑް 6 ގައެވެ. ބައްޕަގެ ލޯބިން ބަލައި ބޮޑުކުރަމުންދިޔަ ބައްޕަގެ ރަންދަރިފުޅެވެ. ޒީނާގެ މަންމަ ކާރިސާ ވަނީ، ޒީނާ ވިހެއުމާއި އެކު މިދުނިޔެއާއި އަލްވަދާއުކިޔާފައެވެ.  އެހެންކަމުން ޒީނާގެ  ބަލާ ބޮޑުކުރީ ޒީނާގެ ބައްޕަ މާހިން އާއި ބޮޑުދައިތަ އާޝިޤާ އެވެ…. ޒީނާ އަކީ، ކިޔެވުމަށް މޮޅުކުއްޖެކެވެ.. އޭނާގެ މާކަގިނަ ރައްޓެހިންނެއް ނުތިބެވެ. މަޑުމަޑުން ހުންނަ ޒީނާއަށް ކުދިން ގަންނަނީ، ކޮންކަލަ ބިރެއްކަމެއް ޙުދު އޭނާ އަކަށްވެސް ނޭނގެއެވެ. ސުވާލުކުރުމުން ބައްޕަގެ ފަރާތުން މާ އެދެވޭ ޖަވާބެއްނުލިބޭ އިރުގައިވެސް، ބައްޕަ ބުނަނީ، ފަހުން ރަނގަޅުވާނެކަމަށެވެ..

******

ދުވަސްތައް މާޒީއާއެކުވެ، މިއަދުމީ ޒީނާގެ އޯލެވެލް އިމްތިހާނުގެ ފަހު ދުވަހެވެ. ކޮންމެ އިމްތިހާނަކަށްވެސް އެހާ ތައްޔާރުވެއެވެ.. އެހެންކަމުން ކޮންމެ އިމްތިހާނަކުންވެސް، ރަނގަޅު ނަތީޖާއެއްލިބޭނެކަމުގެ ޔަގީންކަން ޒީނާ އަށް އޮވެއެވެ.. ޓެސްޓް ނިންމާލުމަށްފަހު ގެއަށްދިއުމަށް ޒީނާ ހިނގައިގަތްވަގުތު، މީހަކު ގޮވާހެގެން ހީވެގެން ފަހަތް ބަލައިލިއިރު، އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހީވި ހީވުމެއްކަަަމަށް ހީކޮށް އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ…

ޒީނާ! ޒީނާ!! ‘އަނެއްކާވެެސް އެއަޑު އިވެން ފެށުނެވެ. މިފަހަރު ވަރަށް ކައިރިން އަޑުއިވުނުހެން ޒީނާއަށް ހީވިއެވެ.. ގައިން ހީބިހި ނަގައިގެންގޮސް މީހާ ތުރުރުއަޅަން ފެއްޓީ، ފަހަތަށް ބަލައިލިއިރު އެއްވެސް މީހަކު ފެންނަންނެތުމުންނެވެ.. ”އެކަމަކު ހަމަޔަގީނެވެ. އަހަންނަށް މިހަކު ދެންމެ ގޮވި،؛’ ޒީނާ ހިތަށްއަރައި ފައިބަމުން ދިޔަ އެއްޗެހިން، ދުއްވައިގަނެވުނީ، ކިހާ ބާރުމިނެއްގައި، ކަންވެސް ނޭނގުނެވެ. ދުވެފައި ދިޔައިރުވެސް ފަހަތުން މީހަކު އަންނަހެންވެސް ޒީނާ އަށް ހީވިއެވެ.. ގެއަށް ވަދެވުމާއި އެކު ދޮރުލައްޕާ ތަންޑުއެޅުވުމާއި އެކު ބައްޕަ އަދި ބޮޑުދައިތަ އަށް  ޒީނާ ވަަރަށް ބާރަށް ގޮވަންފެށިއެވެ.

” ބައްޕާ! ބައްޕާ! ”

” ކިހިނެއްވީ ދަރިފުޅާ؟” ބޮޑުދައިތަ ނެތް ގެއަކު!

” ބައްޕާ! ބައްޕާ! އެތަނުން މިތަނުން ، މިތާކައިރިން، ސްކޫލްކައިރިން،،،،”

ބިރުގަނެފަހުރި ވަރުން ޒީނާ އަށް އަނގައިން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ.

” ދަރިފުޅު ބުނެބަލަ ބައްޕަކައިރީގައި ވެގެންއުޅޭގޮތެއް ނިކަން ރީއްޗަށް! ކިހިނެއްތަވީ؟ މީހަކު ދަރިފުޅަށް އެއްޗެކޭ ބުނީތަ؟ މީހަރު ކަމެއްކުރީތަ؟ ” ” ވަރަށް ބޮޑަށް ހާސްވެފައިހުރެ ބައްޕަ މާހިން ޒީނާ ކުރެން އެހިއެވެ.’

” ބައްޕާ! ސްކުލުން އަންނަނިކޮށް މީހަކު ޒީ އަށް ގޮވި! އެކަމަކު ޒީ ފަހަތް ބަލައިލި އިރު އެއްވެސް މީހަކު ފެންނާކަށްނެތް،، އެކަމަކު ބައްޕާ! ހަމަޔަޤީނޭ! އެއީ، އަހަންނަށް ކުރެވުނު ކުންހީއެއްނޫން، އަހަންނަށް މީހަކު ގޮވި، އެއްފަހަރު ނޫން ދެފަހަރު ގޮވި،،” މާހިން ޒީނާ ހަމައަކަށް އެޅުވުމުގެ ގޮތުން ވާހަކަ އޮޅުވާލިއެވެ..

”ޒީ! ޓެސްޓް ކިހިނެއްވާނެހެން ހީވަނީ؟ މިފަހަރުވެސް ވާނެ ކުލާހުން އެއްވަނަ ހޯދަން! ” ޒީނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ” ” ދެން ދަރިފުޅު ދޭ ފެންވަރައިގެން އަންނަން ، މިހާރު މަޢުރިބަށް ގޮވަން އުޅޭނެ.. ” މިހެން ބުނެފައި މާހިން ވެސް ވަނީ ފެންވަރާށެވެ.

8.30 ވީ ތަނާހެން އާޝިގާ، ޒީނާ  އަދި މާހިން އަށް ކާން އައުމަށް ގޮވިއެވެ. ނަމަވެސް އޭގެ އިރުކޮޅެއްފަހުން މާހިން އަަތުވެއްޖެވެ. ޒީނާގެ ހަބަރެއްނުވެގެން އާޝިޤާ ޒީނާގެ ކޮޓަރިއަށް ވަތް އިރު ކަމަކުދާކަށް ނެތެވެ..  އަގަމަތީގައި އަތްއަޅައިގެން ބިރުން ހުރި ޢާޝިޤާ، އަށް ހީވީ، ދެފައިތިލަދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ. އެވަގުތު އެތަނަށް މާހިން ވެސް އައެވެ…..

މާހިން މުޅިން ގޮތް ހުސްވިކަހަލެވެ.. އަދި މިއޮތިީ އެދުވަސް އައިސް ޖެހިފައިކަން އިހްސާސްވިއެވެ. އެކަމަކު ކިހިނެއް؟ ނުވާނެ! ނުވާނެ! މާހިން އަށް ބާރަށް ހަޅޭލައްވައި ގަނެވު…

  •   – ނުނިމޭ-

Share Article

Follow Me Written By

shixz00

Level 1

Other Articles

Previous

ފުން ލޯބި (5)

Next

ހިތް އެކީ ދެވިއްޖޭ…17

Next
December 18, 2016

ހިތް އެކީ ދެވިއްޖޭ…17

Previews
December 18, 2016

ފުން ލޯބި (5)

25 Comments!

  1. shixz00 says:
    December 18, 2016 at 12:05 am

    Hi readers this is my second story… hope yuh guys will like it.. ????

    1. amadey.. says:
      December 29, 2016 at 1:28 am

      v nice ekam thankolheh kuree dhigu kohleema adhi maa reethi vaane.

  2. Naai says:
    December 18, 2016 at 12:27 am

    Wow story v v v reethi maasha allah heevanee v reethi vaane hen… shixz00 dhenfaharakun thankolheh dhigukollahchey?

  3. Malaka says:
    December 18, 2016 at 12:30 am

    Nice story…. keep it up? Waiting….

  4. S♓♈♈♓♑♏ says:
    December 18, 2016 at 3:59 am

    reethi mi story ves ekm kureege story ves up kurachey…☺

    1. shixz00 says:
      December 18, 2016 at 2:44 pm

      ok thanks

  5. mac says:
    December 18, 2016 at 5:24 am

    Salhi..

    1. shixz00 says:
      December 18, 2016 at 2:44 pm

      thanks

  6. ainy says:
    December 18, 2016 at 11:59 am

    Vaahaka v nice…. waiting for the next part ?

  7. Anonymous says:
    December 18, 2016 at 1:22 pm

    Vaahaka v reethi next part konirakutha furathama vaahaka ninmaaleetha

    1. shixz00 says:
      December 18, 2016 at 2:45 pm

      thanks… not yet

  8. Faxoo says:
    December 18, 2016 at 2:13 pm

    vrh reethi mi story 🙂 waiting for the next part

    1. shixz00 says:
      December 18, 2016 at 2:45 pm

      thank yuh

  9. sany says:
    December 18, 2016 at 4:35 pm

    2nd part konirakun nerenee

  10. faxna says:
    December 20, 2016 at 6:44 pm

    avas kurey dhevana bai nerey avahah

  11. Faru says:
    December 21, 2016 at 7:23 pm

    V shalhi. I cant wait for next part. Hope avahah next bai kiyaalevey ne kamah♡

  12. love girl says:
    December 22, 2016 at 3:07 pm

    v reethi story eh

  13. love girl says:
    December 22, 2016 at 3:10 pm

    v nice story eh

  14. shixz00 says:
    December 22, 2016 at 11:54 pm

    2nd par up kohlafa innaane now ?
    Thanks all

  15. Shaxxuu says:
    December 23, 2016 at 12:14 pm

    Nufenun 2 vans baeh shixzoo

  16. nanna says:
    December 25, 2016 at 9:51 pm

    Second vana part eh neiy!!

  17. shaxxu says:
    January 22, 2017 at 8:37 am

    mikahala fake vaahaka kiyaaakah beynumeh vex noon…

  18. shelly says:
    January 23, 2017 at 5:24 pm

    2nd vana part up kohfa ey bunefa kobaa tha 2nd vana part…

  19. ~kiddo~ says:
    March 12, 2017 at 5:18 pm

    Wheres the second part.. i couldnt find it.. but u told that u have updated it :/

  20. ~kiddo~ says:
    March 12, 2017 at 5:25 pm

    Wheres the second part ? Cant wait to read second part cux first one is really nice 🙂 plx upload next part soon

Comments are closed.



All Right Reserved!