Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަތިފިޔަވަޅު… ފަހުބައި

nizam Level 110 Stories
December 14, 2016 5 Mins Read
10 Comments

އެހެނަސް ލޮލަކަށް ނިންޖެއް ނައެވެ. ހީވަނީ ހަށިގަނޑުގެ ތެރެއިން އެއްޗެއް މަދުވެފައި ވާ ހެންނެވެ. އެހެން ދެ އަތަކަށް ފުރޮޅި ފުރޮޅި އޮއްވާ އެންމެ ފަހުން އަންހެނުންނަށް ހޭލެވުނެވެ. އަދި ހައިރާން ކަމާއެކު ސުއާލު ކުރަން ފެށިއެވެ. ޝައްކުގެ ނަޒަރަކުން ޝަކުވާ ވެސް ކުރަން ފެށިއެވެ. ކުރިން އަހަރެން އުޅުނު ގޮތް ބަދަލު ވެފައި މިހާރު އަހަރެން ވަރަށް ތަފާތު ކަމަށް ބުނެއެވެ. އަދި އޭނަޔަށް ފަރުވާލެއް ނުބަހައްޓައި ތާނގަ ދަރިފުޅަށް ވެސް އަޅާ ނުލާތީއެވެ. އެހެނަސް އަހަރެން އެއްވެސް ވާހަކަ އެއް ނުކިޔައި ދެމެވެ. ވަޒީފައިގައި ބުރަކޮން އުޅެން ޖެހޭތީ ވާގޮތް ކަމުގައި ބުނެ ހަމަޖައްސައި ލީމެވެ.

ދުވަސްތައް ހަލުއި ކަމާއެކު ފާއިތު ވަމުން ދެއެވެ. ނަމަވެސް ކޮންމެ ކޮންމެ ކަމަކީ ތާ އަބަދަށް ސިއްރުވާނޭ ކަންތައް ތަކެއް ވެސް ނޫނެވެ. އެކަމެއްގެ ވަގުތު ޖެހުމުން ލަހެއް ފަހެއް ނުވެ އެކަމެއް ވާނެއެވެ. ވަގަކަށް ހާސް ދުވަސް ވެރިޔަކަށް އެއް ދުވަހޭ ބުނަނީ އެ ބަހުގައި ވަރަށް ބޮޑު ހަޤީޤަތެއް ވެސް އެކުލެވިގެން ވާތީކަން ޤަބޫލު ކުރަން ޖެހެއެވެ. އެގޮތުން އެންމެ ފަހުން އަހަރެންގެ ކަންތައް ގޭ މީހުން ނަށް ފަޅާއެރި އެވެ. އެއަޑު އިވިފައި ބައްޕަޔަށް ކުއްލި ޝޮކެއް ލިބި އަބަދުގެ އަބަދަށް މި ދުނިޔެއާ އަދި އާއިލާޔާ ވެސް ވަކިވިއެވެ. ހިތާމަ އެއްގެ މައްޗައް ހިތާމަ އެއް އާއިލާ ޔަށް އިތުރު ވިއެވެ.

އެކަމުގެ ސަބަބުން އަހަރެންނަށް ހެޔޮ އެދޭ ހުރިހާ ރައްޓެހިން އަހަރެންނާ އެއްކޮން ގުޅުން ކަނޑާލިއެވެ. އަހަރެން އެކަނި ވިއެވެ. ގޭތެރެ މުޅީން ހިމޭންވިއެވެ. ހަނާ ރުޔެވެ. އާދޭސް ކުރިއެވެ. ދަރިފުޅުގެ ހައްޤުގައި ވެސް އެކަމާ ދުރަށް ދިއުމަށް އެދުނެވެ. ބޭނުން ނަމަ އެކަމުން ސަލާމަތް ވެވިދާނެ ކަމަށާ އަދިވެސް ވަގުތު އެބަ އޮތް ކަމުގައި ބުނެ އަހަރެން ނަށް ވިސްނާ ދިނެވެ. އަމިއްލަ ބަނޑު އަޅާ ވިހޭ ދަރިޔަކަށް ވާތީ އަހަރެން ހަލާކު ވެގެން ދާތަން ބަލަން މައި ލަގޮނޑި އަށް ކެތްނުވީ ވެސް ކަން ނޭންގެއެވެ. މަންމަ އަހަރެންގެ ގައިގާ ބައްދާލައި ގެން އިނދެ ނަސޭޙަތް ތެރިވީ ކިހާ ވަރަކަށް ކަން ހަނދާނެއް ވެސް ނެތެވެ. ނަމަވެސް މަންމަ މެންގެ އެ ވާހަކަތައް އޭރު އަހަރެންނަށް ބަލައި ގަނެވުނީ އަހަރެންގެ މިނިވަން ކަމާ އުފާ ތަކަށް ހުރަސް އެޅުމުގެ ގޮތުން ހުއްޖަތް ދައްކަނީ ކަމުގައެވެ. އެހެން ކަމުން މަންމަމެން ރޮއެ ރޮއެ ތިއްބާ މަންމަ މެންގެ ނަސޭޙަތް ބޮލާލައި ޖެހުމަށް ފަހު ގެއިން ނުކުތީ ހިތްހަމަ ނުޖެހުމާ އެކު ގައެވެ. މައެއްގެ ހިތުގައި ޖެއްސުމަކީ ދަރިޔަކަށް ކުރެވޭ ކިހާބޮޑު ކުށެއްކަން އެނގި ހުރެވެސް އެވަގުތު މައެއްގެ ހިތުގައި އަޅާނެ ވޭނާއި ހިތައް ކުރާނެ އަސަރަކަށް ކުޑަ ކޮން ވެސް ބަލައި ލުމެއް ނެތިއެވެ.

އެރޭ ވެސް އަހަރެންނަށް މަގު ދެއްކީ އެއްކަލަ ރަޚުމަތް ތެރިޔާއެވެ. އޭނަ ވަރަށް ހުށިޔާރެވެ. ހީވަނީ އެ ކަހަލަ ފުރުސަތަކަށް ބަލަބަލައި ހުރި ހެންނެވެ. ވެގެން އުޅޭގޮތް ސާފު ކޮށްދިނުމުން އޭނަ ޖަހާލީ ހިނިގަނޑެކެވެ. އަހަރެން ހާސް ވެފައި ހުރި އިރުވެސް އޭގެ އެއްވެސް ކުލަވަރެއް އޭނަގެ މޫނު މައްޗަކުން ނުފެނުނެވެ. އޭނާ ހުރީ ވަރަށް ހަމަ ޖެހިފައެވެ. ހީވަނީ ބޭނުން ވެފައި ހުރި ކަމެއް ޚާސިލް ވުމުން އެކަމުގެ ހިތްހަމަ ޖެހުން ލިބުނީމާ ވެސް ކަންނޭންގެއެވެ. އަދި ހާސް ނުވާށޭ ކިޔައި އަހަރެންގެ ކޮނޑުގައި ޖަހާލަމުން އޭނަގެ ފަހަތުން އައުމަށް އެދުނެވެ. އޭނަޔާ އެކީ އަހަރެން ދިޔައީ އޭނަ ގެންދިޔަ ތަނަކަށެވެ. އޭނަ ގޮސް ވަނީ އާދައިގެ ގޮތަކަށް ހަދާފަ ހުރި ގެއެއްގެ ތެރޭގައި ހުރި ކޮޓަރި އަކަށެވެ. އޭރު އެތަނުގައި އިތުރު ބަޔަކު ވެސް ތިއްބެވެ. އަހަރެން ފެނުމުން އެ މީހުން ހޭ ބުރޯ ކިހިނެއްހޭ އަހާލިއެވެ. އެވަގުތު އަހަރެންނަށް ބަލައި ލެވުނީ ފަޔާގެ މޫނަށެވެ. ފަޔާ އެއްވެސް އެއްޗެކޭ ނުބުނެ ދިޔަގޮތައް ގޮސް އެމީހުން ކައިރީ އެނދުގައި އިށީނެވެ. ކޮޓަރި ތެރެ އެއް ވަސް ވެފައި ވަނީ ސިނގިރޭޓު ވަހުންނެވެ. އެކި ކަހަލަ ބުއިން ތަކުގެ ހުސް ފޮށި ތަކާއި ސިނގިރޭޓު ހުސްކުރި އެތައް ފޮށްޓެއް ކޮޓަރީގެ އެތައް މިތަނަށް އުކާފައި ވެސް ހުއްޓެއެވެ. ކޮޓަރި ތެރެ ހަޑި ކަމުން މީން ދުވަހަކު އެތަން ސާފު ކޮށްލި ހެން ވެސް ހީނުވެއެވެ. އަހަރެން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނާ ފަޔާ އަތުގެ އިޝާރާތުން އޭނަ ކައިރީ ހުރި އެނދެއް ދައްކާ އެތާ އިށީނދެ ހަމަ ޖެހިލުމަށް އެދުނެވެ.

އެވަގުތު އެއް ވެސް ތަރުތީބެއް ނެތި އުކާލެވިފައިވާ ބާލީސް ތަކާއި ބެޑުޝީޓު ރޫ ޖެހިފައިވާ އެނދުމަތީ އިށީނުމާއެކު ފަޔާ ކަޅު ކުލައިގެ ދިޔާ އެއްޗެއް އަޅާފަ ހުރި ކިއްލި އަޅާ ޒާތުގެ ޕެކެޓެއް އަހަރެންނަށް ދިއްކޮށް ލިއެވެ. އެވަގުތު އަހަރެން އިނީ އިތުރު ކަމަކާ ވިސްނޭ ވަރަށް ވުރެ ބޮޑަށް ބޯ ގޮވާފައި ކަމުން ވަގުތުން އޭގައި ހިފައި އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އެ ކަނޑާ ލުމަށް ފަހު ބޯން ފެށީމެވެ. ފުރަތަމަ ފަހަރު ކަމުން ހޮޑުލެވުނެވެ. ކެއްސަން ފެށުނެވެ. މޭ އަނދާ ހެން ހީވިއެވެ. ލަގޮނޑި އަރުތެރޭން ލުހިގެން އަންނަހެން ހީވާތީ މޭގައި ހިފަހައްޓައި ލައިގެން އިނީމެވެ. އޭގެ ދެވަނަ ރޭވެސް ދިޔައީ ހަމަ އެގޮތުގައެވެ. ތިންވަނަ ރޭ ވެސް ފާއިތު ވެގެން ހިނގައްޖެއެވެ.

ދުވަސްތައް ހަފުތާ ތަކަށް ހަފުތާތަށް މަސްތަކަށް ބަދަލު ވަމުންދެއެވެ. އެރޭ ގެއިން ނުކުތް ފަހުން ގެޔައް ނުދާތާ މިހާރު މަހަކަށް ވުރެ ވެސް ގިނަ ދުވަސް ވެދާނެއެވެ. ހަމަ އެހެންމެ އަންހެނުންނާއި ދަރިފުޅުގެ ހާލު ބަލާ ނުލާއިރު ކުޑަމިނުން މަންމަ ދިރި ހުރިތޯ ވެސް ބަލައެއް ނުލަމެވެ.

އެއް ރެއެއްގެ ދަންވަރުގެ ވަގުތެވެ. ރިސޯޓުގައި ހުރެފައި މާލެ އައީ ފަޔާ މެންގެ ދަޢުވަތަކަށެވެ. އެދިޔަ ގޮތައް އަހަރެން ދިޔައީ ފަޔާ މެންގެ ގެ އަށެވެ. ކުރިން ފަޔާ އުޅޭ ކޮޓަރި އެނގިފައި އޮތުމުން އަހަރެން ގޮސް ފަޔާގެ ކޮޓަރި ދޮރުގައި ދެފަހަރަކު ޓަކި ޖަހައި ލީމެވެ. ފަހަރެއްގައި އެގޭގައި އުޅޭ މީހަކަށް ފެނިދާނެ ތީ ވެސް ކަންނޭންގެއެވެ. ދޮރު ހުޅުވާލުމަށް ފަހު ސިއްރު ސިއްރުން ދެކޮޅު ބަލައި ލައިފާ އެއްވެސް މީހެއްގެ ހިލަމެއް ނެއްކަން ޔަޤީން ވުމުން ކޮޓަރި ޔަށް ފަޔާ އަހަރެން ވެއްދިއެވެ. އަދި ކޮޓަރި ތެރޭގަ މަޑުކުރުމަށް ބުނެ ފަޔާ ނުކުތީ ބޭރަށެވެ. ފަޔާ ބޭރަށް ދިއުމާ އެކު ވަގުތު ދިން ފުރިހަމަ ކަމުގެ ބޭނުން ހިފަން އަހަރެން މަސައްކަތް ފެށީމެވެ. އެވަގުތު ބޭރުން ފިޔަވަޅު ތަކެއްގެ އަޑު އިވުނުހެން ހީވިއެވެ. އެހެނަސް އެއީ ހީވި ގޮތެއް ކަމުގައި ނިންމާ އެކަމާ އެއްވެސް ފަރުވާލެއް އަދި ސަމާލު ކަމެއްވެސް ނުދެމެވެ. ހަމަ އެހެންމެ ވާން މިއުޅެނީ ކިހިނެއް ކަމެއް ކުޑަކޮން ވެސް ވިސްނާއެއް ނުލެވުނެވެ.

ނަމަވެސް ފަސްވަރަކަށް މިނެޓު ވެސް ނުވާނެއެވެ. ކުއްލި އަކަށް ކޮޓަރި ދޮރު ވައްޓައި ލުމަށް ފަހު އެތެރެޔަށް ވަދެގަތީ ކުލަ ހެދުމުގައި ތިބި ބައެކެވެ. އެމީހުން ނަށް ބަލައި ލުމުން ލާފަ ހުރި ގަމީހުގެ މޭމަތީ ޖީބުގަ ޖަހާފަ ހުރި ނަން ކޮޅުން އެއީ އެސް އޯ ފުލުހުން ކަން އެނގުނެވެ. އެވަގުތު ހަދާނެ ގޮތް ހުސްވިއެވެ. ފިލަން ދުއްވައި ވެސް ގަނެވުނެވެ. އެހެނަސް އަހަރެން ނަށް ވުރެ އެމީހުން މާ ޙުޝިޔާރެވެ. އެތަނުން ދެމީހަކު ދުވެފައި އައިސް އަހަރެންގެ ދެ އަތް ފުރަގަހަށް ވާގޮތަށް ހިފަހައްޓައި އަހަރެންގެ ދެ އަތުގައި ބިޑި އެޅުވިއެވެ. އަދި ކޮޓަރިން ނުކުތުމަށް ބުނުމުން ނުދާނަމޭ ކިޔައި އަހަރެން ގަދަ ހަދަން ފެށުމާއެކު އަހަރެން ކޮޓަރި ތެރެއިން ނެރެ ދަމަމުމުން ކަހަލަ ގޮތަކަށް ގެންގޮސް ޕޮލިސް ޖިޕު ތެރެޔަށް އަހަރެން ހޫރާލިއެވެ. އެ ހޫރާލި ބާރު މިނުގައި ވިއްސައިގެން ގޮސް އަހަރެންގެ ބޯ ޖެހެން ދިޔައީ ފަހަތު ޝީޓު ގޮނޑި ބަރީގެ ހޮޅި ދަނޑީ ގައެވެ.

ހަޅޭއް ލަވައި ގަތުމާ އެކު ސިހިފައި ފުއްމައިގެން ތެދު ވެވުނީ އެވަގުތެވެ. އޭރު މުޅި މީހާ ވަނީ ދާހިއްލައި ފޯވެފައެވެ. ބިރުން ގޮސް ތުރު ތުރު އަޅައި ވަރުން ހީވަނީ މީހާ ހަލާކު ވެދާނެ ހެންނެވެ. އެވަގުތު އަވަސް އަވަހަށް އަނދިރިކަން ވެރިވެފައި އޮތް މާޚައުލަށް ވަށައިގެން ނަޒަރު ހިންގައި ލެވުނެވެ. ފެނިގެން ދިޔައީ ހުވަފެނެއް ކަމަށް ހިތާއެވެ. އެހެނަސް އެއީ ހުވަފެނެއް ނޫންކަން އަހަރެންނަށް ގަބޫލު ކުރަން މަޖުބޫރުވީ އަހަރެންނަށް އަހަރެންގެ ހާލަތު އިހުސާސް ވުމުންނެވެ. ބޮލުގަ ރިއްސާއި ކަމުގެ އިޚުސާސް ވެސް ކުރެވެނީ ދެނެވެ. ލިބުނު މާޔޫސް ކަމާއި އަހަރެންގެ ނިކަމެތިކަން ހިތަށް އެރުމާ އެކު ބޮލުގައި ހިފަހައްޓައި ލަމުން ދެވަނަ ފަހަރަށް އެކުޑަ ކުނާ މަތީ އޮށޯވެލީމެވެ.

މިއަދު އަހަރެންނަކީ ކިހާ ބަދު ނަސީބު މީހެއް ހެއްޔެ؟ ހުރިހާ ރައްޓެހިން ގެއްލި އެކަނިވެ އާއިލާ އާ ވަކިން ޒުވާން އުމުރުގައި މުޅި ޚަޔާތް ވޭތު ކުރަން ޖެހިފާ މިވަނީ އެއްވެސް ދިރުމެއްނެތް ޖަލުގެ ތޭރި ތަކުގެ ތެރޭގައެވެ. އަލި ކަމެއް ނެތް އަނދިރި ގޮޅި އެއް ގައެވެ. އަހަރެންގެ ސަބަބުން ބައްޕަ މިދުނިޔެ ދޫކުރި އިރު އަހަރެންނާ ދޭތެރޭ ވިސްނާ ހިތާމަ ކޮށްކޮށް މަންމަގެ ބަލި ހާލު ވެސް ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދާކަމުގެ ޚަބަރު އަހަރެންނަށް ލިބެއެވެ. އަހަރެން ދެލޯ ފަދައިން ލޯބިވި އަނބިމީހާގެ ހާލު ބުނެދޭނެ ގޮތެއް ވެސް ނޭންގެއެވެ. އަނެއް ކޮޅުން ދަރިފުޅު އުޅޭނެ ނިކަމެތި ގޮތް ހިތަށް އަރާފަ ލޮލުން ކަރުނަ ހިލެއެވެ. އެފަކީރު ބޮޑުވަމުން އެދަނީ ބައްޕަ އެއްގެ ލޯބި ނުލިބިއެވެ. ދަރިފުޅުގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ބުނެދޭން ނޭންގޭ އިޚުސާސް ތަކެއް އަހަރެންނަށް ކުރުވައެވެ. އެއްޗެއްގެ މުހިންމު ކަން އެނގޭނީ އެ އެއްޗެއް އަތުން ބީވެގެން ދިޔައިމަ އޭ ބުނާ ބީދައިން ބައްޕަ އެއްގެ ލޯބި ދަރިއަކަށް ބޭނުންވާނީ ކިހާ ވަރަކަށް ކަން ހުދު އަހަރެންނަށް މިހާރު އިޚުސާސް ކުރެވޭތީއެވެ.

އެހެންނަސް ކިތައްމެ ދެރަވިޔަސް މިއަދު އަހަރެންނަށް ދަރިފުޅަށް ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއްނެތެވެ. ބުނާތީ އަޑު އަހަމެވެ. އާއިލާޔާ ވަކިން ދުރުގައި އުޅެން ޖެހުމަކީ ބޮޑު ވޭނެއްގައި އުޅުން ކަހަލަ ކަމެކެވެ. އެކަމަކު އޭރު އެ ވާހަކަ އަހަރެން ޤަބޫލެއް ނުކުރަމެވެ. ނަމަވެސް މިހާރު އަހަރެންނަށް މިވަނީ އެވާހަކަ ޤަބޫލު ކުރަން މަޖުބޫރު ވެފައެވެ. މިއަދު އަހަރެން އެކަމާ ހިތާމަކޮށް ދެރަވަމެވެ.

މި ގޮތަށް ކަންތައް ދިމާވެފއި މިވަނީ ހުދު އަހަރެންގެ ސަބަބުންނެވެ. މިފަދަ ހިތްދަތި ޚާލެއްގައި ދުވަސްތައް ހޭދަކުރަން މި ޖެހުނީ އަމިއްލަޔަށް އިޙުތިޔާރު ކުރެވުނު ވިޔާނުދާ ދިރިއުޅުމެއްގެ ސަބަބުންނެވެ. އެކުވެރިން ކަމުގައި ބަލައި ގަނެވުނު ކެހިވެރި ޝައިތާނުން ތަކެއްގެ ސަބަބުންނެވެ. ހަވާ ނަފުސައް ހެއްލި ދުނިޔަވީ ކުޑަ ހިނދު ކޮޅެއްގެ ވަގުތީ އަރާމަކަށް ޓަކައި އަޚިރަތް ވިއްކާ ލުމުންނެވެ. ދުނިޔޭގައި އުޅެންވީ މަގު އޮޅި އެޅުނު ހަމަ އެންމެ ކަތިފިޔަވަޅެއްގެ ސަބަބުންނެވެ. އެ ދުވަހު މަންމަމެން ދެއްވި އަގުހުރި ނަސޭހަތް ޤަބޫލު ނުކުރުމުގެ ހިތި ނަތީޖާއެވެ.

މިހާރު އަހަރެން މިދަނީ އަހަރެން ކުރި ކުށުގެ ޚައްޤު އަދަބު ލިބި ގަންނަމުންނެވެ. އެކަނި ވެރިކަމާ ހިތާމައި ގައެވެ. އޭގެ ވެސް އެންމެ ހިތި ގޮތުގައެވެ.

ނިމުނީ

Share Article

Follow Me Written By

nizam

Level 110 Stories

Other Articles

Previous

ތާޝާ (ފަހުބައި)

Next

ހިތް އެކީ ދެވިއްޖޭ…13

Next
December 15, 2016

ހިތް އެކީ ދެވިއްޖޭ…13

Previews
December 14, 2016

ތާޝާ (ފަހުބައި)

10 Comments!

  1. Hooooo. says:
    December 15, 2016 at 12:32 am

    Varah reethi. Adi varah hithaama ves kuran. Sababakee miee mujuthama uge haalathu kaugai vaathive

  2. Sweety says:
    December 15, 2016 at 2:04 am

    Not bad.

  3. hahah says:
    December 15, 2016 at 9:25 am

    Nothing new this is everyday’s story.
    make it interesting next time

  4. maee says:
    December 15, 2016 at 10:03 am

    masha allah varah reethi mi story

  5. Shahufaan says:
    December 15, 2016 at 1:44 pm

    Varah reethi vaahaka eh.. Adhi ves mikahala vaahaka kiyan libeyne kamah unmeedhu kuran

  6. nizam says:
    December 15, 2016 at 4:45 pm

    thanks shaufaan…

  7. nizam says:
    December 15, 2016 at 4:47 pm

    varah varah bodah thanks all lovey coments….

  8. jameela says:
    December 15, 2016 at 6:15 pm

    vaahaka reethi igay, ekam ehves twiateh nethyma v kanbodu vehjje, vaahaka nimeygoi kiyaalyma igay. dhen ahna vaahaka ragalhuvaane kamah umeedh kuran. thikuraa hiyvarah saabas thihaa burakoh ulhengenves, keep it up

  9. Saandy says:
    December 15, 2016 at 6:52 pm

    ވަރަށް ރީތި… ނިޒާމްގެ އިތުރު ވާހަކަތަކެއް ފެންނާނެކަމަށް އުންމީދުކުރަން

  10. nizam says:
    December 15, 2016 at 7:36 pm

    varah bodah thanks jamee and saandy……

Comments are closed.



All Right Reserved!