” ކައިވެނީގެ ވަލީމާއެއް ދޯ.. އަނެއްކާ ކާކުބާ” އައިޝާ ކައިރިވެލަމުން އަހާލިއެވެ. އީޝާލް އަނެއްކާވެސް އެކަރުދާސްކޮޅަށް ބަލާލަމުން އޭަގައި ލިޔެފައިވާ ނަންތައްކިޔާލިއެވެ.
” ހުޝާމް ވެޑްސް ލޫޝާ” އީޝަލް ކިޔާލުމާއެކު އައިޝާގެ ބޯމަތީގައި ބޮމެއް ގޮވިކަހަލައެވެ. އަވަސް އަވަހަށް އީޝަލް އަތުން އޭތި އަތުލާ އޭގައި އޮތް އެއްޗެއް ކިޔަންފެށީ އޭގައިވާ ނަންތައް ބަދަލުވަނެނަމައޭ ހިތަށް އަރުވަމުންނެވެ. އައިޝާ މުޅިން މާޔޫސްވިއެވެ. އޭތި އަނބުރާ އީޝަލް އަތަށް ދިނުމަށްފަހު ކޮޓަރިއަށް ދިޔައީ މާޔޫސްވެފަ ހުރެއެވެ. އައިޝާއަށް ވީގޮތް ފެނި އީޝަލްގެ ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައެވެ. އައިޝާ ފަހަތުން ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އައިޝާކައިރިން އޮޅުންފިލުވަން ބޭނުންވާ ކަންތައްތަކެއް ހުރީމައެެވެ.
ލަކީ ޕެލެސް އަށް ބަހާރު މޫސުމް އައިސްގެން އުޅޭ ކަހަލައެވެ. ކައިވެނީގެ ލާކުލަ އާއި ވެނިއު ހަމަޖައްސަން ހަބީބާ އާއި ހަބްޝާގެ އިތުރުން އާއިލާ އެހެން ދެތިން މީހުންވެސް އުޅެއެވެ. ހައިފާއާއި ހިބާވެސް ދައްކާ ވާހަކައިގައި ބައިވެރިވަމުން ދިޔައެވެ. ލޫޝާވެސް އެއްކަނެއްގައި މަޑުމަޑުން އިށީނދެލައިގެން އިނެވެ. އެމީހުން ކުރާކަމަކަށް ލޫޝާގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަހަލައެެވެ. ހުޝާމް ގެއަށް އައިސް ވަނީ އެމީހުން އެވާހަކައިގައި ތިއްބައެވެ. ހުޝާމް ފެނުމުން ލޫޝާ އިސްޖަހާލިއެވެ.
” ދަރިފުޅު އައީތަ.. މަންމަމެން މިއުޅެނީ ކައިވެނި ކުރެވޭނެ ތަން ހަމަޖައްސަންވެގެން.. ހޮޓެލް ޖެން ކިހިނެއްވާނެ ދަރިފުޅާ” ހަބީބާ އަހާލިއެވެ.
” މަންމާ ތިހާ އަގުބޮޑު ތަންތަން ހަމަޖައްސާނެ ކަމެއް ނެތް.. ކައިވެނި ކުރެވޭނީ މިސްކިތުގަ.. ވަލީމާ އޮންނާނީ މިގޭގަ.. އެނޫން ގޮތެއް ހަދަން އުޅޭނެ ކަމެއް ނެތް..” އެހެން ބުނުމަށް ފަހު ހުޝާމް އިތުރު މީހަކަށް ބަލާލުމެއް ނެތި ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ހުޝާމްގެ ނިންމުމާ މެދު އެންމެންގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވެގެން ދިޔައިރު އެތަނުން ހީލެވުނީ ލޫޝާއަށް އެކަންޏެވެ. އިންތަނުން ތެދުވަންވެގެން އުޅެނިކޮށް ލޫޝާގެ ދަށްބަނޑަށް އެރި ތަދާއެކު ނުވެސް ތެދުވެވުނެވެ. ބަނޑުގައި ހިފަހައްޓާލައިގެން އިރުކޮޅަކު އިން އިރު މޫނުމަތިން ވީހާވެސް ހަމަޖެހޭ ގޮތް ދައްކަން މަސައްކަތްކުރިއެވެ. އޭރު މުޅިމީހާ ދާހިއްލާ ފޯވަނީއެވެ. ކުޑަކޮށް ލުއިވިހެން ހީވުމާއެކު އަވަހަށް ތެދުވެގެން ގޮސް ހައިފާގެ ކޮޓަރިއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ދަށްބަނޑަށް އެރި ތަދާއެކު ލޫޝާ ގުދުވެވުނެވެ. ކޮރެމުން ކަހަލަގޮތަކަށް ގޮސް އަވަހަށް ފާހާނައަށް ވަނީ އެހެން މީހަަކަށް ފެނިދާނެތީއެވެ.
އީޝަލް ކޮޓަރިއަށް ވަންއިރު އައިޝާ އެނދުމަތީގައި ދެފައިވަށްކޮށްގެން އިށީނދެލައިގެން އުނގުމަތީގައި ބާލީހެއް ބާއްވައިގެން އިސްޖަހާލައިގެން އިނެވެ. އީޝަލް މަޑުމަޑުން ހިނގާލާފައިގޮސް އައިސް އައިޝާގެ އުނގުމަތީގައި އޮތް ބާލީހުގައި ބޯއަޅާލައިގެން އިސްޖެހިފައިވާ އައިޝާގެ މޫނަށް ބަލާލިއެވެ.
” ދޮން.. އީޝޫއަށް ކިޔައިދީބާ.. ހުޝާމްއެއީ ދޮން ގެ ކާކުތަ..” އައިޝާގެ މޫނުގައި ދެއަތުން ހިފާލަމުން އީޝަލް ބުނެލިއެވެ. އެވަގުތު އައިޝާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި އައިސްޖެހުނީ އީޝަލްގެ ނިތްކުރީގައެވެ.
” ދޮން ރޮނީތަ.. ؟؟.. ” އޮތް ތަނުން ތެދުވަމުން އީޝަލް އަހާލިއެވެ. އަދި އިސްޖެހިފައިވާ އައިޝާގެ މޫނުގެ ދެފަރާތުގައި ހިފާ މައްޗަށް އުފުލާލިއެވެ.
” ދޮން ޕްލީޒް ތިވެގެން އުޅޭ ގޮތެއް އަހަންނަށް ކިޔާ ދީބާ” އީޝާލް ވަރަށްވެސް ލޯބިން އަހާލިއެވެ. ނަމަވެސް އަނެއްކާވެސް އައިޝާ އިސްޖަހާލިއެވެ.
” އަހަންނަށް ހީވަނީ ދޮން އަހަންނާ އެއްވެސް އެއްޗެއް ޝެއަރ ކުރަން ބޭނުން ނުވަނީހެން” އީޝަލް ހިތްހަމަ ނުޖެހިފައި މިހެން ބުނެ އެނދުމަތިން ތެދުވެގެން ދާން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އައިޝާ އީޝަލްގެ އަތުގައި ހިފާ މަޑުކުރުވިއެވެ.
” އީޝަލްއަަކަށް ނުވިސްނޭނެ” އައިޝާ ބުނެލިއެވެ.
” ދެން ނުވިސްނުނަސް ކިޔާ ދެވިދާނެއްނު…” އީޝަލް އައިސް އައިޝާއާއި ޖެހިފިތިގެން އިށީނެވެ.
” އެހެންވިއިރު އަޑު އަހާ.. އެއީ މީގެ ނުވަ އަހަރު ކުރި.. އީޝޫއަށްވެސް އެނގެއެއްނު އެއީ ދޮންތަ އަހްމަދިއްޔާއަށް ޖޮއިންކުރި އަހަރުކަން.. ” އައިޝާ އީޝަލްއަށް ކިޔައިދޭން ފެށިއެވެ.
9 އަހަރު ކުރި
އެއީ އައިޝާ އަހްމަދިއްޔާ ސުކޫލަށް ދިޔަ ފުރަތަމަ ދުވަހެވެ. އާސުކޫލަކަށް ދާން ޖެހުމުން އައިޝާ ހުރީ ފުދޭވަރަކަށް ކަންބޮޑުވެފައެވެ. ވޭތުވެދިޔަ އަށް އަހަރު ތާޖުއްދީން ސުކޫލުގައި އުޅުމަށްފަހު އެހެން ސުކޫލަކަށް ބަދަލުވާން ޖެހުނީ ސޮފިއްޔާ އައިޝާއަށް އީޝަލްއާ އެއްސުކޫލަކުން ކިޔަވައިދޭން ބޭނުން ނުވާތީއެވެ. ސުކޫލުތެރެއިން އައިޝާއަށް ފެންނަމުން ދިޔައީ މުޅިންވެސް އާމޫނުތަކެވެ. ދާން ހަމަޖެހިފައިވާ ކްލާހަށް ދިޔައިރުވެސް މުޅި މީހާ ހުރީ ފިނިވެފައެވެ. ކްލާހަށް ގޮސް ވަދެވުނު އިރު ގިނަ ކުދިން ޑެސްކްތައް ކައިރީގައި ތިއްެބެވެ. ހުސް ޑެސްކެއް ފެނުމުން އައިޝާ ހިނގައިގަތީ އެދިމާއަށެވެ. ކުއްލިއަކަށް އެތާއިން އެހެން ލާނެއް ކުއްޖެއް އައިޝާގެ ކުރިއަށް ފައި ހުރަސްކޮށްލިއެވެ. އެވަގުތު އެކުއްޖާގެ ފައިގައި އަޅައިގަނެފައި އައިޝާ ވެއްޓުނެވެ. ހުރިހާ ކުދިން ބާރަށް ހޭންފެށީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ރޮވިފައި އިން އައިޝާ ތެދުވަން އުޅުނު ވަގުތު އައިޝާއަށް އެހީވުމަށް އަތެއް ދިއްކޮށްލިއެވެ. އައިޝާ އިސް އުފުލާ ބަލާލިއިރު އެއީ ގެ ކައިރިން ކޮންމެވެސް ވަރަކަށް ފެންނަ ކުއްޖެކެވެ. އައިޝާ އޯކޭއޭ ބުނުމަށްފަހު އަމިއްލައަށް ތެދުވީ ހިލޭ ފިރިހެނެއްގެ އަތުގައި ބީހުމަކީ ގޯސްކަމެއްކަން އެނގޭތީއެވެ.
” އަހަންނަށް ކިޔަނީ ހުޝާމް.. ކޮން ނަމެއް ކިޔަނީ” އައިޝާ ދާން އުޅުމުން ހުޝާމް އަހާލިއެވެ.
” އައިޝަތު އަލީ ހަރޫން” އައިޝާގެ ޖަވާބުން ބައެއް ކުދިންހެން ހޭން ފެށިއެވެ.
” ބޮޑު މުސްކުޅިއެއް” އައިޝާ ފައިގެ ކަތިއަޅުވާލި ނާހިދު ބުނެލިއެވެ. އެއާއެކު އަނެއްކާވެސް ހުރިހާ ކުދިން ހޭންފެށިއެވެ. އައިޝާ ގަތް ލަދުންނާއި ވީ ދެރައިން ކުލާހުން ނިކުމެގެން ދާން އުޅުނެވެ. ނަަމަވެސް ހުއްޓުނީ އައިޝާއޭ ކިޔާ ހުޝާމް ގޮވާލުމުންނެވެ. އަދި ނާހިދުއާއި ކުރިމަތިލިއެވެ.
” ނާހިދު ކަލޭ ކޮއްކޮއަށް ކިޔަނީ މަރިޔަމް ނަފީސާ ދޯ.. ކަލޭގެ ކޮއްކޮއާ ދިމާއަށް މީހަކު ތިގޮތަށް މުސްކުޅިއޭ ބުނީމަ ކަލޭގެ ކޮއްކޮ ވާނެ ދެރަ ހިތަށް އަރުވާލަބަލަ.. ” ހުޝާމް މިހެން ބުނުމުން ނާހިދު ކުށްވެރިއެއް ފަދައިން އިސްޖަހާލިއެވެ.
” ނާހިދު އެއްވެސް މީހަކީ ޕާރފެކްޓް މީހެއް ނޫން.. މީހާއަށް ކިޔާ ނަމަކުން އެމީހާގެ ގޮތެއް ނޭނގޭނެ.. އަދި މީހުންނަށް މަލާމާތް ކުރުމަކީވެސް އެހާ ރަނގަޅުކަމެއް ނޫން.. އެކަމުގެ ނުބައިކަން އެނގިގެން ދާނެ ކިތަންމެ ހެއްކެއް އެބަހުރި.. އެގޮތުން އަންއާމް ސޫރަތުގެ ދިހަ ވަނަ އާޔަތް ބަލާލިޔަސް އެކަމުގެ ނުބައިކަން އެނގިގެންދާނެ.. މީހުންނަށް ފުރައްސާރަކޮށް މަލާމަތް ކުރުމަކީ މާތްﷲ ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެއް..” ހުޝާމް ކިޔަމުން ދިޔައިރު ކަޅިޖަހާވެސް ނުލާ އައިޝާއަށް ބެލެމުން ދިޔައީ ހުޝާމްއަށެވެ. ނާހިދު އެކަމަށް އައިޝާ ކައިރިން މާފަށް އެދުމުން އައިޝާ ނާހިދަށް މާފުކުރީ ހެޔޮހިތުންނެވެ.
ފަހުން ސުކޫލު ނިމުނު ގަޑީގައި އައިޝާ ހުޝާމްއާއި ވާހަކަ ދެއްކިއެވެ. ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކުރިއެވެ. އަދި މީހުންނަށް ފުރައްސާރަކުރުމުގެ ނުބައިކަން ކިޔައިދިންގޮތަށް ތައުރީފުކުރިއެވެ.
އެދުވަހަށްފަހު އައިޝާ އާއި ހުޝާމް އާއި ދެމެދު މާބޮޑު ރަހުމަތްތެރިކަމެއް ނުއުފެދުނަސް ދެމީހުންވެސް އެކަކު އަނެކަކަށް ކަންކަމުގައި އެހީވެދެއެވެ. ކްލާސްތެރޭން ފެނުމުން ނޫނީ ގެކައިރިން ފެނުނަސް ހީލާ ހަދައެވެ. އައިޝާއަށް ނޭނގޭ ކަމަކީ އައިޝާ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް ހުޝާމް ހިތުން އައިޝާއަށް ދެވިފައިވާ ހާއްސަ މަގާމެވެ. އަދި ހުޝާމްއަށް އައިޝާ ފެނުނީ ސުކޫލެތެރެއިންވެސް ނޫން ކަމެެވެ. ކުޑަ އިރުއްސުރެ ފެށިގެންވެސް ހުޝާމްގެ ހިތުން އައިޝާއަށް ވަނީ ހާއްސަ މަގާމެއް ދެވިފައެވެ. އައިޝާގެ އެހުންނަ އާދައިގެ ސިފައާއި ވާހަކަދެއްކުމުގައި އެހުންނަ މަޑުމައިތިރި ގޮތްގަނޑު އަދި ހެދުން އެޅުމުގައި ހުންނަ އާދައިގެ ގޮތްގަނޑު ހުޝާމްއަށް ވަރަށް ކަމުދެއެވެ. އައިޝާ ހުޝާމްއާއި އެއްސުކޫލަކަށް ވަނީ ހުޝާމް އެކަމަށް އެދި ދުއާކޮށްކޮށް ހުއްޓައެވެ. ނަމަވެސް މިކަންކަން އައިޝާއަށް އެނގޭކަށް މާގިނަ ދުވަހެއް ނުނެގިއެވެ.
އެއީ އަހްމަދިއްޔާ ސުކޫލުގެ ހުރިހާ ކުލާސްތަކުގެ މެދުގައި ބޭއްވުނު ނެޓްބޯޅަ މުބާރާތުގެ ތެރެއިންނެވެ. އައިޝާ ބައިވެރި ނުވިއެއްކަމަކު ކްލާސް ކުދިންނަށް ސަޕޯޓް ކުރަން ދިޔައެވެ. އެހެން ކުދިންހެން އަޑުނެތްތާކަށް ހަޅޭލަވާކަށް އައިޝާ އެއް ނޫޅެއެވެ. މަޑުމަޑުން އަތް ޖަހާލަ ޖަހާލާ ހުރީއެވެ. އޭރު ހުޝާމް ފޮޓޯ ނެގުމަށްޓަކައި ކެމެރާ ހިފައިގެން އުޅެއެވެ. ދޭތެރެއަކުން އައިޝާ ކުރިމަތިން ހުރަސްކޮށްލާ ގަޑީގައި އައިޝާއަށް ބަލާލާފައި ހީލައެވެ. އައިޝާ މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔައީ ކުއްލިއަކަށް އައިސް ސޮފިއްޔާ އައިޝާގެ އަތުގައި ހިފުމުންނެވެ.
” މަންމާ ކިހިނެއްވީ” ތުރުތުރުލާ އަޑަކުން ސޮފިއްޔާ ބުންޏެވެ.
” ކިހިނެއްވީހޭ.. ބަލަ ސައިބޯން އެއްވެސް އެއްޗެއް ނުހަދާ ކަލޭ އައިސް މިތަނުގަ މަޖާ ނަގަންތަ ތިހުންނަނީ.. ހަމަ މިހާރު ހިނގާ ގެއަށްދާން..” ސޮފިއްޔާ އައިޝާގެ އަތުގައި ހިފާ ދަަމަމުން ގެންދާން ފެށިއެވެ. އެންމެންގެ ކުރިމަތީގައި ލަދުނުގަންނަން ކިތަންމެ މަސައްކަތް ކުރިއަސް ގިނަ ކުދިންގެ ލޯތައް އައިޝާއަށް އަމާޒުވާން ފެށިއެވެ. ހުޝާމްވެސް ކުރިއަށް ފިޔަވަޅެއް އެޅިނަމަވެސް ކަމެއް ކުރަން ނުކެރުނީ އައިޝާގެ މަންމަ ކަމަށްވީމައެވެ. ނަމަވެސް އައިޝާ ގަންނާނެ ލަދާ ދޭތެރޭ ވިސްނާލާފައި ދެރަވިއެވެ. އައިޝާ ގެންދިއުމުން ހުޝާމް އޭނާގެ ކެމެރާއިން ނަގާފައިވާ ފޮޓޯތަށް ބަަލަން ފެށިއެވެ. އޭގައިވަނީ ކުޅެމުންދާ މެޗްގެ ދެތިން ފޮޓޮއެވެ. ދެން މުޅިންވެސް ހުރީ އައިޝާ ހިނިތުންވެފައިވާ ފޮޓޯތަކެެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.




assalaam alaikum hurihaa kudhin.. rangalhutha lovely ppls.. mi bai thankolheh kurukoh innaany,, in sha allah next part dhigukohla dheveytho balaanan.. hurihaa kudhinves kiyaalafa comment kohlahche.. negatives comments ah ves hama maruhabaa 🙂 love u fillah :*
Varah reethi.. varah inthixaaru kurevey kuriah oii bayah.. 🙂
jazakallah khairan Addu manje 🙂
V v reethi haada kureyy lasvaathy v vv ?????????
ny… konkamakaa maa majaa vegen thi heny. heevaa gothun ny miadhuge part rangalhah nukiyaa.. keenama thi vahtharah noolheyne. vahakaiga majaa kameh v tha… noony vahaka liyunu kuhjja othy jakehtha liyefaa. kiyaahih nuvanya nukiyaany. thimaage ni hunareh ehen myhakah libifaa vaathy ekama hajoo jahaany eh noon
jazakallah khairan ny… in sha allah next time dhigukohlaanan..
V lahu up kuraathi foohi…story v reethi.???
Alhe hama hayyu ah vaa varu mee. v dheravey ehaa lahun up kureveythy..hayyu v masahkai kuran avahah up kureveythy.. jazakallah khairan nikki 🙂
Nice. I hope u will up next part as fast as possible
jazakallah khairan Herrr.. in sha allah i will try
wow… saabas kokko…. thigothuga kuriah dhey…. 🙂
jazakallah khairan sissy :*
nice nice 🙂
jazakallah khairan faiidhaS
Nice
jazakallah khairan Petite
Reethi
jazakallah khairan Naadhee
Vr salhi
jazakallah khairan Aisha 🙂
Kyvetha ehaa lahee up kuraalei
hayyu ah v time nulibey liyan.. still v try kuran avahah up kureveytho.. in sha Allah kuriah oithaanga rangalhuvaane 🙂
Umm v salhiey mi story next part ah v v inthixaaru kuran
jazakallah khairan Almaa 🙂
nice 🙂
jazakallah khairan alma 🙂
Hahaahahahahhhahahahahhaahhahahahahahahahahhahah haahahhah
jazakallah khairan Masroshi for the comment.. laughing is good to health.. 🙂 🙂
V v dheraveje ei dheravefa huri stikaa enoonthoa…….alhugandhu mivaahaka kiyaafa v v v asarukurey…….
ny dnt be sad.. engey ny ah olhigen kann.. ekuhjaa ah ves aslu misundertood vee.. forgive each other for the sake of allah 🙂
Mi stry nimen adhi kithah baitha onnanee? Btw mi stry aslu hama v salhi. Maa bodah dheena medhugaa visney.
ehen neynge hama bunaakah kithah bai kameh onnaanyky.. Alhamdulillah.. hayyu beynun vanyves mi story kiyaafa dheena medhuga visnai fikurukoh dheenuga engevigothah hurihaa kudhinves ulhen 🙂
Maasha Allah ..v rythi….dhivehi mujuthama ah mikahala dheenee Islamic stories v muhimmuvaane
alhamdulillah.. jazakallah khairan Rilvan 🙂
Masha allah. again bunelan othee this part is aslo just amazing ey. v v v reethi. and hope avahah next part up kohdheyne kamah. May God bless u Hayyu <3 <3
Alhamdulillah.. may god bless you too Mimmi.. <3 jazakumullah khairan 🙂 🙂
When next part?
MashaAllah, an amazing story!!! I’mm loving this!! ????