Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރަތަމަ ނަޒަރުން 3

Nie Level 1
October 30, 2016 6 Mins Read
5 Comments

ރައިނާގެ ހަޔާތަށް ދެން އައީ އެހާމެވެސް އުފާވެރި ދުވަސް ތަކެކެވެ. ބައެއްފަހަރަށް ރައިނާއަކީ ދުނިޔޭގެ އެންމެ އުފާވެރި ކުއްޖާއޭހެންވެސް ހީވެއެވެ. ދާނިޔާލް ރައިނާގެ ހިތް އުފަލުން ފުރާލަދެއެވެ. ރައިނާ ހުންނަނީ ނުހަނު އުފަލުންނެވެ. ދާއިންގެ ފަރާތުން ލިބޭ ހަދިޔާތަކާއި ލިބޭ ލޯބިން ރައިނާގެ މުޅި ދިރިއުޅުމަށް ވަނީ ބަހާރު މޫސުންއައިއްސައެވެ. ރައިނާއާއި ދާނިޔަލްގެ ގުޅުންވަނީ ދާނިޔަލްގެ އެދުމަށް ސިއްރުކުރެވިފައެވެ. ޒިހާން އަށާއި ލަޔާލީ އާއި ޔަމްނާ އަށް ނޫން އިތުރުބަޔަކަށް އެމީހުންގެ ގުޅުމެއްނޭނގޭނެއެވެ. ދާނިޔަލްގެ އެދުމަށް ރައިނާގެ މައިންބަފައިންނަށްވެސް ވަނީ މި ގުޅުން ސިއްރުކުރެވިފައެވެ. ނަމަވެސް އެކަކަށްވެސް ނޭނގޭކަމަކީ ދާނިޔަލްގެ އެތެރޭގެ ހަގީގަތެވެ. ރައިނާއާއި ދާނިޔަލް ލޯބިން އުޅޭއިރު ޔަމްނާ ހުންނަނީ ދެރަވިނަމަވެސް އެންމެ ލޯބިވާ އެކުވެރިޔާ އާއި ޔަމްނާގެ ހިތުގަ ރަސްކަން ކުރަމުންދާ މީހާ ލޯބިން އުޅޭތީ ނެތް ހިތްވަރެއް ނެރިގެން ހީލަ ހީލައެވެ. ޒިހާން އާއި ލަޔާލީ ވެސް ދަނީ ކައިވެނި ކުރާދުވަސް ކައިރިވަމުންދާތީ ކައިވެންޏައް ތައްޔާރު ވަމުންނެވެ.

“ދަރިފުޅާ ޒިހާން އާދެބަލަ” ނަސީމާ ގޮވާލިގޮތުންވެސް ކޮންމެސްކަމެއް ގޯސްވެއްޖެކަން ޒިހާންއަށް ނަގައިގަނެވުނެވެ.

“ކީކޭ މަންމާ ހާދަ ސީރިއެސް ވެފަ ތިތިބީ” ޒިހާންގެ ބައްޕަވެސް އެތާ އިނުމުން އިތުރަށް ހާސްވާގޮތްވިއެވެ.

“ދަރިފުޅުއަށް އިނގޭތަ ރައިނާއާއި ހަދީޖާމެންގޭގަ އެއުޅޭ ޑޮކްޓަރާ އެއްވެސް ގުޅުމެއް އޮންނަކަން؟” ނަސީމާ ކުރިމަތި ކުރުވި ސުވާލުން ޒިހާންގެ ދެލޯ ބޮޑުވިއެވެ. ނަމަވެސް ކުޑައިރުކޮޅެއްތެރޭ ހަމަޖެހޭގޮތް ދައްކަމުން ގޮޑީގަ ލެނގިލިއެވެ.

“ނޭނގެ ކާކުކީ ވާހަކައެއްތީ؟” ޒިހާން އަހައިލިއެވެ.

“އުތުރު އަވަށު ފާތުމަ މިއަދު ހެނދުނު އައިއްސަ ބުނީ އެ ޑޮކްޓަރާ ރައިނާއާއި ގުޅުމެއް އޮންނަ ކަންއިނގޭހޯ، މަންމަ ބުނީ ނޯވެއޭ ގުޅުމެއް، އޭނަބުނީ ފެނުނު މަންޒަރަކުން އަހާލިއޯ، ދެންބުނި ތުނޑީ މަގު ގަށްތަކެއްތެރޭ ދެމީހުން އަތުގަ ހިފައިގެން ތިއްބޯ” ނަސީމާގެ މޫނުމަތިން ފެންނަނީ އިންތިހާއަށް ހިތްހަމަ ނުޖެހޭ އަސަރުތަކެވެ.

“ހަހަހަހަހަހަހަހަހާ… ސާބަސް މަންމާ!” ޒިހާން ބާރަކަށް ހޭންފެށުމުން ނަސީމާ އިތުރަށް ރުޅި ގަދަވިއެވެ.

“މަށަށް ހެޔޮ ޒިހާން ވެސް ގަބޫލު ނުކުރިޔަސް، މި އަލީވެސް އެއިންނަނީ ގަބޫލު ނުކުރަން ވެގެންނޯ!” ނަސީމާ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ.

“އެހެންވެއެއް ނޫނޭ މަންމާ! ތި ފާތުމައަށް ފެނުންކަން މަށަށް އިނގެއޭ! އަސްލުވީ ގޮތަކީ މަޖާ ކުރަމުން އިއްޔަގޮސް ތުނޑީކޮޅުގައޮތް ގަސްތަކެއްތެރައްވަނީ ދެން މަށާ ޔަމްނާއާއި ފިލީ ދާނިޔަލް އާއި ރައިނާ އަށް! ދެން ގަސްތަކުގެ އަނެށް ފަރާތުގަ ތިބެގެން އެކި ކަހަލަ ބިރުވެރި އަޑު ލެއްވީ ދެން އަހަރެމެން ދިޔައިރު ރައިނާ ހުރީ ދާނިޔަލް އަތުގަ ހިފައިގެން ބިރުން ތުރުތުރު އަޅައަޅާ ހުރީ! ނޭނގެ ގަޔަށް ހީސް ނުލެވޭކަމެއްވެސް، ހެހެހެ، މަންމަވެސް ދޯ! އަޑި ތިކިޔާ ފާތުމައަކީ ވާހަކައެއް ދައްކަންޔާ ހަކުރާ ލޮނާ އޭތިމީތި އަޅައިގެން ދައްކާ މީހެއް!” ޒިހާން ހެމުން ނަމަވެސް ހެދީ ދޮގެކެވެ. އެކަން އެނގިގެން މަންމަ ރައިނާއާއި ދިމާއަށް އެއްޗެހި ގޮވާކަށް ޒިހާން ބޭނުމެއް ނޫނެވެ.

“ކޮބާ އަދިވެސް ނަސީމާ ވާނެ ތާކު މީހެއް ކިޔާ އެއްޗެއް ވިއްޔާ ގަބޫލު ކުރަން! މަގޭ ދައިންނެއް އެހެންނެއް ނޫޅޭނެ އެއީ އެއަށް ވުރެ މާ ބަސްއަހާ ކުދިން ތަކެއް” އަލީ ނުރުހިފާ ނަސީމާއަށް ބަލާލަމުން ބުންޏެވެ.

“ދެން މަށަށް އިނގޭނެދޮ! އެ ފާތުމަ އެރި އިރާއެކީ އައިއްސަކީ އެއްޗިހިވިއްޔަ! ނަސީބެއް ރައީއާއި ދިމާއަށް އެއްޗިހިނުކިޔުން ކަން” ނަސީމާ އަށް ޒިހާން ކީ އެއްޗިހި ގަބޫލް ކުރެވުނެވެ.

“ރަނގަޅެއްނު އެމީހުން ރައްޓެހިވިއްޔާ! ދާނިޔަލް ނުލާހިކު ރަނގަޅު އެއީ އަދި ޑޮކްޓަރެއް” ޒިހާން ހެމުން ބުންޏެވެ.

“ބައްޕަ އެހާ ގަބޫލެއްނޫން ބައްޕަގެ އަންހެން ދަރިއެއް އެހާ ގިނަދުވަހު މީހަކާ ރައްތެހިވެގެން އުޅޭކަށް، ގޯސް މަގަކުން ދެވެދާނެތީ، އެހެންނޫނަސް ރައީ އަށް އެއުޅެނީ ކިރިޔާ 17 އަހަރުވާން، އަދިއެއީ ކުޑަ ކުއްޖެއް.” އަލީ ބުންޏެވެ.

“ނަސީބެއް ހަމަ އެއްޗިހި ނުގޮވުން ކަން ރައީ އާއި ދިމާއަށް، އެހެން ހެދިނަމަ ރައި ރޮއެ ރޮއެ ހަލާކުވާވަރުވީސް” ނަސީމާއަށް އަނެއްކާވެސް ބުނެވުނެވެ.

“އަހަންނާ ދިމާއަށް ކޯޗެއްނުކިޔުން ކަން ނަސީބޭ؟” ރައިނާ ކާގެއަށް ވަންނަމުން އަހާލިއެވެ. ޒިހާން އަވަސް އަވަހަށްވީ ގޮތް ކިޔައިދިނެވެ. ރައިނާވެސް ގަދަކަމުން ހެވުނެވެ، އަދި ޝުކުރުގެ ނަޒަރަކުން ޒިހާންއަށް ބަލާލިއެވެ. ޒިހާން ނެތް ނަމަ ވާނެގޮތެއް ރައިނާއަކަށްވެސް ނޭނގެއެވެ. މިވާހަކަތަކަށްފަހު މި ކުޑަ ކުޑަ އާއިލާދިޔައީ މެންދުރުގެ ކެއުމަށް އިންސާފް ކުރަމުންނެވެ. އެދުވަހަށް ފަހު ޒިހާން ދިޔައީ ދާނިޔަލް އާއި ރައިނާއާ ދެމީހުން އަޅުވާކިޔަމުންނެވެ. ނަސީމާމެން ތިއްބަސް ދިމާކުރެއެވެ. ނަސީމާމެން ހީކުރަނީ އެދުވަހުގެ ފަހުން މަޖާވެގެން ޒިހާން ރައިނާ އާއި ދިމާކުރަނީ ކަމަށެވެ. އެދުވަހުގެ ފަހުން ރައިނާ އާއި ދާއިޔަލް ދިޔައީ އިތުރަށް ސިއްރިއްޔާތުގައި ދިމާކުރަމުންނެވެ.

ޒިހާންމެން ކައިވެނިކުރަން ބާކީ އޮތީ އެންމެދުވަހެއް ކަމުން އެންމެން ވެސް ފޯރިލާފަދިޔައީ ޕާޓީއަށް ތައްޔާރުވަމުންނެވެ. ރައިނާވެސް ދޮންބެގެ ކައިވެންޔަށް ވަރަށް ރީތި ހެދުމެއް ފެއްސެވެ. އެއްކޮށް ދިގުކޮށް ގަޔަށްބާރުކޮށް ފަހާފަ މައްޗަށް ލޭސް ފޮތިލާފަ ހުރުމުން ރައިނާއާއި ނުހަނު ގުޅޭނެކަން ގައިމެވެ. ޔަމްނާއަށް އެހެދުން ފެނުނީއްސުރެ ހުންނަނީ ހިތް ނުތަނަވަސްވެފައެވެ. މާދަންރޭ ރައިނާއެކޭ ޕަރީއެކޭ އެއްފަދަވާނެކަން ގައިމެވެ. ގުދުރަތުން ރައިނާއަށް ދެއްވާފައިވަނީ ނުހަނު ރީތި ސިފަތަށް މޭކަޕް އަކާއި ނުލާވެސް ފާހަގަ ވާނެއެވެ. މާދަންރޭ ރައިނާ މޭކަޕް ކުރީމަ ރީތިވާނެވަރު އަންދާޒާކޮށްލެވުނެވެ. އެހެން ހިތަށް އެރުމުން ޔަމްޔާ ފުރަތަމަ ފަހަރަށް ރައިނާއާއި ހަސަދަވެރިވިއެވެ. ދާނިޔަލްއާއި ރައިނާ އެކީގަ އުޅޭއިރު ދެރަވިޔަސް މިއަދު ނޫނީ އެގޮތަކަށް ޔަމްނާއެއް ނުވިސްނައެވެ. ޔަމްނާގެ ބަސްނާހާހިތަށް ކިތަންމެވަރަށް ވިސްނަދިނަށް އެކަން ނުވަނީއެވެ. އެންމެފަހުން ޔަމްނާ ބަނޑަށް ތަދުވަނީ ކަމަށް ބުނެ މާދަން ޕާޓީއަށް އަންނާނެ ކަމަށް ބުނެ ގެއަށް ދިޔައެވެ. ޔަމްނާއަށް މިއައި ބަދަލް ރައިނާއަށް ފާހަގަ ވިއެވެ. ކިތަންމެ ބަލި ވިޔަސް ޔަމްނާ ރައިނާގާތު ހުންނަން ބޭނުންވެއެވެ. ނަމަވެސް މިހާރު ރައިނާއާއި ވަރަށް ދުރުކަން ފާހަގަވިއެވެ.

ގަޑިން 8 ޖެހިއިރު ރައިނާމެންގެ ވަނީ އެކިކުލަ ކުލައިން ޖަރީކޮށްފައެވެ. ޒިހާން އާއި ލަޔާލީ ތިބެން ހަމަޖެހިފާވާތަން ވަނީ ޑްރީމް ކެޗާސް އިން ފަރުމާ ކޮށްފައެވެ. ޒިހާން ދިޔައީ ކައިވެނިކުރާން ހަމަޖެހިފަ އޮތް ގަޑި ޖެހޭތީ ރީތި ވާން ހުރި ލަޔާލީ ބަލައެވެ. މިރޭ ޕާޓީ އަށް ރީތިކުރާން ބިއުޓިޝަނުން އައިސްތިއްބެވެ. ރީތިވަނީ ރައިނާމެންގެ ކޮޓެރީގައެވެ. ކޮޓެރިދޮރުން ވަތް ގޮތަށް ފިޔަވަޅެއްއަޅާލަން ނޭނގިފަ ހުރެވުނީ ކުރިމަތިން ފެނުން ޕަރީއެއްފަދަ ކުއްޖެއް ފެނިފައެވެ.

“ސުބުހާނައްލާހް! ތިއީ ހަމަ މަގޭ ވާން އުޅޭ އަންހެނުންތަ؟” ޒިހާން އަށް ހުރެވުނީ ލަޔާލީގެ ރީތިކަން ފެނިފަ އާޝޯހުވެފައެވެ.

“ކީއްވީ؟ މިރޭ އޭންދީ ދޮންބެއަށް އޮޅޭވަރުކޮއްފަ މަގޭ ލޯބިވާ ދޮންބެ ދައްތަ” މިހެން ބުނުމުން ލަޔާލީގެ ކޯތާފަތުން ޖަންބުކުލަ ވެރިވިއެވެ. ލަޔާލީ އެކޭ އެއްފަދައިން ޒިހާންވެސް އެހާމެ ރީއްޗެވެ.

ޕާޓީގެ ފުރިހަމަކަން ފެނިފަ ގިނަބަޔަކުދިޔައީ ތައުރީފްގެ ބަސްތަށްއޮށްސަމުންނެވެ. ޒިހާން އަނބި ގަބޫލް ކޮއްފީމޭ ބުނީއްސުރެ ލަޔާލީ ހުރީ ނުހަނު އުފާ ވެފައެވެ. ރައިނާ ދެލޯ ނޭދި އެދެމުން ދިޔައީ ދާނިޔަލްގެ ސޫރަ ދެކިލުމަށެވެ. ރައިނާ މިހާ ފުރިހަމަ އަށް ރީތި ވެފަ ހުއްޓަ އަދި ދާނިޔަލް އަކަށް ނުފެނާނެއެވެ. ރައިނާާ ދާނިޔަލް ފެނޭތޯ ބަލަމުން ދަނިކޮށް ފެނުނީ ދުރުގައި ޔަމްނާ ފާދަކަށް ލަޔާލީީއާއި ދިމާއަށް ބަލަހއްޓައިގެން ހުއްޓައެވެ. ރައިނާއަށް ކުރެވުނީ ވަރަށް ތަފާާތު އިހުސާސް އެކެވެ. މިއީ އެހެނޔާ ޔަމްނާ ބަލާ ފާޑެއް ނޫނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ރައިނާ ބަލައިލުމުން ޔަމްނާ ނޫން ކަމަށް ހަދާފަ ދިޔައީއެވެ. ރައިނާ މާބޮޑަށް އަޅާނުލާ ދިޔއީ ވެލްކަމް ޑރިންކްސް ތަށިތަކަށް ޖޫސް އަޅާށެވެ.

ދާނިޔލް ޕާޓީގެ ތެރެއަށް ވަދެ ޒިހާން މެންނާ ސަލާމް ކުރުމަށް ފަހު ދިޔައީ ވެލްކަމް ޑްރިންކް ބޯށެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސް ހުއްޓުން އިރަށް ފޯނު ރިންގުވަން ފެށިއެވެ. އަވަސް އަވަހަށް ފާޓީީއާއި ދުރަށް ޖެހި ދާނިޔަލް ފޯނަށް ޖަވާބު ދިނެވެ. ފޯނުގަ ހުރެގެން ދާނިޔަލް އަށް އެއްލި ކަޅިއަކުން ތަލިން ކުޅުހިކުނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. ދުރުންވެސް ދާނިޔަލް އަށް ރައިނާ ފާހަގަ ވިއެވެ. ދާނިޔަލް އަވަހަށް ފޯނުބޭއްވުމަށް ފަހު ދިޔައީ ޕާޓީއަށް ވަންނާށެވެ. ރައިނާގެ ކައިރިއަށްގޮސް ޔޫޫ އާ ސޯ ބިއުޓިފުލް އޭ ބުނެ އެއްލޯ މަރާލައިފައި ދާނިޔަލް ދިޔައީ ކާށެވެ. ރައިނާ ހުރީ ލަދުން މޯޅިވާވަރުވެފައެވެ. ދާއިން އަށް ދުރުގަ ހުރެގެން ވެސް ބެލެނީ ރައިނާ އަށެޭވެ. ރައިނާ އެހާވެސް ފުރިހަމައެވެ. ގަޔަށް ބާރުކޯށް ދިގުކޮށް ހުރި ގައުން އެއް ލާފައި ހުރި އިރު ރައިނާގެ ވަނާތަށް ފުރިހަމައަށް ފާޅުވާން ހުއްޓެވެ. ބޭއިހްތިޔާރުގައި ދާނިޔަލް އަށް ތުންފަތުގަ ދަތް އަޅާލެވުނެވެ. ދާނިޔަލް އަށާއި ރައިނާއަށް ފާރަލަމުން ދިޔަ ޔަމްނާއަށް ދާނިޔަލް އަށް ވަމުން ދިޔަ ގޮތް ނަގައިގަންނަން މާ އުދަގުލެއް ނުވިއެވެ. ޔަމްނާއަށް ދަތް ކުނޑި ވިކައިގަނެވުނީ ހަށީގައި ނަފްރަތުގެ ހުޅުކޮޅު އިތުރަށް ރޯވުމުންނެވެ. ކައިނިމިގެން ދާނިޔަލް ދިޔައީ ރައިނާ އާއި އެކީ ދިޔައީ ޒިހާން މެންނާ އެކީ ފޮތޯނަގާށެވެ. ދާނިޔަލް އާއި ރައިނާ ވެސް ވަކިން ފޮޓޯ އެއް ނެގިއެވެ. ދުރުގައި ބަލަން ހުރި ޔަމްނާ ގެނެސް ތިން މީހުން ވަކިންނާ ޒިހާން މެންނާ އެކީ ފޮޓޯ ނެގިއެވެ.

“އަހަރެން މިދަނީ ކާންް އަދި ނުކައި މިހުރީ” ޔަމްނާ މިހެން ބުނެ އަވަހަށް ކާން ދިޔައެވެ. ރައިނާއާއި ދާނިޔަލް ވެސް ދިޔައީ ޔަމްނާ ނަންނަންދެން ގޮނޑީގަ އިށީންނާށެވެ. ޔަމްނާ އައީ ވަރަށް އަވަސް ކޮށްލައިގެންނެވެ. ނަމަވެސް އެތާހުރި ގޮނޑި އަކު އަޅައިގަނެފަ ތަށިވެއްޓުނީ ރައިނާގެ އުނގު މައްޗަށެވެ. ރައިނާގެ މުޅި ޝޯލްވެސް ހަޑިވިއެވެ.

“އަޅެ ރައީ މުޅިގަޔަށް ވަރަށް ބޮޑަށް ސޮރީ އަލަރެންނަކަށް ނޭނގެ އެތާ ގޮނޑިއެއް ހުރިކަމެއް” ޔަމްނާ ދެރަވެލާފަ ބުންޏެވެ.

“އިޓްސްް އޯކޭ ނަސީބެއް ފޮޓޯނަގާ ނިމުން ފަހުން އެހެން ވިކަން، ހެހެހެހެހެ ދެން ދާނީ ސާާފްކޮށްލަން، ޑޭން ދަނީ ސާފްކޮއްލަން ލަސްވަންޔާ އޯކޭ ގެއަށް ދިޔަސް” އެހެން ބުނެ ރައިނާ ހިނގައި ގަތީ ގޭތެރަށް ވަންނާށެވެ. ޔަމްނާ ހުރީ ނުލަފާ ވައްތަރަކަށް ރައިނާ ދިޔަ ދިމާއަށް ބަލާށެވެ. މިތަން ހަމަ ރީއްޗަށްވެސް ދާނިޔަލް އަށް ފެނުނެވެ. ނަމަވެސް މާބޮޑު ސަމާލުކަމެއް ނުދީ ހިނގައިގަތީ ރައިނާގެ ފަހަތުންނެވެ. ދާނިޔަލް ދިޔަ މަންޒަރު ބަލަން ހުރެފަ ޔަމްނާ އަށް ކައިރީ ހުރި ގޮނޑީގަ ޖަހައިލެވުނީ އަރައިގަތް ރުޅިންނެވެ.

ދާނިޔަލް ރައިނާގެ ފަހަތުން ދިޔައެވެ. ރައިނާ ގޮސް ވަނީ ރައިނާގެ ކޮޓެރިއަށެވެ. ގޭގެ އަނެއް ފަރާތުން ޔަމްނާވެސް ދިޔައީ ރައިނާގެ ކޮޓެރީގެ ކުޑަ ދޮރު ކައިރިއަށް ކުޅިބަލާށެވެ. ރައިނާ ދޮރު ނުޖަހާ ވަނީ ފާހާނާއަށެވެ. ދާނިޔަލް އެތެރަށް ވަދެ ދޮރުޖަހާ ތަޅުލިއެވެ. ފާހާނަ ދޮރުހުޅުވުން އަޑަށް އަލަމާރިއާއި ދިމާއިން ނިވާވެލިއެވެ. ރައިނާ އައިސް ޝޯލް އަށްް ޖަހާފަހުރި ޕިން ތަށް ނައްޓުވާ ޝޯލްބޭލިއެވެ. މިމަންޒަރުބަލަނން ހުރި ދާނިޔަލް ގޮސް ރައިނާގެ ގައިގައި ފަހަތުން ބައްދާލިއެވެ. ރައިނާ ސިހިފައި ލޯގަނޑަށް ބަލާލި އިރު ހުރީ ދާނިޔަލް އެވެ. ރައިނާ ބުރުގާ ނާޅާހުރުމުން ކުޑަކޮށް ލަދުގަންނަގޮތް ވިއެވެ.

“ޑޭން ކިރިޔާއެއްނު ބިރުން ހަލާކުނުވީ” ރައިނާ ނުރުހިފާ ބުންޏެވެ. ނަމަވެސް ދާއިންނަށް އެެ އަޑު ނީވޭކަހަލަ އެވެ. ދާއިން ރައިނާގެ ދިގު އިންތަށިގަނޑުން ވަސް ގަނެލިއެވެ، އެއަށް ފަހު ކަރުދޮށަށް ބޮސްދެމުން ދިޔައެވެ. ރައިނާ ދާނިޔަލް އާއިވީ ފަރާތަށް އަނބުރާލުމަށް ފަހު ރައިނާގެ ތުންފަތުގައި ބޮސް ދިނެވެ. މިގޮތުގައި ކުޑަ ވަގުތުކޮޅެއް ހޭދަވުމަށް ފަހު އިރުކޮޅަކުން ދާނިޔަލް ރައިނާގެ ހެދުމުގެ ފަހަތު ޒިބު ކަހާލިއެވެ. ރައިނާއަށް މިކުރެވެނީ ގޯސް ކަމއެއްކަން ރޭކާ ލުމުން ފަހަތަށް ޖެހިލެވުނެވެ.

“ނޫން، ޑޭން މެރީ ކޮށްގެން އެކަހަލަ ކަމެއްކުރާނީ ޕލީސް” ރައިނާ އަށް ބިރުން ހުރެ ބުނެވުނެވެ.

“ކަމޯން ރައީ، ރައީ ޑޭން އަށް ޓްރަސްޓް ކުރަމެއްނު، ދެން ކޮބާތަމައްސަލަަ އަކީ؟” ދާނިޔަލް އެކި ވާހަކަ ތަށް ދެއްކުމުން ވެސް ރައިނާ އެއަބަހެއް ނުވިއެވެ. އެންމެ ފަހުން ދާނިޔަލް ގޮސް ރައިނާގެ ތުންފަތުގައި ބޮސްދެމުން ރައިނާގެ ހެދުން ކުރިމަތިންވާގޮތަށް އިރާލިއެވެ. މަދު ސިކުންތު ކޮޅެއްތެރޭ ރައިނާ ލައިގެން ހުރި ހުރިހާ އެއްޗެއް ގަދަކަމުން ބޭލުވިއެވެ. އެންމެ ފަހުން ރައިނާވެސް ބަލި ގަބޫލުކުރީ ދެން އިތުރަށް ކުރެވޭނެ ކަމއެއް ނެތީމައެވެ. ރައިނާ ހިތިން ރުހުމުން ދާނިޔަލް އަށް ހަށިގަނޑު ދެވުނީ އެއްވެސް ވަރަކަށް ވިސްނާލުމެއްނެތިއެވެ. ދެ ޖިސްމު އެކެތި ގަނޑަކަށް ވާން މާ ގިނައިރެއް ނުނެގިއެވެ. އެއްވެސް ބިރަކާ ނުލާ ރައިނާގެ އިއްފަތްތެރިކަން ގެއްލުވައިލެވުނީ ޙުދު ރައިނާގެ މޮޔަ ސިކުނޑިއަށް ނުވިސްނިއެވެ. ދެމީހުންނަށްވެސް ނޭނގުން ކަމަކީ ދެމީހުން ކުރާ ހުރިހާކަމއެއް ބަލަން އިތުރުލޮލެއް ހުރި ކަމެވެ. އެހާވެސް ދެމީހުންގެ މަސްތުކަން ވަނީ ވެރިވެފައެވެ.

“ދަރިފުޅާ ކޮބާ ރައިނާ؟” ނަސީމާ ޒިހާން ކައިރި އަހާލިއެވެ.

“ރައީ ދެން ނުނިކުންނާނެ ކަންނޭގެ، ފެނުން ރައީ މުޅިގަޔަށް ކާއެއްޗެހި އެޅިފަހުރިތަން” ޒިހާން ބުންޏެވެ.

“އެއީވެސް ފިސާރި އައްސިއެއް އަރާފަ ހުންނަކުއްޖެއް” ނަސީމާ ހީލަމުން ބުންޏެވެ.

ޕާޓީ ނިމުމުން ލަޔާލީއާއި ޒިހާން ދިޔައީ ގޭތެރަށް ވަންނާށެވެ. ލަޔާލީގެ ބޮޑު ވެޑިން ޑްރެސް ހިފަހަށްޓައިގެން ގެއަށް ވަންނަނިކޮޮށް ޔަމްނާ ނިކުތީ ގެއަށްދާށެވެ. ޔަމްނާއަށް ސިހިފައި ހަޅޭއްލަވައިގަނެވުނެވެ.

“އަހަ ޔަމް ކީއްވެތިރޮނީ؟” ޒިހާން ހައިރާން ވެފައި އަހާލެވުނެވެ.

“މަގޭ އަނގޮޓިއެއް ނުފެނިގެން މިއުޅުނީ، އެހެންވެ މި ދިޔައީ ހޯދަން މިހާރު ފެނިއްޖެ.” ޔަމްނާ އަވަސް އަވަހަށް ބުންޏެވެ. ޒިހާން މިކަމާ ޔަމްނާއަށް ވަރަށް މަލާމަތް ކުރިއެވެ. ނަމަވެސް ލަޔާލީ އަށް ޔަމްނާ ހެދީ ކަނޑައެޅިގެން ދޮގެއްކަން އިނގުނެވެ. މިރޭގެ ހާދިސާ ލަޔާލީއަށް ވަރަށް ކައިރިން ފެނުނެވެ. ލަޔާލީއަށް ދާނިޔަލް ޔަމްނާގެ ފަހަތުން ގެއަށް ވަތްތަނަ ފެނުނެވެ. އެކަމަކު ނިކުންނަތަނެއް ނުފެނެ އެވެ. ޒިހާން ކަންބޮޑުވެދާނެތީ ލަޔާލީ އެވާހަކަ ސިއްރުކުރިއެވެ.

ލަޔާލީއާއި ޒިހާން ކޮޓެރިއަށް ވަތް އިރު މުޅި ކޮޓެރި ވަނީ ރީތި ގޮތަކަށް ޑީޒައިން ކޮއްފައެވެ. މިއީ ރައިނާމެންގެ ކަމއްކަން އިނގުނެވެ. އެވަގުތު ޒިހާން ލަޔާލީގެ ކައިރިއަށް އައިސް ލުިފަތެއްހެން އުރާލައިގެންގެންގޮސް އެނދުގައި ބޭއްވިއެވެ.

Share Article

Follow Me Written By

Nie

Level 1

Other Articles

Previous

ރިޔާޝާ (12ވަނަ ބައި)

Next

ވާލޯބި އެނގޭނަމަ… 6

Next
October 30, 2016

ވާލޯބި އެނގޭނަމަ… 6

Previews
October 30, 2016

ރިޔާޝާ (12ވަނަ ބައި)

5 Comments!

  1. Inee says:
    October 30, 2016 at 12:09 pm

    Varah reythi

  2. BOoo says:
    October 30, 2016 at 1:03 pm

    kobaa 2 vana bai???

  3. BOoo says:
    October 30, 2016 at 1:05 pm

    3 vana part aa ehkoh 2 vana part upload kohladheynamey buni. koba koba????

    1. shelly says:
      October 30, 2016 at 1:20 pm

      liyunee nie eh nun enamah fihthaalaa erun anaane ok dho

  4. ##ss says:
    November 22, 2016 at 9:30 pm

    Kobaa that mi vaahaka ge 4 van a part…
    Nunereynan tha eyyn..

Comments are closed.



All Right Reserved!