Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

އަހަރެންގެ ހިތުގެ މިލްކްވެރިޔަކީ ހަމަ އަހަރެންނެވެ. (1 ވަނަ ބައި)

Alina Level 1
October 17, 2016 2 Mins Read
14 Comments

ހިތްގައިމު ދުވަހެކެވެ. ރޭގަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި މާހައުލުގަ ވަނީ ތެތްފިނިކަމެއް ހިފާފައެވެ. ފިޔާތޮށި ކުލައިން ޖަރީކޮއްފަވާ ކޮޓަރީގެ އެ ބޮޑު އެނދުގަ ނިދާލާފަ އޮތް ބުދެއްފަދަ އޭނަގެ ދަރިފުޅުގެ ބޮލުގަ ފިރުމާލަ ފިރުމާލާ ސަނާ އިނީ ނުހަނު ލޯބިންނެވެ. “ދަރިފުޅާ ނާލް ތެދުވޭ އަވަހަށް. ބައްޕަ މިހާރު އަންނާނެ އޮފީހުން. އިނގެ އެއްނު ބައްޕައަށް ދަރިފުޅު ނެތިއްޔާ ނުކެވޭކަން” ސަނާ އޭނަގެ ނާލްއަށް ގޮވާފަ އަވަސްވެގަތީ ގަފޫރު އާ އޭނާގެ ފިރިހެން ދަރި އަންނަންވާއިރަށް މެންދުރު ކެއުން ތައްޔާރު ކުރެވޭތޯއެވެ. ނާލްވެސް ފެނަވަރާލައިގެން އައިސް ސަނާއަށް އެހީވެދިނުމުގައި އުޅެއެވެ.

“ހާދަ ވަސްގަނޑު ރަނގަޅު ދުވަހެކޭ. ކޯއްޗެއްތަ ތި ކައްކާލީ ބައްޕަ ދޫންޔާ”. އެއީ އަބަދުވެސް ގަފޫރުގެ އާދައެވެ. ގެއަށްވަންނަ ގޮތަށް ކޮންމެވެސް ސަމާސައެއް ނޫނީ ލޮބުވެތި ބަސްތަކަކުން ނާލް އާ މުހާތަބްކޮށް ހަދާނެއެވެ. ގަފޫރު ގެ ދެމަފިރިންނަށް ފުރަތަމަދަރިފުޅު ވިހެއުމަށް ފަހު ސަނާ އުޅުނީ ވަރަށް ބަލިވެއެވެ. ސަނާއަކީ އެއް ކިޑްނީފެއިލްވެ ފުދޭވަރަކަށް ބަލިކޮށް އުޅޭމީހަކަށް ވުމުން ޑޮކްޓާރ ލަފާދިނީ އިތުރު ކުއްޖެއް ނުހޯދުމަށެވެ. ނަމަވެސް ނާހިދު ލިބުނުތާ ތިން އަހަރުވިތަނާ ސަނާ ބަޑުބޮޑުކަން އިނގުނެވެ.  ބަނޑަށް ފަސް މަސް ވިތަނާ ޑޮކްޓާރ ލަފާދިނީ އެބޯޝަން އަކަށް ދިޔުމަށެވެ. ނޫނިއްޔާ ސަލާމަތް ކުރެވޭނީ އެކަކުގެ ފުރާނަ ކަމަށް ޑޮކްޓާރ ލަފާދިނެވެ. އަދި ދަރިފުޅު ލިބުނަސް ވާނީ ނުކުޅެދޭ ކުއްޖެއްކަމަށް ޑޮކްޓަރު ބުނަމުން ދިޔައެވެ. ފުރާނައަށް ނުރައްކާވިޔަސް ސަނާ ބޭނުންވީ އޭނަގެ ދަރިފުޅު މިދުނިޔެއަށް ނޭވާލުމަށެވެ.ސަނާ އޭގެން އެއްވެސް ވާހަކައެއް ޤަބޫލެއްނުކުރެއެވެ. އޭނާ ޤަބޫލް ކުރާގޮތު ކޮންމެ ކަމެެއްވެސްވާނީ ހެއްދެވިފަރާތުގެ އިރާދަފުޅުންނެވެ. ދުއާ ކުރުމާ ޤުރުއާން ކިޔެވުމުގަ ވިހާދުވަސް ޖެހެންދެން ސަނާ ހޭދަކުރިއެވެ. ނާލް ވިހެއުމަށްފަހު ސަނާ ވަރަށް ބަލިވިނަމަވެސް މަހެއް ދުވަސްތެރޭ ސަނާވެސް މުޅިން ރަނގަޅުވެއްޖެއެވެ. އެކަލާންގެ އިރާދަފުޅުން ނާލް ވީ ހަމަ އެންމަ ފުރިހަމަ ކުއްޖަކަށްށެވެ. އެކަމުގެ ސަބަބުން ނާލް ދެކެ އެ އާއިލާ އެންމެންވެސް އެހާ ލޯބިވާނެއެވެ.

“ދަރިފުޅާ ބައްޕައަށް ހީވަނީ ދަރިފުޅުގެ ސްކޮލާޝިޕް މި އަންނަ މަސް ތެރޭ ހަމަ ޖެހޭނެހެން” ގަފޫރް ކާން އިން ނާލްއަށް ފުން ނަޒަރަކުން ބަލާލާފް ބުންޔެވެ. ނާލްގެ ކުޑައިރުއްސުރެ ހުވަފެނަކީ ބޮޑުވެގެން ޑޮކްޓަރަކަށްވުމެވެ. މިހެންކަމުން ނާލް އޭލެވެލް ނަތީޖާލިބުމުން ޤަފޫރު މަސައްކަތްކުރީ ސްކޮލާޝިޕެއްލިބޭތޯއެވެ. އޭރުން އާއިލާއެއްކޮށް ލަންކާއަށް ބަދަލްވާއިރު ތަންކޮޅެއް ހަރަދުވެސް ކުޑަވާނެއެވެ.

“އެކަމް ބައްޕާ އަޅުގަނޑު އެކަނިގޮސް ނޭންގޭނެ އުޅޭކަށްވެސް” ނާލް ކަންބޮޑުވެފަ ބުންޏެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ، ނާލްގެ މަންމައާ ބައްްޕަ އަދި ދޮންބެ އޭނަ ގެންގުޅެނީ ޕުރިންސެސް އެއްހެންނެވެ. އެމީހުނާ ވަކިންގޮސް ނާލް އުޅޭނީ ކިހިނެއްހެއްޔެޭ ސަނާގެ ހިތަށްވެސް އެރިއެވެ.

“ތިކަމާ ނާލް ހާސްނުވެބަލަ. މަމް ފޮނުވާނަމޭ ނާލްއާއެކީ. ދެން ދޮންބެއާ ބައްޕަގެ ވަޒީފާ އެކޮޅުން ހަމަޖެހުނީމަ ދޮންބެމެން ދާނަން. ވަޒީފާ ކަންތަށް ހަމަޖެހޭތޯ އެކޮޅުން ދެތިން މިީހުނާ ވާހަކަެ ދައްކަމުން މިދަނީ މިހާރުވެސް” ނާހިދުވެސް ނާލް ހިތްހަމަ ޖެއްސޭތޯ މަސައްކަތްކުރިއެވެ. އެއީ އޭނަގެވެސް ހުރި ހަމަ އެކަނި ކޮއްކޮއެވެ. ނާލްއަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވާންވެސް ނާހިދު ހުންނަނީ ތައްޔާރަށެވެ.

މެދުރުކެއުމަށްފަހު ސަނާއާއެކީ ތަށިތައް ނަގަން އުޅެފަ ނާލްވެސް ދިޔައީ ކޮޓަރިއަށެވެ. ސުކޫލްނިމުމަށްފަހު މާބޮޑު ކަމެއްނޯންނާތީ ނާލްގެ ކަމަކީ ސީރީސް ބެލުމެވެ. ކޮލެޖަށް ދާން ފެށުމުން އަނެއްކާވެސް ސީރީސް ބަލާނެ ވަގުތެއް ނުލިބޭތީވެ ،  ލިބުނު ޗުއްޓީގެ ބޭނުން ހިފާލީއެވެ.

ގަޑިބަލާލަންވެގެން ފޯންނެގިތަނާ ވައިބާއިން މެސެޖްތަކެށް އައިސްފަހުއްޓާ ފެނުނެވެ. ނުދަންނަ ނަމްބަރ އަކުން ދެތިން ފަހަރު ހާއި ޖަހާލާފަ އޮތެވެ. ނާލް މާބޮޑު ސަމާލް ކަމެށްނުދީ ސީރީސް ބަލަންފެށިއެވެ.

ކުއްލިޔަކަށް ނާލްއަށް ހޭލެވުނީ ފޯން ރިންގްވާ އަޑަށެވެ. ސީރީސް ބަލަން އެޮއްވާ ނިދުނީއެވެ.

” ހަލޯ” ރަނގަޅަށް ނުހޭލެވި އޮވެ ކަންނެތްކަމާއެކު ފޯން ނަގާ ބުނެލިއެވެ. ދެން އަނެއްކާވެސް ނާލްއަށް ދިނުނީއެވެ. ނާލްއަށް ހޭލެވުނީ ހަވީރު ނާހިދު ބުރެއްޖަހާލަން ދާން ގޮވީމައެވެ. ފެންވަރާ ރީތިވެލައިގެން ތިރިއަށް ފޭބިއިރު ނާހިދު ފެންނާކަށްނެތެވެ. ފޯންނަގާ ގުޅަންބަލާލި އިރު ނުދަންނަ ނަމްބަރަކުން ގުޅާފައޮއްވާ ފެނުނެވެ. އަދި ޑިއުރޭޝަންއަށް އެއް ގަޑިއިރު އިނެވެ. ނާލް ކުޑަކޮށް ޖެހިލުންވެ ހުރެ އެ ނަމްބަރަށް ގުޅާލިއެވެ. ނަމަވެސް ފޯނެއްނުނަގައެވެ.

” ނާލް ރެޑީވެގެން ބުނެވެސް ނުލަމެއްނު. ހިނގާދާން” ކައިރިން ނާހިދުގެ އަޑު އިވުމުން ފޯން ޖީބަށްލާފަ ނާހިދު ފަހަތުން  ނާލް ހިނގައިގަތެވެ.

މާލެ ފަދަ ހަަލަބޮލިތާކު ދިރިއުޅެމުން ދާއިރު ހަވީރުގަޑީގަ އެހެން ބުރެއްޖަހާލަން ދިޔުމަކީ ލިބޭ ހިތްހަމަ ޖެހުމެކެވެ.  އިރުއޮއްސި އަނދިރިވުމުން ކޮފީއެއް ބޯލުމަށް ނާހިދު ކައިރީހުރީ ރެސްޓޯރެންޓްއަކަށް ވެންނިއެވެ. ނާހިދު ކޮފީއަކަށް އޯޑާ ދިނުމުން  ނާލް ދިނީ މައިލޯ އަކަށެވެެ.

” ނާލް ދޮންބެ އެބޮތް ބޮޑުވާހަކައެއް ބުނަންވެފަ” ނާހިދު ކުޑަކޮށް ލަދުގަންފައިނދެ ބުނެލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Alina

Level 1

Other Articles

Previous

ލޯބިވަން ޔާރާ އޭ 20 (ފަހުބައި)

Next

އެފިނިމެންދަން 1

Next
October 17, 2016

އެފިނިމެންދަން 1

Previews
October 17, 2016

ލޯބިވަން ޔާރާ އޭ 20 (ފަހުބައި)

14 Comments!

  1. liu says:
    October 17, 2016 at 5:53 pm

    VVV reethi..

  2. Shiyaa says:
    October 17, 2016 at 6:00 pm

    Wow.. Varah reethi vaanii Han heevanii…..

  3. ~Arfau~ says:
    October 17, 2016 at 10:06 pm

    V reeyhi but maa kury next part konirakun

  4. no one care says:
    October 17, 2016 at 10:34 pm

    alhey haadha kurey.. bt reethi, vaahakaige name thankolheh kuru kohleven othiyya kuru kohla dhinun rangalhu (Y)

  5. Saandy says:
    October 17, 2016 at 11:35 pm

    ވަރަށް ރީތި… ކުރިއަށް ހުރި ބައިތައްވެސް ރީތިވާނެ ކަމަށް އުންމީދުކުރަން… އަދި އަވަހަށް އަޕްކޮށްލާނެ ކަމަށްވެސް އުންމީދުކުރަން

  6. Khajja says:
    October 18, 2016 at 12:39 am

    Amazing but too short waiting n keep it up

  7. Munchkin ? says:
    October 18, 2016 at 1:24 am

    Amaxing ✋
    Avahah up kohlla dhen in part
    Cant wait ?
    Thankolheh dhigu kohllahche dhn in part

  8. Alina says:
    October 18, 2016 at 9:27 am

    Thankx everyone. <3 In sha Allah next bai dhigukoh genesdheveythw balaanan. name dhiguvegen ulhey kujjaa alhe miaa gulhun huri kuru nameh suggest koh dheeba. Alge mindah ai enme gulhey name ae..

  9. alma.. says:
    November 13, 2016 at 8:51 pm

    nice…:)

  10. Nuzuu says:
    November 16, 2016 at 1:45 pm

    Awesome! when is the next chapter. cant wait

  11. nihaal says:
    November 21, 2016 at 12:54 pm

    v reethi…. kuriah oiy thaanga adhi mihaarah vure reethi vaanekamah ummeedhu kuran… vaahaka liumuge hunaru eba huri.. hiyyvaraa eku kuriah dhey… v chaalu….

  12. Mr.Unknown says:
    May 22, 2018 at 4:55 pm

    v salhi

  13. Nashwaan says:
    May 22, 2018 at 4:57 pm

    V kada.Bunefa iby furathama bayeye.Ekm emme fahun iny nuniey vaahaka.???

  14. Butterfly says:
    August 9, 2019 at 10:29 pm

    SALHI

Comments are closed.



All Right Reserved!