Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެންގެ ކުށް (ފުރަތަމަ ބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
October 16, 2016 5 Mins Read
18 Comments

“އަހަރެންގެ މުޅިއުމުރުގައި ދުވަހަކުވެސް އަހަރެން ހިތް ކިޔާކަހަލަ ކުއްޖަކާ ދިމާ ވެފަކާނެތެވެ. އުމުރުން އަށާރައަހަރު ވޭތުވެގެން ދިޔައިރުވެސް އަހަރެންގެ ‘ޕްރިންސް ޗާރމިންގް’ އެއް ފެނިފައެއް ނުވެއެވެ. ހޯދުމުގެ ޝައުގެއްވެސް މާބޮޑަކަށް ނުހުރެއެވެ. ގިނަ މީހުން ގަބޫލް ކުރާގޮތުންނަމަ އަންހެން ކުދިން އަވަހަށް މީހުންނާ އިނދެ އަވަހަށް ދިރިއުޅުމެއް ފަށަން ވާނެއެވެ. ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތުގައި އަންހެނަކަސް ފިރިހެނަކަސް އެމީހެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދާ އޭގައި ކުލަޖެއްސުމުގެ ފުރުސަތު އޮންނަން ވާނެއެވެ. މިސަބަބު ތަކަށްޓަކާ އަހަރެން މީހަކާލޯބީގެ ގޮތުން އަދި ގުޅެން ބޭނުން ނުވަނީއެވެ.”

“އޭއް!!އެއްކަލަ ޒެރެން، ތިވާހަކަލިޔަން ނީނދެ އާދެބަލަ! މަންމަގެ ފްރެންޑްސް ތަކެއް އައިސް ގެންއެބައުޅޭ! އެތަނުން އެކަކުގެ ދަރިވެސްއެބަހުރި…..ހޮޓު އިނގޭ!!!” ވާހަކަލިޔެލިޔެ އިންދާ އަހަރެން އެންމެ ލޯބިވާ އަހަރެންގެ އެންމެ ގާތްއެކުވެރި ރީޝާ އައިސް މަންމަގެ އެކުވެރިންތިބި ވާހަކަ ބުނެލިއެވެ.”ރީ..ކޮންމެހެން ކާފުރުތޮޅި އަޅާނެކަމެއް ނެތް…ތިހެން ބުނާއިރުވެސް އިނގޭނެ އަހަރެން ވަކިމީހަކު ހުއްޓަސް ނުދާނެކަން..ޕްލަސް، މަމް މެން ތެރޭގަ އަހަރުން ކުރަނީ ވަކިކީތް؟ އާދެބަލަ މިވާހަކަ ރީތިތޯ ބަލަން! މީގަވެސް މިއުޅެނީ އަހަރެން ކަހަލަ ގާރލް އެއް…ޕްރިންސް ނުފެނިގެން އުޅޭ..އިންޓްރަސްޓް ވެސް އަސްލު ނުހުރޭ..ޑްރީމް ގާރލް އެއް”ވާހަކަ ދައްކަ ދައްކާ ހުއްޓާ ރީ އަހަހަރެންގެ އަތުގައި ހިފާދަމަމުން ކޮޓަރިން ބޭރަށް ނެރުނެވެ.

“އަނހާ!ޒެރެން!..އާދެބަލަ. މިތިބީ ޒުހުރާއްތަމެން…”މަންމަ ހުރީ އެމީހުން އައުމުން ވަރަށް އުފާވެފައެވެ. ވާނީ ވެސް އެހެންތާއެވެ.ހަތްއަހަރަށް ފަހުދިމާވުމުން ވާހަކަވެސް އޮންނާނެތާއެވެ.”ޒެރެން!..އެއްކަލަ އެއްކަލަ ހޮޓީއެއްނެތް…މިހާ އަވަހަށް އެފިލީ…” ރީ އަހަރެންގެ ކަންފަތް ބުޑުގައި އެހެންބުނެލުމުން އަހަރެންގެ ގާތަށް ހިނިއައެވެ.”ހޫން ދެން ބަސްޓްވީމަ..ހަހަހަ..އައި ނިއުދެޓް ޔޫވާރ ލަޔިންގް” އަރެން ރީއާދިމާލަށް ބައްތަރެއް ޖައްސާލުމަށް ފަހު މަންމަގެ ކޮޓަރިއަށް ދިޔައީ މަންމަ ބުނެގެން ވޮލެޓުން ރުފިޔާއެއް ނަގާށެވެ.

ވޮލެޓުނެގުން ތަނާ ދާދިގާތުން އަޑެއް އިވުނެވެ.”މަން…..އާ……………………!!!!!!!!”އަހަރެން ގެ ހަޅޭކުގެ އަޑަށް ގޭގައި ތިބި އެންމެން ކޮޓަރިއަށް އައިސް ވަނެވެ. “ދަރިފުޅާ ޒެރެން. ކިހިނެތްވީ؟ކައިން؟!”އެވަގުތު މަންމަގެ އަނގައިން ބޭރުވި ނަމުން އަހަރެން ގެ ގާތުގައިވާ މީހާއެއީ ރީޝާ ބުނި ހަފިއްތަގެ ކުއްޖާކަން އެނގިގެން ދިޔައެވެ.”ސޮރީ!..އަހަރެން ސިއްސައިގެން ދިޔައިމަ ހަޅޭއްލެވުނީ..ހީކުރީ މަންމަ ކަމަށް..އެކަމު ފަހަތުގަ އެހެން މީހެއް…ސޮރީ” އަހަރެން ގަތް ލަދުން އަވަހަށްކޮޓަރިން ނިކުންނަން ހިނގައިގަތީމެވެ ރީވެސް ފަހަތުން އައިސް އަހަރެންނާ އެއްހަމަ ކުރިއެވެ.އެވަގުތު މަންމަ މެންވެސް ހޭ އަޑު އިވުނެވެ.ކޮޓަރިޔަށް ހަމަ ވަދެވުމާއެކީ ރީޝާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.އަހަރެން އޭނަގައިގައި ބާލީހުން ތަޅައިގަތީމެވެ.”ހެހހެހެހެހެ..ރީ އޭރުވެސް ބުނިން…ހަހަހަހހަހަ”އަހަރެންގެ ގާތަށްވެސް ހިނިއައެވެ. ހަމަ ޔަޤީނުންވެސް އެވަގުތު އޭނާވެސް ސިއްސައިންދާނެއެވެ. ރީ ވެސް ސަކަރާތް ޖަހަން އުޅުމަށް ފަހު ހަވީރުވުމުން ގެއަށް ދިޔައެވެ. އެނާ ދިއުމުން އެދުވަހުގެ ބާކީބައި އަހަރެން ހޭދަކުރީ ކޮޓަރީގައެވެ. ގަތްލަދުންނާ ވާހަކަ ލިޔަން ހުންން ޝައުގެއްގެ ބޮޑުކަމުންނެވެ. ނިދަން އޮތްއިރުވެސް ސިކުނޑީގައި އެނބުރެނީ މިއަދުގެ ހާދިޡާއެވެ.

އަރައިގެން އައި އިރާ އެކީ މަންމަ ގެ އަޑު އިވުނެވެ. “ޒެރެން. ގަޑިޖެހެނީ! އޮފީހަށް ނުދަނީތަ؟.” މަންމަ އެހެންބުނެލުމުން އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. ޗުއްޓީއެއް ލިބުމުން އޮފީސް މަތިން އަހަރެން ހުރީމުޅިން ހަނދާން ނެތިފައެވެ.”މިދަނީ…މިނިކުންނަނީ”މަންމަ ހާސްވާނޭ ކަން އިނގޭތީ  އަހަރެން މަންމަ ފޮނުވާލީމެވެ.އަވަސް އަވަސް ކޮށްލުމަށް ފަހު ފެންވަރައިގެން ނިކުތްއިރު އަލަމާރީގައި އިސްތިރި ކޮށްފައި އޮތް އެންމެ ހެދުމެއްވެސް ނެތެވެ.

ގަޑިޖެހުނަސް ހެޔޮކަމަށް އިސްތިރި ކުރަން ފެށީމެވެ. ރޫމުޅީން ނުފިލާހުއްޓަސް ގަމީސްލީ ހާސް ވެފައިހުރިލެއް ބޮޑުކަމުންނެވެ. އަދިއަވަސް އަވަހަށް ޖިންސްލާ ބެގީ ޖަހާލުމަށް ފަހު ބޮލުގައި ދައްޗެއްޖަހާލުމަށް ފަހު އަވަހަށް ދާން ނިކުތީމެވެ. ސިޓިންގްރޫމްގައި ހުރި ފައިވަން ހަރުގަނޑުން ނޫޖިންސާ ކްރީމް ގަމީހާ ގުޅޭ ޕީޗް ހީލް އަކަށް އަރާލުމަށްފަހު ބާރުބާރަށް ގޮސްލިފްޓަށް އެރީމެވެ. ދެމަސްވީއިރުވެސް އަދި އަލަށްވެސް ގަޑިޖެހިފައި ނުވާތީ އަހަރެން ހުރީ އިންތިހާއަށް ހާސްވެފައެވެ. ލިފްޓުން ފޭބުމަށްފަހު ކާރޫބާރޫ ބޮޑުމަގަށް ނިކުމެ ކާރެއްހޯދަން ފެށީމެވެ. ދާކޮންމެ ކާރަކަށް އަތް ނެގީ އެއީ ޓެކްސީއެއްތޯވެސް ބަލާނުލައެވެ. އެންމެފަހުން ކާރެއްއަތުޖެހުނެވެ.

ކާރަށް އެރުމަށް ފަހު ހަމަޖެހުމުފެ ނޭވާއެއް ލެވުނެ.ކާރު ދުއްވަން އިން ޑްރައިވަރަށް އަޑުވެސް އިވޭނެ ކަން ޔާގީނެވެ. ނަމަވެސް ފަރުވާލެއްނެތެވެ. ގަޑިބަލާލުމަށް ފަހު އަހަންނަށް ބުނެވުނެވެ. “އަވަސް އަވަސް…ދެމިނެޓް ދެންއިނީ..ބާރަށް” ބާކީއިނީ އެންމެ ދެމިނެޓް ކަން އިނގުމާއެކު ހާސްކަން ދެގުނައަށް އިތުރުވިއެވެ.

“ބާކީ އިނީ ދެމިނެޓް. އަދިވެސް ދާންވީތަނެއް ނުބުނަމެއްނު” ވަރަށް ލާނަތްގޮތަކަށް ބަލާލަމުން ޑްރައިވަރު އަހަންނާ ވީފަރާތަށް އެނބުރިލިއެވެ.”ކައިން!!!!!”އަހަރެންނަށް ބުނެވުނީ އެހެންނެވެ. އިއްޔަގެ ހަނދާން އާވުމުން އަހަރެންގެ މޫނަށް ވެރިވެރިވި ކުލަވަރު ކައިން އަށް ފެންނާނެ ކަން ޔަގީނެވެ.”މީރާ…އަވަސް..މީރާޔަށް” ކައިން ބާލާކަން ފާހަގަވުމުން އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

އެހިސާބަށް ދެވުން އިރު ގަޑިޖެހި އިތުރަށް ފަސްމިނެޓު ހިނގައިފިޔެވެ. އަވަހށް ރުފިޔާ ނެގުމަށްފަހު ކައިން އަތަށް ދިއްކޮށްލީމެވެ.”ނޯ..ޕްލިޒް. ދެނވެސް އަވަސްކުރޭ..ޔޫ އާ ލޭޓް” އަހަރެން ވަރަށް ކިޔުމުންވެސް ކައިން ރުފިޔާނުހިފުމުން އެންމެ ފަހުން ލަސްވާތީ ކާރުން ފޭބީއެވެ.ކާރުން ފޭބުމުން އަހަރެންގެ ދެލޯބޮޑުވެގެން ދިޔައެވެ.ކާރުގެ މަތީގައި ޓެކްސީބޯޑެއް ނެތެވެ.އެއީ ޕްރައިވެޓް ކާރެކެވެ.

އެކަމާމެދު ފިކުރު ކުރާނެ ވަގުތު ނެތުމުން ވަރަށް ޖެހިލުންވެ ހުރެ އޮފީހަށް ވަނީމެވެ. އެންމެންތަށް ބަލާވަރުން ހީވަނީ އަހަރެން ކުށެއް ކޮއްގެން އުޅޭހެނެވެ. ކިތަންމެ ހާސްވެ ބިރުގަނެފައި ވީނަމަވެސް އިސްދަށަށް ޖަހައިގެން ހުރެ އަހަރެން ގެ ސްޓޭޝަންގެ ގޮނޑީގައި އިށީންދެ ހަމަޖެހިލީމެވެ. ނަސީބަކުން ދުވަހުގެބާކީ ބައި ދިޔައީ ވަރަށް ރަނގަޅަށެވެ. އެއްވެސް މީހަކު ސުވާލު ނުކުރީތީ އަހަރެން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.ހުރިހާމަސައްކަތް ނިންމާލުމަސްފަހު މޭޒުމަތި ތަރުތީބު ކޮސްލުމަށް ފަހު ގެއަށް ދިއުމަށް އޮފީހުން ނިކުތީމެވެ.

“ހެއި…ޒެރެން. ވެއިޓް” އަމީނީމަގުން ގޮސް ބާރގާ ޕޮއިންޓާ ހިސާބުން އަހަރެންނަށް މީހަކު ގޮވާލިހެން ހީވެގެން ފަހަތް ބަލާލިވަގުތު ދާދިގާތުގައި ހުރި ކައިން ފެނުމުން ސިހިގެން ދިޔައެވެ. “ނޫޅެމޭކާލާކަށް. ހަމަޖެހިބަލަ.” ލޯބިގޮތަކަށް ހީލަމުން ކައިން ބުނެލިއެވެ. އެހިނިތުންވުމަށް ބަލަންހުރެ އަހަންނަށްވެސް ހީލެވުނެވެ. “އައި ލައިކް ޔޮއާޑިމްޕަލް. ކީއްވެތިހެނީ؟” އަހަރެންނަށް ދޭނެ ޖަވާބެއްނޭންގުމުން އެސުވާލަށް ޖަވާބެއްދޭކަށް ގަސްތެއްނުކުރީމެވެ.

ގެއާހަމައަށް ދެވުން އިރުވެސް ކައިން އަހަރެންނާ އެއްވަރަކަށް ފަހަތުން އައެވެ. އަހަރެން އަޅައެއްނުލަމެވެ. އެންމެފަހުން އަހަރެން ލިފްޓަށް އަރަންދެންވެސް އޭނާ މަޑުކުރިއެވެ. ގެއަށް ވަތްއިތު ރީ ހުރިތަން ފެނިފައި ހައިރާންވިއެވެ.”އޭ!!ކޮންވިޒިޓެއް؟؟” އެހެންޏާ ނާންނަ ގަޑިއެއްގައި އައިސް ހުރުމުން އަހަރެން ހީކުރީ އެއްޗެއް ނަގަން އައީކަމަށެވެ.”ހަމައައިސްލީ. އާދެބަލަ. އައިނީޑްޓު އާސްކް ސަމްތިން” ދެމީހުން ކޮޓަރިއަށް ވަދެ އެނދުމަތީ ޖައްސާލީމެވެ.”އޭ..ކައިން އާ އެހާ ކްލޯޒް ވީ ކޮންއިރަކު؟ ހަމަ އެންމެ ނަޒަރަކުން؟!! އެހެމް އެހެމް…..ހަހަހަހަ”ރީޝާ އައިބޭނުން އިނގުމުން އަހަންނަށް ވެސް ހެވުނެވެ.”ރިއަލީ ރީ؟؟ ތިހެން އަހާލަންތަ ތިއައީ؟؟”އަހަރެން ހެމުން ހެމުން އަހާލީމެވެ.”ޔާ!! މިއަދު ހެނދުނު ދެކުނީމޭ…އަހެރެން އޮފީސް ނިންމިގޮތަށް މިއައީ.. ބުނެ!ގުޅީތަ ރޭގަ؟އެކަމް ކިހިނެތް ނަމްބާރ؟”ރީ ވިސް ނަމުން ދިޔަ މަޖާ އެއްޗެހި އަހަރެން ގެ މޫނުމައްޗައް ހިނިތުންވުމެއް ވެރިކުރުވިއެވެ.އޭނާ އެކި ކަހަލަ މަޖާ ސުވާލްކުރަން ފެށުމުން އެންމެފަހުން މިއަދު ވީ ހުރިހާ ކަމެއް އަލިފުން ޔާއަށް ކިޔާދީނީމެވެ. އޭރު ރީ އިނީ ހީހީ ހިނދިފައެވެ.ނަމަވެސް ކައިންގެ ނަންބުނާ ކޮންމެފަހަރަކު ރީގެ މޫނު މަތިން ފާޅުވާ މާނަވީ ހިނިތުން ވުން އަހަރެންނަށް  ފާހަގަވިއެވެ. ނަމަވެސް އެއީ މާބޮޑުކަމަށް ނުހަދާ ރީ ގޮވައިގެން ކާން ދިޔައީމެވެ.އެދުވަސް ވެސް ދިޔައީ ވަރަށް ހަލުވިކަމާއެކުގައެވެ. އެހަފްތާގެ ބަކީ ދުވަސްތަށް ދިޔާއީ ވަރަށް ބުރަކޮށެވެ. އޮފީހުގެ މުއައްޒަފަކު ކެނޑުމުން މަސައްކަތްތަށް ފުނިޖެހިގެންދިޔައެވެ. ހަމައެހެންމެ އެދުވަހުގެ ފަހުން ކައިން އަކާ ވެސް ދިމައެއްނުވެއެވެ. ބުރަކަމުން ރީއާވެސް ބައްދަލު ނުކޮށް ހަފްތާނިންމާލީމެވެ. ހުކުރުދުވަހަކީ އަހަންނާ ރީ އަބަދުވެސް ހިނގާލަންދާ ދުވަސް ކަމުންނާ މިހަފްތާ ގައި އެއްވެސް ވަރަކަށް ދިމާވެފައިނުވާތީ ހުކުރުދުވަހަށް ޕްލޭން ކޮށްލުމަށްފަހު ނިދަންއޮށޯތީ ވަރުބަލިކަން އިހުސާސް ކުރަމުންނެވެ.

އާދުވަހަކަށް އިރުއެރިއިރު އަހަރެން ހުރީ ބެލްކަނީގައެވެ.”ދަރިފުޅާ! ހާދަ އަވަހަށް ހޭލީ. ނަމާދު ކުރިންތަ؟” މަންމަ ކުރި ސުވާލުގެ ޖަވާބުގައި އާނއެކޭ ބުނުމުގެ އޮތުން ބޯޖަހާލަމުން އަނެއްކާވެސް ބޭރަށް ނަޒަރު ހިންގާލީމެވެ. ޖައްވުގައި ތެތްފިނިކަމެއް ހިފާފައިވީރު މުޅި މާލެ އޮތީ ނިދާފައެވެ. އަދިވެސް އޮރެންޖު ހޮޅިބުރިތަކުން މަގުތަށް ދިއްލާފައިވާއިރު މަރުގެ ހަހިމޭންކަން ވަށައިގެން ވިއެވެ.  އަހަންނަށް މިކަހަލަ ހަމަހިމޭންކަން ވަރަށް ކަމުދެއެވެ. ކޮންމެ ހުކުރަކުވެސް މަންމަ އާދަމީހުން ބެލޮކަނީގައި ތިބެ ވާހަކަ ދައްކާ މުޅިހަފްތާގައި ހިނގި ހުރިހާކަމެއް އެކަކު އަނެކަކާ ހިއްސާކުރމެވެ.

ދެއަހަރުންފެށިގެން އެކަނިމާ އެކަނި އަހަރެން ބަލާ ބޮޑޫކުރީ މަންމަގެ ހިތްވަރުންނެވެ. މާލެގެނަސް ކިޔަވަދީ އަހަރެން މީހަކަށް ހެދި މަންމަ އަށް އެއްވެސް ކަމެއް ފޮރުވާކަށް އަހަރެންގެ ހިތް އެއްބަހެއް ނުވެއެވެ. މިސަބަބަށްޓަކާ އެއްވެސް ޖެހިލުމެއްނެތި މަންމަ އަށް ހުރިހާ ވާހަކައެއް ކިޔާދެމެވެ.އެއީ އަހަރެންގެ ދެގޮތެއްނުވާ މިތުރެވެ. ހިތުގައި އުފެދޭ ހުރިހާ ޝުއޫރުތަކާ ޖަޒުބާތުތަށް އެއްވެސް ޖެހިލުމެއްނެތި ކިޔާދެވެނީ މަންމަ އަކީމިހާރުގެ ގޮތުންނަމަ ކޫލް މީހަކަށް ވާތީއެވެ.އެހެންކަމުން ކައިންގެ ވާހަކަވެސް ކިޔާދިނީމެވެ.އެވާހަކަ ކިޔާދިނުމުން މަންމަވެސް ވަރަށް ހުނެވެ.ހަވީރު ބޭރަށްދާވާހަވެސް އެވަގުތު ބުނެލީ މަންމަ މިއަދު ފިހާރަކަށް ދާންޖެހޭވާހަކަ ބުނެލުމުންނެވެ.

އެއްޗިހި ދޮވުންފިޔަވާ އިތުރު އެއްވެސް މަސައްކަތެއް ނެތުމުން އެމަސައްކަތްކުރު މަށްފަހު ޓީވީ ބަލާލަން އޮތީމެވެ.ވަގުތު ދިޔަގޮތެއްވެސް ނޭންގެއެވެ.މަންމަ ކާންގޮވުމުން ފުންމައިގެން ތެދުވެ ގަޑިބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ.އޭރު ގަޑިން ދެގަޑިބައިވެ ބޮޑުވެއްޖެއެވެ.”މަންމާ އަހަރެން ކާނީބޭރުން. ތިންގަޑި ފަނަރައަށް އަހަރެން ނިކުންނަންޖެހޭ.” އަހަންނަކީ ރީތިވުމަށްވެސް ބައިގަޑީރުނަގާ މީހެއްކަމުން އަވަސް އަވަހަށް ހެދުން އިސްތިރި ކުރުމަށްފަހު ފެންވަރާ ރީތިވީމެވެ. އޭރުގަޑިން ބަރާބަރު ތިންގަޑިފަނަރައެވެ.ޓެކްސީއަކަށް ގުޅާލަމުން ތިރިއަށްފޭބިއިރު ކާރުއޮތީއައިހެވެ.

ތިންގަޑިވިހިވީރު އަހަރެން ހުރީ ރަސްފަންނުގައެވެ.އޭރު ރީވެސް ހުއްޓެވެ. ދެމީހުން އެކިއެކި ވާހަކަދައަކަމުން ގޮސް ކައިން ގެވާހަކަ އަހަރެން އަހާލީމެވެ.”ރީ ކައިން ދަންނަން ދޯ؟ ބަޓް ހައު؟ އަހަންނަށް ފާހަގަވޭ އޭނަގެ ނަންބުނާ ކޮންމެފަހަރަކު ތިމޫނަށްވެރިވާ މާނަވީ ހިނިތުންވުން.ދެންބުނެބަލަ.”ފުން ނޭވާއެއްލުމަށްފަހު ރީޝާ ކިޔައިދޭން ފެށި މީގެ ފަސް އަހރު ކުރީގެ ވާހަކައެކެވެ.

****

“ކައިންއާ އަހަރެން ކިޔަވަމުން އައީ އެއްކޮލެޖެއްގަ. އޭރު އޭނަފަހަތުން ކޮލެޖްގެ ހުރިހާ އަންހެން ކުދިންއުޅޭނީ. އެކަމް ކައިން އަޅައެއްނުލާނެ. އޭނައަކީ ކިޔެވުމަށް މަސައްކަތޮ ކުރީ މޮޅުކުއްޖެއް. އަހަންނަށް އޭނަ އެންމެ ފުރަތަމަ ފެނުނީ  ގްރޫޕް މަސައްކަތެއްގެ ތެރެއިން. ކައިން ވެސް އަހަރުމެންގެ ގްރޫޕް. އެންމެފުރަތަމަ ފެނިލުމުންވެސް ކައިން އަހަރެންގެ ހިތް އަތުލައިގަތް. ނަމަވެސް އަހަންނަށް ކިޔެވުން މާ މުހިންމުވި. ކައިން ފެންން ހިސާބަށް ވެސް އޭގެފަހުން ނުދަން. އަހަރެން އޭންދެކެ އޭރުވީ ލަގީގީ ލޯބި. އަހަރެން ހުރީ އެސެން ނިންމާލުމަށްފަހު އޭނަޔާ ވާހަކަ ދައްކަން ނިންމައިގެން. އެކަމް އޭރު ކައިން އަށް ރީޝާ ނާޝިޒް ކިޔާ މީހެއް އެގްޒިސްޓް ވާކަންވެސް ނޭނގޭނެ. ސެމް ނުނިމެނީސް ކައިން މެލޭ އަށް ބަދަލުވީ. އެހެންވެ އޭނަ އަހަރެންނަށް ގެއްލުނީ. އޭގެ އަނެއް އަހަރު ޒެރެން ޖޮއިންކުރީ. އެހެން ވެ ކައިން ނޭންގެނީ. އެދުވަހުގެ ފަހުން ކައިން ފެނުނީ ތިގޭން. ފަސް އަހަރަށް ފަހު. ނަމަވެސް އަހަރެންގެ ހިތް ކައިން އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް ތެޅުނު ގޮތަށް ތެޅުން. އޭރުވެސް ނޭންގެ އެއީކާކުކަމެއް.ޒެރެން ގެ މަންމަ ކައިން އޭބުނީމަ އިނގުނީ.އެކަމް އަހަންނަށް ހީވަނީ ކައިން ޒެރެން ދެކެ ލައިކް ވޭހެން.”

****

ރީ ގެ ވާހަކަ ނިމުން އިރު އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ލޮއެއްބަކީ ހަމަ އެހާވެސް ބާރުގަދަ އެއްޗަކީހެވެ؟ ހަގީގީ ލޮއެއްބަކީ އެއީހެވެ؟ އަހަރެން ގެ އަޒުމަކީ އެކުވެރިޔާގެ ލޯބި ހޯދާ ދިނުމެވެ.އެހެންކަމުން ހިތުތެރޭގައި މޯޅު ރޭވުމެއް ރާވާލީމެވެ.”ހެއި…އައި ޑޯންޓް ކެއާ.. އައި ޕްރޮމިސް ކައިން އަކީ ރީގެ މީހަކަށް އަހަރެން ހަދާދޭނަން އިނގޭ.” ރީ މޫނަށް އެވަގުތު ހިނިތުންވުމެއް ވެރިވިއެވެ. އަދި ބާރަށް ބައްދާލިއެވެ.ދެމީހުން ވެސް ދެން މިސްރާބު ޖެހީ ކައިރީގައިވާ ރެސްޓޯރެންޓާ ދިމާލަށްށެވެ. ކާނިންމާލައިން ގެއަށް ދިޔައީ އިރުއޮއްސެން ގާތްވެފައިވުމުންނެވެ.

ގެއަށް ދިޔައިރު ގޭގައި އެއްވެސް މީހެއްނޫޅެއެވެ.އެހެންކަމުން ލިޔަން ގެންގުޅޭ ފޮތް ހިފައިގެން ބެލްކަންޏަށް ނިކުމެލީ މިވަގުތު ފެންނަ ފުރިހަމަ މަންޒަރު ބަލާލުމަށްށެވެ. އަދި ލިޔަންފަށައިފައިވާ ވާހަކަ ނިންމުމަށްށެވެ.އޭރު ގަޑިން 6 ޖެހީއެވެ. ރަތް އަލިފާންކޮޅެއް ފަދައިން މުޅި ޖައްވު ވިދަމުންދިޔައިރު ނޫ ކުލައާއި ދަނބު، ރަތް އަދި ރަންކުލައިން އެމަންޒަރު ފުރިހަމަ ވަފައިވާއިރު ވަރަށްވެސް ހިތްގައިމެވެ. މިފަދަ ގުދުރަތީމަންޒަރު ތަކަކީ ގަލަމަކުންވެސް ބަޔާންކުރެވޭވަރަށް ވުރެ މާ ފުރިހަމަ ޖާދުވީ މަންޒަރުތަކެކެވެ. ނަމަވެސް ވާހަކަ ލިޔުމާ މަންޒަރު ސިފަ ކުރުމަކީ އަބަދުވެސް ކުރާހިތްވަކަމަކަށް ވުމާއެކު ގަލަން ނަގާ މަސައްކަތްފެށީމެވެ.އެރޭ މަންމަ އައީ ނުވައެއްވެސް ޖެހިފަހުންނެވެ. ކައިން މަންމަ އާއެކު މުޅިދުވަހު ބާޒާރު ކުރިވާހަކަ ބުނުމުން ކުއްލިޔަކަށް މޮޅުހިޔާލެއް އައެވެ.

“މަންމާ ކައިން ގެ ނަންބަރު ލިބިދާނެތަ؟” އަހރެން ޖެހިލުންވިޔަސް ކުރަން މިއުޅޭ މަސައްކަތް ކުރުމަށް ކައިން ގެ ނަންބަރު ބޭނުންވާތީ ބުނެލީމެވެ. އަހަރެންގެ ނަސީބު ރަނގަޅު ކަމުުން އެއްވެސް ސުވާލެއްކުރުމެއްނެތި މަންމަ ވަގުތުން ނަންބަރު ދިނެވެ.މިހިސަބުން މަސައްކަތް ފެށުނީއޭ ހިތަށް އެރުމާއެކު އަހަރެންގެ ގާތަށް ހިނިއައެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ލޯބިވަން ޔާރާ އޭ 19

Next

ކާމިޔާބު އަންހެނާ 2

Next
October 17, 2016

ކާމިޔާބު އަންހެނާ 2

Previews
October 16, 2016

ލޯބިވަން ޔާރާ އޭ 19

18 Comments!

  1. Eeko says:
    October 16, 2016 at 9:11 pm

    Nice story ?

    1. imagination says:
      October 17, 2016 at 3:40 pm

      <3

  2. Eenoooo says:
    October 16, 2016 at 9:18 pm

    V reethi.

    1. imagination says:
      October 17, 2016 at 3:40 pm

      thanks 😀

  3. Shafy says:
    October 16, 2016 at 9:48 pm

    Wow..?? Lobi story eh..masha allah. Waiting…??. Konirakun next part… Awahah up kohdhehcey… Miyahvurevx dhigukoh ngey.. ?? Plxxx.. Hyvey v nice vaanehn.???

    1. imagination says:
      October 17, 2016 at 3:39 pm

      thank u thanku <3 <3…heeheh vaagoi balamaa

  4. Awwww says:
    October 16, 2016 at 9:54 pm

    Haha ? Salhi ingey?? Gavaidhun up koh dheh chey. Waiting for the next part?❤️

    1. imagination says:
      October 17, 2016 at 3:38 pm

      thank u <3 next part in sha allah on tursday

  5. RaM says:
    October 16, 2016 at 9:56 pm

    Vv salhi. ?

    1. imagination says:
      October 17, 2016 at 3:37 pm

      thank u <3

  6. Love says:
    October 17, 2016 at 6:45 am

    Loabi..❤❤ I love it..???❤❤

    1. imagination says:
      October 17, 2016 at 3:37 pm

      thankx <3

  7. Afa says:
    October 17, 2016 at 8:11 am

    Story nice inge.. bt mistakes ebahuri.. fili thakuga v bodah massala ulheykan faahaga kurevey.. ekanthah rangalhu kohlanikoh ok vedhaane..

    1. imagination says:
      October 17, 2016 at 3:36 pm

      thank u v bodah.. ill try my best

  8. Ruuya says:
    October 17, 2016 at 12:04 pm

    The story is wonderful ? good luck on developing the story better…I hope the typing errors will be solved for the next part and I cannot wait for the next part. Please notify when the next part will come out. Thank you. ?
    Mi vaahaka varah reethi ? mi vaahaka ithurah hama mihaa reethikoh tharaggee kurumah kaamiyaabee edhen…namaves liyumugai akuraa filithakugai huri kuh thah anna bayah rangalhuvaane kamah heekuran. Adhi dhen oiy bai nikunnaane ireh angaaladhinun edhen. Shukuriyya. ?

    1. imagination says:
      October 17, 2016 at 3:35 pm

      omgg…vv ufaavehjje mi positive comment fenifa.. 😀 mee ehaa dhigu vaahaka eh noo four varakah parts kamah mi balani iraadhu kurehvihyaa thursday ga dhen oi part genasdheynan.. and thankxx kuhthah faahaga kohdhinyyma <3

  9. Munchkin ? says:
    October 18, 2016 at 1:15 am

    Hey ✋
    Ehaa kiyaa hithakun noon aslu kiyan feshy ekam mihaaru varah kiyaa hih vehjje dhn in baiga vaane gothehgge inthizaaruga… ❤
    Can’t wait fr next part
    Loved this story ❤

    1. imagination says:
      October 20, 2016 at 9:20 pm

      aha, glad u liked this.. dhevana bai kiyaalaifintha? up kohlaifin. thankx <3

Comments are closed.

Next Episodeއަހަރެންގެ ކުށް (ދެވަނަބައި)←


All Right Reserved!